ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2011/SC-A/41ސުޕްރީމް ކޯޓު · 7 ފެބުރުއަރީ 2013

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 7 ފެބުރުއަރީ 2013ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-A/41

ދަޢުވާކުރާ ފަރާތް: މުޙައްމަދު ސަޢީދު

ދަޢުވާލިބޭ ފަރާތް: ނަޞީރު ޢަލީ

މައްސަލައިގެ ބާވަތް: މިލްކުވެރިކަން ސާބިތުކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 12 އޮކްޓޯބަރ 2011

ރަޖިސްޓްރީކުރެވުނު ތާރީޚް: 23 އޮކްޓޯބަރ 2011

ނިމުނު ތާރީޚް: 07 ފެބްރުއަރީ 2013

މައްސަލަ ނިންމި ގަޑި: 14:40

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/89

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 24 މާރޗް 2008

ނިމުނު ތާރީޚް: 27 ޖޫން 2011

މައްސަލައިގެ ޚުލާޞާ

މި ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާގެ ޙުކުމާ މެދު ހިތްހަމަނުޖެހިގެން މުޙައްމަދު ސަޢީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ނަޞީރު ޢަލީ އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާއަކީ ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާ ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ސަޢީދު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށްބުނެ މުޙައްމަދު ސަޢީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރި މައްސަލައެއްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 އެ ކޯޓުން ނިންމާފައިވާ ގޮތާއި މެދު މި ބުނި މުޙައްމަދު ސަޢީދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައެއް ކަމާއި ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާއަކީ ކޭބަލްވެބް މޯލްޑިވްސް ކޮމްޕެނީއިން ހިންގާފައިވާ ގއ. ވިލިނގިލީ ސޯފާގޭ ގޯތިތެރޭގައި ހުރި ކޮންޓްރޯލް ރޫމާއި ގުޅިގެން މިހާރު ވިލިނގިލީގައި އަޅާފައި އޮތް ކޭބަލް ނެޓްވޯކަކީ 18 މީހެއްގެ ނަން ލިޔެވި އެމީހުންގެ މެދުގައި، 29 ސެޕްޓެމްބަރ 2004 ގައި، ވެފައިވާ އެއްބަސްވުމެއްގައި ވާގޮތަށް ގއ. ވިލިނގިލީ ގަދަގޭ ނަޞީރު ޢަލީއާއި ބުލޫހައުސް މުޙައްމަދު އިޤްބާލް ފިކުރީ އާއި އެދުރުގޭ ޢަލީ ޝަމީމުއާއި ވާނާ އަޙްމަދު ޙަސަންދީދީއާއި ދިނަށަ މުޙައްމަދު މަޞީހުއާއި އިރުވަރު އިބްރާހީމް އިސްމާޢީލް އާއި ލިފަދޫ ލަޠީފު މުޙައްމަދުއާއި ބަގީޗާގޭ އިބްރާހީމް ޢަލީއާއި ގޮންގަލި މުޙައްމަދު ޝަރީފުއާއި މި 9 މީހުން ބައިވެރިވެގެންވާ މިޑްސް ކޭބަލް ނެޓްވޯކްގެ ގޮތުގައި ހިންގި ނެޓްވޯކުގެ މިމީހުންގެ ތަކެއްޗާއި؛ ގއ. ވިލިނގިލީ ސޯފާ މުޙައްމަދު ސަޢީދުއާއި އައިޒަން އިބްރާހީމް ވަޙީދުއާއި ލ. މާވަށު ބޭސްގޭ ޢަލީ މުޙައްމަދުއާއި ގއ. ވިލިނގިލީ މިއުޒިކީގޭ އަޙްމަދު ޒާހިރުއާއި އެރަށު އަންބަރީގޭ އަންވަރު މޫސާއާއި ހަމަ އެގޭ ނާޒިމް މޫސާއާއި ވިޜަން ބުޝްރީ މުޙައްމަދުއާއި އަންނާރުމާއާގޭ ތަމްހީދު ތުއްތުއާއި މޫނިމާވިލާ އިސްމަތު ނިޒާރުއާއި މި 9 މީހުން ބައިވެރިވެގެން ގއ. ވިލިނގިލީ ސޯފާގޭގައި ހިންގި ނެޓްވޯކުގެ ތަކެއްޗާއި؛ މިދެނެޓްވޯކުގެ ތަކެއްޗަކީ، މިބުނި 18 މީހުން މިލްކުވެރިވި ނެޓްވޯކެއްކަމުގައި ބުނެ މިނެޓްވޯކުގެ ތަކެތީގެ މިލްކުވެރިކަން ސާބިތުކޮށް މިނެޓްވޯކް ހިންގައިގެން ލިބިފައިވާ ސޯފާގޭ މުޙައްމަދު ސަޢީދުގެ އަތުގައި ހުރި -/13680 (ތޭރަހާސް ހަސަތޭކަ އައްޑިހަ) ރުފިޔާ އިންނާއި، ނެޓްވޯކުގެ ތަކެތިން ލިބިގެންވާ ބައި ހޯދުމަށް ގއ. ވިލިނގިލީ ގަދަގޭ ނަޞީރު ޢަލީ ދައުވާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި މި މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތަކީ ގއ. ވިލިނގިލީ ސޯފާ މުޙައްމަދު ސަޢީދު ކަމެވެ.

(ށ) ދެވަނަ ކަމަކީ، މިމައްސަލާގައި ގއ. ވިލިނގިލީ ކޯޓުން ޙުކުމްކުރައްވާފައިވަނީ، ކޭބަލްވެބް މޯލްޑިވްސް ކޮމްޕެނީން ޙަވާލުވެގެން ހިންގާފައިވާ ގއ. ވިލިނގިލީ ސޯފާގޭގެ ގޯތިތެރޭގައި މިހާރު އެހުރި ކޮންޓްރޯ ރޫމާއި ގުޅިގެން ގއ. ވިލިނގިލީގައި ޚިދުމަތް ދެމުން ގެންދިޔަ ކޭބަލް ޓީވީގެ ނެޓްވޯކަކީ އިސްވެ ފާހަގަކުރި އެއްވަނަ ނުކުތާގައި ބުނާ 18 މީހުންގެ ނަން ލިޔެ، 29 ސެޕްޓެމްބަރު 2004 ގައި، ވެފައިވާ އެއްބަސްވުމުގެ ދަށުން މިޑްސް ކޭބަލް ނެޓްވޯކުއާއި ސޯފާގޭގައި ހިންގި ނެޓްވޯކުގެ ތަކެތި އެއްކޮށް، އެއް ނެޓްވޯކެއްގެ ގޮތުގައިވާ ނެޓްވޯކްކަމާއި މިނެޓްވޯކުގައި ހިމެނިގެންވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ އަގު ކޮމިޓީއިން އަގުކުރެއްވި އަގުރިޕޯޓުގައިވާ އެންމެހާ ތަކެއްޗާއި، ސާމާނާއި ވަޞީލަތްތަކާއި މިނެޓްވޯކް ހިންގައިގެން ލިބިފައިވާ، މުޙައްމަދު ސަޢީދުގެ އަތުގައި ހުރި -/13680 (ތޭރަހާސް ހަސަތޭކަ އައްޑިހަ) ރުފިޔާކަމާއި މި -/13680 (ތޭރަހާސް ހަސަތޭކަ އައްޑިހަ) ރުފިޔާއަކީ މިނެޓްވޯކުގެ މިލްކުވެރިންގެ ޙައްޤެއްކަމާއި، މިނެޓްވޯކުގެ މިލްކުވެރިކަމުގައި ގއ. ވިލިނގިލީ ގަދަގޭ ނަޞީރު ޢަލީއާއި ބުލޫހައުސް މުޙައްމަދު އިޤްބާލް ފިކުރީއާއި އެދުރުގޭ ޢަލީ ޝަމީމުއާއި ވާނާ އަޙްމަދު ޙަސަންދީދީއާއި ގޮންގަލި މުޙައްމަދު ޝަރީފުއާއި އިރުވަރު އިބްރާހީމް އިސްމާޢީލްއާއި ބަގީޗާގޭ އިބްރާހީމް ޢަލީއާއި ދިނަށަ މުޙައްމަދު މަޞީހުއާއި ލިފަދޫ ލަޠީފު މުޙައްމަދުއާއި އައިޒަން އިބްރާހީމް ވަޙީދުއާއި މިއުޒިކީގެ އަޙްމަދު ޒާހިރުއާއި ވިޜަން ބުޝްރީ މުޙައްމަދުއާއި އަންނާރުމާއާގޭ ތަމްހީދު ތުއްތުއާއި ސޯފާ މުޙައްމަދު ސަޢީދު ހިމެނިގެންވާކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށާއި، ގއ. ވިލިނގިލީ ގަދަގޭ ނަޞީރު ޢަލީއާއި ބުލޫހައުސް މުޙައްމަދު އިޤްބާލް ފިކުރީއާއި އެދުރުގޭ ޢަލީ ޝަމީމުއާއި ވާނާ އަޙްމަދު ޙަސަންދީދީއާއި ގޮންގަލި މުޙައްމަދު ޝަރީފުއާއި އިރުވަރު އިބްރާހީމް އިސްމާޢީލް އާއި ބަގީޗާގޭ އިބްރާހީމް ޢަލީއާއި ދިނަށަ މުޙައްމަދު މަޞީހުއާއި ލިފަދޫ ލަޠީފު މުޙައްމަދުއާއި އައިޒަން އިބްރާހީމް ވަޙީދުއާއި މިއުޒިކީގޭ އަޙްމަދު ޒާހިރުއާއި ވިޜަން ބުޝްރީ މުޙައްމަދުއާއި އަންނާރުމާއާގޭ ތަމްހީދު ތުއްތުއާއި، މި 13 މީހުން މިނެޓްވޯކުގެ މިލްކުރެވިކަމުގައި ހިމެނިގެންވަނީ އެއްބަސްވުމުގައި ހިމެނޭ 18 މީހުން ޝާމިލްވާ ގޮތުގައި ކަމަށް މިމީހުން ބުނެފައިވާތީ މިނެޓްވޯކުން މި 13 މީހުންކުރެ ކޮންމެ މީހަކަށް މިލްކުވެގެންވަނީ 18/1 ބައިކަމާއި، މިނެޓްވޯކުގެ އަގެއްކަމުގައި އަގުކޮމެޓީން ކަނޑައަޅާފައިވާ ޝަރުޢީ އަގަކީ 912656.40 ރުފިޔާ (ނުވަލައްކަ ބާރަހާސް ހަސަތޭކަ ފަންސާސް ހަ ރުފިޔާ ސާޅީސް ލާރި) ކަމާއި މި 912656.40 (ނުވަލައްކަ ބާރަހާސް ހަސަތޭކަ ފަންސާސް ހަ ރުފިޔާ ސާޅީސް ލާރި) ރުފިޔާއާއި ނެޓްވޯކް ހިންގައިގެން ލިބި މުޙައްމަދު ސަޢީދު އަތުގައިވާ 13680.00 (ތޭރަހާސް ހަސަތޭކަ އައްޑިހަ) ރުފިޔާގެ ޖުމުލައަށްވާ 926336.40 (ނުވަލައްކަ ސައްބީސްހާސް ތިންސަތޭކަ ތިރީސް ހަ ރުފިޔާ ސާޅީސް ލާރި) އިން 18/1 އަށްވާނީ 51463.13 ރުފިޔާ (ފަންސާސް އެއްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތޭރަ ލާރި) ކަމާއި، ބައިކުރެވޭ އެއްވެސް އެއްޗެއް އޭގެ ޒާތުން ބައިކުރެވޭނީ އޭގެ ބޭނުން ކުރެވޭ ބޭނުމުގެ އަޞްލު ގެއްލިނުދާނޭގޮތުގެ މައްޗަށްކަމާއި، މިނެޓްވޯކުގެ ތަކެތި އޭގެ ޒާތުން ބައިކުރުމަކީ އޭގެ އަޞްލު ގެއްލިދާނޭ ކަމެއްކަމުގައިވާތީ މިނެޓްވޯކުން އެމީހުންނަށް ލިބޭ ބައި ވަކިކޮށްދިނުމަށް އެދިފައިވާ 13 މީހުންގެ ބައި އޭގެ ޒާތުން ވަކިކޮށްދެވެން ނެތްކަމަށާއި މި 13 މީހުންނަށް މިނެޓްވޯކުން ލިބެންވާ މިންވަރު ލިބިދެވެން އަންނަނީ އެމިންވަރަށްވާ ފައިސާއިން ކަމާއި މި 13 މީހުންނަށް ލިބެންވާ ބައި މުޙައްމަދު ސަޢީދުއަށް ޖެއްސުމުން މި 13 މީހުންކުރެ ކޮންމެ މީހަކަށް ލިބެންވާ 18/1 އަށްވާ 51463.13 ރުފިޔާ (ފަންސާސް އެއްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތޭރަ ލާރި) އަކީ ގއ. ވިލިނގިލީ ސޯފާ މުޙައްމަދު ސަޢީދުގެ އަތުން މި 13 މީހުންކުރެ ކޮންމެ މީހަކަށް ލިބެންވާ ފައިސާއެއްކަމަށް ކަނޑައަޅައިފައިވާކަމާއި، ބުނެވިދިޔަ ގޮތުގެ މައްޗަށް މުޙައްމަދު ސަޢީދުގެ އަތުން ގަދަގޭ ނަޞީރު ޢަލީއާއި ބުލޫހައުސް މުޙައްމަދު އިޤްބާލް ފިކުރީއާއި އެދުރުގޭ ޢަލީ ޝަމީމުއާއި ވާނާ އަޙްމަދު ޙަސަންދީދީއާއި ގޮންގަލި މުޙައްމަދު ޝަރީފުއާއި އިރުވަރު އިބްރާހީމް އިސްމާޢީލް އާއި ބަގީޗާގޭ އިބްރާހީމް ޢަލީއާއި ދިނަށަ މުޙައްމަދު މަޞީހުއާއި ލިފަދޫ ލަޠީފު މުޙައްމަދުއާއި އައިޒަން އިބްރާހީމް ވަޙީދުއާއި މިއުޒިކީގެ އަޙްމަދު ޒާހިރުއާއި ވިޜަން ބުޝްރީ މުޙައްމަދުއާއި އަންނާރުމާއާގޭ ތަމްހީދު ތުއްތުއާއި، މި 13 މީހުންކުރެ ކޮންމެ މީހަކަށް ދޭންޖެހޭ 51463.13 ރުފިޔާ (ފަންސާސް އެއްހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތޭރަ ލާރި) ދިނުމަށްޓަކައި ކޮންމެ މީހަކަށް ދޭންވާ ފައިސާއިން އެމަހަކަށް ޖެހޭވަރު އެމަހަކު ދައްކަމުންގޮސް 2008 ފެބުރުއަރީ 26 ވަނަ ދުވަހުން ފެށިގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ގއ. ވިލިނގިލީ ކޯޓަށް ދައްކައި ޚަލާސްކުރުމަށް މުޙައްމަދު ސަޢީދުއަށް އަންގައިފައިވާކަމާއި މުޙައްމަދު ސަޢީދު ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމުން މި 13 މީހުންނަށް ލިބިގެންވާ ބައި މުޙައްމަދު ސަޢީދު އަށް މިލްކުވާނޭކަމަށް ކަނޑައަޅައި މުޙައްމަދު ސަޢީދުގެ ޣައިރުޙާޟިރުގައި ޙުކުމްކުރައްވާފައިވާކަމާއި، ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާ ޤަވާޢިދާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށާއި އަދި އެޙުކުމަށް ތާޢީދުކޮށް ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާ ނިންމަވާފައިވާކަމެވެ.

(ނ) ތިންވަނަ ކަމަކީ، ގއ. ވިލިނގިލީ ސޯފާ ގޯތިތެރޭގައި ހުރި ކޮންޓްރޯލް ރޫމް އާ ގުޅިފައިވާ ކޭބަލް ނެޓްވޯކްގެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ކޯޓުގެ ނަންބަރު 2006/HC-A/253 ޤަޟިއްޔާއިން ވެސް ބަލާ ނިމިފައިވާ މައްސަލައެއްކަމަށް މުޙައްމަދު ސަޢީދުގެ ބުނުމަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/253 ޤަޟިއްޔާއަކީ ކޭބަލްވެބް މޯލްޑިވްސް އިން ދެ ކަމެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ހުށަހަޅާފައިވާ ދަޢުވާ އެއްކަމާއި އޭގެ ތެރެއިން ފުރަތަމަކަމަކީ ޖޭސެޓް ނެޓްވޯރކާ ގުޅިގެން ގއ. ވިލިނގިލީ ސޯފާގޭގައި ހިންގި ކަމަށްބުނާ ކޭބަލް ނެޓްވޯކާއި ގއ. އަތޮޅުގައި ހިންގިކަމަށްބުނާ މިޑްސް ކޭބަލް ނެޓްވޯރކާއި މި ނެޓްވޯރކް ތަކަކީ ކޭބަލްވެބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިލްކު ނެޓްވޯރކްތަކެއްކަން ސާބިތުކުރުން ކަމާއި ދެވަނަކަމަކީ އެ ދަޢުވާގައި ބުނެފައިވާ 25/8/2006 ދުވަހުން ފެށިގެން 10 ސެޕްޓެމްބަރު 2006 ދުވަހުގެ ނިޔަލަށް ކޭބަލް ޓީވީ ނެޓްވޯކުތައް ހިންގައިގެން ލިބިފައިހުރި ފައިސާ މުޙައްމަދު ސަޢީދުގެ ކިބައިން ކޭބަލްވެބް މޯލްޑިވްސް ޕވޓ ލޓޑ އަށް ނަގައި ދިނުންކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، އިސްވެބުނި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/253 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، ދަޢުވާ ވެވޭ ކޭބަލް ނެޓްވޯރކަކީ ގއ. ވިލިނގިލީ ސޯފާ މުޙައްމަދު ސަޢީދުގެ އެކަނި މިލްކެއްކަމަށް އަދި މުޙައްމަދު ސަޢީދުގެ އަތުގައިހުރި އެ ޤަޟިއްޔާގައި ބުނާ ފައިސާއަކީ މުޙައްމަދު ސަޢީދުގެ އެކަނި ޙައްޤެއް ކަމަށް ނުވަތަ 18 މީހެއްގެ ނަން ހިމަނައި، 29 ސެޕްޓެމްބަރު 2004 ގައި، އެކުލަވާލި އެއްބަސްވުމަކީ ޢަމަލު ކުރެވެން ނެތް ލިޔުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ނުވާކަން އެ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެން އޮންނަ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/253 ޤަޟިއްޔާއިން ނިންމަވާފައިވަނީ ގއ. ވިލިނގިލީ ސޯފާގޭގައި ހިންގި ކަމަށްބުނާ ކޭބަލް ނެޓްވޯރކާއި ގއ. އަތޮޅުގައި ހިންގިކަމަށްބުނާ މިޑްސް ކޭބަލް ނެޓްވޯރކާއި، މި ނެޓްވޯރކް ތަކަކީ ކޭބަލްވެބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިލްކު ތަކެތި ނޫންކަން، ވަރަށް ޞަރީޙަކޮށް އެނގެން އޮތްކަމަށާއި، ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާގައި ނިންމަވާފައިވަނީ އެ ނެޓްވޯރކްގެ ތަކެއްޗަކީ ކޭބަލް ވެބް މޯލްޑިވްސްގެ ހިއްސާދާރުންގެ އަމިއްލަތަކެތިކަން (އެއީ ކުންފުނި ވަކި ޤާނޫނީ ޝަޚުޞަކަށް ވީމާ ކުންފުނީގެ ތަކެތި ނޫންކަމަށް) ފާހަގަކުރެވުމުގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2006/HC-A/253 ޤަޟިއްޔާގެ 5 ވަނަ ނުކުތާގެ (ނ) ގައި 29 ސެޕްޓެމްބަރ 2004 ވަނަ ދުވަހު ގއ. ވިލިނގިލީ ސޯފާގޭ ނެޓްވޯރކުގެ ހިއްސާދާރުންނާއި، މިޑްސް ކޭބަލް ނެޓް ވޯރކުގެ ހިއްސާދާރުންނާއި އެއްވެގެން ޖުމްލަ 18 މީހުން ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި، ހެކިން ސޮއި ކުރާތަނުގައި އެއްކަހަލަ ދެ ސޮއި ކޮށްފައި އޮތުމާއި، އެލިޔުމުގައި ހިއްސާދާރުންނޭ ބުނާ 18 މީހުންގެ ތެރެއިން 3 މީހަކު (އަންވަރު މޫސާ، މުޙައްމަދު އިޤްބާލު ފިކުރީ އަދި މުޙައްމަދު މަސީޙު) ސޮއިކޮށްފައި ނެތުމުން އެލިޔުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޞައްޙަ ލިޔުމެއް ނޫންކަމަށް ބުނެފައިވީ ނަމަވެސް، ހަމަ އެޤަޟިއްޔާގެ ޙުކުމުގައި އެ އެއްބަސްވުމަކީ ޢަމަލު ނުކުރެވޭނެ އެއްބަސް ވުމެއްކަން ކަނޑައަޅުއްވާފައި ނުވާކަން މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް ފާހަގަ ކުރެއްވުމުގެ އިތުރުން، ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާގައި މުޙައްމަދު އިޤުބާލު ފިކުރީއާއި މުޙައްމަދު މަސީޙުގެ ފަރާތުން އެ އެއްބަސްވުމަކީ ޞައްޙަ އެއްބަސް ވުމެއްކަމަށް ބަޔާންކުރުމުގެ އިތުރުން، އެ އެއްބަސްވުމުގައި ސޮއިނުކުރާ މީހުން ސޮއިނުކޮށް އޮތީ އެމީހުން އެވަގުތު ރަށުގައި ނެތުމުން ކަމަށާއި، އެހެން ނަމަވެސް މި ދެ ނެޓްވޯރކު ގުޅުވާލުމާއި ބެހޭ ކަންތައްތައް ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްވަނީ ފޯނުގެ ޒަރީއާއިން އެފަރާތަށް އެއްބަސްވާކަން ހާމަކޮށްފައިވާކަމަށް ބުނެފައިވާކަން، އެ ޤަޟިއްޔާގައި މުޙައްމަދު އިޤްބާލު ފިކުރީއާއި އަޙްމަދު ޙަސަން ދީދީއާއި އިބްރާހީމް ޢަލީ އާއި އިބްރާހީމް އިސްމާޢީލްއާއި ޢަލީ ޝަމީމް އަދި މުޙައްމަދު ޝަރީފުގެ ފަރާތުން ދީފައިވާ ބަޔާންތައް ބެލުމުން އެންގެން އޮވެފައި، ގއ. ވިލިނގިލީ ސޯފާގޭގެ ނެޓްވޯރކާއި މިޑްސް ކޭބަލް ނެޓްވޯރކް ގުޅިގެން މި ދެ ނެޓްވޯރކުގެ ތަކެތި އެއްކޮށްލައިގެން ފަހުން ސޯފާ ގައި އެއްމެދު ނެޓްވޯރކެއް ހިންގިކަން އެނގޭކަމަށް ބުނާ 18 (އަށާރަ) މީހެއްގެ ހެކިބަސް ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާގައި ހިމެނިފައިވާކަން ފާހަގަކުރެވި، އަދި 29 ސެޕްޓެމްބަރ 2004 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި އަންވަރު މޫސާ ސޮއިކޮށްފައި ނުވާނެކަމާއި ދެ ނެޓްވޯރކް އެއްކޮށްލިކަން އެނގިފައި ނުވާކަމަށް ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނިނަމަވެސް، މި ދެ ނެޓްވޯރކް އެއްކޮށްގެން ސޯފާ ގޭގައި ހިންގާ ބަލަހައްޓައި، އޭގެ ނަފާ ޙާޞިލްކުރަމުން ގެންދިޔައިރުގައި އެއިން އެއްވެސް ކަމަކާއި މެދުގައި ދަޢުވާއެއް ޝަކުވާއެއްނުކޮށް އަންވަރު މޫސާ ހުރި ހުރުމާއި، އަދި ސޯފާގޭގައި ހިންގި ނެޓްވޯރކުގައިވާ އަންވަރު މޫސާގެ ހިއްސާގެ މިންވަރެއްވެސް އެނގޭނީ މުޙައްމަދު ސަޢީދަށްކަން އަންވަރު މޫސާ ބުނެފައިވުމާއި އެއްބަސް ވުމެއްގައި އަންވަރު މޫސާގެ ނަން ލިޔެވިގެންވާ 29 ސެޕްޓެމްބަރ 2004 ގައި ވެފައިވާ އެއްބަސްވުމުގައި މުޙައްމަދު ސަޢީދު ސޮއިކޮށްފައި އޮތްއޮތުމުން، މިކަމަކީ އަންވަރު މޫސާއަށް ވެސް އެނގި މައުރިފާ ވެގެންވާ ގޮތުގައި ހިނގާ ގޮސްފައިވާ ކަމަކަށްވާތީ މިގޮތުން މި އެއްބަސްވުމުގައި އަންވަރު މޫސާއަށް ވެސް ވަނީ ޟިމްނީގޮތުން އެއްބަސްވެވިފައިކަން އަންވަރު މޫސާ ޢަމަލުކޮށްފައިވާ ގޮތުން އެނގެން އޮންނަކަން ގއ. ވިލިނގިލީ ކޯޓުގެ ނަންބަރު 11/P2C/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތުމުން، އެކޯޓުން މި 18 މީހުންގެ ނަން ލިޔެވިގެންވާ އެއްބަސް ވުމަކީ ސައްޙަ އެއްބަސްވުމެއްކަމަށް ބިނާކުރެއްވި ބިނާކުރެއްވުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ސައްޙަ ނިންމެވުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މަޖިލީހަށް ފާހަގަ ކުރެވޭ ކުރެވުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ފާހަގަކުރެވޭ ކަމެވެ.

(ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށް މުޙައްމަދު ސަޢީދު ބުނާ ބުނުމަށް ބަލާއިރު، އިސްވެ ފާހަގަކުރި ނުކުތާތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާގެ ޙުކުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަބެލި ފަނޑިޔާރުންނަށް ނުފެނުނު ކަމެވެ.

(ކ) ހަތްވަނަ ކަމަކީ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ އިލްތިމާސް ކުރުމުގައި މުޙައްމަދު ސަޢީދު ހުށަހެޅި ނުކުތާތަކާއި ދެއްކި ވާހަކައިގެ މައްޗަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މުޙައްމަދު ސަޢީދު ހުށަހެޅި މައްސަލަ ރައްދުވި ނަޞީރު ޢަލީ ދެއްކި ވާހަކަތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާގެ ނިންމުމުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ގެ ނިންމުން ބަދަލުކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، މި މައްސަލަބެލި ފަނޑިޔާރުންނަށް ނުފެނުމެވެ.

ޙުކުމް:

އިސްވެ ފާހަގަކުރެވުނު ކަންތައްތައް އެގޮތުގެ މަތީން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/89 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކުރައްވާފައިވާ ޙުކުމެއް ކަމަށް ކަނޑައަޅާ ޙުކުމް ކުރަމެވެ.

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ