—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
2525395-504190a
00a
33432757620ސުޕްރީމް ކޯޓު
މާލެ
00ސުޕްރީމް ކޯޓު
މާލެ
-114300153670Supreme Court
Male’, Republic of Maldives020000Supreme Court
Male’, Republic of Maldives
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރު: 2008/SC-C/03
ދަޢުވާކުރާ ފަރާތް: ޢަދާލަތު ޕާޓީ
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
ހުށަހެޅުނު ތާރީޚް: 25 ސެޕްޓެމްބަރ 2008
ނިމުނު ތާރީޚް: 02 އޮކްޓޯބަރ 2008
މައްސަލަ ނިންމި ގަޑި: 21:10
މި މައްސަލައަކީ މއ.ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމަކީ މިއަހަރު (2008 ވަނަ އަހަރު) އޮންނަ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާ ފަރާތެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާ އެކަމުގެ ހުއްދަ މއ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމަށް ދެއްވާފައިވަނީ މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށްކަމަށްވާތީ މިކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޢަމަލެއްކަމަށް ބެލޭތީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޢަދާލަތު ޕާޓީން މިކޯޓުގައި ދަޢުވާ ކުރި މައްސަލައެކެވެ. ޢަދާލަތު ޕާޓީގެ މި ދަޢުވާއަށް ބަލާއިރު މި ދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) ގައި ބުނާ "މުސްލިމެއްކަމަށްވުމާއި ސުންނަތް ޖަމާޢަތުގެ މީހެއްކަމަށްވުން" މިޝަރުޠު ރިޔާސީ ކެނޑިޑޭޓެއްކަމަށްވާ މއ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމުގެ ކިބައިން އުނިވެފައިވާކަމަށް ބުނެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ކުރާ ދަޢުވާއެއްކަން އެނގެއެވެ.
މި މައްސަލައިގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތައް ދިރާސާކޮށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
މއ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމުއަކީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) ގައިވާ "މުސްލިމެއްކަމަށްވުމާއި ސުންނަތް ޖަމާޢަތުގެ މީހެއްކަމަށް ވުން" މި ޝަރުޠު ފުރިހަމަވާ ފަރާތެއްތޯ އިލެކްޝަންސް ކޮމިޝަނުން ބަލާފައިވާ ކަމަށާއި އެކަން ބެލިއިރު މައުމޫނު ޢަބްދުލް ޤައްޔޫމުގެ މައްޗަށް އިސްލާމް ދީނު ދޫކޮށްލާފައިވާކަމުގެ ނުވަތަ ސުންނަތް ޖަމާޢަތުގެ މީހެއް ނޫންކަމަށް ބުނެ އެއްވެސް ދަޢުވާއެއް ކުރެވި އެފަދަ ކަމަކާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ޖިނާއީ ކޯޓުގައި ހިނގާފައިނުވާކަމާއި އަދި އެފަދަ ދަޢުވާއަކާ ގުޅިގެން އެއްވެސް ޙުކުމެއް ކުރެވިފައިނެތްކަން އިލެކްޝަންސް ކޮމިޝަނަށް މައުމޫނު ޢަބްދުލް ޤައްޔޫމު ހުށަހަޅުއްވާފައިވާ ޖިނާއީ ކޯޓުގެ ނަންބަރު 145-A/2008/82 (27 ސެޕްޓެމްބަރު 2008) ގެ ލިޔުމުން އެނގެން އޮންނަކަމާއި އަދި މައުމޫނު ޢަބްދުލް ޤައްޔޫމު އިސްލާމް ދީން ދޫކޮށްލާފައިވާ ކަމުގެ ނުވަތަ މައުމޫނު ޢަބްދުލް ޤައްޔޫމަކީ ސުންނަތް ޖަމާޢަތުގެ މީހެއްނޫންކަމަށް ބުނެ އެއްވެސް ދަޢުވާއެއް ކުރެވިފައިވާކަމެއް އަދި އެފަދަ ދަޢުވާއަކާ ގުޅިގެން މައުމޫނު ޢަބްދުލް ޤައްޔޫމުގެ މައްޗަށް އެއްވެސް ޙުކުމެއް ކުރެވިފައިވާ ކަމުގެ ރެކޯޑެއް ނެތްކަން އިލެކްޝަންސް ކޮމިޝަނަށް މައުމޫނު ޢަބްދުލް ޤައްޔޫމު ހުށަހަޅާފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ސަރވިސަސްގެ ނަންބަރު A-2/2008/17 (27 ސެޕްޓެމްބަރު 2008) ގެ ލިޔުމުން އެނގެން އޮވެފައި، އަދި މި ހެކިތަކަކީ ޝަރުޢީ ހަމަތަކުގެ މަތިން އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޝަރުޠު ހަމަވާކަމަށް ސާބިތުވުމަށް ކާފީ ހެކިތަކެއްކަން އެނގެއެވެ.
އިސްލާމް ދީން ދޫކޮށްލުމާއި ސުންނަތް ޖަމާޢަތުން ބޭރުވެގަތުމަކީ ދިވެހިރާއްޖޭގައި ޖިނާއީ ޝަރީޢަތް ހިންގޭ ބާވަތުގެ ކުށެއްކަން އެނގެއެވެ. މިބާވަތުގެ މައްސަލައެއް ހިންގޭނީ ޖިނާއީ ކުށުގެ މައްސަލަ ހިންގާ އުސޫލުންކަމާއި، އަދި އެފަދަ ކުށެއް އިސްލާމީ ޝަރީޢަތުގައި އެމީހެއްގެ މައްޗަށް ސާބިތުވާންޖެހޭނީ އެއްވެސް ޝައްކެއް ޝުބުހައެއް ނެތް މިންވަރަށްކަން އެނގެއެވެ. ވީއިރު، މއ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމުގެ ކިބައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) ގައި ބުނާ ޝަރުޠުކަމުގައިވާ "މުސްލިމަކުކަމުގައިވުމާއި ސުންނަތް ޖަމާޢަތުގެ މީހަކުކަމުގައިވުމުގެ ޝަރުޠު" ފުރިހަމަނުވާކަން ސާބިތުކުރުމަށް މި ބަޔާންކުރި ގޮތުގެ މަތިން ހެކި ދެއްކިފައިނުވާކަން އެނގެއެވެ.
ޙުކުމް:
ވީމާ، ދިވެހިރާއްޖެގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލް ޖޫމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) ގައި ބުނާ ޝަރުޠުތައް މއ. ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމުގެ ކިބައިގައި ފުރިހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޞައްޙަކަމަށް ކަނޑައަޅައިފީމެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުން:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖުތާޒު ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު ފާއިޒު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.