ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2008/SC-C/04ސުޕްރީމް ކޯޓު · 2 އޮކްޓޫބަރު 2008

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 އޮކްޓޫބަރު 2008ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

2525395-504190a

00a

33432757620ސުޕްރީމް ކޯޓު

މާލެ

00ސުޕްރީމް ކޯޓު

މާލެ

-114300153670Supreme Court

Male’, Republic of Maldives020000Supreme Court

Male’, Republic of Maldives

ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ

ޤަަަޟިއްޔާ ނަންބަރު: 2008/SC-C/04

ދަޢުވާކުރާ ފަރާތް: މޫސާ އަންވަރު

ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

ހުށަހެޅުނު ތާރީޚް: 25 ސެޕްޓެމްބަރ 2008

ނިމުނު ތާރީޚް: 02 އޮކްޓޯބަރ 2008

މައްސަލަ ނިންމި ގަޑި: 22:05

މިއީ ގ.ކެނެރީގޭ މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ގ.ކެނެރީގޭ މުޙައްމަދު ނަޝީދު ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް އޭނާއަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މޫސާ އަންވަރު ހުށަހެޅުމުން ބަލާދެވުނު މައްސަލައެކެވެ.

ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ މައްޗަށް އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއްކަމަށްވާ ވައްކަން ކުރުމުގެ ކުށް ސާބިތުވެގެން ޖިނާއީކޯޓުގެ ނަންބަރު 1431/JC/2001 ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވަނިކޮށް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޝަރުޠު މުޙައްމަދު ނަޝީދުގެ ކިބައިގައި ފުރިހަމަ ނުވާއިރު ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން މުޙައްމަދު ނަޝީދުގެ ނަން ޤަބޫލު ކުރުމަކީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) އަދި ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) އަދި ޤާނޫނު ނަންބަރު 2008/11 (ޢާއްމު އިންތިޚާބުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) އާ ޚިލާފު ޢަމަލެއްކަމަށް ބުނެ މޫސާ އަންވަރު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދަޢުވާ ލިބޭގޮތަށް މިކޯޓަށް ހުށަހެޅި މިމައްސަލާގައި ޚަޞްމުންގެ ބަޔާންތަކާއި ހުށަހެޅި ލިޔުންތަކަށް ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

1- ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ މައްޗަށް ޖިނާއީކޯޓުގެ ނަންބަރު 1431/JC/2001 ޤަޟިއްޔާއިން ވައްކަންކުރުމުގެ ކުށް ސާބިތުވެފައިވާކަން އެނގެެން އޮވެއެވެ. އިސްލާމީ ޝަރީޢަތުގައި ވައްކަން ބެހިފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކުރާއިރު ވައްކަމުގެ ކުށް ދެބަޔަކަށް ބެހިފައިވާކަން ފާހަގަކުރެވެއެވެ. އެއީ ޙައްދު ލާޒިމްވާ ވައްކަމުގެ ކުށާއި ތަޢުޒީރީ އަދަބު ލާޒިމްވާ ވައްކަމުގެ ކުށެވެ. ޙައްދު ލާޒިމްވާ ކުށް ސާބިތުކުރުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލުގެމަތިން ނޫނީ ޙައްދު ލާޒިމްވާ ކުށް ސާބިތުނުކުރެވޭނެކަން އެނގެއެވެ.

2- މުޙައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ކޯޓަށް އެމައްސަލަ ހުށަހެޅުމުން ޖިނާއީ ކޯޓުގައި އެމައްސަލަ ހިނގިއިރު ޝަރީޢަތުގެ މަޖިލީހުގައި އޭނާ ދީފައިވާ ބަޔާނަށް ބަލާއިރު ޝަރީޢަތުގެ މަޖިލީހުގައި ކުށަށް ޞަރީޙަ ބަހުން އިޢުތިރާފްވެފައިނުވާކަން ފާހަގަކުރެވެއެވެ. އަދި އެމައްސަލައިގައި އޭނާ ވަގަށްނެގިކަމަށް ހުށަހެޅިފައިވާ ތަކެތި އޭނާ ގެންގޮސްފައިވަނީ އެތާނގައި ވެލާނާގޭ ތެޅުމުގެ ކަންތަކުގައި ހަވާލުވެގެން ތިބި ސަރުކާރުގެ މުވައްޒަފުންގެ ކުރިމަތީގައިކަން އެނގެއެވެ. މިތަކެއްޗަކީ ދިވެހި ސަރުކާރުގެ ތަކެއްޗަށްވާއިރު އެތަކެތީގެ ބެލެހެއްޓުމުގެ ކަންތަކާއި ހަވާލުވެ ތިބި ބައެއްގެ ކުރިމަތީގައި އެތަކެތި ގެންދިއުމަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ލާޒިމްވާ ކުށެެއްނޫންކަން އެނގެއެވެ. ޙައްދު ލާޒިމްވާ ވައްކަމުގެ ކުށް އިސްލާމީ ޝަރީޢަތުގައި ސާބިތުވަނީ ޝަރީޢަތުގެ މަޖިލީހުގައިވާ ޞަރީޙަ އިޢުތިރާފުން ނުވަތަ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ޢަދްލުވެރި ދެހެކިންގެ ހެކި ބަހުންކަމަށްވާއިރު މުޙައްމަދު ނަޝީދުގެ މައްޗަށް އެމައްސަލަ ސާބިތުކުރެވިފައިވަނީ އިސްލާމީ ޝަރީޢަތުގައި ބުނެފައިވާ ޞަރީޙަ އިޢުތިރާފުން ނޫންކަމާއި އަދި އިސްލާމީ ޝަރީޢަތުގައި ބުނެފައިވާ ޢަދަލުވެރި ހެކިންގެ ހެކި ބަހުންނޫންކަން އެނގެއެވެ. އެމައްސަލައިގައި ރިޢާޔަތްކުރެވިފައިވަނީ ތަޢުޒީރީ ވައްކަމުގެ މައްސަލަތައް ސާބިތުކުރާ މިންގަނޑުތަކުންކަން އެނގެއެވެ.

ޙުކުމް

ވީމާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބުނާ ޝަރުތު ގ.ކެނެރީގޭ މުޙައްމަދު ނަޝީދުގެ ކިބައިގައި ފުރިހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ޞައްޙަކަމަށް ކަނޑައަޅައިފީމެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުން:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު މުޖުތާޒު ފަހުމީ

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އަޙްމަދު ފާއިޒު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ