ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/85ހައިކޯޓު · 5 އޮކްޓޫބަރު 2017 · ފައިސާ ހޯދުން

—

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 5 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ހެކިންގެ ހެކިބަހާއި ލިޔެކިޔުންތަކުން ތަކެތި ރިސޯޓުގައި ހުރިކަން ސާބިތުވާތީ، 90 ދުވަހުގެ ތެރޭގައި ހުރިހާ ތަކެތި ނުވަތަ އޭގެ އަގު ދިނުމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ވާޤިޢާ
ޝަރީޢަތުގެ ޙުކުމަކުން ވާރިޘުންނަށް ރިސޯޓެއް ލިބުނުއިރު، އެ ރިސޯޓުގައި އޭރުގެ ޖެނެރަލް މެނޭޖަރުގެ އިންޖީނެއް، ކޮންކްރީޓް ގަޝާ މެޝިނެއް، ކެރޭނެއް، ޓިން، ލަކުޑި އަދި ސިމެންތި ހުރި ކަމަށް ބުނެ، އެތަކެތި ނުވަތަ އަގު ހޯދުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޝަރީޢަތުން ލިބުނު ރިސޯޓެއްގައި ހުރި ތަކެތި ދަޢުވާކުރާ ފަރާތުގެ މުދާކަން ސާބިތުވޭތޯ، އަދި ރިސޯޓުގެ ވަޒީފާއިން ވަކިކުރި ހެކިންގެ ހެކިބަސް ޢަދާވާތްތެރިކަމުގެ ސަބަބުން ރައްދުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ، ހެކިންނަކީ މިނިވަންކަމާއެކު ހެކިބަސް ދެވޭނެ ބައެއް ނޫން ކަމަށާއި، ދަޢުވާކުރާ ފަރާތް މުދަލުގެ ޙައްޤު ދޫކޮށްލާފައިވާ ކަމަށާއި، ދަޢުވާކުރީ ނުބައި ނިޔަތުގައި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ވަޒީފާއިން ވަކިކުރެވުނު ކަމަކީ ހެކިބަސް ރައްދުކުރާނެ ސަބަބެއް ނޫން ކަމަށާއި، ރިސޯޓުގައި ހުރި މުދާ ރިސޯޓުގެ މުދާކަމަށް އުޞޫލުން ބެލެވޭތީ، ބިލު ހުށަހެޅިފައިވާ ތަކެތި ދަޢުވާކުރާ ފަރާތުގެކަން ސާބިތުވި ނަމަވެސް، ބިލު ނެތް އިންޖީނާއި މެޝިން ސާބިތު ނުވާ ކަމަށް ކޯޓުން ނިންމިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި (ބިލު ހުށަހެޅިފައިވާ ތަކެތީގެ ބައި ޤާއިމްކޮށް، އިންޖީނާއި ކޮންކްރީޓް ގަޝާ މެޝިނުގެ ބައި ބާޠިލުކުރި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ހެކިން ވަޒީފާއިން ވަކިކޮށްފައިވާ ބަޔަކުކަން އެނގެން އޮތްނަމަވެސް، އެފަރާތްތަކަކީ ދަޢުވާ ރައްދުވާ ފަރާތްތަކާމެދު ޢަދާވަތްތެރިކަމެއް އޮތް ބަޔަކުކަން އެނގެން ނެތުމުންނާއި، މައްސަލާގައި ހިމެނޭ މުދާތަކަކީ ހެކިންގެ މަޞްލަޙަތު ހިމެނޭ މުދާތަކެއްކަންވެސް އެނގެން ނެތުމުން، ވަޒީފާއިން ވަކިކޮށްފައިވުމުގެ މައްޗަށް އެކަނި ބިނާކޮށް އެފަރާތްތަކަކީ ޢަދާވަތްތެރިކަމެއް އޮތް ބަޔަކުކަމަށް ބަލައި، އެފަރާތްތަކުގެ ހެކިބަސް ޤަބޫލުނުކުރެވޭނެ ސަބަބެއްކަމުގައި ބެލެވިގެން ނުވާނެއެވެ. (ޕެރ. 3 (ހ))

ކޯޓުގެ ޙުކުމަކުން ރިސޯޓެއް ފަރާތްތަކަކަށް ލިބުނުއިރު، އެ ރިސޯޓުގައި ހުރި މުދާތަކަކީ އެ ރިސޯޓުގެ މުދާކަމުގައި އުޞޫލެއްގެ ގޮތުން ބެލެވޭނެއެވެ. (ޕެރ. 3 (ނ))

އެފަދަ މުދަލަކީ ނުވަތަ ތަކެއްޗަކީ އެހެން މީހެއްގެ މުދާ ނުވަތަ ތަކެތިކަން އެނގޭނެ އިތުރު ހެކި ނުވަތަ ޤަރީނާތަކެއް ނެތި، ހަމައެކަނި މީހަކު ނުވަތަ ބަޔަކު ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އެއީ އެހެން މީހެއްގެ ތަކެތިކަން ސާބިތު ނުކުރެވޭނެއެވެ. (ޕެރ. 3 (ނ))

ދަޢުވާކުރާ ތަކެތި ރިސޯޓުގައި ހުރިކަން ހެކިންގެ ހެކިބަހުން އެނގެން އޮތްނަމަވެސް، އެ ތަކެއްޗަކީ ދަޢުވާކުރާ ފަރާތް ގަނެފައިވާ އޭނާގެ ތަކެތިކަން އެނގޭނެ ބިލުތައް ފަދަ އެކަށީގެންވާ ހެކި ހުށަހެޅިފައި ނުވާނަމަ، އެ ތަކެތި ނުވަތަ އޭގެ އަގު ދަޢުވާކުރާ ފަރާތަށް ދިނުމަށް އަންގައި ނިންމުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެކެވެ. (ޕެރ. 3 (ރ))

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ނަން: ފާތިމަތު ފަރީދާ * ދާއިމީ އެޑްރެސް:[…] * އައި.ޑީ.* މިހާރުގެ އެޑްރެސް: […]

2ނަން: މުޙައްމަދު ޝަވީދު * ދާއިމީ އެޑްރެސް:[…] * އައި.ޑީ.* މިހާރުގެ އެޑްރެސް: […]

3HN1HN2HN3HN4ނަން: ޙައުލަތު ފަޙީމ * ދާއިމީ އެޑްރެސް:[…] * އައި.ޑީ.* މިހާރުގެ އެޑްރެސް:[…]

4ނަން: އަޙްމަދު ޝިޔާމް * ދާއިމީ އެޑްރެސް:[…] * އައި.ޑީ.* މިހާރުގެ އެޑްރެސް: […]

5ނަން: އާމިނަތު އަޝްފ * ދާއިމީ އެޑްރެސް:[…]

6ނަން: މަރްޔަމް ޝިފާ * ދާއިމީ އެޑްރެސް:[…]

7ނަން: ޢަލީ ޝިޔާމް * ދާއިމީ އެޑްރެސް:[…] * މިހާރުގެ އެޑްރެސް: […]

8ނަން: ޙަސަން ޝިޔާމް * ދާއިމީ އެޑްރެސް:[…] * ނަން: މުޙައްމަދު އަނީސް * ދާއިމީ އެޑްރެސް: […] * އައިޑީ* މިހާރުގެ އެޑްރެސް: […]

01. ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތްނިމުނުގޮތުގ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ،[…] / އަލިމަރްހޫމް މޫސާ ފަހީމް ނިޔާވިއިރު ދުނިޔޭގައި ތިބި އޭނާގެ 08 ވާރިޘުންނަށް ސިވިލް ކޯޓު ނަންބަރު 462/MC/2004 ޤަޟިއްޔާއިން ވިލަމަންދޫ އައިލަނު ޑް ރިސޯޓު ލިބުނުއިރު، އެ ރިސޯޓުގައި މުޙައްމަދ އަނީސްގެ ޔަންމާ މެރިން އިންޖީނަކާއި، ކޮންކްރީޓް ގަޝާ މެޝިނަކާއި، 180 ގަނޑު ލައިސާޓު ޓިނާއި، 1.5 ޓަނުގެ ބަރުދަން އުފުލާ ކެރޭނަކާއި، 208 ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތި ހުރި ކަމަށާއި، އެތަކެތި ނުވަތަ އެތަކެތީގެ އަގު ދަޢުވާލިބޭ ފަރާތްތަކުން ހޯދައިދިނުމަށް މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ، އިސްވެބަޔާންވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޝަރީއަތުން ބެލިއިރު، އަލްމަރްޙޫމް މޫސާ ފަހީމްގާ ވާރިޡުނ ކަމުގައިވާ […] / މާލޭ ފާތިމަތު ފަރީދާއާއި، މުޙައްމަދު ޝަވީދުއާއި، ހައުލަތު ފަހީމްއާއި، އަޙްމަދ ޝިޔާ މްއާއި، އާމިނަތު އަޝްފާއާއި، މަރްޔަމް ޝިފާއާއި، ޢަލީ ޝިޔާމްއާއ ޙަސަން ޝިޔާމް އާއި މ 08 )އަށެއް( މީހުންގެ މައްޗަށް ދަފްތަރު ނަންބަރ 4800 )މއ. ގްލެމަރ( މުޙައްމަދު އަނީސް ކޮށްފައިވާ މި ދަޢުވާ ޝަރީއަތުން ބެލިއިރު، […] އަލްމަރްޙޫމް މޫސާ ފަހީމް ނިޔާވިއިރު ދުނިޔޭގައިތިބީ އޭނާގެ 08 ވާރިޘުން )މި މައްސަލައިގެ ދަޢުވާލިބޭ 08 މީހުން( އަށް ސިވިލް ކޯޓު ނަންބަރު 462/MC/2004 ޤަޟިއްޔާއިން ވިލަމަންދޫ އައިލަންޑް ރިސޯޓު ލިބުނުއިރު، އެ ރިސޯޓުގައި މުޙައްމަދު އަނީސްގެ ޔަންމާ މެރިން އިންޖީނަކާއި، ކޮންކްރީޓް ގަޝާ މެޝިނަކާއި، 180 ގަނޑު ލައިސާޓު ޓިނާއި، 1.5 ޓަނުގެ ބަރުދަން އުފުލާ ކެރޭނަކާއި، 208 ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތި ހުރި ކަމަށާއި، އެތަކެތި ނުވަތަ އެތަކެތީގެ އަގު ދަޢުވާލިބޭ ފަރާތްތަކުން ހޯދައިދިނުމަށް މުޙައްމަދު އަނީސް މި ދަޢުވާގައި އެދިފައިވުމާއި، ދަޢުވާގެ އަސްލަށް ދަޢުވާލިބޭ ފަރާތްތަކުން އިންކާރުކުރިނަމަވެސް، ދަޢުވާލިބޭ ފަރާތްތަކުން ވިލަމަންދޫ އައިލެންޑް ރިސޯޓާއި ޙަވާލުވިއިރު، އެ ރަށުގައި މުޙައްމަދު އަނީސްގެ ޔަންމާ މެރިން އިންޖީނަކާއި، ކޮންކްރީޓް ގަޝާ މެޝިނަކާއި، 180 ގަނޑު ލައިސާޓު ޓިނާއި، 1.5 ޓަނގު ބަރުދަން އުފުލާ ކެރޭނަކާއި، 208 ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތި ހުރިކަން ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވާތީ، މިއަދުން ފެށިގެން 90 )ނުވަދިހަ( ދުވަހުގެ ތެރޭގައި މި ބުނެވެދިޔަ ތަކެތި ނުވަތަ އޭގެ އަގު ދަޢުވާކުރާ ފަރާތި ށ ދިނުމަށް ދަޢުވާލިބޭ ފަރާތްތަކަށް އަންގައި، ވަކީލުގެ ފީ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް" މިފަދައިންނެވެ. 02 - ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނީ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި […] / އަލެ މަރްހޫމް މޫސާ ފަހީމްގ 08 ވާރިޘުންގެ ފަރާތުން 03 )ތިނެއް ( ނުކުތއެއާ ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛ • ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ހެކިންގެ ހެކިބަހުނޭ ދަޢުވާ ސާބިތުވާ ކަމަށް ނިންމާފައިވަނީ ހެއްކާއިބެހިޢއްމު އުޞޫލުތަކާއީ އެއްގޮތަށް ކަމުގައި ނުވާކަމަށާއި،މައްސަލައިގައި ހެކިބަސް ދީފައިވަނީ މިނިވަން ކަމާއެކު ހެކިބަސް ދެވޭނެ ބައެއް ކަމުގައި ނުވާއިރު، އެކަމަށް ޝަރީޢަތް ން ރިޢާޔަތް ކުރައްވާފައިނުވ ކަމަށބުނެ ހުށަހެޅި ނުކުތާ. • ދެ ވަނަ ނުކުތާއަކީ: މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތަކީ އޭނާ ދަޢުވާކުރާ މުދާ ހުރިކަން އެންމެ ފުރިހަމައަށް އެނގޭނެ ފަރާތަކަށް ވާހިނދު، އަދި އޭނާ ކަންކޮށްފައިވާ ގޮތުން އޭނާގެ މުދަލެއް ވިލަމެންދޫގައި ހުރިނަމަވެސް އެމުދަލުގެ ޙައްޤު ދޫކޮށްލާފައިވާ ކަމަށް ބެލުމުގެ ޙައްޤު އިސްތިއުނާފު ރައްދެވ ފަރާތްތަކަށް ބެލުމުގެ ޙައްޤަށް ރިއާޔަތްކުރައްވާފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާ. • ތިން ވަނަ ނުކުތާއަކީ: މައްސަލަ ހުށަހަޅުއްވާފައިވާފަރާތް ޝަރީޢަތަށް އައިސްފައިވަނ ހެޔޮނިޔަތުގައާކަމުގައި ނުވާއިރު އެކަމަށް ރިޢާޔަތް ކުރައްވާފައިނުވ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

3. ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނީ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދްހ. ވާލީވިލާ / އަލާ މަރްހޫމް މޫސާ ފަހީމްގ 08 ވާރިޘުންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއް އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ. )ހ ( ފުރަތަމަކަމަކީ، މި މައްސަލާގައި ހުށަހެޅުނުދަޢުވާ ސާބިތުކުރުމަށް މުޙައްމަދު އަނީސް ސިވިލް ކޯޓަށް ހުށަހެޅި ހެކިންނަކުވިލަމެންދޫ އައިލޭންޑް ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، އެ ރިސޯޓު، މި މައްސަލަ އިސްތިއުނާފުކުރ 8 ފަރާތަށް ލިބުމާ ގުޅިގެން އެ ރިސޯޓުގެ ވަޒީފާއިން ވަކިކޮށްފައިވާ ބަޔަކުކަން އެނގެން އޮތްނަމަވެސް، އެފަރާތްތަކަކީ މި މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކާމެދު ޢަދާވަތްތެރިކަމެއް އޮތް ބަޔަކުކަން އެނގެން ނެތުމުންނާއި، އަދ މި މައްސަލާގައި ހިމެނޭ މުދާތަކަކީ ހެކިންގެ މަސްލަހަތު ހިމެނޭ މްދާތަކެއްކަންވެސް އެނގެން ނެތުމުގެ އިތުރަށް، އެ ފަރާތްތައް އެ ރިސޯޓުގެ ވަޒީފާއިން ވަކިކޮށްފައިވުން އެއީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށަ އެފަރާތްތަކަކީ މި މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކާމެދު ޢަދާވަތްތެރިކަމެއް އޮތް ބަޔަކުކްމަށް ބަލައި،އެ ފަރާތތަކުގ ހެކިބަސް މި މައްސަލާގައި ޤަބޫލުނުކުރެވޭނެ ސަބަބެއްކަމުގައި ބެލެވިގެންނުވާނެކަމެވެ. )ށ( ދެވަނަކަމަކީ،މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ އިތުރުން މިކޯޓުގައި ދެކެވިފައިވާ ވާހަކަތަކަށް ބަލާއިރު މުޙައްމަދު އަނީސް އަކީ ވިލަމެންދޫ އައިލޭންޑް ރިސޯޓު، މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކަށް މަދަނީ ކޯޓުގެ ނަންބަރ 462/MC/2004 ޤަޟިއްޔާއިން 01 ޖޫން 2006 ގައި ލިބޯދިންއިރ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަމާއި،ރިސޯޓު އެ ފަރާތްތަކަށް ލިބިދީ މަދަނީ ކޯޓުގެ އެ ޤަޟިއްޔާ ނިންމެވިއިރު މުޙައްމަދު އަނީސް ހުރާ ރާއްޖެއިން ބޭރުގައިކަމަ ށާއި މި މައްސަލާގައި ހިމެނޭ މުދް ތައް ހޯދުމަށް ފުރަތަމަ ދުވަހުން ފެށިގެންވެސި މަސައްކަތްކޮށްފައިވާކަމަށާއި، މުޙައްމަދު އަނީސް ސިވިލް ކޯޓަށް ހުށަހެޅ ދަޢުވާ، ރައްދުވާ ފަރާތްތަކަކީ މުޙައްމަދު އަނީސާއިޢއިލީގޮތުން ގާތް ބަޔަކަށާ ވުމުން، ޝަރީޢަތަށް މައްސަލަ ހުށަހެޅީ ސުލްޙަވެރިގޮތުގައި ވާހަކަ ދައްކައި މައްސަލުޙއްލެ ނުވުމުންކަމަށް ބުނެ މުޙައްމަދު އަނީސުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މިކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މުޙައްމަދު އަނީސުގ ދަޢުވާގައި ހިމެނޭ މުދާތަކަކީ އެ މުދަލުގެ ޙައްޤު މުޙައްމަދު އަނީސް ދޫކޮށްލާފައިވި މުދާތަކެއް ކަމުގައި ޝަރީޢަތުން ބަލާނެ ތަންއްނެތްކަނެ ފާހަގަކުރެވޭކަމާއި، އަދި މުހައްމަދު އަނީސް މިމައްސަލާގައ ދަޢުވާކޮށްފައިވަނީ ނުބައި ނިޔަތުގައި ކަމުގައި ބަޔާންކޮށް އިސްތިއުނާފު ކުރާ ފަރާތާ ތަކުނ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،އެވާހަކަތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް މުޙައްމަދު އަނީސް މި މައްސަލާގައި ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ ނުބައި ނިޔަތުގައިކަމަށް ބަލާނެތަނެއް އޮތްކަމަށް ނުފެންނަކަމާއި، އަދި މި ނުކުތާއަކީ މިގޮތަށް ދަށާ ކޯޓުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމާއި، މިދަޢުވާއަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ނުކުރެވޭނެ ދަޢުވާއެއްކަމުގައ ބުނެ ދަށް ކޯޓަށް އިސްތިއުނާފުކުރާ ފަރަތާ ތ ކުން ހުށަހެޅި އިޖުރާއީ ނުކުތޯ ސިވިލު ކ ޓުން ބައްލަވައި މުޙައްމަދ އަނީސް ހުށަހެޅި ދަޢުވާއަކީ އެދަޢުވާ އޮތް ގޮތަށް ކުރިއަށް ގ ންދެވޭނެ ދަޢުވާއެއްކަމަށް ސިވިލުކޯޓުނ ކަނޑައަޅު އްވާފައިވާއިރު، އެ އިޖުރާއީ ނިންމެވުން އިސްތިއުނާފުކުރެވިފައިނުވާކަން އެނގޭކަމެވެ. )ނ( ތިންވަނކަމަކީ،މ ޙައްމަދު އަނީސް ހުށަހެޅި ދަޢުވާ ސާބިތުވާކަމަށް ސިވިލްކޯޓުން ނިންމަވާފައިވަނީ މުޙައްމަދ އަނީސުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގެ މައްޗަށް އެކަނި ބިނާކޮށްގެން ނޫންކަން ސިވިލް ކޯޓުގައި އެމައްސަލަ ނިންމެވި ފަނޑިޔާރު ފާހަގަކުރައްވާފައިވާ ކަންކަމަށްބެލުމުނ އެނގެން އޮންނަކަމާއި، އެދަޢުވާ ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ ދަޢުވާ ސާބިތުކުރުމަށް މުޙައްމަދު އަނީސުގެ ފަރާތުން ހުށަހެޅި 4 ހެކިންގެ ހެކިބަހަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔއިނާ ވިލަމެންދޫ އައިލޭންޑް ރިސޯޓު، މި މައްސަލަ މިކޯޓުގައި އިސްތިއުނާފުކޮށްފައިވާ 8 ފަރާތަށް ލިބުނުއިރު، މުޙައްމަދު އަނީސުގެ ދަޢުވާގައި ބަޔާންކޮށްފައިވާ މުދާތައް އެ ރިސޯޓުގައި ހުރިކަން އެނގެން އޮތުމުންނާއި އަދި މުޙައްމަދު އަނީސް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ތްރީއޭ ހާޑުވެއަރގެ ބިލަށް ބަލާއިރު، ވިލަ މެންދ އައިލޭންޑް ރިސޯޓުގައި މުހައްމަދު އަނީސް ބަހައްޓާފައިވާކަމަށް ބުނާ 180 ގަނޑު ޓިނާއި، 208 ކޮޑި ފޫޓުގެ ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތިއާއި މި ތަކެއްޗަކީ މުހައްމަދު އަނީސް ގަނެފައިވާ މުޙައްމަދު އަނީސުގެ ތަކެތިކަމާއި އަދި އެތަކެތިވިލަމެންދޫއަ ށ ގެންދިއުމަށް ވިލަމެންދޫ ސަޕްލައި ދޯނި، ތްރީއޭ 19 ގެ ކެޕްޓަން ހަވާލުވެފައިވާކަން އެނގެން އޮތުމުން އެކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެނގެންއޮންނަކަމާއި، އަދި ހެކިންގެ ހެކިބަހުގައި ބުނެފައިވާ މިނީ ކެރޭނަކީ މުޙއްމަދަ އަނީސް ގަނެފައިވާ ކެރޭނެއްކަން ސިންގަޕޫރުގެ ކުއާ ބުރަދާސް މެޝިނަރީ ކޯ ގެ ނަންބަރު 0502 )30 ޖޫން 1999 (ގ އިންވޮއިސް އިން އެނގެން އޮތުމުންކަމާއި،މި ތަކެއްޗަކީ އޭރު އެ ރިސޯޓު ހިންގި ކުންފުނިން ނުވަތަ އެ ރިސޯޓުގެ ފަރާތުން ގަނެފައިވާ، އަދި އެމުދަލަށް އެރިސޯޓުން އަގު ދައްކާފައިވާ މުދާތަކެއްކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމާއި، އެހެންކަމުން ހެކިންގެ ހެކިބަހުގެ މައްޗަށާއި ހުށަހެޅިފައިވާ، ބަޔާންކުރެވިދިޔަ ބިލްތަކަށް ބަލާއިރު، މި މައްސަލަ އިސްތިއުނާފުކުރި 8 ފަރާތަށް ވިލަމެންދޫ އައިލޭންޑް ރިސޯޓު ލިބުނުއިރު، އިސްވެ ބުނެވިދިޔަ ތަކެތި އެ ރިސޯޓުގައި ހުރިކަމާއި އަދި އިސްވެ ބަޔާންކުރެވިދިޔަ ބިލުތަކުގައިވާ ތަކެއްޗަކީ މުޙައްމަދު އަނީސް ގަނެފައިވާ މުޙައްމަދު އަނީސްގެ ތަކެތިކަން ޝަރީއަތަށް ހުށަހެޅުނު ބިލްތަކަށް ބެލުމުން އެނގޭކަމެވެ. ނަމަވެސް، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލާގައި ހިމެނޭ މުދަލާއި ތަންތަނާއި ތަކެއްޗަކީ ކޮބައިތޯ ބައްލަވައި އެ ޤަޟިއްޔާ 01 ޖޫން 2006 ތާރީޚުގައި ކޯޓުން ނިންމެވުމުން، ވިލަމެންދޫ އައިލޭންޑް ރިސޯޓު މި މައްސަލަ އިސްތިއުނާފުކުރި ފރާތްތަކަށަ ޝަރީޢތުނަ ލިބުނުއިރު،އެ ރިސޯޓުގައި ހުރި މި މައްސަލައިގެ ދަޢުވާގައި ހިމެނިފައިވާ ފަދަ މުދާތަކަކީ އެ ރިސޯޓުގެ މުދާކަމުގައި އުސޫލެއްގެ ގޮތުން ބެލެވޭނެކަމާއި، އެފަދަ މުދަލަކީ ނުވަތަ ތަކެއްޗަކީ އެހެން މީހެއްގެ މުދާ ނުވަތަތަ ކެތިކަނ އެނގޭނެ އިތުރު ހެކި ނުވަތަ ޤަރީނާތަކެއް ނެތި ހަމައެކަނި މީހަކު ނުވަތަ ބަޔަކު ބުނާ ބުނުމެއްގެ މައްޗަށް ބިނާކޮށް އެއީ އެހެން މީހެއްގެ ތަކެތިކަން ސާބިތު ނުކުރެވޭނެކަމާއި، މި މައްސަލާގައި ހިމެނޭ އިންޖީނު ހޯދުމަށް މުޙައްމަދު ޝަވީދުއަށް އެޑްރެސްކޮށް މުޙައްމަދު އަނީސް ފޮނުވިކަމަށް ބުނެ ސިވިލް ކޯޓަށްމުޙައްމަ ދ އަނީސު ހުށަހެޅި 17 އޮގަސްޓް 2010 ތާރީޚުގެ ސިޓީ، އެ ސިޓީ އެޑްރެސްކޮށްފައިވާ މުޙައްމަދު ޝަވީދަށް ނުވަތަ މި މައްސަލަ މި ކޯޓުގައި އިސްތިއުނާފުކުރި އެއްވެސް ފަރާތަކަށް ލިބިފައިވާކަން އެނގެން ނެތްކަމާއި، މި މައްސަލާގައި ހިމެނޭއންމެހައެ ތަކެތި ހިމެނޭ ގޮތުން އުޅަނދުފަހަރުތަކަކާއި ވިލަމެންދޫ އައިލޭންޑް ރިސޯޓުގައި ހުރިކަމަށް މުޙައްމަދު އަނީސް ބުނާ މުޙައްމަދު އަނީސުގެ ތަކެތި ހޯދުމަށް މުޙައްމަދު ޝަވީދަށް އެޑްރެސްކޮށް 21 އޮކްޓޫބަރު 2006 ގައި މުޙައްމަދު އަނީސް ފޮނުވިކަމަށް ބުނާ ސިޓީއަކީ މިމައްސަލާގައ ދަށުކޯޓަށް ހުށަހެޅިފައިވާ ސިޓީއެއް ނޫންކަމާއި އަދި އެ ސިޓީވެސް މުޙައްމަދު ޝަވީދު ނުވަތަ މި މައްސަލަ އިސްތިއުނާފުކުރި އެހެން ފަރާތަކަށްވިޔަސް ލިބިފައިވާކަން އެނގެން ނެތްއިރު، ވިލަމެންދޫ އައިލޭންޑް ރިސޯޓުގައި ހުރިކަމަށް ހެކިންގެ ހެކިބަހުގައި ބުނާ ތަކެތީގެ ތެރޭގައި ހިމެނޭ ޔަންމާ މެރިން ޑީސަލް ސިކްސް ބީ އެމް ގެ އިންޖީނާއި ކޮންކްރީޓް މެޝިނަކީ މުޙައްމަދު އަނީސުގެ ފައިސާއިން މުޙައްމަދު އަނީސް ގަނެފައިވާ ތަކެތިކަން އެނގޭނެ ބިލުތައް ފަދަ ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައި ނެތްކަން އެނގޭކަމެވެ. )ރ( ހަތަރުވަނަކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މި މައްސަލަ މި ކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައި މިވ ސިވިލް ކޯޓުގެ ނަންބަރ 1742/Cv-C/2011 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުން ވިލަމަންދޫ އައިލެންޑެރިސޯޓާއި ޙަވާލުވިއިރު، އެ ރަށުގައި މުޙައްމަދު އަނީސްގާ ދަޢވު ގައި ބުނެފައިވާ ޔަންމާ މެރިން އިންޖީނަކާއި، ކޮންކްރީޓް ގށަ މެޝިނަކާއި، 180 ގަނޑު ލައިސާޓު ޓިނާއި، 1.5 ޓަނުގެ ބަރުދަން އުފުލާ ކެރޭނަކާއި، 208 ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތި ހުރިކަން ހެކިނގް ހެކިބަހުނެ އެނގެން އޮތުމުންނާއާ ހުށަހެޅިފައިވާ ދ ބިލަށް ބަލިއިރު، މާދެބިލުގައި ބަޔާންކުރވިފައިވެ ތަކެއްޗަކީ މުޙައްމަދު އަނީސް ގަނެފައިވާ މުޙައްމަދު އަނީސުގެ ތަކެތިކަން އެނގެން އޮތުމުން، އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ހިމެނޭ ތަކެތީގެ ތެރެއިން، ހުށަހެޅިފައިވާ ބިލުތަކުގައި ބަޔާންކުރެވިފައިވާ 180 ގަނޑު ޓިނާއި، 1.5 ޓަނުގެ ބަރުދަން އުފުލާ ކެރޭނަކާއި، 208 ކޮޑި ފޫޓް ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތި ނުވަތަ މި ތަކެތީގެ އަގު މުޙައްމަދު އަނީސަށް ދިނުމަށް މި މައްސަލަ މި ކޯޓުގައި އިސްތިއުނާފުކިރި ފަރާތްތަކަށް އަންގަވައި ސިވިލް ކޯޓުގެ ޙުކުމުގައި ނިންމަވާފައިވާ ނިންމެވުމުގެ އެ ބައި ރަނގަޅުކަމަށާއި، ނަމަވެސް މުޙައްމަދު އަނީސުގެ ދަޢުވާގައި ހިމެނޭ ޔަންމާ މެރިން އިންޖީނާއި، ކޮންކްރީޓް ގަޝާ މެޝިން މި މައްސަލަ މި ކޯޓާ ގައު އިސްތިއުނާފުކުރި ފަރާތްތަކަށް ލިބުނުއިރު ވިލަމަންދޫ އައިލެންޑް ރިސޯޓުގައި ހުރިކަން ހެކިންގެ ހެކިބަހުން އެނގެން އޮތްނަމަވެސް، މި ތަކެއްޗަކީ މުޙައްމަދު އަނީސް ގަނެފައިވ މުޙައްމަދު އަނީސުގެ ތަކެތިކަން އެނގޭނެ ބިލުތައް ފަދަ އެކަށީގެންވާ ހެކި ހުށަހެޅިފައެ ނުވާތީ، ސިވިލް ކޯޓުގ އިސްތިއުނާފުކުރެވިފައި މިވާ ޤަޟއްޔާގި ޙިކުމުގައި، މި އިންޖީނާއި ކޮންކްރީޓް ގަށާ މި މެޝިން ނުވަތަ މ ތަކެތީގެ އަގު މުޙައްމަދު އަނީސަށް ދިނުމަށް އަންގަވައި ނިންމަވާފައިވ ނިންމެވުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭކަމުގައެވެ. • ޙުކުމް: ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލ ކޯޓުގެ ނަންބަރ 1742/Cv-C/2011 ޤަޟިއްޔާގައި،ދަޢުވާލިބޭ ފަރާތްތަކުން ވިލަމަންދޫ އައިލެންޑް ރިސޯޓާއި ޙަވާލުވިއިރު، އެ ރަށުގައި، މުޙައްމަދު އަނީސް ޝަރީޢަތަށް ހުށަހަޅާފައިވާ ބިލުތަކުގައިވާ، މުޙައްމަދު އަނީސްގެ 180 ގަނޑު ޓިނާއި، 1.5 ޓަނުގެ ބަރުދަން އުފުލާ ކެރޭނަކާއި، 208 ކޮޑިފޫޓު ކާފޫރު ލަކުޑިއާއި، 200 ކޮތަޅު ސިމެންތި ހުރިކަން ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވކަމަށާ ކަނޑައަޅުއްވައި އެތަކެތި ނުވަތަ އޭގެ އަގު މުޙައްމަދު އަނީސަށި ދިނުމަށްސިވިލް ކޯޓުގެ އެ ޤަޟިއްޔާގައ ދަޢުވާލިބުނަފަރާތްތަކަށް އަންގެވަ އ، ވަކީލުގި ފީ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައ ކުރައްވާފައިވާ ޙުކުމުގެ އެ ބަޔަށް ތާއީދުކޮށް، ޔަންމާ މެރިން އިންޖީނާއި، ކޮންކްރީޓް ގަޝާ މެޝިން ނުވަތަ މި ތަކެތީގެ އަގު މުޙައްދު އަނީސުއަށް ދިނުމަށް ސިވިލް ކޯޓުގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ބައި ބާޠިލުކޮށް، މި މައްސަލަ މިކޯޓުގައ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ