—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން، ފައިސާ ގެއްލުނީ އިހުމާލުން ނޫންކަމަށް 2011/SC-A/34 ގައި ކަނޑައަޅާފައިވާތީ، ދަޢުވާކުރި ފައިސާ ނަގައިދޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- ކުންފުނީގެ ކޭޝިއަރެއްގެ ބެލުމުގެ ދަށުގައިވާ ތިޖޫރީއެއްގައި ހުރި، ތިން ދުވަހުގެ ސޭލްސްގެ ފައިސާ ގެއްލުމުން، އެ ފައިސާ ގެއްލުނީ އޭނާގެ އިހުމާލުން ކަމަށް ބުނެ ކުންފުނިން އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ދަޢުވާކުރިއެވެ. ކުރިން ޖިނާއީ ކޯޓުން އިހުމާލުވުމުގެ ކުށް ސާބިތުކޮށް ފައިސާ ދެއްކުމަށް އެންގި ޙުކުމް ހައިކޯޓުން ޤާއިމުކުރި ނަމަވެސް ސުޕްރީމް ކޯޓުން 2011/SC-A/34 ގައި އެ ދެ ޙުކުމް ބާޠިލުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާގައި ހުރި ކޭޝިއަރެއްގެ ބެލުމުގެ ދަށުގައިވާ ތިޖޫރީން ގެއްލުނު ފައިސާ އޭނާގެ އިހުމާލުން ގެއްލުނުކަމަށް ކަނޑައެޅި ޖިނާއީ ޙުކުމް ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިވާއިރު، އެ ފައިސާ ހޯދުމަށް ކުރި މަދަނީ ދަޢުވާ ބަލައިނުގަތުމަކީ (މަދަނީ އަދި ޖިނާއީ ސާބިތުކުރުމުގެ މިންގަނޑު ތަފާތުނުކުރުމުން) ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ކުންފުނިން ބުނީ، ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުކުރާ މިންގަނޑަކީ އެކަށީގެންވާ ޝައްކެއްނެތުން ކަމަށާއި މަދަނީ މައްސަލަތަކުގައި ބަލަނީ ބޮޑަށް ބުރަވެވޭ ގޮތް (balance of probabilities) ކަމަށް 2010/HC-A/24 ގައި ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން މި ދެ މިންގަނޑު ތަފާތުނުކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މަދަނީ ދަޢުވާގެ މައުޟޫޢަކީ ޖިނާއީ ދަޢުވާގެ ސީޣާގެ ބައެއް ކަމަށާއި، ސުޕްރީމް ކޯޓުން ޖިނާއީ ޙުކުމްތައް ބާޠިލުކުރުމުން އިހުމާލުން ގެއްލުނުކަމަށް ކުރި ކަނޑައެޅުމާއި ފައިސާ ދެއްކުމުގެ އެންގުންވެސް ބާޠިލުވި ކަމަށާއި، އެ މައުޟޫޢާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވާތީ، އެއަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ނިންމި ގޮތް ޞައްޙަ ކަމަށް ކޯޓުން ކަނޑައެޅިއެވެ. ސާބިތުކުރުމުގެ މިންގަނޑާ ބެހޭ ނުކުތާއަށް ކޯޓުން ވަކިން ޖަވާބެއް ނުދެއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
އިހުމާލުވުމުގެ ކުށް ސާބިތުވާކަމަށާއި، އިހުމާލުން ގެއްލިފައިވާ ފައިސާ ދައްކައިދިނުމަށް އަންގައި ކުރެވިފައިވާ ޖިނާއީ ޙުކުމާއި، އެ ޙުކުމަށް ތާއީދުކުރި ޙުކުމް ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވާކަން އެނގެންއޮތުމުން، ފައިސާ ގެއްލިފައިވަނީ އިހުމާލުންކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންވެސް ބާޠިލްވެއެވެ. (ޕެރ. 3 (ށ))
ހުށަހެޅިފައިވާ މަދަނީ މައްސަލައިގެ މައުޟޫޢަކީ ޖިނާއީ ޤަޟިއްޔާގެ ދަޢުވާގެ ސީޣާގެ ބައެއްކަމުގައިވެ، އެ މައުޟޫޢާމެދު ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއްގައި ގޮތެއް ކަނޑައަޅުއްވާފައިވާކަން އެނގެންއޮތުމުން، އެ ޤަޟިއްޔާއަށް ރިޢާޔަތްކޮށް، ދަޢުވާކުރާ ފައިސާއަކީ މުއްދައާޢަލައިހީގެ އަތުން ނަގައިދެވޭނެ ފައިސާއެއްނޫންކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކުރެވިފައިވާ ނިންމުމެކެވެ. (ޕެރ. 3 (ށ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34
- ހައިކޯޓުގެ ނަންބަރު 2009/HC-A/290
- ޖިނާއީ ކޯޓުގެ ނަންބަރު 686/JC/2009
- ހައިކޯޓުގެ ނަންބަރު 2010/HC-A/24
ފަނޑިޔާރުން
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ (ރިޔާސަތު)، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 952/Cv-C/2013 ޤަޟިއްޔގާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ކ. މާލެ ނގުބައި ޙަލީމަތު ޝިޔާޒާ )އައިޑީކާޑު ނަންބަރ ( ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ C-358/2000( ގެ ކޭޝިއަރެއްގެ މަޤާމުގައި ހުރެ، 2008 މެއި 29 ވަނަ ދުވަހުގެ ހެނދުނު ޑިއުޓީން ފެށިގެން 2008 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ސޭލްސްގެ ގޮތުގައި ލިބިފައިވާ 335,472/50 ރ. )ތިންލައްކަ ތިރީސްފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ޙަލީމަތު ޝިޔާޒާގެ ބެލުމުގެ ދަށުގައިވާ ތިޖޫރީއެއްގައި ހުއްޓާ، ޙަލީމަތު ޝިޔާޒާގެ އިހުމާލުން މި ފައިސާ ގެއްލިފައިވާތީ، ބުނެވިދިޔަ 335,472/50 ރ. )ތިންލައްކަ ތިރީސްފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ހޯދުމަށް ޙަލީމަތު ޝިޔާޒާގެ މައްޗަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ން ދަޢުވާކުރުމުނާއެ ކޯޓުނ ބަލާފައިވާ މައްސަލައެއްކަން އެނގެންއޮންނަކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނ، "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެންހުރުމުން، […] ހުޅަނގުބައި )ތ. ބުރުނި / ފަހާގެ( ޙަލީމަތު ޝިޔާޒާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑްގެ ކޭޝިޔަރެއްގެ ގޮތުގައި ހުރިއިރު، 2008 މއ 29 ވަނަ ދުވަހުގެ ހެނދުނު ޑިޔު ޓީން ފެށިގެން 2008 މެއި 31 ދުވަހުގެ ނިޔަލަށް ސޭލްސްގެ ގޮތުގައި ލިބިފައިވާ 335,472/50 ރ. )ތިންލައްކަ ތިރީސްފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ގެއްލިފައިވަނީ ޙަލީމަތު ޝިޔާޒާގ އިހުމާލުން ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/34 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާތީ، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ 335,472/50 ރ. )ތިންލައްކަ ތިރީސްފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ޙަލީމަތު ޝިޔާޒާގެ އަތުން ނަގައިދޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއްނެތްކަމަށް ކަނޑައަޅެ އ، ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
2ސިވިލް ކޯޓުގެ ނަންބަރު 952/Cv-C/2013 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދ ޤާނޫނީ އުޞޫލުތަކެޚިލާފަށް ކަމަށ ބުނީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން، ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވއް ޝަރީޢަތަށް ކުށެއް ސާބިތުވާކަމަށް ބަލާ މިންގަނޑަކީ އެކަށީގެންވާ ޝައްކެއްނެތުނ ubt)(beyond reasonable do ކަމަށް ވާއިރު، މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެންކަން probabilities) of (balance ކަން އެނގޭކަމަށް ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2010/HC-A/24 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ޅ( ގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 952/Cv-C/2013 ޤަޟިއްޔާ ނިންމުމުގައި ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ މިންގަނޑާއި، މަދަނީ މ އްސަލަތއް ޝަރީއަތަށް ސާބިތުކުރުމުގައި ބަލާ މިންގަނޑު ތަފާތުކޮށްފައިނުވަނީ އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނ އެ ނުކުތާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގޭ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
3HN1HN2މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 952/Cv-C/2013 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 952/Cv-C/2013 ޤަޟިއްޔާގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުނުކ. މާލެ ޙަލީމަތު ޝިޔާޒގެ މައްޗަށް، ޙަލީމަތު ޝިޔާޒް، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑްގެ ކޭޝިއަރެއްގެ މަޤާމުގައި ހުރި 2008 މެއި 29 ވަނަ ދުވަހުގެ ހެނދުނު ޑިއުޓީން ފެށިގެން 2008 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ސޭލްސްގެ ގޮތުގައި ލިބިފައިވާ 335,472/50ރ. )ތިންލައްކަ ތިރީސްފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ޙަލީމަތު ޝިޔާޒާގެ ބެލުމުގެ ދަށުގައިވާ ތިޖޫރީއެއްގައި ހުއްޓާ ޙަލީމަތު ޝިޔާޒާގެ އިހުމާލުން ގެއްލިފައިވާތީ، އެ ފައިސާ ހޯދުމަށް ދަޢުވާކުރުމުން، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާ ޙަލީމަތުޝިޔާޒާގެ އަތުން ނަގައިދޭނެ ޤާނޫނީ އަދި ޝަރުޢީ ހަމިއެއްނެތްކަމަށް ކަނޑައަޅުއްވާ ޙުކުމްކޮށްފައިވާކަން އެނގެންއޮންނަކަމާއި، މީފަދައިން ޙުކުމް ކުރައްވާފައިވަނއެ ފައިސާ ގެއްލިފައިވަނީ ޙަލީމަތު ޝިޔާޒާގެ އިހުމާލުން ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/34 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާތީ، އެ ސަބަބުގެ މައްޗަށް ބިނާކޮށްކަން އެނގޭކަމެވެ. )ށ( ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާއަކީ ޖިނާއީ ކޯޓުގެ ނަންބަރ 686/JC/2009 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/290 ޤަޟިއްޔާދިވެހިރާއްޖޭގ ސުޕްރީމް ކޯޓގައ އިލްތިމާސްކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވާ މައްސަލައެއްކަމާއި، ޖިނާއީ ކޯޓުގެ ނަންބަރު 686/JC/2009 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަލީމަތު ޝިޔާޒް )އާމިނަތު ޞައްފަތު( ގެ މައްޗަށް ކޮށެ ފައިވ ދަޢުވާގެ ސީޣާއަށް ބަލާއިރު، އ ދަޢުވާއަކީ، ޙަލީމަތު ޝިޔާޒާ )އާމިނަތު ޞައްފަތު( ފިއުލް ސަޕްލިއިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ކޭޝިއަރެއްގެ ވަޒީފާގައި ހުރެ 29 މެއި 2008 ދުވަހުގެ ހެނދުނު ޑިއުޓީން ފެށިގެން 31 މެއި 2008 ދުވަހުގެ ސޭލްސްގެ ގޮތުގައި ލިބިފައިހުރި 335,472/50 ރ. )ތިންލައްކަ ތިރީސްފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ކަނބާއައިސާރަނި ހިނގުމުގައ ހުންނި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ގެ ޕެޓްރޯލް ޝެޑްގެ ތިޖޫރީގައި ރައްކާކޮށްފައި ހުއްޓާ 01 ޖޫން 2008 ގައި މިފައިސާ ގެއްލިފައިވާތީއާއި، މިފައިސާ ގެއްލިފައިވަނީ ތިޖޫރީއާއި ޝޮޕަށ އެއްވެސް ގެއްލުމެއް ނުދީ ކަމަށްވާތީއާއި، މިފައިސާ ތިޖޫރިން ނަގާފައިވަނީ ތިޖޫރީގެ ތަޅުދަނޑި ބޭނުން ކޮށްގެން ކަމަށް ބެލެވޭތީއާއި، މިފައިސާ ގެއްލުނުއިރ، އެޝޮޕާއި ތިޖޫރީގެ ތަޅުދަނޑިޙަލީމަތު ޝިޔާޒް )އާމިނަތު ޞައްފަތ( ގެ އަތުގައި އޮތުމުން މިފައިސާ ގެއްލިފައިވަނީ ޙަލީމަތު ޝިޔާޒާ )އާމިނަތު ޞައްފަތު( ގެ އިހުމާލުން ކަމަށް ބެލެވޭތީ، ދައުލަތުން ޙަލީމަތު ޝިޔާޒާ )އާމިނަތު ޞައްފަތު( ގެ މައްޗަށް ހުށަހެޅި އިހުމާލުވުމުގެ ކުށުގެ ދަޢުވާއާއި އަދ ޙަލީމަތު ޝިޔާޒާ )އާމިނަތު ޞައްފަތު( ގެ އިހުމާލުން ގެއްލިފައިވާ ފައިސ ޙަލީމަތު ޝިޔާޒާ )އާމިނަތު ޞައްފަތު( ގެ އަތުން ފިއުލް ސަޕްލައިސް މޯލްޑިވްސްޕްރައިވެޓ ލިމިޓެޑށް ލިބިދިނުމަށް އެދިކަމާއި، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ޙަލީމަތު ޝިޔާޒާ )އާމިނަތު ޞައްފަތު( ގެ މައްޗަށް އިހުމާލުވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ )ހ( ގެ ދަށުން އާމިނަތު ޞައްފަތ 03 )ތިނެއް( މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދު ކުރުމަށް ޙުކުމްކޮށް، އެޙުކުމް 03 އަހަރުދުވަހުގެ މުއްދަތަށް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށކަމާއ، އަދި އާމިނަތު ޞައްފަތުގެ އިހުމާލުން ގެއްލިފައިވާ 50/335472ރ. )ތިންލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ޙަލީމަތު ޝިޔާޒާ )އާމިނަތު ޞައްފަތު( ގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސަޕްރައިވެޓް ލިމިޓްޑށް ލިބިދިނުމަށު އަންގާފައިވާކަން ޖިނާއީ ކޯޓުގެ ނަންބަރ 686/JC/2009 ޤަޟިއްޔާއަށް ބެލުމުން އެނގެންއޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެވިދިޔަ ޖިނާއީ ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައިވާކަން ހައިކޯޓުގެ ނަންބަރ 2009/HC-A/290 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމާއި، އިޝާރާތްކުރެވުނު ހައިކޯޓުގެ ނަންބަރ 2009/HC-A/290 ޤަޟިއްޔާ އިލްތިމާސްކުރުމުން ބެލެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/34 ޤަޟިއްޔާގައިޙަލީމަތު ޝިޔާޒް )އާމިނަތު ޞއްފަތު( އިޙުމާލުވުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ޖިނާއީ ކޯޓުގެ ނަންބަރ 686/JC/2009 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2009/HC-A/290 ޤަޟިއްޔާގައި ނިންމަވާފައިވަނީ، އެ ކުށް ސާބިތުވާފަދަ އެކަށީގެންވާ ދަލީލުތަކާއި ހެކިތަކުގެ މައްޗަށް ބިނާކުރުމަކާއި ނުލައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ކަނޑައަޅާފައިވާ، މުއްތަހަމު މީހާގެ ޙައްޤު ނިގުޅިގެންދާފަދަ ގޮތަކަށްވާތީ، ޖިނާއީ ކޯޓުގެ ނަންބަރު 686/JC/2009 ޤަޟިއްޔާގައި ޙަލީމަތު ޝިޔާޒާ )އާމިނަތު ޞައްފަތު( ގެ މައްޗަށް ކޮށްފައިވާ އިހުމާލުވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ޙުކުމްކޮށް، ޖިނާއީ ކޯޓުގ ނަންބަރ 686/JC/2009 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2009/HC-A/290 ޤަޟިއްޔާއާއި، މި ދެ ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅުއްވާ މައްސަލަ ނިންމަވާފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/34 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެނައޮނާ ނކަމއި، އެހެންކަމުން، އިސްތިއުނާފުމިކުރެވ ސިވިލް ކޯޓުގެ ނަންބަރ 952/Cv-C/2013 ޤަޟިއްޔާ ގެ މައުޟޫއަކީ ޖިނާއީ ކޯޓުގެ ނަންބަރ 686/JC/2009 ޤަޟިއްޔާގެ ދަޢުވާގެ ސީޣާގެ ބައެއްކަން އެނގެންއޮންނައިރު، އެ ޤަޟިއްޔާގައި ޙަލީމަތު ޝިޔާޒާގ އިހުމާލުން ގެއްލިފައިވާ 50/335472ރ. )ތިންލައްކަ ތިރީސް ފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ށ ލިބިދިނުމަށްހަލީމަތު ޝިޔާޒާއަށ އަންގާފައިވާކަނެ އެނގެންއޮތުމާއި، ބުނެވުނު ޙުކުމަށް ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2009/HC-A/290 ޤަޟިއްޔާއިން ތާއީދުކޮށްފައިވަނިކޮށް، ބުނެވުނު ދެ ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/34 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާކަން އެނގެންއޮތުމުން، 2008 މެއި 29 ވަނަ ދުވަހުގެ ހެނދުނު ޑިޔުޓީން ފެށިގެން 2008 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ސޭލްސްގެ ގޮތުގައި ލިބިފައިވާ 335,472/50ރ. )ތިންލައްކަ ތިރީސްފަސްހާސް ހަތަރުސަތޭކަ ހަތްދިހަ ދެރުފިޔާ ފަންސާސް ލާރި( ގެއްލިފައިވަނީ ޙަލީމަތު ޝިޔާޒާގެ އިހުމާލުންކަމަށިކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންވެސް ބާޠިލްވީކަމާއި، މި ހެންކަމުން، ހ ށަހެޅިފައވ މިމައްސަ ލާގެ މައުޟޫއާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/34 ޤަޟިއްޔާ ގައު ގޮތެއް ކަނޑައަޅުއްވާފައިވާކަން އެނގެންއޮތުމުން، އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2011/SC-A/34 ޤަޟިއްޔާއަށް ރިޢާޔަތްކޮށް ބުނެވުނު ފައިސާއަކީ ހަލީމަތު ޝިޔު ޒާގެ އަތުން ނަގައިދެވޭނެ ފައިސާއެއްނޫންކަމަށް އިސްތިއުނާފުކުރެވ ސިވިލް ކޯޓުގެ ނަންބަރ 952/Cv-C/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަން އެނގޭކަމެވެ. ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 952/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްއެދެފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގ ފަރާތުން ހުށހެޅަ ނުކުތާތަކަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ފެންނަން ނެތްކަމުގައެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 952/Cv-C/2013 ޤަޟިއްޔާއިސްތިއުނާފުކުރުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނި ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.