ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/259ހައިކޯޓު · 21 ނޮވެމްބަރު 2017 · އެހެނިހެން

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 21 ނޮވެމްބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މެޖިސްޓްރޭޓް ކޯޓުން، ރައްޔިތުންގެ ވޯޓުގެ އަޣްލަބިއްޔަތުން، 7/2010 ގެ 14 ވަނަ މާއްދާއިން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ވެވުނު އެއްބަސްވުމެއްގެ ދަށުން ޙަވާލުކުރި ކަމަށާއި، އެއްބަސްވުން ޤާނޫނާ ޚިލާފުކަން ސާބިތުނުވާ ކަމަށް ބަލައި ދަޢުވާ ބަލައިނުގަނެއެވެ.
ވާޤިޢާ
ރަށު ރައްޔިތުންގެ އިންޖީނުގެއާއި އޭގެ މުދަލާއި ފައިސާ ސަރުކާރުގެ ޔުޓިލިޓީސް ކުންފުންޏަކާ ޙަވާލުކުރުމަށް ރަށު ކައުންސިލުން ނިންމުމުން، ޢަދުލުވެރި ބަދަލެއް ނުދީ ކުރާ މި ކަން ހުއްޓުވުމަށާއި ވަގުތީ އަމުރަކަށް އެދި ރަށުގެ ރައްޔިތަކު ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަށު ރައްޔިތުންގެ އިންޖީނުގެއާއި އޭގެ މުދަލާއި ފައިސާ ޢަދުލުވެރި ބަދަލެއް ނުދީ ސަރުކާރުގެ ޔުޓިލިޓީސް ކުންފުންޏަކާ ޙަވާލުކުރުމަކީ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 4/68 ގެ 2 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ، ނުވަތަ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ތެރެއިން ކުރެވޭ ކަމެއްތޯ؛ އަދި ވަގުތީ އަމުރަށް އެދުނު ހުށަހެޅުން ދަށުކޯޓުން ނިންމި ގޮތް ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ނިންމުމަކީ ޤާނޫނުއަސާސީގެ 33(ށ) އާއި ޤާނޫނު 4/68 އާ ޚިލާފު ކަމަށާއި، 14(ޅ) އަށް ޙަވާލާދީ ނިންމުމަކީ ގޯސް ކަމަށާއި، ވަގުތީ އަމުރު މައްސަލަ ނިމޭ ދުވަހާ ހަމައަށް ބަހައްޓައި 2012/SC-A/21 ގެ އުޞޫލުތަކާ ޚިލާފަށް ނިންމި ކަމަށާއި، ވާޤިޢާތައް ނުބައިކޮށް ފާހަގަކުރި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ވަގުތީ އަމުރު ނުނެރުނު ސަބަބުން ލިބޭ ގެއްލުން ބަޔާންކޮށް ސާބިތުނުކުރާތީ ނުނެރުމަކީ ސުޕްރީމް ކޯޓުގެ އުޞޫލާ ޚިލާފެއް ނޫން ކަމަށާއި، 33(ށ) އާއި 4/68 ގެ 2 ވަނަ މާއްދާއަކީ މުދާ ދައުލަތުގެ ބޭނުމަށް ނަގާއިރު ޢަމަލުކުރާ އުޞޫލު ކަމަށާއި، ރައްޔިތުންގެ ވޯޓާ އެއްގޮތަށް އެއްބަސްވުމެއްގެ ދަށުން އިންޖީނުގެ ޙަވާލުކުރުމަކީ 7/2010 ގެ ދަށުން ކައުންސިލަށް ކުރެވޭ ކަމެއް ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަ ވޭތޯ ބަލަންޖެހޭ ޢާންމު ޝަރުޠުތަކުގެ ގޮތުގައި، ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުމާއި، ވަގުތީ އަމުރު ނެރުމަކާނުލައި އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމާއި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވެއެވެ. (ޕެރ. 3 (ށ))

ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަޞްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވެއެވެ. އެހެންނޫންނަމަ އެވާނީ އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލައި ދެވުމެވެ. (ޕެރ. 3 (ށ))

ވަގުތީ އަމުރެއް ނެރެނުދީފިނަމަ ލިބޭނެ ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވާއިރު އަދި އެ ގެއްލުން އެދޭ ފަރާތަށް ޝަރީޢަތަށް ސާބިތު ކޮށްދެވިފައިނުވާއިރު، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމުމަކީ ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހޭކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ހަމައެއް ނެތެވެ. (ޕެރ. 3 (ށ))

ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 4/68 (ޢާންމު ޤާނޫނުތަކެއް) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މީހެއްގެ މުދަލެއް ދައުލަތުގެ ބޭނުމަށް ނަގާކަމަށްވާނަމަ ޢަމަލުކުރަންވީ އުޞޫލެވެ. (ޕެރ. 3 (ނ))

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާއަކީ ރަށު ކައުންސިލްތަކަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ މާއްދާއެވެ. އެމާއްދާގެ (ޅ) ގައި ރަށު ކައުންސިލަށް ދީފައިވާ ބާރާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުމުގެ ބާރު ރަށު ކައުންސިލްތަކަށް ލިބިގެންވެއެވެ. އަދި ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުމަކީ ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތެއްކަން އެމާއްދާގެ (ކ) އިން، އަދި ކަރަންޓާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތްތައް ދިނުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެއްކަން އެޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) އިން އެނގެން އޮވެއެވެ. (ޕެރ. 3 (ނ))

ރަށު ރައްޔިތުންގެ މެދުގައި ނެގުނު ޢާންމު ވޯޓުގެ އަޣްލަބިއްޔަތުން ރަށު ރައްޔިތުން ނިންމި ނިންމުމާ އެއްގޮތަށް، ރަށު ކައުންސިލާއި ޔުޓިލިޓީސް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ރަށުގެ އިންޖީނުގެ އެކުންފުންޏާ ޙަވާލުކުރުމަކީ، ރަށު ކައުންސިލަށް ޤާނޫނު ނަންބަރު 7/2010 ގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން ކުރެވިދާނެ ކަމެކެވެ. (ޕެރ. 3 (ނ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 4/68 (ޢާންމު ޤާނޫނުތަކެއް) ގެ 2 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ބ)
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާ، (ޅ) އަދި (ކ)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ (ރިޔާސަތު)، ފަނޑިޔާރު ޝުޖާޢު ޢުޘްމާން، ފަނޑިޔާރު ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ  ޤަޟިއްޔާ ނަންބަރު: 952/A-/HC5120  އިސްތިއުނާފު ކުރި ފަރާތް: * ނަން: ޙުސައިން ޙަސަން * ދާއިމީ އެޑްރެސް: […] * އައިޑީ ކާޑު ނަންބަރު: […] * މިހާރުގެ އެޑްރެސް: […] * ނަން: (ދިވެހި ދައުލަތް) ތުޅާދޫ ކައުންސިލްގެ އިދާރީ * ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: 34 ރަބީޢުލްއައްވަލް 2341 30 ޖުލައި 1322 12 ނޮވެމްބަރ 1322  އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 07/F12C/2012  ނިންމެވި ކޯޓު: މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓު  ޤަޟިއްޔާގެ ބާވަތް: ޙައްޤު ހޯދުން  ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 21 އޮކްޓޯބަރ 1331  ޤަޟިއްޔާ ނިމުނު ތާރީޚް: 13 އޭޕްރީލް 3132  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރުޝުޢައިބު ޙުސައިން ޒަކަރިއްޔުފަނޑިޔާރު ޝުޖާޢު ޢުޘްމާނަ ފަނޑިޔާރީ ޢު ލ ސަމީރު (ރިޔާސަތު)  ދަޢުވާގެ ޚުލާޞާ: މިއީ،މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓުކޯޓގެ ނަންބަރ 07/F12C/2012 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ބ. ތުޅާދޫ/ ފަނާރު ޙުސައިން ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ (ދިވެހި ދައުލަތް) ބ. ތުޅާދޫ ކައުންސިލްގެ އިދާރާއެވެ.  ފާހަގަކުރެވުނު ނުކުތާތައް:

2މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 07/F12C/2012 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ބ. ތުޅާދޫ/ ފަނާރު ޙުސައިން ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.

1. މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/F12C/2012 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ބ. ތުޅާދޫ ރައްޔިތުންގެ އިންޖީނުގެއާއި އަދި ރައްޔިތުންގެ އިންޖީނު ހިންގައިގެން ލިބިފައިވާ ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިން ޝަރީޢަތް މެދުވެރިވެ ޢަދުލުވެރި ބަދަލު ދިނުމުގެ ކަންތައް ޝަރީޢަތުން ނިންމުމަކާ ނުލައި ޤާނޫނުއަސާސީއާ ޚިލާފަށް ޝަރުޢީ ހަމައަކުން އަގު ކުރުމެއްނެތި، އަދި އެއްވެސް ޢަދުލުވެރި ބަދަލެއް ތުޅާދޫ ރައްޔިތުންނަށް ދިނުމަކާ ނުލައި އިންޖީނުގެއާއި އަދި އިންޖީނުގެއާއި ގުޅިފައިވާ އެންމެހައި ތަކެއްޗާއި އަދި އިންޖީނު ހިންގައިގެން ލިބފައިވީ އެންމެހައި ފައިސ ސަރުކާރުގެ ޔުޓިލިޓީސް ކުންފުންޏަކަށް ދިނުމަށް ބ. ތުޅާދޫ ރަށުކައުންސިލުން ނިންމާފައިވާތީ، އެކަމަކު ޤާނޫނއަސާސީގު33 ވަނަ މާއްދާގެ (ށ) އާއި އަދި ޤާނޫނު ނަންބަރ 4/68.ޖ (ޢާއްމު ޤާނޫނު ތަނެއް) ގެ 2 ވަނަ މާއްދާއާ ޚިލާފަށް ރައްޔިތުންނަށް ޢަދުލު ވެރި ބަދަލެއް ދިނުމަކާ ނުލައި ހިންގާ ކަމަކަށްވާތީ އެކަން ހުއްޓުވައި ދިނުމަށާއި، އަދި އޭރު އިންޖީނުގެ ސަރުކާރުގެ ޔުޓިލިޓީސް ކުންފުންޏަކާއި ޙަވާލުކުރުމުގެ ބައެއް މަސައްކަތްތައް ހިނގަމުންދާތީ އެމަސައްކަތް ވަގުތުން ހުއްޓުވައި ދިނުމަށް ބ. ތުޅާދޫ ކައުންސިލްގެ މއްޗަށަ ބ. ތުޅާދޫ/ ފަނާރު ޙުސައިން ޙަސަން ދަޢުވާކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ބ. ތުޅާދޫ ރައްޔިތުންގެ އިންޖީނުގެއާއި އަދި ރައްޔިތުން އިންޖީނު ހިންގައިގެން ލިބިފައިވާ ގިނަ ޢަދަދެއްގެ ފައިސާއާއި ތަކެތި ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެ މަތިން ޝަރީޢަތް މެދުވެރިވެޢަދުލުވެރި ބަދަލު ދިނުމުގެ ކަންތައް ޝަރީޢަތުން ނިންމުމަކާ ނުލައި ޤާނޫނުއަސާސީއާ ޚިލާފަށް ޝަރުޢީ ހަމައަކުން އަގު ކުރުމެއްނެތި، އަދި އެއްވެސް ޢަދުލުވެރި ބަދަލެއް ތުޅާދޫ ރައްޔިތުންނަށް ދިނުމަކާ ނުލައި އިންޖީނުގެއާއި އަދި އިންޖީނުގެއާއި ގުޅިފައިވާ އެންމެހައި ތަކެއްޗއާ އަދި އިންޖީނު ހިންގައިގެން ލިބި ފައިވާ އެންމެހައި ފައިސާ ސަރުކާރުގެ ޔުޓިލިޓީސް ކުންފުންޏަކަށް ދިނުމަށް ބ. ތުޅާދޫ ރަށުކައުންސިލުން ނިންމާފައިވާތީ، އެކަމަކީ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ) އާއި އަދި ޤާނޫނު ނަންބަރު 4/68.ޖ (ޢާއްމު ޤާނޫނު ތަނެއް) ގެ 2 ވަނަ މާއްދާއާ ޚިލާފަށް ރައްޔިތުންނަށް ޢަދުލުވެރި ބަދަލެއް ދިނުމަކާ ނުލައި ހިންގާ ކަމެއްކަމަށް ދަޢުވާކުރާ ބ. ތުޅާދޫ / ފަނާރު ޙުސައިން ޙަސަން ޝަރީޢަތުގައި ބުނި ނަމަވެސް، ބ. ތުޅާދޫ ކައުންސިލްގެ އިދާރާއާއި، ޔުޓިލިޓީސް ކުންފުންޏާ ދެމެދު ވެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަދުލުވެރި ބަދަލެއް ދިނުމުގެ ކަންތައް ޝަރީޢަތަށް ހުށަހަޅައިގެން ކުރއަށި ގެންގޮސްފައިވާކަން ބ. ތުޅާދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުންނާއި މައްސަލަ އާއި ގުޅިގެން ހޯދާފައިވާ އެންމެހައި މަޢުލޫމާތު ތަކުން ޝަރީޢަތަށް ސާބިތުވާތީއާއި، ބ. ތުޅާދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާއި ޙަވާލުކުރުމާ ގުޅޭގޮތުން ބ. ތުޅާދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގީ، އެވޯޓުގައި ގިނަބަޔަކަށް ބައިވެރި ނުވެވޭގޮތަށް ކަމަށާއި، އަދ ވޯޓުގައި ބައިވެރި ވެފައިވަނީ ބ. ތުޅާދގައި ވޯޓު ދިނުމުގެ ޙައްޤު ލާ ބިފައިވާ މީހުންގެ ތެރެއިން ވަރަށް މަދު ޢަދަދެއްގެ މީހުންކަމަށް، ދަޢުވާ ކުރާ ޙުސައިން ޙަސަން ބުނިނަމަވެސް، އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާ ޙަވާލުކުރުމަށް ރައްޔިތުންގެ ފެންނަ / ނުފެންނަ ވޯޓެއް ނަގާފައިވަނީ ތިންފަހަރެއްގާމަތިން ވޯޓުލާ ދުވަސް ބަދަލުކޮށްކަމަށް އ، އަދި ވޯޓުލުމުގެ ކަންތައް ހިންގާފައިވާނީ ވީހާވެސް ގިނަ ބަޔަކަށް އެވޯޓުގައ ބައިވެރިކުރުމަށްޓަކައި، ވޯޓު ލާނެ ދުވަހާއި ގަޑި ޢާންމުކޮށް އިޢުލާނުކުރެވި، ހުރިހާ ރައްޔިތުންނަށް އެކަނ އެންގުމަށް ފަހުގައިކަން މިމައްސަލައާ ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކުންނާއި، މައްސަލައާއި އެކި ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ބ. ތުޅާދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާއި ޙަވާލުކުރެވިފައިވަނީ ބ. ތުޅާދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގައި އެ ވޯޓުގައި ބައިވެރިވި ފަރާތްތަކުގެ އަޣްލަބިއްޔތުންނާއި ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞ ލުން ހިންގުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ

(ޅ) އިން ލިބިދީފައިވާ ބަރުގެ ދަށުން، ބ. ތުޅާދޫ ކައުންސިލާއި ޔުޓިލިޓީސް ކުންފުންޏާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުންކަމާއި، އެއްބަސްވުމަކީ ޤާނޫނާއި ޚިލާފް އެއްބަސްވުމެއްކަމަށް ދަޢުވާ ކުރާ ޙުސައިން ޙަސަން ބުނިނަމަވެސް، އޭނާގެ ބަހަށް ބާރުދޭނެ ހެއްކެއް ޤަރީނާއެއް ހުށަހެޅިފައިނެތުމާއި، އަދި އެކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، އެއްބަސްވުމަކީ ޤާނޫނާ ޚިލާފު އެއްބަސްވުމެއްކަމަށް ކަނޑައަޅާނެތަނެއް ނެތަކަމަށއި، ބ. ތުޅާދޫ ކައުންސިލްގެ ފަރާތުން ބ. ތުޅާދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާއި އެއްބަސްވުމެއްގެ ދަށުން ޙަވާލުކުރެވިފައި މިވަނީ، އެކަން އެގޮތަށް ކުރުމަށް ބ. ތުޅާދޫ ރައްޔތުނ އެދިގެންކަމާއި އަދި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާ އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން، ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކަން، ޝަރީޢަތަށް ސާބިތުވާތީ، ދިވެހިރާއްޖޭގެ ޖުމްހ ރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 4/68.ޖ (ޢާއްމު ޤާނޫނު ތަނެއް) ގެ 2 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

4މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/F12C/2012 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ބ. ތުޅާދޫ/ ފަނާރު ޙުސައިން ޙަސަންގެ ފަރާތުން 33 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.  ފުރަތަމަ ނުކުތާއަކީ، ތުޅާދޫ ރައްޔިތުންގެ އިންޖީނުގެއާއި އަދި އެތަނާ ގުޅިފައިވާ އެންމެހާ ސާމާނާއި ތަނެތި ނޯދަން ޔުޓިލިޓީސް ކުންފުންޏަށް ނަގާފައިވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞ ލުން ހިންގުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދއިނާ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ

(ށ) އާއި އަދި ޤާނޫނު ނަންބަރު 4/68.ޖ އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.  ދެވަނަ ނުކުތާއަކީ، މައްސަލަ ޝަރީޢަތުން ނިންމެވުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ޅ) އާ ޙަވާލާދެއްވައި މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.  ތިންވަނަ ނުކުތާއަކީ، މިމައްސަލާގައި ތުޅާދޫ ރައްޔިތުންގެ އިންޖީނުގޭގެ އެންމެހާ މުދާ ޤާނޫނާ ޚިލާފަށް ނޯދަން ޔުޓިލިޓީސް ލިމިޓެޑްއަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާތީ އެކަން ހުއްޓުވުމަށް ކޯޓުގައި އެދި އަދި ވަގުތީ އަމުރަކުން އެދުމުންވެސް ވަގުތީ އަމުރަށް ގޮތެއް ނުނިންމައި މައްސަލަ ނިމެންދެން ބޭއްވުމަށްފަހު އަމުރާ މެދު ގޮތެއް ކަނޑައަޅާފައިވަނީ މައްސަލަ ޝަރީޢަތުން ނިންމެވި ދުވަހާއި އެއްދުވަހެއްގައި ކަމަށް ވާތީ ވަގުތީ އަމުރާމެދު ޢަމަލުކުރުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ވަގުތީ އަމުރުގެ މައްސަލަ ހިންގަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.  ހަތަރުވަނަ ނުކުތާއަކީ، މައްސަލައިގެ ވާޤިއާތައް ނުބައިކޮށް ޤޟިއްޔަ ނިންމެވި ރިޕޯޓުގައި ފާހަގަކޮށް އެމައްޗަށް ރިޢާޔަތްކޮށް ޙުކުމަށް ވާޞިލުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 07/F12C/2012 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ބ. ތުޅާދޫ/ ފަނާރު ޙުސައިން ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 07/F12C/2012 ޤަޟިއްޔާ އަށް ބަލާއިރު މިޤަޟިއްޔާއަކީ، ބ. ތުޅާދޫ ރައްޔިތުންގެ އިންޖީނުގެއާއި އިންޖީނުގެއާއި ގުޅިފައިވާ އެންމެހައި ތަކެއްޗާއި އަދި އިންޖީނުގެ ހިންގައިގެން ލިބިފައިވާ އެންމެހައި ފައިސާ، ތުޅާދޫ ރައްޔިތުންނަށް ޢަދުލުވެރި ބަދަލެއް ދިނުމަކާނުލައި ސަރުކާރުގެ ޔުޓިލިޓީސް ކުންފުންޏަކަށް ދިނުމަށް ނިންމާފައިވާކަމަށް ބުނެ، އެކަމަކީ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ

(ށ) އާއި އަދި ޤާނޫނު ނަންބަރ 4/68.ޖ (ޢާއްމު ޤާނޫނު ތަކެއް) ގެ 2 ވަނަ މާއްދާއާ ޚލާފަށި ހިންގާ ކަމެއްކަމަށާއި އެހެންކަމުން އެކަން ހުއްޓުވައި ދިނުމަށާއި، އަދި ޔުޓީލިޓީސް ކުންފުންޏަށް އިންޖީނުގެ ޙަވާލުކުރުމުގެ ބައެއް މަސައްކަތް އޭރު ހިނގަމުންދާކަމަށް ބުނެ އެމަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ބ. ތުޅާދޫ، ފަނާރު / ޙުސައިން ޙަސަންގެ ފަރާތުން ބ. ތުޅާދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ހުށަހެޅި ދަޢުވާއެއްކަމާއި، އެމައްސަލަމާޅޮސްމޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ، ބ. ތުޅާދޫ ކައުންސިލްގެ ފަރާތުން ބ. ތުޅާދޫ އިންޖީނުގެ ޔުޓިލިޓީސް ކުންފުންޏާއި އެއްބަސްވުމެއްގެ ދަށުނ ޙަވާލުކުރެވިފައި ވަނީ، އެކަން އެގޮތަށް ކުރުމަށް ބ. ތުޅާދޫ ރައްޔިތުން އެދިގެންކަމާއި އަދި ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞ ލުން ހިންގުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށް ކަނޑައަޅުއްވައިކަން އެޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެން އޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ،ތުޅާދޫ ރައްޔިތުންގެ އިންޖީނުގޭގެ އެންމެހާ މުދާ ޤާނޫނާ ޚިލާފަށް ނޯދަން ޔުޓިލިޓީސް ލިމިޓެޑްއަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާކަމަށާއ، އެހެންކަމުން އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދުމުން ވަގުތީ އަމުރަށް ގޮތެއް ނުނިންމައި މައްސަލަ ނިމެންދެން ބޭއްވުމަށްފަހު އަމުރާ މެދު ގޮތެއް ކަނޑައަޅާފައިވަނީ މައްސަލަ ޝަރީޢަތުން ނިންމެވި ދުވަހާއި އެއްދުވަހެއްގައި ކަމަށް ވާތީ، ވަގުތީ އަމުރާމެދު ޢަމަލުކުރުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ވަގުތީ އަމުރުގެ މައްސަލަ ހިންގަވާފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަ ވޭތޯ ބަލަންޖެހޭ ޢާންމު ޝަރުޠުތެ އ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/21 ޤަޟިއްޔާ ގައި ބަޔާންކުރައްވާފައިވާކަމާއި، އެގޮތުން ބަލަންޖެހޭ ޝަރުޠުތަކުގެ ގޮތުގައި،ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވަމާއި، ވަގުތީ އުމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތ މާއި، ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމަށިކެ ނޑައަޅުއްވުމަށްފަހު، އެޤަޟއްޔާގ 2 ވަނަ ނުކުތާގައި،ކޯޓަށް ހުށަހެޅ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އ ޞު ލ މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގިބާރު ކޯޓަށް ލިބިގެން ނުވާކަމށާއ، އެހެންނޫންނަމަ އެވާނީ އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލައި ދެވުންކަމަށް ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، ބ. ތުޅާދޫ އިންޖީނުގެއާއި އެތަނާ ގުޅިފައިވާ އެންމެހާ މުދަލާއި ފައިސާ ޤާނޫނާ ޚިލާފަށް ރައްޔިތުންގެ ކިބައިން ވަކިވެގެން ދިއުމަކީ އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަމަށު ބުނެ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 07/F12C/2012 ޤަޟިއްޔާ ނިމެންދެން ބ. ތުޅާދޫ ރަށު ކައުންސިލާއި ނޯދަން ޔުޓިލިޓީސް ކުންފުންޏާ ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އެއްވެސް ކަމެއް ނުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ޙުސައިން ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން، އެފަދަ އަމުރެއް ނެރެނުދީފިނަމަ ލިބޭނެ ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދެވިފައި ނުވާތީއާއި އެ ގެއްލުން ޙުސައިން ޙަސަންއަށް ޝަރީޢަތަށް ސާބިތު ކޮށްދެވިފައިނުވާތީ، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ ވަގުތީ އަމުރާމެދު ގޮތެއް ކަނޑައެޅުއްވުމުގައި ބަލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށް ބަލާނެ ހަމައެއް ނެތްކަމާއި، އަދި އެއަމުރު ނެރެނުދިނުމަށް އެކޯޓުން ނިންމަވާފައިވާ ނިންމެވުން މިދެންނެވުނު އުޞޫލާ ޚިލާފުވާގޮތެއް އިސްތިއުނާފުކުރ ފަރާތަށް އެކަށީގެންވާ ހަމައަކުން ބުނެދެވިފައިނުވާކަން ފާހަގަކުރެވޭކަމެވެ.

(ނ) ތިންވަނަ ކަމަކީ، ތުޅާދޫ ރައްޔިތުންގެ އިންޖީނުގެއާއި އަދި އެތަނާގުޅިފައިވާ އެންމެހާ ސާމާނާއި ތަކެތި ނޯދަން ޔުޓިލިޓީސް ކުންފުންޏަށް ނަގާފައިވަނީ ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞ ލުން ހިންގުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދއިނާ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށް މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 07/F12C/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 4/68.ޖ ގެ 2 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އަދި އެޤަޟިއްޔާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞ ލުން ހިންގުމުގެ ޤާނޫނުގެ 14 ވަނަ މާއްދާއާ ޙަވާލާދެއްވައި މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ނންކޮށް ކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގެ (ށ) އަށާއި، ޤާނޫނު ނަންބަރު 4/68.ޖ (ޢާންމު ޤާނޫނު ތަކެއް) ގެ 2 ވަނަ މާއްދާއަށް ބަލާއިރު، އެދެމާއްދާ ގައި ބަޔާންކޮށްފައިވަނީ މީހެއްގެ މުދަލެއް ދައުލަތުގެ ބޭނުމަށް ނަގާކަމަށްވާނަމަ ޢަމަލުކުރަންވީ އުޞލުކަމާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞ ލުން ހިންގުމުގެ ޤާނޫނު) އަށް ބަލާއިރު، އެ މާއްދާއަކީ ރަށު ކައުންސިލްތަކަށް ލިބިގެންވާ ބާރުތަކާއި މަސްއ ލިއްޔަތުތައް ބަޔާންކުރާ މާއްދާކަމާއި، އެގޮތުން އެމާއްދާގެ (ޅ) ގައި ރަށު ކައުންސިލަށް ދީފައިވާ ބާރާއި މަސްއ ލިއްޔަތުތައް އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުމުގެ ބާރު ރަށު ކައުންސިލްތަކަށް ލިބިގެންވާކަމާއި އަދިރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަޞީލަތްތައް ބެލެހެއްޓުމަކީ ރަށު ކައުންސިލްތަކުގެ މަސްއލިއްޔަތެއްކަން އެމާއްދާގެ (ކ) އަށް ބެލުމުން އެނގެންއޮންނައިރު، ކަރަންޓާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަދަޢާންމު ޚިދުމަތްތައް ދިނުމަކެރަށު ކައުންސިލް ތަކުގ ޒިންމާއެއްކަން އެޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެންއޮންނަކަމާއި، އެހެންކަމުން، ބ. ތުޅާދްއިންޖީނުގެއިން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި، ގެއްލުމުގައި އެތަން ހިންގަންޖެހުމާ ގުޅިގެނ، އެކަމުގެ މަޢުލޫމާތު ރަށު ރައްޔިތުންނާ ޚިއްޞާކޮށް، ރަށު ރައްޔިތުންގެ މެދުގައި ނެގުނު ޢާންމު ވޯޓުގެ އަޣްލަބިއްޔަތުން ރަށު ރައްޔިތުންވެސް އިންޖީނުގެ ނޯދަން ޔުޓިލިޓީސް ކުންފުންޏާ ޙަވާލުކުރުމަށް ނިންމި ނިންމުމާ އެއްގޮތަށް، ރަށު ކައުންސިލްއާއި ނޯދަން ޔުޓިލިޓީސް ކުންފުންޏާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ބ. ތުޅާދޫ އިންޖީނުގެ ނޯދަން ޔުޓިލިޓީސް ކުންފުންޏާ ޙަވާލުކުރެވިފައިވާ ވުމަކީ، ބ. ތުޅާދޫ ރަށު ކައުންސިލަށް ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞ ލުން ހިންގުމުގެ ޤާނޫނު)ގެ ދަށނު ލިބިދީ ފައިވާ ބާރުގެ ދަށުން ކުރެވިދާނެ ކަމެއްކަން އެޤާނޫނަށް ބެލުމުން ސާފުކޮށް އެނގެންއޮންނަކަމާއި، އަދި އިސްތިއުނާފުކުރެވިފައިމިވާ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގައި އެފަދައިން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށްކަން ފާހަގަ ކުރެވޭކަމެވެ. ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުނީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 07/F12C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.  ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 07/F12C/2012 ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިޔަސް ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ