ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/108ހައިކޯޓު · 22 އޮކްޓޫބަރު 2017 · އެހެނިހެން

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 22 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ތަރިކައިގެ މައްސަލަ ނިމިފައިވާތީ އެ ގޯތީގެ ތަރިކައާ ގުޅުންހުރި މައްސަލަ ދެން ނުބެލޭނެކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ސިޓީއަކުން އެންގިއެވެ.
ވާޤިޢާ
މަރުވި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގެ ރަޖިސްޓްރީ ބާޠިލްކޮށްދިނުމަށް، އެ މަރުވި މީހާގެ އުޚްތެއްގެ ދަރިއަކު، އޭނާ މަރުވިތާ 7 އަހަރު ފަހުން ދަޢުވާ ހުށަހެޅިއެވެ. އެ މަރުވި މީހާގެ ތަރިކައިގެ ޤަޟިއްޔާ ކުރިން ނިމިފައިވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
މަރުވި މީހެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގޯއްޗެއްގެ ރަޖިސްޓްރީ ބާޠިލްކޮށްދިނުމަށް ހުށަހެޅި ދަޢުވާ ބެލެން ނެތްކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ 60 ދުވަހުގެ މުއްދަތާއި ގުޅިގެން، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަޢުވާ ނުބެލުމަކީ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށާއި، ތަރިކައިގެ ޤަޟިއްޔާގައި ބައިވެރިވުމުގެ ފުރުޞަތު ނުދިންކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަޢުވާ ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 25/75 ގައިވާ 60 ދުވަހުގެ މުއްދަތު ފަހަނައަޅައިގެންކަމާއި، ތަރިކައިގެ ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކޮށްފައި ނުވާތީ، ދަޢުވާ ނުބެލުމަކީ ޚިލާފު ނިންމުމެއް ނޫނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ މަޤްޞަދަކީ މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްފަދަ ކަމެއް އޮވެގެން ދަޢުވާކުރާ ފަރާތެއް ވާނަމަ އެކަމުގެ ދަޢުވާ ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅުންކަމާއި، އެމުއްދަތު ގުނަން ފަށަންޖެހޭނީ އެފަދަ ދަޢުވާއެއް ކުރަން ބޭނުންވާ ފަރާތަށް މީހަކު މަރުވިކަން އެނގުނު ތާރީޚުން ފެށިގެންނޫން، މީހާ މަރުވާ ދުވަހުން ފެށިގެންކަން އެޤާނޫނުގެ ޞަރީޙަ ނައްޞުން އެނގެން އޮންނަކަމަށް 2012/HC-A/345 ގައި ބަޔާންކޮށްފައިވެއެވެ. (ޕެރ. 4(ށ))

60 ދުވަހުގެ މުއްދަތެއް މަޙުދޫދުކުރެވިފައިވަނީ މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، އެއީ މުއްދަތު ކަނޑައެޅިފައިނުވާނަމަ މަރުވެފައިވާ މީހެއްގެ ވާރިޘުންގެ މައްޗަށް އެތައް އަހަރެއް ފަހުން އެއްވެސް ޙައްދެއްނެތި ދަޢުވާކުރުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮންނާނެތީއާއި، ޙަޤީޤަތުގައި ދަޢުވާއެއް އޮތް ފަރާތެއްވާނަމަ އެފަރާތެއްގެ ޙައްޤު ހޯދުމަށް ލަސްނުކޮށް ފިޔަވަޅު އަޅަން މަސައްކަތްކުރުވުމަށްޓަކައެވެ. (ޕެރ. 4(ށ))

ޤާނޫނު ނަންބަރު 25/75 ގައި ބުނެފައިވާ 60 ދުވަހުގެ ތެރޭގައި އެފަދަ ދަޢުވާއެއް ހުށަހެޅުމުގައި މަރުވި މީހެއްގެ ވާރިޘުންވެސް އިސްތިސްނާކޮށްފައި ނުވާކަމަށް 2008/SC-A/10 ގައި ބަޔާންކުރައްވާފައިވެއެވެ. (ޕެރ. 4(ށ))

ދަޢުވާއެއް އޮތްނަމަ ޤާނޫނު ނަންބަރު 25/75 ގައި ހުށަހަޅަންޖެހޭކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ، ދަޢުވާކުރާ މީހަކު ނެތްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭނެއެވެ (2010/HC-A/182). (ޕެރ. 4(ށ))

ދަޢުވާކުރާ ފަރާތަށް ޙައްޤެއް އެކުލެވިގެންވާކަމަށް ދެކިގެން އެޙައްޤު ހޯދުމަށް ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 25/75 ގައި ކަނޑައެޅި ބަޔާންކުރެވިފައިވާ މުއްދަތުގެ ފަހުންކަން އެނގެން އޮންނަކަމުން، އެ ދަޢުވާ ބެލެން ނެތްކަމަށް ނިންމުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފު ނިންމުމެއް ނޫނެވެ. (ޕެރ. 4(ށ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ދެއްކި)
  • 2012/HC-A/345
  • 2008/SC-A/10
  • 2010/HC-A/182

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު ގ ނަންބަރ B12MC/2014/40 އަމިއްލަ މީހުން ފޮނުވާ ސިޓީ/ފޯމްގެ ޖަވާބު ޝަރުޢީ އެދަ ޤާނޫނީ އުޞޫލުތަކާ އެއްގޮތނުވާކަމަށް ބުނީ، އެ ލިޔުން އިސްތިއުނާފުކޮށްދިނުމަށް އެދި، ހދ.ކުޅުދުއްފުށި ދޮންދުނބުރިގެ މުޙައްމަދު އަބޫބަކުރުގްފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.

2ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު ގ ނަންބަރ B12MC/2014/40 އަމިއްލަ މީހުން ފޮނުވާ ސިޓީ/ފޯމްގެ ޖަވާބަށް ބަލާއިރު، އެލިޔުމަކީ ހދ. ކުޅުދުއްފުށި ދޮންދުނބުރިގެ މުޙައްމަދު އަބޫބަކުރު އެކޯޓަށް ހުށަހެޅި ހދ. ކުޅުދުއްފުށި ސަމަރުބުލޫގާ އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށްއެދި ހުށަހެޅުމުން އެކޯޓުން ނިންމަވާފައިވ ނިންމެވުމެއްކަމއި، އެލިޔުމުގައިވަނީ، ". .މިކޯޓަށް ހުށަހަޅާފައިވާ ހދ.ކުޅުދުއްފުށި/ ސަމަރުބުލޫގެ އަލްމަރުޙޫމް އާދަމް އިބްރާހީމްގެ ތަރިކައިގެ މައްސަލަ 02 ނޮވެމްބަރ 2014 ގައި ނިމިފައިވާއިރު ތިޔަފަރާތަކީ މިދެންނެވި ތަރިކައިގެ ވާރިޘުންގެ ތެރޭގައި ހިމެނޭ ފަރާތެއްކަމުގައް އެޤަޟިއްޔާގައި ހުށަހަޅާފައިވާ އެއްވެސް ލިޔުމަކުން އެނގެން ނެތްކަމާއި އަދި ތިޔަފަރާތުންވެސް އެކަން މިކޯޓްގައި ސާބިތުކޮށްދީފައިނުވާތީ އެކަން ވާނީ ތިޔަފަރާތަށ އަންގަވާފައެވެ. އެހެންކަމުން މިކޯޓުން މިދެންނެވި ތަރިކައިގެ މައްސަލަ ނިންމަވާފައިވާތީ ހދ .ކުޅުދުއްފި ށ/ ސަމަރުބުލޫގެ ތަރިކަ އާއި ގުޅުންހުރި މައްސަލަ ދެން މިކޯޓުން ނުބެލޭނެކަމުގައި ދަންނަވަމެވެ. އަދ އިސްވެދެންނެވުނު މައްސަލަ ނިމިފައިވާ ގޮތާއިމެދު ހިތްހަމަ ޖެހިނުލައްވާނަމަ އެމައްސަލަ އިސްތިއުނާފ ކުރުމުގެ ޙައްޤު ލިބިގެންވާކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ" މިފަދައިންނެވެ.

3ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު ގ ނަންބަރ B12MC/2014/40 އަމިއްލަ މީހުން ފޮނުވާ ސިޓީ/ފޯމްގެ ޖަވާބުޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތެނޫންކަމަށްބުނެ، ހދ.ކުޅުދުއްފުށި ދޮންދުނބުރިގެ މުޙައްމަދު އަބޫބަކުރުގްފރާތުނަ ހުށަހަޅާފައިވާ ނުކުތާއަށް ބެލިއިރު އެނުކުތާއަކީ، މުޙައްމަދު އަބޫބަކުރު ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކޯޓުން ނުބެލޭނެކަމަށް ނިންމަވާފައިވާ ނިންމުން ދިވެހިރާއްޖޭގ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާއާއި ޚިލާފުވުމުގެ ސަބަބުން އެނިންމުމުގެ އިންސާފު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

4HN1HN2HN3HN4HN5މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު ގ ނަންބަރ B12MC/2014/40 އަމިއްލަ މީހުން ފޮނުވާ ސިޓީ/ފޯމްގެ ޖަވާބު ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ހދ.ކުޅުދުއްފުށި ދޮންދުނބުރިގެ މުޙައްމަދު އަބޫބަކުރުގެ ފަރާތުންހުށަހަޅާފައިވާ ސަބަބގުމައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގ ނަންބަރ B12MC/2014/40 ނިންމުމަކީ، ހދ. ކުޅުދުއްފުށީ ދޮންދުނބުރިގެ މުޙައްމަދު އަބޫބަކުރުގެ ކާފަ އަލްމަރުޙޫމް އިބްރާހީމް ޙަސަންގެ ތަރިކައިގް މައްސަލަ ދިވެހިރާއްޖޭގެ އެއްވސެ ޝަރުޢީ ކޯޓަކުން ނިނމާފައް ނުވާއިރު، އަދި އެގޯތީގައިވާ ޢިމާރާތްތައް ހިބައިން އަދި ވަޞިއްޔަތުންވެސ އެއްވެސް ފަރާތަކަށް ދީފައިނުވާއިރު،އޭނާގެ ކާފަ ދިރިއުޅެމުންދިޔަ ހދ.ކުޅުދުއްފުށި ސަމަރުބުލޫގެ އެވެކިޔ ބަންޑާރަ ގޯތި ކާފަގެ ދަރިއެއް ކަމުގައިވާ އަލްމަރުޙޫމް އާދަމް އިބްރާހީމްގެ ނަމަށް ރަޖިސްޓްރީ ބަދަލުކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމަށްބުނެ، އެރަޖިސްޓްރީ އަކީ ބާޠިލް ރަޖިސްޓްރީއެއް ކަމަށ ކަނޑައަޅައިދިނުމަށް އެދި މުޙައްމަދު އަބޫބަކުރު 03 ޑިސެމްބަރ 2014 ގައިއެކޯޓަށް ހުށަހެޅުމުން، ހދ. ކުޅުދުއްފުށީ ސަމަރުބުލޫގެ އަލްމަރުޙޫމް އާދަމް އިބްރާހީމްގެ ތަރިކައިގެ މައްސަލަ 02 ނޮވެމްބަރ 2014 ގައި ނިމިފައިވާތީ، ސަމަރުބުލޫގެ ތަރިކައާއި ގުޅުންހުރި މައްސަލަ ދެން އެކޯޓުން ނުބެލޭނެކަމަށް ކަނޑައަޅުއްވައި، އެމައްސަލަ ނިމިފައިވާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ އެމައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވާކަން އަންގަވައި މުޙައްމަދު އަބޫބަކުރަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފޮނުއްވާފައިވާ ލިޔުމެއްކަމާއި، ހދ.ކުޅުދުއްފުށީ ސަމަރުބުލޫ އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ 20 ޖަނަވަރީ 1998 އިން ފެށިގެން މަރުޙޫމް އާދަމް އިބްރާހީމަށ ރަޖިސްޓްރީ ކޮށްދީފައިވާ ގޯއްޗެއްކަން އެގޯތީގެ ނަންބަރ 21/98/B.12/ގއ ރަޖިސްޓްރީއިން އެނގެންއޮންނަކަމާއި، ހދ. ކުޅުދުއްފުށީ ސަމަރުބުލޫގެ އާދަމް އިބްރާހީމް 03 ފެބްރުއަރީ 2007 ގައި ނިޔާވުމާ ގުޅިގެން، އެމަރުޙޫމުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހދ.ކުޅުދުއްފުށި ސަމަރުބުލޫގެއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އެމަރުޙޫމުގެ ވާރިސުންގެ މެދުގައި ހަމަޖައްސައިދިނުމަށް އެދޭ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ ނަންބަރ 92/B12C/2013 ޤަޟިއްޔި އިނާ އެމައްސަލަ ބައްލަވައި، އަލްމަރުޙޫމް އާދަމް އިބްރާހީމްގެ ވާރިޘުންގެ ގޮތުގައި އެޤަޟިއްޔާގައ ޘާބިތުވި، އެމަރުޙޫމުގެ ހުވަފަތް އަނބި ސަމަރުބުލޫގެ ފާތުމަތު ޤާސިމްއާއި، އެމަރުޙޫމުގެ އެއްބަނޑުއެއްބަފ އަޚު އެރަށު ބަހާރުގެ އަލްމަރުޙޫމް މޫސާ އިބްރާހީމގް 2 ފިރިހެން ދަރީން ކަމުގައިވާ ޢަލީ މޫސާއާއި ޤާސިމި މޫސާއަށް ސަމަރުބުލޫއެވެ ކިޔާ ބަންޑާރަގޯއްޗާއި އެގޯތީގައިވާ ނުއުފުލޭމުދާ ވާރިޘުން އެދުނުފަދައީ ން ބަހައި މިލްކުކޮށްދ 02 ނޮވެމްބަރ 2014 ގައި އެމައްސަލަ އެކޯޓުން ނިންމަވާފައިވާކަން އެނގެންއޮންނަކަމެވެ. )ށ( ދެ ވަނަ ކަމަކީ، ޤާނޫނު ނަންބަރު 25/75 )ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު( ގައި މީހަކު މަރުވުމަށްފަހު އެމީހަކާ މެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 )ފަސްދޮޅަސް( ދުވަހުގެ ތެރޭގައި މާލޭގައި ނަމަ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކަމާބެހޭ ކޯޓަށް، ރާއްޖެތެރޭގައިނަމަ ރަށު ކޯޓަށް ހުށަހަޅަންވާނެކަމަށާއި، މިމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއކުރާ މީހަކު ނެތީކަމަށް އެޤާނޫނުގައި ބަޔާންކުރެވިފައިވާކަމާއި، މުޙައްމަދު އަބޫބަކުރުގެ ފަރާތުން މަރުޙޫމް އާދަމް އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސަމަރުބުލޫއެވެ ކިޔާ ގޯތީގެ ރަޖިސްޓްރީ ބާޠިލްކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ 03 ޑިސެމްބަރ 2014 ގައިކަން އެދަޢުވގާ ފޯމަށް ބެލުމުން އެނގެންއޮންނައިރު، 03 ފެބްރުއަރީ 2007 ގައި އާދަމް އިބްރާހީމް ނިޔާވެފައިވާކަމާއި، އަދި އާދަމް އިބްރާހީމްގެ ތަރިކައިގެ މައްސަލަ 15 އޭޕްރީލް 2013 ގައި ހުށަހެޅި 02 ނޮވެމްބަރ 2014 ގައި ނިމިފައިވާކަން އެނގެންއޮންނައިރު، ސަމަރބުލޫގެއެވު ކިޔާ ގޯތީގައި މުޙައްމަދ އަބޫބަކުރުގެ މަންމަގެ ޙައްޤު އެކުލެވިގެންވާކަމަށާއި، އެގޯއްޗަކީ މުޙައްމަދު އަބޫބަކުރާގެ ކާފަ ދިރިއުޅެމުންދިޔަ ގޯއްޗެއްކަމަށާއި، އެކާފަގެ ދަރިއެއްކަމުގައިވ އަލްމަރުޙޫމް އާދަމް އިބްރާހީމްގެ ނަމުގައި އެގޯއްޗަށް ހަދާދީފައިވާ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި މުޙައްމަދު އަބޫބަކުރުގެ ފަރާތުން ހުށަހަޅާފައިވަނީ ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ މުއްދަތުގެ ފަހުންކަން އެނގެންއޮންނަކަމާއި، މުޙައްމަދު އަބޫބަކުރަށް ސަމަރުބުލޫއެވެ ކިޔާ ގޯއްޗާގް ޅ މައްސަލައެއް ކޯޓުން ނިންމެވިކަނ އެނގިފައިނުވާކަމަށާއި، ނަމަވެސް އެގޭގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާކަމުގެ މައުލޫމާތު ލިބިގެން އެމައްސަލައިގެ ތެރެއަށް ވަނުމަށް މަސައްކަތްކުރިކަމަށާއި، އެފުރުސަތު ކޯޓުން ދެއްވާފައިނުވާކަމަށް ބުނީ މުޙައްމަދު އަބޫބަކުރުގެ ފަރާތުން މިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،އެޤަޟިއްޔާގައި މުޙައްމަދު އަބޫބަކުރަށް ފުރުސަތު ދެވިފައިނުވަނީ މުޙައްމަދު އަބޫބަކުރަކީ މަރުޙޫމް އާދަމް އިބްރާހީމާއި އެއްބަނޑު އެ އްބަފ އުޚްތެއްގ ދަރިއެއްކަން މުޙައްމަދު އަބޫބަކުރުގެ ބަހުން އެނގޭތީ، އޭނާއަކީ މަރުޙޫމް އާދަމް އިބްރާހީމްގެ ވާރިޘުންގެ ތެރޭގައު ހިމެނިގެންވާ މީހެއް ނޫންކަމަށްވާތީކަން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 92/B12C/2013 ޤަޟިއްޔާ ގައި ފާހިގަކުރައްވފައިވާކަމާއ، އެޤަޟިއްޔާގައި މުޙައްމަދު އަބޫބަކުރަށް ފުރުސަތުދީފައިނުވާތީ، އެނިންމެވުމަކީ ގޯސް ނިންމެވުމެއްކަމަށް މުޙައްމަދު އަބޫބަކުރަށ ޤަބޫލުކުރެވޭނަމަ އެނިންމެވުން އިސްތިއުނާފުކުރުމުގެ ޙައްޤު މުޙައްމަދު އަބޫބަކުރަށް ލިބިގެންވާއިރު، އެނިންމެވުން މުޙައްމަދު އަބޫބަކުރުގެ ފަރާތުން އިސްތިއުނާފުކޮށްފައިނުވާކަން އޭނާގެ ފަރާތުން މިމައްސަލާގައ ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގެންއޮންނަކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/345 ޤަޟިއްޔާއަށް ބަލާއިރު، ޤާނޫނު ނަންބަރު 25/75 )ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު( ގެ މަޤްޞަދަކީ މީހަކު މަރުވުމަށްފަހު އެމީހަކާމެދް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްފަދަ ކަމެއް އޮވެގެން ދަޢުވާކުރާ ފަރާތެއް ވާނަމަ އެކަމުގެ ދަޢުވާ ހުށަހަޅަނަޖެހޭ މުއްދަތު ކަނޑައަޅުންކަން އެޤާނޫނަށް ބެލުމުން އެނގެންއޮންނަކަމާއި، އ ދ އެމުއްދަތު ގުނަން ފަށަންޖެހޭނީ އެފަދަ ދަޢުވާއެއް ކުރަން ބޭނުންވާ ފަރާތަށް މީހަކު މަރުވިކަން އެނގުނު ތާރީޚުން ފެށިގެންނޫންކަމަށާއި، އެމުއްދަތު ގުނަން ފަށަންޖެހޭނީ މީހާ މަރުވާ ދުވަހުން ފެށިގެންކަން އެޤާނޫނުގެ ޞަރީޙަ ން އ ޞުން އެނގެން އޮންނަކަމަށާއި، 60 ދުވަހުގެ މުއްދަތެއް މަހުދޫދުކުރެވިފައިވަނީ މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައިކަމަށާއި، އެހެނީ އެފަދައިން މުއްދަތު ކަނޑައެޅިފައިނުވާނަމަ މަރުވެފައިވާ މީހެއްގެ ވާރިޘުންގެ މައްޗަށް އެމީހަކު މަރުވާތާ އެތައް އަހަރެއް ފަހުން އެއްވެސް ހައްދެއްނެތި އެހުން ފަރާތްތަކަށް ދާޢުވާކުރުމުގެ ފުރުސަތު ހުޅުވާލެވިފައި އޮންނާނެކަމް ށާއި، އަދި އެފަދައިން މަހުދޫދުކުރެވިފައިވަނީ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެނޫންވެސް އެފަދަ އެހެން ދަޢުވާއެއް ޙަޤީޤަތުގައިވެސް އޮތްފަރާތެއްވާނަމ އެފަރާތެއްގެ ޙައްޤު ހޯދުމަށް އެފަރާތަކުން އަހައްމިއްޔަތުކަން ދީގެން ލަސްނުކޮށް ފިޔަވަޅު އަޅަން މަސައްކަތްކުރުވުމަށްޓަކައިކަމަށް ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/10 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 25/75 )ތަރިކައާ ބެހޭ ދަޢުވާގެ ޤާނޫނު( ގައި ބުނެފައިވާ 60 ދުވަހުގެ ތެރޭގައި އެފަދަ ދަޢުވާއެއްވާނަމަ އެދަޢުވާއެއް ހުށަހެޅުމުގައި އެމީހެއްގެ ވާރިސުންވެސައިސްތިސްނާކޮށްފައިނުވާކަމަށް ބަޔާންކުރައްވާފައިވާކަމާއި، އަދި ދަޢުވާއެއް އޮތްނަމަ އެ ޤާނޫނުގައި ހުށަހަޅަންޖެހޭކަމަށް ކަނޑުއަޅާފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ، ދަޢުވާކުރާ މީހަކު ނެތްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2010/HC-A/182 ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާއިރު، މިކަންކަމުގެ މައްޗަށާއި، މިމައްސަލާގައި ކަންހިނގާފައިވާ ގ ތަށް ބަލާއިރު، އަލްމަރުޙޫމް އާދަމް އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސަމަރުބުލޫއެވެ ކިޔާ ގޯތީގައި މުޙައްމަދު އަބޫބަކުރުގެ ޙައްޤެއް އެކުލެވިގެންވާކަމަށް ދެކިގެން އެޙައްޤު ހޯދުމަށް މުޙައްމަދު އަބޫބަކުރު ދަޢުވާކޮށްފައިވަނީ ޤާނޫނުގައި ކަނޑައެޅި ބ ޔާންކުރެވިފައިވާ މުއްދަތުގެ ފަހުންކަން އެނގެންއޮންނަކަމުން، ހދ. ކުޅުދުއްފުށީ ސަމަރުބުލޫއެވެ ކިޔާ ގެއާއި ގުޅޭގޮތުން މުޙައްމަދު އަބޫބަކުރު ހުށަހެޅި މައްސަލީ ބެލެންނެތްކަމަށު ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓި ން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް މިމައްސަލަ މިކޯޓުގައ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި މިވާ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގ ނަންބަރ B12MC/2014/40 ނިންމެވުން ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފުކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ