ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/HC-A/69

ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޚަލީލް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 25 އޮކްޓޫބަރު 2026ދަށު ކޯޓު: މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓު 2025-K4C-CIV-49ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓު 2025-K4C-CIV-49
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމިއެވެ.
ވާޤިޢާ
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2025-K4C-CIV-49 ވަގުތީ އަމުރާމެދު ނިންމި ގޮތް އިސްތިއުނާފުކުރުމަށް ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑުން މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ފަހުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް ބުނެ، މައްސަލަ ބާޠިލުކޮށްދިނުމަށް އެދި އިސްތިއުނާފުކުރި ފަރާތުގެ ޤާނޫނީ ވަކީލު 22 އޮކްޓޫބަރު 2026 ގައި ކޯޓަށް މެއިލް ކޮށްފައިވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އަމުރާމެދު ނިންމި ގޮތް އިސްތިއުނާފުކުރުމަށް ހުށަހެޅި ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް އިސްތިއުނާފުކުރި ފަރާތުން އަންގާފައިވާއިރު، އިސްތިއުނާފުގެ ދަޢުވާ ފޯމް ބާޠިލުކުރަންވީތޯ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާކަމަށް އަންގާފައިވާތީ ދަޢުވާ ފޯމް ބާޠިލުކުރެވުނެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން ޤަޟިއްޔާ ކުރިއަށް ގެންދަން ބޭނުންނުވާތީ)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ދިޔާނާ މަޖީދު
ބެންޗު
ޙަސަން ޝަފީޢު (ރިޔާސަތު)، ޢަބްދުއްރައޫފު އިބްރާހީމް، ދީބާނާޒް ފަހުމީ
ރިޔާސަތު
ޙަސަން ޝަފީޢު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: ‎2026/HC-A/69‎

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް

* ފޯމު ނަންބަރު: -

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 މާރިޗު 2026

* ބާޠިލުކުރި ތާރީޚް: 25 އޮކްޓޫބަރު 2026

4އިސްތިއުނާފް ކުރި ފަރާތް:

* ފުރިހަމަ ނަން: ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑް

* ރަޖިސްޓްރީ ނަންބަރު: ‎C00652024‎

* އާއްމު ނަން: -

5އިސްތިއުނާފް ރައްދުވި ފަރާތް:

* ފުރިހަމަ ނަން: އިބްރާހީމް ޚަލީލް

* އާއްމު ނަން: ޚަލީލް

6ހުށަހެޅިފައިވާ މައްސަލަ:

މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ‎2025-K4C-CIV-49‎ ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެދި ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް:

މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ‎2025-K4C-CIV-39‎ ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް އެދި ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު ‎2026/HC-A/69‎ ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށްބުނެ މައްސަލަ ބާޠިލުކޮށްދިނުމަށް އެދި އިސްތިއުނާފުކުރާ ޕެޓްރާ ގްލޯބް ޑިސްޓްރިބިއުޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި މައްސަލައިގައި އައްޔަން ކޮށްފައިވާ ޤާނޫނީ ވަކީލު އަލްއުސްތާޛާ ދިޔާނާ މަޖީދު 2026 އޮކްޓޫބަރު 22 ވަނަ ދުވަހު މިކޯޓަށް މެއިލްކޮށްފައިވާތީ، ޤާނޫނު ނަންބަރު ‎22/2010‎ (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2026/HC-A/69‎ ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު ދީބާނާޒް ފަހުމީ

ފަނޑިޔާރު ޙަސަން ޝަފީޢު

(ރިޔާސަތު)

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ)
  • ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ހ) އާއި (ނ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ