މުޙައްމަދު އަކްރަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
HYPERLINK \l "_Toc107999611" ތަޢާރުފު
HYPERLINK \l "_Toc107999612" މައްސަލައިގައި ކަންހިނގާފައިވާ ގޮތް
HYPERLINK \l "_Toc107999613" ހައިކޯޓުން މައްސަލަ ނިންމިގޮތް
HYPERLINK \l "_Toc107999614" ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް
HYPERLINK \l "_Toc107999615" ޖިނާއީ މައްސަލަތަކުގައި ދަޢުވާ ކުރުމުގެ މުއްދަތު
HYPERLINK \l "_Toc107999616" މިމައްސަލާގައި ތަޙްޤީޤުގެ މުއްދަތު އިތުރުކުރުން
HYPERLINK \l "_Toc107999617" ވަކިވަކި ކުށްތަކަށް މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި މައްސަލައަށް މުއްދަތު އިތުރުކުރުން
HYPERLINK \l "_Toc107999618" މައްސަލަ ނިންމަން ފެންނަ ގޮތް
HYPERLINK \l "_Toc107999619" ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
HYPERLINK \l "_Toc107999620" ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
HYPERLINK \l "_Toc107999621" ޙުކުމް
މުޙައްމަދު އަކްރަމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފުމި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/55,56 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މުޙައްމަދު އަކްރަމް") ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް") އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތްކެނަބިސް ބޭނުންކުރުމާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައި 08 ޑިސެމްބަރު 2020 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މުޙައްމަދު އަކްރަމް ވަނީ ހައްޔަރު ކޮށްފައެވެ. އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ ދަށުން ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި، އެ ޤާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ މުޙައްމަދު އަކްރަމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 14 ފެބްރުވަރީ 2021 ގައި ކްރިމިނަލް ކޯޓުގައި އުފުލާފައިވެއެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 84/Cr-C/2021 ޤަޟިއްޔާއިންނެވެ. ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ 85/Cr-C/2021 ޤަޟިއްޔާއިންނެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 84/Cr-C/2021 ޤަޟިއްޔާ އާއި ނަންބަރު 85/Cr-C/2021 ޤަޟިއްޔާގައި މުޙައްމަދު އަކްރަމްގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާގައި ޝަރީޢަތުން ގޮތެއް ނިންމާފައިވަނީ ހުށަހެޅުންތަކުގެ ތެރެއިން ފުރަތަމަ ހުށަހެޅުމާއި ދެވަނަ ހުށަހެޅުމަށެވެ. ފުރަތަމަ ހުށަހެޅުމާއި ދެވަނަ ހުށަހެޅުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި، މި ދަޢުވާއަކީ ދަޢުވާކުރުމުގެ މުއްދަތު ފާއިތުވެ ދިޔަފަހުން އުފުލާފައިވާ ދަޢުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. މި ދެ ހުށަހެޅުން ބިނާކޮށްފައިވާ ސަބަބެއް ކަމަށް ބުނެފައިވަނީ ތަޙްޤީޤުކުރުމުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިތުރުކޮށްފައިވަނީ މުއްދަތު އިތުރު ކުރުމަށް ފުލުހުން އެދިފައި ނުވަނީސް ކަމަށާއި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މުއްދަތު އިތުރު ކުރެވިފައި ނުވާ ކަމަށާއި، ދަޢުވާ އުފުލާފައިވަނީ އެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުން ކަމަށެވެ.
ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގައި ޝަރީޢަތުން ގޮތެއް ނިންމާފައިވަނީ ހުށަހެޅުންތަކުގެ ތެރެއިން ފުރަތަމަ ހުށަހެޅުމަށެވެ. ފުރަތަމަ ހުށަހެޅުމުގައި ބުނެފައިވަނީ މި ދަޢުވާއަކީ ދަޢުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން އުފުލާފައިވާ ދަޢުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. މި ހުށަހެޅުން ހުށަހެޅި ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ ކެނެބިސް ބޭނުން ކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޖިނާއީ ބޮޑުކުށެއް ކަމަށް ނުވާއިރު، އެކުށާ ގުޅިގެން އެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.
މި ދެޤަޟިއްޔާގައި ހުށަހެޅުނު ހުށަހެޅުންތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ދެ ނިންމުމުގައި ވަނީ އެއް ޢިބާރާތެކެވެ. އެ ދެ ނިންމުމުގައި ބުނެފައިވަނީ، "މި މައްސަލައިގައި ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަން އެނގެން އޮތް ހިނދު، ދަޢުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި މި ދަޢުވާ އުފުލާފައި ނުވާކަން މަދަނީ މިންގަނޑުން ސާބިތު ކޮށްދީފައިވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން މި މައްސަލަ މައުޟޫޢީގޮތުން ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށެވެ."
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި، ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން، އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ދެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތްޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2021/HC-B12/55, 56 ޤަޟިއްޔާ އިންނެވެ.
މި މައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި، ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ބާޠިލުކުރުމަށާއި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ކަނޑައެޅުމާ ހަމައިން ފެށިގެން އެ ދެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލު ކުރުމަށެވެ. ތަފާތުވި ރައުޔުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުމުގައި ބުނެފައިވަނީ ބައެއް ލިޔުންތަކުގައި ތާރީޚު އޮޅިފައި ހުރި ނަމަވެސް، އެ ލިޔުންތައް ބަލައި ދިރާސާކޮށް ބެލި ބެލުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކޮށް، ދަޢުވާ އުފުލުމަށް ލިބޭ މުއްދަތުގެ ތެރޭގައި މި މައްސަލައިގައި ދަޢުވާ އުފުލިފައިވާކަން އެނގޭ ކަމަށާއި، މުއްދަތު އިތުރުކުރެވުނު ގޮތާ ގުޅިގެން ލިޔުން ހުށަހެޅުމުގައި ހުރި އޮޅުންތަކަކީ ރަނގަޅުކޮށް، އިޞްލާޙު ކުރެވިދާނެ އައިބުތަކެއް ކަމާއި، އަދި ލިޔުމުގައިވާ ތާރީޚުތަކުގައި ހުރި އޮޅުންތައް ސާފުކުރުމުގެ ފުރުޞަތު އޮތުމުން، މި މައްސަލައިގައި ދަޢުވާ އުފުލިފައިވަނީ މުއްދަތު އިތުރުކުރުމުގެ އިޖުރާއަތާ ޚިލާފަށްކަމަށް ބަލައި މައްސަލަ ބާޠިލު ނުކުރެވޭނެ ކަމަށެވެ.
ހައިކޯޓުގެ ނަންބަރު 2021/HC-B12/55, 56 ޤަޟިއްޔާގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ މުޙައްމަދު އަކްރަމްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައްމުޙައްމަދު އަކްރަމްގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފީ ހަތަރު ނުކުތާ ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކުގައި މުޙައްމަދު އަކްރަމްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
ހައިކޯޓުން މައްސަލަ ނިންމުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ "ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް ނިންމި ލިޔުން" އަކީ މައްސަލައިގެ މައުޟޫޢުގައި އުފެދިފައިވާ ސުވާލަށް ޖަވާބު ލިބިގެންދާ ލިޔުމެއްކަމަށް ބަލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ އިޖުރާއަތާ ޚިލާފަށްކަން.
ކްރިމިނަލް ކޯޓަށް ހުށަހެޅިފައިނުވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން.
"ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދޭ ފޯމު" އަކީ ޤާނޫނާ ޚިލާފަށް ވުޖޫދު ވެގެންދިޔަ ލިޔުމެއްކަން ދައުލަތުގެ ބަހުން ނަފީ ނުވާއިރު، މި ލިޔުމަށް ބާރު ދީފައިވަނީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށްކަން.
މުޙައްމަދު އަކްރަމްގެ މައްޗަށް އުފުލިފައިވާ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާއަކީ ކުޑަކުށެއް ކަމަށާއި، އެ ކުށުގެ ތަޙްޤީޤު މުއްދަތަކީ އިތުރުކުރެވޭނެ މުއްދަތެއް ކަމުގައިނުވާއިރު، އެ ދަޢުވާ އަލުން ބެލުމަށް ހައިކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އާއި 22 ވަނަ މާއްދާއާ ޚިލާފަށްކަން.
ޖިނާއީ މައްސަލަތަކުގައި ދަޢުވާ ކުރުމުގެ މުއްދަތުޖިނާއީ މައްސަލަތަކުގައި ދަޢުވާ ކުރުމުގެ މުއްދަތު ރާއްޖޭގައި ފަސް ޤާނޫނެއްގައި ބަޔާންކޮށްފައިވެއެވެ. މީގެތެރެއިން ޖިނާއީ މައްސަލަތަކުގައި ދަޢުވާ ކުރުމުގެ މުއްދަތުގެ ޢާންމު މިންގަޑު ބަޔާން ކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 61 ވަނަ މާއްދާގެ (ހ) އާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައެވެ. ޖިނާއީ ޚާއްޞަ ދެ ޤާނޫނެއް ކަމަށްވާ ބިރުދެއްކުމާއި ތޫނުހަތިޔާރު މަނާކުރުމުގެ ޤާނޫނާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި، އެ ދެ ޤާނޫނުގައި ބަޔާންވެގެންވާ ކުށްތަކަށް ޚާއްޞަ މިންގަޑެއް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައި ޖިނާއީ މައްސަލަތައް ހިމެނޭނެހެން އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާން ކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އިންތިޚާބުތަކާ ގުޅިގެން ކޯޓަށް ހުށަހެޅޭނެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތެއް ބަޔާންވެފައިވެއެވެ.
ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމާއެކު ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 94 ވަނަ މާއްދާ ހިނގަން ފަށާނެއެވެ. އޭގެ ކުރިން އެ މާއްދާ ހަރަކާތެއް ނުކުރާނެއެވެ. އެމީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފި ނަމަ ތަޙުޤީޤު ނިންމަންޖެހޭ މުއްދަތަކީ 30 ދުވަސް ކަމަށް ބަލައިގެން އެހިނދުން ފެށިގެން މުއްދަތު ހިނގަން ފަށާނެއެވެ. ފަނޑިޔާރު އެމީހަކު ދޫކޮށްލަން ނިންމައިފިނަމަ ތަޙުޤީޤު ނިންމަންޖެހޭ މުއްދަތަކީ 45 ދުވަސް ކަމަށް ބަލައިގެން އެ ހިނދުން ފެށިގެން މުއްދަތު ހިގަން ފަށާނެއެވެ. ދެ ޙާލަތުގައި ވެސް ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮންނާނީ 10 ދުވަހެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަޙުޤީޤުގެ މުއްދަތު އިތުރު ކުރެވޭ ނިޒާމެއް އޮވެއެވެ. ބަންދާމެދު ގޮތެއް ނިންމަން ނުގެންދާ މީހުންގެ މައްސަލަތަކަށް ހިނގާނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 61 ވަނަ މާއްދާގެ (ހ) ބުނާ މިންގަނޑެވެ.
މުޙައްމަދު އަކްރަމްއަކީ ޝަރީޢަތް ނިމެންދެން ބަންދު ކުރެވުނު މީހަކަށްވާތީ، މި މައްސަލައިގައި ހަމައެކަނި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ މުއްދަތަށް ބަލާލާނަމެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޒިރުކުރުމުން، އެމީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރިތާ 30 ދުވަހުގެ ތެރޭގައި ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭތާ 10 ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ދަޢުވާ އުފުލަން ވާނެ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެފައިވަނީ އަންނަނިވި ޢިބާރާތެވެ.
"މި މާއްދާގެ (ހ) އާއި (ނ) ގައި އެހެން އޮތްނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތު، 30 (ތިރީސް) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ."
މި މައްސަލައިގައި ތަޙްޤީޤުގެ މުއްދަތު އިތުރުކުރުން
ދެފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، މި މައްސަލައިގައި ތަޙްޤީޤުގެ މުއްދަތު އިތުރުކޮށްފައިވާ ގޮތަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
މުޙައްމަދު އަކްރަމް ހައްޔަރުކޮށް ބަންދުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރެވުނީ 08 ޑިސެންބަރު 2020 ގައި ކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގެ ދަށުން 30 (ތިރީސް) ދުވަސް ހަމަވާ ތާރީޚަކީ 07 ޖަނަވަރީ 2021 ގައިކަމެވެ.
މުޙައްމަދު އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވޭ އެއް ކުށަކީ ޑައިމޯފިން ޓްރެފިކް ކުރުން ކަމަށްވެފައި، އެއީ ޖިނާއީ ބޮޑު ކުށަކަށްވާތީ، ތަޙްޤީޤު ފުރިހަމަ ކުރުމަށް އިތުރު ވަގުތު ބޭނުންވާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވާ ގޮތުން، ސަބަބު ބަޔާންކޮށް މުއްދަތު އިތުރުކޮށް ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ފުލުހުން އެދެންޖެހޭ ކަމާއި، 07 ޖަނަވަރީ 2021 ގެ ކުރިން އެ މުއްދަތު އިތުރު ކުރެވިފައި އޮންނަން ޖެހޭކަމެވެ.
ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ދެ ފަހަރެއްގެ މަތީން މުއްދަތު އިތުރުކޮށް ދެވިފައިވާ ކަމަށާއި، 3 ޖެނުއަރީ 2021 ގައި މުއްދަތު އިތުރުކުރުމަށް ފުލުހުން ލިޔުމުން އެދިގެން، 07 ޖަނަވަރީ 2021 އިން 21 ޖަނަވަރީ 2021 އަށް 15 ދުވަހުގެ މުއްދަތެއް 5 ޖެނުއަރީ 2021 ގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އިތުރު ކުރެވުނު ކަމަށާއި، އޭގެފަހުން، 18 ޖެނުއަރީ 2021 ގައި އެ މައްސަލައިގައި މުއްދަތު އިތުރުކޮށް ދިނުމަށް ފުލުހުން އެދިގެން، 22 ޖެނުއަރީ 2021 އިން 05 ފެބްރުއަރީ 2021 އަށް 15 ދުވަހުގެ މުއްދަތެއް 20 ޖެނުއަރީ 2021 ގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އިތުރު ކުރެވުނު ކަމަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އެ މައްސަލައެއްގައި ތަޙްޤީޤުގެ މުއްދަތު އިތުރުކޮށްދީފައި ވާނަމަ، މައްސަލައިގެ ލިޔުންތައް ކޯޓަށް ފޮނުވާއިރު، އެ ލިޔުން ހިމެނެން ޖެހޭނެ ކަމަށް ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދުގެ 99 ވަނަ މާއްދާގެ (ތ) ގައި ބަޔާންވެގެންވާކަމާއި، މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދޭ ލިޔުން ފޮނުވަން ޖެހޭ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ނުވާކަމާއި، އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެ ލިޔުންވެސް ހުށަހެޅުން ކަމަށްވާތީ އެ ލިޔުމަކީވެސް އަދަބުވެސް ކޯޓަށް ހުށަހަޅާ ލިޔުމެއް ކަމަށް ދައުލަތުން ބުނެފައިވާކަމެވެ.
މިމައްސަލާގައި ކޯޓަށް މައްސަލައިގެ ލިޔުންތައް ފޮނުވިއިރު، ފުރަތަމަ ފަހަރަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން މުއްދަތު އިރުކޮށްދިން ލިޔުން ފޯލިއޯ 766 ގެ ގޮތުގައި މައްސަލައިގެ ލިޔުންތަކާއެކު ކްރިމިނަލް ކޯޓަށް ހުށަހެޅުނު ކަމަށާއި، ނަމަވެސް 3 ޖަނަވަރީ 2021 ގައި މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދުނު ލިޔުން ކޯޓަށް އެއިރު ހުށަހެޅިފައި ނުވާކަމަށާއި، ފޯލިއޯ 765 ގެ ގޮތުގައި ކޯޓަށް ހުށަހެޅިފައިވަނީ 18 ޖެނުއަރީ 2021 ގައި މުއްދަތު އިތުރުކުރުމަށް އެދި ފުލުހުން ހުށަހެޅި ފޯމު ކަމަށާއި އެ ފޯމުގައި އޮތް ކުށެއް އިސްލާހުކުރަން އެދުމުން ހަމަ އެ ތާރީޚުގައި ފުލުހުން އެ ކުށް އިސްލާހުކޮށް އެހެން ފޯމެއް ހުށަހެޅި ކަމަށާއި ފޯލިއޯ 767 ގެ ގޮތުގައި ކޯޓަށް ހުށަހެޅިފައިވަނީ އެ ފޯމު ކަމަށާއި އެ ފޯމުގައި ތާރީޚު ޖެހިފައިވަނީ 18 ޖެނުއަރީ 2021 ކަމަށާއި، އެ ފޯމު އެހެން ފޯމްތަކާއެކުގައި ހުށަހެޅުނީ އޮޅުމަކުން ކަމަށެވެ.
3 ޖެނުއަރީ 2021 ގައި މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދުނު ލިޔުން ކޯޓުން އެދިގެން ފަހުން އީ-މެއިލް ކުރިކަމަށާއި، އެހެން ނަމަވެސް އެ މުވައްޒަފު އޮފީހުން ވަކިވެފައިވާތީ އީ-މެއިލްގެ ކޮޕީއެއް ހުށަހެޅެން ނެތްކަމަށް ދަށުކޯޓުގައި އަދި ހައިކޯޓުގައި ވެސް ބުނެފައިވާ ކަމަށް ދައުލަތުން ބުނެފައިވާކަމެވެ.
3 ޖެނުއަރީ 2021 ގައި މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދުނު ލިޔުން ދައުލަތަށް ލިބިފައިވަނީ އީ-ގަވަރމަންޓް ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އީ-ގަވަރމަންޓް ޕޯޓަލް މެދުވެރިކޮށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ލިބުނުކަމުގެ ލިޔުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމާއި، އެ ލިޔުމަށް ބަލާއިރު، އީ-ގަވަރމަންޓް ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ ލިޔުމުގެ ނަންބަރަކީ 3 ޖެނުއަރީ 2021 ގެ ލިޔުމުގެ ނަންބަރު ކަން އެނގޭ ކަމާއި، ލިޔުން ލިބުނު ގަޑި އާއި ހަވާލުވި މީހާގެ ނަން ވެސް އޮތްކަން ފާހަގަ ކުރެވޭކަމެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، 3 ޖެނުއަރީ 2021 ގައި މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދުނުތޯ ބެލުމަށް ހުށަހެޅިފައިވާ ކަންކަން މަދަނީ މިންގަނޑުން ވަޒަންކޮށް ބަލާއިރު 3 ޖެނުއަރީ 2021 ގެ ލިޔުން ފުލުހުން ހުށަހެޅި ކަމަށާއި، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުއްދަތު އިތުރު ކޮށްފައިވަނީ ފުލުހުން ލިޔުމުން އެދިގެންކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެހެން ނަމަވެސް، ދައުލަތުން ހައިކޯޓަށް ހުށަހެޅި 3 ޖެނުއަރީ 2021 ގެ ލިޔުމާއި އެ ލިޔުން ދައުލަތަށް އީ-ގަވަރމަންޓް ޕޯޓަލް މެދުވެރިކޮށް ލިބުނު ކަމުގެ ލިޔުމަކީ ދައުލަތުން ދަށުކޯޓަށް ހުށަހެޅިނަމަ މިކަމުގައި އޮޅުން އަރާފައިވާ ކަންކަން ސާފުވާނެ ލިޔުމެއް ކަމުގައި ބެލެވެއެވެ.
އިޖުރާއީ ކޮންމެ ގޯހަކީ މައްސަލައަށް ނިމުމެއް އައިސް މައްސަލަ ބާޠިލުވާނެ ކަމެއް ނޫން ކަމަށް، ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމަށްވާ ޢަލީ ޒުބައިރު އާއި އިތުރު 2 ފަރާތެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި މައްސަލައިގައި ކަނޑައަޅާފައިވެއެވެ. މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 3 ޖެނުއަރީ 2021 ގެ ލިޔުން ފުލުހުން ހުށަހެޅިކަމަށާއި، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުއްދަތު އިތުރު ކޮށްފައިވަނީ ފުލުހުން ލިޔުމުން އެދިގެންކަމަށް ބުރަވެވޭއިރު، މުއްދަތު އިތުރު ކުރުމަށް ފުލުހުން އެދުނު ކަމާމެދު އަރާފައިވާ އޮޅުން ފިލުވާލުމަކީ ރަނގަޅު ކުރެވޭ ގޮތަށް އޮތްކަމެއް ކަމާއި، މިކަން ސާފުކުރުމުގެ ފުރުޞަތު އޮތުމުން، މި މައްސަލައިގައި ދަޢުވާ އުފުލިފައިވަނީ މުއްދަތު އިތުރުކުރުމުގެ އިޖުރާއަތާ ޚިލާފަށްކަމަށް ބަލައި މައްސަލަ ބާޠިލު ނުކުރެވޭނެކަމުގައި އަހުރެން ދެކެމެވެ. މިހެން މިކަން އޮތުމުން އިސްތިއުނާފީ ފުރަތަމަ ތިން ނުކުތާގައި އިސްތިއުނާފު ކުރާފަރާތުން ބުނެފައިވަނީ ރަނގަޅު ވާހަކަތެއް ނޫންކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ވަކިވަކި ކުށްތަކަށް މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި މައްސަލައަށް މުއްދަތު އިތުރުކުރުންމުޙައްމަދު އަކްރަމްގެ މައްޗަށް އުފުލިފައިވާ ކެނަބިސް ބޭނުންކުރުމުގެ ދަޢުވާއަކީ ކުޑަކުށެއް ކަމަށާއި، އެ ކުށުގެ ތަޙްޤީޤު މުއްދަތަކީ އިތުރުކުރެވޭނެ މުއްދަތެއް ކަމުގައި ނުވާއިރު، އެ ދަޢުވާ އަލުން ބެލުމަށް ހައިކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އާއި 22 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި މުޙައްމަދު އަކުރަމްގެ ފަރާތުން ބުނެފައިވެއެވެ. ދައުލަތުން ބުނެފައިވަނީ މިއީ ދަށު ކޯޓުގައި އަދި ހައިކޯޓުގައި ވެސް ބަހުސް ކުރެވިފައިވާ ކަމެއް ނޫންކަމަށެވެ.
ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ 1.1 ގައި އެ ހުށަހެޅުން ހުށަހެޅި ސަބަބަކީ ކޮބައިކަން ބަޔާންކުރަމުން މުޙައްމަދު އަކްރަމްގެ ފަރާތުން ބުނެފައިވާ ކަމަށް ބަޔާންކޮށްފައިވަނީ ކެނެބިސް ބޭނުން ކުރުމުގެ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޖިނާއީ ބޮޑުކުށެއްކަމަށް ނުވާއިރު، އެ ކުށާ ގުޅިގެން އެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ. ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ދަޢުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި މި ދަޢުވާ އުފުލާފައި ނުވާކަމަށެވެ. މިގޮތުން އެކަމަކީ ދަށު ކޯޓަށް ހުށަހެޅި ގޮތެއް ނިމިފައިވާ ކަމެއް ކަމަށް ބަލަންޖެހެއެވެ.
ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި ދަޢުވާގައި ހުށަހެޅި ހުށަހެޅުމާމެދު ވާހަކަ ދެއްކި ކަމަށް މުޙައްމަދު އަކްރަމްގެ ފަރާތުން ބުނެފައިވެއެވެ. ހައިކޯޓުން މައްސަލަ ނިންމަމުން ބުނެފައިވަނީ މި މައްސަލައިގައި ދަޢުވާ އުފުލިފައިވަނީ މުއްދަތު އިތުރުކުރުމުގެ އިޖުރާއަތާ ޚިލާފަށްކަމުގައި ބަލާނެތަނެއް ނެތްކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވަނީ، ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ކުރެވިދާނެ މައްސަލައެއް ކަމުގައި އެ މައްސަލަ ނުވާނަމަ، އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ކުރުމަށްޓަކައި މުއްދަތު އިތުރު ކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅިދާނެ ކަމަށާއި، އެފަދައިން އިތުރު ކުރެވޭ މުއްދަތު 30 (ތިރީސް) ދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށެވެ. މީގެ އިދިކޮޅު މަފްހޫމަކީ ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ނުވާނަމަ، މުއްދަތު އިތުރު ނުކުރެވޭނެ ކަމެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ތަޙްޤީޤު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން އެދިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުއްދަތު އިތުރު ކޮށްދިނުމުގައި މިހައިތަނަށް އަމަލު ކުރަމުން އައިގޮތަކީ، ތަޙްޤީޤުކުރެވޭ މައްސަލައިގައި ހިމެނޭ ވަކިވަކި ކުށްތަކަށް މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި ތަޙްޤީޤު ކުރެވޭ މައްސަލައަށް މުއްދަތު އިތުރުކޮށް އެ މައްސަލައިގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ދަޢުވާކުރުމެވެ. އެ މާއްދާގެ ނައްޞަށް ބަލާއިރު، ކުށުގެ ބަދަލުގައި ބަޔާން ކޮށްފައިވަނީ މައްސަލަކަން ފާހަގަކުރެވެއެވެ. ޢަމަލީ ގޮތުން ބަލާއިރުވެސް ތަޙްޤީޤު ކުރަމުންދާ މުޅި މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ނުވަނީސް އެ މައްސަލައިގެ ތެރޭގައި ހިމެނޭ ވަކިވަކި ކުށްތަކުގައި ދަޢުވާ އުފުލުމަކީ ފަސޭހަ ކަމެއް ކަމަށް ނުވުމާއި، އެންމެ ފުރިހަމަ ގޮތުގައި އިންސާފު ޤާއިމު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއްކަން ވެސް ފާހަގަ ކުރެވެއެވެ. މިހެން މިކަން އޮތުމުން މި ދަޢުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއާތުގެ ޤަނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށް އެ މާއްދާ މާނަކުރުމަކީ އެ ޤާނޫނުގެ މަޤްޞަދާއި ރޫޙާ އެއްގޮތް މާނަކުރެމެއް ނޫންކަމަށް އަހުރެން ދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތްއިސްވެ ބަޔާންވެ ދިޔަ ކަންކަން އެހެން ހުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ރ) ގެ ދަށުން މި މައްސަލައިގައި ތަޙްޤީޤުކުރުމުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރުކޮށްފައިވަނީ އެ މާއްދާގެ އެ އަކުރާއި ޚިލާފަށް ކަމަށް ނުވާތީ އާއި، މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ކަމަށްވާތީ، ހައިކޯޓުގެ ނަންބަރު 2021/HC-B12/55, 56 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭތަނެއް ނެތްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. މީގެ އިތުރަށް މި މައްސަލައިގެ ލިޔުންތައް ދިރާސާ ކުރުމުން ފާހަގަ ކުރެވުނު ކަމެއް ރައުޔުގައި ފާހަގަ ކުރުން މުހިންމު ކަމުގައި ދެކެމެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއަށް ޢަމަލުކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ "ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދޭ ފޯމު" އަށް ޚާއްޞަ ރިފަރެންސް ނަންބަރެއް އެ ފޯމުގައި ހިމެނިފައިވެއެވެ. މި ފޯމު ހުށަހެޅުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުއްދަތު އިތުރު ކުރުމަށްފަހު ދޫކުރަނީ "ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމި ލިޔުން" ކިޔާ ލިޔުމެކެވެ. މި ލިޔުމުގައި މި ލިޔުމަށް ޚާއްޞަ ރިފަރެންސް ނަންބަރެއް ހިމެނިފައިވެއެވެ.
އެހެން ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުއްދަތު އިތުރު ކުރުމަށްފަހު، ދޫކުރާ ލިޔުމުގައި، ފުލުހުންގެ ފަރާތުން މުއްދަތު އިތުރުކޮށްދިނުމަށް އެދުނު ފޯމާ ޙަވާލާ ދީފައިނުވެއެވެ. މިފަދައިން ޙަވާލާދީ ނަންބަރެއް ނުވަތަ އެނޫންވެސް ކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހަޅާ "ތަހްޤީޤު ކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމި ލިޔުން" ގައި ހިމެނޭނަމަ، މުއްދަތު އިތުރުކުރި ކުރުމާމެދު ޝައްކު އުފެއްދުމުގެ ޖާގަ ކުޑަވެގެން ދާނެއެވެ. އަދި މުޅި އިޖުރާއަތު ހިންގިފައިވާ ގޮތް ހާމަވެ، ސާފުކަން ބޮޑުވެގެން ދާނެކަމުގައި އަހުރެން ދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2021/HC-B12/55,56 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށްވާތީ، ހައިކޯޓުގެ ނަންބަރު 2021/HC-B12/55,56 ޤަޟިއްޔާއަށް ބަދަލެއް ގެންނަން ޖެހޭތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލ ަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިންޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.