ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-E/09ސުޕްރީމް ކޯޓު · 23 އޭޕްރީލް 2017

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 އޭޕްރީލް 2017ބާވަތް: އިންތިޚާބީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު:2017/SC-E/09

ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން

ދަޢުވާ ލިބޭ ފަރާތް: ޙުސައިން ޖަބީން

މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ

މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 13 އެޕްރީލް 2017

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 އެޕްރީލް 2017

ނިމުނު ތާރީޚް: 23 އެޕްރީލް 2017

މައްސަލަ ނިންމި ގަޑި: 16:43

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

މައްސަލައިގެ ޚުލާޞާ

މި ޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ތ. ވިލުފުށީ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލައިފައިވާ ތ. ވިލުފުށީ އޯޝަންރީޑް، ޙުސައިން ޖަބީން އަކީ ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 19/N2C/2016 ޤަޟިއްޔާއިން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވެ، ޙުކުމް ތަންފީޛުކުރަމުންދާ މީހަކަށްވެފައި، އެއްވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހެއްކަމަށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއް ކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ކަނޑައަޅައިފައިވާތީ، ތ. ވިލުފުށީ އޯޝަންރީޑް، ޙުސައިން ޖަބީނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/01 ޤަޟިއްޔާއިން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ 48 ގަޑިއިރު ފާއިތުވާ ފަހުން އިންތިޚާބަށް ކުރިމަތިލުމަށް އެދިފައިވާ މީހެއްގައި ފުރިހަމަވުން ޤާނޫނުން ލާޒިމްކޮށްފައިވާ ޝަރުޠެއް ފުރިހަމަނުވާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެ މީހެއްގެ ކެންޑިޑެސީ ބާޠިލްކޮށްދިނުން އެދި ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހަޅަންޖެހޭނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށް، ޙުސައިން ޖަބީންގެ ކެނޑިޑެސީއަކީ ބާޠިލް ކެނޑިޑެސީއެއްކަމަށް ކަނޑައަޅައިދިނުން އެދި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

ފާހަގަކުރެވުނު ނުކުތާތައް

މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކައިފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފައިވާ ނިންމުންތަކުގެ މައްޗަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި، ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީއާ ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެ ކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު، ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ހ) ގެ 8 ގައި "އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން" މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.

(ށ) ދެވަނަ ކަމަކީ، 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށްބުނެ، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ތ. ވިލުފުށީ އޯޝަންރީޑް، ޙުސައިން ޖަބީނަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވުމާ ގުޅިގެން ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 19/N2C/2016 ޤަޟިއްޔާއިން 06 (ހައެއް) މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ މީހެއްކަން، ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 19/N2C/2016 ޤަޟިއްޔާގެ ޙުކުމުން އެނގެން އޮތްއިރު، ޙުސައިން ޖަބީނުގެ މައްޗަށް އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރަމުންދާކަން، އެނގެން އޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައި ޞަރީޙަ ޢިބާރާތުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން އެ މީހަކަށް ލިޔުމަކުން އަންގަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، 29 ޖަނަވަރީ 2017 ގައި ތ. ވިލުފުށީ އޯޝަންރީޑް، ޙުސައިން ޖަބީން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅައިފައިވާކަމާއި، ތ. ވިލުފުށީ އޯޝަންރީޑް، ޙުސައިން ޖަބީނަށް، އެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމަށް ހުށަހެޅި ކެންޑިޑެސީ ޤަބޫލުކޮށް، 31 ޖަނަވަރީ 2017 ގައި އެކަން ތ. ވިލުފުށީ އޯޝަންރީޑް، ޙުސައިން ޖަބީނަށް އަންގައިފައިވާކަން އެނގެން އޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ޙުސައިން ޖަބީނަކީ ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 19/N2C/2016 ޤަޟިއްޔާއިން ހަމަސް ދުވަހަށް ގޭގައި ބަންދުކުރުމަށް ޙުކުމްކުރެވި އެ ޙުކުމް ތަންފީޛުކުރެވެމުން އަންނަ މީހަކަށް ވާތީ، ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރުގައި ބުނާ ޝަރުޠު ޙުސައިން ޖަބީންގެ ކިބައިން އުނިވެފައިވާކަން އެނގެން އޮންނަކަމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ތ. ވިލުފުށީ އޯޝަންރީޑް، ޙުސައިން ޖަބީނަކީ، ތ. ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 19/N2C/2016 ޤަޟިއްޔާއިން ހަމަސް ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް 06 އެޕްރީލް 2017 ގައި ކޮށްފައިވާ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކަށް ވާތީ، ޤާނޫނު ނަންބަރު 2017/1 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު( ގެ ދަށުން ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ހ) އަށް ގެނެވުނު އިޞްލާޙުގައި، "ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތަށް ފުރިހަމަ ވާންވާނެއެވެ" މިފަދައިން ބުނުމަށްފަހު އެމާއްދާގެ (ހ) ގެ 8 ވަނަ ނަންބަރުގައި "އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން" މިފަދައިން އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، 2017 ވަނަ އަހަރުގެ މެއި މަހުގެ 06 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގައި ކެނޑިޑޭޓެއްގެ ޙައިޘިއްޔަތުން ބައިވެރިވުމުގެ ޙައްޤު ތ. ވިލުފުށީ އޯޝަންރީޑް، ޙުސައިން ޖަބީނަށް ލިބިގެން ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ