ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/16ސުޕްރީމް ކޯޓު · 10 ފެބުރުއަރީ 2014

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 10 ފެބުރުއަރީ 2014ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-A/16

ދަޢުވާކުރާ ފަރާތް: އިބްރާހީމް ސުޖާޢު

ދަޢުވާ ލިބޭ ފަރާތް: ޙާމިދު އިސްމާޢީލް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 03 މާރޗް 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 މާރޗް 2013

ނިމުނު ތާރީޚް: 10 ފެބްރުވަރީ 2014 މާޗް 2009

މައްސަލަ ނިންމި ގަޑި: 10:24 45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާން

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-A/259

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 15 ނޮވެމްބަރ 2011

ނިމުނު ތާރީޚް: 18 އޮކްޓޯބަރ 2012

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/259 ޤަޟިއްޔާ ނިމިފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ގ. ޗާންދަނީމާގޭ އިބްރާހީމް ސުޖާޢު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

މި ޤަޟިއްޔާގެ ދަޢުވާ ރައްދުވާ ފަރާތަކީ ހ. ހިރިފުށި ޙާމިދު އިސްމާޢީލް އެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

1. މިއީ، 2007 ވަނަ އަހަރު، ހ. ހިރިފުށި ޙާމިދު އިސްމާޢީލް ގެ ފަރާތުން ގ. ޗާންދަނީމާގޭ އިބްރާހީމް ސުޖާޢު އަށް އަނބުރާ ދައްކާގޮތަށް ދީފައިވާ 2,952,000/-ރ. (ދެމިލިއަން ނުވަލައްކަ ފަންސާސްދެހާސް ރުފިޔާ) ގެ ތެރެއިން ނުލިބިވާކަމަށް ބުނާ 1,315,225/-ރ. (އެއްމިލިއަން ތިންލައްކަ ފަނަރަހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ) ހޯދުމަށް އެދި ޙާމިދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމެވި ގޮތާމެދު އިބްރާހީމް ސުޖާޢު ހިތްހަމަނުޖެހި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށް، އަދި އެ ކޯޓުން ނިންމެވި ގޮތާ މެދުވެސް ހިތްހަމަނުޖެހިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލޭ މައްސަލައެކެވެ.

2. މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި ޙުކުމުގައި ވަނީ: "ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1455/Cv-C/2010 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ އިބްރާހީމް ސުޖާޢުގެ ފަރާތުން ތިން ނުކުތާއެއް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް، ހުށަހެޅި އެމައްޗަށް ވާހަކަ ދެކެވިފައިވެއެވެ. އެއީ:

ފުރަތަމަ ނުކުތާ: މައްސަލާގެ ދެފަރާތް ޤަބޫލުވެއްޖެނަމަ ދެމީހުން އެކަކު އަނެކަކަށް ދައްކަންވެފައިވާ ދެ ދަރަނި އެއްދަރަނި އަނެއްދަރަންޏާ އަޅާ ކެނޑުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެމަތިން ނުކުރެވޭނެ ކަމެއް ކަމުގައި ބެލެވޭނެ އެއްވެސް ހަމައެއްނެތްއިރު، ދެ ދަރަނި ދެ ތާރީޚެއްގައި ވުޖޫދުވެފައިވުމަކީ އެ ދެ މުއާމަލަތަކީ ގުޅުމެއްނެތް މުސްތަޤިއްލު ދެ މުއާމަލާތް ކަމުގައި ބައްލަވާފައިވާކަމުގައި ބުނެ އިބްރާހީމް ސުޖާޢު ހުށަހެޅި ނުކުތާއާމެދު ޝަރުޢީ ހަމަތަކުގެ މަތިން އެންމެ ފުރިހަމައަށް ރިއާޔަތްނުކުރައްވައި ހަމައެކަނި ޙާމިދު އިސްމާޢީލަށް އިބްރާހީމް ސުޖާޢު ދޭންޖެހޭ ފައިސާއިން އުނިކުރެވިދާނެ ފައިސާއެއްނޫންކަން ބަޔާންކުރައްވާފައިވުމަކީ އިބްރާހީމް ސުޖާޢުގެ ޙައްޤު އިބްރާހީމް ސުޖާޢުއަށް ނުލިބޭގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމުމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާއާއި؛

ދެވަނަ ނުކުތާ: ޙާމިދު އިސްމާޢީލަށް އިބްރާހީމް ސުޖާޢުގެ ފަރާތުން ދީފައިވާ ކާރަކީ އިބްރާހީމް ސުޖާޢުގެ ފަރާތުން ދީފައިވާ އެއްޗެއްކަން ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމަވާފައިވަނީ، ކުންފުންޏަކީ ޤާނޫނީ ވަކި ޝަޙުޞެއްކަމުގެ މަފްހޫމް އެއްމައްސަލައަކާއި ގުޅިގެން ދެފަހަރު ދެގޮތަކަށް ދަށުކޯޓުން މާނަކުރައްވައިގެންކަމަށް ޤަބޫލުކުރެވޭކަމަށް ބުނެ އިބްރާހީމް ސުޖާޢު ހުށަހަޅާފައިވަނިކޮށް އެ ނުކުތާއާމެދު ޝަރުޢީ ހަމަތަކުގެމަތިން ބައްލަވަންވާވަރަށް ނުބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛

ތިންވަނަ ނުކުތާ: ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާބެހޭ ބާބުގައި ކޮންމެ މީހަކަށްވެސް އެމީހެއްގެ މަދަނީ ޙައްޤު ހޯދުމަށް ދަޢުވާކުރުމުގެ ފުރުޞަތު ލިބިދީފައިވީހިނދު އެފުރުސަތާ އެއްގޮތަށް އިބްރާހީމް ސުޖާޢުގެ މަދަނީ ޙައްޤު ގެއްލޭތީ އެ ޙައްޤު ދިފާޢުކުރުމުގެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިބްރާހީމް ސުޖާޢު އިސްތިއުނާފުކުރި މައްސަލަ އެންމެ ފުރިހަމަގޮތުގައި ބައްލަވައި އިބްރާހީމް ސުޖާޢު ހުށަހެޅި ކިތާބީ ޤަރީނާއަށް އެއްވެސް މިންވަރަކަށް ބައްލަވާ ރިއާޔަތްނުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމަވާފައިވުމަކީ އިބްރާހީމް ސުޖާޢުއަށް ލިބިފައިވާ ދަޢުވާ ކުރުމުގެ އަސާސީ ޙައްޤު ގެއްލޭގޮތަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މި މައްސަލާގައި، ދަޢުވާކުރާ ފަރާތުން އަދި ދަޢުވާ ލިބޭފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި ހުށަހެޅި ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 1455/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/259 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމަކީ، މިއީ، 2007 ވަނަ އަހަރު، ހ. ހިރިފުށި ޙާމިދު އިސްމާޢީލް ގެ ފަރާތުން ގ. ޗާންދަނީމާގޭ އިބްރާހީމް ސުޖާޢު އަށް އަނބުރާ ދައްކާގޮތަށް ދީފައިވާ 2,952,000/-ރ. (ދެމިލިއަން ނުވަލައްކަ ފަންސާސްދެހާސް ރުފިޔާ) ގެ ތެރެއިން ނުލިބިވާކަމަށް ބުނާ 1,315,225/-ރ. (އެއްމިލިއަން ތިންލައްކަ ފަނަރަހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ) ހޯދުމަށް އެދި ޙާމިދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމެވި ގޮތާމެދު އިބްރާހީމް ސުޖާޢު ހިތްހަމަނުޖެހިގެން އިބްރާހީމް ސުޖާޢު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށް، އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވި ގޮތާ މެދުވެސް އިބްރާހީމް ސުޖާޢު ހިތްހަމަނުޖެހިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލޭ މައްސަލައެއް ކަމެވެ.

(ށ) ދެވަނަ ކަމަކީ، ޙާމިދު އިސްމާޢީލް ގެ ފަރާތުން އިބްރާހީމް ސުޖާޢު އަށް އަނބުރާ ދައްކާގޮތަށް 2,952,000/-ރ. (ދެމިލިއަން ނުވަލައްކަ ފަންސާސްދެހާސް ރުފިޔާ) ދީފައިވަނީ އެކި ފަހަރުމަތިން ކަމާއި މި ފައިސާ ދިނީ މިކަމަށް ވަކި އެގްރީމަންޓެއް ލިޔެވިގެން ނޫންކަމާއި މި ފައިސާ ދިނީ ދެފަރާތުގެ ދެމެދު އޮތް ގުޅުމާއި އިތުބާރުގެ މައްޗަށް ލިޔެކިޔުމެއް ނެތިކަން މި ދެފަރާތުގެ ބަހުން އެނގޭކަމާއި މި ދަރަނީގެ އަދަދާމެދު ދެ ފަރާތުގެ ދެބަސްވުމެއް ނެތް ކަމެވެ.

(ނ) ތިންވަނަ ކަމަކީ، އަނބުރާ ދައްކާގޮތަށް ޙާމިދު އިސްމާޢީލްގެ ފަރާތުން އިބްރާހީމް ސުޖާޢުއަށް ދިން 2,952,000/-ރ. (ދެމިލިއަން ނުވަލައްކަ ފަންސާސްދެހާސް ރުފިޔާ) ގެ ތެރެއިން 1,280,000/-ރ. (އެއްމިލިއަން ދެލައްކަ އައްޑިހަހާސް ރުފިޔާ) އިބްރާހީމް ސުޖާޢުގެ ފަރާތުން ލިބިފައިވާކަމަށް ޙާމިދު އިސްމާޢީލުގެ ފަރާތުންވެސް ބުނާ ކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ފާހަގަކުރި ނުކުތާގައި ބުނި 1,280,000/-ރ. (އެއްމިލިއަން ދެލައްކަ އައްޑިހަހާސް ރުފިޔާ) ގެ އިތުރަށް ތިން ވެހިކަލެއް އިބްރާހީމް ސުޖާޢުގެ ފަރާތުން ޙާމިދު އިސްމާޢީލަށް ދީފައިވާނެ ކަމަށް އިބްރާހީމް ސުޖާޢު ބުނާ ކަމާއި އެއީ މާސިޑީސް ބެންޒް – އެސް.އެލް.ކޭ ކާރަކާއި (އަގު: 1,200,000/ރ. (އެއްމިލިއަން ދެލައްކަ ރުފިޔާ))، އެކްސްކަވޭޓަރަކާއި (އަގު: 200,000/-ރ. (ދެލައްކަ ރުފިޔާ)) އަދި ޕިކަފެއް (އަގު: 156,775/-ރ. (އެއްލައްކަ ފަންސާސްހަހާސް ހަތްސަތޭކަ ހަތްދިހަފަސް ރުފިޔާ)) ކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ޙާމިދު އިސްމާޢީލަށް އިބްރާހީމް ސުޖާޢު ދިންކަމަށް ބުނާ ތިން ވެހިކަލަކީވެސް އިބްރާހީމް ސުޖާޢުގެ ޙިއްޞާ އޮންނަ ކުންފުންނެއް ކަމަށްވާ ކާޓިއުންސް އިންޓަރނެޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ޙާމިދު އިސްމާޢީލަށް އަދި ޙާމިދު އިސްމާޢީލްގެ ޙިއްޞާ އޮންނަ ދެ ކުންފުންޏަކަށް ދީފައިވާ ތިން ވެހިކަލް ކަމަށް އިބްރާހީމް ސުޖާޢު ބުނާ ކަމާއި މިގޮތުން މާސިޑީސް ބެންޒް އެސް.އެލް.ކޭ ކާރަކީ، ޙާމިދު އިސްމާޢީލް، ކެއާރ އޮފް، ގަލްފްކްރާފްޓް ސަރވިސް ސެންޓަރ ގެ ނަމުގައި އިންވޮއިސް ހަދައި (ކާޓިއުންސް އިންޓަރނެޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ އިންވޮއިސް ނަންބަރު: CI-IA/09/2007 ތާރީޚް: 12 ޖޫން 2007)، ޙާމިދު އިސްމާޢީލަށް ދީފައިވާ ކާރެއް ކަމާއި ޕިކަޕަކީ، ގަލްފްކްރާފްޓް ސަރވިސް ސެންޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި އިންވޮއިސް ހަދައި (ކާޓިއުންސް އިންޓަރނެޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ އިންވޮއިސް ނަންބަރު: CI-IA/13/2007 ތާރީޚް: 21 ޖޫން 2007) ޙާމިދު އިސްމާޢީލަށް ދީފައިވާ ޕިކަޕެއް ކަމާއި އެކްސްކަވޭޓަރަކީ، ބެޗް ކޮންސްޓްރަކްޝަން ކޮމްޕެނީގެ ނަމުގައި އިންވޮއިސް ހަދައި (ކާޓިއުންސް އިންޓަރނެޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ އިންވޮއިސް ނަންބަރު: CI-IA/36/2008 ތާރީޚް: 09 ފެބްރުވަރީ 2008) ޙާމިދު އިސްމާޢީލަށް ދިފައިވާ އެކްސްކަވޭޓަރެއް ކަމަށް އިބްރާހީމް ސުޖާޢު ބުނާ ކަމެވެ.

(ޅ) ހަވަނަ ކަމަކީ، އިބްރާހީމް ސުޖާޢުގެ ފަރާތުން ޙާމިދު އިސްމާޢީލަށް ދިން ތިން ވެހިކަލްގެ ތެރެއިން، ޕިކަޕާއި އެކްސްކަވޭޓަރުގެ އަގުވަނީ، ޙާމިދު އިސްމާޢީލުގެ ފަރާތުން އިބްރާހީމް ސުޖާޢު އަށް ލިބިފައިވާކަން ސިވިލް ކޯޓުގެ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުން އެނގެން އޮންނަކަމާއި ނަމަވެސް، ބެންޒް ކާރާ މެދު ގޮތެއް ނުނިމި ހުސޫމަތެއް އޮތް ކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ޙާމިދު އިސްމާޢީލަށް އިބްރާހީމް ސުޖާޢު ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ޙުކުމްގައިވާ ފައިސާގެ ޢަދަދަކީ ޞައްޙަ ޢަދަދެއް ނޫންކަމަށް އިބްރާހީމް ސުޖާޢު ބުނެފައިވަނީ ޙާމިދު އިސްމާޢީލަށް އިބްރާހީމް ސުޖާޢު ވިއްކާފައިވާކަމަށް ބުނާ ބެންޒް ކާރުގެ އަގު ޙާމިދު އިސްމާޢީލަށް އިބްރާހީމް ސުޖާޢު ދޭންޖެހޭ ފައިސާއިން އުނިކޮށްފައި ނުވާތީކަން އެނގެން އޮންނަ ކަމެވެ.

(އ) އަށްވަނަ ކަމަކީ، އިބްރާހީމް ސުޖާޢުގެ ފަރާތުން ޙާމިދު އިސްމާޢީލަށް ދިންކަމަށް ބުނާ ތިން ވެހިކަލްގެ ތެރެއިން މާސެޑީސް ބެންޒް ކާރުގެ އަގު އުނިކުރުމަށް ޙާމިދު އިސްމާޢީލަށް ޤަބޫލު ނުކުރެވުނީ "ކާރުގެ ކޮލިޓީއާއި އެ ކާރުގެ އަގާއި އެކަންތައްތައް ޤަބޫލުނުރެވުނީ" ކަމަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ކަމެވެ.

(ވ) ނުވަވަނަ ކަމަކީ، ޙާމިދު އިސްމާޢީލްގެ ފަރާތުން އަދި އިބްރާހީމް ސުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، މާސިޑީޒް ބެންޒު ކާރަކީ ޙާމިދު އިސްމާޢީލާ ޙަވާލު ކުރެވިފައިވާ ކާރެއް ކަން އެނގޭ ކަމެވެ.

(މ) ދިހަވަނަ ކަމަކީ، ޙާމިދު އިސްމާޢީލަށް އިބްރާހީމް ސުޖާޢު ދިންކަމަށް ބުނާ ތިން ވެހިކަލް ގެ މުޢާމަލާތަކީ އެއްގޮތަކަށް ހިނގާފައިވާ ތިން މުޢާމަލާތް ކަމަށްވީ ހިނދު އަދި މީގެތެރެއިން ދެ ވެހިކަލް ކަމަށްވާ ޕިކަޕާއި އެކްސްކަވޭޓަރުގެ އަގަށްވާ ފައިސާ ޙާމިދު އިސްމާޢީލަށް އިބްރާހީމް ސުޖާޢު އަނބުރާ ދައްކާގޮތަށް ދިން 2,952,000/-ރ. (ދެމިލިއަން ނުވަލައްކަ ފަންސާސްދެހާސް ރުފިޔާ) އިން ކެނޑިފައިވާކަމަށް ޙާމިދު އިސްމާޢީލް އަދި އިބްރާހީމް ސުޖާޢުވެސް ބުނާއިރު، އަދި މާސެޑީސް ބެންޒް ކާރުގެ އަގު އުނިކުރުމަށް ޙާމިދު އިސްމާޢީލަށް އެއްބަސްނުވެވެނީ ކާރުގެ ކޮލިޓީއާއި އެ ކާރުގެ އަގާއި އެކަންތައްތައް ޤަބޫލު ނުކުރެވޭތީ ކަމަށް ޙާމިދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، މި ބުނި މާސިޑީޒް ބެންޒު ކާރާ މެދުވެސް ގޮތެއް ނުނިންމާ މި ދަރަނީގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ 3 (ތިން) ފަނޑިޔާރުންމެ ދެކޭ ކަމެވެ.

(ފ) އެގާރަވަނަ ކަމަކީ، އިސްވެ ބަޔާންކުރި ކަންކަން އެހެން ހުރުމާ އެކު، މި މައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 3 (ތިން) ފަނޑިޔާރުންމެ ދެކެނީ، ހުސޫމަތް އުފެދިގެން އުޅޭ މާސިޑީޒް ބެންޒު ކާރާމެދު ގޮތެއް ނިންމާފައި މެނުވީ މި ހުށަހެޅިގެން އުޅޭ ދަރަނީގެ މައްސަލައިގައި ގޮތެއް ނުނިންމޭނެ ކަމެވެ.

ޙުކުމް:

ބަޔާންކުރެވިދިޔަ ކަންތައްތައް އެހެން ހުރުމާއި އެކު، ސިވިލް ކޯޓުގެ ނަންބަރު 1455/Cv-C/2010 ޤަޟިއްޔާގެ ޙުކުމް އަދި އެ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/259 ޤަޟިއްޔާ އިން ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، ހުސޫމަތް އުފެދިގެން އުޅޭ މާސިޑީޒް ބެންޒު ކާރާ މެދު ގޮތެއް ނިންމައިގެން މެނުވީ މި ދަރަނީގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ޢީދުތަމަ ފ

ދިވެހިރާއްީ: އިބްރާހީމް ޝަރ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ