މުޙަންމަދު ޙަސަން ވ. ސިވިލް ސަރވިސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/243، 124/VTR/2018
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 124/VTR/2018 މައްސަލައިގައި، މުޙަންމަދު ޙަސަނަށް ލިބިފައިނުވާ އެލަވަންސާއި އިނާޔަތްތަކުގެ ގޮތުގައި 23,031.28 ރުފިޔާ ނަގައިދިނުމަށް ނިންމިއެވެ. މި ނިންމުމާމެދު މުޙަންމަދު ޙަސަން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، 2019/HC-A/243 ޤަޟިއްޔާގައި ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލެއް ނުގެނެސް ނިންމިއެވެ. ދެން އޭނާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- މުޙަންމަދު ޙަސަން 2009 އިން 2012 އާ ހަމައަށް ނ. މިލަދޫ ކައުންސިލުގެ އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރިއެވެ. އެ މުއްދަތަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުން 26,531.31 ރުފިޔާ ކަނޑައެޅި ނަމަވެސް، ކައުންސިލުން ހިސާބުކުރީ 70,389.94 ރުފިޔާއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި ކަން ތަޙުޤީޤުކޮށް، ލިބިފައިނުވާ ޖުމްލަ އަދަދަކީ 23,031.28 ރުފިޔާކަމަށް ނިންމިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޓްރައިބިއުނަލާއި ހައިކޯޓުން ނަގައިދިން އެލަވަންސާއި އިނާޔަތްތަކުގެ އަދަދު ރަނގަޅު ނޫންކަން އިސްތިއުނާފުކުރާ ފަރާތް ހުށަހެޅި ހެކިތަކުން ސާބިތުވޭތޯ؛ އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤުން ޞައްޙަ ނޫންކަން ސާބިތުވި ހިސާބަކީ ޤަބޫލުކުރެވޭ ހެއްކެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މުޙަންމަދު ޙަސަން ބުނީ، ހައިކޯޓުން މައްސަލަ ނިންމިއިރު އޭނާ ހުށަހެޅި ހެކިތަކަށް ރިޢާޔަތް ނުކުރާ ކަމަށާއި، އެ ހެކިތަކަށް ރިޢާޔަތްކުރިނަމަ އޭނާއަށް 70,389.94 ރުފިޔާ ލިބެންޖެހޭކަން ސާބިތުވާނެ ކަމަށެވެ. ރިޢާޔަތް ނުކުރި ކަމަށް ބުނެ އޭނާ ހަތަރު ލިޔުމެއް ދެއްކިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނިންމުން ތަންފީޛުކުރުމަށް ކައުންސިލަށް އަންގާފައިވާ ކަމަށާއި، ފައިސާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ފާހަގަކުރީ، އޭނާ ދެއްކި ލިޔުންތަކުގެ ތެރެއިން ދެ ލިޔުމަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާކަމާއި، އަނެއް ދެ ލިޔުން ކުރީގެ މަރުޙަލާތަކަށް ހުށަހަޅާފައިނުވާ ކަމެވެ. ޓްރައިބިއުނަލާއި ހައިކޯޓުން ކަނޑައެޅި އަދަދު ރަނގަޅު ނޫންކަމަށް ދައްކާ ހަމައެކަނި ހެއްކަކީ ކައުންސިލުގެ ހިސާބު ޝީޓް ކަމަށާއި، އެ ހިސާބު ޞައްޙަ ނޫންކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙުޤީޤުން ސާބިތުވެފައިވާތީ، އެއީ ޤަބޫލުކުރެވޭ ހެއްކެއް ނޫން ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ދެމެހެއްޓިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އަދަދަކީ ރަނގަޅުނޫން އަދަދެއް ކަމަށް މުޙަންމަދު ޙަސަންގެ ފަރާތުން ދައްކާ ހަމައެކަނި ހެއްކަކީ ނ. މިލަދޫ ކައުންސިލުން ސިވިލް ސަރވިސް ކޮމިޝަނަށް 18 އޮގަސްޓް 2015 ތާރީޚުގައި ފޮނުވި ނަންބަރު 292-FB/13/2015/34 ސިޓީއާއެކުގައި ފޮނުވާފައިވާ މުޙަންމަދު ޙަސަން އަށް ލިބެންޖެހޭ ފައިސާގެ އަދަދު ބަޔާންކުރާ ޝީޓް އެވެ. ނަމަވެސް މި ޝީޓްގައިވާ ހިސާބަކީ ސައްހަ އަދަދެއް ނޫންކަމަށް އެންޓިކޮރަޕްޝަންގެ ތަހުގީގަށް ސާބިތުވެފައިވާތީވެ، އެ ހެއްކަކީ މަގުބޫލުހެއްކެއްގެ ގޮތުގައި ބެލުލުން ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު
ޙުސައިން ތާއީދު ކުރައްވާފައި) ތައާރަފް
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތް ހަމަނުޖެހޭތީވެ، އެ ގަޒިއްޔާގެ ހުކުމް އިސްތިއުނާފުކުރުމަށް ނ. މަނަދޫ، ސަމަރގްރީން، މުޙަންމަދު ޙަސަން (އައި.ޑީ.ކާރޑް ނަންބަރު ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ގަޒިއްޔާގައި ދައުވާލިބޭ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
218 މެއި 2009 ފެށިގެން 06 މާރިޗު 2012 އާ ހަމައަށް، ނ. މިލަދޫ ކައުންސިލުގެ އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު މުޙަންމަދު ޙަސަން އަދާކުރިއިރު އެ މުއްދަތުގައި އެލަވަންސްތަކާއި އެހެނިހެން އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާގެ މިންވަރަކީ 26531-31ރ. (ސައްބީސްހާސް ފަސްސަތޭކަތިރީސްއެއް ރުފިޔާ ތިރީސްއެއް ލާރި) ކަމަށް ބަޔާންކޮށް އެފައިސާ އޭނާއަށް ދޫކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނ.މިލަދޫ ކައުންސިލްގެ އިދާރާއަށް 5 ޖޫން 2014 ގައި އެންގިއެވެ.
3ސިވިލް ސަރވިސް ކޮމިޝަނުގެ ބަޔާންވެދިޔަ ސިޓީގައި ބަޔާންކުރާ ގޮތާއި ޚިލާފަށް، މުޙަންމަދު ޙަސަންއަށް ލިބެންޖެހޭ އެލަވަންސް އަދި އިނާޔަތްތަކުގެ ގޮތުގައި 70,389.94ރ. (ހަތްދިހަ ހާސް ތިންސަތޭކަ އަށްޑިހަނުވަ ރުފިޔާ ނުވަދިހަ ހަތަރު ލާރި) ވާކަމަށް ނ. މިލަދޫ ކައުންސިލްގެ ފަރާތުން ބެލި ބެލުމުން އެކައުންސިލަށް ގަބޫލު ކުރެވޭ ކަމަށް އެ ކައުންސިލުން ސިވިލް ސަރވިސް ކޮމިޝަނަށް 18 އޮގަސްޓް 2015 ތާރީޚުގައި ފޮނުވި ނަންބަރު 292-FB/13/2015/34 ސިޓީ ބަޔާންކޮށްފައި ވެއެވެ.
4ނ. މިލަދޫ ކައުންސިލުގެ ނަންބަރު 292-FB/13/2015/34 (18 އޮގަސްޓް 2015) ސިޓީގައިވާ ގޮތަށް އެފައިސާ މުޙަންމަދު ޙަސަނަށް ދިނުމަށްޓަކައި ނ.މިލަދޫ ކައުންސިލްގެ ބަޖެޓަށް އެފައިސާ އިތުރުކޮށްދުނުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެރެރަރީއަށް ސިވިލް ސަރވިސް ކޮމިޝަނުން ސިޓީ ފޮނުވާފައިވެއެވެ. އަދި މިފައިސާ ނ. މިލަދޫ ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނެފައިވެއެވެ.
5ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން މުޙަންމަދު ޙަސަންއަށް ލިބެންޖެހޭ ފައިސާގެ މައްސަލައެއް އެންޓި- ކޮރަޕްޝަން ކޮމިޝަން އިން ބަލަމުން ދާތީ މުޙަންމަދު ޙަސަން އަށް އެފައިސާ ދޫނުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އިން ނ. މިލަދޫ ކައުންސިލަށް އެންގިއެވެ.
6ޒިންމާދާރު ވެރިޔާގެ ހައިސިއްޔަތުން މުޙަންމަދު ޙަސަންއަށް ލިބެންޖެހޭ ފައިސާގެ މައްސަލަ އެންޓި- ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަހުގީގު ކުރުމަށްފަހު، އެ ކޮމިޝަނުގެ ތަހުގީގުން ހޯދި ހޯދުމުން މުހަންމަދު ޙަސަންއަށް ލިބިފައިނުވާ އެލަވަންސް އާއި އިނާޔަތްތަކުގެ ޖުމްލަ އަދަދަކީ 23,031.28 (ތޭވީސް ހާސް ތިރީސް އެއްރުފިޔާ އަށާވީސް ލާރި) ކަމަށް އެ ކޮމިޝަނުން ނިންމާފައި ވެއެވެ. އަދި މުޙަންމަދު ޙަސަން އަށް ހައްގުވާ ފައިސާ އޭނާއަށް ރައްދުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށާއި، ނ. މިލަދޫ ކައުންސިލްގެ އިދާރާއަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވެއެވެ.
7އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގު ނިންމުމަށްފަހު ނިންމި ނިންމުން އެ ކޮމިޝަންއިން ސިވިލް ސަރވިސް ކޮމިޝަނަށް އެންގުމުން، ސިވިލް ސަރވިސް ކޮމިޝަންގެ 188-ER/292/2018/1 (30 ސެޕްޓެމްބަރ 2018) ސިޓީން އެ ނިންމުން ތަންފީޒު ކުރުމަށް ނ. މިލަދޫ ކައުންސިލްއަށް އަންގާފައިވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފައިސާ މުޙަންމަދު ޙަސަން އާއި ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވެއެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން
8މުޙަންމަދު ޙަސަންގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް 1 ޖުލައި 2018 ގައި މައްސަލަ ހުށަހެޅިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް (މީގެ ފަހުން "ޓްރައިބިއުނަލް") ހުށަހެޅި މައްސަލައިގެ ފޯމުގައި މުޙަންމަދު ޙަސަން ބުނެފައިވަނީ އޭނާ އަށް ސިވިލް ސަރވިސް ކޮމިޝަނުން ލިބެންޖެހޭ ފައިސާއަކީ ޖުލައި 2011 އިން ފެށިގެން 06 މާރިޗު 2012 އާ ހަމައަށް، އޭނާ މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކޮށްފައިވާއިރު އެ މުއްދަތުގެ ދުވަސްތަކަށް އެލަވަންސްގެ ގޮތުގައި އޭނާއަށް ނުލިބި ހުރި ފައިސާ ކަމަށެވެ . އެގޮތުން ލިބެންޖެހޭ ފައިސާގެ ތެރެއިން ލިބިފައި ނެތީ ތިރީގައި މި ބަޔާންކުރާ ފައިސާ ކަމަށް ބުނެފައިވެއެވެ. (1) ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކޮށްފައިވާތީ ލިބެންޖެހޭ -/10,800 (ދިހަހާސް އަށްސަތޭކަ ރުފިޔާ). (2) ފޯން އެލަވަންސްގެ ގޮތުގައި ނުލިބި އޮތް -/2,700 (ދެހާސް ހަތްސަތޭކަ ރުފިޔާ). (3) ވަޒީފާއިން ވަކި ކުރިއިރު އަހަރީ ޗުއްޓީގެ ބާކީއޮތް 10 ދުވަހަށް ލިބެންޖެހޭ ފައިސާ.
9މުޙަންމަދު ޙަސަންގެ ފަރާތުން މައްސަލަ 6 ޓްރައިބިއުނަލް އަށް ހުށަހެޅި ފޯމުގައި އޭނާ ސިވިލް ސަރވިސް ކޮމިޝަނުން ހޯދަން ހުށަހެޅި ފައިސާގެ އަދަދުތަކަކީ އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރެވުނު ފައިސާކަމުގައި ވީ ނަމަވެސް، ޓްރައިބިއުނަލަށް ހާޒިރުވެ އޭނާ އަނގަބަހުން މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ 18 މޭ 2009 ފެށިގެން 06 މާރިޗު 2012 އާ ހަމައަށް، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އޭނާ އަދާކޮށްފައިވާއިރު އެ މުއްދަތުގެ ދުވަސްތަކަށް ލިބެންޖެހޭ އިނާޔަތުގެ ގޮތުގައި ލިބެންޖެހި ނުލިބި އޮތް ފައިސާގެ ޖުމލް އަދަދަކީ 70389.94ރ. (ހަތްދިހަ ހާސް ތިންސަތޭކަ އަށްޑިހަނުވަ ރުފިޔާ ނުވަދިހަ ހަތަރު ލާރި) ކަމަށެވެ.
10މީގެ އިތުރުން އެފައިސާ ނުލިބި ފާއިތުވި މުއްދަތުގައި އެ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި -/52,000ރ. (ފަންސާސް ދެހާސް ރުފިޔާ) ލިބުމަށާއި، ވަކީލު ފީގެ ގޮތުގައި ނުވަތަ ބަދަލު ހަމަޖެއްސުމަށް ނުވަތަ ގާނޫނީ ލަފާ ހޯދުމަށް -/20,000ރ. (ވިހިހާސް ރުފިޔާ) ލިބިދިނުމަށް ވެސް ވަޒީފާއާ ބެހޭ ޓްރަބިއުނަލްގައި މުޙަންމަދު ޙަސަން އެދިފައި ވެއެވެ.
11މުޙަންމަދު ޙަސަންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވަނީ މުޙަންމަދު ހަސަނަށް ލިބިފައިނުވާ ފައިސާގެ އަދަދަކީ 23,031.28ރ. 6 ވަޒީފާއާ ބެހޭ ޓްރަބިއުނަލްގެ ނަންބަރު 124/VTR/2018 މައްސަލަ (ތޭވީސް ހާސް ތިރީސް އެއްރުފިޔާ އަށާވީސް ލާރި) ކަމަށެވެ. ވަޒީފާޢާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބިނާކޮށްފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ނިންމުމުގެ މައްޗަށެވެ. ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުން
12ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން މުޙަންމަދު ޙަސަންގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/243 ގަޒިއްޔާގައެވެ.
13އިސްތިއުނާފުގެ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މުޙަންމަދު ޙަސަންއަށް ހައްގުވާ އެލަވަންސްއާއި އިނާޔަތްތަކުގެ ތެރެއިން ލިބިފައިނުވާ އިނާޔަޔްތަކުގެ ގޮތުގައި ޓްރައިބިއުނަލުން ކަނޑައަޅާފައިވާ އަދަދަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގަށް ސާބިތުވީ މިންވަރު ކަމަށްވާތީވެ އެ މިންވަރަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ގަޒިއްޔާގެ ހުކުމް އިސްތިއުނާފްކުރުމަށް މުޙަންމަދު ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙަންމަދު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށާއި އެގޮތަށް ބަޔާންކުރާ ސަބަބަކީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިއިރު އޭނާ ހައިކޯޓަށް ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާތީ ކަމަށެވެ. އަދި އެ ހެކިތަކަށް ރިއާޔަތްކުރި ނަމަ، ސިވިލް ސަރވިސް ކޮމިޝަނުން އޭނާއަށް ދޭންޖެހެނީ އޭނާގެ ބުނެފައިވާ އަދަދުކަމުގައިވާ 70,389.94 ރ. (ހަތްދިހަ ހާސް ތިންސަތޭކަ އަށްޑިހަނުވަ ރުފިޔާ ނުވަދިހަ ހަތަރު ލާރި) ކަން ސާބިތުވާނެ ކަމަށާއި، އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުން އޭނާއަށް ހައްގުވާ އަދަދުކަމަށް ބުނެފައިވާ 23,031.28 ރ. (ތޭވީސް ހާސް ތިރީސް އެއްރުފިޔާ އަށާވީސް ލާރި) އަކީ ރަނގަޅު އަދަދެއް ނޫންކަން ސާބިތުވާނެ ކަމަށެވެ.
15ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިއިރު މުޙަންމަދު ޙަސަންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ލިޔުންތަކުގެ ތެރެއިން ރިއާޔަތްކޮށްފައިނުވަނީ ކޮން ލިޔުމަކަށްތޯ އާއި އެ ލިޔުންތަކުގެ ތަފްސީލު ހުށަހެޅުމަށް ސުޕްރީމް ކޯޓުގެ ޝަރީއަތުން މުޙަންމަދު ޙަސަންއަށް އެންގުމުން އޭނާ ހުށަހެޅި ތަފްސީލުގައި ބުނެފައިވަނީ ހައިކޯޓުން ރިއާޔަތްކޮށްފައި ނުވަނީ ތިރީގައި މި ބަޔާންކުރާ 4 ލިޔުމަށް ކަމަށެވެ. (1) ސިވިލް ސާރވިސް ކޮމިޝަނުގެ 188-OD/292/2014/7 (05 ޖޫން 2014) ސިޓީއާއެކުގައި ފޮނުވާފައިވާ ލިޔުން. (2) ސިވިލް ސަރވިސް ކޮމިޝަނުގެ 188-A/2010/13 (14 ފެބްރުއަރީ 2010) ސިޓީ (ޒިންމާދާރު ވެރިޔާގެ އެލަވަންސް ދިނުން ހުއްޓުވުނަ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން އެންގި އެންގުން ބާތިލުކުރިކަން އަންގަން ސިވިލް ސަރވިސް ކޮމިޝަނުން އެންގި ސިޓީ) (3) ސިވިލް ކޯޓުގެ ގަޒިއްޔާ ނަންބަރު 2454/MC/2009 (އަލަށް ޝަރިއަތަށް ހުށަހެޅުނު ލިޔުމެއް. 17 އެޕްރީލް 2011 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުގެ ސަރކިއުލަރ އަކުން ޒިންމާދާރު ވެރިޔާގެ އެލަވަންސް ހުއްޓާލުމަށް އަނގާފައިވީ ނަމަވެސް މި ހުކުމާ ގުޅިގެން އެ މުއްދަތުގައި އެލަވަންސް ލިބެންޖެހޭކަން ސާބިތުކުރުމަށް) (4) ނ. މިލަދޫ ކައުންސިލުގެ އިދާރާއިން މުޙަންމަދު ޙަސަން އަށް ލިބެންޖެހޭ ފައިސާގެ އަދަދު ބަޔާންކުރާ ޝީޓް.
سِوލ ސާރިސް ކޮމިޝަނުގެ 188-OD/292/2014/7 ސِޓީ
16ސِوލ ސާރިސް ކޮމިޝަނުގެ 188-OD/292/2014/7 ސِޓީއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ޤަޟިއްޔާގައި ހައިކޯޓުގެ ފަނޑިޔާރުން ރިއާޔަތްކޮށްފައި ނުވާކަމަށް ބުނެފައިވާއިރު އެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 7 ވަނަ ސަފްހާގައި އެ ސِޓީއަށް ހައިކޯޓުން ރިއާޔަތްކޮށްފައިވާކަން އެނގެއެވެ.
ސِوލ ސަރިސް ކޮމިޝަނުގެ 188-A/2010/13 ސِޓީ
17ސِوލ ސަރިސް ކޮމިޝަނުގެ 188-A/2010/13 ސِޓީ ޓްރައިބިއުނަލަށް ނުވަތަ ހައިކޯޓަށް ކުރިން ހުށަހެޅިކަން ސުޕްރީމް ކޯޓަށް ހުށަހެޅުނު ލިޔުންތަކުން އެނގެން ނެތެވެ.
ސِوލ ކޯޓުގެ ނަންބަރު 2454/MC/2009 ޤަޟިއްޔާ
18ސِوލ ކޯޓުގެ ނަންބަރު 2454/MC/2009 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަކީ މީގެ ކުރިން ޝަރިއަތުގެ އެއްވެސް މަރުހަލާއަކަށް ހުށަހެޅުނު ލިޔުމެއް ނޫނެވެ. ނ. މިލަދޫ ކައުންސިލުގެ އިދާރާއިން މުޙަންމަދު ޙަސަން އަށް ލިބެންޖެހޭ ފައިސާގެ އަދަދު ބަޔާންކުރާ ޝީޓް
19ނ. މިލަދޫ ކައުންސިލުގެ އިދާރާއިން މުޙަންމަދު ޙަސަން އަށް ލިބެންޖެހޭ ފައިސާގެ އަދަދު ބަޔާންކުރާ ޝީޓްއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ޤަޟިއްޔާގައި ހައިކޯޓުގެ ފަނޑިޔާރުން ރިއާޔަތްކޮށްފައި ނުވާކަމަށް ބުނެފައިވާއިރު އެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 8 ވަނަ ސަފްހާގައި އެ ޝީޓަށް ހައިކޯޓުން ރިއާޔަތްކޮށްފައިވާކަން އެނގެއެވެ.
20ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ގަޒީއްޔާގެ ހުކުމަށް ޖުމްލަކޮށް ބަލާއިރުގެ އެ ހުކުމުގެ 23 ވަނަ ޕެރެގްރާފުން އެނގެނީ ޓްރައިބިއުނަލުން މުޙަންމަދު ޙަސަން އަށް ނަގައިދީފައިވާ 23,031.28ރ. (ތޭވީސް ހާސް ތިރީސް އެއްރުފިޔާ އަށާވީސް ލާރި)ގެ އަދަދަކީ މުޙަންމަދު ޙަސަން އަށް ހައްގުވާ އަދަދުކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤަށް ސާބިތުވީ މިންވަރު ކަމެވެ. މުޙަންމަދު ޙަސަން ޓްރައިބިއުނަލަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެއްވެސް ހެއްކަކުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަޙްޤީޤަށް ސާބިތުވީ މިންވަރަކީ ރަނގަޅުނޫން މިންވަރެއްކަން ސާބިތުކޮށްދެވިފައި ނުވާތީވެ، ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލެއް ގެނެވޭނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ނިންމާފައިވާ ވެއެވެ.
21HN1ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާއިރު، މުޙަންމަދު ޙަސަންއަށް ޙައްޤުވާ އެލަވަންސްއާއި އިނާޔަތްތަކުގެ ތެރެއިން ލިބިފައިނުވާ މިންވަރުކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުން ނިންމާފައިވާ 23,031.28ރ. (ތޭވީސް ހާސް ތިރީސް އެއްރުފިޔާ އަށާވީސް ލާރި)ގެ އަދަދު މުޙަންމަދު ޙަސަން އަށް ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމުމުގައާއި އެ ނިންމުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން ރަނގަޅު ނޫންކަމަށް ސުޕްރީމް ކޯޓަށް މުޙަންމަދު ޙަސަން ހުށަހެޅި އެއްވެސް ލިޔުމަކުން އެނގެން ނެތެވެ. ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އަދަދަކީ ރަނގަޅުނޫން އަދަދެއް ކަމަށް މުޙަންމަދު ޙަސަންގެ ފަރާތުން ދައްކާ ހަމައެކަނި ހެއްކަކީ ނ. މިލަދޫ ކައުންސިލުން ސިވިލް ސަރވިސް ކޮމިޝަނަށް 18 އޮގަސްޓް 2015 ތާރީޚުގައި ފޮނުވި ނަންބަރު 292-FB/13/2015/34 ސިޓީއާއެކުގައި ފޮނުވާފައިވާ މުޙަންމަދު ޙަސަން އަށް ލިބެންޖެހޭ ފައިސާގެ އަދަދު ބަޔާންކުރާ ޝީޓް އެވެ. ނަމަވެސް މި ޝީޓްގައިވާ ހިސާބަކީ ސައްހަ އަދަދެއް ނޫންކަމަށް އެންޓިކޮރަޕްޝަންގެ ތަހުގީގަށް ސާބިތުވެފައިވާތީވެ، އެ ހެއްކަކީ މަގުބޫލުހެއްކެއްގެ ގޮތުގައި ބެލުލުން ނެތެވެ.
22މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ގަޒިއްޔާގެ ހުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
23މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
24މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/243 ގަޒިއްޔާގެ ހުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ. މި ގަޒިއްޔާ ބަލައި ހުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-OD/292/2014/7 (05 ޖޫން 2014) ސިޓީ.
- ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާ ހުލާސާ ބަޔާން (21 ޖަނަވަރީ 2019) ގެ 2 ވަނަ ނުކުތާ އަދި މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 292-HR/188/2016/4 (07 އޭޕްރީލް 2016) ސިޓީ
- އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނަންބަރު 123-C4/188/2018/33 (12 ޖުލައި 2018) ސިޓީ
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 124/VTR/2018 މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން 21 ޖަނަވަރީ 2019 ދުވަހު ހުށަހަޅާފައިވާ ހުލާސާ ބަޔާނުގެ 5 ވަނަ ނުކުތާ އަދި ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-ER/292/2018/1 (30 ސެޕްޓެމްބަރ 2018) ސިޓީ.
- 16000ރ. (ސޯޅަ ހާސް ރުފިޔާ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.