—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓުން، ގޯތީގެ ރަޖިސްޓްރީ ހައިކޯޓުން ބާޠިލުކޮށްފައިވާތީ، އިސްތިއުނާފީ ކޯޓެއްގެ ނިންމުމާ ފުށުއަރާ މައްސަލަތައް ބަލައިގަތުމުގެ އިޚްތިޞާޞް ނެތްކަމަށް ބުނެ ދަޢުވާ ފޯމް ބަލައިނުގަތެވެ.
- ވާޤިޢާ
- ހައިކޯޓުގެ ނިހާއީ ޙުކުމަކުން އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި ހަދާފައިވާ ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރުމަށްފަހު، އެ ގޯތީގައި ހަދާފައިވާ ޢިމާރާތްތަކާއި ގޯއްޗާއި މިލްކުވެރިކަން ސާބިތުކުރުމަށް އެދި މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައިކޯޓުގެ ނިހާއީ ޙުކުމަކުން ގޯތީގެ ރަޖިސްޓްރީ ބާޠިލުކޮށްފައިވާއިރު، އެ ގޯއްޗާއި ޢިމާރާތުގެ މިލްކުވެރިކަން ސާބިތުކުރުމަށް ހުށަހަޅާ ދަޢުވާ ބަލައިގަތުމުގެ އިޚްތިޞާޞް މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، ޢިމާރާތްތަކަކީ އޭނާގެ މިލްކު ކަމަށާއި، ބިމާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޢިމާރާތް ރަޖިސްޓްރީކުރެވޭނީ މިލްކުވެރިކަން ސާބިތުކޮށްގެން ކަމުން ދަޢުވާ ބަލައިނުގަތުމަކީ އެ މާއްދާއާއި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ދަޢުވާގެ ސީޣާއަށް ބަލާއިރު އެއީ ގޯއްޗާއި ޢިމާރާތުގެ މިލްކުވެރިކަން ސާބިތުކުރުމުގެ ދަޢުވާއެކެވެ. ހައިކޯޓުގެ 2012/HC-A/37 ޙުކުމުން ގޯތީގެ މިލްކުވެރިކަމަށް ގޮތެއް ކަނޑައަޅާފައިވެ، އެ ޙުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފު ނުކުރާތީ ނިހާއީ ޙުކުމަކަށްވާތީ، ޤާނޫނުއަސާސީގެ 143(ރ) އާއި ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާގެ ދަށުން ދަށުކޯޓުން ދަޢުވާ ބަލައިނުގަތުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެކެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ. (ޕެރ. 3(ށ))
ކޯޓުތަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެކެވެ. (ޕެރ. 3(ށ))
ހައިކޯޓުގެ ޙުކުމެއް އެއްވެސް ފަރާތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާނަމަ، އެ ޙުކުމަކީ އެ ޙުކުމުގެ ބާރު ދެމިއޮތް ނިހާއީ ޙުކުމެކެވެ. (ޕެރ. 3(ށ))
އިސްތިއުނާފީ މަރުޙަލާގެ ކޯޓަކުން މައުޟޫޢަށް ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއްގައި، އެ ނިންމުމާ ފުށުއަރާގޮތަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ އިޚްތިޞާޞް ދަށު މަރުޙަލާގެ ކޯޓަކަށް ލިބިގެން ނުވެއެވެ. (ޕެރ. 3(ށ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ޤަޟިއްޔާ
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ޤަޟިއްޔާ ނަންބަރ: 642A/-/HC5201 އިސްތިއުނާފުކުރި ފަރާތް: * ނަން: މަރްޔަމް ޢަލ *ދާއިމީ އެޑްރެސް:[…] * އައިޑީ ކާޑު ނަންބަރު: […] *މިހާރުގެ އެޑްރެސް: […] * ނަން:އދ. މަހިބަދޫ ކައުންސިލްގެ އިދާރީ *ދާއިމީ އެޑްރެސޫ: އދ. މަހިބަދޫ ކައުންސިލްގެ އިދާރީ *ރަޖިސްޓްރީ ނަންބަރު: *މިހާރުގެ އެޑްރެސް:[…] * ނިމުނު ތާރީޚް: 61 ޞަފަރު 8143 13 ޖުލައި 2015 05 ނޮވެމްބަރު 7201 އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14C/2014/01 ދަޢުވާ ފޯމްގެ ޖަވާބު ނިންމެވި ފަރާތް: އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓު މައްސަލއިގަ ބާވަތް: - ހުށަހެޅި ތާރީޚް: 23.10.2014 * ނިމުނު ތާރީޚް: 27.10.2014 މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޙަމީދު އިސްފަނޑިޔާރު ޢަބްދީﷲ ދުދ ފަނޑިޔާރު ޢަލީ ސަމީރު (ރިޔާސަތު) ދަޢުވާގެ ޚުލާޞާ: މިއީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު"، އެ ކޯޓުން ނިންމެ ވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އދ. މަހިބަދޫ / ރަންބުސްތާނުގެ، މަރްޔަމް ޢަލގީ ފަރާތުން އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އދ. މަހިބަދޫ ކައުންސިލްގެ އިދާރާއެވެ. ފާހަގަކުރެވުނު ނުކުތާތައް:
1) އިސްތިއުނާފު ކުރެވޭ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު"، އަށް ބަލާއިރު އެ ނިންމުމަކީ، އދ. މަހިބަދޫ ރަނބުސްތާނުގް އެވެ ކިޔާ ގޯއްޗާއި ޢިމާރާތުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެދި އދ. މަހިބަދޫ / ރަންބުސްތާނުގެ، މަރްޔަމް ޢަލީގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ނިންމަވާފައިވާ ނިންމެވުމެއްކަމާއި، އެ ނިންމުމުގައެވަނީ " އދ. މަހިބަދޫ "ރަންބުސްތާނު" ގޯތީގެ ރަޖިސްޓްރީ ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2012/HC-A/37 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާތީއާއި، ހުށަހަޅާފައިވާ ފޯމަކީ މިލްކުވެރިކަން ސާބިތުކުރުމަށް ދަޢުވާ ހުށަހަޅާ ފޯމަކަށްވާތީ، އިސްތިއުނާފީ މަރްހަލާގެ ކޯޓަކުން ނިންމާފައވި ނިންމުމަކާ ފުށުއަރާގޮތަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ އިހްތިޞާޞް މި ކޯޓަށް ނެތަތީ ހުށަހެޅުއްވި ދަޢުވާ ފޯމް ބަލައިގަނެވެން ނެތް ވާހަކަ ދެންނެވީމެވެ." މި ފަދައިން ކަން އިސްވެބުނުވުނު އެ ލިޔުމަށް ބެލުމުން އެނގެން އޮވެއެވެ.
2) އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު"، އެ ޓްރައިބިއުނަލުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އދ. މަހިބަދޫ / ރަންބުސްތާނުގެ، މަރްޔަމް ޢަލގީ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރަމުން، 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. ފުރަތަމަ ނުކުތާއަކީ، އދ. މަހިބަދޫ / ރަންބުސްތާނުގެ، މަރްޔަމް ޢަލގީ ނަމުގައި އދ. މަހިބަދޫ ކުރީގެ އަތޮޅު އޮފީހުން 7 ފެބރުއަރް 2001 ގައި ހަދާދީފައިވާ ނަންބަރު 26/2001/ގ/4-I ގޯތީގެ ރަޖިސްޓްރީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ޤަޟިއްޔާ އިން ބާޠިލްކުރިއިރު، މަރްޔަމް ޢަލީގެ ކުދިންގެ ފައިސާ ޚަރަދުކޮށްގެން އެ ގޯތީގައި ހަދާފައިވާ 4 ކޮޓަރި، 4 ފާޚާނާ، 1 ސިޓިންގރޫމް، 1 ކާގެއާއި 2 ވަޅު ޢިމާރާތްކުރެވިފައިވުމުން އެ ގޯތީގައި ހުރި މަރްޔަމް ޢަލީގެ މިލްކު ޢިމާރާތްތަކާއި ގޯތި ރަޖިސްޓްރީކުރަން ބޭނުންވާތީ، އެ ގޯތީގައި ހުރި ޢިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ބަލައިނުގަނެވޭނެކަމަށް އަންގާ ޖަވާބުދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ޤަޟިއްޔާއަށް ޢަދުލުވެރިކަމާއެކު ރިޢާޔަތްކުރެއްވުމެއްނެތި އަދި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް، މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ފުށުއަރާގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާ. ދެވަނަ ނުކުތާއަކީ، އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގައި މަރްޔަމް ޢަލީގެ މިލްކު ޢިމާރާތްތައް ރަޖިސްޓްރީކުރެވޭނީ ޢިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކޮށްގެންކަމަށާއި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ "ދިރިއުޅުމަށް ދުކުރެވޭ ކޮންމެ ގޯއްޗެއް އެ ގޯއްޗެއް ދޫކުރާ އޮފީހުގައި މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން ރަޖިސްޓްރީކޮށް އެ ގޯއްޗެއް ދޫކުރެވޭ ފަރާތަށް އެ ގޯއްޗެއްގެ ރަޖިސްޓްރީއެއް ހަދައިދޭންވާނެއެވެ." މި ނަންބަރގު
(ށ) ގައި ބަޔާންކުރަނީ "މި މާއްދާގެ (ހ) ގެ ދަށުން ދޫކުރެވޭ ބަންޑާރަ ގޯއްޗެއްގައި ހަދާ ޢިމާރާތެއް އެ ގޯއްޗެއް ދޫކުރާ އޮފީހުގައި މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާގޮތުގެ މަތިން ރަޖިސްޓްރީކޮށް އެ ޢިމާރާތެއްގެ ރަޖިސްޓްރީއެއް ހަދައިދޭންވާނެއެވެ." މިފަދައި ނ މި މާއްދާގައެ ބަޔާންކޮށްފައިވާއިރު އދ. މަހިބަދޫ ރަންބުސްތާނުގެ އެވެ ކިޔާ ބަންޑާރަގޯތީގައި ހަދާފައިވާ ޢިމާރާތްތަކަކީ މަރްޔަމް ޢަލީގެ މިލްކު ޢިމާރާތްތަކެއްކަމުން މި ޢިމާރާތްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުނެ އެ ކޯޓުން އެމައްސަލ ބަލާނުގެންކަމީ އިސްވެ ބުނެވުނު ޤާނޫނުތަކާއި ފުށުއަރާފަދައިން ދީފައިވާ ޖަވާބެއްކަމުން މަރްޔަމް ޢަލީގ ޢިމާރާތްތަކުން ލިބެންވާ މާލީ މަދަނީ އެއްވެސް ޙައްޤެއް ޢިމާރާތްތަކުގެ މިލްކުވެރިކަން ސާބިތްކޮށްގެން މެނުވީ ލިބެންނެތްކަމަށ ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލަ އާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު" އަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އދ. މަހިބަދޫ / ރަންބުސްތާނުގެ، މަރްޔަމް ޢަލީ ގެ ފަރާތުން އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓްކޯޓްށ އދ. މަހިބަދޫ / ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގެ މިލްކުވެރިކަން ސާބިތުރުކުރުމަށް އެދި މައްސަލައެއް ހުށަހެޅިކަމާއި،އެ މައްސަލާގޫ ދައުވާގެ ސީޣާއަށް ބަލާއިރު، އެ މައްސަލައަކީ އދ. މަހިބަދު ރަންބުސްތާންގެ އެވެ ކިޔާ ގޯއްޗާއި ޢިމާރާތުގެ މިލްކުވެރިކަން ސާބިތެ ކުރުމަށް އެދި ހުށަހެޅ މައްސަލައެއްކަން އެނގެންއޮންނައިރު، އދ. މަހިބަދޫ "ރަންބުސްތާނު" ގޯތީގެ ރަޖިސްޓްރީ ދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2012/HC-A/37 ޤަޟިއްޔާއިން ބާޠިލްކޮށްފައިވާތީއާއި، ހުށަހަޅާފައިވާ ފޯމަކީ މިލްކުވެރިކަން ސާބިތުކުރުމަށް ދަޢުވާ ހުށަހަޅާ ފޯމަކަށްވާތީ، އިސްތިއުނާފީ މަރުހަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ފުށުއަރާގޮތަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ އިހްތިޞާޞް އެ ކޯޓަށް ނެތަތީ، އެ މައްސަލާގެ ދަޢުވާ ފޯމް ބަލައިގަނެވެންނެތްކަމަށް ބުނެއިސްތިއުނާފުކުރެވެ އަރިއަތޮޅު ދެކުނުބުރީ މަހު ބަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު" ން މަރްޔަމް ޢަލީއަށް އަންގާފައިވާކަން އެނގެންއޮންނަކަމާއި، މި ޤަޟިއްޔާގައި އިސްތިއުނާފު މިކުރެވެނީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު" ން މަރްޔަމް ޢަލީއަށް އަންގާފައިވާ އެންގުންކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށ ބަޔާންކޮށްފައިވާކަމާއި، ޤާނޫނު ނަންބަރ 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މއްދާގައާ ކޯޓުތަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަޤާމުތަކުގައި ތިބިމީހންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެއްކަމަށް ބަޔާންކޮށްފައިވް އިރު، މަރްޔަމް ޢަލީގެ ފަރާތުން އދ. މަހިބަދޫ / ރަންބުސްތާނުގެ އެވެ ކިޔާ ގޯއްޗާއި ޢިމާރާތުގެ މިލްކުވެރިކަން ސާބިތުކޮށްދިނުމަށް އެދި ހުށަހެޅ މައްސަލަ ބެލުމުގެ އިޚްތިޞާޞައަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓށ ލިބިގެންވޭތޯ ބަލާއިރު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ C/2010-4-59/I ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އދ. މަހިބަދޫ ރަތްބަގީޗާގެ / ޢަބްދުލްމުޙްސިން އަޙްމަދުގެ ފަރާތުން ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ޤަޟިއްޔާގައި، އެހާތަނަށް ނިންމާފައިވާ އެ ގޯއްޗާއި ގުޅުންހުރި ޤަޟިއްޔާތަކަށް ރިޢާޔަތްކުރެއްވުމަށްފަހު، އދ. މަހިބަދޫ ކުރީގެ އަތޮޅު އޮފީހުން މަރްޔަމް ޢަލގެ ނަމުގައީ ހަދާދީފައިވާ ނަންބަރ 26/2001/ގ/4-I ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމުގައި ކަނޑައަޅުއްވާ ޙުކުމްކުރައްވާފއިވަ ކަނާ އެނގެންއޮންނަކަމާއި، އެހެންކަމުން، އދ. މަހިބަދޫ / ރަންބުސްތާނގު އެވެ ކިޔާ ގޯތީގެ މިލްކުވެރިކަމާމެދު ގޮތެއް ކަނޑައަޅުއްވާފައިވާކަން އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ޤަޟިއްޔާއަށް ބެލުމުން އެނގެންއޮންނައިރު، އިޝާރާތްކުރެވޭ އެ ޤަޟިއްޔާ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިނުވާކަން އެނގޭކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/37 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމަކީ އެ ޙުކުމުގެ ބާރު ދެމިއޮތް ނިހާއީ ޙުކުމެއްކަން އެނގޭކަމާއި، މަރްޔަމް ޢަލީގެ ފަރާތުން އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓށ އީ ދ. މަހިބަދޫ / ރަންބުސްތާނުގެ އެވެ ކިޔާ ގޯތީގެ މިލްކު ސާބިތުކުރުމަށް އެދި ހުށަހެޅި މައްސަލައަކު ދިވެހިރާއްޖޭގެ ހައިކޯޓުގ ނަންބަރ 2012/HC-A/37 ޤަޟިއްޔާއިން ބެލުނު މައްސަލާގެ މައުޟއޫ ގައު ގޮތެއް ކަނޑައަޅުއްވާފައިވާ މައްސަލައެއްކަން އެނގެންއޮންނހިނދު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު" ން މަރްޔަމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ދައުވާ ފމަކޯ މިލްކުވެރިކަން ސާބިތުކުރުމަށް ހުށަހަޅާ ފޯމަކަށްވާތީ، އިސްތިއުނާފީ މަރުހަލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ފުށުއަރާގޮތަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވކަމަށާ ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ޤަބޫލުކުރެވޭކަމެވެ. ވީމާ، އިސްވެ ބަޔާން ކުރެވުނު ކަންކަން އެ ގޮތަށް ހުރުމާއެކު އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު" ން މަރްޔަމް ޢަލީއަށް އަންގާފައިވާ އެންގުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށް އަންގާފައިވާ އެންގުމެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނެއެވެ. ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14C/2014/01 "ދަޢުވާ ފޯމްގެ ޖަވާބު" ން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.