ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2008/SC-A/12ސުޕްރީމް ކޯޓު · 3 އޮގަސްޓް 2009 · މަދަނީ – ކުއްޔަށްދިން އުޅަނދުގެ ކުލި ހޯދުން

މުޙައްމަދު ދާއޫދު ވ. ޢަލީ މުފީދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 އޮގަސްޓް 2009ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުން (1416/MC/2005) 122,699 ރުފިޔާ މުޙައްމަދު ދާއޫދު ޢަލީ މުފީދަށް ދައްކަން ޙުކުމްކުރިއެވެ. ހައިކޯޓުން (2007/HC-A/189) އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ޢަލީ މުފީދުގެ ނަމުގައި ރަޖިސްޓްރީވެފައިވާ "ބެސްޓް" ދޯނި އޭނާ ރިސޯޓަކަށް ކުއްޔަށް ދިނެވެ. 2001 އޮކްޓޯބަރުން 2005 ފެބްރުއަރީ ދެމެދު ދޯނީގެ ކެޕްޓަނެއްގެ ގޮތުގައި މުޙައްމަދު ދާއޫދު 404,299 ރުފިޔާ ކުލި ނަގައި، ޚަރަދުތައް ކެނޑުމުން ބާކީވާ 122,699 ރުފިޔާ ހޯދުމަށް ޢަލީ މުފީދު ދަޢުވާ ކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދޯނި ރަޖިސްޓްރީވެފައިވާ ފަރާތާއި ކުއްޔަށްދިން ފަރާތަށް، ކެޕްޓަނެއްގެ ގޮތުގައި ކުލި ނެގި ފަރާތުގެ އަތުން ބާކީ ފައިސާ ހޯދުމަށް ދަޢުވާ ކުރެވޭނެތޯ، ދޯންޏަކީ ގިނަ މީހުން ހިއްސާވާ ދޯންޏެއް ކަމަށް އެހެން ކޯޓެއްގައި ޙުކުމްކޮށްފައިވިޔަސް.
ޚަޞްމުންގެ ހުށަހެޅުންތައް
މުޙައްމަދު ދާއޫދު ބުނީ، ދޯންޏަކީ ހަތަރު މީހުންގެ އެއްމެދު މުދަލެއް ކަމަށް ޢަލީ މުފީދު އެއްބަސްވެފައިވާއިރު، އެކަމަށް ހައިކޯޓުން ރިޢާޔަތް ނުކުރި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަޢުވާއަކީ މިލްކުވެރިކަމުގެ ދަޢުވާއެއް ނޫން، ނެގި ކުލީގެ ބާކީ ހޯދުމުގެ ދަޢުވާއެކެވެ. ދޯނި ރަޖިސްޓްރީވެފައިވަނީއާއި ކުއްޔަށް ދީފައިވަނީ ޢަލީ މުފީދު ކަމުން ކެޕްޓަނެއްގެ ގޮތުގައި ނެގި ކުލި ދައްކަންޖެހޭނީ އޭނާއަށެވެ؛ ސާބިތުވި ހެކި ނަފީކުރެވޭ ހެއްކެއް މުޙައްމަދު ދާއޫދު ދައްކާފައި ނުވެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2007/HC-A/189
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދަޢުވާއަކީ ދޯނީގެ މިލްކުވެރިކަން ސާބިތުކުރުމުގެ ދަޢުވާއެއް ނޫން، ދޯނި ކުއްޔަށް ދީފައިވާ މުއްދަތަށް ލިބިފައިވާ ފައިސާގެ ތެރެއިން ޚަރަދު ކެނޑުމުން ބާކީވާ ފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއް ކަމުގައިވާނަމަ، އެ ދޯންޏަކީ ދަޢުވާކުރާ ފަރާތާއި އެހެން މީހުން އެއްވަރަށް ހިއްސާވާ ދޯންޏެއް ކަމަށް ކޯޓަކުން ޙުކުމް ކޮށްފައިވުމަކީ ނުވަތަ އެ ދޯނީގެ ހިއްސާވާ މީހުންގެ ތެރޭގައި ދަޢުވާލިބޭ ފަރާތް ހިމެނިފައި ނުވުމަކީ، ދަޢުވާކުރާ ފަރާތަށް މި ދަޢުވާ ނުކުރެވޭނެކަމެއް ކަމަކަށް ދެކެން ވީ ޤާނޫނީ ސަބަބެއް ނޫނެވެ.

ދޯނި ކުއްޔަށް ދީފައިއޮތް އިރު އެ ދޯނީގެ މިލްކުވެރި ފަރާތަކީ ދޯނި ރަޖިސްޓްރީ ކުރެވިފައިވާ އަދި ދޯނި ކުއްޔަށް ދީފައިވާ ފަރާތް ކަމުގައިވާނަމަ، އެ ދޯނީގެ ކެޕްޓަނެއްގެ ގޮތުގައި ދޯންޏާއި ހަވާލުވެހުރެ ނަގާފައިވާ ކުލީގެ ފައިސާ ދައްކަންޖެހޭނީ އެ ފަރާތަށް ކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހެއެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • އދ. މާމިގިލި ކޯޓުގެ 22/I-10-C/2005

ފަނޑިޔާރުން

ބެންޗު
މުޖުތާޒް ފަހުމީ، ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2007/HC-A/189 ޤަޟިއްޔާ އިލްތިމާސް ކުރުމަށް […]ދާއޫދު ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ.

މި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖުލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި މަދަނީ ކޯޓުގެ ނަންބަރު 1416/MC/2005 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި ހައިކޯޓުގެ ނަންބަރު 2007/HC-A/189 ޤަޟިއްޔާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް މި މައްސަލަ ބެލި ފަނޑިޔާރުން ރިޢާޔަތް ކުރިއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ ރަޖިސްޓްރީ ނަންބަރު (10-0I) P-1542A-04 "ބެސްޓް" އެވެ ކިޔާދޯނި، ހޮލިޑޭ އައިލެންޑް ރިސޯޓަށް ކުއްޔަށް ދީފައިވަނީ އދ. މާމިގިލީ […] ޢަލީ މުފީދު ކަމާއި އެދޯނި ހޮލިޑޭ އައިލެންޑް ރިސޯޓަށް ކުއްޔަށް ދިން އިރު ދޯނި، ރަޖިސްޓްރީ ކޮށްފައި އޮތީވެސް ޢަލީ މުފީދުގެ ނަމުގައި ކަން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ ރަޖިސްޓްރީ ނަންބަރު (10-0I) P-1542A-04 "ބެސްޓް" އެވެ ކިޔާދޯނި، ހޮލިޑޭ އައިލެންޑް ރިސޯޓަށް ޢަލީ މުފީދު ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރެއިން 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދޯނީގެ ކުލި ހޮލިޑޭ އައިލެންޑް ރިސޯޓުން ނަގާފައިވަނީ […] މުޙައްމަދު ދާއޫދު ކަމަށް މުޙައްމަދު ދާއޫދު އެއްބަސް ވެފައިވާ ކަން އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ ރަޖިސްޓްރީ ނަންބަރު (10-0I) P-1542A-04 "ބެސްޓް" އެވެ ކިޔާދޯނި، ހޮލިޑޭ އައިލެންޑް ރިސޯޓަށް ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރެއިން 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2005 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ހިނގައިދިޔަ 03 (ތިނެއް) އަހަރާއި 04 (ހަތަރު) މަސް ދުވަހުގެ ކުއްޔަށް 404,299/-ރ. (ހަތަރުލައްކަ ހަތަރުހާސް ދުއިސައްތަ ނުވަދިހަ ނުވަ) ރުފިޔާ މުޙައްމަދު ދާއޫދު ނަގާފައި ވާކަން މުޙައްމަދު ދާއޫދު ވެފައިވާ އިޢުތިރާފުން އެނގެން އޮންނައިރު، މި ފައިސާގެ ތެރެއިން އެ މުއްދަތުގައި ފަޅުވެރިންގެ މުސާރައަށާއި ދޯނި އެހެލާފައި ދޯނީގައި ދަވާދުލުމަށާއި ދޯނީގެ އަހަރީ ފީ ދެއްކުމަށާއި 03 (ތިނެއް) އަހަރު ދުވަހުގެ ސީޓީ ސެޓްފިކެޓް ފީ ދެއްކުމަށާއި ދޯނީގެ ރަޖިސްޓްރީ ބަދަލު ކުރުމަށްފަހު ދޯނި ވިއްކި ފަރާތަށް ދިން ފައިސާ އާއި ދޯނީގެ ވަޑާން ކުރިއިރު ކޮއްތަށް ޚަރަދުވެފައިވާ ފައިސާއާއި، މުޙައްމަދު ދާއޫދު، ޢަލީ މުފީދަށް ދީފައިވާ ފައިސާއާއި، އަލިފާން ނިއްވާ 02 (ދެއެއް) ފުޅި، ދެ އަހަރު ދުވަހު ސަރވިސް ކުރުމަށް ކޮށްފައިވާ ޚަރަދާއި، މިކަންކަމަށް ޚަރަދު ވެފައިވާ ޖުމްލަ 281,600/-ރ. ( ދެލައްކަ އަށްޑިހަ އެއްހާސް ހަސަތޭކަ) ރުފިޔާ ކެޑުމުން ބާކީ 122,699/-ރ. (އެއްލައްކަ ބާވީސް ހާސް ހަސަތޭކަ ނުވަދިހަނުވަ) ރުފިޔާ، ޢަލީ މުފީދަށް މުޙައްމަދު ދާއޫދު، ދައްކަންޖެހޭކަން ސާބިތުވާ ހެކިތައް ނަފީކުރެވޭ ވަރުގެ ހެކިތަކެއް ދަށުކޯޓާއި ހައިކޯޓަށް މުޙައްމަދު ދާއޫދުގެ ފަރާތުން ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ ރަޖިސްޓްރީ ނަންބަރު (10-0I) P-1542A-04 "ބެސްޓް" އެވެ ކިޔާ ދޯންޏަކީ […] ވާރޭވިލާ އިބްރާހީމް މުޙައްމަދުއާއި […] ވަޙީދާ މުޙައްމަދުއާއި އެރަށު […] އަޙުމަދު ކަމާލު އާއި ޢަލީ މުފީދު އާއި 04 (ހަތަރެއް) މީހުންގެ އެއްމެދު މުދަލެއް ކަމަށް ޢަލީ މުފީދު އެއްބަސްވެފައި ވާއިރުވެސް އެކަމަށް ހައިކޯޓުން ރިޢާޔަތް ނުކުރައްވާ ކަމަށް މުޙައްމަދު ދާއޫދުގެ ފަރާތުން ބުނެފައިވާ ނުކުތާ އަށް ބަލާއިރު

"ޢަލީ މުފީދުގެ ދަޢުވާއަކީ ރަޖިސްޓްރީ ނަންބަރު (10-0I) P-1542A-04 "ބެސްޓް" ދޯނީގެ މިލްކުވެރިކަން ސާބިތުކުރުމުގެ ދަޢުވާއެއް ނޫން ކަމަށާއި އޭނާގެ ދަޢުވާއަކީ ރަޖިސްޓްރީ ނަންބަރު (10-0I) P-1542A-04 "ބެސްޓް" އެވެ ކިޔާ ދޯނި ޢަލީ މުފީދުގެ ފަރާތުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރެއިން 2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހިނގާފައިވާ 03 (ތިނެއް) އަހަރާއި 04 (ހަތަރު) މަސް ދުވަހަށް ޖުމްލަ ލިބިފައިވާ 404,299/-ރ. (ހަތަރު ލައްކަ ހަތަރު ހާސް ދުއިސައްތަ ނުވަދިހަނުވަ) ރުފިޔާގެ ތެރެއިން އެ މުއްދަތުގައި އެކި ކަންކަމަށް ހިނގާފައިވާ ޚަރަދުގެ ގޮތުގައި 281,600/- ރ. (ދެލައްކަ އަށްޑިހަ އެއްހާސް ހަސަތޭކަ) ރުފިޔާ ކެނޑުމުން ބާކީވާ 122,699/-ރ. (އެއްލައްކަ ބާވީސް ހާސް ހަސަތޭކަ ނުވަދިހަނުވަ) ރުފިޔާ މުޙައްމަދު ދާއޫދުގެ އަތުން ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮންނާތީ "ބެސްޓް" ނަމަކަށް ކިޔާ ދޯންޏަކީ ޢަލީ މުފީދުއާއި އޭނާގެ އެއްބަނޑު އެއްބަފާ އެހެން 03 (ތިނެއް) ބެއިން އެއްވަރަށް ހިއްސާވާ ދޯންޏެއް ކަމަށް […] ކޯޓުގެ ނަންބަރު 22/I-10-C/2005 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވުމަކީ ނުވަތަ އެ ދޯނީގެ ހިއްސާވާ މީހުންގެ ތެރޭގައި މުޙައްމަދު ދާއޫދު ހިމެނިފައި ނުވުމަކީ ޢަލީ މުފީދަށް މި ދަޢުވާ ނުކުރެވޭނެކަމެއް ކަމަކަށް ދެކެން ވީ ޤާނޫނީ ސަބަބެއް ނޫން ކަމަށް" ހައިކޯޓުން ފާހަގަ ކުރައްވާފައި ވަނީ މިނުކުތާއަށް ރިޢާޔަތް ކުރައްވާފައި ކަން އެނގެން އޮންނަކަމެވެ.

(ބ) ފަސްވަނަ ކަމަކީ ރަޖިސްޓްރީ ނަންބަރު (10-0I) P-1542A-04 "ބެސްޓް" ދޯންޏަކީ […] ވާރޭވިލާ އިބްރާހީމް މުޙައްމަދު އާއި […] ވަޙީދާ މުޙައްމަދު އާއި އިރަމާގޭ އަޙްމަދު ކަމާލު އާއި ޢަލީ މުފީދު އާއި 04 (ހަތަރު) މީހުންގެ އެއްމެދު މުދަލެއް ކަމަށް […] ކޯޓުގެ ނަންބަރު 22/I-10-C/2005 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައި ވަނީ 07-09-2005 ގައި ކަން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަ ކަމަކީ ހޮލިޑޭ އައިލެންޑް ރިސޯޓަށް "ބެސްޓް" ދޯނި ކުއްޔަށް ދީފައިއޮތް އިރު އެ ދޯނީގެ މިލްކުވެރި ފަރާތަކީ ޢަލީ މުފީދުކަމާއި ދޯނި ރަޖިސްޓްރީ ކުރެވިފައިވަނީ ޢަލީ މުފީދުގެ ނަމުގައިކަމާއި އަދި ހޮލިޑޭ އައިލެންޑް ރިސޯޓަށް ދޯނި ކުއްޔަށް ދީފައިވަނީވެސް ޢަލީ މުފީދު ކަން އެނގެން އޮންނައިރު އެ ދޯނީގެ ކެޕްޓަނެއްގެ ގޮތުގައި ދޯންޏާއި ހަވާލުވެހުރެ ހޮލިޑޭ އައިލެންޑް ރިސޯޓުން މުޙައްމަދު ދާއޫދު ނަގާފައިވާ ކުލީގެފައިސާ، މުޙައްމަދު ދާއޫދު، ދައްކަންޖެހޭނީ ޢަލީ މުފީދަށް ކަން ޝަރުޢީ އަދި ޤާނޫނީ މިހަމަތަކުގެ މަތިން ބަލަންޖެހޭ ކަމެވެ.

ޙުކުމް

ދެންފަހެ އިސްވެ ބަޔާން ކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެހެން ހުރުމުން "ބެސްޓް" ނަމަކަށް ކިޔާ އުޅަނދު ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކުއްޔަށް ދުއްވާފައިވާ މުއްދަތުގެ ތެރެއިން 2001 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން 2005 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ލިބެންޖެހޭ ކުލީގެ ފައިސާއާއި، އދ.މާމިގިލި […] މުޙައްމަދު ދާއޫދު ޙަވާލުވެފައިވާކަން ޝަރީޢަތަށް ސާބިތުވާތީ އެމުއްދަތުގައި އެއުޅަނދަށް ލިބިފައިވާ ފައިސާއިން އުޅަނދަށް ޚަރަދު ކުރެވިފައިވާ ފައިސާ އުނިކުރުމުން ބާކީވާ 122,699/-ރ. (އެއްލައްކަ ބާވީސް ހާސް ހަސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއަކީ ޢަލީ މުފީދަށް މުޙައްމަދު ދާއޫދު ދައްކަންޖެހޭ ފައިސާއެއްކަމަށް ކަޑައަޅައި މަދަނީ ކޯޓުގެ ނަންބަރު 1416/MC/2005 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/189 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/189 ޤަޟިއްޔާގެ ޙުކުމަށް ތާޢިދުކޮށް މި މައްސަލަ ނިންމީއެވެ.

ފަނޑިޔާރު މުޖްތާޒު ފަހުމީ

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ