—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/03
ދަޢުވާކުރާ ފަރާތް: އަޙްމަދު ޝާހިދު
ދަޢުވާ ލިބޭ ފަރާތް: ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން. ބީ.އެޗް.ޑީ
މައްސަލައިގެ ބާވަތް: އަމުރު އިލްތިމާސްކުރުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 22 ފެބްރުއަރީ 2009
ނިމުނު ތާރީޚް: 04 ފެބްރުއަރީ 2010 މާޗް 2009
މައްސަލަ ނިންމި ގަޑި: 14:40
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
އިލްތިމާސް ކުރެވުނު ނިންމުން
ނަންބަރު: HC-B1/2009/01
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 04 ފެބްރުއަރީ 2009
ނިމުނު ތާރީޚް: 04 ފެބްރުއަރީ 2009
މައްސަލައިގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރު 776/MC/2008 ޤަޟިއްޔާއާ ގުޅިގެން މަދަނީ ކޯޓުން ނެރެފައިވާ އަމުރުތައް ބާޠިލް ވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން މަދަނީ ކޯޓަށް އަމުރުކޮށްފައިވާ ކަމަށާއި އަދި އެއީ ޤާނޫނާ ޚިލާފުވާގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އަޙްމަދު ޝާހިދުގެ ފަރާތުން ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން. ބީ.އެޗް.ޑީ.ގެ މައްޗަށް މިކޯޓުގައި އިލްތިމާސް ކޮށްފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލައިގެ ބަޔާންތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި ކަންތައް ފާހަގަ ކުރެވެއެވެ.
މަދަނީ ކޯޓުގެ ނަންބަރު 776/MC/2008 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރި ފަރާތް ކަމަށްވާ ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ގެފަރާތުން މަދަނީ ކޯޓުގެ ޙުކުމް ތަންފީޛު ކުރުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުން ހައިކޯޓުގެ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ ނަންބަރު HC-B1/2009/01 (04 ފެބްރުއަރީ 2009) ގެ އަމުރުން މަދަނީ ކޯޓުގެ ނަންބަރު 776/MC/2008 ގެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޛު ކުރުން ފަސް ކުރުމަށް އަމުރު ކޮށްފައިވާ ކަންއެނގޭކަމާއި މަދަނީ ކޯޓުގެ ޙުކުމް ތަންފީޛު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރު ކޮށްފައިވަނީ، ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) ގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވާ އެކޯޓުގެ ނަންބަރު 2008/HC-A/316 ޤަޟިއްޔާ އާމެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކަންއެނގެން އޮތުމެވެ.
ހައިކޯޓަށް ވުރެން ދަށު މަރުޙަލާއެއްގެ ކޯޓަކުން ކުރާ ޙުކުމެއް ނުވަތަ އެފަދަ ކޯޓަކުން ނިންމާ ނިންމުމެއް ނުވަތަ އަމުރެއް ބަދަލުކުރުމުގެ ބާރު ޤާނޫނީ ގޮތުން ހައިކޯޓަށް ލިބިގެންވާކަން އެނގެންއޮތުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން، މަދަނީ ކޯޓުގެ ނަންބަރު 776/MC/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުން ފަސްކުރުމަށް އަމުރު ކޮށްފައިވަނީ ހައިކޯޓުގެ ނަންބަރު 2008/HC-A/316 ޤަޟިއްޔާއާ ގުޅިގެން ކަމާއި އަދި އެ އަމުރަކީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ އާމެދު އެކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ހައިކޯޓުން ކޮށްފައިވާ އަމުރެއް ކަމާއި މިހާރު އެ ޤަޟިއްޔާއާ މެދު ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅާ ފައިސަލާކުރަނިވި ޙުކުމެއްކޮށްފައިވާތީ އެ ޤަޟިއްޔާ އާ ގުޅިގެން ހައިކޯޓުން ކޮށްފައިވާ އިސްވެ އިޝާރާތް ކުރެވުނު އަމުރު ނިމުމަކަށް އައިސްފައިވާ ކަން އެނގޭކަމެވެ.
ޙުކުމް:
ވީމާ، އިސްވެ ބަޔާންކުރި ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-B1/2009/01 (04 ފެބްރުއަރީ 2009) ގެ އަމުރަކީ އެކޯޓުގެ ނަންބަރު 2008/HC-A/316 ޤަޟިއްޔާއާ މެދު ވަކިގޮތެއް ކަނޑައަޅަންދެން ހައިކޯޓުން ކޮށްފައިވާ އަމުރެއް ކަމާއި މިހާރު އެޤަޟިއްޔާއާމެދު ހައިކޯޓުން ވަކިގޮތަކަށް ކަނޑައަޅާ ޙުކުމްކޮށްފައިވާތީ އެޤަޟިއްޔާއާ ގުޅިގެން ހައިކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން މިކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލާގައި އިތުރު ނިންމުމެއް ނިންމާނެ ތަނެއް ނެތް ކަމަށް މިމައްސަލަބެލި ފަނޑިޔާރުން އިއްތިފާޤުވެފައިވާތީ އެކަން އަންގާ މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.