ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި
މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2007/HC-A/236
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މަދަނީ ކޯޓުގެ 1715/MC/2005 ޤަޟިއްޔާގައި ކުރި ޙުކުމަށް، ހައިކޯޓުގެ 2007/HC-A/236 ޤަޟިއްޔާގައި (26 މެއި 2008) ތާއީދުކުރިއެވެ. އެ ޙުކުމް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ ވާރިސުންގެ ތެރެއިން އެއް ފަރާތަކުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރިއެވެ. 7 އޮގަސްޓް 2008 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގެ ދަށުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުނެވެ.
- ވާޤިޢާ
- ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ ތަރިކައިގެ މައްސަލައެކެވެ. މަރުޙޫމު ނިޔާވިއިރު 5 ފިރިހެން ދަރިންނާއި 3 އަންހެން ދަރިން ހިމެނޭ 8 ވާރިސުން ތިއްބެވެ. އެ ތަރިކައިން ހުރިހާ ވާރިސުންވެސް ބޭނުންވެއެވެ. ވާރިސުންގެ ތެރޭގައި 600 އަކަފޫޓު ހަމަވާ ބިމެއް ލިބިފައިވާ ވާރިސަކު ނެތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލަކީ މަރުޙޫމުގެ ތަރިކައެއް ކަމަށް ކަނޑައަޅައި، ވާރިސުންގެ ތެރޭގައި 600 އަކަފޫޓު ހަމަވާ ބިމެއް ލިބިފައިވާ ވާރިސަކު ނެތްކަމަށް ބަލައި މަދަނީ ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދުކުރުމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކުރި ޙުކުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިލްތިމާސްކުރި ފަރާތުން ބުނީ، ހައިކޯޓުގެ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ޙުކުމެއް ނޫން ކަމަށެވެ. ޚަޞްމުންގެ ހުށަހެޅުންތައް ސުޕްރީމް ކޯޓުގެ ޚުލާޞާގައި ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ފާހަގަކުރީ، ތަރިކައިން މަޙުރޫމްވާ ޝަރުޢީ ސަބަބެއް ނެތްނަމަ ބޭނުންވާ ކޮންމެ ވާރިސަކަށް ތަރިކައިން ލިބެންޖެހޭ ކަމަށާއި، "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ އަދި 11 ވަނަ މާއްދާގެ ދަށުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ޖެހޭ ވާރިސަކަށް ބިމުން ނުލިބޭ ކަމަށާއި، ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ ދަށުން ދަރަނީގެ ނުވަތަ ވަޞިއްޔަތުގެ ދަޢުވާ ނިޔާވި ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ ކަމަށާއި، އެ މުއްދަތުން ވާރިސުން އިސްތިސްނާ ނުވާ ކަމަށެވެ. ޢިމާރާތްތަކާއި ނުއުފުލޭ މުދަލަކީ މަރުޙޫމުގެ ތަރިކައެއް ކަމަށް ދަށު ކޯޓުތަކުން ކަނޑައެޅި ކަނޑައެޅުން ނަފީކުރެވޭވަރުގެ ޞައްޙަ ހެއްކެއް ނުވަތަ ލިޔުމެއް ހުށަހެޅިފައި ނުވާތީ، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ތަރިކައިން މަޙުރޫމްވާ ޝަރުޢީ ސަބަބެއް ނެތްނަމަ، ތަރިކަ މުދަލުން ބޭނުންވާ ކޮންމެ ވާރިސަކަށްވެސް ތަރިކަމުދަލުން ލިބެންޖެހެއެވެ.
HN2 ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން ހަދާފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ މާއްދާއާއި 11 ވަނަ މާއްދާއަށް ބަލާއިރު، ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން އެ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ތަރިކައިގެ އުޞޫލުން ބައިކުރާއިރު، ވާރިސަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބެއެވެ. މީހެއްގެ ނަމުގައި ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް އޮތްކަމަށް ބެލެވޭނީ، އެ ގޯއްޗެއްގެ ނުވަތަ އެ ބައެއްގެ ބޮޑުމިނުގައި 600 އަކަފޫޓު ހަމަވާނަމައެވެ.
HN3 ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) އަށް ބަލާއިރު، މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހަޅަންޖެހެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، އެފަދަ ދަޢުވާއެއް ކުރާ މީހަކު ނެތީކަމަށް ބެލެވެއެވެ. މި މުއްދަތުގެ ތެރޭގައި މިފަދަ ދަޢުވާއެއް ކުރުމުގައި މަރުވި މީހާގެ ވާރިސުންވެސް އިސްތިސްނާކޮށްފައި ނުވެއެވެ.
HN4 ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލަކީ މަރުޙޫމުގެ ތަރިކައެއް ކަމަށް ދަށު ކޯޓުތަކުން ކަނޑައެޅި ކަނޑައެޅުން ނަފީކުރެވޭވަރުގެ ޞައްޙަ ހެއްކެއް ނުވަތަ ލިޔުމެއް ދަށު ކޯޓުތަކަށް ހުށަހެޅިފައި ނުވާއިރު، އެ ކަނޑައެޅުމަށް ތާއީދުކުރި ޙުކުމަކީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކުރި ޙުކުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 12 އޮކްޓޫބަރު 2008 · ރަޖިސްޓްރީކުރީ 12 އޮކްޓޫބަރު 2008 · ނިމުނީ 18 އޮކްޓޫބަރު 2009 (12.2 މަސް)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/10
ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި
ދަޢުވާ ލިބޭ ފަރާތް: މ. މުލަކުގެ ނަން ފޮރުވާފައި، މއ. ނެމީބިޔާ ނަން ފޮރުވާފައި، ނަން ފޮރުވާފައި، މ. މުލަކުގެ ނަން ފޮރުވާފައި، ނަން ފޮރުވާފައި، ނަން ފޮރުވާފައި، ނަން ފޮރުވާފައި
މައްސަލައިގެ ބާވަތް: ތަރިކަ
މައްސަލަ އައިގޮތް: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2008/41 (19 ޖުލައި 2008) ގެ އިލްތިމާސް ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 12 އޮކްޓޯބަރ 2008
ނިމުނު ތާރީޚް: 18 އޮކްޓޯބަރު 2009 މާޗް 2009
މައްސަލަ ނިންމި ގަޑި: 14:50
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2007/HC-A/236
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 25 ނޮވެމްބަރު 2007
ނިމުނު ތާރީޚް: 26 މެއި 2008
މައްސަލައިގެ ޚުލާޞާ
[1]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/236 ޤަޟިއްޔާ ނިމިފައިވާގޮތް، ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަގަޅުނޫންކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދިގެން މ. މުލަކުގޭ ނަން ފޮރުވާފައިގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފައިވަނިކޮށް 7 އޮގަސްޓް 2008 ގައި ޢަމަލުކުރަން ފެއްޓުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެކެވެ.
[2]މިމައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ލިއުންތަކަށާއި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޝަރީޢަތުގެ ފަރާތުން ބެލިބެލުމުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް ތިރީގައިވާ ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
[3]ފުރަތަމަ ކަމަކީ މ. މުލަކުގެ ޢަބްދުއްރައްޒާޤު އަޙުމަދު ނިޔާވެފައިވާކަމާއި ޢަބްދުއްރައްޒާޤު އަޙުމަދު ނިޔާވިއިރު އެމަރުޙޫމުގެ ތިބި ވާރިސުންނަކީ 5 ފިރިހެން ދަރި މ. މުލަކުގެ ޢަބްދުލް ހާދީ ޢަބްދުއްރައްޒާޤު އާއި މއ. ނެމީބިޔާ ޢަބްދުލް މުހައިމިން ޢަބްދުއްރައްޒާޤު އާއި އިބްރާހިމް ޝަރީފް އާއި މ. މުލަކުގެ ނަން ފޮރުވާފައިއާއި ނަން ފޮރުވާފައި އާއި 3 އަންހެން ދަރި މ. މުލަކުގެ ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާއި ނަން ފޮރުވާފައި އާއި 8 (އަށެއް) ވާރިސުން ކަން އެނގެން އޮންނަކަމެވެ.
[4]ދެވަނަ ކަމަކީ އަލްމަރުޙޫމް ޢަބްދުއްރައްޒާޤު އަޙުމަދުގެ ތަރިކަ މުދަލުން މަރުޙޫމް ޢަބްދުއްރައްޒާޤު އަޙުމަދުގެ ހުރިހާ ވާރިސުންވެސް ބޭނުންވާކަން އެނގެން އޮންނަކަމެވެ.
[5]ތިންވަނަ ކަމަކީ ތަރިކައިން މަޙުރޫމްވާ ޝަރުޢީ ސަބަބެއް ނެތްނަމަ ތަރިކަ މުދަލުން ބޭނުންވާ ކޮންމެ ވާރިސަކަށްވެސް ތަރިކަމުދަލުން ލިބެންޖެހޭކަން އެނގެން އޮންނައޮތުމެވެ.
[6]ހަތަރުވަނަ ކަމަކީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން ހަދާފައިވާ "ނުއުފުލޭ މުދައު ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދު" ގެ 5 ވަނަ މާއްދާގައި "ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން އެގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދައު ތަރިކައިގެ އުޞޫލުން ބައިކުރާއިރު އޭގެތެރެއިން ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެ" ކަމަށް އޮންނައިރު "މީހެއްގެ ނަމުގައި ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް އޮތްކަމަށް ބެލެވޭނީ އެގޯއްޗެއްގެ ނުވަތަ އެބައެއްގެ ބޮޑުމިނުގައި 600 އަކަފޫޓު ހަމަވާނަމައޭ" މިޤަވާޢިދުގެ 11 ވަނަ މާއްދާއިން އެނގެން އޮވެފައި އަލްމަރުޙޫމް ޢަބްދުއްރައްޒާޤު އަޙުމަދުގެ ވާރިސުންގެ ތެރޭގައި 600 އަކަފޫޓު ހަމަވާ ބިމެއް ލިބިފައިވާ ވާރިސަކު ނެތްކަން އެނގެން އޮންނަ އޮތުމެވެ.
[7]ފަސްވަނަ ކަމަކީ މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެކަމަށާއި، މިމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއް ކުރާމީހަކު ނެތީކަމަށް ބެލެވޭނެކަމަށް ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި ބުނެފައިވާތީ، މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ނުވަތަ އެހެންވެސް ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެމައްސަލައެއް ކޯޓަށް ހުށަހަޅަންޖެހޭކަމާއި މިމުއްދަތުގެ ތެރޭގައި މިފަދަ ދަޢުވާއެއް ކުރުމުގައި އެމީހެއްގެ ވާރިސުންވެސް އިސްތިސްނާ ކޮށްފައިނުވާކަން އެނގެން އޮންނަކަމެވެ.
[8]ހަވަނަ ކަމަކީ މ. މުލަކުގެ އެވެ ކިޔާ ބަންޑާރަގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލަކީ މ. މުލަކުގެ އަލްމަރުޙޫމް ޢަބްދުއްރައްޒާޤު އަޙުމަދުގެ ތަރިކައެއްކަމަށް މަދަނީ ކޯޓުގެ ނަންބަރު 2005/MC/1715 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 2007/HC-A/236 ޤަޟިއްޔާގައި ކަނޑައެޅި ކަނޑައެޅުން، ނަފީކުރެވޭވަރުގެ ސައްޙަ ހެއްކެއް، ލިއުމެއް މަދަނީ ކޯޓާއި ހައިކޯޓަށް ހުށަހެޅިފައި ނެތްކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
[9]ދެންފަހެ އިސްވެ ބަޔާން ކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެހެން ހުރުމާއިއެކު މަދަނީ ކޯޓުގެ ނަންބަރު 1715/MC/2005 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/236 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/236 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާ
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާ
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 11 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.