ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2009/SC-A/15

ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިނަން ފޮރުވާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 21 އޮކްޓޫބަރު 2009ދަށު ކޯޓު: މަދަނީ ކޯޓު 1573/MC/2005ބާވަތް: މަދަނީ

މި ޤަޟިއްޔާގައި ޚަޞްމުންގެ ނަން ފޮރުވާފައި.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2008/HC-A/206
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުގެ 1573/MC/2005 ޤަޟިއްޔާގައި، ބަންޑާރަ ގޯތީގެ ބިމުން 600 އަކަފޫޓުގެ ބިން މަރުޙޫމު ނިޔާވިއިރު އިން ހުވަފަތް އަނބިއަށް ލިބޭގޮތަށް ޙުކުމްކުރިއެވެ. ހައިކޯޓުގެ 2008/HC-A/206 ޤަޟިއްޔާގައި (19 ފެބްރުއަރީ 2009) އެ ޙުކުމަށް ތާއީދުކުރިއެވެ. ހައިކޯޓަށް އިސްތިއުނާފުކުރި ފަރާތުން ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސްކުރިއެވެ.
ވާޤިޢާ
މަރުޙޫމުގެ ތަރިކަ ވާރިސުންގެ މެދުގައި ބަހައިދިނުމަށް އެދި މަދަނީ ކޯޓަށް މައްސަލަ ހުށަހެޅީ އިލްތިމާސްކުރި ފަރާތެވެ. މައްސަލަ ހުށަހެޅި ފޯމުގައާއި ދަށު ކޯޓަށް ދިން ބަޔާނުގައި، މަރުޙޫމު ނިޔާވިއިރު ތިބި ވާރިސުންގެ ގޮތުގައި އޭނާ ބަޔާންކޮށްފައިވަނީ ފިރިހެން ދަރިފުޅު ކަމުގައިވާ އޭނާއާއި، މަރުޙޫމު ނިޔާވިއިރު އިން އަނބިމީހާއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތަރިކައިގެ މައްސަލަ ހުށަހެޅި ފަރާތް އަމިއްލައަށް ވާރިސެއްގެ ގޮތުގައި ބަޔާންކޮށްފައިވާ، މަރުޙޫމު ނިޔާވިއިރު އިން އަނބިމީހާއަށް ބަންޑާރަ ގޯތީގެ ބިމުން 600 އަކަފޫޓު ލިބޭގޮތަށް ކުރި ޙުކުމަށް ހައިކޯޓުން ތާއީދުކުރުމަކީ، މަރާއި ކައިވެނި ސާބިތުކުރާ ލިޔުންތައް ފެންނަން ނެތުމުން ރަނގަޅުނޫން ނިންމުމަކަށް ވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތުން ބުނީ، އަނބިމީހާއަށް ބިމުން ބައި ލިބޭކަށް ނުޖެހޭ ކަމަށާއި، ބައްޕަގެ މަރު ސާބިތުކުރި ގޮތުގެ ލިޔުމެއް ފެންނަން ނެތުމާއި ކައިވެނީގެ ސެޓްފިކެޓެއް ޤަޟިއްޔާގައި ހިމަނާފައި ނެތިސް، ނިޔާވިއިރު އިން ހުވަފަތް އަނބިއަކީ އޭނާކަމަށް ބަލައި 600 އަކަފޫޓުގެ ބިން ދިނުމުގައި އިންޞާފު ޤާއިމުވެފައި ނުވާ ކަމަށާއި، އެއީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ 6 ވަނަ އަދި 7 ވަނަ މާއްދާއާ އެއްގޮތް ނިންމުމެއް ނޫން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ފާހަގަކުރީ، މައްސަލަ ހުށަހެޅި ފޯމުގައާއި ދަށު ކޯޓަށް ދިން ބަޔާނުގައި އަނބިމީހާ ވާރިސެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އިލްތިމާސްކުރި ފަރާތް އަމިއްލައަށް ކަމަށާއި، ވާރިސުންނާ ބެހޭގޮތުން ދަށު ކޯޓުގައި އިޢުތިރާޟެއް ނުކުރާ ކަމަށާއި، ހައިކޯޓަށް އިސްތިއުނާފުކުރިއިރުވެސް ވާރިސުން ސާބިތުކުރި ގޮތާއި މަރު ސާބިތުކުރި ގޮތަށް އިންކާރުކޮށްފައި ނުވާ ކަމަށާއި، ޝަރުޢީ ދެ މަރުޙަލާއަށް ސާބިތުވެފައިވާ ޙަޤީޤަތް މުގުރާލެވޭވަރުގެ ޙަޤީޤަތެއް ހުށަހެޅިފައި ނުވާ ކަމަށެވެ. އެހެންކަމުން، ހައިކޯޓުގެ ޙުކުމަށް އިއްތިފާޤުން ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ތަރިކައިގެ މައްސަލަ ކޯޓަށް ހުށަހެޅި ފަރާތުން، މައްސަލަ ހުށަހެޅި ފޯމުގައާއި ދަށު ކޯޓުގެ ޝަރީޢަތަށް ދިން ބަޔާނުގައި، މަރުޙޫމު ނިޔާވިއިރު ތިބި ވާރިސުންގެ ގޮތުގައި އޭނާއާއި މަރުޙޫމު ނިޔާވިއިރު އިން އަނބިމީހާ ބަޔާންކޮށްފައިވާއިރު، އެ އަނބިމީހާއަކީ މަރުޙޫމު ނިޔާވިއިރު އިން ހުވަފަތް އަނބިކަމަށް ކަނޑައަޅައި ތަރިކައިން ބައި ލިބޭގޮތަށް ދަށު ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދުކުރުމަކީ ރަނގަޅު ނޫން ކަމަށް ބެލެވޭކަށް ނެތެވެ.

HN2 ވާރިސުންނާ ބެހޭގޮތުން ދަށު ކޯޓުގައި އެއްވެސް އިޢުތިރާޟެއް ކޮށްފައި ނުވާއިރު، އަދި ދަށު ކޯޓުގެ ޙުކުމް ހައިކޯޓަށް އިސްތިއުނާފުކުރިއިރުވެސް ވާރިސުން ސާބިތުކޮށްފައިވާ ގޮތާއި މަރު ސާބިތުކުރި ގޮތް ރަނގަޅު ނޫންކަމަށް ދެކިގެން ހައިކޯޓުގައި އިންކާރުކޮށްފައި ނުވާއިރު، ޝަރުޢީ ދެ މަރުޙަލާއަށް ސާބިތުވެފައިވާ ޙަޤީޤަތް މުގުރާލެވޭވަރުގެ ޙަޤީޤަތެއް ހުށަހެޅިފައި ނުވާނަމަ، ހައިކޯޓުގެ ޙުކުމަށް ބަދަލެއް ގެނެވޭނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތެވެ.

HN3 ބަންޑާރަ ގޯތީގެ ބަންޑާރަ ބިމުން 600 އަކަފޫޓުގެ ބިން، ބަންޑާރަ ގޯތި ދޫކުރެވިފައިވާ މީހާ ނިޔާވިއިރު އިން އެ މަރުޙޫމުގެ ހުވަފަތް އަނބިއަށް ލިބޭގޮތަށް ކުރި ޙުކުމަށް ތާއީދުކޮށް ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ސަޢީދު (ރިޔާސަތު)، ޔޫސުފް ޙުސައިން، އަޙްމަދު ފާއިޒު ޙުސައިން
ރިޔާސަތު
ޢަބްދުﷲ ސަޢީދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 26 އޭޕްރީލް 2009 · ރަޖިސްޓްރީކުރީ 26 އޭޕްރީލް 2009 · ނިމުނީ 21 އޮކްޓޫބަރު 2009 (5.8 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2009/SC-A/15

ދަޢުވާކުރާ ފަރާތް: ނަން ފޮރުވާފައި

ދަޢުވާ ލިބޭ ފަރާތް: ނަން ފޮރުވާފައި

މައްސަލައިގެ ބާވަތް: ތަރިކަ

މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 26 އޭޕްރީލް 2009

ނިމުނު ތާރީޚް: 21 އޮކްޓޯބަރ 2009

މައްސަލަ ނިންމި ގަޑި: 10:45

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2008/HC-A/206

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 20 ޖުލައި 2008

ނިމުނު ތާރީޚް: 19 ފެބްރުއަރީ 2009

މައްސަލައިގެ ޚުލާޞާ

[1]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/206 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ އެ މައްސަލަ ހައިކޯޓަށް ހުށަހެޅި ފަރާތް ކަމަށްވާ މއ. ފެރީނާ ނަން ފޮރުވާފައި، މއ. ފައްޔޫމް، ނަން ފޮރުވާފައިގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވާ މައްސަލައެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

[2]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/206 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރީޢަތާއި ޤާނޫނާ ޚިލާފުވާ ގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ އިލްތިމާސް ކުރިފަރާތުން ތިން ނުކުތާއެއް ހުށަހަޅާފައިވެއެވެ.

[3]ފުރަތަމަ ނުކުތާއަކީ ނަން ފޮރުވާފައިއަށް އެއްވެސް މިންވަރެއް މއ. ފެރީނާ ގޯތީގެ ބިމުން ލިބޭކަށް ނުޖެހެއެވެ. މިހެން ބުނެ 04 ފެބްރުއަރީ 2009 ގައި އަޅުގަނޑު ހައިކޯޓަށް ދީފައިވާ ބަޔާނުގައި ބަޔާންވެފައިވާއިރު އަޅުގަނޑު އެކަމަށް އިންކާރުކުރީ ހަމައެކަނި ވަޙީދާއަށް ކުރިން 600 އަކަފޫޓުގެ ބިން ލިބިފައިއޮތީމާ އެކަންޏެއް ނޫނެވެ. އޭގެ ތެރޭގައި ބައްޕަގެ މަރު ސާބިތުކުރި ގޮތުގެ ލިޔުމެއް ފެންނަން ނެތުމުންނާ ކައިވެނީގެ ސެޓްފިކެޓެއްވެސް ޤަޟިއްޔާގައި ހިމަނާފައިނެތިސް ބައްޕަ ނިޔާވިއިރު އިން ހުވަފަތް އަންބަކީ ނަން ފޮރުވާފައިކަމަށް ބަލައިގެން އޭނާއަށް އިތުރު 600 އަކަފޫޓުގެ ބިން މއ. ފެރީނާ ގޯތިން ދިނުމަށް ކަނޑައެޅި ކަނޑައެޅުމުގައި ބަލަންވާ ވަރަށް ނުބައްލަވައި މަދަނީ ކޯޓުގެ 1573/MC/2005 ނަންބަރު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2008/HC-A/206 ނަންބަރު ޤަޟިއްޔާއިން އެ ޙުކުމަށް ތާއީދުކޮށް ނިންމެވި ނިންމެވުމުގައި އިންސާފު ޤާއިމް ވެފައިނުވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

[4]ދެވަނަ ނުކުތާއަކީ ބައްޕަ ނިޔައުވިއިރު އިން ހުވަފަތް އަންބަކީ ނަން ފޮރުވާފައިކަމަށް ކަނޑައަޅަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ނުބައްލަވާ ނިންމަވާފައިވާ ނިންމެވުމުގައި އިންސާފު ޤާއިމް ވެފައިވާކަމަށް ބެލެވެން ނެތުމުން އަޅުގަނޑު ކޮށްފައިވާ އިޢުތިރާޒަކީ މިހަމަތަކުގެ މައްޗަށް ނަޒަރުކޮށް ބުނެފައިވާ ބުނުމަކަށް ވާހިނދު އެބަޔާންވެސް ހައިކޯޓުގެ ރިޕޯޓުގައި ހިމަނައިގެން މައްސަލަ ނިންމެވިއިރު ބަލަންޖެހޭ ލިޔުންތަކަށް ނުބައްލަވާ ދަށުކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމެވިގޮތް ރަގަޅުކަމަށް ބެލެވެން ނެތުން.

[5]ތިންވަނަ ނުކުތާއަކީ ޤާނޫނު ނަންބަރު: 01/2002 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަށާއި މިޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ 7، 6 ވަނަ މާއްދާއަށް ބަލާއިރު ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު ނިޔައުވުމުން އެގޯތި ބައިކުރެވޭއިރު އޭނާގެ ވާރިސުންގެ ތެރޭގައި ހިމެނޭ އަނބިމީހާއަށް ދޭންޖެހޭބައި އެގޯއްޗެއްގެ ބިމުން ލިބިދޭންޖެހޭނެކަމަށް އޮތްނަމަވެސް އެބުނާ އަނބިމީހާ އެއީ އެމީހާ މަރުވިއިރު އިން ހުވަފަތް އަނބިމީހާކަމަށް ބަލައިގެން ދޭދިނުން އެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތް ދިނުމަކަށް ނުވާހިނދު ނަން ފޮރުވާފައިއަށް 600 އަކަފޫޓު ދިނުމަށް ނިންމެވި ނިންމެވުމަކީ އެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތް ނިންމެވުމަކަށް ނުވުން.

[6]ހައިކޯޓުގެ ޙުކުމް ރަގަޅުނޫންކަމަށް ބުނެ އިލްތިމާސް ކުރިފަރާތުން ބަޔާން ކޮށްފައިވާ ސަބަބުތަކަށާއި، މިމައްސަލައިގެ ލިޔުންތަކާއި، ބަޔާންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު މިމައްސަލަ ބެލި ފަނޑިޔާރުންނަށް ތިރީގައިވާ ކަންތައްތައް ފާހަގަ ކުރެވެއެވެ.

[7](ހ) ފުރަތަމަކަމަކީ އިލްތިމާސް ކުރިފަރާތް ކަމަށްވާ ނަން ފޮރުވާފައި އޭނާގެ ބައްޕަގެ ތަރިކައިގެ މައްސަލާގައި އޭނާގެ ބައްޕަ މއ. ފެރީނާ ދޮންތުއްތު (ގިރާވަރު ދޮހުއްތު) ނިޔާވިއިރު އިން ހުވަފަތް އަންބަކީ ނަން ފޮރުވާފައި ކަމަށް ކަނޑައަޅައި ނަން ފޮރުވާފައިއަށް މަރުޙޫމް ދޮންތުއްތުގެ ތަރިކައިން ބައި ލިބޭގޮތަށް ދަށުކޯޓުން ކޮށްފައިވާ ޙުކުމަށް ހައިކޯޓުގެ ޙުކުމުގައި ތާއީދު ކޮށްފައިވަނީ ރަގަޅަށްކަމަށް ބެލެވެން ނެތްކަމަށް އިލްތިމާސްކުރި ފަރާތުން ބުނެފައިވާއިރު ނަން ފޮރުވާފައިގެ ބައްޕަ ދޮންތުއްތު (ގިރާވަރު ދޮހުއްތު) ނިޔާވެގެން އެ މަރުޙޫމުގެ ތަރިކަ ވާރިސުންގެ މެދުގައި ބަހާ ހަމަޖައްސައިދިނުމަށް އެދި މަދަނީ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ނަން ފޮރުވާފައި ކަމާއި، މައްސަލަ ހުށަހެޅި ފޯމުގައި މަރުޙޫމުގެ ވާރިސުންގެ ގޮތުގައި ބަޔާންކޮށްފައިވަނީ ނަން ފޮރުވާފައި އާއި އަދި މަރުޙޫމް ނިޔާވިއިރު އިން އަނބި މއ. ފައްޔޫމް ނަން ފޮރުވާފައި އާއި މި ދެމީހުންކަމާއި، އަދި ނަން ފޮރުވާފައި ދަށުކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައިވެސް އޭނާގެ ބައްޕަ ނިޔާވިއިރު ދުނިޔޭގައި ތިބީ 2 (ދޭއް) ވާރިސުންކަމާއި، އެއީ ފިރިހެން ދަރިފުޅު ނަން ފޮރުވާފައި އާއި އަނބި ނަން ފޮރުވާފައި އާއި މި ދެމީހުންކަމަށް ނަން ފޮރުވާފައި ބުނެފައިވާކަން އެނގެން އޮންނަ އޮތުމެވެ.

[8](ށ) ދެވަނަ ކަމަކީ މަރުޙޫމުގެ ވާރިސުންނާއި ބެހޭގޮތުން ޢަލީ ޝަފީޤް ދަށުކޯޓުގައި އެއްވެސް އިޢުތިރާޒެއް ކޮށްފައިވާކަން އެނގެން ނެތްކަމާއި އަދި ދަށުކޯޓުގެ ޙުކުމް ހައިކޯޓަށް އިސްތިއުނާފު ކުރިއިރު ދަށުކޯޓުން ވާރިސުން ސާބިތުކޮށްފައިވާ ގޮތާއި، އަދި ދޮންތުއްތު (ގިރާވަރު ދޮހުއްތު) ގެ މަރުސާބިތު ކުރިގޮތް ރަނގަޅު ނޫންކަމަށް ދެކިގެން އެކަން ހައިކޯޓުގައިވެސް އިންކާރުކޮށްފައި ނުވާކަން އެނގެން އޮތުމާއި، އަދި ޝަރުޢީ ދެމަރުޙަލާއަށް ސާބިތުވެފައިވާ ޙަޤީޤަތް މުގުރާލެވޭވަރުގެ ޙަޤީޤަތެއް ހުށަހެޅިފައިނުވާކަން އެނގެން އޮންނަ އޮތުމެވެ.

[9](ނ) ތިންވަނަ ކަމަކީ މއ. ފެރީނާ އެވެކިޔާ ބަންޑާރަ ގޯތީގެ ބަންޑާރަ ބިމުން 600 އަކަފޫޓުގެ ބިން މއ. ފެރީނާ ދޮންތުއްތު (ގިރާވަރު ދޮހޮއްތު) ނިޔާވިއިރު އިން އެމަރުޙޫމުގެ ހުވަފަތް އަނބި މއ. ފައްޔޫމް ނަން ފޮރުވާފައިއަށް ލިބޭގޮތަށް މަދަނީ ކޯޓުގެ ނަންބަރު 1573/MC/2005 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި ބެހޭ ބަޔަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/206 ގެ ޤަޟިއްޔާގެ ޙުކުމުން ތާއީދުކޮށް ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަން އެނގެން އޮތްކަމެވެ.

ޙުކުމް:

[10]ދެންފަހެ އިސްވެބަޔާން ކުރި ކަންތައްތައް އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/206 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެނެވޭނޭ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/206 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ 6 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ 7 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ