ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/30ސުޕްރީމް ކޯޓު · 31 އޮކްޓޫބަރު 2013

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 31 އޮކްޓޫބަރު 2013ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 30/SC-A/2013

ދަޢުވާކުރާ ފަރާތް: އަޙްމަދު ތަސްމީނު ޢަލީ، ހ.ރުވާމާގެ، މާލެ (މ.އ.ސީރާޒީގެ)

ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ނާޡިމް

މައްސަލައިގެ ބާވަތް: މަދަނީ- ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 19 ޖޫން 2013

ނިމުނު ތާރީޚް: 31 އޮކްޓޯބަރ 2013

މައްސަލަ ނިންމި ގަޑި: 17:15

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ނަންބަރު: 2011/HC-A/143

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 09 ޖޫން 2011

ނިމުނު ތާރީޚް: 09 އޭޕްރިލް 2013

މައްސަލައިގެޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 143/HC-A/2011 ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ، (މ.އ.ސީރާޒީގެ) އަޙްމަދު ތަސްމީނު ޢަލީ، ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ މ.ނިޔަދުރު، މާލެ، އަޙްމަދު ނާޡިމް، އެވެ. އަދި އިސްވެދިޔަ ހައިކޯޓުގެ ނަންބަރު 143/HC-A/2011 ޤަޟިއްޔާއަކީ، ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރެވުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މި މައްސަލައަކީ، މ.ނިޔަދުރު، މާލެ، އަޙްމަދު ނާޡިމްގެ (މ.އ.ސީރާޒީގެ) އަޙްމަދު ތަސްމީނު ޢަލީ އަނބުރާ ދައްކާގޮތަށް ނަގާފައިވާ ފައިސާގެ ތެރެއިން އަނބުރާ ދައްކާފައި ނުވާ 1,920,000/-ރ. (އެއްމިލިއަން ނުވަލައްކަ ވިހިހާސް ރުފިޔާ) ދެއްކުމަށް ތަކުރާރުކޮށް އެންގުމުންވެސް އެ ފައިސާ އަނބުރާ ދީފައިނުވާތީ، އެ ފައިސާ އަޙްމަދު ތަސްމީން ޢަލީގެ ފަރާތުން ހޯދުމަށް އެދި އަޙްމަދު ނާޡިމް ދަޢުވާކޮށްފައިވާ މައްސަލައެއްކަން ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާގެ ދަޢުވާގެ ޚުލާޞާއަށް ބެލުމުން އެނގެން އޮންނައިރު، ބުނެވިދިޔަ 1,920,000/-ރ. (އެއްމިލިއަން ނުވަލައްކަ ވިހިހާސް ރުފިޔާ) އަކީ އަޙްމަދު ނާޡިމްގެ އަތުން އަޙްމަދު ތަސްމީން ޢަލީ އަނބުރާދޭގޮތަށް ނަގާފައިވާ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާތީ އެފައިސާ އަނބުރާދެއްކުމަށް އަޙްމަދު ތަސްމީން ޢަލީގެ މައްޗަށް ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ހައިކޯޓުގެ ނަންބަރު 143/HC-A/2011 ޤަޟިއްޔާއިން ތާއީދުކޮށްފައިވާކަން އެނގެން އޮވެއެވެ.

ކޯޓަކަށް ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން، އެ ދަޢުވާ މައުޟޫޢީގޮތުން ބެލެވޭނީ، އެ ދަޢުވާއާގުޅޭ އިޖްރާއީކަންތައްތަކުގެ ޞައްޙަކަން ކަނޑައެޅިގެން ކަމަށްވާއިރު، ސުޕްރީމް ކޯޓުގެ ނަންބަރު 30/SC-A/2013 ޤަޟިއްޔާއިން އިލްތިމާސްކުރެވޭ މި ދަޢުވާގެ ރުކުންތަކަކީ ނުވަތަ ޢުންޞުރުތަކަކީ ވެސް އިސްވެދިޔަ ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 143/HC-A/2011 ޤަޟިއްޔާއާއި ދެ ޤަޟިއްޔާއިން ކުރެވުނު ދަޢުވާގެ ޢުންޞުރުތަކަށް ވާންޖެހޭކަމާ، މިގޮތުން މި ދަޢުވާގެ އެންމެ އަސާސީ އެއް ޢުންޞުރުކަމަށްވާ ދައުވާގެ މަޙައްލު ((subject matter އަކީ ސިވިލް ކޯޓުގެ ބުނެވިދިޔަ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާއިން އެ ޤަޟިއްޔާގައި ދަޢުވާކުރާ މ.ނިޔަދުރު، މާލެ، އަޙްމަދު ނާޡިމްގެ ފަރާތުން އެދިފައިވާ، އަޙްމަދު ތަސްމީނު ޢަލީ އަނބުރާ ދައްކާގޮތަށް ނަގާފައިވާކަމަށް ބުނާ ފައިސާގެ ތެރެއިން އަނބުރާ ދައްކާފައި ނުވާކަމަށް ބުނާ 1,920,000/-ރ. (އެއްމިލިއަން ނުވަލައްކަ ވިހިހާސް ރުފިޔާ) އަޙްމަދު ތަސްމީން ޢަލީގެ ފަރާތުން ހޯދުން ކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މިޤަޟިއްޔާގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 143/HC-A/2011 ޤަޟިއްޔާ، އަޙްމަދު ތަސްމީނު ޢަލީގެ ފަރާތުން އިލްތިމާސްކުރުމަށް ހުށަހެޅިފަހުން، އަޙްމަދު ތަސްމީނުގެ ޢަލީގެ ފަރާތުން އިސްވެ ބުނެވިދިޔަ 1,920,000/-ރ. (އެއްމިލިއަން ނުވަލައްކަ ވިހިހާސް ރުފިޔާ) އަނބުރާ ދައްކާފައިކަމަށް މި މައްސަލާގައި ދަޢުވާކުރާ ފަރާތުންނާއި ދަޢުވާ ލިބޭފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤްރާރުވެފައިވާ ހިނދު، މިމައްސަލައިގެ ދަޢުވާ ގެ މަޙައްލު މިހާރު ވުޖޫދުގައި ނެތްކަން އެނގެން އޮވެއެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، (މ.އ.ސީރާޒީގެ) އަޙްމަދު ތަސްމީނު ޢަލީ، ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލަ ބެލުމަށްޓަކައި މިއަދު (31 އޮކްޓޯބަރ 2013 ދުވަހު) އޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް (މ.އ.ސީރާޒީގެ) އަޙްމަދު ތަސްމީނު ޢަލީ އާއި، މި މައްސަލާގައި ދަޢުވާ ލިބޭ މ.ނިޔަދުރު، މާލެ، އަޙްމަދު ނާޡިމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1737 ޤަޟިއްޔާގައި އަޙްމަދު ތަސްމީނު ޢަލީގެ ފަރާތުން އަހަމްދު ނާޡިމަށް ދެއްކުމަށް ޙުކުމްކޮށްފައިވާ 1,920,000/-ރ. (އެއްމިލިއަން ނުވަލައްކަ ވިހިހާސް ރުފިޔާ) އަޙްމަދު ތަސްމީނު ޢަލީގެ ފުރިހަމަ ރުހުމާ އިޚްތިޔާރުގައި، އަޙްމަދު ތަސްމީނު ޢަލީގެ ފަރާތުން އަޙްމަދު ނާޡިމަށް މިހާރު ދައްކައި ޚަލާޞްކޮށްފައިވާކަން ސާބިތުވެ އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 143/HC-A/2011 ޤަޟިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އަޙްމަދު ތަސްމީނު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާ މި ދަޢުވާގެ މަޙައްލު މިހާރު ނެތިގޮސްފައިވާކަން އެނގެން އޮންނާތީ، މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ސުޕްރީމް ކޯޓުގައި އަޙްމަދު ތަސްމީނު ޢަލީގެ ފަރާތުން ކޮށްފައިވާ މި އިލްތިމާސްގެ ދަޢުވާގެ މަޙައްލު މިހާރު ނެތިގޮސްފައިވާތީ، މި ޤަޞިއްޔާގެ މައްސަލަ މައުޟޫޢީގޮތުން ބަލައި ފައިޞަލާކުރާނެ ތަނެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ.

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ