ނަން ފޮރުވާފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2011/HC-A/155، 63/P1C/2009
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ބާލިޣުނުވާ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގިކަމަށް ދަޢުވާކުރުމުން، މެޖިސްޓްރޭޓް ކޯޓުން (63/P1C/2009) ކުށް ސާބިތުކޮށް ތަޢުޒީރާއި 3 އަހަރުގެ ޖަލު ޙުކުމް ކުރިއެވެ. ހައިކޯޓުން (2011/HC-A/155) އެ ޙުކުމް ދެމެހެއްޓިއެވެ.
- ވާޤިޢާ
- ކުލާހެއްގައި ކިޔަވަމުން ދިޔަ ބާލިޣުނުވާ ކުއްޖަކު އެހެން ކުދިންނާ ވަކިން ބައިންދައި ހެދުމުގެ ތެރެއަށް އަތްލައި ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމަށް ދަޢުވާކުރިއެވެ. ތުހުމަތުކުރެވޭ ފަރާތް އިންކާރުކުރިއެވެ. ހެކިތަކުގައި ޢަމަލު ފެނުނު އެހެން ކުއްޖެއްގެ ހެކިބަހާއި، ޝިކާރައަކަށްވި ކުއްޖާގެ ބަޔާނާއި، މެޑިކޯ ލީގަލް ރިޕޯޓު ހިމެނެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބާލިޣުނުވާ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ތަޢުޒީރީ ކުށުގެ ދަޢުވާއަށް ތުހުމަތުކުރެވޭ ފަރާތުން އިންކާރުކުރިއިރު، ތަމްޔީޒު ލިބިފައިވާ ކުޑަކުއްޖެއްގެ ހެކިބަހާއި، ޝިކާރައަކަށްވި ކުއްޖާގެ ބަޔާނާއި، މެޑިކޯ ލީގަލް ރިޕޯޓާއި އެހެނިހެން ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިލްތިމާސްކުރި ފަރާތުން ބުނީ ހެކިދިން ކުއްޖާގެ ބަޔާން ނަގާފައިވަނީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ފެނުނު ވަގުތާއި ޙާލަތު ސާފުނުކޮށް ހެކިބަސް ބަލައިގަތް ކަމަށާއި، މިއީ ރޭވިގެން ކުރި ތުހުމަތެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ޝައްކެއްނެތި ސާބިތުނުވާހާ ހިނދަކު ކުށެއްނެތް މީހެއްގެ ގޮތުގައި ބެލެވެއެވެ. މިއީ ތަޢުޒީރީ ކުށެއް ކަމުން ތަފާތު ހެކިތަކާއި ޤަރީނާއިން ސާބިތުކުރެވޭނެއެވެ. ތަމްޔީޒު ލިބިފައިވާ ކުދިންގެ ހެކިބަހަށް ރިޢާޔަތްކުރެވެއެވެ. ހެކިދިން ކުއްޖާގެ ޘާބިތު ބަހާއި ޤަރީނާއިން ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ކުށް ސާބިތުވެއެވެ.
ނިންމުން
މެޖިސްޓްރޭޓް ކޯޓުގެ 63/P1C/2009 ޙުކުމަށް (ކުށް ސާބިތުކޮށް 19…މެޖިސްޓްރޭޓް ކޯޓުގެ 63/P1C/2009 ޙުކުމަށް (ކުށް ސާބިތުކޮށް 19 އެތިފަހަރުން ތަޢުޒީރުކޮށް 3 އަހަރަށް ޖަލަށްލުން) ތާއީދުކޮށް ހައިކޯޓުގެ 2011/HC-A/155 ޤަޟިއްޔާގައި ކުރި ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމަށް ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކުރެއްވި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ، އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤެކެވެ.)
HN2 ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލައަކީ ތަޢުޒީރީ ޢުޤޫބާތް ކަނޑައެޅޭ ބާވަތުގެ މައްސަލައެކެވެ. މިބާވަތުގެ މައްސަލަތައް ޘާބިތުވާކަމަށް ކަނޑައެޅުމުގައި ތަފާތު ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޡާމުގެ ތެރެއިން ބެލެވެމުން އައިސްފައިވެއެވެ.)
HN3 ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައިވެސް މިބާވަތުގެ ދަޢުވާތައް ޘާބިތުކުރުމަށް ދެ ހެކީންގެ ހެކިބަސް ލިބެންޖެހޭނެކަމަށް ބުނެފައެއް ނުވެއެވެ. ހެއުނުބައި ވަކިކޮށް ދެނެގަނެވޭ (ތަމްޔީޒު ލިބިފައިވާ) ޢުމުރުގެ ކުދިންގެ ހެކިބަހުގެ މައްޗަށްވެސް މިބާވަތުގެ މައްސަލަތަކުގައި ރިޢާޔަތްކުރެވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މިފަދަ މައްސަލަތަކުގައި ޤަބޫލުކުރެވޭ ތަފާތު ހެކިތަކެއް އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.)
HN4 ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ދަޢުވާގެ އަޞްލަށް ތުހުމަތުކުރެވޭ ފަރާތުން އިންކާރުކުރި ނަމަވެސް، އެ ޢަމަލު ހިންގަމުންދިޔަތަން ފެނުނު ކުއްޖަކު ނުހަނު ޘާބިތުކަމާއެކު ހެކިބަސް އަދާކޮށް، ހެކިދިން ކުއްޖާއާއި ތުހުމަތުކުރެވޭ ފަރާތާ ދެމެދު ދެކޮޅުވެރިކަމެއް އުފެދިފައި ނެތްނަމަ، އެ ހެކިބަހާއި ޝިކާރައަކަށްވި ކުއްޖާގެ ބަޔާނާއި މެޑިކޯ ލީގަލް ރިޕޯޓާއި ލިބިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކުށް ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި ޙުކުމްކުރުމަކީ ރަނގަޅު ނިންމުމެކެވެ.)
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޢަރީފް (ރިޔާސަތު)، އާދަމް މުޙައްމަދު ޢަބްދުﷲ، ޢަބްދުލްޣަނީ މުޙައްމަދު
- ރިޔާސަތު
- ޢަބްދުﷲ ޢަރީފް
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/04
ދަޢުވާކުރާ ފަރާތް: [ތުހުމަތުކުރެވުނު މީހާ] / [އެޑްރެސް ފޮރުވާފައި]
ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މައްސަލައިގެ ބާވަތް: ބާލިޣުނުވާ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުން
މައްސަލަ އައިގޮތް: އިލްތިމާސްކުރުމުގެ ހުއްދައަށްއެދި ހުށަހަޅާ ފޯމުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2011/HC-A/155
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-A/155/2011 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅު ނޫންކަމަށް ބުނެ އެކަންތައްތައް ފާހަގަކޮށް އެ ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިދެވުނު މައްސަލައެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު HC-A/155/2011 ޤަޟިއްޔާއަކީ ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/P1C/2009 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލިފައިވާ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދެއްކި ވާހަކަތަކަށާއި، ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-A/155/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ އިތުރުން، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/P1C/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/P1C/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، [އެޑްރެސް ފޮރުވާފައި]، [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ދައުލަތުން ދަޢުވާ ކުރެއްވުމުން ބެލިފައިވާ ބާލިޣުނުވާ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ މައްސަލައެއްކަމާއި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެ ޙުކުމުގައި ވަނީ "ދެންފަހެ، ދައުލަތުން [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ކުޅަ ބާލިޣުނުވާ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، [ކުޑަކުއްޖާ]އާއި ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައި ނުވާނެކަމަށް ބުނެ ދަޢުވާގެ އަޞްލަށް [ތުހުމަތުކުރެވުނު މީހާ] އިންކާރު ކޮށްފައިވުމުން، މި މައްސަލައިގެ ޝަރީޢަތަށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން [ހެކިވި ކުއްޖާ]ގެ ބަހުން، [ތުހުމަތުކުރެވުނު މީހާ]، [ކުޑަކުއްޖާ]އާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގަނިކޮށް ފެނިފައިވާކަން އެނގެން އޮތުމާއި، [ހެކިވި ކުއްޖާ]އަކީ ޢުމުރުން 09 (ނުވައެއް) އަހަރުގެ ކުއްޖަކަށްވެފައި، ނުހަނު ޘާބިތުކަމާއެކު ހެކިބަސް އަދާކޮށްފައިވުމާއި، ހެކިދިން [ހެކިވި ކުއްޖާ]، [ތުހުމަތުކުރެވުނު މީހާ]އާމެދު ޢަދާވާތްތެރިކަމެއް އޮތްކަން އެނގެން ނެތުމާއި، [ތުހުމަތުކުރެވުނު މީހާ]ގެ ބަހުންވެސް ހެކިބަސް އަދާކުރި [ހެކިވި ކުއްޖާ]އާއި މި ޢަމަލުގެ ޝިކާރައަކަށްވި [ކުޑަކުއްޖާ]އާމެދު ދެކޮޅުވެރިކަމެއް ނެތްކަން އެނގެން އޮތުމާއި، [ކުޑަކުއްޖާ] ޤުރުއާން ކުލާސް ބާއްވާ ގެއަށް ޤުރުއާން ކިޔަވަން ދިއުމުން [ތުހުމަތުކުރެވުނު މީހާ]، [ކުޑަކުއްޖާ] އެހެން ކުދިންނާ ވަކިން ބައިންދާ [ކުޑަކުއްޖާއާ ގުޅޭ ތަފްޞީލު ފޮރުވާފައި] ކަމަށް [ކުޑަކުއްޖާ] ބުނެފައިވުމާއި، އެހެން ދުވަހެއްގައި ފަތަން ދަސްކުރާ ކުލާހެއްގައި [ކުޑަކުއްޖާއާ ގުޅޭ ތަފްޞީލު ފޮރުވާފައި] ކަމަށް [ކުޑަކުއްޖާ] ބުނެފައިވުމާއި، [ތުހުމަތުކުރެވުނު މީހާ] [ކުޑަކުއްޖާ]އާމެދު މި ޢަމަލު ހިންގާކަމަށް [ކުޑަކުއްޖާ]ގެ ރައްޓެހިން ގާތުގައި ބުނެފައިވާކަން ރައްޓެހިންގެ ބަހުން އެނގެން އޮތުމާއި، ޢާންމު ގޮތެއްގައި މި ޢުމުރުގެ ކުދިންނަކީ މިފަދަ ކަންކަމުގައި ދޮގުހެދުމަކީ ނާދިރުކަމެއް ކަމަށާއި، މި ޙާދިޘާއާއި ގުޅިގެން [ކުޑަކުއްޖާ] ބެލުމަށްފަހު ގއ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރު ދީފައިވާ މެޑިކޯ ލީގަލް ރިޕޯޓާއި، ގއ. ކޮލަމާފުށީ ޞިއްޙީ މަރުކަޒުން މި ކޯޓަށް ލިބިފައިވާ ސިޓީގައިވާ ކަންތައްތަކަށާއި މުޅި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކާއި، ލިބިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް [ތުހުމަތުކުރެވުނު މީހާ] ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަން 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން ޝަރީޢަތަށް ޘާބިތުވާތީ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުން [ތުހުމަތުކުރެވުނު މީހާ] ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 06 ގެ 173 ވަނަ މާއްދާގެ 09 ވަނަ ނަންބަރުގެ ދަށުން [ތުހުމަތުކުރެވުނު މީހާ] 19 (ނަވާރަ) އެތިފަހަރުން ތަޢުޒީރު ކުރުމާއެކު 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިން ކަމާ، މި މައްސަލަ އިސްތިއުނާފުކުރުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-A/155/2011 ޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/P1C/2009 ޤަޟިއްޔާގައި، [އެޑްރެސް ފޮރުވާފައި]، [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/P1C/2009 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-A/155/2011 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވާ ގޮތް، ޝަރުޢީ އަދި ޤާނޫނީގޮތުން ރަނގަޅު ނޫންކަމަށް ބުނެ [އެޑްރެސް ފޮރުވާފައި]، [ތުހުމަތުކުރެވުނު މީހާ]ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ނުކުތާތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ 8 (އަށެއް) ނުކުތާކަން އެނގޭކަމާއި އެއީ؛
1ހައިކޯޓުން މައްސަލަ ނިންމެވުމުގައި ފާހަގަކުރެއްވި ނުކުތާތަކުގެ ތެރެއިން ފާހަގަކުރެއްވި ފަސްވަނަ ނުކުތާ އަކުރުތަކަކަށް ބައްސަވައި ޙުކުމް ކުރައްވާފައިވާއިރު އެ ނަންބަރުގެ (ހ) އަދި (ށ) ގައި ބަޔާންކުރައްވާފައިވާ ކަންތައްތަކަށް ބަލާއިރު، (ށ) ގައި ބުނާ [އެޑްރެސް ފޮރުވާފައި] [ހެކިވި ކުއްޖާ]ގެ ހެކިބަސް ނެގިފައިވަނީ ކޮމަލާފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދަވައިގެން ކަމަށްވާއިރު ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާއާއި ޚިލާފުކަމެއްކަމަށް މިކަންވުމުން، މިކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވުން.
2[ހެކިވި ކުއްޖާ]ގެ ބަހުގައި އެ ދުވަހު [ކުޑަކުއްޖާ]އާއެކު ޤުރުއާން ކްލާހަށް ދިޔަކަމުގައި ބުނެފައި އޮތަސް، [ކުޑަކުއްޖާ] [ހެކިވި ކުއްޖާ]އާއެކުގައި ދިޔަކަމަށް ބުނެފައި ނުވުމުންނާއި އަދި [ތުހުމަތުކުރެވުނު މީހާ] އެކަމަށް އިންކާރުކޮށްފައި ވީހިނދު، [ހެކިވި ކުއްޖާ] ހެއްކެއްގެ ގޮތުގައި ބައްލަވައި ކޯޓަށް ޙާޟިރުކޮށް ބަޔާން ނެގިފައިވިޔަސް، އޭނާއަކީ [ކުޑަކުއްޖާ]އާއެކު ޤުރުއާން ކުލާހަށް ދިޔަ މީހެއްކަމުގައި އެއްވެސް ސިފައެއްގައި [ހެކިވި ކުއްޖާ] މިހާރު އެބުނާ ބުނުން ފިޔަވައި އެހެން އެއްވެސް ގޮތަކުން ބެލިދާނެ މީހެއްކަން އިނގޭނެ އެއްވެސް އެހެން ގޮތެއް ނެތްއިރު އެކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
3ޤާނޫނު ނަންބަރު 2009/12 ގައި ބުނާ ކުއްޖަކު ހެއްކަކަށް ވެދާނެ ޙާލަތެއް ޤާނޫނުގައި ބުނެފައިވިޔަސް [ހެކިވި ކުއްޖާ]އަކީ މި މައްސަލައިގައި ހެކިބަހެއް ދެވޭނެފަދަ މީހަކަށް ނުވާކަމަށާ އެހެންކަމުން [ހެކިވި ކުއްޖާ]ގެ ހެކިބަހަކީ މި ޤާނޫނުގެ ދަށުން ހެއްކެއްކަމަށް ބެލެވޭ ޙާލަތުގައިވެސް [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ކުށް ޘާބިތުކުރެވޭފަދަ ކަނޑައެޅުމެއް ކަނޑައެޅިދާނެ ފަރާތަކަށް ނުވާހިނދު [ހެކިވި ކުއްޖާ]ގެ ހެކިބަހުގެ މައްޗަށް ބުރަވެ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
4[ހެކިވި ކުއްޖާ]ގެ ބަޔާނަށް ބަލާއިރު އޭނާއަށް [ކުޑަކުއްޖާ] އިނގެނީވެސް ފުލުހުންގެ ތަޙްޤީޤަށް ފަހުގައިކަން އޭނާގެ ބަޔާނުން އެނގެން އޮވެފައި ޤުރުއާން ކުލާހަށް [ކުޑަކުއްޖާ]އާއެކު ގޮސް ކިޔަވަން އިންނަ އިނުމުގައި [ކުޑަކުއްޖާއާ ގުޅޭ ތަފްޞީލު ފޮރުވާފައި] ދުށްކަމަށް [ހެކިވި ކުއްޖާ] ބުނާ ވަގުތާއި ޙާލަތުގެ މައްޗަށްވެސް ހައިކޯޓުން ކުޑަކޮށްވެސް ނުބައްލަވާ، ދަށުކޯޓުގެ ޙުކުމަށް ތާއީދުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
5ހައިކޯޓުންވެސް އަދި ދަށުކޯޓުންވެސް، [ހެކިވި ކުއްޖާ]އަކީ މި މައްސަލައިގެ ހެއްކެއްކަމަށް ބެއްލެވިއިރު ޢަމަލު ހިންގިކަމަށް ބުނާ ވަގުތަކާއި ދުވަހެއްވެސް ސާފުވެފައި ނުވުމާއި އަދި އެ ދެމެދުގައި ހުރި ދުރުމިނަކާއި ހުރަހެއް ނެތި ސީދާ ސީދާ ފެނުނު ފެނުމެއްތޯވެސް ސާފުކޮށްފައި ނުވުމާއި އެހެން އެއްވެސް ކުދި ބަޔަކު ކުލާހުގައި ޤުރުއާން ކިޔަވަން ތިބިތޯއާއި ނޫންނަމަ ތިބީ ހަމައެކަނި [ކުޑަކުއްޖާ]އާއި [ހެކިވި ކުއްޖާ]ތޯވެސް ސާފުކޮށްފައިނުވުމާއި، ހެއްކަކަށް އިނގެންޖެހޭ އިނގުމާއި ބެލުމާއި ދުރުމިނާއި އަލިކަމާއި ތިބިބަޔަކާއި ވަގުތަކާއި މިހިރަ މިހިރަ ކަންކަން ސާފުނުކޮށް [ހެކިވި ކުއްޖާ] ބުނާ ބުނުން ހެއްކެއްކަމަށް ބައްލަވައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
6މިހާރު އެނގުނު ގޮތުގައި، [ތުހުމަތުކުރެވުނު މީހާ] އިނދެ ވަރިކޮށްފައިވާ، ދެ ކުދިންނާ ޢާއިލީ ގުޅުމެއް ހުރި މީހަކު ދެ ކުދިންނަށް ބުނެދީގެން ރާވައިގެން [ތުހުމަތުކުރެވުނު މީހާ]ގެ އަބުރު ނަގާލުމަށްޓަކައި ރޭވި ރޭވުމެއްކަން މިހާރު އެކުދިންނާއި އެމީހުން މިކަމާ ދެރަވެ ދައްކަމުންދާ ވާހަކަ ރަށު ތެރެއިންވެސް އެނގެމުން ދާހިނދު އެ ދެ މީހުންނާއި އަދި ވަރިކުރި މީހާއާއި އެ ދެ ކުދިންވެސް ޝަރީޢަތަށް ޙާޟިރުކުރެވެން އޮތް ހަމައެއްގެ ދަށުން ޙާޟިރު ކޮށްދެއްވާ މައްސަލަ ފައިސަލާ ކޮށްދެއްވުމަކީ މި މައްސަލައިގެ ޢަދުލުވެރިކަމަށް އޮތް އެންމެ ހެޔޮގޮތްކަމުގައި ދެކޭތީ އެމީހުން ހާޒިރުކޮށްދެއްވައި މައްސަލަ ނިންމަވައި ދެއްވުމަށް އެދޭކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
7[ކުޑަކުއްޖާ]އާއި [ހެކިވި ކުއްޖާ]އަކީ ތަޞައްރަފު ނުފުދޭ ކުދިންކަމަށް ބައްލަވައިގެން، ބާލިޣުނުވާ ކުޑަކުއްޖަކާއެކު [ތުހުމަތުކުރެވުނު މީހާ] ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ކުށުގެ ދަޢުވާ ދަށުކޯޓާއި ހައިކޯޓުން ނިންމަވާފައިވަނީ އެކުދިން ބާލިޣުވެފައިވޭތޯ ނުވަތަ ނޫންތޯ ޘާބިތުކޮށް އިނގެންޖެހޭ ޞައްޙަ އަޞްލެއްގެ މައްޗަށްކަމަށް ނުވާއިރު ބާލިޣުވެފައިވާ ކުއްޖެއްތޯ ނުވަތަ ނޫންތޯ ނުބައްލަވާ މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށްނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
8މި މައްސަލައިގައި ހިމެނޭ ޑޮކްޓަރުގެ ލިޔުމަށް ބަލާއިރު 2009/12 ނަންބަރު ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ނިސްބަތްކަމަށް ބުނެފައިވާ ރަސްމީ ލިޔުމަކީ ޑޮކްޓަރުގެ ލިޔުންކަމަށް ބައްލަވާނަމަ އެ ލިޔުން ހޯދުމަށްޓަކައި ޑޮކްޓަރަށް ދެއްކި ތާރީޚާއި ދަޢުވާގައި ބުނާ ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ބުނާ ތާރީޚާއި ދެމެދުގައި ފާއިތުވެފައިވަނީ ކިހާ ދުވަހެއްތޯވެސް ނުބައްލަވާ ޑޮކްޓަރު ލިޔުމެއް ދޫކޮށްފައި އޮތަތީ އެ ލިޔުން ރައްދުވާ ފަރާތަކީ [ކުޑަކުއްޖާ]ކަމުގައިވާތީ ޑޮކްޓަރީ ލިޔުމުގައިވާ ކަންކަމަކީ [ކުޑަކުއްޖާ]އަކީ ބާލިޣުވެފައިވާ ކުއްޖެއްކަމަށްވާއިރު އޭނާގެ އަމިއްލަ އަތުންވެސް ނުވަތަ އެހެންމީހެއް ލައްވާވެސް ކުރި ޢަމަލެއްގެ ނަތީޖާއަށް އެކަން ނުވާންވީ އެއްވެސް ސަބަބެއް ނެތްހިނދު، އެކަން އެއީ [ތުހުމަތުކުރެވުނު މީހާ] ކުރި ޢަމަލެއްގެ ނަތީޖާކަމަށް ބައްލަވައި މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، [އެޑްރެސް ފޮރުވާފައި]، [ކުޑަކުއްޖާ]އާމެދު [އެޑްރެސް ފޮރުވާފައި]، [ތުހުމަތުކުރެވުނު މީހާ] ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ބުނެ [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ބާލިޣުނުވާ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ މި ދަޢުވާގެ އަޞްލަށް [ތުހުމަތުކުރެވުނު މީހާ] ތަޙްޤީޤުގައިވެސް އަދި ޝަރީޢަތުގެ މަރުޙަލާ ތަކުގައިވެސް އިންކާރުކޮށްފައި އޮންނަކަން އެނގެން އޮންނައިރު، "އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އިން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤެއްކަން އެ މާއްދާއިން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ހުށަހެޅުނު މި ދަޢުވާގެ އަޞްލަށް މީނާ އިންކާރުކޮށްފައިވާތީ މި ދަޢުވާ ޘާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރޭގައި ހިމެނޭ، [އެޑްރެސް ފޮރުވާފައި] [ހެކިވި ކުއްޖާ]ގެ ހެކިބަހަށް ބަލާއިރު އެއްދުވަހަކު އިތުރުގަޑީގައި [ތުހުމަތުކުރެވުނު މީހާ] [ހެކިވި ކުއްޖާ]އާއި [ކުޑަކުއްޖާ] ކުލާހަށް ގެންދިޔަ ކަމަށާއި އެ ދުވަހު [ހެކިވި ކުއްޖާ]ގެ ކުރިމައްޗަށް ވާގޮތަށް [ކުޑަކުއްޖާ] އިންއިރު، [ކުޑަކުއްޖާ] ކައިރީގައި [ތުހުމަތުކުރެވުނު މީހާ] އިންކަމަށާއި، އިރުކޮޅެއް ފަހުން [ހެކިވި ކުއްޖާ]ގެ ފަންސޫރު މޭޒުދަށަށް ވެއްޓުމުން ފަންސޫރު ނަގަން މޭޒު ދަށަށް ތިރިވި ތަނާ [ތުހުމަތުކުރެވުނު މީހާ] [ކުޑަކުއްޖާއާ ގުޅޭ ތަފްޞީލު ފޮރުވާފައި] [ހެކިވި ކުއްޖާ]އަށް ފެނިފައިވާކަމަށް [ހެކިވި ކުއްޖާ] ދަށުކޯޓުގައި ބުނެފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، އެކުއްޖާއާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުނުކަމަށް އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާގައި ބުނާ [ކުޑަކުއްޖާ]ގެ ބަހަށް ބަލާއިރު ޤުރުއާން ކުލާހަށް ހެނދުނު ދިއުމުން އެ ދުވަހު [ތުހުމަތުކުރެވުނު މީހާ] [ކުޑަކުއްޖާ] ބޭންދީ [ތުހުމަތުކުރެވުނު މީހާ] ގެ ކައިރީގައި ހުރި ގޮނޑިއެއްގައި ކަމަށާއި، ދެން [ކުޑަކުއްޖާއާ ގުޅޭ ތަފްޞީލު ފޮރުވާފައި] ކަމަށާއި އަދި އޭގެ ފަހުގެ ތާރީޚެއްގައި ފަތަން ދަސްކޮށްދޭ ކުލާހަށް ގޮސްގެން އުޅެނިކޮށް ފަތަން ދަސްކުރި ގަޑީގައި [ކުޑަކުއްޖާއާ ގުޅޭ ތަފްޞީލު ފޮރުވާފައި] ކަމަށާއި، އެކަމާ ގުޅިގެން [ކުޑަކުއްޖާ]ގެ މަންމަ ކައިރީގައި ބުނުމުން ޑޮކްޓަރަށް ދައްކައި އަދި ޞިއްޙީމަރުކަޒުގައި ބާއްވާފައިވާ ކަމަށްވެސް [ކުޑަކުއްޖާ] ބުނެފައިވާކަން އެނގެން އޮންނައިރު، ގއ. އަތޮޅު ހޮސްޕިޓަލުން ކަމާބެހޭ ފަރާތުގެ ބޭނުމަށް ދޫކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުގައި، [ކުޑަކުއްޖާ]ގެ ޞިއްޙީ ޙާލަތާ ބެހޭ ތަފްޞީލު [ފޮރުވާފައި] އެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމާ، އަދި ގއ. ކޮލަމާފުށީ ޞިއްޙީ މަރުކަޒުގެ ސިޓީގައި [ކުޑަކުއްޖާ]އަށް ފަރުވާދީފައިވާކަމާ ބެހޭ ތަފްޞީލު [ފޮރުވާފައި] ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ޅ) ހަވަނަ ކަމަކީ، މި މައްސަލައަކީ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު، މިއީ ތަޢުޒީރީ ޢުޤޫބާތް ކަނޑައެޅޭ ބާވަތުގެ މައްސަލައެއްކަމާ، މިބާވަތުގެ މައްސަލަތައް ޘާބިތުވާކަމަށް ކަނޑައެޅުމުގައި ތަފާތު ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޡާމުގެ ތެރެއިން ބެލެވެމުން އައިސްފައިވާކަން އެނގޭކަމާ، އަދި މި މައްސަލައިގައި ބަޔާންކުރެވިފައިވާ ޙާދިޘާ ހިނގިފަހުން ޢަމަލުކުރަން ފަށާފައިވާ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) އަށް ބަލާއިރު އެ ޤާނޫނުގައިވެސް މިބާވަތުގެ ދަޢުވާތައް ޘާބިތުކުރުމަށް ދެ ހެކީންގެ ހެކިބަސް ލިބެންޖެހޭނެކަމަށް ބުނެފައިނުވާ ކަމާއި ހެއުނުބައި ވަކިކޮށް ދެނެގަނެވޭ (ތަމްޔީޒު ލިބިފައިވާ) ޢުމުރުގެ ކުދިންގެ ހެކިބަހުގެ މައްޗަށްވެސް މިބާވަތުގެ މައްސަލަތަކުގައި ރިޢާޔަތްކުރެވޭ ކަމާއި، އަދި މީގެއިތުރުންވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މިފަދަ މައްސަލަތަކުގައި ޤަބޫލުކުރެވޭ ތަފާތު ހެކިތަކެއް އެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަން އެނގެން އޮތުމެވެ.
(ކ) ހަތްވަނަ ކަމަކީ، މި ޤަޟިއްޔާއާ ގުޅިގެން ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި، ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ބަލައި އިސްވެ ފާހަގަކުރެވުނު ސަބަބުތައް ބުނެވިދިޔަ ގޮތުގެމަތިން ހުރުމާއެކު [އެޑްރެސް ފޮރުވާފައި] [ތުހުމަތުކުރެވުނު މީހާ]ގެ މައްޗަށް ދައުލަތުން ކުޅަ ބާލިޣުނުވާ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ މި ދަޢުވާގެ އަޞްލަށް [ތުހުމަތުކުރެވުނު މީހާ] އިންކާރުކޮށް، [ކުޑަކުއްޖާ]އާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާފައި ނުވާނެކަމަށް ބުނިނަމަވެސް، މި މައްސަލަ ޝަރީޢަތަށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން [ހެކިވި ކުއްޖާ]ގެ ބަހުން، [ތުހުމަތުކުރެވުނު މީހާ]، [ކުޑަކުއްޖާ]އާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގަނިކޮށް ފެނިފައިވާކަން ދަށުކޯޓަށް [ހެކިވި ކުއްޖާ] ދީފައިވާ ބަޔާނުން އެނގެން އޮތުމާއި، [ހެކިވި ކުއްޖާ]އަކީ އޭރު ޢުމުރުން 11 (އެގާރަ) އަހަރުގެ ކުއްޖަކަށްވެފައި، ނުހަނު ޘާބިތުކަމާއެކު އޭނާ ދަށުކޯޓުގައި ހެކިބަސް އަދާކޮށްފައިވާކަން އެނގެން އޮތުމާއި، ހެކިބަސް އަދާކުރި [ހެކިވި ކުއްޖާ]އާއި މި ޢަމަލުގެ ޝިކާރައަކަށްވި [ކުޑަކުއްޖާ]އާމެދު ދެކޮޅުވެރިކަމެއް އުފެދިފައި ނެތްކަން [ތުހުމަތުކުރެވުނު މީހާ] ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮތުމާއި، [ކުޑަކުއްޖާ] ޤުރުއާން ކުލާސް ބާއްވާ ގެއަށް ޤުރުއާން ކިޔަވަން ދިއުމުން [ތުހުމަތުކުރެވުނު މީހާ]، [ކުޑަކުއްޖާ] އެހެން ކުދިންނާ ވަކިން ބައިންދާ [ކުޑަކުއްޖާއާ ގުޅޭ ތަފްޞީލު ފޮރުވާފައި] ކަމަށް [ކުޑަކުއްޖާ] ބުނެފައިވުމާއި، [ތުހުމަތުކުރެވުނު މީހާ] [ކުޑަކުއްޖާ]އާމެދު މި ޢަމަލު ހިންގާކަމަށް [ކުޑަކުއްޖާ] އޭނާގެ ބައެއް ރައްޓެހިން ގާތުގައި ބުނެފައިވާކަން ހުށަހެޅުނު ހެކިތަކާއި ލިއުންތަކުން އެނގެން އޮތުމާއި، މި ޙާދިޘާއާއި ގުޅިގެން [ކުޑަކުއްޖާ] ބެލުމަށްފަހު ގއ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރު ދީފައިވާ މެޑިކޯ ލީގަލް ރިޕޯޓާއި، ގއ. ކޮލަމާފުށީ ޞިއްޙީ މަރުކަޒުގެ ސިޓީގައިވާ ކަންތައްތަކަށާއި، ލިބިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް [ތުހުމަތުކުރެވުނު މީހާ] ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަން 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/P1C/2009 ޤަޟިއްޔާއިން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި، ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-A/155/2011 ޤަޟިއްޔާއިން ތާއީދުކޮށް މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤު ވެފައިވާތީ، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަން ފާހަގަކުރެވުމެވެ.
ޙުކުމް
އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު،ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/P1C/2009 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-A/155/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/155 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މި ޤަޟިއްޔާ ނިންމީއެވެ.
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ
- ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދުގެ 6 ވަނަ ބާބުގެ 173 ވަނަ މާއްދާގެ 9 ވަނަ ނަންބަރު
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.