ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/84

ފާޠިމަތު ފަރީދާ އަދި އިތުރު ފަރާތްތައް ވ. މުޙައްމަދު އަނީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ހުއްދަ ނުދީ (2024/SC-L/16)ޙުކުމުގެ ހާލަތު
ހައިކޯޓު · 24 ޖަނަވަރީ 2024ދަށު ކޯޓު: ސިވިލް ކޯޓު 2974/Cv-C/2021ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2974/Cv-C/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
"ތަކެތި ނުވަތަ އޭގެ އަގު" ދިނުމަށް ކޮށްފައިވާ ޙުކުމެއް ތަންފީޛުކުރުމުގައި، ތަކެތި ވުޖޫދުގައި ނެތުމުން، މައުޟޫޢީ މައްސަލައިގެ ދަޢުވާފޯމުގައިވާ އަގުތަކަށް ބަލައި ތަކެތީގެ އަގު ކަނޑައެޅުމަކީ ތަންފީޛީ ޤަޟިއްޔާގެ ތަރަހައިން ބޭރުން ކުރެވުނު ކަމެއްތޯ، އަދި އަގާމެދު ބަސްބުނުމުގެ ފުރުޞަތު ލިބުނުތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައުޟޫޢީ މައްސަލަ ތިން މަރުޙަލާއިން ނިމި ތަންފީޛުކުރެވޭ ޙާލަތުގައިވެސް، ތަންފީޛީ ޤަޟިއްޔާގެ ތެރޭގައި މައުޟޫޢު އަލުން ހުޅުވައި މައުޟޫޢީ މައްސަލައިގައި ނިމިފައިވާ ކަންކަމަށް އުނިއިތުރު ނުގެނެވޭނެއެވެ.

HN2 "ތަކެތި ނުވަތަ އޭގެ އަގު" ދިނުމަށް ކޮށްފައިވާ ޙުކުމެއް ތަންފީޛުކުރުމަށްޓަކައި އަގު ކަނޑައެޅުމަކީ ތަންފީޛީ ޤަޟިއްޔާގެ ތަރަހައިގެ ތެރެއިން ކުރެވޭނެ ކަމެއްތޯ ބެލުމުގައި ބަލަންޖެހޭ މުހިއްމު ކަމަކީ ތަކެތީގެ އަގާމެދު ޚުޞޫމަތެއް އުފެދިފައިވޭތޯއެވެ.

HN3 ތަކެތި ވުޖޫދުގައި ނެތްކަމަށް ދަރަނިވެރިން އެއްބަސްވާ ޙާލަތުގައި ބާޒާރުން ތަކެތި ގަނެ ޙަވާލުކުރުމަކީ ޙުކުމުގައި ކަނޑައަޅާފައިވާ ގޮތެއް ނޫނެވެ.

HN4 މައުޟޫޢީ މައްސަލައިގެ ހުރިހާ މަރުޙަލާއެއްގައި ވެސް ދަޢުވާފޯމުގައިވާ ތަކެތީގެ އަގާމެދު ޚުޞޫމަތެއް އުފައްދާފައި ނުވާއިރު، މައުޟޫޢީ ޤަޟިއްޔާގައި ހުށަހެޅިފައިވާ އަގަށް ރިޢާޔަތްކޮށް ތަންފީޛީ ޤަޟިއްޔާގައި ތަކެތީގެ އަގު ކަނޑައެޅުމަކީ ޙުކުމް ތަންފީޛުކުރުމުގެ ޤަޟިއްޔާގެ ތަރަހައިން ބޭރުން ކުރެވޭ ކަމެއް ނޫނެވެ.

HN5 ތަންފީޛީ ޤަޟިއްޔާގެ އަޑުއެހުންތަކުގައި ތަކެތީގެ އަގާމެދު ދެފަރާތަށް ބަސްބުނުމުގެ ފުރުޞަތު ދީފައިވާއިރު އެ އަގަށް ތަޢުނެއް ނުކުރާނަމަ، އަގާމެދު ބަސްބުނުމުގެ ފުރުޞަތު ލިބިފައިވާކަމަށް ބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު ޙުސައިން ޝަހީދު (އިސްފަނޑިޔާރު)، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން ޝަހީދު (އިސްފަނޑިޔާރު)، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

3މިއީ، ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ، […] ކ.މާލެ ފާތިމަތު ފަރީދާ، މުޙައްމަދު ޝަވީދު، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، މަރްޔަމް ޝިފާ، ޢަލީ ޝިޔާމް، ޙަސަން ޝިޔާމް އަދި ސ.މަރަދޫފޭދޫ/ ފަހާގެ ޚައުލަތު ފަހީމް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތްތައް " ) ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.

3. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 1822 މުޙައްމަދު އަނީސް (މީގެ ފަހުން "އަނީސް" ނުވަތަ "އިސްތިއުނާފ ރައްދުވް ފަރާތް") އެވެ. މައްސަލައިގެ ފަސްފަހަތް:

2އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުން ބެލެވެމުންމިދާ ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޛު ކުރުމަށްޓަކައި ހިންގުނު ޤަޟިއްޔާއެވެ. ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 2 1 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާ ނިމި ނިހާއީ ވެފައިވާ ޤަޟިއްޔާއެކެވެ.

1. މިބަޔާންކުރެވުނު ޤަޟިއްޔާތަކުގެ ތަފްޞީލް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ. ހައިކޯޓުގެ ނަންބަރު 2015/HC-A/85 ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާ

5މިޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން ވިލަމެންދޫ އައިލަންޑް ރިސޯޓް ލިބުނުއިރު، އެރިސޯޓުގައި ހުރިކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނާ ޔަންމާ މެރިން އިންޖީނަކާއި، ކޮންކްރީޓް ގަށާ މެޝިނަކާއި، 382 ގަނޑު ލައިސާޓު ޓިނާއި، 3.5 ޓަނުގެ ބަރުދަން އުފުލާ ކެރޭނަކާއި، 328 ކާފޫރު ލަކޑިއު އާ، 322 ކޮތަޅު ސިމަންތި، މިތަކެތި ނުވަތަ މިތަކެތީގެ އަގު އިސްތިއުނާފު ކުރާ ފަރާތްތަކުގެ ކިބައިން ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުމުން ބެލެވުނު މައްސަލައެކެވެ.

6މިޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، ދަޢުވާގެ އަސްލަށް އިސްތިއުނާފު ކުރާ ފަރާތްތަކުން އިންކާރު ކުރިނަމަވެސް، އިސްތިއުނާފު ކުރާ ފަރާތްތަކުނ ވިލަމެންދޫ ރިސޯޓާއި ޙަވާލުވެހުރިއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ މުދާ ރިސޯޓުގައި ހުރިކަން ހެކިންގެ ހެކިބަހުންނާއި، ލިޔުންތަކުން ސާބިތުވާތީ، އިސްތިއުނާފު ކުރާ ފަރާތް ތަކުން 32 ދުވަހުގެ ތެރޭގައި މިތަކެތި ނުވަތަ އޭގެ އަގު އަނީސްއަށް ދިނުމަށް އަންގައެވެ.

ހައިކޯޓުގެ ނަންބަރު 2015/HC-A/85 ޤަޟިއްޔާ

3ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެނިންމުން އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފު ކުރާ ފަރާތްތަކުން ހައިކޯޓަށް ހުށަހެޅުމުން ބެލުނު މި ޤަޟިއްޔާގައި ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމުގައި ޔަންމާ މެރިން އިންޖީނާއި، ކޮންކްރީޓް ގަށާ މެޝިން ނުވަތަ މތަކެތީގެ އަގު އަނީސްއަށް ލިބިދިނުމަށި ކަނޑައަޅާފައިވާ ބައި ބާޠިލްކަމަށް ކަނޑައަޅައެވެ.

8މިފަދައިން ނިންމުމުން މިނިންމުމާމެދު ހިތްހަމަނުޖެހިގެން އެނިންމުން އަނީސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2018/SC-A/56 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު A/56-SC2018/ ޤަޟިއްޔާ

3. މިޤަޟިއްޔާގައި ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވަނީ، ޔަންމާ މެރިން އިންޖީނާއި، ކޮންކްރީޓް ގަށާ މެޝިން ނުވަތަ މިތަކެތީގެ އަގު، އަނީސްއަށް ދިނުމަށް، ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވާ ބައި ބާޠިލްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ނަންބަރު 2015/HC-A/85 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެބައި ބާޠިލްކޮށް، ސިވިލް ކޯޓުގެ 1742/Cv-C/2011 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝރުޢަ އަދި ޤާނޫނީ ސަބަބެއްނެތްކަމަށް ކަނޑައަޅައެވެ.

ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާ

32ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ 1742/Cv-C/2011 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ޢަމަލުކޮށްފައިނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03/SC ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން އެކޯޓުގައި ބެލުނެ މައްސަލައެވެ. މިޤަޟިއްޔާގައި އެކޯޓުން ޙުކުމްކޮށްފައިވަނީ، އަންނަނިވި ފަދައިންނެވެ. "... ނުވަތަ ބުނެވިދިޔަ ތަކެތީގެ އަގު މުޙައްމަދު އަނީސްއަށ32 (ނުވަދިހަ) ދުވަހުގެ ތެރޭގައި ދިން މި ށްކޮށްފައިވ ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، ބުނެވިދިޔަ ޤަޟިއްޔާ ތަންފީޛުކުރުމަށް ކުރިއަށް ގެންދެވޭ މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ މިހާރު ވުޖޫދުގައިވާ ތަކެތަ ނޫންކަމަށް ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތަށް ބަޔާންދީފައިވާތީ، މިތަކެތީގެ އަގު ކަމުގައި 1,481,444/75ރ. (އެއްމިލިއަން ހަތަރުލައްކަ އަށްޑިހަ އެއްހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހަތްދިހަ ފަސްލާރި) ކަނޑައަޅައި، މިފައިސާ މިއަދުން ފެށިގެން 22 (ތިން) މަސްދުވަހުގެ ތެރޭގައި އެމަހަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯ ޓަށް ދައްކައި މިދަރަނި ޚަލާޞްކުރުމަށް އަންގައި...."

33.ސިވިލ ކޯޓުގް މިނިންމުން ބިނާކޮށްފައިވާ އަސާސްކަމުގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

33.3. އަނީސްއަށް ޙަވާލުކުރުމަށް އަންގާފައިވާ ތަކެތީގެ އަގު ކަމުގައި 1,481,444/75ރ. (އެއްމިލިއަން ހަތަރުލައްކަ އަށްޑިހަ އެއްހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހަތްދިހަ ފަސްލާރި) އަކީ، ތަކެތީގެ އަގުކަމަށް އަނީސް އެއްބަސްވާކަން؛

33.3.ތަކެތީގެ އަގު ކަނޑައެޅުމުގައި ބަލަންޖެހޭނީ، ކުރީގައި އެތަކެތި ގަންނަން ލިބޭ އަގު ކަމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ދީފައިވާ ބަޔާނުން އެނގެން އޮތްއިރު، އެތަކެއްޗަކީ މިހާރު ވުޖޫދުގައިވާ މުދާތަކެއް ނޫންކަމާއި، ޙުކުމް ތަންފީޛުކުރުމުގެ ގޮތުން އެތަކެތީގެ އަގު އަނީސްއަށް ދިނުމަށް އެންގިދާނެކަ ނ ޝަރީޢަތަށް ޤަބޫލުކުރެވޭކަމަށް؛

33.2.ތަކެތީގެ އަގު މިއަދުގ ބާޒާރުގެ އަގުން ކަނޑައަޅައިފިނަމަ، އިސްތިއުނާފު ކުރާ ފަރާތްތަކަށް އަދާކުރަންޖެހޭ ދަރަނީގެ މިންވަރު ބޮޑުވެގެން ހިނގައިދާނެކަމަށް ޝަރީޢަތަށް ބުރަވެވޭ ޙާލަތުގައި، އަނީސްގެ ފަރާތުން އެދިފައިވާ ގޮތަށް އަގު ކަނޑައެޅުމަކީ، އެންމެ ގެއްލުން ކުޑަ މަސްލަހަތު ހުރި ގޮތްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަން؛ މިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއާއަ ދެފަރާތުން ފާހަގަކުރި ކަންކަން:

33.ސިވިލ ކޯޓުގް ނަންބަރު 2974/Cv-C/2021 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފު ކުރާ ފަރާތްތަކުން އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތއާ މެދާ ދިވެހިރާއްޖޭގު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛ ސިވިލް ކޯޓު ނަންބަރު 2974/Cv-C/2021 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 11 ސިވިލް ކޯޓު ނަންބަރު 2974/Cv-C/2021 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 33 1742/Cv-C/2011 ޤަޟިއްޔާ ހުށަހެޅިގެން ދިޔައީ 3233 ގައި ކަމަށްވެފައި، ނިހާއީ ޙުކުމަކަށް ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/56 ޤަޟިއްޔާ ކަނޑައެޅިގެން ދިޔައީ 33 އޯގަސްޓް 3233 ގައިކަމަށްވުމުން. ސިވިލް ކޯޓު ނަންބަރު 2021C/-2974/Cv ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާ 13

33.3. ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާ ތަންފީޛު ކުރުމުގެ ގޮތުން ހިންގުނު ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/32 ޤަޟިއްޔާއާއި 2019/SC-A/07 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

33.3.3. މިނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި ތަކެތީގެ އަގު ކަނޑައަޅާފައި ނުވާ ކަމަށާއި، އެއަގަކީ މައުޟޫއީ މައްސަލައިގައި ހުށަހެޅި ހުށަހެޅުމެއް ކަމަށާއި، މިއަގަށް އިންކާރު ކޮށްފައިވާނެ ކަމަށާއި، އަދި މިއީ ޝަރީޢަތުން ކަނޑައަޅާފައިވާ އަގެއް ނޫންކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް 9 8 ވ. އަޙްމަދު ސިޔާމް އަދި ދައުލަތް ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް ތަކެތި ދިނުމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ޝަރީޢަތުގައި އެއްބަސްވެފައި ވަނިކޮށް އަނީސްގެ ފަރާތުން އެތަކެތި އެގޮތުގައި ލިބިދިނުމަށް އެދުމުން، އެތަކެތި ވުޖޫދުގައި ނެތުމުން، އެތަކެތީގެ އަގު ދިނުމަށް ނިންމިއިރު، އެތަކެތީގެ އަގު ކަނޑައެޅި ގޮތެއް ޝަރީޢަތުން ސާފުކޮށްދީފައި ނުވާކަމަށާއި، އަދި މައުޟޫއީ ޤަޟިއްޔާގައި ތަކެތީގެ އަގު ކަނޑައަޅާފައި ނުވާކަމަށާއި، ތަންފީޛީ ޤަޟިއްޔާއިން ތަކެތީގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އަނީސްގެ ފަރާތުން މައުޟޫއީ މައްސަލައިގެ ދަޢުވާ ފޯމުގައި އެތަކެތީގެ އަގުކަމަށް ބަޔާންކޮށްފައިވާ އަގުތައްކަމަށާއި، އެއަގުތަކަކީ އެއިރު ބާޒާރުގައ ލިބެންހުރި އަގުކަމަށް ޝަރީޢަތުން އެއްވސެ ވަރަކަށް ބަލާފައި ނުވާކަމަށާއި، އަގުތަކާ ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތްތަކަށް ޖަވާބުދާރީ ސިވި ލ ކޯޓުގް ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގައި 35 އޯގސްޓަ 3232 ގައި ދީފައިވާ ބަޔާނުގައި އިންކާރުކޮށްފައިވާނެކަމަށް ތަންފީޛީ ޤަޟިއްޔާ - 2974/Cv-C/2021 ވުމަށް ފުރުސަތު ލިބިފައި ނުވާކަންފާހަގަކުރާ ކަމަށެވެ. އަދި މީގެ އިތުރުން، ތަންފީޛީ ޤަޟިއްޔާގެ އަގު ކަނޑައެޅިއިރު، ޔަންމާ މެރިން ޑީސަލް އިންޖީނު އެއިރު ބާޒާރުން ލިބެންހުރި -75,000/ (ހަތްދިހަ ފަސްހާސް ޑޮލަރު) ކަމަށް ކަނޑައަޅާފައިވަނީ، އެއަގަށ ބާޒާރުން ލިބެންހުރި ކަމަށް އެނގޭނެ އެއްވެސް ލިޔުމެއް ނެތިކަމަށް ފާހަގަކުރާ ކަމަށެވެ.

33.3.3.3. މިނުކުތާގެ ރައްދުގައި އަނީސް ގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މައުޟޫއީ މައްސަލައިގައި ކަނޑައަޅާފައިވަނީ، އެތަކެތި ދިނުމަށާއި، އެތަކެތި ނެތްނަމަ އޭގެ އަގު ދިނުމަށްކަމަށާއި، އެތަކެތި ނެތްނަމަ އެފަދަ ތަކެތި ބާޒާރުން ގަނެފައި ދިނުމަށް އަންގާފައި ނުވާކަމަށާއި، ޙުކުމްގައިވާ ތަކެތި މިހާރު ވުޖޫދުގައި ނެތްކަމަށް ނުވަތަ އެފަރާތްތަކުގެ އަތުގައި ނެތްކަމަށް އެއްބަސްވާއިރު، ޙުކުމުގައި ބުނެފައި ނުވާގޮތަށް ބާޒާރުން އެފަދަ ތަކެތި ގަނެފައި އަނީސްއަށް ޙަވާލުކުރަންޖެހޭ އަސާސެއް ނެތްކަމަށެވެ. މިމައްސަލައަކީ ޤާނޫނީ އެއްވެސް ސަބަބެއް ނެތި، ފައިސާ ދއްކުނެ ލަސްކުރުމުގެ ބޭނުމުގައި، ދަށުކޯޓުން ކޮށްފައިވާ ޙުކުމަށް ޢަމަލުނުކޮށް ލަސްކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަމުގައިވާތީ، މިމައްސަލައަކީ މިކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫންކަމަށް ދެކޭކަމަށެވެ. ތަންފީޛީ ޤަޟިއްޔާގައި އަގު ކަނޑައަޅާފައިވަ ނ، މައްސަލައިގެ ޚަސްމުން ކޯޓަށް 2 ފަހަރެއްގެ މަތިން ޙާޟިރުކޮށް ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، އެންމެ ގެއްލުން ކުޑަ އަދި މަސްލަޙަތު ބޮޑު ގޮތަށް ރިޢާޔަތްކުރުމަށްފަހޮ ކަމަށެވެ.

ދެފަރާތުން އެދޭގޮތް

3. އިސްތިއުނާފުކުރާ ފަރާތްތަކުން އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އެތަކެތީގެ އަގު އަލުން ކަނޑައެޅުމަށްޓަކައި ސިވިލް ކޯޓަށް ތަޙްވީލްކޮށ މައްސަލް ނިންމައި ދިނުމަށެވެ.

3. އިސް ތިއުނފާ ރައްދުވާ ފަރާތުން މިމައްސަލައިގައި އެދޭގޮތް ކަމަށް ފާހަގަކޮށްފައިވަނީ، 2974/Cv-C/2021 ޤަޟިއްޔާއަކީ، އެއްވެސް އަސާސެއްނެތި ތަންފީޛީ މައްސަލަ އިސްތިއުނާފީ ކޯޓުގައި ދިގުދަންމާލުމުގެ ނުބައި ނިޔަތުގައި، އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ނިންމައި، އިސްތިއުނާފީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ގޮތެއް ކަނޑައެޅެންދެން ސިވިލް ކޯޓުގެ ޤަޟިއޔާއިނ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ނެރުނު އަމުރު ބާޠިލްކުރައްވައި މިމައްސަލަ ނިންމައިދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

32. އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރަނީ، ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާގެ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް އަދި ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށެވެ. މިގޮތުން އެޤަޟިއްޔާ ތަކުގައިވާ އަންނަނިވި ޕެރެގްރާފްތައް އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

32.3. ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު ޤަޟިއްޔާގައި، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅޭނީ، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކަނި ކަމަށާއި، ތަންފީޒުގެ މަރޙު ލާގައަ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް ފާހަގަކޮށްފައިވެއެވެ.

އބޙ ގެ ޕްރެގްރާފް 36

32.3. ސޕްރީމު ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ސިޔާމް ޤަޟިއްޔާގައި ޙުކުމު ތަންފީޒުކުރުމުގެ ގޮތުން ކޯޓުތަކަށް ހުށަހެޅޭ ޤަޟިއްޔާތަކާ ގުޅިގެން، އެ ޤޟަ އްޔާތަކުގައި ސާބިތުވެފައިވާ ދަރަނީގެ ޙުކުމް މަތީ މަރުހަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި އެ ދަރަންޏާމެދު މައުޟޫޢީ ގޮތުން ވާހަކަ ދެކެވި، ދަރަނި ސާބިތުވި ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެނެސް، އަދި ދަރަނި އަދާކުރަންޖެހޭ ފަރާތް ބަދަލުކޮށް ހެދުމަކީ، ސާބިތު ދަރަނީގެ މައްސަލަތައް ކޯޓުން ބަލައި ހިންގުމުގެ އުޞޫލުތަކާއި އިޖުރާއަތުތަކާ ޚިލާފު ކަމެއްކަމަށާއި، ޙުކުމް ތަންފީ ޛުކުރުމުގ ގޮތުނެ ކޯޓަށް ހުށަހެޅް މައްސަލަތަކުގައި، ފަނޑިޔާރުގެ ހަމައެކަނި ދައުރަކީ، ސާބިތުވެފައިވާ ދަރަނި، ނުވަތަ އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައިވޭތޯ ބެލުމާއި، އެ ކަންކަން އަދާކޮށްފައިނުވާނަމަ، ޙުކުމް ތަންފޛީކުރުމުގ ގޮތުނެ ހަދާފައިވާ ޤވާއިދަ އެއްގޮތަށް ފިޔަވަޅު އެޅުންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކޮ ށްފައިވެއެވެ.

31.މިއޞުލުތަކާއ ޚިލާފުވި ގޮތާ ފާހަގަކުރަމުން އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވަނީ، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގައި ތަންފީޛުކުރުމަށް އެދޭ މަޢުޟޫއީ މައްސަލައިގައި، ތަކެތީގެ އަގު ކަނޑައަޅާފައި ނުވަނީސް، ތަކެތީ އަގު ކަނޑައަޅައި ޝަރީޢަތުން ގޮތް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ކަނޑައަޅާފައިވަނީ، އަގާއި ގުޅިގެން ބަސް ބުނުމުގެ ފުރުސަތު ދިނުމެއް ނެތި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

35.އެހެންކަމުން މިމައްސަލައިގައި އުފެދޭ ސުވާލަކީ، ތަކެތީގެ އަގު ޝަރީޢަތުން ކަނޑައެޅީ، މައުޟޫއީ މައްސަލައިގެ ތަރަހައިން ބޭރުންތޯ އަދި އަގާއި މެދު ބަސް ބުނުމުގެ ފުރުސަތު ލިބުނުތޯއެވެ. އބޙ ގެ ޕްރެގްރާފް 3 ތަކެތީގެ އަގު ކަނޑައެޅިފައިވޭތޯ؟

36އިސްތިއުނާފުން ބެލެވެމުން މިދަނީ ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާގެ ޙުކުމގް ތަންފީޛީ މައްސަލައެކެވެ. އެއީ ތަރިކައިގެ ތެރެއިން ވލަމެންދި އައިލަންޑް ރިސޯޓް އިސްތިއުނާފު ކުރާ ފަރާތްތަކަށް ލިބުނުއިރު، އެރިސޯޓުގައި ހުރިކަމަށް އަނީސްގެ ފަރާތުން ބުނާ ޔަންމާ މެރިން އިންޖީނަކާއި، ކޮންކްރީޓް ގަށާ މެޝިނަކާއި، 382 ގަނޑު ލައިސާޓު ޓިނާއި، 3.5 ޓަނުގެ ބަރުދަން އުފުލާ ކެރޭނަކާއި، 328 ކާފޫރު ލަކުޑިއާއި، 322 ކޮތަޅު ސިމަންތި، މިތަކެތި ނުވަތަ މިތަކެތީގެ އަގު އިސްތިއުނާފު ކުރާ ފަރާތްތަކުގެ ކިބައިން ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ބެލެވުނު މައްސަލައެކެވެ.

33.އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ، ދަޢުވާގެ އަސްލަށް އިސްތިއުނާފު ކުރާ ފަރާތްތަކުން އިންކާރު ކުރިނަމަވެސް، އިސްތިއުނާފު ކުރާ ފަރާތްތަކުން ވިލަމެންދޫ ރިސޯޓާއި ޙަވާލުވެ ހުރިއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ މުދާ ރިސޯޓުގައި ހުރިކަން ހެކިންގެ ހެކިބަހުންނާއި، ލިޔުންތަކުން ސާބިތުވާތީ، އިސްތިއުނާފު ކުރާ ފަރާތްތަކުން 32 ދުވަހުގެ ތެރޭގައި މިތަކެތި ނުވަތަ އޭގެ އަގު އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށް އަންގައެވެ. މިޙުކުމަށް ބަލާއިރު، ތަކެތީގެ އަގާމެދު ޝަރީޢަތުން ގޮތެއް ނިންމާފައިވާ ކަމުގައި ނުބެލެވެއެވެ.

38.ސްޓޭޓް ބޭންކް އޮފް އިންޑިޔާ ވ. އަތަމާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް އާއި އިތުރު 2 ފަރާތެއް އަދި އިސްތިއުނާފު ކުރާ ފަރާތްތަކުން ޙަވާލާދީފައިވާ ޤަޟިއްޔާތަކަށް ބަލާއިރު، މައުޟޫޢީ މައްސަލަ ތިން މަރުޙަލާއިން ނިމި ތަންފީޛު ކުރެވޭ ޙާލަތުގައިވެސް، ޢާންމު އޞުލެކޭ އެއްގޮތަށް ތަންފީޛީ ޤަޟިއްޔާގެ ތެރޭގައި މައުޟޫޢު އަލުން ހުޅުވައި، މައުޟޫޢީ މައްސަލައިގައި ނިމިފައިވާ ކަންކަމަށް އުނިއިތުރު ގެނެވިގެން ނުވާނެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2004462/MC/ މުޙައްމަދު އަނީސް 2021/SC-A/48

33.ސުވާލަކީ، ޙުކުމުގެ އިބާރާތުގައި "ތަކެތި ނުވަތި އޭގެ އަގު އަނީސް އަށް ދިނުމަށް" މިގޮތަށް ކޮށްފައިވާ ޙުކުމެއް ތަންފީޛު ކުރުމަށްޓަކައި އަގު ކަނޑައެޅުމަކީ، ތަންފީޛީ ޤަޟިއްޔާގެ ތަރަހައިގެ ތެރެއިން ކުރެވިދާނެ ކަމެއް ތޯއެވެ؟ ނުވަތަ މައުޟޢޫ މައްސަލައަށް އުނި އިތުރު ކުރުމެއް ގެނައުންތޯ އެވެ. މިސުވާލަށް ޖަވާބު ދިނުމުގައި ބަލަންޖެހޭ މުހިއްމު އެއް ކަމަކީ، މިމައްސަލައިގައި ހިމެނޭ ތަކެތީގެ އަގާ މެދު ޚުސޫމަތެއް އުފެދިފައިވޭތޯ އެވެ.

32.ތަންފީ ޛީ ޤަޟިއްޔާއެއްގެ ގޮތުގައި ކުރިއަށް ގެންދެވުނު އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ މައުޟޫޢީ ޤަޟިއްޔާ އަކީ ސިވިލް ކޯޓުގެ ނަންބަރު 1742/Cv-C/2011 ޤަޟިއްޔާއެވެ. މިގޮތުން، މިޤަޟިއްޔާ ހިނގަމުން ދިޔައިރު، އެފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރެވިދާނެ ކަމަށް ސުވާލު އުފައްދާ، ހުށަހެޅިފައިވާ އިންވޮއިސްތަކަކީ، ކުންފުންޏެއްގެ ނަން މަތީގައި ދޫކުރެވިފައިވާ އިންވޮއިސްތަކެއް ކަމުގައިވާތީ، ދޢަ ވ ރައްދުވުމުގެ ސިފަތާ މެދު އިސްތިއުނާފު ކުރާ ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ. އެހެންނަމަވެސް، ދަޢުވާގައި ހޯދުމަށް އެދިފައިވާ މުދަލުގެ އަގާއި މެދު ސުވާލެއް އުފައްދާފައެއް ނުވެއެވެ. މިނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރެވުނު އިރު ވެސް އެއަގު މެދާ ސުވާލު އުފައްދާފައި ނުވެއެވެ. އަދި ސުޕްރީމް ކޯޓު މަރުޙަލާގައި އެފަދަ ބަހުޘެއް އުފަން ކުރުވާފައިވާކަން އެނގެން ނެތެވެ.

33. އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން މުޙައްމަދު އަނީސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ ދަޢުވާ ފޯމުގައި ތަކެތީގެ އަގުކަމުގައި ބަޔާންކޮށްފައިވަނ އެކީ ޖުމްލަ 1,481,444.75 (އެއް މިލިއަން ހަތަރު ލައްކަ އަށްޑިހަ އެއްހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހަތްދިހަ ފަސްލާރި) އެވެ. މިހާރު މިކޯޓުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރަނީ، ބ ހުޘެއ އޮތް ހަމައެކަނި އިންޖީނުގެ އަގާއި މެދުގައި ކަމަށެވެ.

ހައިކޯޓުގެ ނަންބަރު 2015/HC-A/85

33.ސުވާލު އުފައްދާ ޔަންމާ މެރިން ޑީސަލް 26 ބީއެން 352 ހޯސްޕަވަރ އިންޖީނުގެ އަގުގެ ގޮތުގައި މުޙައްމަދު އަނީސްގެ ފަރާތުން ބަޔާންކޮށްފައިވާ USD75,000 (ހަތްދިހަ ފަސްހާސް ޑޮލަރު) މިއަދަދާއި ބެހޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތްތަކުން އެއްވެސް ވަރަކަށް ސުވާލު އުފައްދާފައިނުވެއެވެ. އޭރު އަގާއި މެދު ތައުނުކުރުމުގެ ފުރުސަތު އޮވެމެ އެކަން ކޮށްފައިވާ ކަން އެނގޭކަށް ނެތެވެ. ތަންފީޛީ މައްސަލަ C/2021)-(2974/Cv ސިވިލް ކޯޓުގައި ހިންގުނު އިރު ފުރުސަތުދެވިފައިވާ ގޮތް

32.މައްސަލައިގެ ޝަރީޢަތް ހިންގާފައިވާ ގޮތަށް ބަލާއިރު، 33 ސެޕްޓެމްބަރު 3233 ގައި ބޭއްވުނު އަޑުއެހުމުގައި ޙުކުމާ އެއްގޮތްވާ ގޮތުގެ މަތިން ތަކެތީގެ އަގު އަދާކޮށް ނުވަތަ ތަކެތިވެސް ޙަވާލުކޮށްފައި ނުވާކަމަށް ޝަރީޢަތުގެ ފައިލުގައި ރެކޯޑު ކުރެވިފައި ވެއެވެ. އަދި، ދެން އޮންނަ އަޑުއެހުމަކަށް އަންނަ އިރު، ދެފަރާތުންވެސް ތަކެތީގެ ތެރެއިން ވުޖޫދުގައިވާ ތަކެއްޗާއި، އަދި ދެފަރާތަށް އެއްބަސްވެވޭނަމަ އޭގެ އަގާއި، އަދި ވުޖޫދުގައިވާ ތަކެތީގެ ޙާލަތު، އެނގޭނެ ގޮތަކަށް ހުށހެޅުމަށަ ޝަރީޢަތުން އަންގާފައިވެއެވެ.

31. ދެން އަޑުއެހުމެއް ބޭއްވިފައިވަނީ، 32 އޮކްޓޯބަރު 3233 ގައެވެ. މިއަޑުއެހުމުގައި ދެފަރާތުން ހުށަހެޅި ބަޔާން މަޙްޟަރު ކުރެވިފައި ވެއެވެ. އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ކޯޓަށް ހުށަހަޅާފައިވޯ ބަޔާނުގައި، ތަންފީޛު ކުރެވޭ ޤަޟިއްޔާ ފޯމަށް ޙަވާލާދީ ތަކެތީގެ އަގު ބަޔާންކޮށްފައިވެއެވެ. އެގޮތުން، މިހާރު ޚުސޫމަތެއ އޮތް ކަމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަކުރާ، ޔަންމާ މެރިން ޑީސަލް 6 ބީއެން 352 ހޯސްޕަވަރގެ ޔަންމާ މެރިން އިންޖީނުގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، USD75,000 (ހަތްދިހަ ފަސްހާސް ޑޮލަރު) ކަމަށެވެ. ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާގެ ރެކޯޑް ޝީޓް (މައްސަލައާއި ގުޅިގެނި އެޅި ފިޔަވަޅު) އބޙ

35.32 އޮކްޓޯބަރު 3233 ގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ބަޔާނުގައި، ދޢަ ވާގައު ބަޔާންކޮށްފައިވާ ތަކެތި، ވުޖޫދުގައި ނުވާ ކަމަށާއި، ތަކެތި ގަތުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެފައިވެއެވެ. އަދި، ސުވާލު އުފެދިފައިވާ އިންޖީނާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމުން އިންޖީނު ގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ބުނެފައިވެއެވެ. އަދި، މިތަކެތީގެ އަގު ކަނޑައެޅުމުގައި ބަލަން ޖެހޭނީ، ކުރީގައި އެތަކެތި ލިބެން ހުރި އަގަށް ކަމަށް ބުނެފައިވެއެވެ.

36. މިލިޔެކިޔުންތަކަށް ބަލާއިރު، ތަކެތީގެ އަގާއި މެދު ބަސްބުނުމުގެ ފުރުސަތު ދެފަރާތަށް ވެސް ލިބިފައިވާކަމުގައި ބެލެވެއެވެ. ނަމަވެސް ތަކެތީގެ އަގާ މެދު އިސްތިއުނާފު ކުރާ ފަރާތްތަކުން ތައުނު ކޮށްފައިވާ ކަން އެނގެން ނެތެވެ.

އަގު ކަނޑައަޅާފައިވާ ގޮތް

33.މައްސަލައިގައ ކަނި ހިނގާފައިވާ ގޮތަށް ބަލާއިރު، ތަކެތި ކޮބައިތޯ ޝަރީޢަތުން ސުވާލު ކުރުމުން އިސްތިއުނާފު ކުރާ ފަރާތްތަކުން ޖަވާބުދީފައިވަނީ، ތަކެތި ވުޖޫދުގައި ނުވާ ކަމަށާއި، ބާޒާރުން އެފަދަ ތަކެތި ގަނެފައި ޙަވާލުކުރާނެ ކަމަށެވެ. ބާޒާރުން ތަކެތި ގަނެފައި ޙަވާލުކުރުމަކީ، ޙުކުމުގައި ކަނޑައެޅިފައިވާ ގޮތެއް ނޫނެވެ.

38.ތަކެތި ނެތުމުން ޝަރީޢަތުން ދެން ބަލާފައިވަނީ، އަގު ކުރާނަމަ، ކުރަންވީ ގޮތަކާއި މެދު ދެފަރާތުން ދެކޭ ގޮތެކެވެ. އެގޮ ތުން، އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ގޮތަކީ، ތަކެތީގެ ކުރީގެ އަގު އެއީ އަގު ކަމުގައި ބަލައިގެން ކުރިއަށް ދިއުމަށެވެ. ކުރީގެ އަގު އެނގެން އޮތް ހަމައެކަނި ގޮތަކީ، މައުޟޫއީ މައްސަލަ ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ އަގުތަކެވެ. މިއަގުތައް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާކަން ބަޔާންތަކުން އެނގޭ އިރު، އިސްތިއުނާފު ކުރާ ފަރާތްތަކުން މިއަގުތަކާއި މެދު ތައުނުކޮށްފައިނުވެއެވެ. ކުރިންވެސް ފާހަގަކުރެވުނު މައުޟޫއީ މައްސަލަ ހިނގަމުން ދިޔައިރު ވެސް އަގާ މެދު އެއްވެސް ތައުނެއް ކޮށްފައި ނުވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ފަރާތްތަކުން 32 އޮކްޓޯބަރު 3233 ގައި ދީފައިވާ ބަޔާން.

33.އެހެންކަމުން، މައުޟޫއީ ދަޢުވާ ނިހާއީ ވުމާ ހަމައަށް މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، އަދި ތަންފީޛީ ޤަޟިއްޔާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިމައްސަލައިގައި ހިމެނޭ ތަކެތީގެ އަގާއި މެދު އިސްތިއުނާފު ކުރާ ފަރާތްތަކުން ޚުސޫމާތެއް އުފައްދާފައިވާ ކަން އެނގެން ނެތުމުން، މައުޟޫއީ ޤަޟިއްޔާގައި ހުށަހެޅިފައިވާ އަގަށް ރިޢާޔަތްކޮށް، ތަކެތީ އަގު، ޝަރީޢަތުން ކަނޑައެޅި ކަނޑައެޅުމަކީ، ޙުކުމް ތަންފީޛު ކުރުމުގެ ޤަޟިއްޔާގެ ތަރަހައިގެ ބޭރުން ކުރެވިފައިވާ ކަމެއް ކަމަށް ނުބެލެވެއެވެ. އަދި މައްސަލައިގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ތަކެތީ އަގު ކަނޑައެޅުމާ ބެހޭ ގޮތުން އިސްތިއުނާފު ކުރާ ފަރާތްތަކަށް ފުރުސަތު ދެވިފައިވާ ކަމަށް ބުރަވެއެވެ.

22.ވުމާއެކު، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް، ސިވިލް ކޯޓުގެ ނަންބަރު 2974/Cv-C/2021 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ. އިސފަނޑިޔާރް ޙުސައިން ޝަހީދުގެ ރައުޔު:

23.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

23.ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

22.މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން މިކަމުގައި ދެވޭ އިސްތިސްނާ މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3233/23)ގެ 381 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ