އަޙްމަދު ޝަމީމު ވ. މުޙައްމަދު ރަޝީދު
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މަދަނީ ކޯޓުން (2008/MC/785) އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން ފައިސާ ލިބިދިނުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- 2001 މެއި 8 ގައި ދެފަރާތުގެ މެދުގައި ގޯއްޗެއްގައި 5 ބުރީގެ ޢިމާރާތެއް 7 މަހުގެ ތެރޭގައި ކުރުމަށް އެއްބަސްވެ، ލަސްވާ ކޮންމެ މަހަކަށް ނުނިމި ހުންނަ ކޮންމެ ބުރިއަކަށް 8,000 ރުފިޔާގެ ޖޫރިމަނާއެއް އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ކަނޑައެޅުނެވެ. މުއްދަތުގައި ޢިމާރާތް ނުނިމުމުން، ގޯތީގެ ވެރިފަރާތުން ބާކީ ޖޫރިމަނާ ހޯދުމަށް ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެއްބަސްވެފައިވާ މުއްދަތުގައި ޢިމާރާތް ނިންމާފައި ނުވުމުން، އެއްބަސްވުމުގައިވާ ލަސްވުމުގެ ޖޫރިމަނާ ކޮންޓްރެކްޓަރު ދައްކަން ލާޒިމުވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިލްތިމާސްކުރި ފަރާތުން ބުނީ ހައިކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ނޫން ޙުކުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވި މުއްދަތުގައި ޢިމާރާތް ނުނިމުނުކަމާއި މަސައްކަތް ހުއްޓާލީ ކޮންޓްރެކްޓަރަށް މަސައްކަތް ނުކުރެވިގެންކަން އޭނާ އިޤްރާރުވެފައިވާތީއާއި، ގޯތީގެ ވެރިފަރާތުގެ ވާޖިބުތައް ފުރިހަމަކޮށްފައިވާތީ، ޖޫރިމަނާއާމެދު އިޢުތިރާޟުކުރުމުގެ ޤާނޫނީ ހަމައެއް ނެތުމުން ހައިކޯޓުގެ ޙުކުމަށް ތާއީދުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2009/HC-A/44
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
އެއްބަސްވުމުގައި ބުނާ، އެއް ފަރާތުން އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް ފުރިހަމަކޮށްފައިވާނަމަ، އެ އެއްބަސްވުމުގެ މާއްދާއެއްގެ ދަށުން އަނެއް ފަރާތުން ދައްކަންޖެހޭ ޖޫރިމަނާ ލިބިދިނުމާމެދު އިޢުތިރާޟް ކުރުމުގެ ޙައްޤު ޤާނޫނީ ގޮތުން އެ ފަރާތަށް ލިބިދެވޭފަދަ ހަމައެއް ނެތެވެ.
ފަނޑިޔާރުން
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން، އާދަމް މުޙައްމަދު ޢަބްދުﷲ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މައްސަލައިގެ ޚުލާޞާ
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 44/HC-A/2009 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ނޫންގޮތަކަށް ކަމަށް ބުނެ […] އަޙްމަދު ޝަމީމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 03/SC-A/2010 ގެ ޤަޟިއްޔާއެވެ. އިސްވެބުނި ހައިކޯޓުގެ ނަންބަރު44/HC-A/2009 ގެ ޤަޟިއްޔާއަކީ މަދަނީ ކޯޓުގެ ނަންބަރު 2008/MC/785 ގެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރެވުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ […] މުޙައްމަދު ރަޝީދެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ހުށަހެޅި ލިޔެކިއުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީކޯޓުގެ ނަންބަރު: 2008/MC/785 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 44/HC-A/2009 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، […] މުޙައްމަދު ރަޝީދާއި […] އަޙްމަދު ޝަމީމާއި ދެމެދު، […] އެވެ ކިޔުނު ގޯތީގައި 05 ބުރި އިމާރާތެއް ކުރުމަށް،08 މެއި 2001 ގައި އެގްރީމަންޓެއް ކޮށްފައިވާކަން އެނގެން އޮންނަ އޮތުމާއި އެ އެގްރީމަންޓުގެ 4 ވަނަ މާއްދާގައި ޢިމާރާތް ނިންމުމަށް 07 މަސްދުވަހުގެ މުއްދަތެއް ދެވިފައިވާކަމާއި އެ މުއްދަތު08 ޑިސެމްބަރ 2001 އަށް ހަމަވިއިރު، އިމާރާތް މުޅިން ނިންމާފައި ނުވާކަމާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ މަސައްކަތެއް މުޅިން ނުނިމިއްޖެނަމަ، ލަސްވާ ކޮންމެ މަހަކަށް، ނުނިމި ހުންނަ ކޮންމެ ބުރިއަކަށް، ޖޫރިމަނާގެ ގޮތުގައި -/8000ރ. (އަށްހާސް ރުފިޔާ) އަޙްމަދު ޝަމީމު، މުޙައްމަދު ރަޝީދަށް ދައްކަންޖެހޭނެ ކަމަށް އެ އެގްރީމަންޓުގެ 23 ވަނަ މާއްދާގައި އޮންނަކަން އެނގެން އޮތުމެވެ.
(ށ) ދެވަނަކަމަކީ، […] އެވެ ކިޔުނު ގޯތީގައި 05 ބުރީގެ ޢިމާރާތެއް ހެދުމުގެ ޖުމްލަ އަގެއްކަމަށް އެއްބަސްވެފައިވާ އަގަކީ -/893,850ރ. (އަށްލައްކަ ނުވަދިހަތިންހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ކަމާއި މި އަގުގެ ތެރެއިން -/500,000ރ. (ފަސްލައްކަ ރުފިޔާ) ވަނީ […] މުޙައްމަދު ރަޝީދުގެ ފަރާތުން […] އަޙްމަދު ޝަމީމަށް ދީފައިކަމާއި ޢިމާރާތް ހެދުމުގެ ޖުމްލަ އަގުކަމަށްވާ -/893,850ރ. (އަށްލައްކަ ނުވަދިހަ ތިންހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ގެ ތެރެއިން […] މުޙައްމަދު ރަޝީދުގެ ފަރާތުން […] އަޙްމަދު ޝަމީމަށް ދީފައިވާ -/500,000ރ. (ފަސްލައްކަ ރުފިޔާ) ކެނޑުމުން، ޢިމާރާތް ހެދުމުގެ ޖުމްލަ އަގު ފުރިހަމަ ކުރުމަށް ދޭންޖެހޭ ބާކީ އޮންނަ ފައިސާގެ ޢަދަދު ދިނުމުގެ ބަދަލުގައި، ޢިމާރާތުގެ ތިރީބުރި އަޙްމަދު ޝަމީމަށް މީލާދީ 8 (އަށެއް) އަހަރު ދުވަހަށް ކުއްޔަކާނުލައި ދީފައި ބެހެއްޓުމަށް […] މުޙައްމަދު ރަޝީދާއި […] އަޙްމަދު ޝަމީމާއި ދެމެދު 08 މެއި 2001 ގައި ކުރެވުނު އެގްރީމަންޓްގެ 6 ވަނަ މާއްދާގެ (ރ) ގައި ދެފަރާތް އެއްބަސް ވެފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ، […] އިމާރާތް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މުޙައްމަދު ރަޝީދު ލޯނެއް ނަގާފައިވާކަމާއި އެ ލޯނު ނުދެއްކިގެން މަދަނީ ކޯޓުގެ ނަންބަރު 2002/MC/2083 ގެ ޤާޟިއްޔާއިން އެ އިމާރާތް ބޭންކާ ޙަވާލުކުރުމަށް 22 ފެބްރުއަރީ 2003 ގައި ޙުކުމް ކުރައްވާފައިވާކަމާއި އެ ޙުކުމް ކުރެއްވި ދުވަހާ ހަމަޔަށް، މުޙައްމަދު ރަޝީދާއި އަޙްމަދު ޝަމީމާ ދެމެދު، 08 މެއި 2001 ގައި، ކުރެވުނު އެގްރީމަންޓްގެ 23 ވަނަ މާއްދާގެ ދަށުން ޖޫރިމަނާގެ ގޮތުގައި އަޙްމަދު ޝަމީމު ދައްކަންޖެހޭ -/448,000ރ. (ހަތަރުލައްކަ ސާޅީސްއަށްހާސް ރުފިޔާ) އޮންނަކަމާއި އޭގެތެރެއިން އެކިފަހަރުމަތިން މުޙައްމަދު ރަޝީދަށް އަޙްމަދު ޝަމީމު ދީފައިވާ -/52,400ރ. (ފަންސާސްދެހާސް ހަތަރުސަތޭކަ ރުފިޔާ) ކެނޑުމުން ބާކީވާ -/395,600ރ. (ތިންލައްކަ ނުވަދިހަ ފަސްހާސް ހަސަތޭކަ ރުފިޔާ) އަޙްމަދު ޝަމީމު އަތުން ހޯދުމަށް އެދި މުޙައްމަދު ރަޝީދު ދަޢުވާކުރާކަން އެނގެން އޮންނައޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، […] މުޙައްމަދު ރަޝީދާއި […] އަޙްމަދު ޝަމީމާއި ދެމެދު […] އެވެ ކިޔުނު ގޯތީގައި 05 ބުރި އިމާރާތެއް ކުރުމަށް، އެގްރީމަންޓް ކުރެވިފައިވަނީ 08 މެއި 2001 ގައިކަމާއި މަސައްކަތް ނިންމަން ދެވިފައިވާ މުއްދަތު ހަމަވި ތާރީޚަކީ 08 ޑިސެމްބަރ 2001 ކަމާއި، ޢިމާރާތް ނިންމުމަށް އެއްބަސްވި 07 މަސްދުވަހުގެ ތެރޭގައި އިމާރާތް ނިމިފައިނުވާކަން ދެފަރާތުގެ ބަހުން އެނގޭކަމާއި އަޙްމަދު ޝަމީމު މަސައްކަތް ހުއްޓާލާފައިވަނީ މަސައްކަތުގެ ސްޕީޑް ހުރިގޮތުންނާއި އަޙްމަދު ޝާމީމަށް އެ މަސައްކަތް ނުކުރެވިގެން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގި މި މައްސަލައިގެ ޝަރީޢަތުގައި އަޙްމަދު ޝަމީމު އިޤްރާރުވެފައިވާކަމާއި މުޙައްމަދު ރަޝީދާއި އަޙްމަދު ޝަމީމާއި ދެމެދު 08 މެއި 2001 ގައި ކުރި އެއްބަސްވުމުގައި ބުނާ ފުރުޞަތު އަޙްމަދު ޝަމީމަށް ގެއްލިފައިވަނީ އެއްބަސްވެފައިވާ މުއްދަތަށް ޢިމާރާތް ނިންމާފައިނުވުމުން ކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަކަމަކީ، […] މުޙައްމަދު ރަޝީދާއި […] އަޙްމަދު ޝަމީމާއި ދެމެދު […] އެވެ ކިޔުނު ގޯތީގައި 05 ބުރި ޢިމާރާތެއް ހެދުމަށް ކުރެވުނު އެގްރީމަންޓުގައި ބުނާ، މުޙައްމަދު ރަޝީދު އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް ފުރިހަމަކޮށްފައިވާތީ، ބުނެވިދިޔަ އެގްރީމަންޓުގެ 23 ވަނަ މާއްދާގެ ދަށުން މުޙައްމަދު ރަޝީދަށް އަޙްމަދު ޝަމީމު ދައްކަންޖެހޭ ޖޫރިމަނާ ލިބިދިނުމާމެދު އިޢުތިރާޟް ކުރުމުގެ ޙައްޤު ޤާނޫނީ ގޮތުން ޢަހްމަދު ޝަމީމަށް ލިބިދެވޭފަދަ ހަމައެއްނެތުމެވެ.
ޙުކުމް
އިސްވެބަޔާން ކުރެވުނު ނުކުތާތައް އެހެން ހުރުމާއެކު، […] އެވެ ކިޔުނު ގޯތީގެ އިމާރާތާއި ގޯތީގެ އޭރުގެ ވެރިފަރާތް ކަމަށްވާ މުޙައްމަދު ރަޝީދަށް، މި މުޙައްމަދު ރަޝީދާއި އަޙްމަދު ޝަމީމާއި ދެމެދު 08 މެއި 2001 ގައި ކުރެވުނު އެގްރީމަންޓްގެ 23 ވަނަ މާއްދާގެ ދަށުން ލިބިދޭންޖެހޭ ފައިސާ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/785 ގެ ޤަޟިއްޔާއިން ލިބިދެއްވި ގޮތަށް ތާއީދު ކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 44/HC-A/2009 ގެ ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ބުނެވުނު ޤާޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން
މުޙަ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.