—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހުށަހެޅުނު މުސްތަނަދުތަކާއި ދަޢުވާ ލިބޭ ފަރާތުގެ ބަހުން 175,000 ރުފިޔާ ނަގާފައިވާކަން ސާބިތުވާތީ، 3 މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
- ވާޤިޢާ
- ކައިވެނިކުރަން އުޅުނުއިރާއި ކައިވެނިކޮށްގެން އުޅުނުއިރު، ފިރިމީހާ އަނބުރާ ދޭނެކަމަށް ބުނެގެން އަނބިމީހާ ޚަރަދުކުރި ފައިސާގެ ތެރެއިން، ފިރިމީހާގެ ގޭގެ ފަންގިފިލާއަށް ކުރި 175,000 ރުފިޔާގެ ޚަރަދު އަނބުރާ ހޯދުމަށް ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކައިވެނީގެ ކުރިންނާއި ކައިވެނިކޮށްގެން އުޅުނުއިރު އަނބިމީހާ ފިރިމީހާގެ ގެއަށް ކުރި ޚަރަދު އަނބުރާ ދޭނެ ކަމަށް ބުނެގެން ކުރި ކަމެއްކަން ސާބިތުކުރުމުގެ ބުރަ އޮތީ ކޮން ފަރާތެއްގެ މައްޗަށްތޯ، އަދި ތަބައްރުޢެއް ކަމަށް ބުނާ ދިފާޢު ސާބިތުވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، ޚަރަދު ކުރީ އަނބުރާ ދޭނެކަމަށް ބުނެގެންކަން ސާބިތުކުރާނެ ހެއްކެއް ހުށަހެޅިފައި ނެތް ކަމަށާއި، ވަޢުދަކީ ޤާނޫނީ ގޮތުން ބަނދެވޭ ކޮންޓްރެކްޓެއް ނޫން ކަމަށާއި، ފައިސާ ދިނީ ތަބައްރުޢެއްގެ ގޮތުން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ތަބައްރުޢެއް ކަމަށް ބުނުމަކީ ޚަރަދުކުރިކަމަށް ވެވޭ އިޢުތިރާފެއް ކަމުން، ދިފާޢު ސާބިތުކުރުމުގެ ބުރަ އޮތީ އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ކަމަށާއި، އަނބިމީހާ ފިރިމީހާއަށް ޚަރަދުކުރުން ލާޒިމު ނުވާއިރު ދެ ހެކީންގެ ހާޒިރުގައި ސޮއިކޮށްފައިވާ ލިޔުމާމެދު ފިރިމީހާ އެއްބަސްވާތީ، ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުން ނިންމިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް ހުށަހަޅާ ފަރާތް ނޫނެވެ. ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ޚަޞްމުއާ ކުރިމަތިކުރާ "ދަފްޢު" ނުވަތަ ދަޢުވާ ރައްދުވާ ފަރާތުން ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތެއްގެ މަސްއޫލިއްޔަތެކެވެ. (ޕެރ. 3.1)
ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތެވެ. (ޕެރ. 3.1)
ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާއަކީ ތަބައްރުޢެއްގެ ގޮތުން ކުރި ޚަރަދުތަކެއްކަމަށް ދަޢުވާ ރައްދުވާ ފަރާތުން ބުނުމަކީ، ދަޢުވާކޮށްފައިވާ ފައިސާ އެފަދައިން ޚަރަދުކޮށްފައިވާކަމަށް ދަޢުވާ ރައްދުވާ ފަރާތުން ވެވޭ އިޢުތިރާފެކެވެ. އެފަދައިން އިޢުތިރާފުވުމަށްފަހު އެފައިސާ އަނބުރާ ދޭން ނުޖެހޭނެކަމަށް ފާހަގަކުރާ ދިފާޢު ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް އޮތް ބުރައެކެވެ. (ޕެރ. 3.1)
އިސްލާމީ ޝަރީޢަތުގައި އަނބިމީހާގެ ޚަރަދުބަރަދު ބަލަހައްޓާ އަނބިމީހާގެ އެންމެހައި ޙައްޤުތަކެއް ރައްކާތެރިކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އޭގެ ތެރޭގައި އަނބިމީހާއަށް އެކަށީގެންވާގޮތުން ދިރިއުޅޭނެ ތަނެއް ދެއްކުމާއި، ފޭރާމާއި ކާބޯތަކެތި ހޯދައިދިނުމާއި، މިނޫންވެސް އެންމެހައި ޟަރޫރީ ޚަރަދުތަކާއި، އިސްރާފަކަށް ނުވާގޮތުން ކަމާލީ ޚަރަދުތައްވެސް ކުރުން ހިމެނެއެވެ. އެކަމުގައި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މިންގަނޑަކީ ތަނަވަސްކަމުގެ ވެރިޔާ އޭނާއަށް ތަނަވަސްކަން ލިބިގެންވާ މިންވަރަކުން ހޭދަކުރުމާއި، ރިޒްޤު ދަތިކުރައްވާފައިވާ މީހާ އޭނާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރުމެވެ. (ޕެރ. 3.2)
ޝަރުޢީ ގޮތުންވެސް ޤާނޫނީ ގޮތުންވެސް އަނބިމީހާގެ މައްޗަށް ފިރިމީހާއަށް ޚަރަދުކުރުން ލާޒިމުވެފައިނުވާ ޙާލަތުގައި، އަނބިމީހާ ޚަރަދުކުރިކަން ފިރިމީހާ އިޢުތިރާފުވެ، އެ ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އެއްބަސްވެ އިޤްރާރުވެ ދެ ހެކީންގެ ހާޒިރުގައި ސޮއިކޮށްފައިވާ ލިޔުމާމެދު ފިރިމީހާ އެއްބަސްވާނަމަ، އެ ޚަރަދުތައް ކުރީ ފިރިމީހާގެ އެދުމުގެ މަތިން ނޫންކަމަށް ބުނާ ބުނުމަކީ އެ ފައިސާ އަނބުރާ ނުދޭން ޖެހޭ ސަބަބެއް ނޫނެވެ. (ޕެރ. 3.2، 3.3)
ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިފައިވާ ފަރާތް މަޤުބޫލު ޢުޒުރެއްނެތި އެއަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުނުވާނަމަ، އޭނާގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނެއެވެ. (ޕެރ. 3.4)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) (އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި)
- 2010/SC-A/02
ފަނޑިޔާރުން
- ބެންޗު
- ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
g ދިވެހިރާއްޖޭގެ ހައިކޓޯ ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ޤަޟިއްޔާ ނަންބަރ: 2015/HC-A/335 އިސްތިއުނާފުކުރި ފަރާތް : * ނަން : އިބްރާހީމް އިބްތިޝާމް * ދާއިމީ އެޑްރެސް: […] * އައިޑީ* މިހާރުގެ އެޑްރެސް : […] * ނަން : އަހުޒީރާ އަޙްމަދު * ދާއިމީ އެޑްރެސް : […] * އައިޑީ* މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް : 15 މުޙައްރަމް 9143 11 އޮކްޓޯބަރ 2015 05 އޮކްޓޯބަރ 2017 އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 63/Cv-C/2015 ނިންމުވެ ފަރާތް: ސިވިލް ކޯޓު މައްސަލައިގެ ބާވަތް: ފައިސާ ހޯދުން ހުށަހެޅި ތާރީޚް: 08.01.2015 * ނިމުނު ތާރީޚް : 23.07.2015 މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޖާޢު ޢުޘްމާން )ރިޔާސަތު ( ދަޢުވާގެ ޚުލާޞާ: މިއީ، ސިވިލ ކޯޓު ގެ ނަންބަރު 63/Cv-C/2015 ޤަ ޟިއްޔާ، އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ކ. މާލެ، އިބްރާހީމް އިބްތިޝާމް )ދ.ރ.( ގެ ފރާތުނަ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މުޤަޟިއްޔި ގައި އިސްތިއުނާފ ރައްދުވާ ފަރާތަކީކ. މާލެ އަޙުމަދު )ދ.ރ.( އެވެ. ފާހަގަކުރެވުނު ނުކުތާތައް: 01- ސިވިލް ކޯޓުގެ ނަންބަރު 63/Cv-C/2015 ޤަޟިއްޔާއަކީ، […] / އަހުޒީރާ އަޙްމަދު، […] / އިބްރާހީމް އިބްތިޝާމް އާއި ކައިވެނި ކުރަން އުޅުނު އިރުގައްޔާއި، ކައިވެނިކޮށްގެން އުޅުނުއިރު، އިބްރާހީމް އިބްތިޝާމ، އަހުޒީރާ އަޙްމަދަށް އަނބުރާ ދޭނެކަމަށް ބުނެގެން، ކައިވެނި ޕާޓީ ބއްވުމަށާއި، ހަނީމޫނަށްކުރި ޚަރަދުގެ އިތުރުން،އިބްރާހީމް އިބްތިޝާމްގެ ގޭގެ މަރާމާތަށާއި، ޒީނަތްތެރިކުރުމުގެ ބައެއް ޚަރަދަށް އަހުޒީރްއަޙްމަދުގެ އަތުން ފަހުން ދޭގޮތަށް ނަގާފައިވާ ފައިސާހޯދުމަށް އަހުޒީރާ އަޙް މަދު މަސައްކަތްކުރިނަމަވެސް އިބްރާހީމް އިބްތިޝާމްގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ އިސްވެ އިޝާރާތްކުރެވުނު ފައިސާ އަނބުރާ ހޯދުމަށް އެދި އިބްރާހީމް އިބްތިޝާމްގެ މައްޗަށް އަހުޒީރާ އަޙްމަދު ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާ އެއްކަމާއި، އޤަޟިއްޔެ ނިންމަވާފައިވަނީ "ދެންފަހެ،ބުނެވިދިޔަ ކަންކަން އެހެން ހުރުމުން […] އަހުޒީރާ އަޙްމަދު،[…] އިބްރާހީމް އިބްތިޝާމާ ކައިވެނިކުރަން އުޅުނު އިރާއި، ކައިވެނިކޮށްގެން އުޅުނުއިރު، ދަޢުވާލިބޭ އިބްރާހީމް އިބްތިޝާމް ދަޢުވާކުރާ އަހުޒީރާ އަޙްމަދަށް އަނބުރާ ދޭނެކަމަށް ބުނެގެން، ކައިވެނި ޕާޓީބޭއްވުމަށާއި، ހަނީމޫނަށްކުރި ޚަރަދުގެ އިތުރުން، ދޢުވާލިބަ ފަރާތުގެ ގޭގެ އަމިއްލަ މަރާމާތަށާއި، ޒީނަތްތެރިކުރުމުގެ ބައެއް ޚަރަދަށް ދަޢުވާކުރާ ފަރާތުގެ އަތުން ފަހުންދޭ ގޮތަށް 175,000/-ރ. )އެއްލައްކަ ހަތްދިހަފަސްހާސް ރުފޔި ( ނަގާފައިވާކަން ހުށަހެޅިފައިވާ މުސްތަނަދުތަކާއި، ދަޢުވާލިބޭ ފަރާތުގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ބުނެވިދިޔަ ފައިސާ މިއަދު؛ 2015 ޖުލައި 23 ވަނަ ދުވަހުން ފެށިގެން 03 )ތިނެއ ( މަސްދުވަހުގެ މުއްދަތުގައި، ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ މންވަރަށްވުރި މަދުނޫން ޢަދަދެއް ދައްކަމުންގޮސް 175,000/-ރ. )އެއްލައްކަ ހަތްދިހަފަސްހާސް ރުފިޔާ ( އަހުޒީރާ އަޙްމަދަށް ލިބިދިނުމަށްޓަކައި ސިވިލްކޯޓަށް ދައްކާ ޚަލާޞްކުރުމަށް […] އިބްރާހީމް އިބްތިޝާމަށް އަންގައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ." މިފަދައި ންކަންއޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . 02- ސިވިލް ކޯޓުގެ ނަންބަރު 63/Cv-C/2015 ޤަ ޟިއްޔ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ކ. މާލެ، އިބްރާހީމް އިބްތިޝާމް ގެފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 02 )ދއޭ ( ނުކުތާއެއް ފާހަގަކޮށް، އާދނުކުތެ އާ މެދު ދިވެހިރާއްޖޭގެހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ . ފުރަތަމަ ނުކުތާއަކީ: އަހުޒީރާ އަޙްމަދުގެ ފަރާތުން ކޮށްފައިވާ ޚަރަދުތައް ކުރީ އިބްރާހީމް އިބްތިޝާމްގެފަރތުން އުނބުރާ ދޭނެކަމަށް ބުނެގެންކަމަށް އަހުޒީރާ އަޙްމަދގެ ފަރާތުން ދަށުކޯޓުގައި ހުށަހަޅާފައިވާ ދަފްޢަށް އިބްރާހީމް އިބްތިޝާމގެފަރާތުން އިންކާރުކޮށްފައިވާއިރު، އެ ދަފްޢު ޘާބިތުކުރުމަށް އަހުޒީރާ އަޙްމަދިގެފަރާތުން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅާފައާނުވާއިރު، މައްސަލައިގެ ވާޤޢތައް ޤާއިމުކުރެއްވިއިރު، އެޚަރަދުކުރީ އިބްރާހީމް އިބްތިޝާމގެ ފަރާތުން އަނބުރާ ދޭނެކަމަށް ބުނެގެންކަމަށް ކަނޑަނޭޅޭނެކަމަށްބުނެ ފާހަގަކޮށްފައިވެނުކުތާ އެވެ. ދެވަނަ ނުކުތާއަކީ: އިބްރާހީމް އިބްތިޝާމް ގެފަރާތުން އަހުޒީރާ އަޙްމަދ އަށް ފައިސާތަކެއް ދޭނެކަމަށް ބުނެ ވެފައިވާ ވަޢުދަކީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހެޅި ހުށަހެޅުމެއް ނޫންކަމާއި އެއީ އެވަޢުދުގެ މުޤާބިލުގައި ވަކި ކަމެއް ކުރުމަށް ނުވަތަ ޝަރުތުކޮށް ވި ވަޢުދެއްވެސް ނޫންކަމާ އ، އެއީ އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނު )ޤާނޫނު ނަންބަރު 4/91( އާއި ކޮންޓްރެކްޓާބެހޭ ގޮތުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައްޔާއި ރާއްޖެއިން ބޭރުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިޤްރާރްވެފައިވާ ހަމަތަކުން ބަލާނަމަ، އެއްވެސް ޙާލަތެއްގައި ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ތަންފީޛްކުރެވޭނެ ފަދަ ކޮންޓްރެކްޓެއް ނޫންކަމަށް ހުށަހަޅާފައިވާ ނުކުތާއަށް ދަށުކޯޓުން ރިޢާޔަތްކުރައްވާފައި ނުވާ ކަމަށްބުނެ ފާހަގަކޮށްފައިވެނުކާތާ އެވެ. 03- މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލަހުގައި ދެފަރާތުން ދއްކާފައިވ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 63/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،އަންނަނިވި ކަންތައްތައް ފާހަގކުރެވިފައިވެއެވެ .
3.1 ފުރަތަމަ ކަމަކީ:އަހުޒީރާ އަޙްމަދުގެ ފަރާތުން ކޮށްފައިވާ ޚަރަދުތައް ކުރީ އިބްރާހީމް އިބްތިޝާމް ގެ ފަރާތުން އެދިގެންކަން ސާބިތުކުރުމަށް އަހްޒީރާ އަޙްމަދު ގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމަށާއި އަދި އެ ފައިސާ އަކީ އަހްޒީރ އަޙްމަދު އާއި އިބްރާހީމް އިބްތިޝާމް ކައިވެނި ކޮށްގެން އުޅުނު އިރު ތަބައްރުޢު އެއްގެ ގޮތުން ދިން އެއްޗެއްކަމަށް އިބްރާހީމް އިބްތިޝާމްގެ ފަރާތުން ފާހަގަކޮށްފައިވއިރު، ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ probandi) (onus އަކީ، ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް ހުށަހަޅާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ޚަޞްމުއާ ކުރިމަތިކުރާ "ދަފްޢު" ނުވަތަ ދަޢުވާ ރައްދުވާ ފަރާތުންކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރތެއގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު " (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢެއް" ކުރާ ފަރާތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟއްޔާގި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ނ( ގައި ކަނޑައަޅުއްވާފައިވާކަމާއި، އަހުޒީރާ އަޙުމަދުގެ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާ އަކީ އެއްވެސް ކަމެއްގެ މުޤާބިލުގައި ކޮށްފައިވާ ޚަރަދުތަކެއް ނޫންކަމަށާއި، އެ ޚަރަދުތައް ކޮށްފައިވަނީ ދެމީހުން ކައިވެނިކޮށްގެން އުޅުނު އިރު ތަބައްރުޢުއެއްގެ ގޮތުންކަމަށް އިބްރާހީމް އިބްތިޝާމްގެ ފަރާތުން ބުނެފައިވާ ބުނުމަކީ، އަހުޒީރާ އަޙުމަދުގެ ފަރާތުން ދަޢުވާކޮށްފައިވާ ފައިސާ އޭނާ އެފަދައިން ޚަރަދު ކޮށްފައިވޭކަމަށް އިބްރާހީމް އިބްތިޝާމްގެ ފަރާތުން ވެވޭ އިޢުތިރާފެއްކަމާއި، އަދި އެފަދައިން އިޢުތިރާފްވުމަށްފަހު އެފައިސާ އަނބުރާ ދޭންނުޖެހޭނެކަމަށް އިބްރާހީމް އިބްތިޝާމް ގެ ފަރާތުން ފާހަގަކުރާ ދިފާޢު ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ އިބްރާހީމް އިބްތިޝާމްގެ މައްޗަށް އޮތް ބުރައެއްކަން ފާހަގަކުރެވެއެވެ .
3.2- ދެވަނަ ކަމަކީ: އިސްލާމީ ޝަރީޢަތުގައި އަނބިމީހާގެ ޚަރަދުބަރަދު ބަލަހައްޓާ އަނބިމީހާގެ އެންމެހައި ޙައްޤުތަކެއް ރައްކާތެރި ކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއްކަމާއި، އޭގެ ތެރޭގައި އަނބިމީހާ އަށް އެކަށީގެންވާގޮތުން ދިރިއުޅޭނެ ތަނެއް ދެއްކުމާއި، ފޭރާމާއި ކާބޯތަކެތި ހޯދައިދިނުމާއި، މިނޫންވެސް އެންމެހައި ޟަރޫރީ ޚަރަދުތަކާއި، އިސްރާފަކަށްނުވާގޮތުން ކަމާލީ ޚާރަދުތައްވެސް ކުރުންކަމާއި، އެކަމުގައި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މިންގަނޑަކީ، ތަނަވަސްކަމުގެ ވެރިޔާ، އޭނާއަށް ތަނަވަސްކަން ލިބިގެންވާ މިންވަރަކުން ހޭދަކުރުންކަމާއި، އަދި އެމީހެއްގެ ރިޒްޤު މާތް ﷲ ދަތިކުރައްވާފައިވާ މީހާވެސް އެމީހާއަށް ﷲ ދެއްވި އެއްޗަކުން ހޭދަކުރުންކަމާއި، މާތް ﷲ އެއްވެސް ނަފުސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ ތަކުލީފު ޖައްސަވާފައި ނުވާކަމާއި، އަހުޒީރާ އަޙްމަދު އާއިއބްރާހީމް އިބްތިޝާމ އާއި ދެމީހުން ކައިވެނިކޮށްގެން އުޅު ނުއިރުއާއި އޭގެ ކުރިންދެމީހުންގެ ހިތްހަމަ ޖެހުމާއި އުފަލަށްޓަކައިއަހުޒީރާ އަޙްމަދގެ ފަރާތުން ގިނަގުނަ ޚަރަދުތަކެއް ކޮށްފައިވިޔަސް،އަހުޒީރާ އަޙމަދް ގެ ފަރާތުން ދަޢުވާކޮށްފައިވަނީ އެއެންމެހައި ޚަރަދުތަކެއް ހޯދުމަށް ނޫންކަމާއި، އަހުޒީރާ އަޙު މަދްދަޢުވާ ކޮށްފައިވަނީ،އިބްރާހީމް އިބްތިޝާމގެ ގ މަރާމާތު ކުރުމަށާއި، އެގޭގެ އެހެނިހެން ކަންކަމަށް އަހުޒީރާ އަޙުމަދުގެ ފައިސާއިން ސީދާ ކުރެވުނު ޚަރަދު ހޯދަންކަމާއި، އެއީ -/000'175ރ).އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ( ކަމާއި، ޝަރުޢީ ގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސްއަހުޒީރާ އަޙމަދް ގެ މައްޗަށްއިބްރާހީމް އިބްތިޝާމްއަށް ޚަރަދު ކުރުން ލާޒިމްވެފައިނުވެހާލަތުގައި އްޚަރަދު ތައްކުރީ އިބްރާހީމް އިބްތިޝާމގެ އެދުމުގެ މަތިން ނޫންކަމަށްއިބްރާހީމް އިބްތިޝާމްގެ ފަރާތުން ބުނެފައިވީނަމަވެސު،އަހުޒީރާ އަޙމަދުގެ ފަރާތުން އެ ފައިސާތައް ޚަރަދުކޮށްފައިވަނ، އެފައިސާ ޚަރަދުކުރުމުގެ ކުރިން އަނގަބަހުންވެވުނު އެއްބަސްވުމެއްގެ މައްޗަށް ކަމށާއި، އަދި އެފައިސާ ޚަރަދު ކުރުމަށްފަހު، އެފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދެއްކުމަށް އެއްބަސްވެ އިޤްރާރުވެ ދެ ހެކީންގެ ހޒިރުގައި އިބްރާހީމް އިބްތިޝާމ ލިޔުމެއްގައި ސޮއިކޮށްފައިވާކަމަށްބުނެ، އަހްޒީރާ އަޙްމަދުގެ ފަރާތުން އެލިޔުން ޝަރީޢަތަށް ހުށަހަޅާފައިވާ ކަމާއި، އެލިޔުމުގައިވާ ޢިބާރާތުގައިވަނީ، "މިއީ އިބްރާހީމް އިބްތިޝާމް )ދރ ކާޑު 050914A( […] ގެ 4 ވަނަ ފަންގިފިލާ ގެ ޚަރަދުތަކަށްއަހްޒީރާ އަޙްމަދ () ކޮށްފައިވާ ޚަރަދުތަކަށްވާ -/000'175ރ).އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ( 2014 ޑިސެމްބަރ 6 ގެ ކުރިން ދީ ހަލާސް ކުރާނެކަމަށްވާ އެއްބަސްވުމެކެވެ". މިފަދައިންކަން ފާހަގަކުރެވެއެވެ .
3.3- ތިންވަނަ ކަމަކީ : ސިވިލް ކޯޓުގެ ނަންބަރު 63/Cv-C/2015 ޤަޟިއްޔާ ގައި އަހްޒީރާ އަޙްމަދުގެ ފަރާތުން ހުށަހެޅި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައަކީ […] / އަހުޒީރާ އަޙްމަދު، […] / އިބްރާހީމް އިބްތިޝާމްއާ ކައިވެނިކުރަން އުޅުނު އިރުގައާއި އަދި ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު އިބްރާހީމް އިބްތިޝާމް ފަހުން ދޭނެކަމަށް ބުނެގެން ކޮށްފައިވާ ޚަރަދުތައް ހޯދުމަށް އެދި އަހުޒީރާ އަޙްމަދުގެ ފަރާތުން ދަޢުވާކޮށްފައިވާ މައްސަލައެއްކަމާއި، އެޚަރަދުތަކުގެ ތަފްޞީލު އަހުޒީރާ އަޙްމަދުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަމާއި، އެއީ، ކައިވެނި ޙަފްލާގެ ކޭޓަރިންގ ޚަރަދަށް -/000'40ރ).ސާޅީސް ހާސް ރުފިޔާ ( އާއި، މެލޭޝިއާގައި ހަނީމޫން ހޭދަކުރުމަށް -/382'32ރ).ތިރީސް ދެހާސް ތިންސަތޭކަ އަށްޑިހަ ދެރުފިޔާ ( އާއި، ދެމީހުންގެ ޓިކެޓަށް ޚަރަދުވި -/920'16ރ).ސޯޅަހާސް ނުވަސަތޭކަ ވިހި ރުފިޔާ ( އާއި، ބަދިގެ ކެބިނެޓަށް ޚަރަދުވި 45/368'93ރ).ނުވަދިހަ ތިންހާސް ތިންސަތޭކަ ފަސްދޮޅަސް އަށްރުފިޔާ، ސާޅީސް ފަސްލާރި ( އާއި، ބެޑްރޫމް ސެޓާއި ފާޚާނާގެ ފިޓިންގސް އާއި ބަދިގެ ސާމާނާއި އައިސް އަލަމާރި އާއި ދޮންނަ މެޝިނާއ ކޮފީ ޓޭބަލާއި އަދި ސޯފާ ސެޓަށް ޚަރަދުވި 55/631'81ރ).އަށްޑިހަ އެއްހާސް ހަސަތޭކަ ތިރީސް އެއްރުފިޔާ، ފަންސާސް ލާރި ( ކަމާއި، އިސްވެ ބަޔާންކުރެވުނު މި ޚަރަދުތަކުގެ ތެރެއިން އިބްރާހީމް އިބްތިޝާމް އަތުން އަހުޒީރާ އަޙްމަދު ހޯދުމަށް އެދިފައިވަނީ ހަމައެކަނީ […] ސ އެވެ ކިޔާ ގޭގެ 04 ވަނަ ފަންގިފިލާ އަށް ހޯދާފައިވާ )ބ ދުގެ ކެބިނެޓަށް ޚަރަދުވި 45/368'93ރ އާއި، ބެޑްރޫމް ސެޓާއި ފާޚާނާގެ ފިޓިންގސް އާއި ބަދިގެ ސާމާނާއި އައިސް އަލަމާރި އާއި ދޮންނަ މެޝިނާއި ކޮފީ ޓޭބަލާއި އަދި ސޯފާ ސެޓަށް ޚަރަދުވި 55/631'81ރ ކަމާއި،( ތަކެއްޗަށް ޖުމްލަވާ -/000'175ރ).އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ( ކަމާއި، […] ގެ 04 ވަނަ ފަންގިފިލާގެ ބަޔާންކުރެވުނު ކަންކަމަށް އަހުޒީރާ އަޙުމަދުގެ ފަރާތުން -/000'175ރ).އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ( ޚަރަދު ކޮށްފައވާކަމާމެދުއިބްރާހީމް އިބްތޝާމްގެ ފަރާތުން އިޢުތިރާޟު ކޮށްފައި ނުވާއިރު، އަދި -/000'175ރ).އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ( 06 ޑިސެމްބަރ 2014 ގެ ކުރިން އަހުޒީރާ އަޙްމަދުއަށް ދީ ޚަލާޞްކުރާނެކަމަށްބުނެ ދެ ހެކީންގެ ހާޒިރުގައި 06 ސެޕްޓެމްބަރ 2014 ގައި އިބްރާހީމް އިބްތިޝާމް ލިޔުމެއްގައި ސޮއިކޮށފައިވާކަމަށްބުނެ އެކަން ސާބިތު ކޮށްދިނުމަށް އަހުޒީރާ އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުމާމެދު އިބްރާހީމް އިބްތިޝާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމެވެ .
3.4- ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ޙުކުމްކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް 05 އޮކްޓޯބަރ 2017 ވަނަ ދުވަހުގެ 10:20 އަށް ހާޒިރުވުމަށް އަންގާ، މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ އަހުޒީރާ އަޙުމަދު ގެ ބަދަލުގައި ހާޒިރުވުމަށް ހަމަޖައްސާފައިވާ އައިނާން ޢަލީ މުޙައްމަދު )ދ.ރ.( އާއި މިކޯޓުގެ ނަންބަރު 95-B3/CHT/2017/961 "ކޯޓަށް ހާޒިރުވުމުގެ އަމުރު" 27 ސެޕްޓެމްބަރ 2017 ދުވަހުގެ 13:45 ގައި ހަވާލުވެ، މަޤުބޫލު އުޒުރެއްނެތި އެއަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުވެފައިނުވާތީ މިޤަޟިއްޔާގައ ޙުކުމްކުރެވިފައިވަނީ އޭނާގެ ޣައިރު ޙާޟިރުގައެވެ. ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 63/Cv-C/2015 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ […] އިބްރާހީމް އިބްތިޝާމ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތިކަމަކަމަށް މިޤަޟިއްޔ ދިވެހިރާއްޖޭގެ ހައިކޯޓުގްއަ ބެލި އެއްވެސްފަނޑިޔާރަކަށ ނުފެނުނެވެ . ޙުކުމް: ދެ ންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 63/Cv-C/2015 ޤަޟިއްޔާގއަ އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކާމަށް މޤަޟިއްޔަދިވެހިރާއްޖޭގެ ހައިކޯޓުގއ ބެލި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބަދަލުގައި ހާޒިރުވުމަށް ކަނޑައަޅާފައިވާ އައިނާން ޢަލީ މުޙައްމަދު )ދ.ރ.( އަށް މިކޯޓުގެ ނަންބަރު 95-B3/CHT/2017/961 "ކޯޓަށް ހާޒިރުވުމުގެ އަމުރު" 27 ސެޕްޓެމްބަރ 2017 ދުވަހުގެ 13:45 ގައި ރައްދުކުރެވިފައިވާއިރު، މަޤުބޫލު އުޒުރެއްނެތި އެއަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުވެފައިނުވާތީ އޭނާގެ ޣައިރު ހާޒިރުގައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ .
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.