—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/07
ދަޢުވާކުރާ ފަރާތް: ޙަސަން ޒަރީރު (ޙަސަން ފުތާ) މ.މ.ޚ ދަފްތަރު
ދަޢުވާ ލިބޭ ފަރާތް: އާދަމް ޢީސާ
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2008/40 އިލްތިމާސް ހުށަހަޅާ ފޯމުން (29 ޖޫން 2008)
ހުށަހެޅުނު ތާރީޚް: 12 އޮކްޓޯބަރު 2008
ނިމުނު ތާރީޚް: 23 ޖުލައި 20091 މާޗް 2009
މައްސަލަ ނިންމި ގަޑި: 12:35 45
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު މުޖްތާޒް ފަހުމީ
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2007/HC-A/116
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 17 ޖޫން 2007
ނިމުނު ތާރީޚް: 03 ޖޫން 2008
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/116 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދިގެން މ.މ.ޚ ދަފްތަރު ޙަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފައި ވަނިކޮށް 07 އޯގަސްޓް 2008 ގައި ޢަމަލު ކުރަން ފެއްޓުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި މަދަނީ ކޯޓުގެ ނަންބަރު 391/MC/2007 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި ހައިކޯޓުގެ ނަންބަރު 2007/HC-A/116 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތް ކޮށް މި ކޯޓުގައި މައްސަލަ ބެލި 03 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުޖްތާޒް ފަހުމީއާއި ފަނޑިޔާރު ޔޫސުފް ޙުސައިންއާއި ދެ ފަނޑިޔާރުން ތިރީގައި ވާކަންތައްތައް ފާހަގަ ކޮށްފައިވެއެވެ.
(ހ) ފުރަތަމަކަމަކީ މ. ގުލްކޯޒުގޭ އާދަމް ޢީސާ އާއި މ. ރީމާވިލާ (މާލޭމުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު) ޙަސަން ޒަރީރު އާއި ދެމެދު 17 ޑިސެމްބަރ 2004 ގައި އެއްބަސްވެފައިވާ އެގްރީމެންޓްގެ ދަށުން މ. ގުލްކޯޒުގޭގައި ޙަސަން ޒަރީރު ދިރުއުޅުނު 26 (ސައްބީސް) މަސްދުވަހުގެ ކުއްޔަށް މަހަކު 8000/-ރ. (އަށްހާސް) ރުފިޔާގެ ރޭޓުންވާ 208,000/-ރ. (ދެލައްކައަށްހާސް) ރުފިޔާ ޙަސަން ޒަރީރުގެ އަތުން ހޯދުމަށް އެދި މ. ގުލްކޯޒުގޭ އާދަމް ޢީސާ، މަދަނީކޯޓުގައި ދަޢުވާކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ އާދަމް ޢީސާ އާއި ޙަސަން ޒަރީރު އާއިދެމެދު ދެއެގްރީމެންޓެއް ކުރެވިފައިވާ ކަން އެގެން އޮންނަކަމާއި ފުރަތަމަ އެގްރީމެންޓަކީ މ. ގުލްކޯޒުގޭގައި ހަދާފައިވާ 03 (ތިނެއް) ބުރި ޢިމާރާތް ކުއްޔަށްދިނުމާއިބެހޭ ގޮތުން 17ޑިސެމްބަރ 2004 ގައި ސޮއިކުރެވި 01 ޖަނަވަރީ 2005 ން ފެށިގެން ޢަމަލު ކުރަން އެއްބަސްވެފައިވާ އެގްރީމެންޓްކަމާއި ދެވަނައަށް ކުރެވުނު އެގްރީމެންޓަކީ 17 ޑިސެމްބަރ 2004 ގައި ކުރެވުނު އެގްރީމެންޓްގެ މުއްދަތުގެ ތެރެއަށް 02 (ދޭއް) އަހަރު އިތުރު ކުރުމަށް މިދެމީހުންގެ މެދުގައި 25 ޑިސެމްބަރ 2005 ގައި ކުރެވުނު އެގްރީމެންޓްކަން އެގެން އޮންނަކަމާއި އަދި 07 މާރޗް 2007 ގައި މިދެއެގްރީމެންޓްވެސް ބާޠިލު ކުރެވިފައިވާކަން އެނގެން އޮންނަ ކަމެވެ.
(ނ) ތިންވަނަ ކަމަކީ ދެއެގްރީމެންޓް ބާޠިލުކުރެވުނީ އާދަމް ޢީސާ ބޭނުން ވެގެންކަމަށް ޙަސަން ޒަރީރު ބުނެފައިވާކަން އެނގެން އޮންނަކަމާއި އެގްރީމެންޓް ބާޠިލު ކުރަން ބޭނުންވާނަމަ އާދަމް ޢީސާއަށް ޙަސަން ޒަރީރު ދައްކާފައިވާ ފައިސާ އަނބުރާ ދެނިކޮށް އެގްރީމެންޓް ބާޠިލުކުރުމާމެދު އިޢުތިރާޟެއް ނެތްކަމަށް ޙަސަން ޒަރީރު ބުނެފައިވާ ކަންވެސް އެގެންއޮންނަކަމާއި ޙަސަން ޒަރީރު އެގްރީމެންޓާއި ޚިލާފްވެފައި ނުވާކަމަށް އާދަމް ޢީސާ އެއްބަސްވެފައިވާ ކަން ވެސް އެނގެން އޮންނަކަމާއި އެގްރީމެންޓް ބާޠިލު ކުރަންޖެހުނީ ޙަސަން ޒަރީރު، ކުއްޔަށް ހިފާފައިވާ ޢިމާރާތް ބާވެ، މަރާމާތުކުރަން ޖެހުމުން ޚަރަދުކުރެވެން ނެތްކަމަށް ކުއްޔަށް ހިފިފަރާތުން ބުނާތީ މަރާމާތު ކުރުމަށްޓަކައި އެހެންފަރާތަކަށް ދޭންޖެހިގެންކަމަށް އާދަމް ޢީސާ ބުނެފައިވާކަން ވެސް އެނގެން އޮންނައޮތުމާއި "ދެއެގްރީމެންޓްގެ ދަށުން ޙަސަން ޒަރީރުގެ އަތުން އާދަމް ޢީސާ ނަގާފައިވާ ފައިސާ އަނބުރާދިނުމުން އެގްރީމެންޓް ބާޠިލު ކޮށްލަދޭނަމޭ ޙަސަން ޒަރީރު އެއްބަސްވި އެއްބަސްވުމަށް އަޅުގަނޑު އޮންނާނީ ލިޔުމެއްލިޔެ އެފައިސާ އޭނާއާ ޙަވާލުކޮށްފައޭ" އާދަމް ޢީސާ ބުނެފައިވާކަން ވެސް އެނގެންއޮތުމާއި މިފަދަ އެތައް އިޢުތިރާފް ތަކެއްގެ މައްޗަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރީޢަތުގެ ފަރާތުން ބަލާއިރު ދެއެގްރީމެންޓް ބާޠިލުކޮށްފައިވަނީ އާދަމް ޢީސާ (ކުއްޔަށް ދިންފަރާތް) އިސްވެ ބޭނުން ވެގެންކަން އެނގެން އޮންނައޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ ދެއެގްރީމެންޓް ބާޠިލު ކުރިއިރު ދެއެގްރީމެންޓްގެ މުއްދަތު ހަމަނުވެ 03 (ތިނެއް) އަހަރާ 09 (ނުވައެއް) މަހާއި އެތައް ދުވަހެއް އޮތްކަން ވެސް އެނގެންއޮންނަ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ އެގްރީމެންޓް ބާޠިލު ކުރިއިރު، ޙަސަން ޒަރީރުއަށް އާދަމް ޢީސާ 376,000/-ރ. (ތިންލައްކަ ހަތްދިހަހަހާސް) ރުފިޔާ ދައްކާ ސޮއިކުރި ލިޔުމެއް އޮތްކަން އެނގެން އޮންނަކަމާއި މިލިއުމުގައި "މ. ރީމާވިލާ ޙަސަން ޒަރީރު ކުއްޔަށްހިފައިގެން އުޅުނު މ. ގުލްކޯޒުގޭ 03 (ތިނެއް) ބުރި ޢިމާރާތް ކުއްޔަށް ހިފި 02 (ދޭއް) އެއްބަސްވުމުގައި ބުނެފައިވާ އެޑްވާންސް ފައިސާ 232,000/-ރ. (ދެލައްކަ ބައްތިރީސްހާސް) ރުފިޔާއާއި 144,000/-ރ.(އެއްލައްކަ ސައުރަޔާޅީސްހާސް) ރުފިޔާ އާއި، އެކުޖުމްލަ376,000/-ރ.(ތިންލައްކަ ސަހަތްތެރިހާސް( ރުފިޔާ ޙަސަން ޒަރީރަށް ހަމައަށް ލިބިއްޖެ" ކަމަށް އޮންނަ އޮތުމެވެ.
މިލިޔުމުގައި މިހެން ބުނެފައި ވީނަމަވެސް އާދަމް ޢީސާ އާއި ޙަސަން ޒަރީރު އާއި ދެމެދު ކުރެވިފައިވާ އެއްވެސް އެގްރީމެންޓެއް ގައި "އެޑްވާންސް ފައިސާ" ގެ ވާހަކައެއް ނެތްކަން އެނގެއެވެ. އަދި ކިއެއްތަ އާދަމް ޢީސާއަށް ޙަސަން ޒަރީރު ދެއެގްރީމެންޓްގެ ދަށުން ދެފަހަރު މަތިން ދައްކާފައިވާ376,000/-ރ.(ތިންލައްކަ ސަހަތްތެރިހާސް( ރުފިޔާއަކީ އެގްރީމެންޓްގެ 03 (ތިނެއް) ވަނަ މާއްދާގައި ބުނާ ގޮތުން ދައްކާފައިވާ ޢިމާރާތުގެ ކުލި ކަން އެނގެއެވެ.
(ޅ) ހަވަނަ ކަމަކީ ޙަސަން ޒަރީރު އާއި އާދަމް ޢީސާއާ ދެމެދު ކުރެވިފައިވާ ދެއެއްބަސްވުމުގެ ތެރެއިން އެއްވެސް އެއްބަސްވުމެއްގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މިދެއެއްބަސްވުމުގެ ދަށުން އާދަމް ޢީސާއަށް ޙަސަން ޒަރީރު އެޑްވާންސްކޮށް ދައްކާފައިވާ ފައިސާ، ޙަސަން ޒަރީރަށް އާދަމް ޢީސާ އަނބުރާ ދައްކާފައި ދެފަރާތުން ރުހިގެން މިދެއެއްބަސްވުން ބާޠިލު ކުރާހިނދު މިއެއްބަސްވުންތަކުގެ ދަށުން މ. ގުލްކޯޒުގޭގައި، ޙަސަން ޒަރީރު ދިރިއުޅުނު ދުވަސްތަކުގެ ކުލި، ޙަސަން ޒަރީރު، އާދަމް ޢީސާއަށް ދޭންނުޖެހޭނެކަމަށް ބުނާ އެއްވެސް މާއްދާއެއް މިދެއެއްބަސްވުމުން ކުރެ އެއްބަސްވުމެއްގައި ބަޔާން ކޮށްފައި ނުވާކަމަށް ހައިކޯޓުގެ ނަންބަރު 2006/HC-A/116 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައި ވާއިރު
އާދަމް ޢީސާ އާއި ޙަސަން ޒަރީރު އާ ދެމެދު 12 ޑިސެމްބަރ 2004 ގައި ކުރެވުނު އެގްރީމެންޓްގެ 03 (ތިނެއް) ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން މަހަކު 8000/-ރ.(އަށްހާސް( ރުފިޔާގެ ރޭޓުން 29 (ނަވާވީސް) މަސްދުވަހުގެ ކުއްޔަށްވާ 232,000/-ރ.(ދެލައްކަ ބައްތިރީސްހާސް( ރުފިޔާއާއި 25 ޑިސެމްބަރ 2005 ދުވަހު ކުރެވުނު އެގްރީމެންޓްގެ 03 (ތިނެއް) ވަނަ މާއްދާގައި ވާގޮތުގެ މަތިން މަހަކު 6000/-ރ.(ހަހާސް( ރުފިޔާގެ ރޭޓުން 02 (ދޭއް) އަހަރު ދުވަހުގެ ކުލީގެ ގޮތުގައި 144,000/-ރ.(އެއްލައްކަ ސައުރަޔާޅީސްހާސް( ރުފިޔާއާއި އެކު 376,000/-ރ.(ތިންލައްކަ ސަހަތްތެރިހާސް) ރުފިޔާ ޢިމާރާތުގެ ކުލީގެ ގޮތުގައި އާދަމް ޢީސާއަށް ޙަސަން ޒަރީރު ދައްކާފައިވާކަން އެނގެން އޮންނާތީ، މ. ގުލްކޯޒުގޭގައި ޙަސަން ޒަރީރު އުޅުނު ދުވަސް ތަކުގެ ކުލި އާދަމް ޢީސާއަށް ޙަސަން ޒަރީރު ދައްކާ ޚަލާޞް ކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.
(ކ) ހަތްވަނަކަމަކީ ދެއެގްރީމެންޓް ބާޠިލު ކުރިއިރު ޙަސަން ޒަރީރުއަށް އާދަމް ޢީސާ ދައްކާފައިވާ ފައިސާއަކީ އެގްރިމެންޓް ތަކުގެ ދަށުން އާދަމް ޢީސާއަށް ޙަސަން ޒަރީރު ކުލީގެ ގޮތުގައި ދައްކާފައިވާ 376,000/-ރ.(ތިންލައްކަ ސަހަތްތެރިހާސް) ރުފިޔާއާއި ހަމަ އެއްވަރުގެ ޢަދަދެއްކަމުގައި ވީނަމަވެސް އެފައިސާއަކީ ދެއެގްރީމެންޓްގެ މުއްދަތު ހަމަވުމުގެކުރިން ދެއެގްރީމެންޓް ބާޠިލު ކުރުމަށް އާދަމް ޢީސާ ބޭނުންވާތީ ދެއެގްރީމެންޓް ބާޠިލުކުރުމަށްޓަކައި ދެއްކި ފައިސާ އެއްކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
އިސްވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މ. ގުލްކޯޒުގޭ އާދަމް ޢީސާއާއި މ. ރީމާވިލާ (މާލޭމުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު) ޙަސަން ޒަރީރު އާއި ދެމެދު މ. ގުލްކޯޒުގޭ 03 (ތިނެއް) ބުރި ޢިމާރާތް ކުއްޔަށް ދިނުމާއިބެހޭގޮތުން 12 ޑިސެމްބަރ 2004 ގައި ކުރެވުނު އެގްރީމެންޓާއި 25 ޑިސެމްބަރ 2005 ގައި ކުރެވުނު އެގްރީމެންޓްގެ ދަށުން މ. ގުލްކޯޒުގޭގައި ޙަސަން ޒަރީރު ހުރި ދުވަސްތަކަށް އެގްރީމެންޓާއި އެއްގޮތަށް ޤަވާޢިދުން އާދަމް ޢީސާއަށް ޙަސަން ޒަރީރު ކުލިދައްކައި ޚަލާޞް ކޮށްފައިވާކަން ސާބިތުވާތީ މ. ގުލްކޯޒުގޭގައި ޙަސަން ޒަރީރު ހުރި 26 (ސައްބީސް) މަސް ދުވަހުގެ ކުލި ހޯދުމަށް ޙަސަން ޒަރީރުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤެއް އާދަމް ޢީސާއަށް ލިބިގެންނުވާކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ ޢަޣުލަބިއްޔަތުން ކަނޑައަޅައި މަދަނީކޯޓުގެ ނަންބަރު 391/MC/2007 ޤަޟިއްޔާގެ ޙުކުމާއި، އެޙުކުމަށް ތާއީދުކުރައްވައި ހައިކޯޓުގެ ނަންބަރު 2006/HC-A/116 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް މިމައްސަލަ ނިންމީއެވެ.
ފަނޑިޔާރު މުޖްތާޒު ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ އު
ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ތަފާތުވި ރަޢުޔު:
މިމައްސަލައާއި ގުޅިގެން ދަޢުވާކުރާ ޙަސަން ޒަރީރުގެ ފަރާތުންނާއި ދަޢުވާލިބޭ އާދަމް އީސާގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މަދަނީ ކޯޓުގެ ނަންބަރު: 391/MC/2007 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2007/HC-A/116 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި މިމައްސަލައިގައި، ހުށަހެޅުނު އެހެނިހެން ލިއުންތަކުގެ މައްޗަށް ބަލައި ރިޢާޔަތްކުރުމުގައި މި ކޯޓުގައި މައްސަލަބެލި ތިންފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ރައުޔަކީ:
ހ. ޙަސަން ޒަރީރާއި އާދަމް ޢީސާއާ ދެމެދު، މ. ގުލްކޯޒުގޭގައި ހަދާފައިވާ ދެކޮޓަރީގެ ދެއެޕާރޓްމަންޓާއި ފިހާރައެއް ހިމެނޭ ތިންބުރި ޢިމާރާތް ކުއްޔަށްދިނުމަށް އެއްބަސްވެފައިވާ ދެއެގްރިމެންޓް ބާޠިލުކުރީ މިދެފަރާތުންވެސް އެއްބަސްވެގެންކަމަށް ވީހިނދު،
އަދި ދެއެގްރިމެންޓް ބާޠިލުކުރުމަށް އެއްބަސްވެފައިވާ ހަމައެކަނި ކަމަކީ ދެއެގްރިމެންޓުގެ ދަށުން އާދަމް ޢީސާއަށް ޙަސަން ޒަރީރު އެޑްވާންސްކޮށް ދީފައިވާ 376,000/-ރ.(ތިންލައްކަ ހަތްދިހަހަހާސް( ރުފިޔާ ޙަސަން ޒަރީރަށް އަނބުރާ ދެއްކުންކަން އެނގެން އޮތްހިނދު،
އަދި މިދެއެގްރިމެންޓުގެ އެއްވެސް މާއްދާއެއްގައި މ. ގުލްކޯޒުގެއެވެ ކިޔާ ބަންޑާރަގޯތީގައި ހަދާފައިވާ ދެކޮޓަރީގެ ދެއެޕާރޓްމަންޓާއި 16 ފޫޓު 18 ފޫޓުގެ ފިހާރަ ހިމެނޭ ތިންބުރި ޢިމާރާތް ކުއްޔަށްދިން މުއްދަތު ހަމަވުމުގެ ކުރިން އާދަމް ޢީސާއަށް ޙަސަން ޒަރީރު އެޑްވާންސްކޮށް ދައްކާފައިވާ ފައިސާ، ޙަސަން ޒަރީރަށް އާދަމް ޢީސާ އަނބުރާ ދެއްކުމަށްފަހު ދެފަރާތުގެ ރުހުމާއިއެކު އެގްރިމެންޓް ބާޠިލުކުރެވިއްޖެނަމަ، މިދެއެގްރިމެންޓް ބާޠިލުކުރުމުގެ ކުރިން މިދެއެގްރިމެންޓުގެ ދަށުން ޙަސަން ޒަރީރު މ. ގުލްކޯޒުގޭގައި ދިރިއުޅުނު ދުވަސްތަކުގެ ކުލި، ޙަސަން ޒަރީރު، އާދަމް ޢީސާއަށް ދޭންނުޖެހޭނެކަމަށް ބުނާ އެއްވެސް ޢިބާރާތެއް މިދެއެއްބަސްވުމުންކުރެ އެއްބަސްވުމެއްގައި ބަޔާންކޮށްފައި ނެތްހިނދު،
އަދި އެގްރިމެންޓް ބާޠިލުކުރުމަށްޓަކައި މިދެފަރާތުން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައިވެސް މިފަދަ ގޮތަކަށް ދެފަރާތުން އެއްބަސްވެގެން އެގްރިމެންޓް ބާޠިލުކުރާއިރު އެޢިމާރާތުގައި ޙަސަން ޒަރީރު ކުއްޔަށް އުޅުނު ދުވަސްތަކުގެ ކުލިދޭންނުޖެހޭނެކަން އެނގޭފަދަ އެއްބަސްވުމެއް މިދެފަރާތުގެ ދެމެދުގައި ވެވިފައިވާކަން ޝަރީޢަތަށް ސާބިތުނުވާހިނދު،
އަދި މިޢިމާރާތުގައި ޙަސަން ޒަރީރު ކުއްޔަށް އުޅުނު ދުވަސްތަކުގެ ކުލިހޯދުމަށް އާދަމް ޢީސާ ދަޢުވާކުރާ ހިނދު،
މިފަދަ ޙާލަތެއްގައި ދެން ރުޖޫޢަވާންޖެހޭނީ މިދެއެގްރިމެންޓު ބާޠިލްކުރި ދުވަހާއި ހަމައަށް ދެފަރާތުން ކޮށްފައިވާ މުޢާމަލާތްތަކުގެ މައްޗަށް ބުރަވެ އެނގެންހުރި ޙަޤީޤަތްތަކުގެ މައްޗަށް ގޮތެއް ނިންމުން ކަމަށެވެ.
އެއީ 2005 ޖެނުއަރީ 01 އިން ފެށިގެން 2007 މާރޗް 07 ގެ ނިޔަލަށް ޙަސަން ޒަރީރު މ. ގުލްކޯޒުގޭގައި ހުރީ، އެގޭގައި ހުރި އާދަމް ޢީސާގެ 03 (ތިނެއް) ބުރި ޢިމާރާތެއްގައި މަހަކު 8000/-ރ. (އަށްހާސް( ރުފިޔާގެ ކުއްޔަށްކަމާއި، ޙަސަން ޒަރީރު މި ޢިމާރާތް ކުއްޔަށް ހިފުމަށް އެއްބަސްވި ދެއެގްރިމެންޓުގެ ދަށުން އާދަމް ޢީސާއަށް އެޑްވާންސްކޮށް 376,000/-ރ. (ތިންލައްކަ ހަތްދިހަހަހާސް) ރުފިޔާ ދީފައިވާކަން އެނގެން އޮތުމެވެ.
-795020478980500އެހެންކަމުން މިޙާލަތުގައި ދެފަރާތުންވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ހުރިކަމާއި، އެއީ ކުލި ހޯދުމަށް ދަޢުވާކުރާ އާދަމް ޢީސާގެ ޢިމާރާތެއް ކުއްޔަށް ހިފުމަށްޓަކައި ކުރެވުނު ދެއެގްރިމެންޓުގެ ދަށުން ޙަސަން ޒަރީރު އާދަމް ޢީސާއަށް އެޑްވާންސްކޮށްދިން ފައިސާ އާދަމް ޢީސާގެ އަތުގައި ހުރިނަމަ، އަދި އެޢިމާރާތުގައި ޙަސަން ޒަރީރު ކުއްޔަށް އުޅުނު ދުވަސްތަކަށް ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއަށްވުރެ އިތުރު ފައިސާއެއް އެޑްވާންސްކޮށް ދިންފައިސާގެ ތެރޭގައި ހިމެނޭނަމަ އެއިތުރުވާ މިންވަރެއް ޙަސަން ޒަރީރަށް ޙައްޤުވުމާއި، ޙަސަން ޒަރީރު އެޢިމާރާތުގައި ކުއްޔަށް ހުރި ދުވަސްތަކަށް ކުލީގެ ގޮތުގައި އާދަމް ޢީސާއަށް ލިބެންޖެހޭ މިންވަރެއް އާދަމް ޢީސާއަށް ޙައްޤުވެއެވެ. އަދި މި މައްސަލައިގައި ބެލިއިރު ޙަސަން ޒަރީރު އާދަމް ޢީސާއަށް އެޑްވާންސްކޮށް ދިން ހުރިހާ ފައިސާއެއް އާދަމް ޢީސާ، ޙަސަން ޒަރީރާއި ޙަވާލުކޮށްފައިވާތީ ދެން އޮތީ ޙަސަން ޒަރީރުގެ މައްޗަށް ލާޒިމުވާ، އޭނާ މ. ގުލްކޯޒުގޭގައި ހުރި ދުވަސްތަކުގެ ކުލި އާދަމް ޢީސާއަށް ދިނުންކަން އެނގެއެވެ.
އިސްވެބަޔާންވެދިޔަ ކަންތައްތައް އެގޮތުގެ މަތިން ހުރުމާއިއެކު މ. ގުލްކޯޒުގޭގައި މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފުތަރު ޙަސަން ޒަރީރު މަހަކު 8000/-ރ. (އަށްހާސް) ރުފިޔާގެ މަގުން ކުއްޔަށް އުޅުނު 26 (ސައްބީސް) މަސްދުވަހަށްވާ 208,000/-ރ. (ދެލައްކައަށްހާސް) ރުފިޔާއަކީ ޙަސަން ޒަރީރު، އާދަމް ޢީސާއަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މަދަނީ ކޯޓުން ނިންމާފައިވާ އެކޯޓުގެ ނަންބަރު 391/MC/2007 ޤަޟިއްޔާގެ ޙުކުމަށް ތާޢިދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/116 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތުގެމަތިން ކުރައްވާފައިވާ ޙުކުމަކަށްވާތީ އެޙުކުމަށް ބަދަލު ގެންނާނެތަނެއް އޮތްކަމަކަށް މިމައްސަލަ ބެލި ތިންފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަބްދުﷲ ޢަރީފަކަށް ނުފެނެއެވެ.
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ޓައިޕްކުރީ: އިބްރާހީމް ޝަރީފް
ޗެކްކުރީ: ޝަމީމާ މުޙަ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.