—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2010/SC-A/15
ދަޢުވާކުރާ ފަރާތް: ސަޢުދުﷲ އަޙްމަދު
ދަޢުވާ ލިބޭ ފަރާތް: ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޕްރައިވެޓް ލިމިޓެޑް
10093 ބީޗް ފްރަންޓް
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 18 މެއި 2010
ނިމުނު ތާރީޚް: 13 އޭޕްރީލް 2011
މައްސަލަ ނިންމި ގަޑި: 11:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2009/HC-A/283
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 15 ސެޕްޓެމްބަރ 2009
ނިމުނު ތާރީޚް: 04 މާރޗް 2010
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 283/HC-A/2009 ޤަޟިއްޔާ، އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީގޮތުން ޞައްޙަ ނޫންގޮތަކަށް ކަމަށް ބުނެ ސަޢުދުﷲ އަޙްމަދު ގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރެވުނު، ސުޕްރީމްކޯޓުގެ ނަންބަރު 15/A-SC/2010 ޤަޟިއްޔާއާ ގުޅިގެން ބެލިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ "ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް" 10093 ބީޗް ފްރަންޓް، ހުޅުމާލެއެވެ. އަދި އިސްވެދިޔަ ހައިކޯޓުގެ ނަންބަރު 2009/HC-A/283 ޤަޟިއްޔާ އަކީ، މަދަނީކޯޓުގެ ނަންބަރު 2149/MC/2008ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރެވުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާ އެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
މިމައްސަލައާ ގުޅިގެން ސުޕްރީމްކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މަދަނީ ކޯޓުގެ ނަންބަރު 2149/MC/2008 ގެ ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/283 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ މައްޗަށާއި މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ރިޢާޔަތްކޮށް ބެލުމުން ސުޕްރީމްކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ސަޢުދުﷲ އަޙްމަދުގެ މައްޗަށް، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު 2149/MC/2008 ގެ ޤަޟިއްޔާގައި ދަޢުވާކޮށްފައިވަނީ، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާއި ސަޢުދުﷲ އަޙްމަދާ ދެމެދު 28 މެއި 2007 ދުވަހު، ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ނިންމާފައިވާ މަސައްކަތްތަކަށް އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެ މަތިން ސަޢުދުﷲ އަޙްމަދު، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީކަމަށްބުނެ އެއްބަސްވުން ބާޠިލްކޮށް ސަޢުދުﷲ އަޙްމަދު، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ލިބިދިނުމަށް އެދިކަމާއި، މިގޮތުން ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން، ސަޢުދުﷲ އަޙްމަދުގެ ކިބައިން އެޤަޟިއްޔާގައި ލިބިދިނުމަށް އެދިފައިވަނީ ހުޅުމާލޭ ގޯތި ނަންބަރު 10135 އިމާރާތްކުރުމަށް ދީފައިވާ އެސްޓިމޭޓްގައި ބުނެފައިވާ މަސައްކަތްތައް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން އެގޯތީގެ ކޮންކްރީޓް ސްޓްރަކްޗަރ (ޢިމާރާތުގެ ފައުންޑޭޝަން އެޅުމާއި، ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފްލޯއާއި ޓެރަސްފްލޯރ) ގެ މަސައްކަތް މުޅިން ނިންމައި، އެމަސައްކަތަށް ބިލް ފޮނުވުމުން ފައިސާ ލިބިފައިވީނަމަވެސް ޢިމާރާތުގެ ގްރައުންޑް ފްލޯއާއި ފުރަތަމަ ފްލޯގެ ރޭނުމުގެ މަސައްކަތްތައް ކޮށްނިންމުމުން އެމަސައްކަތަށް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ކަމަށް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދެކޭ 91228/60 (ނުވަދިހައެއްހާސް ދުއިސައްތް އަށާވީސް ރުފިޔާ ފަސްދޮޅަސް ލާރި) ކަމާއި މިކަންކަން މަދަނީ ކޯޓުގެ އިސްވެބުނެވުނު އެކޯޓުގެ ނަންބަރު 2149/MC/2008 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2149/MC/2008 ގެ ޤަޟިއްޔާގައި ސަޢުދުﷲ އަޙްމަދުގެ ކިބައިން، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާ ހޯދުމަށްޓަކައި ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު (2007/11/06)BC/07/053 ގެ އިންވޮއިސް ސަޢުދުﷲ އަޙުމަދަށް ފޮނުވުމުން އެއިންވޮއިސްގައިވާ ފައިސާ ސަޢުދުﷲ އަޙްމަދު، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދީފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަކަމަކީ، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އިން، ސަޢުދުﷲ އަޙްމަދަށް ފޮނުވިކަމަށް ބުނެފައިވާ އިސްވެ އިޝާރާތް ކުރެވުނު އިންވޮއިސްގައިވާ ފައިސާ ދައްކަންޖެހޭ ތާރީޚަކީ، 9 ނޮވެމްބަރ 2007 ވަނަ ދުވަސްކަމަށާއި މިބުނެވުނު އިންވޮއިސްގައިވާ ފައިސާ ހޯދުމަށްޓަކައި، ތަކުރާރުކޮށް އެތައްފަހަރެއްގެ މަތިން، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަޢުދުﷲ އަޙްމަދު ވަނީ “S.E.TRADERS” (އެސް.އީ.ޓްރޭޑާސް) ނަމުގައި ބޭންކް އޮފް މޯލްޑިވްސް ބާޒާރު ބްރާންޗްގައި ހުޅުވާފައި އޮންނަ ނަންބަރު 7704-259186-005 އެކައުންޓުން 23 ޑިސެމްބަރ 2007 ވަނަ ދުވަހުން ފެށިގެން 60/91228 (ނުވަދިހައެއްހާސް ދުއިސައްތް އަށާވީސް ރުފިޔާ ފަސްދޮޅަސް ލާރި) ގެ ޢަދަދަށް ފައިސާ ނެގޭގޮތަށް ނަންބަރ 000349 ޗެކް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަށް ދީފައި ކަމަށް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އިން ބުނެފައިވާކަން މިމައްސަލައާ ގުޅިގެން ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އިން، ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، މަދަނީ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ގެ ފަރާތުން، ސަޢުދުﷲ އަޙްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީވުމުގެގޮތުން ސަޢުދުﷲ އަޙްމަދުގެ ފަރާތުން އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، ހުޅުމާލެއިން ދޫކޮށްފައިވާ ނަންބަރު: 10135 ގޯތީގައި ހަދާ 4 (ހަތަރު) ބުރީގެ ޢިމާރާތުގެ ކޮންކްރިޓް ސްޓްރަކްޗަރ ކޮމްޕްލީޓްކުރުމަށާއި، އެޢިމާރާތުގެ ގްރައުންޑް ފްލޯއާއި، ފުރަތަމަ ފްލޯގެ ފިނިޝިންގ މަސައްކަތް ކުރުމަށް 28 މެއި 2007 ދުވަހު، ބާސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ސަޢުދުﷲ އަޙްމަދު އާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާގޮތުގެ މަތިން ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ނިންމާފައި ނުވާތީއާއި، އެ އެއްބަސްވުމުގެ ދަށުން ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ކުރުމަށް އެއްބަސްވެފައިވާ މަސައްކަތުން، ކުރިމަސައްކަތް ކޮށްފައިވަނީ އެމަސައްކަތް ބަލައިނުގަނެވޭ ގޮތަށް ފެންވަރު ދަށްކޮށް ކަމަށްވާތީ އެމަސައްކަތް އެކުންފުނިން ރަނގަޅުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެމަސައްކަތް ރަނގަޅު ކޮށްދީފައި ނުވާތީއާއި މި ދެސަބަބާހުރެ އެމަސައްކަތްތައް އެހެންބަޔަކާ ޙަވާލުކޮށްގެން ކުރަންޖެހި، އަދި އެމަސައްކަތް ކޮށްނިންމައި، މަސައްކަތް ކޮށްދިން ފަރާތަށް ފައިސާދީފައިވާތީ، މައްސަލައިގައި ސަޢުދުﷲ އަޙްމަދު، ބާސް އެނަޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ނުވާނެކަމަށްބުނެ، ބުނެވުނު ޤަޟިއްޔާގައި ސަޢުދުﷲ އަޙްމަދުގެ ކިބައިން ހޯދުމަށް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވާ ފައިސާ އެކުންފުންޏަށް ދިނުމާމެދު ސަޢުދުﷲ އަޙްމަދު ކޮށްފައިވަނީ އިންކާރުކަން ސަޢުދުﷲ އަޙްމަދުގެ ފަރާތުންދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަކަމަކީ، މިމައްސަލައިގެ ދަޢުވާގައި ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އިޝާރާތްކޮށްފައިވާ، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، ސަޢުދުﷲ އަޙްމަދާ ދެމެދު 2007/05/28 ގައި ވެވިފައިވާ، އެއްބަސްވުމުގެ ފެށުމަށްބަލާއިރު، އެ އެއްބަސްވުމަކީ ހުޅުމާލެއިން ދޫކޮށްފައިވާ ނަންބަރު 10135 ގޯތީގައި ހަދާ 04 (ހަތަރު) ބުރީގެ ޢިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗަރ ކޮމްޕްލީޓް ކުރުމަށާއި ގްރައުންޑް ފްލޯއާއި ފުރަތަމަ ފްލޯގެ ފިނިޝިންގ މަސައްކަތްތައް ކުރުމަށްޓަކައި 28 މެއި 2007 ގައި މި ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމެއްކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނައިރު، މި އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ވެރިފަރާތުން، މިއެއްބަސްވުމުގައިވާ ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް އެމަސައްކަތް ނިމި، ބިލް ފޮނުވާތާ 3 ދުވަސް ތެރޭގައި އެބިލަށްވާ ފައިސާ، މަސައްކަތާ ހަވާލުވިފަރާތަށް ދޭންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، މިބުނެވުނު އެއްބަސްވުމުގައި ބުނާ ޢިމާރާތުގެ ގްރައުންޑް ފްލޯއާއި، ފުރަތަމަ ފްލޯގެ ރޭނުމުގެ މަސައްކަތްތައް ކޮށްނިމުމުން މަސައްކަތާޙަވާލުވި ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޕްރައިވެޓް ލިމިޓެޑްގެ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭކަމަށް އެކުންފުނިން ބުނާ 60/91228 (ނުވަދިހައެއްހާސް ދުއިސައްތް އަށާވީސް ރުފިޔާ ފަސްދޮޅަސް ލާރި) ގެ ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހަދާފައިވާ ނަންބަރު (2007/11/06)BC/07/053 ގެ އިންވޮއިސްއަށް ބަލާއިރު، އެއިންވޮއިސް ހަދާފައިވާ ތާރީޚަކީ 06/11/2007 ކަމާއި، އެބިލުގައިވާ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ އެންމެފަހު ތާރީޚަކީ (ޑިއު ޑޭޓަކީ) 09/11/2007 ކަމާއި، އަދި މިއިންވޮއިސްގެ ތިރީގައި "ޓާމްސް އެންޑް ކޮންޑިޝަންސް" މި އަރިމަތި ސުރުޚީގެ 3 ވަނަ ނަންބަރުގައި މިއިންވޮއިސްގައި އެއްވެސް މައްސަލައެއް (ތަޢާރުޟެއް) ވާނަމަ އެކަން 48 ގަޑިއިރުގެ ތެރޭގައި އަންގަންވާނެކަމަށް ކަނޑައަޅައި ބަޔާން ކޮށްފައިވާކަމާ، މިކަންކަން މިއިންވޮއިސްއަށް ބެލުމުން އެނގެން އޮންނައިރު، އަދި މިއިންވޮއިސްގައިވާ ތާރީޚުގައި މިއިންވޮއިސް ސަޢުދުﷲ އަޙުމަދަށް ލިބިފައިވާކަން މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ސަޢުދުﷲ އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނައިރު، މިއިންވޮއިސްގައިވާ ތާރީޚާ، އަދި ފައިސާ ދައްކަންޖެހޭ އެންމެފަހު ތާރީޚެއްކަމުގައި ބުނެފައިވާ ތާރީޚާ މިދެތާރީޚާ އަޅައި ބަލާއިރު، މިއިންވޮއިސްގައިވާ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަކީ ތިންދުވަސްކަން ރަނގަޅަށް އެނގެން އޮންނައިރު، އެއިންވޮއިސްގައި ބުނާ ފައިސާ ދެއްކުމަށް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން އެދިފައިވަނީ، ސަޢުދުﷲ އަޙްމަދާއި ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 28/05/2007 ގައި ވެވިފައިވާ، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބުނާ އުޞޫލުގެ މަތިންކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަކަމަކީ ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ސަޢުދުﷲ އަޙްމަދާ ދެމެދު 28/05/2007 ގައި ވެވިފައިވާ އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ވެރިފަރާތުން މިއެއްބަސްވުމުގައިވާ ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް އެމަސައްކަތްނިމި، ބިލް ފޮނުވާތާ 3 ދުވަސް ތެރޭގައި އެބިލަށްވާ ފައިސާ މަސައްކަތާ ޙަވާލުވި ފަރާތަށް ދޭންވާނެކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، އިސްވެ އިޝާރާތްކުރެވުނު އިންވޮއިސްގައިވާ ތާރީޚުގައި (06/11/2007ގައި) އެ އިންވޮއިސް ސަޢުދުﷲ އަޙްމަދަށް ލިބިފައިވާކަން މިމައްސަލައާ ގުޅިގެން ސަޢުދުﷲ އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން ރަނގަޅަށް އެނގެން އޮންނައިރު، ސަޢުދުﷲ އަޙްމަދާއި ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 28/05/2007 ގައި ވެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ މުއްދަތު ފާއިތުވެ ދިޔައިރުވެސް އެއިންވޮއިސްގައިވާ މަސައްކަތްތައް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ އިން ކޮށްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އެކަމުގެ އެއްވެސް ޝަކުވާއެއް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ރައްދުކޮށްފައިނުވާކަން މިމައްސަލައާ ގުޅިގެން ސަޢުދުﷲ އަޙްމަދުގެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން ރަނގަޅަށް އެނގެން އޮތުމުން އެއިންވޮއިސްގައިވާ މަސައްކަތްތައް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އެއިންވޮއިސްގައިވާ މުއްދަތު ފާއިތުވެ ދިއުމަށްފަހު ސަޢުދުﷲ އަޙްމަދުގެ ފަރާތުން ޝަކުވާ ކުރުމުގެ ހައްޤެއް، އެގްރިމެންޓްގެ 09 ވަނަ މާއްދާގައި ކަނޑައެޅިފައިވާ އުޞޫލަށް ރިޢާޔަތްކޮށް ބަލާއިރު ސަޢުދުﷲ އަޙްމަދަށް ލިބިގެން ނުވާކަން ރަނގަޅަށް އެނގޭކަމާއި އެހެނީ، އެއްބަސްވުމުގެ 09 ވަނަ މާއްދާގައި "ވެރިފަރާތުން، މިއެއްބަސްވުމުގައިވާ ޕޭމަންޓް ޝެޑިއުލާ އެއްގޮތަށް އެމަސައްކަތްނިމި ބިލްފޮނުވާތާ 3 (ތިނެއް) ދުވަސް ތެރޭގައި އެބިލަށްވާ ފައިސާ، މަސައްކަތާ ޙަވާލުވި ފަރާތަށް ދޭންވާނެއެވެ." މިގޮތަށް ލިޔެފައި އޮތުމުގެ ބޭނުމަކީ، އެގްރިމެންޓްގައި ބުނާ މަސައްކަތެއް ކޮށްނިމުމުން، އެމަސައްކަތުގެ ބިލް ނުވަތަ އިންވޮއިސް މަސައްކަތާ ހަވާލުވި ފަރާތުން ފޮނުވުމުން އެމަސައްކަތާމެދު އެއްވެސްކަހަލަ ހިތްހަމަނުޖެހުމެއް، މަސައްކަތް ޙަވާލުކުރި ފަރާތުގެ ކިބައިގައި އޮތްނަމަ، އެކަން، އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި މަސައްކަތާ ހަވާލުވި ފަރާތުގެ ސަމާލުކަމަށް ގެނައުންކަމާއި، މި ނޫން ގޮތަކަށް އެމާއްދާ ތަރުޖަމާ ކުރުމަކީ، މި އެއްބަސްވުމުގެ ދެބައިވެރިން މި އެއްބަސްވުމުގެ 09 ވަނަ މާއްދާގައި އެއްބަސްވެފައިވާ އުޞޫލާ ޚިލާފަށް ކުރެވޭނެ ތަރުޖަމާއެއްކަމަށް ނޫނީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ބެލެވޭނެތަނެއް ނެތްކަން އެނގެން އޮތުމުން، އެގްރިމެންޓްގެ 09 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ސަޢުދުﷲ އަޙްމަދަށް، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ފޮނުވާފައިވާ އިސްވެ އިޝާރާތްކުރެވުނު އިންވޮއިސްގައިވާ 03 ދުވަހުގެ މުއްދަތު ފާއިތުވެ ދިޔައިރުވެސް އެމަސައްކަތް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ކޮށްފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން، ސަޢުދުﷲ އަޙްމަދުގެ ފަރާތުން އެއްވެސް ޝަކުވާއެއް ކޮށްފައިނުވާކަން ސަޢުދުﷲ އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން ރަނގަޅަށް އެނގެން އޮތުމުން، އެމުއްދަތު ފާއިތުވުމަށްފަހު އެއިންވޮއިސްގެ ދަށުން ލިބުމަށް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ފައިސާއާގުޅޭ މަސައްކަތްތައް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ގޮތާމެދު ޝަކުވާކުރުމުގެ އެއްވެސް ޙައްޤެއް ސަޢުދުﷲ އަޙްމަދަށް މިހާރު ލިބިގެން ނުވާކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
(ކ) ހަތްވަނަކަމަކީ، މަތީގައި އިޝާރާތްކުރެވުނު ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު (2007/11/06)BC/07/053 ގެ އިންވޮއިސްގައިވާ، ތާރީޚުގައި، ސަޢުދުﷲ އަޙުމަދަށް އެއިންވޮއިސް ލިބުމުން އެއިންވޮއިސްގައި، ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތު ފަހަނައަޅާ ދިޔަތާ އެތައް ދުވަހެއްފަހުން އެއިންވޮއިސްގައިވާ ފައިސާ، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް އަދާކުރުމުގެ ގޮތުން 23/12/2007 ގެ ތާރީޚްގައި ސަޢުދުﷲ އަޙްމަދު ސޮއިކޮށް ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 005-259186-7704 ގެ އެކައުންޓުން ނަންބަރު 000349 ގެ ޗެކް ސަޢުދުﷲ އަޙްމަދު ދޫކުރިކަން މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ރަނގަޅަށް އެނގެން އޮތުމުން، ސަޢުދުﷲ އަޙްމަދު ޢަމަލުކޮށްފައިވާ މިގޮތަކީ އިސްވެ އިޝާރާތް ކުރެވުނު އިންވޮއިސްގައިވާ ފައިސާއަކީ، ސަޢުދުﷲ އަޙްމަދުގެ ފަރާތުން ބާސް އެނަޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން ސަޢުދުﷲ އަޙްމަދު ޤަބޫލުކޮށްފައިވާކަން އިތުރަށް ކަށަވަރު ކޮށްދޭ ކަމެއްކަން ސަޢުދުﷲ އަޙްމަދު މި ފައިސާއާ ގުޅިގެން ޢަމަލުކޮށްފައިވާ ގޮތުން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
(އ) އަށްވަނަކަމަކީ، ސަޢުދުﷲ އަޙްމަދާއި ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 28 މެއި 2007 ގައި ވެފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ދަށުން ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ކޮށްފައިވާ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ސަޢުދުﷲ އަޙްމަދަށް ލިބިފައިވާ ގެއްލުމެއްގެ ބަދަލު ޟަމާން ނުވަތަ ގެރެންޓީ ކުރުމަށްޓަކައި އެގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސަޢުދުﷲ އަޙްމަދުގެ ފަރާތުން ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާއެއްކޮށްފައިވާކަން އެނގެން ނެތުމެވެ.
(ވ) ނުވަވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ހައިކޯޓުގެ ނަންބަރު 2009/HC-A/283 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންކަން ރަނގަޅަށް އެނގެން އޮންނާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެނެވޭނެ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް ފެނިފައި ނުވުމެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު،
ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ވ. ވިލިނގިލި ބެލްވިލް ސަޢުދުﷲ އަޙްމަދާ ދެމެދު 28 މެއި 2007 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ނިންމާފައިވާ މަސައްކަތުގެ އަގު އަދާކުރުމަށް ސަޢުދުﷲ އަޙްމަދު ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ 000349 ނަންބަރު ޗެކުގައި ވާ -/91,228.60 (ނުވަދިހަ އެއްހާސް ދުއިސައްތަ އަށާވީސް ރުފިޔާ ފަސްދޮޅަށް ލާރި) ލިބިފައިނުވާކަމަށްބުނެ މިފައިސާ ހޯދުމަށް ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި ދަޢުވާއާ ގުޅިގެން މިފައިސާއަކީ ސަޢުދުﷲ އަޙްމަދު، ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާއެއްކަމަށް ބައްލަވައި 28 ޖޫން 2009 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ބާސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި ޚަލާސްކުރުމަށް ސަޢުދުﷲ އަޙްމަދަށް އަންގައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމާއި،
އެޙުކުމަށް ތާއީދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުން، އެކޯޓުގެ ނަންބަރު 2009/HC-A/283 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަން އެނގެން އޮންނާތީ ދިވެހިރާއްޖޭގެ ހައިކޯޓުން، އެކޯޓުގެ ނަންބަރު 2009/HC-A/283 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅުކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ނިންމީއެވެ.
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.