ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2008/SC-C/01ސުޕްރީމް ކޯޓު · 27 ސެޕްޓެމްބަރު 2008

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 27 ސެޕްޓެމްބަރު 2008ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

2525395-504190a

00a

33432757620ސުޕްރީމް ކޯޓު

މާލެ

00ސުޕްރީމް ކޯޓު

މާލެ

-114300153670Supreme Court

Male’, Republic of Maldives020000Supreme Court

Male’, Republic of Maldives

ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ

ޤަޟިއްޔާ ނަންބަރު: 2008/SC-C/01

ހުށަހެޅި ފަރާތް: މ. ގުލްފާމުގޭ

ހުށަހެޅުނު ތާރީޚް: 22-09-2008

ނިމުނު ތާރީޚް: 27-09-2008

ނިމުނު ގަޑި: 12:05

މިއީ ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ ސަބަބުން ތަފާތުކުރުންތަކެއް ކުރިމަތިކުރުވާފައިވާކަމަށް ބުނެ އެތަފާތުކުރުންތައް ނައްތާލާ އެހެން ހުރިހާ ރައްޔިތުންނެކޭ ހަމަހަމަގޮތެއްގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިދިނުން އެދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން މ. ގުލްފާމްގޭ، އިދުހާމް މުޢިއްޒު ޢަދްނާން ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ބަލައިގަތް މައްސަލައެކެވެ.

އިސްވެ އިޝާރާތްކުރެވުނު ދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު ދަޢުވާއަކަށްވާތީ އެމާއްދާާއިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ އިޚްތިޞާޞްއަށް ބަލާއިރު އެމާއްދާއަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ އޭނާގެ ނާއިބަކަށް ހުންނާނެކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ އެކަމެއް ވަކިގޮތަކަށް ނިންމުމުގެ ބާރު ހަމައެކަނި ސުޕްރީމް ކޯޓަށް ލިބިދޭ މާއްދާއެއްކަމަށްވެފައި އަދި އެމާއްދާާގެ ދަށުން އިދުހާމް މުޢިއްޒު ޢަދްނާން ކުރާ މި ދަޢުވާއަކީ އެމާއްދާާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ރައީސުޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވިކަމަކާއިމެދު ޚިލާފު އުފެދިގެން ކުރާ ދަޢުވާއެއްކަމަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ ބުނެފައިވާއިރު މި ދަޢުވާ ލިބެނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ދަޢުވާ ހުށަހަޅާ ފޯމުގައި އިދުހާާމް މުޢިއްޒު ޢަދްނާން ކަނޑައަޅާފައިވާތީ ރައްޔިތުންގެ މަޖިލީހަށް ދަޢުވާ ލިބޭ މައްސަލައެއްގެގޮތުގައި މި ދަޢުވާ ކުރިއަށް ގެންދެވިދާނެތޯއާއި މި ދަޢުވާއަކީ މައުޟޫޢީގޮތުން ބެލިދާނެ ދަޢުވާއެއްތޯ ބަލާއިރު އަންނަނިވި ޤާނޫނީ ސަބަބުތައް ފާހަގަކުރެވުނެވެ.

މި ދަޢުވާއަކީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު ޚިލާފު އުފެދިގެން ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ކުރާ ދަޢުވާއެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައި އޮތްކަމުގައިވިޔަސް މި ދަޢުވާކޮށްފައިވާގޮތަށް ބަލާއިރު މި ދަޢުވާ މައުޟޫޢީގޮތުން ބެލުމުގެ ނަތީޖާއަކަށްވާނީ އިޝާރާތްކުރެވިފައިވާ ޤާނޫނު ނުވަތަ އެޤާނޫނުގެ ބައެއް ނަމަވެސް ޤާނޫނުއަސާސީއާއި ޚިލާފުވޭތޯ ބެލުންކަމަށްވެފައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށްކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ ދެ މަރުޙާލާގެ ކޯޓަކަށް އިޙްތިޞާސް ލިބިގެންވާކަމެއް ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ނޫންކަން.

ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި "މިޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުން އެއްވެސްކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެއެވެ." މިގޮތަށް ބަޔާންކޮށްފައި އޮތުމާއެކު ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމަކީ އެމަޖިލީހަށް ދަޢުވާ ލިބޭގޮތަށް ދަޢުވާކުރެވޭނޭކަމެއް ނޫންކަން.

ވީމާ، 22 ސެޕްޓެމްބަރު 2008 ވަނަ ދުވަހު މ.ގުލްފާމްގޭ އިދްހާމް މުޢިއްޒު ޢަދްނާން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ (މިކޯޓުގެ ނަންބަރު 2008/SC-C/01 ޤަޟިއްޔާ) މި ކޯޓުން ބަލައިދެވެން ނެތްކަމަށް ކަނޑައަޅައިފީމެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުން:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު މުޖުތާޒު ފަހުމީ

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އަޙްމަދު ފާއިޒު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ