ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2010/SC-C/27ސުޕްރީމް ކޯޓު · 10 ޑިސެމްބަރު 2010

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 ޑިސެމްބަރު 2010ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2010/SC-C/27

ދަޢުވާކުރާ ފަރާތް: ޢަބްދުރަޙީމް ޢަބްދުﷲ

ޔޫސުފް ޢަބްދުލްޣަފޫރު

ޢަބްދުލްޢަޒީޒް ޖަމާލް ޢަބޫބަކުރު

ދަޢުވާ ލިބޭ ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން.

ހުށަހެޅުނު ތާރީޚް: 29 ނޮވެމްބަރ 2010

ނިމުނު ތާރީޚް: 10 ޑިސެމްބަރ 2010

މައްސަލަ ނިންމި ގަޑި: 01:25

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

މައްސަލައިގެ ޚުލާޞާ

މިއީ ޤާނޫނު ނަންބަރު: 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް ގެނެވުނު ފުރަތަމަ އިޞްލާޙު 28 ޖޫން 2010 ގައި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކޮށްފައި ވަނިކޮށް އިޞްލާޙު ގެނެވުނު ބިލު ތަޞްދީޤު ނުކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާފަދައިން ރައްޔިތުންގެ މަޖިލީހުގެ 39 މެންބަރުންގެ އަޣުލަބިއްޔަތުން (މުޅި ޖުމްލަ އަޣުލަބިއްޔަތުން) 26 އޯގަސްޓް 2010 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށް އެބިލު ތަޞްދީޤުކުރުމަށް ޤާނޫނުއަސާސީގައި ވަކި މުއްދަތެއް ނެތްކަމަށް ބުނެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާއާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރަމުންގެންދާކަމަށް ބުނެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ ދަށުން އެމާއްދާ ތަރުޖަމާކޮށް ދިނުމަށް އެދި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ، (2) އަދި (3) ގެ ދަށުން ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އާއި އިޔާސް ޔޫސުފު ޢަބްދުލްޣަފޫރު ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިޤަޟިއްޔާއާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 7 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގައި ޢަމަލުކުރަންފެށިފައިވާ ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ދުސްތޫރީ އަދި ޤާނޫނީ މަބާދިއު ތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

ހ. ފުރަތަމަކަމަކީ ޤާނޫނުއަސާސީގައި ދައުލަތުގެ ވެރިކަމުގެ ބާރުތައް އިންތިޒާމް ކުރުމުގައި ދައުލަތުގެ ވެރިކަމުގެ ތިންބާރުގެ ތެރެއިން ކޮންމެ ބާރެއް އަނެއް ދެބާރުން ވަކިވެ މުސްތަޤިއްލުވެފައި އޮތުމާއި ތިންބާރުގެ މެދުގައި ކޮންމެ ބާރެއްމެ އަނެއް ބާރުތަކަށް ފާރަވެރިވުމާއި ބާރުތަކުގެމެދުގައި ތިލަފަތް ހަމަކޮށް އޮތުމުގެ އުޞޫލުތަކާއި އިޖްރާއާތު ކަނޑައަޅައި ބަޔާން ކުރުމާއެކު، ޢަމަލީ ޟަރޫރަތު ނިޔާކުރާ ގޮތާ އެއްގޮތަށް ބާރުތަކުގެ މެދުގައި އެއްބާރުލުމުގެ ދުސްތޫރީ އުޞޫލުތައް ކަނޑައަޅާފައިވާކަމާއި، އެގޮތުން މި އުޞޫލުތަކުގެ ތެރޭގައި ކަނޑައެޅިފައިވާ އެއްކަމަކީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ރައްޔިތުންގެ މަޖިލީހުން ފާސްވާ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާމެދުވިސްނުމަށް އިޢުތިރާޟު ހުށަހެޅުމުގެ ޙައްޤު ލިބިދީފައި އޮންނަ އޮތުންކަން އެނގެން އޮންނަކަމެވެ.

ށ. ދެވަނަކަމަކީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮންނަ އިޢުތިރާޟު ހުށަހެޅުމުގެ ޙައްޤު ބޭނުންކުރުމުގެ ދާއިރާ އެ މާއްދާއިން ކަނޑައެޅިފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްވާ ބިލު، އެ ބިލު ފާސްވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ފޮނުވުމުން އެބިލު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާމެދުވިސްނުމަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވުމާހަމައަށް ކަން ސާފުކޮށް އެމާއްދާއިން އެނގެން އޮންނަކަމެވެ.

ނ. ތިންވަނަކަމަކީ ރައްޔިތުންގެ މަޖިލީހަށް އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެފައިވާކަން ފާހަގަ ކުރެވިފައިވާކަމެވެ.

ރ. ހަތަރުވަނަކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ބިލަކާމެދު އިޢުތިރާޟް ހުށަހެޅުމަށް ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ދީފައިވާ ޙައްޤަކީ ރައީސުލްޖުމްހޫރިއްޔާ އަކީ ކަނޑައެޅޭވަކި ސިޔާސަތެއް ހިންގުމަށް ރައްޔިތުން ހޮވާފައިވާ މީހަކަށް ވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޤަޞްދުކުރާ ޢާންމު ސިޔާސަތާ ފުށުއަރާ ބިލްތަކުގެ މައްޗަށް އަޘަރުފޯރުވުން ކަށަވަރުކޮށްދޭ ވަސީލަތެއްކަން އެނގޭކަމާ ނަމަވެސް މި ޙައްޤުގެ ބޭނުން ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ޙުދޫދުން ބޭރުވުމަކީ ޤާނޫނު ހަދާ ބާރަށް ޤާނޫނުއަސާސިން ލިބިދޭ ޤާނޫނު ހެދުމުގެ އިޚްތިޞާޞްގެ ދަށުން ހެދޭ ޤާނޫނުތައް ޤާނޫނުތަކަށްވުމާއި އެއަށް ޢަމަލުކުރުގެ ފުރުޞަތު ގެއްލިގެންދާނެކަމަކަށް ވާނެކަން އެނގެން އޮންނަ އޮތުމެވެ.

ބ. ފަސް ވަނަކަމަކީ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު އެބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ އެ ބިލެއް ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަންވާނެކަމަށް ހަމައެމާއްދާގެ އެއަކުރުގައި ކަނޑައެޅި ބަޔާންވެގެންވާތީ މިކަންކަން، އެމާއްދާގައި ބާޔާންވެފައިވާގޮތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ބިލެއް މި މާއްދާގައި ބުނެފައިވާގޮތުގެމަތިން ތަޞްދީޤުނުކޮށް ފަސްކުރެވޭނެ ޙާލަތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަޒަރުގައި އިންސާނީބާރުނުފޯރާ ފަދަ އަދި އަމިއްލަ އިޚްތިޔާރުގައި ނުވާ ސަބަބެއް މެދުވެރިވެގެންނެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ އިޚްތިޞާޞްގެ ދަށުން، އެ މަޖިލީހުން ފާސްކުރާ ބިލެއް، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަންވާނެކަމަށް ހަމަ އެމާއްދާގެ އެއަކުރުގައި ސާފު ބަހުން ކަނޑައަޅައި ބަޔާންކޮށްފައިވާތީ އިންސާނީބާރު ނުފޯރާފަދަ، އިޚްތިޔާރުން ބޭރު ސަބަބެއް މެދުވެރިގެން މެނުވީ ލަސްކުރުމަކާނުލައި އެ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤު ކުރަން ވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ