—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/11
ދަޢުވާކުރާ ފަރާތް: ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 03 މާރޗް 2009
ނިމުނު ތާރީޚް: 06 ސެޕްޓެމްބަރ 200923 ޖުލައި 2009
މައްސަލަ ނިންމި ގަޑި: 11:20
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު މުޖްތާޒް ފަހުމީ
އިލްތިމާސް ކުރެވުނު ނިންމުން
ނަންބަރު: 06/2008
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 20 ޖެނުއަރީ 2009 17 ޖޫން 2007
ނިމުނު ތާރީޚް: 25 ޖެނުއަރީ 2009
މައްސަލައިގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 239/MC/2004 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދެވަނަފަހަރަށް ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅި މައްސަލަ "ދެން ހައިކޯޓުން ބަލައި ދެވޭނެ ތަނެއް ނެތްކަމަށް" ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން އިލްތިމާސް ކުރުމަށް ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
މިމައްސަލައިގައި ޚަސްމުންގެ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށާއި ޤާނޫނާއި ޤަވާޢިދުތަކަށް މިމައްސަލަ ބަލާ ފަނޑިޔާރުން ރިޢާޔަތް ކުރާއިރު ތިރީގައިވާ ކަންތައްތައް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ މިމައްސަލައަކީ މަދަނީކޯޓުގެ ނަންބަރު 293/MC/2004 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ދެވަނަ ފަހަރަށް ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލަ، ދެން ހައިކޯޓުން ބަލައިދެވޭނެ ތަނެއް ނެތް "ކަމަށް" ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވި ނިންމެވުން ޤާނޫނާއި ޤަވާޢިދާ އެއްގޮތް ނޫންކަމަށް ބުނެ، ސުޕްރީމް ކޯޓަށް، ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އިލްތިމާސް ކުރި މައްސަލައެއް ކަމެވެ.
(ށ) ދެވަނަކަމަކީ އެމައްސަލަ ހައިކޯޓުން ބަލައި ނުގަތުމަށް ނިންމެވުމެއް ނިންމަވާފައިވަނީ "މަދަނީކޯޓުގެ ނަންބަރު 293/MC/2004 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 ފެބްރުއަރީ 2006 ގައި ހައިކޯޓަށް ހުށަހަޅައި 05 އޯގަސްޓް 2007 ގައި ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާގެ ފޯމް ބާޠިލުކޮށް މައްސަލަ ނިންމަވާފައިވަނިކޮށް އެމައްސަލައިގެ ފޯމު ބާޠިލު ކުރެވުނުތާ 60 (ފަސްދޮޅަސް) ދުވަސްފަހުން މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައިވާތީ، 07 ސެޕްޓެމްބަރ 2008 ގެ ކުރިން ޢަމަލު ކުރަމުންގެންދިޔަ ހައިކޯޓު ޤަވާޢިދުގެ 11 ވަނަ މާއްދާގެ ދަށުން ކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ އޭރު ޢަމަލު ކުރަމުން ގެންދިޔަ "ހައިކޯޓު ޤަވާޢިދު" ގެ 11 ވަނަ މާއްދާއަށް ބަލާއިރު "ބާޠިލު ވެފައިވާ ޤަޟިއްޔާއެއް އަލުން ހުށަހަޅާނަމަ އެ ޤަޟިއްޔާއެއް ބާޠިލު ކުރެވުނު ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ހުށަހަޅަން ވާނެކަމަށާއި މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ އެ ދަޢުވާއެއް ދެވަނަ ފަހަރަކަށް ހައިކޯޓުން ބަލައެއް ނުގަނެވޭނެ" ކަން އެނގެން އޮންނައިރު ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާ ބާޠިލު ކުރިފަހުން ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެމައްސަލަ ހުށަހެޅީ މައްސަލަ ބާޠިލު ކުރެވުނުތާ 500 (ފަސްސަތޭކަ) ދުވަހަށްވުރެވެސް ގިނަ ދުވަސް ފަހުންކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަކަމަކީ ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާގެ ފޯމު ބާޠިލު ކޮށްފައިވަނީ 31 ޖުލައި 2007 ވަނަ ދުވަހުގެ 09:00 އަށް ހައިކޯޓަށް ޙާޟިރުވުމަށް އަންގާ ފޮނުވި ޗިޓު، ދަޢުވާކުރާ ފަރާތަށް ރައްދުނުކުރެވިގެން ކަމާއި ދަޢުވާކުރާ ފަރާތަށް ޗިޓު ރައްދުނުކުރެވުނީ ދަޢުވާކުރާ ފަރާތުން ހައިކޯޓަށް ދީފައިވާ އެޑްރެސް ބަދަލު ކޮށް އެކަން ހައިކޯޓަށް އަންގާފައި ނުވާތީ އާއި ކުންފުންޏާއި ނުވަތަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއި ގުޅޭނެ ފޯނު ނަންބަރެއްވެސް ކުންފުނިން ހަމަޖައްސާފައިވާ ވަކީލަށް ވެސް އެނގިފައި ނުވާތީ ކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަކަމަކީ އެމައްސަލައަކީ ކުންފުންޏަކުން ހުށަހެޅި މައްސަލައެއް ކަމަށްވާއިރު ކުންފުނިން ހޯދަންޖެހޭ މަޢުލޫމާތު ކުންފުނީގެ އަނެއް ޑިރެކްޓަރުންގެ ކިބައިން ލިބޭތޯ އޭނާ ޙާޟިރު ނުކޮށް މައްސަލަ ބާޠިލުކުރި ކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާ ނުކުތާއަށް ބަލާއިރު ދަޢުވާކުރާ ފަރާތުން ކޯޓަށް ޙާޟިރުވާނެ މީހަކު ހަމަޖެއްސުމާއި އެމީހެއްގެ ނަމާއި އެޑްރެސް ކޯޓަށް އެންގުމަކީ ވެސް ދަޢުވާކުރާ ނުވަތަ މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަން އެނގެން އޮންނަ ކަމެވެ.
(ޅ) ހަވަނަކަމަކީ ހައިކޯޓުން މައްސަލަ (އެބަހީ ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާ) ބާޠިލު ކުރިކަން ވެސް ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހައިކޯޓުން އަންގާފައި ނުވާކަމަށް ދަޢުވާކުރާ ފަރާތުން ބުނާއިރު ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލުކޮށްފައިވަނީ 31 ޖުލައި 2007 ވަނަ ދުވަހުގެ 09:00 އަށް ކޯޓަށް ޙާޟިރުވުމަށް ޗިޓު ފޮނުވުމުން މައްސަލަ އިސްތިއުނާފު ކުރި ފަރާތުން ކޯޓަށް ދީފައިވާ އެޑްރެހުން މައްސަލަ އިސްތިއުނާފުކުރި ފަރާތަށް ޗިޓް ރައްދުވާ ގޮތް ނުވެގެންނާއި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއެކު ޙާޟިރު ވާގޮތަށް ހަމަޖައްސާފައިވާ ޤާނޫނީ ވަކީލަށް ވެސް އެ މަޢުލޫމާތު ލިބިފައި ނެތުމާއި މިސަބަބުތަކަށްޓަކައި ކަމަށްވާތީ ދަޢުވާކުރި ފަރާތް ހުރި ތަނަކުން ހޯދައިގެން ދަޢުވާ ފޯމު ބާޠިލު ކުރެވުނު ކަން އެފަރާތަށް ކޯޓުން އެންގުން، ކޯޓަށް ޤާނޫނީ ގޮތުން ލާޒިމު ނުވާކަން އެނގެން އޮންނަ ކަމެވެ.
(ކ) ހަތްވަނަކަމަކީ މައްސަލަ ނުބެލެވި ދާ ދިއުމަކީ ޤާނޫނީ ރަނގަޅު އަޞްލެއް ނޫންކަމަށް ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވާއިރު އެމައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުޞަތު ގެއްލިފައިވަނީ ހައިކޯޓުން އޭރު ޢަމަލު ކުރި "ހައިކޯޓުގެ ޤަވާޢިދު" ގެ 11 ވަނަ މާއްދާއާ އެއްގޮތަށް ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަމަލު ކޮށްފައި ނުވާތީ ކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލު ކުރައްވައި މައްސަލަ ނިންމަވާފައި ވަނިކޮށް މަދަނީ ކޯޓުގެ ނަންބަރު 293/MC/2004 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދި ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 21 ޖެނުއަރީ 2009 ދުވަހު ހައިކޯޓަށް ހުށަހެޅި މައްސަލަ "ދެން ހައިކޯޓުން ބަލައި ދެވޭނެ ތަނެއް ނެތްކަމަށް" ނިންމަވާފައިވާ ނިންމެވުމަކީ ހައިކޯޓުގެ ޤަވާޢިދާ އެއްގޮތަށް ނިންމަވާފައިވާ ޞައްޙަ ނިންމުމެއް ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު މުޖުތާޒް ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މިރިޕޯޓް މީގެ އަޞްލާއި އެއްގޮތެވެ.ރީޚް:...........................ޢަބްދު
ޝ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.