—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން 6 މަހުގެ ކުލި 72,000 ރުފިޔާ ނުދައްކާއޮތްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާ ދެއްކުމަށް އަމުރުކުރިއެވެ.
- ވާޤިޢާ
- ޢިމާރާތެއްގެ އެޕާޓްމަންޓެއް މަހަކު 12,000 ރުފިޔާއަށް އިސްލާމިކް ފައުންޑޭޝަނަށް ކުއްޔަށްދީފައިވާކަމަށާއި، 6 މަހުގެ ކުލި ނުދައްކާކަމަށް ބުނެ ވެރިފަރާތުން ދަޢުވާކުރިއެވެ. ފައުންޑޭޝަނުން ތަން ކުއްޔަށް ހިފިކަން އިންކާރުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުލި ދައްކާފައިނުވާ ދަޢުވާގައި ހުށަހެޅި ހެކިންގެ ޢަދުލުވެރިކަމުގެ ޝަރުޠު ފުރިހަމަވޭތޯއާއި، ހެކިބަހުން ތަން ކުއްޔަށް ހިފިކަން ސާބިތުވޭތޯ، އަދި ކުލި ނުދައްކާކަން މަދަނީ މިންގަނޑުން ސާބިތުވީ ކޮން ބިނާއެއްގެ މައްޗަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ފައުންޑޭޝަނުން ބުނީ ހެކިންގެ ޢަދުލުވެރިކަމުގެ ޝަރުޠު ހަމަނުވާކަމަށާއި، ހެކިބަހުން ކުއްޔަށް ހިފިކަން ސާބިތުނުވާކަމަށާއި، މަދަނީ މިންގަނޑުން ސާބިތުވީ ކޮންކަމެއްގެ މައްޗަށްކަން ބަޔާންނުކުރާކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފައުންޑޭޝަނުން ފާހަގަކުރި ކަންކަމަކީ 2012/SC-A/01 ގައިވާ މިންގަނޑުން ޢަދުލުވެރިކަން ނެތްކަމަށް ބެލެވޭނެ ސަބަބުތަކެއް ނޫނެވެ. ދެ ހެކިންގެ ހެކިބަހުން ތަން ކުއްޔަށް ހިފައި އޮފީސް ހިންގިކަން އެނގެއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގެ ހުރުން ލާޒިމްވެގެންވާ އަސާސީ އެއް ޝަރުޠަކީ ހެކިވެރިޔާގެ ޢަދުލުވެރިކަމުގެ ސިފަ ހުރުންކަމާއި، އިސްލާމީ ފިޤުހުގައި ހެކިވެރިއެއްގައި ޢަދުލުވެރިކަމުގެ ސިފަ ހުރިކަމުގައި ބެލެވޭނީ އެމީހަކީ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިނުހުންނަ މީހެއްކަމުގައިވާނަމައެވެ (2012/SC-A/01). (ޕެރ. 5(ށ))
ހެކިވެރިޔަކީ ދަޢުވާކުރާ ފަރާތުގެ މުވައްޒަފަކަށްވުމާއި، ދަޢުވާލިބޭ ފަރާތާ ހެކިވެރިޔާއާ ދެމެދު މައްސަލަތައް ހިނގާފައިވުމާއި، ދަޢުވާލިބޭ ފަރާތުގެ ރައީސަށް ތުހުމަތު އަޅުވާފަދަ ލިޔުމެއް ހަރުކޮށްފައިވުމަކީ ހެކިވެރިއެއްގެ ޢަދުލުވެރިކަން ނެތްކަމަށް ބެލެވޭނެފަދަ ސަބަބުތަކެއް ނޫނެވެ. (ޕެރ. 5(ށ))
ދަޢުވާއަށް އިންކާރުކުރުމުން، ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުން ތަން ކުއްޔަށް ހިފައިގެން އުޅުނުކަން ސާބިތުވެފައިވާނަމަ، ދަޢުވާގައި ބަޔާންކުރާ މުއްދަތުގެ ކުލި ނުދައްކާ އޮތް ފައިސާއެއްކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫނެވެ. (ޕެރ. 5(ނ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ދެއްކި)
- 2012/SC-A/01
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސގް ފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާ ގީޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މުޙައްމަދު ފައުޒީއާއި، […] ވެރިފަރާތާއެކު 2010 މއ 13 ވަނަ ދުވަހު ސޮއިކޮށްފައިވް އެއްބަސްވުމުގެދަށުން ދަޢުވާކުރާ ފަރާތުން ޢިމާރާތްކޮށްފައިވާ […] ފަސްޓްފްލޯރގެ ކަނާތު ފަޅީ އެޕާޓްމަންޓް )ބްލޮކް-A( އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އަށް 2011 އޯގަސްޓް 1 ވަނަ ދުވަހު، މަހެއްގެ މައްޗަށް 12,000/- ރ. )ބާރަހާސް ރުފިޔާ( އަށް ކުއްޔަށް ދިނުމަށްފަހު، އެފައިސާ ދަޢުވާކުރާ ފަރާތަށް ބަރާބަރަށް ދައްކަމުން ނުދާތީ، މިހާތަނަށް ނުދައްކާހުރި ފައިސާއާއި، އެފައިސާ ނުލިބިފައިވުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި، ދަޢުވާލިބޭ ފަރާތުނ ދަޢުވާކުރާ ފަރާތުގެ އަތުން ފަހުން ދައްކާގޮތަށް ނަގާފައިވާ ދަރަނީގެ ފައިސާ އަދި ދަޢުވާލިބޭ ފަރާތުގެ ޢިމާރާތަށް ދަޢުވާކުރާ ފަރާތުގެ ހުއްދަނެތި ގެނެސްފައިވާ ބަދަލުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ޖުމްލަ ބަދަލު ހޯދުމަށާއި، 07 ދުވަހުގެ ތެރޭގައި ތަންހުސްކޮށް ދަޢުވާކުރާ ފަރާތާއި ޙަވާލުކުރުމަށް އަމުރުކޮށްދިނުން އެދޭ އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް މުޙައްމަދު ފައުޒީ ހުށަހެޅި މައްސަލައެއްކަން އެނގެންއޮވެއެވެ.
3މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔގައާ ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެން ހުރުމުން ދަޢުވާކުރާ މުޙައްމަދު ފައުޒީއާއ، […] ވެރިފަރާތާއެކު 2010 މެއި 13 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތުން ޢިމާރާތްކޮށްފައިވް […] ފަސްޓްފްލޯރގެ ކަނާތު ފަޅީ އެޕާޓްމަންޓް )ބްލޮކް-A( އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އަށް 2011 އޯގަސްޓް 1 ވަނަ ދުވަހު ން ފެށިގެން ކުއްޔަށްދީފައިވާ މުއްދަތުގެ ތެރެއިން 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހާއި 2013 ވަނަ އަހަރުގެ ޖެނުއަރީ،މ ޗ، އ ޕްރީލް، މެއި، އަދ ޖޫން މަހާއި 06 )ހައެއް( މަސްދުވަހުގެ ކުއްޔަށްވ 72,000/- ރ. )ހަތްދިހަ ދެހާސް ރުފިޔާ( އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާއޮތް ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ، ގއ. ވިލިނގިލި/ ފައްސިޔަ މުޙައްމަދު ފައުޒީއަށް ލިބިދިނުމުގެ ގޮތުން މިއަދު، 13 އޯގަސްޓް 2015 ވަނަ ދުވަހުން ފެށިގެން 01 )އެކެއް( މަސްދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބުނު އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއަށް އަންގައި ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
4ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން 02 )ދޭއް( ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާގައި، ކުއްޔަށްދީފައިވާ މުއްދަތުގެ ތެރެއިން 2012 ވަނަ އަހަރުގެ ޑިސެމްބަރ 2013 ޖެނުއަރީ މ ރޗް އޭޕްރީލް މެއާ އަދި ޖޫން މަހުގެ ކުލި ދައްކާފައިނުވާކަމަށ ބަޔާންކޮށްފައިވަނ މަދަނީ މިންގަނޑުން ސާބިތުވާކަމަށް ބަޔާންކޮށްނަމަވެސް، މަދަނީ މިންގަނޑުން ސާބިތުވަނީ ކޮންކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެންކަން މ ޤަޟިއްޔާގައި ބަޔާންކޮށްފައިނުވާކަމަށް ބުނީ، ހުށަހެޅި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާ ބައްލަވައި ނިންމެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެންމެ ފުރިހަމަ ގޮތުގައި މައްސަލާގައި އިންސާފު ޤާއިމުކޮށްދެވިފައި ނުވުމާއި، ސިވިލް ކޯޓުގެ ނަންބަރ 1246/Cv-C/2013 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ޝަރުޠު ހަމަނުވާކަމަށު ބުނެ ދަޢުވާލިބޭ ފަރާތުން ބަޔާންކޮށްފައިވާ ކަންކަމަށް ޝަރީޢަތުން ގޮތެއް ނިންމާފައިނުވުމާއި، ސިވިލް ކޯޓުގ ނަންބަރ 1246/Cv-C/2013 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ހެކި ވެރިއެއްގެ ހެކިބަހުން، ދަޢުވާލިބޭ ފަރާތްކަމުގައިވ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސ އިން ދަޢުވާގައި ބަޔާންކޮށްފައިވާ ޢިމާރާތް ކުއްޔަށް ހިފާފައިވާކަމަށް ބަޔާންކޮށްފައިނުވާއިރު، ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކުގެ ފުރަތަމަ ނުކުތާގައި ހެކިންގެ ހ ކިބަހުން ދަޢުވާލިބޭ ފަރާތުނާ މެދަޢުވާގައި ބަޔާންކޮށްފައިވ ޢިމާރާތް ކުއްޔަށްހިފާފައިވާކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނީ، ހުށަހެޅި ނުކުތާއެވެ.
5HN1HN2HN3މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ 1246/Cv-C/2013 ޤަޟިއްޔާއަކީ،ގއ.ވިލިނގިލި ފައްސިޔަ މުޙައްމަދު ފައުޒީ، […] މަންޒިލްގެ ފަސްޓްފްލޯގެ ކަނާތު ފަޅީގ އެޕާޓްމަންޓް )ބްލޮކް-A( އިސްލާމިކް ފައް ނ ޑޭޝަން އޮފް ދަ މޯލްޑިވްސް އަށް 2011 އޯގަސްޓް 1 ވަނަ ދުވަހު، މަހެއްގެ މައްޗަށ 12,000/-ރ. )ބާރަހާސް ރުފިޔާ( އަށް ކުއްޔަށް ދިނުމަށްފަހު، 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހާއި 2013 ވަނަ އަހަރުގެ ޖެނުއަރީ، މާޗް، އޭޕްރިލް، މެއި އަދި ޖޫންމަހުގެ ކުލި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ދައްކާފައިނުވާތީ، ނުދައްކާހުރި ފައިސާއާއި، އެފައިސާ ނުލިބިވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން މުޙައްމަދު ފައުޒީގެ އަތުން ފަހުން ދައްކާގޮތަށް ނަގާފައިވާ ދަރަނީގެ ފައިސާ އަދި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން އެޢިމާރާތަށް މުޙައްމަދު ފައުޒީގެ ހުއްދަނެތި ގެނެސްފައިވާ ބަދަލުގެ ސަބަބުނ ލިބިފައިވާ ގެއްލުމުގެ ޖުމްލަ ބަދަލު ހޯދުމަށާއި، 07 ދުވަހުގެ ތެރޭގައި ތަންހުސްކޮށް މުޙައްމަދު ފައުޒީއާއި ޙަވާލުކުރުމަށް އަމުރުކޮށްދިނުމަށް އެދޭ، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއަށް ދަޢުވާ ރައްދުވާގޮތަށް މުޙައްމަދު ފައުޒީ ހުށަހެޅި މައްސަލައެއްކަމާއި، އެމައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ، […] ފަސްޓްފްލޯގެ ކަނާތު ފަޅީގެ އެޕާޓްމަންޓް )ބްލޮކް-A( އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އަށް 2011 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ކުއްޔަށްދީފައިވާ މުއްދަތުގެ ތެރެއިން 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހާއި 2013 ވަނަ އަހަރުގެ ޖެނުއަރީ، މާޗް، އޭޕްރިލް، މެއި އަދި ޖޫން މަހާއި 06 )ހައެއް( މަސްދުވަހުގެ ކުއްޔަށްވާ 72,000 ރ. )ހަތްދިހަ ދެހާސް ރުފިޔާ( އަކީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން މުޙައްމަދު ފައުޒީއަށް ދައްކަންޖެހި ނުދައްކާއޮތް ފައިސާއެއްކަމަށް މަދަނީ މިންގަނޑުން ޝަރީޢަތަށާ ސާބިތުވާކަމަށް ކަނޑައަޅައި، އެފައިސާ 13 އޯގަސްޓް 2015 ވަނަ ދުވަހުން ފެށިގެން 01 )އެކެއް( މަސްދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއަށް އަންގައިކަން އެނގެންއޮވެއެވެ. )ށ( ދެވަނަ ކަމަކީ، މުޙައްމަދު ފައުޒީ ސިވިލް ކޯޓަށް ހުށަހެޅި އެދަޢުވާގައި ބުނާ މުޢާމަލާތް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ކޮށްފައިނުވާނެކަމަށާއި، އެތަނަކީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ކުއްޔަށް ހިފާފައިވާ ތަނެއްނޫންކަމަށބުނެ އިސްލާމިކް ފައު ންޑޭޝަނ އޮފް ދަ މޯލްޑިވްސްއިން އެދަޢުވާއަށް އިންކާރުކޮށްފައިވާކަމާއި، އެދަޢުވާ ސާބިތުކުރުމަށް މުޙައްމަދު ފައުޒީގެ ފަރާތުން ހެކިންގެ ގޮތުގައި، […] ޙުސައިން ރަޝީދުއާއި ސ.ފޭދޫ ވެލިދޫގެ ޢަލީ ސަޢީދު ހުށަހަޅައި، އެފަރާތްތަކުގެ ހެކިބަސް އެޤަޟިއްޔާގު އ ނަގާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރ 1246/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ހުށަހެޅެމައިގަނޑު އެއް ސަބަބަކީ، އެޤަޟިއްޔާގައި މުޙައްމަދު ފައުޒީގެ ފަރާތުން ހުށަހެޅި ދެ ހެކިންގްކިބާގައި ފުރިހަމަ ވާންޖެހޭ ޢަދުލުވެރިކަމުގެ ޝަރުޠު ފުރެ ހަމަނުވާކަމަށި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން އެކޯޓުގައި ފާހަގަކޮށްފައިވާއިރ، އެކަމަށް ޝަރީޢަތުން ގޮތެއް ނިންމަވާފައިނުވާކަމަށާއި، އަދި އެހެކިންގެ ހެކިބަހުގައި، އެދަޢުވާގައި ބުނާ ޢިމާރާތް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ކުއްޔަށް ހިފިކަމަށް ބަޔާންކޮށްފައިނުވާއިރު، ސިވިލް ކޯޓުނ އެޤަޟިއްޔާ ނިންމެވުމުގައި ހެކިންގެ ހެކިބަހުން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން އެތަން ކުއްޔަށް ހިފިކަން ސާބިތުވާކމަށަ ކަނޑައަޅުއްވާފައިވާކަމަށް ބުނެ ފާހަގަކުރުނުކުތާކަމުން އެނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާއިރު، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން އެދެހެކިވެރި ންގެ ޢަދުލުވެރިކަމުގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ބުނެފައިވަނީ، […] ޙުސައިން ރަޝީދުއަކީ ދަޢުވާކުރާ ފަރާތުގެ މުވައްޒަފެއްގެ އިތުރުން، އެމް.ވީ.ޓީ.ވީ ހިންގާފައިވާ އަދި ދަޢުވާގައި ބަޔާންކޮށްފައިވާ […] ދޮރުގައ އިސްލާމިކް ފައުންޑޭޝަނައޮފް ދަ މޯލްޑިވްސްގެ ރައީސަށް ނިސްބަތްކޮށް، ޒަކާތާއި ޞި ދ ޤާތާއ ޚައިރާތުގެ ފައިސާއަށް ޚި ޔާނާތްތެރި ވެފައިވާކަމުގެ ތުހުމަތު އަޅުވަން އުޅޭކަން ދޭހަވާފަދަ ލިޔުމެއް ހަރުކޮށްފައިވާ ފަރާތެއްކަމުގައިވާތީ، މިފަދަ ޢަމަލެއް ކުރި މީހަކު މިމައްސަލާގައި ހެކިބަސްދީފައް ވުމަކީ އެފަރާތުގެ އަދާވާތްތެރިކަންއިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަށީ ފާޅުވާކަމެއްކަމަށާއި އަދި އެއަދާވާތްތެރިކަން ރައީސަށް އޮތުމަކް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއްށ ޢަދާވާތްތެރިވުމުގެ އިހާތިމާލު އޮތްކަމެއްކަމުގައި ދެކޭކަމިށއ، އަދި ސ.ފޭދޫ، […] ޢަލީ ސަޢީދަކީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފައުންޑަރ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އިސްލާމިކް ފައުންޑޭޝަން އާއި ޢަލީ ސަޢީދާ ދެމެދު ގިނަ މައްސަލަތަކެއް އުފެދި،އިސްލާމިކް ފައުންޑޭޝަން އޮފް ދ މޯލްޑިވްސް ގެ އެންމެހައި ކަންކަމުން ދުރުކުރުމަށްފަހު، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން އޭނާއާމެދު ފިޔަވަޅު އެޅުމަށް ނިންމުމުން އަމިއްލައަށް އެފައުންޑޭޝަނުން ވަކިވެފައިވާ މީހެއްކަމަށާއި، އަދި ޢަލީ ސަޢީދަކީ ސަރުކާރުގިބައެއް މުއައްސަސާތަކަށް ގޮސާއިސްލާމކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއާ ބެހޭގޮތުން ދޮގު މަޢުލޫމާތު ދީ،އެފައުންޑޭޝަނުގެ އަގު ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ފަރާތެއްކަމަށް ބނކަމާއި، އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގެ ހުރުން ލާޒިމްވެގެންވާ އަސާސީއެއް ޝަރުޠަކީ ހެކިވެރިޔާގެ ޢަދުލު ވެރިކަމުގެ ސިފަ ހުރުންކަން އިސްލާމީ ޝަރީޢަތުގެ ނައްސުތަކުން އެނގޭކަމާއި، އިސްލާމީ ފިޤުހުގައި ހެކިވެރިއެއްގައި ޢަދުލުވެރިކަމުގެ ސިފަ ހުރިކަމުގައި ބެލެވޭނީ އެމީހި ކ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދ ކުދި ފާފަކުރުމުގައި ދެމިނުހުންނަ މީހެއްކަމުގައިވާނަމަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ހުށަހެޅުނު ހެކިންގެ ޢަދުލް ވެރިކަން ނެތްކަމަށް ބުނެ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ފާހަގަކޮށްފައިވާ އެކަންކަމަކީ ހެކިވެރިއެއްގެ ޢަދުލުވެރިކަން ނެތްކަމަށް ބެލެވެ ނެފަދަ ސަބަބުތަކެއް ނޫންކަން އިސްވެ ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާއަށް ބެލުމުން ފާހަގަކުރެވޭކަމއި، އަދި އެހެކިންގެ ހެކިބަހުގައި، އެދަޢުވާގައި ބުނާ ޢިމާރާތް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ކުއްޔަށް ހިފިކަމަށް ބަޔާންކޮށްފައިނުވާއިރު، ސިވިލް ކޯޓުން އެޤަޟިއްޔާ ނިންމެވުމުގައ ހެކިންގެ ހެކިބަހުން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއެ ން އެތަން ކުއްޔަށް ހިފިކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ފާހަގަކުރި ކުރުމަށް ބަލާއިރު، ސ.ފޭދޫ ވެލިދޫގެ ޢަލީ ސަޢީދުގެ ހެކިބަހުގައި، […] ފުރަތަމަ ފަންގިފިލާއަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ބަދަލުވިއިރު، ލިޔުމުން އެއްބަސްވުމެއް އޭނާ ނުދެކޭނަމަވެސ އެއްބަސްވުމެއް ވެފައިވާކަމަށާއި، ބ ދަލުވ މަހަކު 12,000/- ރ. )ބާރަހާސް ރުފިޔާ( އަށްކަމަށާއި، […] ޢިމާރާތްކުރެވެމުންދަނިކޮށް އިބްރާހީމް ފައުޒީއާއި ޢަލީ ސަޢީދު އެތަނަށް ގޮސް މުޙައްމަދު ފައުޒީއާ ވާހަކަދައްކައި އޮފީސް ބަދަލުކުރުމުގެ ހުރިހާ މުޢާމަލާތެއްކުރެވި އޭގެ ފަހުގައި އެތަނަށް ތަކެތި ބަދަލުކުރުމުގައި ޢަލީ ސަޢީދުވެސް ބައިވެރިކަމަށާއި، […] ކުއްޔަށް ހިފުމަށް ޢަލީ ސަޢީދު ދިޔައީ އިސްލާމިކް ފައުންޑޭޝަންގެ ފައުންޑާރ މެންބަރެއްގެ ހައިސިއްޔަތުން އަދި އިސްލާމިކް ފައުންޑޭޝަންގ ރައީސްއާއެކު ކަމަށާއި، އަދި މުޙައްމަދު ފައުޒީއާ ވހަކަދެކެވުނީ އިސްލާމިކް ފައުންޑޭޝަންގެ ފަރާތުންކަމަށާއި، […] ފަސްޓްފްލޯގައި ދެ އެޕާރޓްމަންޓް ހުންނައިރު އެތަނުން އެއް އެޕާރޓްމަންޓަކީ އިސްލާމިކް ފައުންޑޭޝަނަށް ކުއްޔަށް ދީފައިވާތަނެއްކަމަށް ބުނެފައިވާކަމާއި، […] ޙުސައިން ރަޝީދުގެ ހެކިބަހުގައި، […] ފުރަތަމަ ފަންގިފިލާގައި އިސްލާމިކް ފައުންޑޭޝަންގެ އޮފީސް ހިނގަމުންދިޔަކަމަށާއި އަދި އެތަން މުޙައްމަދު ފައުޒީއަތުނ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ކުއްޔަށް ހިފިކަމަށާއ، އެކަން އެނގެނީ އިބްރާހީމް ފައުޒީ ފައިސް ގެނެސާ އެތަނުގެ ކުލި ކަމަށް ބުނީ ޙަވާލުކުރާތީކަމަށާއި، ޙުސައިން ރަޝީދު އެ އޮފީހަށް ފުރަތަމަ ކޮޅު ވަންނަކަމަށާއި، އެތަނުގައި އިސްލާމިކް ފައުންޑޭޝަން ޖަހާފުއިންނަ ބޯޑެއްވެސް އިންނަކަމަށއި، ބައެއް ފަހަރު ފައިސާ ދޭއިރާޗެކުގައި އިސްލާމިކް ފައުންޑޭޝަން އިންނކަމަށްބުނެފައިވާކަން ފާހަގަކުރެވޭއިރު، މިދެފަރާތުގެ ހެކި ބަހުގައިވެސ، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން މިމައްސަލާގައ ބަޔާންކުރާ […] ފުރަތަމަ ފަންގިފިލާއިން އެޕާރޓްމަންޓެއ ކުއްޔަށް ހިފާފައިވާކަމާއ، އަދި އެތަނުގައި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ އޮފީސް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވާކަނ ފާހަގަކުރެވޭކަމެވެ. )ނ( ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާގައި، ކުއްޔަށްދީފައިވާ މުއްދަތުގެ ތެރެއިން 2012 ވަނަ އަހަރުގެ ޑިސެމްބަރ، 2013 ވަނަ އަހަރުގެ ޖެނުއަރީ، މާރޗް، އޭޕްރީލް، މެއި،އަދި ޖޫން މަހުގެ ކުލި ދައްކާފައިނުވާކަމަށް ބަޔާންކޮށްފައިވަނީ މަދަނީ މިންގަނޑުން ސާބިތުވާކަމަށް ބަޔާންކޮށްނަމަވެސް، މަދަންމިންގަނޑުން ސާބިތުވަނީ ކޮންކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެންކަން މި ޤަޟިއްޔާގައި ބަޔާންކޮށްފައިނުވާކަމަށަ ބުނެއިސްލާމިކް ފައުންޑޭޝަން އޮފް ދ މޯލްޑިވްސްއިން ހުށަހެޅި ނުކުތާއަށް ބަލާއިރު، އެދަޢުވާގައި ބުނާ 2012 ވަނަ އަހަރުގެ ޑިސެމްބަރ، 2013 ވަނަ އަހީ ރުގެ ޖެނުއަރީ، މާރޗަ އޭޕްރީލް، މެއި އަދި ޖޫން މަހުގެ ކުއްޔަކީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސ އިން މުޙައްމަދު ފައުޒީއަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއްކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ،އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސ އިން އެތަން ކުއްޔަށް އެއްވެސް އިރެއްގައި ނުހިފާކަމަށް ބުނެ މުޙައްމަދ ފައުޒީ ހުށަހެޅި ދަޢުވާއަށް އިންކާރުކުރުމުން، އެދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކް ންގެ ހެކިބަހުންއިސްލާމިކ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން އެތަން ކުއްޔަށް ހިފައިގެން އުޅުނުކަން ސާބިތުވެފައިވާތީ، އެކަމުގެ މައްޗަށް ބަލައި، އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސ އިން އެތަނުގެ ކުލީގެ ގޮތުގައި ނުދައްކައިވަނ އެދަޢުވާގައި ބަޔާންކުރާ 06 )ހައެއް( މަސްދުވަހުގެ ކުލިކަމުގައި ބަލައި، އެގޮތުގެމަތީންކަން އެޤަޟިއްޔާއަށް ބެލުމުން އެނގެންއޮންނަކަމެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން،މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މިލްޑިވްސގެ ފަރާތުން ހުށަހެޅިނުކުތާތަކަށް ބަލައި އެޤަޟިއްޔާގައ ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތްކަމުގައެވެ. • ޙުކުމް:- ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލ ކޯޓުގެ ނަންބަރު 1246/Cv-C/2013 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.