ލެގޫންސް ސްޕޯޓްސް ކްލަބް ވ. ޢަބްދުލްވާޙިދު އާއި އަޙްމަދު ޢަލީ
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިސްތިއުނާފުން ހާސިލުކުރަން ބޭނުންވާ ކަމެއް ނެތްކަމަށް ބަޔާންކޮށް އިސްތިއުނާފުކުރި ފަރާތުން ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދަޢުވާ ފޯމު ބާޠިލުކުރެވޭނެތޯ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1709-CVC-2026
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުގެ އެދުމަށް)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާއި (ނ)
ފަނޑިޔާރުން
- ބެންޗު
- ޙުސައިން މަޒީދު (ރިޔާސަތު)، މުޙައްމަދު ޝަނީޒް ޢަބްދުﷲ، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2026/HC-A/350
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3. މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 30 ޖުލައި 2026
* ބާޠިލްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
4. އިސްތިއުނާފުކުރި ފަރާތް:
1. ފުރިހަމަ ނަން: ލެގޫންސް ސްޕޯޓްސް ކްލަބް
ރަޖިސްޓްރީ ނަންބަރު: 141-SC/CERT/2018/2
ޤާނޫނީ ވަކީލު:
ޢަބްދުﷲ ނާހިދު، ލޯކްރާފްޓް ލޯފާމް އެލް.އެލް.ޕީ
5. އިސްތިއުނާފުރައްދުވާ ފަރާތް:
1. ފުރިހަމަ ނަން: ޢަބްދުލްވާޙިދު
2. ފުރިހަމަ ނަން: އަޙްމަދު ޢަލީ
ޤާނޫނީ ވަކީލުން:
މުޙައްމަދު ނިޔާޒް، ޢަލީ ސަމީރު ލޯ އޮފީސް
ޢަލީ ސަމީރު، ޢަލީ ސަމީރު ލޯ އޮފީސް
6. ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 1709-CVC-2026 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ލެގޫންސް ސްޕޯޓްސް ކްލަބްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 1709-CVC-2026 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ލެގޫންސް ސްޕޯޓްސް ކްލަބްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 2026/HC-A/350 ޤަޟިއްޔާ އިސްތިއުނާފުކުރެވުނު ފަހުން ހިނގާދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް މި އިސްތިއުނާފުން ހާސިލުކުރަން ބޭނުންވާ ކަމެއް ނެތް ކަމަށް ބަޔާންކޮށް، މިކޯޓުގެ ނަންބަރު 2026/HC-A/350 ޤަޟިއްޔާ ބާޠިލްކޮށްދިނުން އެދި ލެގޫންސް ސްޕޯޓްސް ކްލަބްގެ ފަރާތުން ފަރާތުން 20 އޮކްޓޫބަރު 2026 ދުވަހު މި ކޯޓަށް ސިޓީ ހުށަހަޅާފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-A/350 ޤަޟިއްޔާގެ ދަޢުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ފަނޑިޔާރު ޙުސައިން މަޒީދު
(ރިޔާސަތު)
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.