ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޚަލީލް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމިއެވެ.
- ވާޤިޢާ
- މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-K4C-CIV-49 ވަގުތީ އަމުރާމެދު ނިންމި ގޮތް އިސްތިއުނާފުކުރުމަށް ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑުން މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ފަހުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ، މައްސަލަ ބާޠިލުކޮށްދިނުމަށް އެދި އިސްތިއުނާފުކުރި ފަރާތުގެ ޤާނޫނީ ވަކީލު 20 އޮކްޓޫބަރު 2026 ގައި ކޯޓަށް މެއިލް ކޮށްފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމި ގޮތް އިސްތިއުނާފުކުރުމަށް ހުށަހެޅި ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އިސްތިއުނާފުކުރި ފަރާތުން އަންގާފައިވާއިރު، އިސްތިއުނާފުގެ ދަޢުވާ ފޯމް ބާޠިލުކުރަންވީތޯ.
- ކޯޓުގެ ސަބަބުތައް
- އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް އަންގާފައިވާތީ ދަޢުވާ ފޯމް ބާޠިލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓު 2025-K4C-CIV-49
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާތީ)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާއި (ނ)
ފަނޑިޔާރުން
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2026/HC-A/54
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް
* ފޯމު ނަންބަރު: -
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ފެބުރުވަރީ 2026
* ބާޠިލުކުރި ތާރީޚް: 21 އޮކްޓޫބަރު 2026
4. އިސްތިއުނާފް ކުރި ފަރާތް:
* ފުރިހަމަ ނަން: ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: C00652024
* އާއްމު ނަން: -
5. އިސްތިއުނާފް ރައްދުވި ފަރާތް:
* ފުރިހަމަ ނަން: އިބްރާހީމް ޚަލީލް
* އާއްމު ނަން: ޚަލީލް
6. ހުށަހެޅިފައިވާ މައްސަލަ:
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-K4C-CIV-49 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެދި ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-K4C-CIV-49 ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެދި ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު 2026/HC-A/54 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށްބުނެ މައްސަލަ ބާޠިލްކޮށްދިނުމަށް އެދި އިސްތިއުނާފުކުރާ ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައިގައި އައްޔަން ކޮށްފައިވާ ޤާނޫނީ ވަކީލު އަލްއުސްތާޛާ ދިޔާނާ މަޖީދު 20 އޮކްޓޫބަރު 2026 ވަނަ ދުވަހު މިކޯޓަށް މެއިލް ކޮށްފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-A/54 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
(ރިޔާސަތު)
ފަނޑިޔާރު ދީބާނާޒް ފަހުމީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.