ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2015/SC-A/12

އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ވ. ޢާއިޝަތު ޝިމްލާ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 މޭ 2018ދަށު ކޯޓު: ސިވިލް ކޯޓު (348/Cv-C/2014)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2014/HC-A/245، 348/Cv-C/2014
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 348/Cv-C/2014 ޤަޟިއްޔާގައި (14 އެޕްރީލް 2014)، ނިޔާވި އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައިވާ ގ. ހެޕީސައިޑް ބަންޑާރަ ގޯތީގެ ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދާ އޭނާގެ 9 ވާރިޘުންނަށް ހަމަހަމައަށް މިލްކުވާ ކަމަށް ޙުކުމްކުރިއެވެ. ޢާއިޝަތު ޝިމްލާ އެ ޙުކުމް އިސްތިއުނާފުކުރުމުން، ހައިކޯޓުގެ 2014/HC-A/245 ޤަޟިއްޔާގައި (17 މާރިޗު 2015) ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ 2/12 ޢާއިޝަތު ޝިމްލާއާއި ޙަސަން ޝެހެޝާންގެ މިލްކު ކަމަށާއި، ތަރިކައިގައި ހިމެނެނީ 10/12 ކަމަށް ކަނޑައެޅިއެވެ. އެ ޙުކުމަށް އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
ވާޤިޢާ
އިބްރާހީމް ރަޝާދު އާދަމް 01 އޯގަސްޓް 2010 ގައި ނިޔާވިއިރު، 5 ފިރިހެން ދަރިންނާއި 4 އަންހެން ދަރިން ވާރިޘުންގެ ގޮތުގައި ތިބިއެވެ. އޭނާގެ ޙަޔާތުގައި، މަދަނީ ކޯޓުގެ 872/MC/99 ޤަޟިއްޔާއިން (28 އޮކްޓޫބަރު 1999)، ގޯތީގެ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 އޭނާގެ ދެ ދޮންދަރިން ކަމުގައިވާ ޢާއިޝަތު ޝިމްލާއާއި ޙަސަން ޝެހެޝާނަށް ކުރި ހިބައަކީ ޞައްޙަ ހިބައެއް ކަމަށް ޙުކުމްކޮށްފައިވެއެވެ. އެ ޙުކުމް އިސްތިއުނާފުކޮށްފައި ނުވާއިރު، މާލޭ މުނިސިޕަލްޓީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައިވެސް އެ ހިބަ ފާހަގަކޮށްފައިވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މަރުވި މީހާގެ ޙަޔާތުގައި ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމަކުން ވާރިޘެއް ނޫން ފަރާތްތަކަށް ހިބައިން މިލްކުވެފައިވާ ބައި ތަރިކައިގައި ހިމަނައި ބެހި ސިވިލް ކޯޓުގެ ޙުކުމް، ދަށު ކޯޓުގައި ބައިވެރިނުވި ހިބަ ލިބުނު ފަރާތުގެ އިސްތިއުނާފުން ހައިކޯޓުން ބަދަލުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އާމިނަތު ޝިޔާމާ ބުނީ، ޢާއިޝަތު ޝިމްލާ ސިވިލް ކޯޓުގައި ޝަކުވާއެއް ކޮށްފައިނުވާތީއާއި ތަދައްޚުލުވެފައި ނުވާތީ އިސްތިއުނާފުކުރުމުގެ ޙައްޤު އޭނާއަށް ނުލިބޭ ކަމަށާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައިވާ އިސްތިއުނާފުގެ ސަބަބެއް ނެތް ކަމަށާއި، އެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ 90 ދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފު ހުށަހަޅާފައިވާ ކަމަށެވެ. ޢާއިޝަތު ޝިމްލާ ހައިކޯޓުގައި ބުނީ، ސިވިލް ކޯޓުން ނިންމީ މަދަނީ ކޯޓުގެ ކުރީގެ ޙުކުމަށް ރިޢާޔަތްނުކޮށް، އެއް މަރުޙަލާއެއްގެ ކޯޓެއްގެ ނިންމުމެއް ހަމަ އެ މަރުޙަލާއިން ބާޠިލުކުރާ ގޮތަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، 872/MC/99 ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގެ ދަށުން ތަބާވުން ލާޒިމު ޙުކުމަކަށްވާތީ، ހިބައިން މިލްކުވެފައިވާ 2/12 ތަރިކައިގައި ނުހިމެނޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ޢާއިޝަތު ޝިމްލާއަށް އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާއިރު، ދަށު ކޯޓުގައި ތަދައްޚުލު ނުވުމަކީ އެ ޙައްޤަށް ހުރަސްއަޅާ ސަބަބެއް ނޫން ކަމަށާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަށު މަރުޙަލާއެއްގެ ކޯޓެއްގެ ނިންމުމަކަށް ހުރަސްއަޅާ ނިންމުމެއް އެ މަރުޙަލާގެ ކޯޓަކުން ނުނިންމޭނެ ކަމަށެވެ. ޤާނޫނު ނަންބަރު 22/2010 ގެ 42 ވަނަ މާއްދާގެ (ށ) ގެ އުޞޫލުން ސަރުކާރު ބަންދު ދުވަސްތައް އުނިކޮށް ގުނުމުން އިސްތިއުނާފު ހުށަހަޅާފައިވަނީ 90 ވަނަ ދުވަހު ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގައި ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލަ އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، ... އެ ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާއެއްނޫންކަން ... އެނގެން އޮތުމުން، މަދަނީ ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، "ކަނޑައެޅި ނިޔާގެ ބާރު" (ރެސް ޖުޑިކާޓާ) ލިބިފައިވާ، މިއަދާ ހަމައަށްވެސް އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބަދަލުނުވެ ދެމިއޮތް ޙުކުމެއްކަން އެނގެން އޮތުމާއެކު، އެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މައްޗަށް ތަބާވުން ލާޒިމު ޙުކުމެކެވެ.

HN2 ... މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން ... ޢާއިޝަތު ޝިމްލާ އާއި، ... ޙަސަން ޝެހެޝާންއަށް ... މިލްކުވެފައިވާ 2/12 (ބާރަބައިކުޅަ ދެބައި) އަކީ ... އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު އޭނާގެ މިލްކުގައިވާ ބައެއް ކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެން އޮންނާތީ ... އެ މުދަލަކީ މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ތަރިކައިގައި ހިމެނޭ މުދަލެއްކަމުގައި ބަލައި އޭނާގެ ވާރިޘުންގެ މެދުގައި އެ މުދާ ބެހުމުގެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް އޮތް މުދަލެއް ނޫނެވެ.

HN3 ... ހިބައިގެ މުޢާމަލާތުގެ ދަށުން ... ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާނަށް މިލްކުވެފައިވާއިރު، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ، މައުޖޫދުވެ ދެމިއޮތް ޙުކުމަކަށްވުމުން، ... ޙުކުމުގެ ދަށުން، ... މިލްކުވެފައިވާ ބުނެވުނު ދެފަރާތުގެ ނަމުގައި ވަކި ރަޖިސްޓަރީއެއް ދައުލަތުގެ ކަމާބެހޭ އިދާރާއިން ހަދާދީފައި ނުވުމަކީ ... މިލްކުވެރިންނަކީ ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާން ނޫންކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނޫނެވެ.

HN4 ... ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ އެ ނައްޞަށް ބަލާއިރު މާލޭގައި ޤާއިމުވެފައިވާ ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތަކީ، އެ މައްސަލައެއް ނިމުނު ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަސްކަން އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން އެނގެން އޮތް ނަމަވެސް، ބުނެވުނު މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންޖެހޭ މުއްދަތު ގުނާނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތުންކަމަށް ބުނެވުނު ޤާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

HN5 ... ޤަޟިއްޔާ ޤާނޫނީ ޙުދޫދުގެ ތެރެއިން އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ... ލިބިފައިވާ އަސާސީ ޙައްޤެއްކަމަށް ވުމުން ... ޤަޟިއްޔާ އެ ކޯޓުގައި ހިނގި ދުވަސްވަރު ... ސިވިލް ކޯޓުގައި އެއްވެސް ޝަކުވާއެއް ކޮށްފައި ނުވުމަކީ، ނުވަތަ ... މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައި ނުވުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ... ލިބިފައިވާ އިސްތިއުނާފީ ޙައްޤުގެ ބޭނުން ޤަވާޢިދުން ކުރުމަށް ހުރަސްއެޅޭނެ، ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާފަދަ އަސާސެއްގެ މައްޗަށް އިސްތިނާދު ވެގެންވާ ޞައްޙަ ރަނގަޅު ސަބަބެއްކަމަށް ނުބެލެވޭނެއެވެ.

HN6 ... ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގައި ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށް ވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގެ ނައްޞު ތަފުސީރުކުރުމުގައި أُصُولُ الْفِقْهِ (އުޞޫލުލް ފިޤުހި) ގެ ޢިލްމުގައި އިސްތިޤުރާރުވެފައިވާ މަފްހޫމުލް މުޚާލަފާ (مفهوم المخالفة) ގެ އުޞޫލީ ޤާޢިދާގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ފަދަ ކަމާބެހޭ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ބޭރުން، ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގެ މައުޟޫޢު ހަމަ އެ މަރުޙަލާގެ އެހެން ކޯޓަކުން ބެލުމާއި އަދި ހަމަ އެހެންމެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ހުރަސްއެޅިދާ ފަދަ އެއްވެސް ނިންމުމެއް ހަމަ އެ ކޯޓުން ނުވަތަ އެ މަރުޙަލާގެ އެހެން ކޯޓަކުން ނިންމުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫނެވެ. ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދުސްތޫރީ މި މަބުދައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 (02 މާރޗް 2011) ގެ ކޯޓު އަމުރުން އިތުރަށް ކަށަވަރުކޮށްދީ، ނަގަހައްޓާފައިވާ މަބުދައެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އާދަމް މުޙައްމަދު ޢަބްދުﷲ (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ރިޔާސަތު
އާދަމް މުޙައްމަދު ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 10 އޭޕްރީލް 2015 · ރަޖިސްޓްރީކުރީ 17 މޭ 2015 · ނިމުނީ 14 މޭ 2018 (35.9 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2015/SC-A/12

ދަޢުވާކުރާ ފަރާތް: އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު، ގ. ހެޕީސައިޑް / މާލެ

ދަޢުވާލިބޭ ފަރާތް: ޢާއިޝަތު ޝިމްލާ، ގ. ހެޕީސައިޑް / މާލެ

މައްސަލައިގެ ބާވަތް: ތަރިކަ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 10 އެޕްރީލް 2015

ރަޖިސްޓްރީކުރެވުނު ތާރީޚް: 17 މޭ 2015

ނިމުނު ތާރީޚް: 14 މޭ 2018

މައްސަލަ ނިންމި ގަޑި: 14:47

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2014/HC-A/245

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ސެޕްޓެންބަރު 2014

ނިމުނު ތާރީޚް: 17 މާރިޗު 2015

މައްސަލައިގެ ޚުލާޞާ

[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު، ގ. ހެޕީސައިޑް / މާލެ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ޢާއިޝަތު ޝިމްލާ، ގ. ހެޕީސައިޑް / މާލެ އަށެވެ.

[2]އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ޢާއިޝަތު ޝިމްލާ، ގ. ހެޕީސައިޑް / މާލެ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A039932) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަކުރެވުނު ނުކުތާތައް

[3]1- މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިލްތިމާސްކޮށްދިނުމަށް އެދި އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު، ގ. ހެޕީސައިޑް / މާލެ ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ޢާއިޝަތު ޝިމްލާ، ގ. ހެޕީސައިޑް / މާލެ އަށެވެ.

[4]2- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ޢާއިޝަތު ޝިމްލާ، ގ. ހެޕީސައިޑް / މާލެ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ.

[5]3- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށް ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް، 01 އޯގަސްޓް 2010 ގައި ނިޔާވެފައިވާތީ، އެ މަރްޙޫމްގެ ތަރިކަ ވާރިޘުންގެ މެދުގައި ބަހައި، ހަމަޖެއްސުމަށް އެދި އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު، ގ. ހެޕީސައިޑް / މާލެ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަމާއި، ސިވިލް ކޯޓުން، އެ ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ ނިންމާފައިވަނީ

[6]ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް (އައިޑީ ކާޑު ނަންބަރު A037676)

[7]01 އޯގަސްޓް 2010 ގައި ނިޔާވެފައިވާކަމަށާއި، އެ މަރްޙޫމްގެ ވާރިޘުންގެ ގޮތުގައި ތިބީ އެ މަރްޙޫމްގެ

[8]އުފަން 5 (ފަހެއް) ފިރިހެން ދަރިންކަމުގައިވާ، ގ. ހެޕީސައިޑް / މާލެ، މުޙައްމަދު ޝިޔާމް އިބްރާހީމް

[9](އައިޑީ ކާޑު ނަންބަރު A011866) އާއި، ގ. ހެޕީސައިޑް / މާލެ، އަޙްމަދު ޝިޔާމް (އައިޑީ ކާޑު

[10]ނަންބަރު A074217) އާއި، ގ. ހެޕީސައިޑް / މާލެ، ޢަލީ ޝިޔާމް (އައިޑީ ކާޑު ނަންބަރު

[11]A022732) އާއި، ގ. ހެޕީސައިޑް / މާލެ، ޢަބްދުﷲ އިރުޝާދު (އައިޑީ ކާޑު ނަންބަރު A000498)

[12]އާއި، ގ. ހެޕީސައިޑް / މާލެ، ޙުސައިން އިލްހާމް (އައިޑީ ކާޑު ނަންބަރު A073778) އާއި، 4

[13](ހަތަރެއް) އަންހެން ދަރިންކަމުގައިވާ ގ. ހެޕީސައިޑް / މާލެ، ފާޠިމަތު ޝިޔާމާ (އައިޑީ ކާޑު ނަންބަރު

[14]A007406) އާއި، ގ. ހެޕީސައިޑް / މާލެ، ރޯޒީ (އައިޑީ ކާޑު ނަންބަރު A047297) އާއި، ގ.

[15]ހެޕީސައިޑް / މާލެ، ޚަދީޖާ ލީމް (އައިޑީ ކާޑު ނަންބަރު A054471) އާއި، ގ. ހެޕީސައިޑް / މާލެ،

[16]އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު (އައިޑީ ކާޑު ނަންބަރު A047566) އާއި އެކު ޖުމްލަ 09

[17](ނުވައެއް) ވާރިޘުންކަން ހެކިންނާއި ވާރިޘުންގެ ބަހުން ސާބިތުވާކަމަށާއި، މަރްޙޫމްގެ ތަރިކައިގައި ހިމެނިގެން އެ ޤަޟިއްޔާގައި ބަހައި ހަމަޖައްސަން ހުށަހެޅިފައިވަނީ، މަރްޙޫމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ. ހެޕީސައިޑް ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާކަމަށާއި، މަރްޙޫމްގެ ތަރިކައިގައިވާ މަރްޙޫމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ. ހެޕީސައިޑް ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ ވާރިޘުންގެ މެދުގައި ބަހައި ހަމަޖައްސަން ވާރިޘުން ބޭނުންވަނީ ހުރިހާ ވާރިޘުންނަށް ހަމަހަމަވާ ގޮތަށްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގ. ހެޕީސައިޑް ކިޔާ ބަންޑާރަ ގޯތީގެ ބިމުން މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ވާރިޘުންގެ ގޮތުގައި ތިބި މުޙައްމަދު ޝިޔާމް އިބްރާހީމް އާއި، އަޙްމަދު ޝިޔާމް އާއި، ޢަލީ ޝިޔާމް އާއި، ޢަބްދުﷲ އިރުޝާދު އާއި، ޙުސައިން އިލްހާމް އާއި، ފާޠިމަތު ޝިޔާމާ އާއި، ރޯޒީ އާއި، ޚަދީޖާ ލީމް އާއި، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުއަށް ހަމަހަމަކޮށް ލިބި މި ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ މި 09 (ނުވައެއް) ވާރިޘުންނަށް ހަމަހަމަކޮށް މިލްކުވެގެންވާ ކަމަށް ޙުކުމްކޮށްގެންކަން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ.

[18]4- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމުގައި، އަލްމަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގ. ހެޕީސައިޑް އޭ ކިޔާ ބަންޑާރަ ގޯތީގެ ބިމުން މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ވާރިޘުންގެ ގޮތުގައި ތިބި، މުޙައްމަދު ޝިޔާމް އިބްރާހީމް އާއި، އަޙްމަދު ޝިޔާމް އާއި، ޢަލީ ޝިޔާމް އާއި، ޢަބްދުﷲ އިރުޝާދު އާއި، ޙުސައިން އިލްހާމް އާއި، ފާޠިމަތު ޝިޔާމާ އާއި، ރޯޒީ އާއި، ޚަދީޖާ ލީމް އާއި، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުއަށް ހަމަހަމަކޮށް ލިބި މި ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ މި 09 (ނުވައެއް) ވާރިޖުންނަށް ހަމަހަމަކޮށް މިލްކުވެގެންވާ ކަމަށް ކަނޑައަޅާފައިވާ ބަޔަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގެ ތެރޭގައި ބަދަލު ގެންނަންޖެހޭ ކަމަށް އެ މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލްކޮށް، އަލްމަރްޙޫމް އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު އެ މަރްޙޫމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، ގ. ހެފީސައިޑް އޭ ކިޔާ ބަންޑާރަ ގޯތީގައި ހުރި ޢިމާރާތްތަކާއި، ނުއުފުލޭ މުދަލުގެ 2/12 (ބާރަބައިކުޅަ ދެބައި) ގެ މިލްކުވެރިންނަކީ، ގ. ހެފީސައިޑް / މާލެ، ޢާއިޝަތު ޝިމްލާ އާއި، ގ. ހެފީސައިޑް / މާލެ، ޙަސަން ޝެހެޝާން ކަމަށާއި، ގ. ހެފީސައިޑް އޭ ކިޔާ ބަންޑާރަ ގޯތީގައި ހުރި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ ތެރެއިން އަލްމަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ތަރިކައިގެ ތެރޭގައި ހިމެނެނީ 10/12 (ބާރަބައިކުޅަ ދިހަބައި) ކަމަށާއި، އެހެންކަމުން އެ މަރްޙޫމް ނިޔާވިއިރު ދުނިޔޭގައި ތިބި އެ މަރްޙޫމްގެ އުފަން 5 (ފަހެއް) ފިރިހެން ދަރިންކަމުގައިވާ، ގ. ހެފީސައިޑް / މާލެ، މުޙައްމަދު ޝިޔާމް އިބްރާހީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A011866) އާއި، ގ. ހެފީސައިޑް / މާލެ، އަޙްމަދު ޝިޔާމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A074217) އާއި، ގ. ހެފީސައިޑް / މާލެ، ޢަލީ ޝިޔާމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A022732) އާއި، ގ. ހެފީސައިޑް / މާލެ، ޢަބްދުﷲ އިރުޝާދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A000498) އާއި، ގ. ހެފީސައިޑް / މާލެ، ޙުސައިން އިލްހާމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A073778) އާއި، 4 (ހަތަރެއް) އަންހެން ދަރިންކަމުގައިވާ ގ. ހެފީސައިޑް / މާލެ، ފާޠިމަތު ޝިޔާމާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A007406)އާއި، ގ. ހެފީސައިޑް / މާލެ، ރޯޒީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A047297) އާއި، ގ. ހެފީސައިޑް / މާލެ، ޚަދީޖާ ލީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A054471) އާއި، ގ. ހެފީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A047566) އަށް، ގ.

[19]ހެޕީސައިޑް އޭ ކިޔާ ބަންޑާރަ ގޯތީގައި ހިމެނޭ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ 10/12 (ބާރަބައިކުޅަ ދިހަބައި) ހަމަހަމަކޮށް މިލްކުވެގެންވާކަމަށް އެ މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްގެންކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

[20]5- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިލްތިމާސްކުރި އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް 3 (ތިނެއް) ސަބަބެއް ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:

[21]ފުރަތަމަ ސަބަބަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި "ހައިކޯޓުން މައްސަލައެއް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސުކަމުގައި ބަލައިގެންނެވެ." މިފަދައިން ބުނެފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާއަކީ އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުގެ ބައްޕަ ގ. ހެޕީސައިޑް އަލްމަރްޙޫމް އިބްރާހީމް ރަޝާދު އާދަމް 1 އޯގަސްޓް 2010 ގައި ނިޔާވެފައިވާތީ އެ މަރްޙޫމްގެ ތަރިކައިގެ ގޮތުގައި ހުރި ގ. ހެޕީސައިޑް އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ ބައްޕަގެ ވާރިޘުންގެ ގޮތުގައި ތިބި 5 (ފަހެއް) ފިރިހެން ދަރިންކަމުގައިވާ، މުޙައްމަދު ޝިޔާމް އިބްރާހީމް އާއި، އަޙްމަދު ޝިޔާމް އާއި، ޢަލީ ޝިޔާމް އާއި، ޢަބްދުﷲ އިރުޝާދު އާއި، ޙުސައިން އިލްހާމް އާއި، 4 (ހަތަރު) އަންހެން ދަރިން ކަމުގައިވާ ފާޠިމަތު ޝިޔާމާ އާއި، ރޯޒީ އާއި، ޚަދީޖާ ލީމް އާއި، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު އާއެކު ޖުމްލަ 9 (ނުވައެއް) ވާރިޘުންގެ މެދުގައި ބަހައި ދިނުން އެދި ހުށަހެޅުނު މައްސަލައަކަށްވާއިރު، ބުނެވުނު، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުން ދިޔައިރު، ގ. ހެޕީސައިޑް ޢާއިޝަތު ޝިމްލާގެ މަޞްލަޙަތު މިކަމުގައި އޮތްކަމަށް އޭނާ ބުނެފައި ނުވާކަމަށާއި، އަދި އޭނާގެ މަޞްލަޙަތު މިކަމުގައި އޮތްނަމަ މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދިޔަ އިރު މައްސަލައިގެ ތެރެއަށް ތަދައްޚުލު ވީސް ކަމަށާއި، ނަމަވެސް އޭނާ މި މައްސަލަ ތެރެއަށް ތަދައްޚުލު ވެފައިވެސް ނުވާކަމަށާއި، މީގެ އިތުރުން ބުނެވުނު މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާ ހަމައަށް އަދި އެ ޤަޝިއްޔާ ސިވިލް ކޯޓުން ނިންމުމާ ހަމައަށް ގ. ހެޕީސައިޑް އެވެ ކިޔާ ގޯއްޗާއި ޢިމާރާތް ރަޖިސްޓްރީ ކޮށްފައިވަނީ ގ. ހެޕީސައިޑް، އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައިކަން އެ ގޯތީގެ ރަޖިސްޓްރީއިން ސާފުކޮށް ފެންނަން އޮތްކަމަށާއި، ވުމާއެކު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އެ ކޯޓުން ބަލައި ނިންމިއިރު، ޢާއިޝަތު ޝިމްލާ، އެއްވެސް މިންވަރަކަށް ސިވިލް ކޯޓުގައި ޝަކުވާއެއް ކޮށްފައި ނުވާތީ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ އެއްވެސް ޙައްޤެއް ޢާއިޝަތު ޝިމްލާއަށް ލިބިގެން ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

[22]ދެވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ

[23]ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި "މި ޤާނޫނުގެ 38 ވަނަ މާއްދާ އާއި، 39 ވަނަ މާއްދާގައި

[24]ބަޔާންކޮށްފައިވާ ފަދަ ޙުކުމްތަކާއި ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ އަންނަނިވި

ޙާލަތްތަކުގައެވެ.

[25](ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން.

[26](ށ) ޙުކުމް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުން ކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލް އިޖުރާއަތެއް ކަމުގައިވުން.

[27] 1. އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.

[28]2. ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ

[29]މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ހުރަސްއަޅާ ފަދަ ސަބަބެއް

[30]މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.

[31]3. ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމްކުރި ނުވަތަ ނިންމުން ނިންމި

[32]ފަނޑިޔާރުން ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.

[33]4. ޙުކުމް ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން." މިފަދައިން ބުނެފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމުމުގައި މަތީގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާކަން އެނގެން ނެތްއިރު، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް ގ. ހެޕީސައިޑް ޢާއިޝަތު ޝިމްލާ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ހިންގާފައިވަނީ ބުނެވުނު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

[34]ތިންވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ

[35]ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި "އެ މައްސަލައެއް ނިންމީ

[36]މާލޭގައި ޤާއިމުވެފައިވާ ދަށުކޯޓަކުންނަމަ، އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 90 (ނުވަދިހަ)

[37]ދުވަހުގެ ތެރޭގައި" މި ފަދައިން ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014

[38]ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ 14 އޭޕްރިލް 2014 ގައި ކަމަށް ވެފައި، ބުނެވުނު ޤަޟިއްޔާ

[39]އިސްތިއުނާފުކުރުމަށް ޢާއިޝަތު ޝިމްލާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ

[40]28 އޯގަސްޓް 2014 ގައި ކަމަށްވުމުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބުނާ އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ފާއިތުވެފައިވާކަން ވަރަށް ސާފުކޮށް އެނގޭކަމަށާއި، ވުމާއެކު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢާއިޝަތު ޝިމްލާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

[41]6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށް ބުނެ އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ، މި މައްސަލައާ ގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ މައްޗަށާއި އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިލްތިމާސް ކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

[42](ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގައި ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލަ އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ، ގ. ހެޕީސައިޑް/ މާލެ، އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެބައި) އިބްރާހީމް ރަޝާދު އާދަމްގެ ޙަޔާތުގައި އޭނާގެ ދެ ދޮންދަރިން ކަމުގައިވާ ގ. ހެޕީސައިޑް ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާން އަށް ހިބައިން ދިނުމަށް 9 އޯގަސްޓް 1999 ގައި ގ. ހެޕީސައިޑް، އިބްރާހީމް ރަޝާދު އާދަމް އެ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަމާއި، މަދަނީ ކޯޓުން، އެ ކޯޓުގެ ބުނެވުނު ޤަޟިއްޔާ 28 އޮކްޓޯބަރު 1999 ގައި ނިންމާފައިވަނީ ގ. ހެޕީސައިޑް، އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައި ރަޖިސްޓަރީ ކޮށްދެއްވާފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އޭނާގެ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެބައި) އޭނާގެ މިލްކުން ކަނޑައި އޭނާގެ ތަޞައްރުފު ފުދޭ، ހެޔޮ ޙާލު ބުއްދި ސަލާމަތުން ޝަރީޢަތުގެ މަޖިލީހުގައި ހުރެ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުން، އޭނާގެ ދެ ދޮންދަރިން ކަމުގައިވާ ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާން އަށް ހިބައިން ދިނުމުން މި ދެމީހުންގެ ތެރެއިން ޢާއިޝަތު ޝިމްލާ ތަޞައްރުފު ފުދޭ، ހެޔޮ ޙާލު ބުއްދި ސަލާމަތުން ޝަރީޢަތުގެ މަޖިލީހުގައި ހުރެ މި ހިބަ ޤަބޫލުކޮށް ބަލައިގެންފައިވާތީ އާއި، ޙަސަން ޝެހެޝާންގެ ފަރާތުން އޭނާގެ މަންމަ ގ. ހެޕީސައިޑް ނަސީމާ އިބްރާހީމް ތަޞައްރުފު ފުދޭ، ހެޔޮ ޙާލު ބުއްދި ސަލާމަތުން ޝަރީޢަތުގެ މަޖިލީހުގައި ހުރެ މި ހިބަ ޤަބޫލުކޮށް ބަލައިގެންފައިވާތީ ޝަރުޢީ އަދި ޤާނޫނީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު މި ހިބައިގެ އީޖާބާއި ޤަބޫލު ޝަރީޢަތުގެ ޞައްޙަ މަގުން ހިނގާ ނިމިފައިވާތީ މި ހިބައަކީ ޞައްޙަ ހިބައެއްކަމަށް ޙުކުމްކޮށްގެންކަމާއި، މި ކަންކަން އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، އެ ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއްވެސް ފަރާތަކުން އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާއެއްނޫންކަން އެ ޤަޟިއްޔާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިޔެގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހޯދާފައިވާ ރަސްމީ މަޢުލޫމާތުތަކުން އެނގެން އޮތުމުން، މަދަނީ ކޯޓުގެ ބުނެވުނު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، "ކަނޑައެޅި ނިޔާގެ ބާރު" (ރެސް ޖުޑިކާޓާ) ލިބިފައިވާ، މިއަދާ ހަމައަށްވެސް އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބަދަލުނުވެ ދެމިއޮތް ޙުކުމެއްކަން އެނގެން އޮތުމާއެކު، އެ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މައްޗަށް ތަބާވުން ލާޒިމު ޙުކުމެއްކަން އެނގެން އޮތުމުން، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ދަށުން ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް 01 އޯގަސްޓް 2010 ގައި ނިޔާވެފައިވާކަމަށް ބުނެ، އެ މަރްޙޫމްގެ ތަރިކަ، ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށް 05 ފެބްރުއަރީ 2014 މި ތާރީޚްގައި ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު މައްސަލަ ހުށަހެޅުމުން، އެ ޤަޟިއްޔާއަށް ހުށަހެޅިފައިވާ ދަޢުވާގެ ދަށުން، އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު، ދުނިޔޭގައި ތިބިކަން ސާބިތުވާ އެ މަރްޙޫމްގެ ވާރިޘުންގެ މެދުގައި ބަހަންޖެހޭނީ އެ މަރްޙޫމް ނިޔާވިއިރު އެ މަރްޙޫމްގެ މިލްކުގެ ގޮތުގައި އެ މަދަލެއްކަމާއި، އިބްރާހީމް ރަޝާދު އާދަމްގެ ދުނިޔޭގައި މަދަނީ ކޯޓުގެ ބުނެވުނު އެ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގެ ދަށުން އޭނާ ކޮށްފައިވާ ހިބައިގެ ސަބަބުން ގ. ހެޕީސައިޑް އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އޭނާގެ ދެ ދޮންދަރިން ކަމުގައިވާ ގ. ހެޕީސައިޑް ޢާއިޝަތު ޝިމްލާ އާއި، ގ. ހެޕީސައިޑް ޙަސަން ޝެހެޝާން އަށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން މިލްކުވެފައިވާ 2/12 (ބާރަބައިކުޅަ ދެބައި) އަކީ، އެ ދެމީހުންގެ މިލްކެއްކަން ބުނެވުނު ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމުން އެނގެން އޮންނައިރު، އެ ޙުކުމަކީ މިއަދާ ހަމައަށްވެސް ބަދަލުނުވެ ދެމިއޮތް، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމެއްކަން އެނގެން އޮންނަ އޮތުމަށާއި، އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބެލުމުން، ބުނެވުނު މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން ގ. ހެޕީސައިޑް/ މާލެ ޢާއިޝަތު ޝިމްލާ އާއި، ގ. ހެޕީސައިޑް / މާލެ ޙަސަން ޝެހެޝާންއަށް ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން މިލްކުވެފައިވާ 2/12 (ބާރަބައިކުޅަ ދެބައި) އަކީ ގ. ހެޕީސައިޑް / މާލެ އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު އޭނާގެ މިލްކުގައިވާ ބައެއް ކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން އެނގެން އޮންނާތީ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ބުނެވުނު މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާން އަށް މިލްކުވެފައިވާ 2/12 (ބާރަބައިކުޅަ ދެބައި) އަކީ، ގ. ހެޕީސައިޑް، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ތަރިކައިގެ ތެރޭގައި ހިމެނޭ މުދަލެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ ކަމަށްޓަކައި، އެ މުދަލަކީ މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ތަރިކައިގައި ހިމެނޭ މުދަލެއްކަމުގައި ބަލައި އޭނާގެ ވާރިޘުންގެ މެދުގައި އެ މުދާ ބެހުމުގެ ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް އޮތް މުދަލެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.

[43](ށ) ދެވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ކަންކަމުގެ އިތުރުން، ގ. ހެޕީސައިޑް/ މާލެ، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ތަރިކައިގައި ހިމެނިގެން ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާގައި އެ މަރްޙޫމްގެ ވާރިޘުންގެ މެދުގައި ބަހައި، ހަމަޖެއްސުމަށް އެދި ބުނެވުނު ޤަޝިއްޔާ، ސިވިލް ކޯޓަށް ހުށަހެޅި އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ހުށަހަޅާފައިވަނީ އެ މަރްޙޫމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އޭނާގެ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާ ނުއުފުލޭ މުދާކަމަށް އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު، ބުނެވުނު ސިވިލް ކޯޓުގެ ޤަޝިއްޔާގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު، ބުނެވުނު ސިވިލް ކޯޓުގެ ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ފެންނަން އޮންނަ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯއްޗަށް 17 ފެބުރުވަރީ 2000 ވަނަ ދުވަހު މާލޭ މުނިސިޕަލްޓީއިން ހަދާދީފައިވާ ނަންބަރު ބ. 12279 "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ" އަށް ބަލާއިރު އެ ގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަމަށާއި، ދައުލަތުން އެ ގޯތީ ޙަވާލުކޮށްފައިވަނީ އިބްރާހީމް ރަޝާދުއާ ކަމަށާއި، އެ ގޯތީގެ ޢިމާރާތުގެ ވެރިފަރާތަކީ އިބްރާހީމް ރަޝާދުކަމަށާއި، އެ ގޯތީގެ ބޮޑުމިނަކީ 3518 އަކަފޫޓުކަމަށް ބުނެވުނު ރަޖިސްޓަރީގައި ބަޔާން ކުރުމަށްފަހު، އެ ރަޖިސްޓަރީގައި އެ ގޯއްޗާ ބެހޭގޮތުން ފާހަގަކޮށްފައިވާ ރަސްމީ އިތުރު މަޢުލޫމާތުތަކަށް ބަލާއިރު، ގ. ހެޕީސައިޑް އެވެކިޔާ ގޯތީގައިވާ ޢިމާރާތްތަކުގެ 2/12 އިބްރާހީމް ރަޝާދު އޭނާގެ ދެ ދޮންދަރިން ކަމުގައިވާ ގ. ހެޕީސައިޑް ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާނަށް ހިބައިން ދިނުމުގެ ސަބަބުން ޢިމާރާތްތަކުގެ 2/12 މި ދެމީހުންނަށް މިލްކުވެފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭތީ އެކަން ރަޖިސްޓަރީގައި ފާހަގަކުރެވިފައިވަނީ ކަމަށާއި، މި ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 އިބްރާހީމް ރަޝާދު އޭނާގެ ދެ ދޮންދަރިން ކަމުގައިވާ ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާނަށް ހިބައިން ދީފައި ވިޔަސް ހިބައިން ދިން ނިސްބަތުން ގޯތީގެ ބިން ބައިބައިކޮށްދެވޭ ގޮތް ނުވުން އެކަށީގެންވާކަމަށް، ހިބައިގެ މައްސަލަ ނިންމި މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާ ނިމުނު ގޮތުގެ ރިޕޯޓާ އެކީގައިވާ މާލޭ މުނިސިޕަލްޓީގެ ނަންބަރު 99-C-44/99/309 (23 ސެޕްޓެމްބަރު 1999) ސިޓީގައި ބަޔާންކުރެވިފައިވާ ކަމަށާއި، ވީމާ އެ ނިސްބަތުން ގޯތީގެ ބިން އެމީހުންނަށް ހަމަޖައްސައި ދެވެން ނޯންނާނެ ކަމަށް ބުނެވުނު ރަޖިސްޓަރީގައި ބަޔާންކޮށްފައިވާކަން އެނގެން އޮތުމުން އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ޢާއިޝަތު ޝިމްލާ އާއި ޙަސަން ޝެހެޝާނަށް މިލްކުވެފައިވާ 2/12 (ބާރަބައިކުޅަ ދެބައި) އަކީ، ބުނެވުނު ދެމީހުންގެ މިލްކެއްކަން އެ ރަޖިސްޓަރީގައި ބަޔާންކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ ރަސްމީ މަޢުލޫމާތުތަކުން އިތުރަށް ކަށަވަރު ކޮށްދީފައިވާކަން އެނގޭކަމުން ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެބައި) އަކީ މަރްޙޫމް އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު އޭނާގެ ތަރިކައިގައި ހިމެނޭ ބައެއް ނޫންކަން މި ރަޖިސްޓަރީއިން ވެސް އިތުރަށް އެނގެން އޮންނަކަމެވެ.

[44](ނ) ތިންވަނަ ކަމަކީ، އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާގެ ދަށުން ހިންގިފައިވާ ހިބައިގެ މުޢާމަލާތުގެ ދަށުން ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެބައި) ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާނަށް މިލްކުވެފައިވާއިރު، އެ ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ، މައުޖޫދުވެ ދެމިއޮތް ހުކުމަކަށްވުމުން، ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެބައި) ގެ މިލްކުވެރިންނަކީ ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާން ކަން އެނގެން އޮންނާތީ މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާގެ ޙުކުމުގެ ދަށުން، ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެބައި) މިލްކުވެފައިވާ ބުނެވުނު ދެފަރާތުގެ ނަމުގައި ވަކި ރަޖިސްޓަރީއެއް ދައުލަތުގެ ކަމާބެހޭ އިދާރާއިން ހަދާދީފައި ނުވުމަކީ ބުނެވުނު ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެބައި) ގެ މިލްކުވެރިންނަކީ ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާން ނޫންކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނޫންކަން އެނގެން އޮތުމުން ގ. ހެޕީސައިޑް، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އެ މަރްޙޫމްގެ ތަރިކައިގެ ގޮތުގައި އެ މަރްޙޫމްގެ ވާރިޘުންނަށް ބެހުމަށްޓަކައި ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ދެން ބާކީގައި އޮންނާނީ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 10/12 (ބާރަބައިކުޅަ ދިހަ ބައި) ކަން ސާފުކޮށް އެނގެން އޮންނަކަމެވެ.

[45](ރ) ހަތަރުވަނަ ކަމަކީ، ގ. ހެޕީސައިޑް / މާލެ، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ތަރިކަ ވާރިޗުންގެ މެދުގައި ބަހައި ހަމަޖެއްސުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ދަށުން އެ ކޯޓަށް މައްސަލަ ހުށަހެޅި ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުގެ ބައްޕަ 01 އޯގަސްޓް 2010 ދުވަހު ނިޔާވިއިރު އެ މަރްޙޫމްގެ ވާރިޗުންގެ ގޮތުގައި ތިބީ އެ މަރްޙޫމްގެ އުފަން 5 (ފަހެއް) ފިރިހެން ދަރިންކަމުގައިވާ، ގ. ހެޕީސައިޑް / މާލެ، މުޙައްމަދު ޝިޔާމް އިބްރާހީމް (އައިޑީ ކާޑު ނަންބަރު A011866) އާއި، ގ. ހެޕީސައިޑް / މާލެ، އަޙްމަދު ޝިޔާމް (އައިޑީ ކާޑު ނަންބަރު A074217) އާއި، ގ. ހެޕީސައިޑް / މާލެ، ޢަލީ ޝިޔާމް (އައިޑީ ކާޑު ނަންބަރު A022732) އާއި، ގ. ހެޕީސައިޑް / މާލެ، ޢަބްދުﷲ އިރުޝާދު (އައިޑީ ކާޑު ނަންބަރު A000498) އާއި، ގ. ހެޕީސައިޑް / މާލެ، ޙުސައިން އިލްހާމް (އައިޑީ ކާޑު ނަންބަރު A073778) އާއި، 4 (ހަތަރެއް) އަންހެން ދަރިންކަމުގައިވާ ގ. ހެޕީސައިޑް / މާލެ، ފާޠިމަތު ޝިޔާމާ (އައިޑީ ކާޑު ނަންބަރު A007406) އާއި، ގ. ހެޕީސައިޑް / މާލެ، ރޯޒީ (އައިޑީ ކާޑު ނަންބަރު A047297) އާއި، ގ. ހެޕީސައިޑް / މާލެ، ޚަދީޖާ ލީމް (އައިޑީ ކާޑު ނަންބަރު A054471) އާއި، ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު (އައިޑީ ކާޑު ނަންބަރު A047566) އާއި އެކު ޖުމްލަ 09 (ނުވައެއް) ވާރިޗުން ކަމަށާއި، މަރްޙޫމް ނިޔާވިއިރު އެ މަރްޙޫމްގެ އަނބި، ބައްޕަ، މަންމަ، ކާފަ، މާމަ މިއިން މީހަކު ދުނިޔޭގައި ނެތްކަމަށާއި، މިކަން ދަންނާނެ ހެކިންނަކީ ގ. އޯލިއެސްޓަރ / މާލެ، އަޙްމަދު އިބްރާހީމް (އައިޑީ ކާޑު ނަންބަރު A006661) އާއި ތ. ވިލުފުށި / ފެހިވިލާގެ، މުޙައްމަދު އިބްރާހީމް (އައިޑީ ކާޑު ނަންބަރު A076978) އާއި ދެމީހުން ކަމަށާއި މަރްޙޫމްގެ ތަރިކައިގައި ހިމެނިގެން މި ޤަޟިއްޔާގައި ބަހައި ހަމަޖައްސަން ހުށަހެޅިފައިވަނީ މަރްޙޫމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގ.

[46]ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ ކަމަށާއި، މަރްޙޫމްގެ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނޯންނާނެ ކަމަށާއި، ބައްޕަގެ ތަރިކައިގެ އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުއަށް ވާ ބައި އޭގެ ޒާތުން ބިމާއެކު ބޭނުންކަމަށާއި، މި ތަރިކަ ބަހަން އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު އެދެނީ ހުރިހާ ވާރިޘުންގެ މެދުގައި ހަމަހަމަ އުޞޫލުން ކަމަށާއި އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުގެ ނަމުގައި ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ފްލެޓެއް ވިޔަސް ރަޖިސްޓަރީ ކުރެވިފައި ނުވާކަމަށް ބުނެ ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ދަށުން އެ ކޯޓަށް މައްސަލަ ހުށަހެޅި އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު އެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާން ދީފައިވާއިރު، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދުގެ ބަޔާނުގައި ހެކިންގެ ގޮތުގައި ފާހަގަކޮށްފައިވާ މުޙައްމަދު އިބްރާހީމް، ތ. ވިލުފުށި / ފެހިވިލާގެ އާއި، އަޙްމަދު އިބްރާހީމް، ގ. އޯލިއެސްޓަރ / މާލެ އާއި މި ދެމީހުން ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގެ ބަޔާނުން ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް 01 އޯގަސްޓް 2010 ގައި ނިޔާވެފައިވާ ކަމާއި، އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު އޭނާގެ ވާރިޘުންގެ ގޮތުގައި ތިބީ އެ މަރްޙޫމްގެ އުފަން 5 (ފަހެއް) ފިރިހެން ދަރިންކަމުގައިވާ، ގ. ހެޕީސައިޑް / މާލެ، މުޙައްމަދު ޝިޔާމް އިބްރާހީމް އާއި، ގ. ހެޕީސައިޑް / މާލެ، އަޙްމަދު ޝިޔާމް އާއި، ގ. ހެޕީސައިޑް / މާލެ، ޢަލީ ޝިޔާމް އާއި، ގ. ހެޕީސައިޑް / މާލެ، ޢަބްދުﷲ އިރުޝާދު އާއި، ގ. ހެޕީސައިޑް / މާލެ، ޙުސައިން އިލްހާމް އާއި، 4 (ހަތަރެއް) އަންހެން ދަރިންކަމުގައިވާ ގ. ހެޕީސައިޑް / މާލެ، ފާޠިމަތު ޝިޔާމާ އާއި، ގ. ހެޕީސައިޑް / މާލެ، ރޯޒީ އާއި، ގ. ހެޕީސައިޑް / މާލެ، ޚަދީޖާ ލީމް އާއި، ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު އާއި އެކުޖުމްލަ 09 (ނުވައެއް) ވާރިޘުން ކަމާއި، އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު އޭނާގެ އަނބެއް، ބައްޕައެއް، މަންމައެއް، ކާފައެއް، މާމައެއް މިއިން މީހަކު ދުނިޔޭގައި ނެތްކަމާއި، މިކަންކަން އިޝާރާތްކުރެވުނު ތ. ވިލުފުށި / ފެހިވިލާގެ، މުޙައްމަދު އިބްރާހީމް އާއި، ގ. އޯލިއެސްޓަރ / މާލެ، އަޙްމަދު އިބްރާހީމް އާއި މި ދެމީހުންގެ ހެކި ބަހުން ޝަރީޢަތަށް ސާބިތުވާކަން އެނގެން އޮންނަކަމެވެ.

[47](ބ) ފަސްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާގެ ޝަރީޢަތަށް ހުށަހެޅިފައިވާކަން އެނގެން އޮންނަ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ "މަރު ސާބިތުކުރި ލިޔުން" މި ނަމުގައިވާ ރަސްމީ ލިޔުމުން ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް (އައިޑީ ކާޑު ނަންބަރު A037676) 01 އޯގަސްޓް 2010 ގައި ނިޔާވެފައިވާކަން އެނގެން އޮންނަކަމެވެ.

[48](ޅ) ހަވަނަ ކަމަކީ، ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް (އައިޑީ ކާޑު ނަންބަރު A037676) 01 އޯގަސްޓް 2010 ގައި ނިޔާވެފައިވާކަމަށާއި، މަރްޙޫމްގެ ތަރިކައިގައިވާ މަރްޙޫމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އޭގެ ޒާތުން ލިބުމަށް ބޭނުންކަމަށާއި، މަރްޙޫމްގެ ވާރިޘުންނާއި، ތަރިކައިގައި ހުރި އެއްޗަކާ މެދު މައްސަލަ ހުށަހެޅި ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ބުނެފައިވަނީ ރަނގަޅަށް ކަމަށާއި، ވާރިޘުންގެ ތެރެއިން ވަކި ވާރިޘަކަށް ފްލެޓެއް ލިބިފައިވީ ނަމަވެސް އަދި އެއީ އެފަރާތަށް މިލްކުކުރެވިފައިވާ ތަނަކަށް ނުވާތީ އާއި، އަދި އެއީ މިހާރުވެސް ކުލި ދައްކަމުން ދާ ތަނަކަށްވާތީ، އެ ވާރިޘަށް ގޯތި ގެދޮރުގެ ތަނަވަސްކަން ލިބިފައިވާކަމަށް ނުދެކޭ ކަމަށާއި، މުދާ ބަހަން އެދެނީ ހަމަހަމަ އުޞޫލުން ކަމަށްބުނެ، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ވާރިޘުންގެ ތެރެއިން އެ މަރްޙޫމްގެ ދަރިންކުރެ މުޙައްމަދު ޝިޔާމް އިބްރާހީމް އާއި، އަޙްމަދު ޝިޔާމް އާއި، ޙުސައިން އިލްހާމް އާއި، ފާޠިމަތު ޝިޔާމާ އާއި، ރޯޒީ އާއި، ޚަދީޖާ ލީމް ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާގެ ޝަރީޢަތަށް ބަޔާން ދީފައިވާކަން އެނގޭކަމެވެ.

[49](ކ) ހަތްވަނަ ކަމަކީ، ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A037676) 01 އޯގަސްޓް 2010 ގައި ނިޔާވެފައިވާކަމަށާއި، މަރްޙޫމްގެ ތަރިކައިގައިވާ މަރްޙޫމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އޭގެ ޒާތުން ލިބުމަށް ބޭނުންކަމަށާއި، މަރްޙޫމްގެ ވާރިޘުންނާއި، ތަރިކައިގައި ހުރި އެއްޗަކާ މެދު މައްސަލަ ހުށަހެޅި ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ބުނެފައިވަނީ ރަނގަޅަށްކަމަށާއި، ގޯތި ގެދޮރުގެ ތަނަވަސްކަން ލިބިފައިވާ ވާރިޘުންނަށް މި ތަރިކަ ހުރި ބިމުން ލިބެންޖެހޭކަމަށް ނުދެކޭކަމަށާއި، މުދާ ބަހަން އެދެނީ ހަމަހަމަ އުޞޫލުންކަމަށް ބުނެ މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ވާރިޘުންގެ ތެރެއިން އެ މަރްޙޫމްގެ ދަރިންކުރެ ޢަލީ ޝިޔާމް ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާގެ ޝަރީޢަތަށް ބަޔާން ދީފައިވާކަން އެނގޭކަމެވެ.

[50](އ) އަށްވަނަ ކަމަކީ، ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް (އައިޑީ ކާޑު ނަންބަރު A037676) 01 އޯގަސްޓް 2010 ގައި ނިޔާވެފައިވާކަމަށާއި، މަރްޙޫމްގެ ތަރިކައިގައިވާ މަރްޙޫމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އޭގެ ޒާތުން ލިބުމަށް ބޭނުންކަމަށާއި، މަރްޙޫމްގެ ވާރިޘުންނާއި، ތަރިކައިގައި ހުރި އެއްޗަކާ މެދު މައްސަލަ ހުށަހެޅި ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ބުނެފައިވަނީ ރަނގަޅަށްކަމަށާއި، ޢަބްދުﷲ އިރުޝާދުގެ ނަމުގައި ގޯއްޗެއް، ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ ފްލެޓެއްވެސް އަދި ރަޖިސްޓަރީކުރެވިފައި ނުވިނަމަވެސް، ކުލި ދައްކާގޮތަށް ފްލެޓެއް ލިބިފައިވާކަމަށާއި، ފްލެޓަކީ މިލްކުކުރެވިފައިވާ ތަނަކަށް ނުވާތީ އާއި، އަދި މިހާރުވެސް ކުލި ދައްކަމުންދާ ތަނަކަށްވާތީ، އެއީ ގޯތި ގެދޮރުގެ ތަނަވަސްކަން ލިބިފައިވާކަމަށް ބަލަންޖެހޭ ޙާލަތެއްކަމަށް ނުދެކޭކަމަށާއި، މުދާ ބަހަން އެދެނީ ހަމަހަމަ އުޞޫލުންކަމަށް ބުނެ، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ވާރިޘުންގެ ތެރެއިން އެ މަރްޙޫމްގެ ދަރިންކުރެ ޢަބްދުﷲ އިރުޝާދު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާގެ ޝަރީޢަތަށް ބަޔާން ދީފައިވާކަން އެނގޭކަމެވެ.

[51](ވ) ނުވަވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ގޮތުގެމަތިން، ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް ނިޔާވެފައިވަނީ 01 އޯގަސްޓް 2010 ގައިކަން އެނގެން އޮންނައިރު، އެ މަރްޙޫމްގެ ތަރިކަ ވާރިޘުންގެ މެދުގައި ބަހައި ހަމަޖެއްސުމަށް އެދި، އެ މަރްޙޫމްގެ ވާރިޘުންކުރެ އެ މަރްޙޫމްގެ އަންހެން ދަރި ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބެލި އެ ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅިފައިވަނީ 05 ފެބުރުވަރީ 2014 ގައި ކަމާއި، އަދި އެ ކޯޓުން އެ ޤަޟިއްޔާ ނިންމާފައިވަނީ 14 އެޕްރީލް 2014 ގައިކަން އެނގެން އޮންނައިރު، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު، އެ މަރްޙޫމްގެ ވާރިޘުންގެ ތެރެއިން ދުނިޔޭގައި ތިބިކަން ސާބިތުވާ އިސްވެ ބަޔާންކުރެވުނު 9 (ނުވައެއް) ވާރިޘުންގެ ނަމުގައި ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ރަޖިސްޓަރީ ކުރެވިފައި ނުވާކަން މި މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ސިވިލް ކޯޓަށް ފޮނުވާފައިވާ އެ އިދާރާގެ ނަންބަރު 425-G1/144/2014/102 (16 މާރިޗު 2014) ގެ ސިޓީއަށް ބެލުމުން އެނގެން އޮންނައިރު، ގ. ހެޕީސައިޑް / މާލެ، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ގޯއްޗަކީ 3518 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްކަން އެ ގޯއްޗަށް މާލޭ މުނިސިޕަލްޓީއިން ހަދާދީފައިވާ ނަންބަރު 12279.ބ" "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ" އިން އެނގެން އޮންނައިރު، އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެ ބައި) ގެ މިލްކުވެރިންނަކީ މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ދެ ދޮންދަރިން ކަމުގައިވާ ގ. ހެޕީސައިޑް / މާލެ، ޙަސަން ޝެހެޝާން އާއި، ގ. ހެޕީސައިޑް / މާލެ، ޢާއިޝަތު ޝިމްލާކަން އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުން ސާފުކޮށް އެނގެން އޮންނާތީ، ޙަސަން ޝެހެޝާން އާއި ޢާއިޝަތު ޝިމްލާ އާއި، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު، ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބިކަން ސާބިތުވާ އިސްވެ އިޝާރާތްކުރެވުނު 9 ވާރިޘުންނާއެކު ޖުމްލަ 11 މީހުންގެ މެދުގައި ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގެ ބަންޑާރަ ބިން ހަމަހަމައަށް ބެހުމުން މީހަކަށް ޖެހޭ މިންވަރު 600 އަކަފޫޓަށްވުރެ ކުޑަވި ނަމަވެސް، ބުނެވުނު ގޯތީގެ ބިން 11 ބައި ކުރުމުން ބަޔަކަށްޖެހޭ ނިސްބަތުން މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގެ ބިމުން އެ މަރްޙޫމްގެ ބަޔާންކުރެވުނު 9 (ނުވައެއް) ވާރިޘުންނަށް ލިބުމަކަށް ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ ހިންގި ދުވަސްވަރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގައި ޢަމަލުކުރެވެމުން ދިޔަ ކަމާބެހޭ މާއްދާތަކުގައި ބަޔާންކުރެވިފައިވާ އަޙްކާމްތައް، ހުރަސްއަޅާފައި ނުވާކަން އެނގެން އޮންނަކަމެވެ.

[52](މ) ދިހަވަނަ ކަމަކީ، ގ. ހެޕީސައިޑް / މާލެ، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު، އެ މަރްޙޫމްގެ ވާރިޘުންގެ ތެރެއިން ދުނިޔޭގައި ތިބިކަން ސާބިތުވާ އިސްވެ ބަޔާންކުރެވުނު 9 (ނުވައެއް) ވާރިޘުން، އެ ވާރިޘުންގެ ބައްޕަ މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައި އެ މަރްޙޫމްގެ ތަރިކައިގެ ގޮތުގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން އެ މަރްޙޫމްގެ 9 (ނުވައެއް) ވާރިޘުންގެ މެދުގައި ބަހަން ހުށަހަޅާފައިވަނީ އެ އެންމެންނަށް ހަމަހަމަ ވާގޮތަށް ބެހުމަށްކަން އެ ފަރާތްތަކުން ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ އެ ފަރާތްތަކުގެ ބަޔާންތަކުން އެނގެން އޮންނަކަމެވެ.

[53](ފ) އެގާރަވަނަ ކަމަކީ، ގ. ހެޕީސައިޑް / މާލެ، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ވިޔަސް އޮތްކަން އެނގެން ނެތްކަމަށާއި އަދި ހަމައެހެންމެ ގ. ހެޕީސައިޑް / މާލެ، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ މައްޗަށް ޤާނޫނު ނަންބަރު 28/76 (ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައި ހުންނަ، މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައިވާ ފަދަ ދަރަންޏެއް ނެތްކަމަށް މަދަނީ ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ ފާހަގަކުރެވިފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާއިރު، އެކަންކަމާމެދު އިސްތިއުނާފީ މަރުޙަލާގައިވެސް އަދި ސުޕްރީމް ކޯޓުގެ މި ޤަޝިއްޔާއިން މި މައްސަލަ ބެލި މަރުޙަލާގައިވެސް، މައްސަލައާ ގުޅޭ ފަރާތަކުން އެއްވެސް އިޝްކާލިއްޔާއެއް އުފައްދައި، ޝަކުވާއެއް ހުށަހަޅާފައި ނުވާކަން އެނގެން އޮންނަކަމެވެ.

[54](ދ) ބާރަވަނަ ކަމަކީ، ގ. ހެޕީސައިޑް / މާލެ، ޢާއިޝަތު ޝިމްލާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ތާރީޚް ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޝިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ނުވާތީ ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ތާރީޚް ސާފުކޮށްދިނުމާއެކު ޢާއިޝަތު ޝިމްލާގެ ފަރާތުން ބުނެވުނު ސިވިލް ކޯޓުގެ ޤަޝިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ ކޮޕީއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވައި ދިނުމަށް އެދި މި ކޯޓުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެންނެވުމުން ދިވެހިރާއްޖޭގެ ހައިކޯޓުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވި ހައިކޯޓުގެ ނަންބަރު 95-CR/197/2017/26 (26 ނޮވެންބަރު 2017) ގެ ސިޓީއިންނާއި އަދި އެ ސިޓީއާއެކު އެ ކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވި، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް ޢާއިޝަތު ޝިމްލާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ ކޮޕީއިން، ސިވިލްކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ 28 އޯގަސްޓް 2014 ގައިކަން އެނގެން އޮންނައިރު، އެ ތާރީޚްއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/01 (27 ޖަނަވަރީ 2015) ގެ ރޫލިންގްގެ ދަށުން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާ އުވުމުގެ މާކުރީގެ ތާރީޚެއްކަމަށް ވުމުން ބުނެވުނު ތާރީޚްއަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާއަށް ޢަމަލުކުރެވެމުން ދިޔަ ދުވަސްވަރުގެ ތާރީޚްއެއްކަން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ އެ ނައްޞަށް ބަލާއިރު މާލޭގައި ޤާއިމުވެފައިވާ ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތަކީ، އެ މައްސަލައެއް ނިމުނު ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަސްކަން އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން އެނގެން އޮތް ނަމަވެސް، ބުނެވުނު މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލަތައް ހުށަހަޅަންޖެހޭ މުއްދަތު ގުނާނީ ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތުންކަމަށް ބުނެވުނު ޤާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އެ ކޯޓުން ނިންމި ތާރީޚްއަކީ މީލާދީ ސަނަތުން 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަސްކަމަށް ވުމުން، އެ ދުވަހުން ފެށިގެން ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނުކަން އެނގެން އޮންނަ މީލާދީ ސަނަތުން 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހާއެކު އެ ދެމެދުގައިވާ ދުވަސްތަކުގެ ތެރެއިން، ސަރުކާރު ބަންދު ދުވަސްތަކާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އެ ކޯޓުން ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި މި އެންމެހާ ދުވަސްތައް އުނިކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ އޭރު ޢަމަލުކުރެވެމުންދިޔަ އެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ށ) ގައި އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް، އިސްތިއުނާފުގެ މުއްދަތު ހިސާބުކޮށް ބެލުމުން ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވަނީ އެ ޤަޝިއްޔާ ނިމުނުތާ 90 ވަނައަށް ވީ ދުވަހުކަން ސާފުކޮށް އެނގެން އޮންނާތީ، ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފަށް ބަލައިގަނެފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ އޭރު ޢަމަލުކުރެވެމުންދިޔަ އެ ޤާނޫނުގެ 42 ވަނަ މާއްދާގައި އިސްތިއުނާފުގެ މުއްދަތު ގުނުމުގައި ޢަމަލުކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަކަމެވެ.

[55](ތ) ތޭރަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާއަކީ އިސްވެ ބަޔާންކުރެވުނު ފަދައިން ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް 01 އޯގަސްޓް 2010 ގައި ނިޔާވެފައިވާތީ، އެ މަރްޙޫމްގެ ތަރިކަ އެ މަރްޙޫމްގެ ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށް އެދި ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި، ނިންމާފައިވާ ޤަޟިއްޔާއެއްކަމަށް ވެފައި، މަރްޙޫމް އިބްރާހީމް ރަޝާދު އާދަމް ނިޔާވިއިރު، އޭނާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބި ވާރިޘުންނަކީ ކޮންބައެއްކަން، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ، ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ބަޔާންކޮށްފައިވާއިރު، ގ. ހެޕީސައިޑް / މާލެ، ޢާއިޝަތު ޝިމްލާއަކީ ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމްގެ ވާރިޘެއްކަމަށް ބަޔާންކޮށްފައި ނުވާކަން އެނގެން އޮތުމުގެ އިތުރުން ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމި އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ މައްސަލަ އެ ކޯޓަށް ހުށަހެޅުމުގެ މާކުރިން އަދި ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް ނިޔާވުމުގެ ވެސް ކުރިން އޭނާގެ ޙަޔާތުގައި، އޭނާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައިކުޅަ ދެ ބައި) އިބްރާހީމް ރަޝާދު އާދަމްގެ ދެ ދޮންދަރިން ކަމުގައިވާ ގ. ހެޕީސައިޑް / މާލެ، ޢާއިޝަތު ޝިމްލާ އާއި، ގ. ހެޕީސައިޑް / މާލެ، ޙަސަން ޝެހެޝާނަށް ހިބައިން ދިނުމަށް އެދި ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމް 09 އޯގަސްޓް 1999 ގައި މަދަނީ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައި، 28 އޮކްޓޯބަރު 1999 ގައި އެ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ދަށުން ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައި ކުޅަ ދެބައި) މިލްކުވެގެން ވަނީ މި ބުނެވުނު ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާންއަށްކަން ބުނެވުނު މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުން އެނގެން އޮންނައިރު، އެ ޙުކުމަކީ އަދި އަދަށްވެސް ބަދަލުނުވެ ދެމި އޮތް ޙުކުމެއްކަން އެނގެން އޮތުމުން މަދަނީ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގައި ކޮށްފައިވާ ބުނެވުނު ޙުކުމުގެ ދަށުން ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާނަށް ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން މިލްކުވެފައިވާ 2/12 (ބާރަބައި ކުޅަ ދެބައި) އަކީ މަރްޙޫމް އިބްރާހީމް ރަޝާދު އާދަމްގެ ތަރިކައިގައި ހިމެނޭނޭ ބައެއްކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ނުބެލެވޭނެތީ ގ. ހެޕީސައިޑް / މާލެ، އިބްރާހީމް ރަޝާދު އާދަމްގެ ތަރިކަ ވާރިޘުންގެ މެދުގައި ބަހައި ހަމަޖެއްސުމަށް އެދި ގ. ހެޕީސައިޑް / މާލެ، އާމިނަތު ޝިޔާމާ އިބްރާހީމް ރަޝާދު، ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ނިންމާފައިވާ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާއަކީ، އެ ޤަޟިއްޔާގެ ޝަރީޢަތަށް ޢާއިޝަތު ޝިމްލާ ޙާޟިރުވެ ޖަވާބުދާރީ ވާންޖެހޭފަދަ އަސާސެއްގެ މައްޗަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްކަމަށް ނުބެލެވޭކަމުން އިސްވެ އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ ނިންމާފައިވަނީ އެ ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅުމުގެ މާކުރިން މަދަނީ ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 872/MC/99 ޤަޟިއްޔާގެ ދަށުން ޢާއިޝަތު ޝިމްލާ އާއި، ޙަސަން ޝެހެޝާނަށް ލިބި ސާބިތުވެފައިވާ ޙައްޤަކަށް ހުރަސްއެޅޭ ގޮތަށްކަމަށް ޢާއިޝަތު ޝިމްލާ ދެކޭނަމަ ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ ޤާނޫނީ ޙުދޫދުގެ ތެރެއިން އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ޢާއިޝަތު ޝިމްލާއަށްވެސް ލިބިފައިވާ އަސާސީ ޙައްޤެއްކަމަށް ވުމުން އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އެ ކޯޓުގައި ހިނގި ދުވަސްވަރު ޢާއިޝަތު ޝިމްލާގެ ފަރާތުން ސިވިލް ކޯޓުގައި އެއްވެސް ޝަކުވާއެއް ކޮށްފައި ނުވުމަކީ، ނުވަތަ އޭނާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ މައްސަލައިގެ ތެރެއަށް ތަދައްޚުލުވެފައި ނުވުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ޢާއިޝަތު ޝިމްލާއަށްވެސް ލިބިފައިވާ އިސްތިއުނާފީ ޙައްޤުގެ ބޭނުން ޤަވާޢިދުން ކުރުމަށް ހުރަސްއެޅޭނެ، ޝަރީޢަތާއި ޤާނޫނު ޤަބޫލުކުރާފަދަ އަސާސެއްގެ މައްޗަށް އިސްތިނާދު ވެގެންވާ ޞައްޙަ ރަނގަޅު ސަބަބެއްކަމަށް ނުބެލެވޭކަމެވެ.

[56](ލ) ސާދަވަނަ ކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގައި ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލަ އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ޙަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި، އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެއް ކަމަށް ކަނޑައެޅި ބަޔާންވެފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އެ ކޯޓުން ނިންމިއިރު، އެ ކޯޓުން އެ ޤަޝިއްޔާ ނިންމާފައިވަނީ، އެ ޤަޝިއްޔާ އެ ކޯޓަށް ހުށަހެޅުމުގެ މާކުރިން މަދަނީ ކޯޓުން ނިންމާފައިވާ އިސްވެ އިޝާރާތްކުރެވުނު އެ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމަށް ތަބާނުވެ، އެ ޙުކުމުގެ ދަށުން ޢާއިޝަތު ޝިމްލާ އާއި ޙަސަން ޝެހެޝާނަށް ކަށަވަރުވެ ސާބިތުވެފައިވާ އެ ފަރާތްތަކުގެ ޙައްޤު ނިގުޅިގެންދާ ގޮތަށްކަން ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާގައި ކޮށްފައިވާ ޙުކުމުން ސާފުކޮށް އެނގެން އޮންނައިރު، ޢާއިޝަތު ޝިމްލާގެ ފަރާތުން ބުނެވުނު ސިވިލް ކޯޓުގެ ޤަޝިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައިގަނޑު ސަބަބަކީވެސް ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާގެ މައްސަލަ އެ ކޯޓުން ނިންމާފައިވަނީ އޭގެ ކުރިން މަދަނީ ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 872/MC/99 ޤަޝިއްޔާއިން ގ. ހެޕީސައިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 2/12 (ބާރަބައި ކުޅަ ދެބައި) އަކީ ޢާއިޝަތު ޝިމްލާ އާއި ޙަސަން ޝެހެޝާނަށް މިލްކުވެގެންވާ ބައެއްކަމަށް ކަނޑައަޅާފައިވަނިކޮށް އެކަމަށް ރިޢާޔަތް ނުކޮށްކަމަށް ވާތީ، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާގެ އެ ނިންމުމަކީ އެއް މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއް ހަމަ އެ މަރުޙަލާއިން ބާޠިލުކުރި ކުރުމެއް ކަމަށާއި އެހެންކަމުން އެއީ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 އަމުރާވެސް ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ޢާއިޝަތު ޝިމްލާ ދެކޭތީ އެ ސަބަބުގެ މައްޗަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތުމުން، ބުނެވުނު ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޢާއިޝަތު ޝިމްލާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އެ ޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޢާއިޝަތު ޝިމްލާ ދެކޭ ޤާނޫނީ ސަބަބުތަކެއް ބަޔާންކޮށްގެންކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) އިން އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާވެފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން އެއީ ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ދަށު ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކޮށް ދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނު ހުއްދަކުރާ ސަބަބެއްކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގައި ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށް ވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމަށް ކަނޑައެޅި ބަޔާންވެފައިވުމުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) ގެ ނައްޞު ތަފުސީރުކުރުމުގައި أَصْوْلُ الْفِفَهِ (އުޞޫލުލް ފިޤުހި) ގެ ޢިލްމުގައި އިސްތިޤުރާރުވެފައިވާ މަފްހޫމުލް މުޚާލަފާ (مفهوم المخالفة) ގެ އުޞޫލީ ޤާޢިދާގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ފަދަ ކަމާބެހޭ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ބޭރުން، ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގެ މައުޟޫޢު ހަމަ އެ މަރުޙަލާގެ އެހެން ކޯޓަކުން ބެލުމާއި އަދި ހަމަ އެހެންމެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ހުރަސްއެޅިދާ ފަދަ އެއްވެސް ނިންމުމެއް ހަމަ އެ ކޯޓުން ނުވަތަ އެ މަރުޙަލާގެ އެހެން ކޯޓަކުން ނިންމުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫންކަން އެނގެން އޮންނަ އޮތުމުގެ އިތުރުން، ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދުސްތޫރީ މި މަބުދައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 (02 މާރޗް 2011) ގެ ކޯޓު އަމުރުން އިތުރަށް ކަށަވަރުކޮށްދީ، ނަގަހައްޓާފައިވާ މަބުދައެއްކަން ވެސް އެނގެން އޮންނާތީ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ގ. ހެޕީސައިޑް / މާލެ، ޢާއިޝަތު ޝިމްލާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް ދިނުމަށް އެދި ހުށަހެޅުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ހިންގާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަކެމެވެ.

[57](ގ) ފަނަރަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޝިއްޔާގެ ފާހަގަކުރެވުނު ބައެއް ނުކުތާތަކުގައާއި ޙުކުމުގެ ޢިބާރާތުގައި ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާއާ ޙަވާލާދީ އެ ޤަޝިއްޔާގެ ނަންބަރު ލިޔުމުގައި "ސިވިލް ކޯޓުގެ ނަންބަރު "448/Cv-C/2014 މިގޮތަށް ނަންބަރު ޖެހިފައިވަނީ ލިޔުމުގެ ކުށަކުންކަން ފާހަގަކުރެވުނު ކަމުގައިވިއަސް އިސްވެ ބަޔާންކުރެވިދިޔަ އެންމެހައި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޝިއްޔާ އިސްތިއުނާފުކޮށް ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޝިއްޔާގެ ދަށުން ނިންމާފައިވާ ނިންމުންތައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ ޤަޝިއްޔާއިން ނިންމާފައިވާ ނިންމުންތައް ރަނގަޅު ނޫންކަމަށް ބަލާނެ ތަނެއްނެތްކަން އެނގެން އޮންނަކަމެވެ.

ޙުކުމް:

[58]އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން، ސިވިލް ކޯޓުގެ ނަންބަރު 348/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކޮށް ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްތައް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/245 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްތަކަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް މިގޮތުގެމަތިން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ (1)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
  • ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/01 (27 ޖަނަވަރީ 2015) ރޫލިންގ
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/03 (02 މާރޗް 2011) ކޯޓު އަމުރު

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ