ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2011/SC-A/45

ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިނަން ފޮރުވާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ޖޫން 2015ދަށު ކޯޓު: ޢާއިލާއާބެހޭ ކޯޓު 290/Fm-C/2011ބާވަތް: މަދަނީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޢާއިލާއާބެހޭ ކޯޓުގެ 290/Fm-C/2011 ޤަޟިއްޔާގައި، ދަރިފުޅު ވިހާފައިވަނީ ދަރިލައްވާ މުއްދަތުގައި ކަމަށާއި، ނަސަބު ނަފީކުރުމަށް ބަޔާންކުރާ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަހަޅާފައި ނުވާތީ ދަރި ނަފީކުރެވޭނެ ތަނެއް ނެތްކަމަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ ޤަވާޢިދު 2011 ގެ 27 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، އެ ޙުކުމާމެދު ކުރި އިސްތިއުނާފު ހައިކޯޓުން ބަލައިނުގަތެވެ ((MISL)95-CR/INDIV/2011/399، 18 ސެޕްޓެމްބަރ 2011). ކުރީގެ ފިރިމީހާ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
ވާޤިޢާ
ދެމީހުން 23 މާރޗް 2008 ގައި ކައިވެނިކޮށް، 9 ޖޫން 2008 ގައި ވަރިވިއެވެ. ވަރިވިތާ 2 މަހާއި 19 ދުވަހުން، އަދި ކައިވެނިކުރިތާ ހިޖްރީ ގޮތުން 6 މަހާއި 29 ދުވަހުން ދަރިއަކު ވިހެއެވެ. ކުއްޖާ ވިހާތާ އެއް މަސް ދުވަސް ފަހުން، ކުއްޖާގެ ނަސަބު ނަފީކުރުމަށް އެދި ކުރީގެ ފިރިމީހާ ޢާއިލާއާބެހޭ ކޯޓަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކައިވެނިކުރިތާ ހަމަސް ފުރުމަށްފަހު، އަދި ވަރިކުރިތާ ހިޖްރީ އެއް އަހަރު ނުވެ ވިހާ ދަރިއެއްގެ ނަސަބު، ވިހޭ ތާރީޚުން ފެށިގެން އެއް މަސް ދުވަސް ފަހުން ކުރާ ދަޢުވާއަކުން ނުވަތަ ލިޢާނުން ނަފީކުރެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުރީގެ ފިރިމީހާ ބުނީ، ކައިވެނިކުރި ނަމަވެސް ކައިވެނީގެ ގުޅުން ހިނގާފައި ނުވާނެ ކަމަށާއި، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިޢާންކޮށް ނަސަބު ނަފީކުރުމުގެ ފުރުޞަތު ދޭންޖެހޭ ކަމަށާއި، ހައިކޯޓުން މައްސަލަ ބަލައިނުގަތުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަރިފުޅު ވިހާފައިވަނީ ދަރިލައްވާ މުއްދަތުގައި ކަމަށާއި، ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ހ) ގައިވާ އެއް މަހުގެ މުއްދަތުގެ ތެރޭގައި ނަސަބު ނަފީކުރުމުގެ މައްސަލަ ހުށަހަޅާފައި ނުވާއިރު، ކުއްޖާ ވިހާފައިވަނީ ކައިވެނިކުރިތާ ހަ މަހުގެ ކުރިން ނުވަތަ ވަރިކުރިތާ އެއް އަހަރު ފަހުން ނޫންކަމަށްވާތީ، މިއީ ލިޢާނު ދެވޭގޮތަށް އޮތް މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން، ހައިކޯޓުގެ ނިންމުމާއި ޢާއިލާއާބެހޭ ކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުމާއި ޢާއިލާއާބެހޭ ކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްލާމީ ޝަރީޢަތުގައި ނަސަބު ސާބިތުވާ ސަބަބަކީ "އަލްވަލަދު ލިލްފިރާޝް" ގެ މަބްދައުގެ މަތިން ކާވެނީގެ ޞައްޙަ ޢަޤްދެވެ. ޞައްޙަ ކާވެންޏަކަށް ހަމަސް ފުރައި ވިހާ ކުއްޖާގެ ނަސަބު، އެ ކާވެނީގެ ޢަޤްދުކުރި ފިރިމީހާއަށް ސާބިތުވެއެވެ. ދަރިލައްވާ ކުރު މުއްދަތަކީ ހިޖްރީ މައްސަރުން ހަމަސް ދުވަހެވެ. ވަރިކޮށްފައިވާނަމަ ދަރިލައްވާ މުއްދަތަކީ ވަރިކުރި ތާރީޚުން ފެށިގެން ހިޖްރީ ގޮތުން އެއް އަހަރުގެ ތެރޭގައި ވިހެއުމެވެ. (ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ))

HN2 އިސްލާމީ ޝަރީޢަތުގައި ލިޢާނު ދެވެނީ ވަކި އުޞޫލުތަކެއްގެ މަތިން، އަދި ވަކި ޝަރުޠުތަކެއް ފުރިހަމަވެގެންނެވެ. ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުއްޖެއްގެ ނަސަބު ނަފީކުރަން ބޭނުންވަނީނަމަ، ކުއްޖާ ވިހޭ ތާރީޚުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ. އެ މުއްދަތު ފާއިތުވުމަށްފަހު، ކުއްޖާގެ ނަސަބު ނަފީކުރުމުގެ މައްސަލައެއް ކޯޓުން ބަލައިދެވޭނީ، އެ ކުއްޖަކު ވިހާފައިވަނީ ނަސަބު ނަފީކުރެވޭ މީހާއާއެކު ކާވެނިކުރިތާ ހަ މަސް ދުވަހުގެ ކުރިން ނުވަތަ ވަރިކުރިތާ އެއް އަހަރު ފަހުންކަން އެނގޭ ލިޔުންތަކާއެކު ކޯޓަށް ހުށަހެޅުމުންނެވެ. (ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ށ))

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ
ރިޔާސަތު
ޢަބްދުﷲ ސަޢީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 23 އޮކްޓޫބަރު 2011 · ރަޖިސްޓްރީކުރީ 31 އޮކްޓޫބަރު 2011 · ނިމުނީ 25 ޖޫން 2015 (43.8 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2011/SC-A/45

ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި

ދަޢުވާ ލިބޭ ފަރާތް: ނަން ފޮރުވާފައި

މައްސަލައިގެ ބާވަތް: ދަރިފުޅު ނަފީކުރުން

މައްސަލަ އައިގޮތް: އިސްތިއުނާފްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 23 އޮކްޓޯބަރ 2011

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 31 އޮކްޓޯބަރ 2011

ނިމުނު ތާރީޚް: 24 ޖޫން 2015

މައްސަލަ ނިންމި ގަޑި: 12:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ.

އިސްތިޢުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު: (MISL)95-CR/INDIV/2011/399

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 14 ސެޕްޓެމްބަރ 2011

ނިމުނު ތާރީޚް: 18 ސެޕްޓެމްބަރ 2011

މައްސަލައިގެ ޙުލާޞާ

[1]މި މައްސަލައަކީ ފެމިލީ ކޯޓުގެ ނަންބަރު 290/Fm-C/2011 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމާމެދު ހިތްހަމަނުޖެހޭތީ މާލޭ ހ.މޯހިރު ނަން ފޮރުވާފައި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ހައި ކޯޓުގެ ނަންބަރު (MISL)95-CR/INDIV/2011/399 ނިންމުމުން އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެ މައްސަލަ ބަލައިގަތުމަށާއި ޝަރީޢަތުން ޙުކުމެއް ކޮށްދިނުމުގެ އަމުރެއް ހައިކޯޓުގެ މައްޗަށް ނެރެދިނުން އެދި މާލޭ ހ.މޯހިރު ނަން ފޮރުވާފައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ހުށަހެޅުމުން ބަލާފައިވާ މި ކޯޓުގެ ނަންބަރު 2011/SC-A/45 ޤަޟިއްޔާއެވެ.

ފާހަގަކުރެވުނު ނުކުތާތައް

[2]މި މައްސަލާގައި ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

[3](ހ) ފުރަތަމަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 290/Fm-C/2011 ޤަޟިއްޔާގެ ޝަރިޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، ނަން ފޮރުވާފައި އިނުމަށްފަހު ވަރިކޮށްފައިވާ ޝަޛުރާ އިބްރާހީމް އަށް ލިބިފައިވާ ދަރި، ޝީން އަލް އަޒްލީމަކީ، ނަން ފޮރުވާފައިގެ ދަރިއެއް ނޫންކަމަށް ބުނެ، އެ ދަރި ނަފީކުރުމަށް އެދި އެކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާކަމާއި، އެ ޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ، މާލެ ހ. މޯހިރު ނަން ފޮރުވާފައި އިނދެވަރިކުރި ގދ.ތަރަފަންދޫ ލިލީގެ ނަން ފޮރުވާފައި އަށް ލިބިފައިވާ ދަރި، ޝީން އަލް އަޒްލީމް ( އުފަންތާރީކް: 2008 އޮކްޓޯބަރ 15) އަކީ ނަން ފޮރުވާފައިގެ ދަރިއެއް ނޫންކަމަށް ބުނެ، މި ދަރި ނަފީކުރުމަށް އެދި ނަން ފޮރުވާފައި ހުށަހަޅާފައިވާ މި ޤަޟިއްޔާގައި، ޝަރިޢަތުގައި ދެކެވުނު ވާހަކަތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ރިޢާޔަތްކޮށް ބަލާއިރު، ނަން ފޮރުވާފައި އާއި ޝަޛުރާ އިބްރާހީމް ޝަރުޢީ ހަމަތަކުގެ މަތިން 23 މާރޗް 2008 މ/ 16 ރަބީޢުލްއައްވަލް 1429ހ ގައި ޝަރުޢީ ހަމަތަކުގެ މަތިން ކައިވެނި އަޤުދުކޮށްފައިވާކަން ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 559/2008 ކާވެނީގެ ސެޓިފިކެޓުން އެނގޭކަމާއި، ޝީން އަލް އަޒްލީމް އުފަންވެފައިވާ ތާރީޚަކީ 15 އޮކްޓޯބަރ 2008 މ/15 ޝައްވާލް 1429ހ ކަން މާލޭ މުނިސިޕަލްޓީގެ އުފަންދުވަހުގެ ސެޓްފިކެޓް ނަންބަރު 3488/2008 އިން އެނގޭކަމާއި، ނަން ފޮރުވާފައި، ނަން ފޮރުވާފައި 2008 ޖޫން 09 ވަނަ ދުވަހު ވަރިކޮށްފައިވާކަން ޢާއިލާއާ ބެހޭ ކޯޓުގެ ނަންބަރު 1096/AC/2008 ޤަޟިއްޔާއިން އެނގޭކަމާއި، މި ދަރިއަކީ ނަން ފޮރުވާފައިގެ ދަރިއެއް ނޫންކަމުގައި ނަން ފޮރުވާފައި ބުނި ކަމުގައިވީނަމަވެސް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން މިކަން ނަން ފޮރުވާފައި ސާބިތުކުރުމަށް ހެކިން ހުށަހަޅާފައިނުވާއިރު، އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ މައްޗަށް ޢާއިލާއާބެހޭ ޤާނޫނާއި ޢާއިލާއާބެހޭ ޤަވާޢިދުގެ އަލީގައި ރިޢާޔަތްކުރެވުނު ހިނދު، ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކުއްޖެއްގެ ނަސަބު ނަފީކުރުމަށް ބޭނުންވަނީނަމަ، ކުއްޖާ ވިހޭ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަޅަން ވާނޭކަމުގައި ބަޔާންކޮށްފައިވާއިރު، ބުނެވިދިޔަ ކުއްޖާގެ ނަސަބު ނަފީކުރުމަށް ބަޔާންކުރަނިވި މުއްދަތުގެ ތެރޭގައި ނަން ފޮރުވާފައި މައްސަލަ ހުށަހަޅާފައިނުވާކަން ކޯޓުގެ ރެކޯޑުތަކުން އެނގެން އޮތަތީ އާއި، ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތު ފާއިތުވުމަށްފަހު، ކުއްޖާގެ ނަސަބު ނަފީކުރުމުގެ މައްސަލައެއް ކޯޓަށް ބަލައިދެވޭނީ އެކުއްޖަކު ވިހާފައިވަނީ އެކުއްޖެއްގެ ނަސަބު ނަފީކުރެވޭ މީހާއާއެކު ކާވެނި ކުރިތާ 06 (ހައެއް) މަސްދުވަހުގެ ކުރިން ނުވަތަ ވަރިކުރިތާ 01 (އެކެއް) އަހަރު ފަހުންކަން އެނގޭ ލިޔުންތަކަކާއެކު ކޯޓަށް ހުށަހެޅުމުންކަން ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާ ދެމީހުން ކާވެނިކޮށްފައިވާ ތާރީޚާއި، ވަރިވެފައިވާ ތާރިޚާއި ބުނެވިދިޔަ ކުއްޖާ ވިހާފައިވާ ތާރީޚަށް ބަލާއިރު، ނަން ފޮރުވާފައި، ޝީން އަލް އަޒްލީމް ވިހާފައިވަނީ ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާ ދެ މީހުން ކައިވެނިކުރިތާ ހިޖުރީގޮތުން 06 (ހައެއް) މަހާއި 29 (އޮނަތިރީސް) ދުވަހުންކަމާއި، އަދި ނަން ފޮރުވާފައި، ޝީން އަލް އަޒްލީމް ވިހާފައިވަނީ ދެ މީހުން ވަރިވިތާ 02 (ދެއެއް) މަހާއި 19 (ނަވާރަ) ދުވަހުންކަން މި މައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންއޮތަތީ، ޝީން އަލް އަޒްލީމަކީ ޤާނޫނު ނަންބަރު 4/2000 "ޢާއިލާއާބެހޭ ޤާނޫނު" ގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ދަރިލެއްވުމުގެ މުއްދަތުގައި ޝަޛުރާ އިބްރާހީމް ވިހާފައިވާ ކުއްޖަކުކަމުން، ދަރިލެއްވުމުގެ މުއްދަތުގައި ޝަޛުރާ އިބްރާހީމް ވިހާފައިވާ އަންހެން ދަރި ނަފީކުރެވޭނޭ ތަނެއްނެތްކަން މާލެ ހ.މޯހިރު ޙަސަން އަޒްލީމަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ". މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.

[4](ށ) ދެވަނަ ކަމަކީ، ފެމިލީ ކޯޓުގެ ނަންބަރު 290/Fm-C/2011 ޤަޟިއްޔާގެ ޙުކުމާމެދު ހިތް ހަމަނުޖެހޭތީ ނަން ފޮރުވާފައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 313/2011 ފޯމުން އެޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނަން ފޮރުވާފައި ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މައްސަލައަކަށް ނުވާތީ، އެ މައްސަލައަކީ ހައިކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫންކަމަށާއި އަދި އެ މައްސަލަ ހައިކޯޓަށް ބަލައިގަނެވެންނެތް ކަމަށް އެކޯޓުން ނިންމި ނިންމުން ނަން ފޮރުވާފައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުގައި ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ދެކޭ ސަބަބު ކަމަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތައްކަން އެނގެން އޮންނަ އޮތުމެވެ.

[5](ހ) ފުރަތަމަ ނުކުތާއަކީ 19 މެއި 2011 ވަނަ ދުވަހު ފެމިލީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ނަން ފޮރުވާފައި ދީފައިވާ ބަޔާނުގައި ނަން ފޮރުވާފައިއާ ކާވެނިކޮށް، ޖިމާޢު ވެފައި ނުވާނޭ ކަމަށް ނަން ފޮރުވާފައި ބުނެފައިވާއިރު، ނަން ފޮރުވާފައި ވިހާފައިވާ ދަރިފުޅަކީ ނަން ފޮރުވާފައިގެ ދަރިއެއްކަމަށް ޝަރީޢަތުން ބައްލަވާފައިވާ ކަމަށާއި ނަމަވެސް ނަން ފޮރުވާފައި އާ ކާވެނީގެ ގޮތުން ގުޅުނު ކަމުގައިވިޔަސް އޭނާއާއެކު އެއްވެސް ވަގުތެއްގައި އަދި އެއްވެސް ދުވަހަކު ޖިމާޢު ވެފައި ނުވާނޭކަމަށް ކަނޑައެޅިގެން ޝަރިޢަތުގެ މަޖިލީހުގައި ދެންނެވުމުން ނަން ފޮރުވާފައިގެ މައްޗަށް ޝަރްޢީގޮތުން އޮންނާނީ ލިޢާންކުރުން ކަމަށް ނަން ފޮރުވާފައި ދެކޭކަމަށާއި، ނަމަވެސް ލިޢާން ކުރުމަށް ފުރުސަތު ނުދެއްވާ ނަން ފޮރުވާފައި ވިހާފައިވާ ދަރިފުޅަކީ ނަން ފޮރުވާފައިގެ ދަރިއެއްކަމަށް ބެލެވޭނެ ޝަރްޢީ އެއްވެސް ހަމައެއް ނޯންނާނެ ކަމުގައި ހައިކޯޓަށް ނަން ފޮރުވާފައި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލައަކީ ހައިކޯޓުގެ ޤަވާއިދު 2011 ގެ 27 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ މައްސަލައެއް ނޫންކަމަށް ޖަވާބު ދެއްވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާ.

[6](ށ) ދެވަނަ ނުކުތާއަކީ ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު)ގެ 52 ވަނަ މާއްދާގެ (ނ)ގައި "އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ލިޢާންކޮށް، ކުއްޖެއްގެ ނަސަބު ނަފީކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ". މިފަދައިން މި މާއްދާގައި ބަޔާންކޮށްފައި އޮތް ހިނދު އަދި ނަން ފޮރުވާފައި ވިހާފައިވާ ދަރިފުޅަކީ ނަން ފޮރުވާފައިގެ ދަރިއެއް ނޫންކަމަށާއި އެއްވެސް އިރެއްގައި ނަން ފޮރުވާފައި އާ ނަން ފޮރުވާފައި ޖިމާޢު ވެފައި ނުވާނެ ކަމަށް ހައިކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާއިރު ހައިކޯޓުގެ ޤަވާޢިދު 2011 ގެ 27 ވަނަ މާއްދާގެ ދަށުން މި މައްސަލައަކީ ހައިކޯޓަށް ހުށަހެޅޭ މައްސަލައެއް ނޫންކަމަށް ޖަވާބުދެއްވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާ.

[7](ނ) ތިންވަނަ ކަމަކީ، މި މައްސަލައަކީ ނަން ފޮރުވާފައި 15 އޮކްޓޯބަރ 2008 (15 ޝައްވާލު 1429ހ) ގައި ވިހާފައިވާ ދަރިފުޅަކީ ނަން ފޮރުވާފައިގެ ދަރިއެއް ނޫންކަމަށްބުނެ ދަރިފުޅުގެ ނަސަބު ނަފީކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، އިސްލާމީ ޝަރީޢަތުގައި ނަސަބު ސާބިތުވާ ސަބަބަކީ "އަލްވަލަދު ލިލްފިރާޝް" ގެ މަބްދައުގެ މަތިން ކާވެނީގެ ޞައްޙަ އަޤްދުކަމާއި އެގޮތުން ޞައްޙަކާވެންޏަކަށް ހަމަސް ފުރައި ވިހާކުއްޖާގެ ނަސަބު އެކާވެނީގެ ޢަޤްދުކުރި ފިރިމީހާއަށް ސާބިތުވާނެކަން އެނގެން އޮތުމުގެ އިތުރަށް، ދަރިލައްވާ ކުރު މުއްދަތަކީ ހިޖްރީ މައްސަރުން ހަމަސްދުވަސްކަމަށާއި އަދި ވަރިކޮށްފައިވާނަމަ ދަރިލައްވާ މުއްދަތަކީ ވަރިކުރި ތާރީޚުން ފެށިގެން ހިޖްރީ ގޮތުން 1 (އެކެއް) އަހަރު ތެރޭގައި ވިހެއުންކަމަށް ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮތުމާއެކު، ނަން ފޮރުވާފައި އާއި ނަން ފޮރުވާފައިއާ ދެމީހުން 23 މާރޗް 2008 (16 ރަބީޢުލްއައްވަލް 1429ހ) ގައި ކާވެނި ޢަޤްދުކުރުމަށްފަހު، 9 ޖޫން 2008 (05 ޖުމާދިލްއާޚިރު 1429) ގައި ނަން ފޮރުވާފައި، ނަން ފޮރުވާފައި ވަރިކޮށްފައިވާކަމާއި، 15 އޮކްޓޯބަރ 2008 (15 ޝައްވާލް 1429) ގައި ނަން ފޮރުވާފައި ވިހޭކުއްޖާ ޝީން އަލް އަޒްލީމް ވިހާފައިވަނީ ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި 23 މާރޗް 2008 (16 ރަބީޢުލްއައްވަލް 1429) ގައި ކައިވެނިކުރިތާ ހިޖުރީ ގޮތުން 6 (ހައެއް) މަހާއި 29 (އޮނަތިރީސް) ދުވަހުންކަމާއި އަދި 15 އޮކްޓޯބަރ 2008 (15 ޝައްވާލް 1429) ގައި ނަން ފޮރުވާފައި، ޝީން އަލް އަޒްލީމް ވިހާފައިވަނީ އެދެމީހުން 9 ޖޫން 2008 (05 ޖުމާދިލް އާޚިރު 1429) ގައި ވަރިވިތާ 02 (ދޭއް) މަހާއި 19 (ނަވާރާ) ދުވަހުންކަން އެނގެން އޮންނާތީ، ނަން ފޮރުވާފައި، ޝީން އަލް އަޒްލީމް ވިހާފައިވަނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދަރި ލެއްވުމުގެ މުއްދަތުގައިކަން އެނގެން އޮންނަ އޮތުމެވެ.

[8](ރ) ހަތަރުވަނަ ކަމަކީ، ޙަސަން އަޒްލީމާއި ނަން ފޮރުވާފައިއާއި ދެމީހުން ކާވެނި ޢަޤްދުކުރިތާ ހަމަސްފުރައި ވިހާފައިވާ ޝީން އަލް އަޒްލީމްއަކީ ނަން ފޮރުވާފައިގެ ކުއްޖެއް ނޫންކަމަށްބުނެ، ނަސަބު ނަފީކުރުމައްޓަކައި ލިޢާންކުރަން އެދޭކަމަށް ނަން ފޮރުވާފައި ހުށަހެޅި ނަމަވެސް، އިސްލާމީ ޝަރީޢަތުގައި ލިޢާނު ދެވެނީ ވަކި އުޞޫލުތަކެއްގެމަތިން އަދި ވަކި ޝަރްޠު ތަކެއް ފުރިހަމަވެގެންކަމަށްވެފައި އެއުޞޫލުތަކުގެ މަތިން، ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ހ) ގައި ކުއްޖެއްގެ ނަސަބު ނަފީކުރަން ބޭނުންވަނީނަމަ، ކުއްޖާ ވިހޭ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަސްތެރޭގައި ކޯޓަށް ހުށަހަޅަންވާނޭކަމަށް ބަޔާންކޮށްފައި އޮތް އިރު، ބުނެވިދިޔަ ކުއްޖާގެ ނަސަބު ނަފީކުރުމަށް، ބަޔާންވެ ދިޔަ މުއްދަތުގެ ތެރޭގައި ނަން ފޮރުވާފައި މައްސަލަ ހުށަހަޅާފައިނުވާކަން އެނގެން އޮތުމާއި، ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތު ފާއިތުވުމަށްފަހު، ކުއްޖާގެ ނަސަބު ނަފީކުރުމުގެ މައްސަލައެއް ކޯޓުން ބަލައިދެވޭނީ އެ ކުއްޖަކު ވިހާފައިވަނީ އެކުއްޖެއްގެ ނަސަބު ނަފީކުރެވޭ މީހާއާއެކު ކާވެނި ކުރިތާ 06 (ހައެއް) މަސްދުވަހުގެ ކުރިން ނުވަތަ ވަރިކުރިތާ 01 (އެކެއް) އަހަރު ފަހުންކަން އެނގޭ ލިޔުންތަކާއެކު ކޯޓަށް ހުށަހެޅުމުންކަމަށް ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިއޮތް އޮތުމަށާއި މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ޝީން އަލް އަޒްލީމް ވިހާފައިވަނީ ޝަޛުރާ އިބްރާހީމް އާއި ނަން ފޮރުވާފައިއާ ދެމީހުން ކައިވެނިކުރިތާ ހިޖުރީ ގޮތުން 06 (ހައެއް) މަހާއި 29 (އޮނަތިރީސް) ދުވަހުންކަން އެނގެން އޮތް އޮތުމުގެ މައްޗަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ ޝަރްޢީ ހަމަތަކުގެމަތިން ލިޢާންކުރެވޭގޮތަށް އޮތް މައްސަލައެއް ނޫންކަން އެނގެން އޮންނައޮތުމެވެ.

ޙުކުމް

[9]އިސްވެ ބަޔާން ކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ފެމިލީ ކޯޓުގެ ނަންބަރު 290/Fm-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި ހައިކޯޓުގެ ނަންބަރ (MISL)95-CR/INDIV/2011/399 ނިންމުން ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (MISL)95-CR/INDIV/2011/399 ނިންމުމަށާއި ފެމިލީ ކޯޓުގެ ނަންބަރު 290/Fm-C/2011 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި ފެމިލީ ކޯޓުގެ ނަންބަރު 290/Fm-C/2011 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ނ)
  • ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ހ)
  • ޢާއިލާއާބެހޭ ޤަވާޢިދުގެ 82 ވަނަ މާއްދާގެ (ށ)
  • ހައިކޯޓުގެ ޤަވާޢިދު 2011 ގެ 27 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ