ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2009/SC-A/21

ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިނަން ފޮރުވާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 12 އޮކްޓޫބަރު 2009ދަށު ކޯޓު: މަދަނީ ކޯޓު 151/MC/2006ބާވަތް: މަދަނީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2008/HC-A/58
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުގެ 151/MC/2006 ޤަޟިއްޔާގައި، ތަރިކަ ދޫކުރި މީހާގެ ވާރިސުންނަކީ އޭނާގެ ފިރިމީހާއާއި އެއްބަނޑު އެއްބަފާ އަޚާކަމަށާއި، ބަންޑާރަ ގޯތީގެ ބިމުން އަޚާއަށް ލިބުމުގެ ޝަރުޠު ހަމަނުވާތީ، ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ހަތަރުބައިކުޅަ ތިންބައިގެ އަގުގެ ދެބައިކުޅަ އެއްބައި (82,462.50 ރުފިޔާ) ފިރިމީހާ އަޚާއަށް 3 މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމުން، އެ ބައި ފިރިމީހާއަށް މިލްކުވާނެ ކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2008/HC-A/58 ޤަޟިއްޔާގައި (22 ޖެނުއަރީ 2009) އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ހަތަރުބައިކުޅަ ތިންބައިގެ ތަރިކައިގެ މައްސަލައެކެވެ. ތަރިކަ ދޫކުރި މީހާ ނިޔާވިއިރު ތިބި ވާރިސުންނަކީ އޭނާގެ ފިރިމީހާއާއި އެއްބަނޑު އެއްބަފާ އަޚާއެވެ. ތަރިކަ ދޫކުރި މީހާ މަރުބަލީގައި ހޮސްޕިޓަލުގައި އެނދުމަތިވެފައި އޮތް ދުވަސްތަކުގެ ތެރެއިން 2 މަހާއި 24 ދުވަހުގެ ތެރޭގައި، އަޚާގެ ދަރިއަކު ބައެއް ފަހަރު ބޭސް ނަގައިދީ ހޮސްޕިޓަލުގައި ގާތުގައި އިނދެދިނެވެ. އޭރު ތަރިކަ ދޫކުރި މީހާ ބަލަމުން ގެންދިޔައީ އޭނާގެ ފިރިމީހާއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތަރިކަ ދޫކުރި މީހާގެ އެއްބަނޑު އެއްބަފާ އަޚާއަކީ، އޭނާ ހޮސްޕިޓަލުގައި އެނދުމަތިވެފައި އޮތް ދުވަސްތަކުގައި ދީފައިވާ އެހީތެރިކަމުގެ ސަބަބުން، "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައިވާ "ޚަރަދުކޮށް ބެލި" މީހެއްގެ ގޮތުގައި ބަންޑާރަ ގޯތީގެ ބިމުން ބައި ލިބޭނެ މީހެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތުން ބުނީ، ތަރިކަ ދޫކުރި މީހާއަށް ޚަރަދުކޮށް ބެލެހެއްޓީ އޭނާކަން ސާބިތުކޮށްދިނުމަށް ދަށު ކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ބައްލަވާފައި ނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ އަދި 8 ވަނަ މާއްދާގެ ދަށުން ބަންޑާރަ ބިމުން މުޠުލަޤުކޮށް ލިބޭނީ ތަރިކަ ދޫކުރި މީހާގެ އުފަން ދަރިންނާއި އަނބިންނާއި ފިރިންނަށް ކަމަށާއި، އިލްތިމާސްކުރި ފަރާތަކީ ވާރިސެއް ކަމުގައި ވިޔަސް އެ ގިންތީގައި ހިމެނޭ މީހެއް ނޫން ކަމަށެވެ. އަދި ހޮސްޕިޓަލުގައި ކުރު މުއްދަތެއްގައި، ބަދަލެއް ލިބުމުގެ އެއްބަސްވުމެއް ނެތި ދީފައިވާ އެހީތެރިކަމަކީ އެ ޤަވާޢިދުގެ 7 ވަނަ މާއްދާގައިވާ "ޚަރަދުކޮށް ބެލުން" ކަމުގައި މާނަކުރެވޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައްސަލަ ބަލާ ޙުކުމްކުރިއިރު ޢަމަލުކުރަމުން ދިޔަ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާއަށާއި 8 ވަނަ މާއްދާއަށް ބަލާއިރު، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން އެ މުދާ ހުރި ބިން ބައިކުރުމުގައި، މުޠުލަޤުކޮށް ބިމުން ލިބިދެވޭނީ ތަރިކަ ދޫކުރި މީހާގެ އުފަން ދަރިންނާއި އަނބިންނާއި ފިރިންނަށެވެ. މިނޫން ވާރިސުންނަށް ބިމުން ލިބިދެވެނީ، މަރުވި މީހާގެ އުފަން ދަރިއެއް، ފިރިއެއް، އަނބެއް ނެތްނަމަ، ނުވަތަ ތަރިކަ ދޫކުރި މީހާ (މަރުވި މީހާ) އަށް "ޚަރަދުކޮށް ބެލީ" އެ މީހަކު ނުވަތަ އެ ބަޔަކު ކަމުގައިވާނަމައެވެ.

HN2 ތަރިކަ ދޫކުރި މީހާ މަރުބަލީގައި ހޮސްޕިޓަލުގައި އެނދުމަތިވެފައި އޮތްއިރު އޭނާގެ ފިރިމީހާ އޭނާ ބަލަމުން ގެންދިޔަ ޙާލަތެއްގައި، ބަދަލެއް ލިބުން ޝަރުޠުކޮށް އެއްބަސްވުމެއް ނެތި، ކުރު މުއްދަތެއްގެ ތެރޭގައި ބައެއް ފަހަރު ޑޮކްޓަރުގެ ސިޓީއަށް ބޭސް ނަގައިދިނުމާއި ހޮސްޕިޓަލުގައި ގާތުގައި އިނދެދިނުން ފަދަ ކަންތައްތަކަކީ، "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ބުނެފައިވާ "ތަރިކަ ދޫކުރި މީހާ (މަރުވި މީހާ) އަށް ޚަރަދުކޮށް ބެލި" ކަމުގައި މާނަކުރެވެން އޮތް ކަމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޖުތާޒް ފަހުމީ (ރިޔާސަތު)، ޔޫސުފް ޙުސައިން، އަޙްމަދު ފާއިޒު ޙުސައިން
ރިޔާސަތު
މުޖުތާޒް ފަހުމީ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 7 ޖޫން 2009 · ރަޖިސްޓްރީކުރީ 7 ޖޫން 2009 · ނިމުނީ 12 އޮކްޓޫބަރު 2009 (4.2 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2009/SC-A/21

ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި، މ.މ.ޚ.ދަފްތަރު ނަންބަރު 7396

ދަޢުވާ ލިބޭ ފަރާތް: ނަން ފޮރުވާފައި

މައްސަލައިގެ ބާވަތް: ތަރިކަ

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 07 ޖޫން 2009

ނިމުނު ތާރީޚް: 12 އޮކްޓޯބަރ 2009

މައްސަލަ ނިންމި ގަޑި: 10:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު މުޖްތާޒު ފަހުމީ

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/58

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 21 ފެބްރުއަރީ 2008ޖޫން 2007

ނިމުނު ތާރީޚް: 22 ޖެނުއަރީ 2009

މައްސަލައިގެ ޚުލާޞާ

[1]މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/58 ޤަޟިއްޔާ އިލްތިމާސް ކުރުމަށް މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު ރސ 7396 ނަން ފޮރުވާފައި ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައެވެ.

[2]ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފު ކުރެވުނުއިރު ދަޢުވާލިބުނު ފަރާތް، މއ. ބްލޫރޯސް ޢަލީ އިސްމާޢީލް 26-11-2008 ގައި ނިޔައުވެފައިވާތީ ސުޕްރީމް ކޯޓުގައި މިމައްސަލަ ހިންގިފައިވަނީ ދަޢުވާލިބޭ ޚަސްމެއްގެ ގޮތުގައި މަރުޙޫމް ޢަލީ އިސްމާޢީލްގެ ދަރި މއ. ބްލޫރޯސް ނަން ފޮރުވާފައި ބައިވެރި ކޮށްގެންނެވެ.

ފާހަގަކުރެވުނު ނުކުތާތައް

[3]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/58 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީގޮތުން ރަނގަޅަށް ނޫންކަމަށް ބުނެ އެޤަޟިއްޔާ އިލްތިމާސް ކުރުމަށް މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު ރސ 7396 ނަން ފޮރުވާފައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން އެނގެއެވެ.

[4]ހައިކޯޓުގެ ނަންބަރު 2008/HC-A/58 ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 151/MC/2006 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކުރައްވައި ހައިކޯޓުން ނިންމަވާފައިވާ ޤަޟިއްޔާ އެއްކަން އެނގެއެވެ.

[5]މަދަނީ ކޯޓުގެ ނަންބަރު 151/MC/2006 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު މއ. ބްލޫރޯސް ޢައިޝަތު އަޙްމަދު ނިޔާވެފައިވާކަމާއި ޢައިޝަތު އަޙްމަދު ނިޔާވިއިރު ދުނިޔޭގައި ތިބި ވާރިސުންނަކީ ފިރި މއ. ބްލޫރޯސް ޢަލީ އިސްމާޢީލް އާއި ޢައިޝަތު އަޙްމަދުގެ އެއްބަނޑު އެއްބަފާ އަޚް މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު ރސ 7396 ނަން ފޮރުވާފައި އާއި 02 (ދެއެއް) ވާރިސުންކަމާއި މއ. ބްލޫރޯސް އެވެކިޔާ ބަންޑާރަ ގޯތީގައި ހިމެނޭ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 4/3 (ހަތަރުބައި ކުޅަ ތިންބައި) ބަޔަކީ އަލްމަރުޙޫމް ޢައިޝަތު އަޙްމަދުގެ ތަރިކައެއްކަމާއި މއ. ބްލޫރޯސް އެވެކިޔާ ބަންޑާރަ ގޯތީގެ ބިމުން ޢަލީ އަޙްމަދަށް ލިބުމުގެ ޝަރުޠު ހަމަނުވާތީ، އެޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަގު މަގުކޮށް 4/3 (ހަތަރުބައި ކުޅަ ތިންބައި) ގެ އަގަށްވާ 164,925/-ރ. (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ނުވަސަތޭކަ ފަންސަވީސް) ރުފިޔާގެ 2/1 (ދެބައިކުޅަ އެއްބައި) ބަޔަށްވާ 82,462/50ރ. (އަށްޑިހަ ދެހާސް ހަތަރުސަތޭކަ ފަސްދޮޅަސް ދެރުފިޔާ / ފަންސާސްލާރި) ޢަލީ އިސްމާޢީލުގެ އަތުން ޢަލީ އަޙްމަދަށް 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެމަހަކަށްޖެހޭ މިންވަރު އެމަހަކު ދައްކައި ޚަލާޞް ކުރުމުން މއ. ބްލޫރޯސް އެވެކިޔާ ބަންޑާރަ ގޯތީގައި ހިމެނޭ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން މަރުޙޫމާ ޢައިޝަތު އަޙްމަދަށް ލިބިގެންވާ 4/3 (ހަތަރުބައި ކުޅަ ތިންބައި) ބައި ޢައިޝަތު އަޙްމަދު ނިޔައުވިއިރު ފިރިއަކަށް ހުރި ޢަލީ އިސްމާޢީލަށް މިލްކު ވާނެކަމަށް ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެއެވެ.

[6]ހައިކޯޓުގެ ނަންބަރު 2008/HC-A/58 ޤަޟިއްޔާގެ ޙުކުމް، ޝަރީޢަތާއި ޤާނޫނާއި ޚިލާފުވާ ޤާނޫނީ ނުކުތާއެއްގޮތުގައި ދަޢުވާ ކުރާ ނަން ފޮރުވާފައިގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާއަކީ މއ. ބްލޫރޯސް އަލްމަރުޙޫމާ ޢައިޝަތު އަޙްމަދަށް ޚަރަދުކޮށް ބެލެހެއްޓީ ނަން ފޮރުވާފައިކަން ސާބިތުކޮށްދިނުމުގެ ގޮތުން ދަށުކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ބައްލަވާފައި ނުވާކަން ބަޔާންކޮށް ހުށަހެޅި ނުކުތާއެއްކަން އެނގެއެވެ.

[7]މިމައްސަލައިގައި ޙަސްމުންގެ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުން ތަކަށާއި ޤާނޫނާއި ޤަވާޢިދުތަކަށް މިމައްސަލަ ބެލި ފަނޑިޔާރުން ރިޢާޔަތްކޮށް ބެލިއިރު ތިރީގައިވާ ކަންކަން ފާހަގަ ކުރެވެއެވެ.

[8](ހ) ފުރަތަމަ ކަމަކީ މިމައްސަލަ މަދަނީ ކޯޓުގައާއި ހައިކޯޓުގައި ބަލާ ޙުކުމް ކުރިއިރު އޮތް "ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާއިބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާއަށާއި އަދި އެޤަވާޢިދުގެ 8 ވަނަ މާއްދާއަށް ބަލާއިރު ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭމުދާ ތަރިކައިން ލިބިގެން އެމުދާ ހުރި ބިން ބައިކުރުމުގައި މުތުލަޤުކޮށް ބިމުން ލިބިދެވޭނީ ތަރިކަ ދޫކުރި މީހާގެ އުފަން ދަރިންނާއި އަނބިންނާއި ފިރިންނަށް ކަމާއި މިނޫން ވާރިސުންނަން ބިމުން ލިބިދެވެނީ މަރުވިމީހާގެ އުފަން ދަރިއެއް، ފިރިއެއް، އަންބެއް ނެތްނަމަ، ނުވަތަ ތަރިކަ ދޫކުރިމީހާ (މަރުވިމީހާ) އަށް "ޚަރަދުކޮށް ބެލީ" އެމީހަކު ނުވަތަ އެއްބަޔަކު ކަމުގައިވާނަމަ ކަން އެނގެން އޮންނަ އޮތުމެވެ.

[9](ށ) ދެވަނަކަމަކީ ދަޢުވާކުރާ ނަން ފޮރުވާފައިއަކީ މއ. ބްލޫރޯސް އަލްމަރުޙޫމާ ޢައިޝަތު އަޙްމަދުގެ ވާރިސެއްކަން އެނގެން އޮންނަކަމާއި ނަމަވެސް ނަން ފޮރުވާފައިއަކީ މަރުޙޫމާ ޢައިޝަތު އަޙްމަދުގެ ތަރިކައިގައި ހިމެނޭ ޢިމާރާތް ހުރި ބަންޑާރަ ބިމުން މުތުލަޤުކޮށް ލިބޭ މީހުންގެ ގިންތީގައި ހިމެނޭ މީހެއް ނޫންކަން އޭރު ޢަމަލު ކުރި "ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާއިން އެނގެން އޮންނަކަމެވެ.

[10](ނ) ތިންވަނަކަމަކީ މއ. ބްލޫރޯސް އަލްމަރުޙޫމާ ޢައިޝަތު އަޙްމަދު ބެލުމުގެގޮތުން ޢައިޝަތު އަޙްމަދަށް ނަން ފޮރުވާފައިގެ ފަރާތުން ކޮށްދިންކަމެއް ކޮށްދީފައިވަނީ ޢައިޝަތު އަޙްމަދު މަރުބަލީގައި ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި އޮތް ދުވަސްތަކުގެ ތެރެއިން 02 (ދެއެއް) މަހާއި 24 (ސައުވީސް) ދުވަހުގެ ތެރޭގައިކަން ނަން ފޮރުވާފައިގެ ފަރާތުން ދެއްކި ވާހަކައިން އެނގެން އޮންނަކަމެވެ.

[11](ރ) ހަތަރުވަނަކަމަކީ ޢައިޝަތު އަޙްމަދުގެ މަރުބަލީގައި ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮތްއިރު ޢައިޝަތު އަޙްމަދުގެ ފިރި ޢަލީ އިސްމާޢީލް، ޢައިޝަތު އަޙްމަދު ބަލަމުން ގެންދިޔަކަން އެނގެން އޮންނަކަމެވެ.

[12](ބ) ފަސްވަނަކަމަކީ ޢައިޝަތު އަޙްމަދު މަރުބަލީގައި ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮތްއިރު ނަން ފޮރުވާފައިގެ ދަރި މުޙައްމަދު ރަޝީދު، ޢައިޝަތު އަޙްމަދަށް ވެދިން އެހީތެރިކަމެއް ވެދީފައިވަނީ އެކަމުގެ މުޤާބިލުގައި އެއްވެސް އެއްޗެއް ޢަލީ އަޙްމަދަށް ލިބުން ޝަރުޠުކޮށް ޢައިޝަތު އަޙްމަދުއާ ނަން ފޮރުވާފައިއާ ދެމެދު ނުވަތަ ޢައިޝަތު އަޙްމަދުގެ ފިރި ޢަލީ އިސްމާޢީލް އާއި ނަން ފޮރުވާފައިއާ ދެމެދު އެއްބަސްވެގެން ނޫންކަމާއި މިފަދަ އެއްބަސްވުމެއް ނެތި، ނަން ފޮރުވާފައިގެ ދަރިފުޅު މުޙައްމަދު ރަޝީދު ބައެއްފަހަރު ޑޮކްޓަރުގެ ސިޓީއަށް ބޭސް ނަގައި ދިނުމާއި ޢައިޝަތު އަޙްމަދު ގާތު ހޮސްޕިޓަލުގައި އިނދެދިނުން ފަދަ ކަންތައް ކޮށްދީފައި ވީނަމަވެސް އެކަންކަމަކީ އޭރު ޢަމަލުކުރަމުން ގެންދިޔަ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާއިބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ބުނެފައިވާ "ތަރިކަ ދޫކުރި މީހާ (މަރުވިމީހާ) އަށް ޚަރަދުކޮށް ބެލި" ކަމުގައި މާނަ ކުރެވެންއޮތް ކަމެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް:

[13]ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/58ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާޤްވި ހިނދު އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ނިންމީއެވެ.

ފަނޑިޔާރު މުޖުތާޒް ފަހުމީ

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު އަޙުމަދު ފާއިޒް ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާ
  • ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 8 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ