—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހެކިންގެ ހެކިބަހާއި، ތަޙުލީލު ރިޕޯޓާއި، ފިލާގަނޑުން ނެގުނު ފިންގަރޕްރިންޓް ދިމާވުމުގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޢުމުރަށް ޖަލަށްލުމާއި 100,000 ރުފިޔާގެ ޖޫރިމަނާއަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ.
- ވާޤިޢާ
- ކޯޓު އަމުރެއްގެ ދަށުން ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ފްލެޓް ބަލައިފާސްކުރިއިރު، ބޭރު ބެލްކަނީގެ އެއަރކޯނާއި ފާރާ ދޭތެރޭގައި އޮތް ކޮތަޅަކުން 67.8633 ގްރާމް ކެނަބިސް ހުރި ރަބަރު ގަނޑަކާއި، ޓެރަސްގެ ގުދަނަކުން ކެނަބިސް ހޭކިފައިހުރި ތަކެތި ފެނުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ފްލެޓާ ގުޅުންހުރި، އެހެން މީހުންނަށްވެސް އެކްސެސްވެވޭ ތަންތަނުން ފެނުނު ކެނަބިސްއާއި އޭނާ ގުޅުވާލަން، ކެނަބިސް ހޭކިފައިހުރި ފިލާގަނޑެއްގެ ފިންގަރޕްރިންޓާއި ކުޑަކަމުދާތަކެތީގެ ޕޮޒިޓިވް ނަތީޖާ ފުދޭތޯ، އަދި ކެނަބިސް ޓްރެފިކްކުރުމުގެ ކުށް އެކަށީގެންވާ ޝައްކަކުން ބޭރުން ސާބިތުވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، ކެނަބިސް ހުރި ރަބަރުގަނޑުގެ ފިންގަރޕްރިންޓް ކޮމްޕެރިސަން ހަދާފައި ނެތް ކަމަށާއި، ތަކެތި ފެނުނީ އޭނާއަށް ޚާއްޞަ ނޫން، އެހެން މީހުންނަށް އެކްސެސްވެވޭ ތަންތަނުން ކަމަށާއި، 2012/SC-A/01 އާއި 2014/HC-A/109 ގެ އުޞޫލުތަކާއި ޤާނޫނުއަސާސީގެ 51 (އ) އާ ޚިލާފަށް ނިންމި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ބޮޑު ޢަދަދުގެ ކެނަބިސް ހުރި ރަބަރުގަނޑުން މުއްތަހަމުގެ ފިންގަރޕްރިންޓް ނުފެނޭ ކަމަށާއި، ފިލާގަނޑުގެ ފިންގަރޕްރިންޓާއި ކުޑަކަމުދާ ޓެސްޓު ޕޮޒިޓިވްވުމަކީ ޓްރެފިކްކުރުމާ ގުޅުވައިދޭ ހަރުދަނާ ޤަރީނާއެއް ނޫން ކަމަށާއި، ތަންތަނަކީ އޭނާއަށް ޚާއްޞަ ތަނެއް ނޫންކަމުން ކުށް އެކަށީގެންވާ ޝައްކަކުން ބޭރުން ސާބިތު ނުވާ ކަމަށް ކޯޓުން ނިންމިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު (ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުނުވި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު، އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނިކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެ ހުރެ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވާކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެއެވެ. މިއީ ޤަރީނަތުލް ބަރާއާ (presumption of innocence) ގެ ޢާންމު ޤާނޫނީ މަބްދައުގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތެވެ. (ޕެރ. 5 (ށ))
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ބެލެވޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގެ އަދަބަކީ ޖިނާއީ ކުށްކުށަށް ދެވޭ އަދަބުތަކުގެ ތެރެއިން އެންމެ ހަރުކަށި އެއް އަދަބުކަމުން، މިފަދަ ޙައްސާސްކަން ބޮޑު މައްސަލަތަކުގައި، މުއްތަހަމާއި ކުށާއި ގުޅުވައިދޭ އިތުރު ހަރުދަނާ ދަލީލު ހުރެގެން މެނުވީ މުއްތަހަމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު ނުވެވޭނެއެވެ. އަދި އެފަދައިން ލިބިފައިވާ ދަލީލުތަކަކީ ހެކިންގެ ހެކިބަހަށް އިތުރަށް ބުރަދަންދޭ ދަލީލުތަކަކަށް ވާންޖެހޭނެއެވެ. (ޕެރ. 5 (ށ))
މަސްތުވާތަކެތި ފެނުނު ތަނަކީ މުއްތަހަމު އެކަނި ދިރިއުޅޭ، އޭނާއަށް ޚާއްޞަކުރެވިފައިވާ ތަނެއް ނޫން ޙާލަތުގައި، ސީނަށް ދިޔަ ފުލުހުންގެ ހެކިބަހުގައި އެތަނުން މަސްތުވާތަކެތި ފެނުނުކަން ބަޔާންކުރުމުގެ އިތުރަށް އެތަކެއްޗާއި މުއްތަހަމާ ގުޅުވާލެވޭނެ ފަދަ ކަމެއް ފާހަގަކޮށްފައިނުވާނަމަ، މުއްތަހަމާއި އެފެނުނު މަސްތުވާތަކެއްޗާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާތަކެއް ބޭނުންވާނެއެވެ. (ޕެރ. 5 (ށ))
ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނަބިސް ހޭކިފައި ހުރި ފިލާގަނޑަކުން މުއްތަހަމުގެ ފިންގަރޕްރިންޓް ފެނިފައިވުމަކީ، އެތަނުގެ އެހެން ތަނަކުން ފެނުނު ކެނަބިސްއަށް، އެތަކެތިން މުއްތަހަމުގެ ފިންގަރޕްރިންޓެއް ފަދަ މުއްތަހަމާއި އެތަކެއްޗާ ގުޅުވާލެވޭނެ ގޮތެއް ނެތީސް، އެތަކެތީގެ ޒިންމާ މުއްތަހަމު ނަގަންޖެހޭ ސަބަބެއް ނޫނެވެ. (ޕެރ. 5 (ށ))
މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމަކީ ޤާނޫނުގެ ކުރިމަތީގައި އަދަބު ކަނޑައެޅުމުގައިވެސް ތަފާތު ދެކަމެކެވެ. ޓްރެފިކްކުރުމުގެ ބޭނުމުގައި ބެހެއްޓިފައިވާ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި މުއްތަހަމާއި ހުރި ސީދާ ގުޅުމެއް ދައުލަތަށް ބުނެދެވިފައިނުވާ ޙާލަތުގައި، މުއްތަހަމުގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮޒިޓިވްވުމަކީ އޭނާއަކީ ކެނަބިސް ޓްރެފިކްކުރާ މީހެއްކަމުގައި ބެލެވޭނެ ސަބަބެއް ނޫނެވެ. (ޕެރ. 5 (ށ))
ދަޢުވާއަށް މުއްތަހަމު އިންކާރުކުރަމުންދާ ޙާލު، ކުށާއި މުއްތަހަމާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާތަކެއްނެތީސް، ހެކި ހުށަހެޅިފައިވާ މިންވަރުގެ މައްޗަށް އެކަނި ބުރަވެ، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތް މިންވަރަށް ސާބިތުވިކަމަށް ނުބެލެވޭނެއެވެ. (ޕެރ. 5 (ށ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ބ) އަދި 137 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24، 47 (ހ)، (ށ) އަދި 52 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި)
- 2012/SC-A/01
- 2015/HC-A/10
- 2014/HC-A/109
ފަނޑިޔާރުން
- ބެންޗު
- ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1ކްރިމިނަލް ކޯޓުގެ ނަންބަރު 813/Cr-C/2014 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، […] ޙުސައިން ޝިޔާޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2ކްރިމިނަލް ކޯޓުގެ ނަންބަރު 813/Cr-C/2014 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، 17 ޖުލައި 2014 ދުވަހު 18:22 އެހާކަންހާއިރު، […] ޙުސައިން ޝިޔާޒް އިންޑިޔާގެ ރައްޔިތަކާ ގުޅިގެން، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓަލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީނާ ދިރިއުޅޭ […] 6 ވަނަ ފަންގިފިލާ ބަލައި ފާސްކުރިއިރު، 6 ވަނަ ފަންގިފިލާގައި މީނާ ދިރިއުޅޭ އެޕާރޓްމަންޓުގެ ބަދިގެއާއި ދިމާލުން ބޭރު ބެލްކަނީގައި ހަރުކޮށްފައި ހުރި އެއަރ ކޮންޑިޝަންއާއި ފާރާ ދޭތެރޭގައި އޮތް ރަތްކުލައިގެ ކޮތަޅެއްގެ ތެރެއިން ފެނުނު ރަބަރު ގަނޑެއްގައ 67.8633 ގްރާމް ކެނަބިސް ހުރިކަމަށާއި، ހަމަ އެ އެޕާރޓްމަންޓްގެ ތެރެއިން ނުކުމެވޭ ގޮތަށް އިން ޓެރަސްގައި ހުރި ކުޑަ ގުދަނެއްގައި ހުރި ބާސްކެޓެއްގެ ތެރެއިން ފެނުން2 (ދޭއް) ރިޒްލާ ބޮނޑީގައި ކިރޭ މިންވަރަށު ވުރެ ލުއި މިންވަރަކަށް ކެނަބިސް ހުރިކަމަށާއި، ހަމަ އެތަނުން ފެނުނެ2 (ދޭއް) ކަޓަރު ތިލައިގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނަބިސް ހުރިކަމަށާއި، ހަމަ އެތަނުން ފެނުނު ބިޑިއެއްގައ 0.2465ގްރާމް ކެނަބިސް ހުރިމަށާއި، ހަމަ އެތަނުން ފެނުނު ފިލާގަނޑެއު ގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރ 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން ޙުސައިން ޝިޔާޒުގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން ބަލާފައިވާ މައްސަލައެކެވެ.
3މިޤަޟިއްޔާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 813/Cr-C/2014 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، " ދެންފަހެ، މާލެ ޝިޔާޒް ގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޙުސައިން ޝިޔާޒް، 17 ޖުލައި 2014 ދުވަހު، 18:22 އެހާކަށްހާއިރު، އިންޑިއާގެ ރައްޔިތަކާ ގުޅިގެން، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓަލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މީނާ ދިރިއުޅޭ […] 6 ވަނަ ފަންގިފިލާ ފުލުހުން ބަލައި ފާސްކުރިއިރު، 6 ވަނަ ފަންގިފިލާގައި މީނާ ދިރިއުޅޭ އެޕާރޓްމަންޓުގެ ބަދިގެއާއި ދިމާލުން ބޭރު ބެލްކަނީގައި ހަރުކޮށްފައި ހުރި އެއަރ ކޮންޑިޝަންއާއި ފާރާ ދޭތެރޭގައި އޮތް ރަތްކުލައިގެ ކޮތަޅެއްގެ ތެރެއިން ފެނުނު ރަބަރު ގަނޑަކާއި، ހަމަ އެ އެޕާރޓްމަންޓްގެ ތެރެއިން ނުކުމެވޭ ގޮތަށް އިން ޓެރަސްގައި ހުރި ކުޑަ ގުދަނެއްގައި ހުރި ބާސްކެޓެއްގެ ތެރެއިން ފެނުނު 2 ރިޒްލާ ބޮނޑިއާއި، ހަމަ އެތަނުން ފެނުނު 2 ކަޓަރު ތިލައާއި، ހަމަ އެތަނުން ފެނުނު ބިޑިއަކާއި، ހަމަ އެތަނުން ފެނުނު ފިލާގަނޑެއްގައި މަސްތުވާތަކެތި ހުރިކަން، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން އޮންނާތީއާއި، މިފެނުނު މަސްތުވާތަކެތީގައި، 68.1098 ގްރާމް ކެނަބިސާހުރިކަމަށް އެތަކެތެ ގެ ތަޙްލީލު ރިޕޯޓުން ދައްކާތީއއި، […] 6 ވަނަ ފްލޯގައި ޙުސައިން ޝިޔާޒް ދިރިއުޅޭ ކޮޓަރިއާ ގުޅިގެން ހުރި ގުދަނުގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ފިލާގަނޑުން ނެގުނު ފިންގަރ ޕްރިންޓާއި، ޙުސައިން ޝިޔާޒްގެ ފިންގަރ ޕްރިންޓް ދިމާވާކަން، ފިންގަރ ޕްރިންޓް ކޮންޕެރިސަން ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުން، މާލެ ޝިޔާޒް ކުށްވެރިވެއްޖެކަމަށް ކ ނޑައަޅައި، މިއީ މިބާވަތުގެ ކުށެއް މީނާގެ މައްޗަށް ޝަރީޢަތަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މާލެ ޝިޔާޒް ޢުމުރަށް ޖަލަށްލުމާއެކު -100,000/ (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް، މިފައިސާ މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް (ކްރިމިނަލް ކޯޓަށް) ދެއްކުމަށް ޙުސައިން ޝިޔާޒް އަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ".
4ކްރިމިނަލް ކޯޓުގެ ނަންބަރު 813/Cr-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު ތަކާ ޚިލާފަށްކަމަށް ބުނެ […] ޙުސައިން ޝިޔާޒު ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 5 (ފަހެއ) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޙުސައިން ޝިޔާޒްގެ ފަރާތުން ހުށަހެޅި؛ ފުރަތަމަ ނުކުތާއަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގެ 3 އަދި 4 ވަނަ ނުކުތާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ދެވަނަ ނުކުތާއަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއާއި އަދި 47 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށްފައިނެތުމާއި، އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހެކި ހޯދާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ތިންވަނަ ނުކުތާއަކީ، މަސްތުވާތަކެތި ހުރިކަމަށް ބުނާ […] 6 ވަނަ ފަންގިފިލާގެ ބަދި ގެއާއި ދިމާލުން ބޭރުން ބެލްކަނީގައި ހަރުކޮށްފައި ހުރި އެއަރ ކޮންޑިޝަނާއި ފާރާއި ދޭރެތެއިން ނެގުނުކަމަށްބުނާ ރަތްކުލައިގެ ކޮތަޅާއި، އެ ކޮތަޅުގެ ތެރެއިން ފެނުނު ކަމަށް ބުނާ ރަބަރު ގަނޑުގެ ފިންގަރ ޕްރިންޓް ކޮމްޕޭރިޝަން ހެދިފައި ނެތުމާއި، […] ޓެރަސްގައި ހުރި ގުދަނެއްގައި ހުރި ފިލާގަނޑަކުން ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓް ފެނުމަކީ ފެނުނު މަސްތުވާތަކެއްޗާއި ޙުސައިން ޝިޔާޒްއާއި ގުޅުވައިދޭނެ ހަރުދަނާ ޤަރީނާއެއް ކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ހަތަރުވަނަ ނުކުތާއަކީ، މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރުންކަމަށް ބެލެވޭނެ ޙާލަތްތައް ބަޔާންކޮށްދީ ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/109 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. ފަސްވަނަ ނުކުތާއަކީ، […] 6 ވަނަ ފަންގިފިލާގެ ބޭރުން ބެލްކަންޏެއްގައި ހަރުކޮށްފައި ހުރި އެއަރކޮންޑިޝަނެއްގެ އައުޓްޑޯރ ޔުނިޓާއި ފާރާއި ދޭތެރެއިން ފެނުނު މަސްތުވާތަކެއްޗާއި އެ ޢިމާރާތުގެ ޓެރަހުގައި ހުރި ގުދަނެއްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާއި އަދި މަސްތުވާތަކެތި ހޭކިފއިހުރިކަމަށަ ފުލުހުން ބުނާ އެންމެހާ ތަކެއްޗެއް ހުރި ތަންތަނަކީ ޙުސައިން ޝިޔާޒް އަށް ޚާއްޞަކުރެވިފައިވާ ތަނަކުން ނުވަތަ ހަމައެކަނި ޙުސައިން ޝިޔާޒް ބޭނުންކުރާ އެއްޗެއްގެ ތެރެއިން ފެނުނު ނުވަތަ އެތަކެއްޗަކީ ޙުސައިން ޝިޔާޒް ގެންގުޅޭ ނުވަތަ އެތަކެތީގެ މައްޗަށް ޙުސައިން ޝިޔާޒްގެ ކޮންޓްރޯލެއް ނުވަތަ ބާރުވެރިކަމެއް އޮތް ތަކެތިކަން ނުވަތަ އެތަކެއްޗަކީ ޙުސައިން ޝިޔާޒްގެ ތަކެތިކަން ނުވަތަ ޙުސައިން ޝިޔާޒްގެ ހިޔާޒަތުގެ ދަށުގައިވާ ތަކެތިކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިނުވާކަމަށ ބުނީ ހުށަހެޅި ނުކުތާއެވެ.
5HN1HN2HN3HN4HN5HN6މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 813/Cr-C/2014 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، […] ޙުސައިން ޝިޔާޒުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 813/Cr-C/2014 ޤަޟިއްޔާ ގައި […] ޙުސައިން ޝިޔާޒު ގެ މައްޗަށް ދައުލަތުން ކުޅަ ކެނަބިސް ޓްރެފިކް ކުރުމުގު ދަޢުވާއަށް ޙުސައިން ޝިޔާޒް އިންކާރުކޮށްފައިވާކަމާއި، އެދަޢުވާއަށް ޙުސައިން ޝިޔާޒް އިންކާރުކުރުމުން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެކިންގެ ގޮތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ޙަސަން ސިރާޖް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް އައްސަދު މޫސާއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް މެޙައްމަދު ޙުސައިންއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލުއާއެމޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް ޝިޔާނާ ޙަބީބް ހުށަހަޅާފައިވާކަމާއި، މިހެކިބަސްތަކަށް ޖުމްލަ ގޮތެއްގައް ބަލާއިރު،މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށެ އެތް ކެތީގ ވިޔަފާރިކުރާކަމަށް ޕޮލިސް އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެނި17 ޖުލައި 2014 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން […] 6 ވަނަ ފަންގިފިލިބަލައި ފާސްކުރިއިރު އެގޭގައި އިން ބެލްކަންޏެއްގައ ހަރުކޮށްފައި އިން އެއަރ ކޯނިއާފާރާދޭތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރުގަނޑެއް ފެނިފައިވާކަމަށާއި، އަދި އެގޭގެ ޓެރަސްގްއި އިން ގުދަނަކުން މަސްތުވާތަކެތި ކަމަށ ޝައްކުކުރެވޭ އެއްޗެއް އުނގުޅިފައިހުރި ދެރިޒްލާ ބޮނޑިއާއް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗްއ ހޭކިފައިއޮތި 02 ކްޓަރުތިލައާއެމަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިއޮތެ ފިލާގަނޑު އްގެ އިތުރްނ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިއޮތިބިޑިއެއްވެސް ފެނިފައިވާކަމަށާއި، މިހުރިހާތަނެއް ބަލާ ފާސްކުރީ ޙުސައިން ޝިޔާޒްގެ ހާޒިރުގައި ކަމަށާއި، އެތަކެތި ނަގައި ޙުސައިން ޝިޔާޒަށ ދައްކާފައިވާނެކަމަށާއި،އެތަކެއްޗަކީ ޙުސައިން ޝިޔާޒްގެ ތަކެތްނޫންކަމަށް ބުންޙުސައިން ޝިޔާޒް އެތަކެއްޗަށް އިންކާރުކޮށްފައިވާކަމަށް ކޯޕްރަލް ޙަސަން ސިރާޖްއާއި، ކޯޕްރަލް މުޙައްމަދު ޙުސައިންއާއަލާންސ ކޯޕްރަލް އައްސަދު މޫސާގެ ހެކިބަހުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، […] 6 ވަނަ ފަންގިފިލާއިން މިފެނުނު ތަކެތީގެ ތެރެއިން، އެގޭގައި އިން ބެލްކަންޏެއްގައި ހަރުކޮށްފައި އިން އެއަރ ކޯނާ ފާރާދޭތެރޭގައި އޮތް ރަބަރުގަނޑުގައި 67.8633 ގްރާމް ކެނަބިސް އަދި އެއެޕާރޓްމަންޓުގައި އިން ޓެރަސްގައި އިން ގުދަނުން ފެނުނު ބިޑީގައި 0.2465 ގުރާމު ކެނަބިސް ހުރިކަމަށާއި، އަދި އެތަނުން ފެނުނު 02 ކަޓަރުތިލައާއި ފިލާގަނޑުގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނަބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާކަން އެނގެންއޮންނައިރު، އެތަޙުލީލު ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް އެރިޕޯޓު ތައްޔާރުކުރި ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަމާއި، އަދި މިފެނުނު މަސްތުވާތަކެތީގެ ތެރެއިން މަސްތުވާތަކެތި ހޭކިފައިހުރިކަމަށް ބުނާ ފިލާގަނޑުނ ނެގުނު ފިންގަރޕްރާ ންޓ ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓާ ދިމާވާކަމަށް މިމައްސަލާގައި ހުށަހެޅިފައިވާ ފިންގަރޕްރިންޓް ކޮންޕެރިސަންރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، މިރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް ބުނީ އެރިޕޯޓު ތައްޔާރުކުރި ސަރޖަންޓް ޝިޔާނާ ޙަބީބް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާކަން ފާހަގަކުރެވޭކަމާއި، ދައުލަތުން ޙުސައިން ޝިޔާޒްގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށެ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވަނ އިސްވެބަޔާންކުރެވުނު ހެކިންގެ ހެކިބަހަށާއި ޤަރީނާއަށް ބައްލަވައިކަން އެޤަޟިއްޔާގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/01 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނުކުތާގައި، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްޔީމް (evaluate) ކޮށް ވަޒަންކުރުމަށްފަހު، އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކުން ނިކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެ ހުރެ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވާކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ ޤަރީނަތުލް ބަރާއާ (innocence of presumption) ގެ ޢާންމު ޤާނޫނީ މަބްދައުގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތުކަމަށް ބަޔާންކޮށްފައިވާކަމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމަށް ބެލެވޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގެ އަދަބަކީ ޖިނާއީ ކުށްކުށަށް ދެވޭ އަދަބުތަކުގެ ތެރެއިން އެންމެ ހަރުކަށި އެއީ އަދަބުކަމާއި، އެހެންކަމުން މިފަދަ ޙައްސާސްކަން ބޮޑު މައްސަލަތަކުގައި އިޙްމާލުވުން ދުރުކުރުވުމުގެ ގޮތުން، ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގެ ނަންބަރ 2012/SC-A/01 ޤަޟިއްޔާ ގައިވާ އުޞޫލު ތަޠްބީޤުކުރާނަމަ، މުއްތަހަމާއި ކުށާއި ގުޅުވައިދޭ އިތުރު ހަރުދަނާ ދަލީލު ހުރެގެން މެނުވީ މުއްތަހަމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު ނުވެވޭނެކަމާއި، އަދި އެފަދައިން ލިބިފައިވާ ދަލީލުތަކަކީ ހެކިންގެ ހެކިބަހަށް އިތުރަށް ބުރަދަންދޭ ދަލީލުތަކަކަށް ވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/10-015/HC2 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއި، އެގޮތުން، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި […] 6 ވަނަ ފަންގިފިލެ އާ ގުޅުންހުރި ތަންތަނުން މަސްތުވާތަކެތި ފެނުނު ކަމަށް […] 6 ވަނަ ފަންގިފިލާ ބަލާފާސްކުރަންދިޔިތިން ފުލުހުން ބުނާއްރު، އެތަކެތި އެތަންތަނުން ފެނުނުކަމާމެދު ޙުސައިން ޝިޔާޒުގެ ފަރާތުންވެސް އިންކާރީ ނުކުރާކަން ފާހަގަކުރެވޭކަމާއި، ޙުސައިން ޝިޔާޒުގެ ފަރާތުން އިންކާރުކޮށްފައިވަނީ އެފެނުނު މަސްތުވާތަކެއްޗަކީ ޙުސައިން ޝިޔާޒުގެ ތަކެތި ނޫންކަމަށާއި، އަދި މަސްތުވާތަކެތި ފެނުނު އެ އެޕަރޓްމަންޓަކި ޙުސައިން ޝިޔާޒު އެކަނ ދިރިއުޅެމުނަ ދާ ތަނަކަށްނުވެފައި މަސްތުވާތަކެތި ފެނުން އެތަންތަނަކީ އެހެންމީހުންނަށްވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ހުރި ތަންތަން ކަމަށްބުނެ ކަމަށްވާއިރު، ސީނަށް ދިޔަ ފުލުހުންގެ ހެކިބަހުގައި […] 6 ވަނަ ފަންގިފިލާއިން އެމަސްތުވާތަކެތި ފެނުންކަން ބަޔާންކުރުމުގެ އިތުރަށް އެތަކެއްޗާއި ޙުސައިން ޝިޔާޒުއާ ގުޅުވާލެވޭނެ ފަދަ ކަމެއް އެހެކިބަހުގައި ފާހަގަކޮށްފައިނުވާކަމާއި، މިޙާލަތުގައި ޙުސައިން ޝިޔާޒއާއ އެފެނުނު މަސްތުވާތަކެއްޗާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާތަކެއް ބޭނުންވާނެކަން ފާހަގަކުރެވޭކަމާއި، ޙުސައިން ޝިޔާޒުގެ މައްޗަށް ދައުލަތުން ކުރި ކެނަބިސް ޓްރެފިކެ ކުރުމުގެ ކުށުގެ މިދަޢުވ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ […] 6 ވަނަ ފަންގިފިލާގެއި ހުރި ބެލްކަންޏއްގައި ހަރުކޮށްފައ އިން އެއަރކޯނާ ފާރާދޭތެރޭގައި އޮތް ރަބަރުގަނޑުގައ 67.8633 ގްރާމް ކެނަބިސުހުރުމުން އެތަކެތީގެ މައްޗަށް ކަމަށްވާއިރު، އެތަކެއްޗާމެދު ޙުސައިން ޝިޔާޒު އިންކާރުކޮށްފައިވާއިރް، އެތަކެއްޗަކީ ޙަޤީޤަތުގައިވެސް ޙުސައިންޝިޔާޒުގެ ތ ކެތިކަން ކަށަވަރުކުރުމުގެ ގޮތުނުނެގުނު މޯލްޑިވްސ ޕޮލިސް ސަރވިސްގެ ނަންބަރ K(d)/FCR/2014/0079 (17 ސެޕްޓެމްބަރ 2014) "ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯރޓް" އަށް ބަލާއިރު މަސްތުވާތަކެތި ފެނުނު އެރަބަރުގަނޑުން ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓް ފނިފައިނުވާކަނެ އެނގެންއޮންނަކަމާއި، މިތަކެއްޗާ ޙުސައިން ޝިޔާޒުއާއި ގުޅުވާލެވޭ ގޮތަކީ އެއެޕަރޓްމަންޓްއަކީ ޙުސައިން ޝިޔާޒު ދިރިއުޅޭ ތަން ކަމަށްވެފައި އެތަނާ ގުޅުންހުރި ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ތެރެއިން ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނަބިސް ހޭކިފައި ހުރި ފިލާގަނޑުން ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓް ފެނިފައިވުމާއި، ޙުސައިން ޝިޔާޒުގެ ކުޑަކަމުދާތަކެތި ކެނބިސްއަށަ ޕޮސިޓިވްވެފައިވުންކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގައިދައްކާފައިވ ވާހަކަތކަށް ބެލުމުން އެނގެންއޮންނަކަމާއ، ކެނަބިސް ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ޙާލަތްތައް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެޤާނޫނުގެ 136 ވަނަ މާއްދާގެ (ބ) އާއި 137 ވަނަ މާއްދާގެ (ބ) ގައި 14 (ސާދަ) ގުރާމަށްވުރެ ގިނަ ޢަދަދަކަށް މީހެއްގެ އަތުގައި ކެނަބިސް ހުރެއްޖެނަމަ އެއެއްޗެއް އޭނާގެ އަތުގައި އެހުރީ ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަން ބަޔާންކޮށްފައިވާއިރު، […] 6 ވަނަ ފަންގިފިލގައާ ހުރި އެޕަރޓްމަންޓުގެ ޓެރަސްގައި އިން ގުދަނުން ފެނުނު ކިރޭމިންވަރަށް ވުރެ ލުއި މިންވަރަކަށް ކެނަބިސް ހޭކިފައި ހުރި ފިލާގަނޑަކުން ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓް ފެނިފައިވުމަކީ އެއެޕަރޓްމަންޓުގެ ބެލްކަންޏެއްގައި ހަރުކޮށްފައި އިން އެއަރކޯނާ ފާރާދޭތެރޭގައި އޮތް ރަބަރުގަނޑުން ފނުނެ 67.8633 ގްރާމް ކެނަބިސްއަށް، އެތަކެތިން ޙުސައިން ޝިޔާޒުގެ ފިންގަރޕްރިންޓެއް ފަދަ ޙުސައިން ޝިޔާޒުއާއި އެތަކެއްޗާ ގުޅުވާލެވޭނެ ގޮތެއް ނެތީސް، އެތަކެތީގެ ޒިންމާ ޙުސައިން ޝިޔާޒު ނަގަންޖެހޭ ސަބަބެއްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމާއި، މަސްތުވާ އެއްޗެއް ބޭނުންކުރުމަކީ މަސްތުވާއެއްޗެއްގެ އެއްވެސް މިންވަރެއް މީހެއްގެ ހަށްގަނޑުގ ތެރެއަށް ވާޞިލްކުރުން ނުވަތަ ވާޞިލްކުރުވުންކަމާއި، ޓްރެފިކު ކުރުމަކީ، ޕެޑްލަރަކަށް ނުވާމީހަކު ޤާނޫނ ނަންބަރ 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތު ކުރުން ނުވަތަ ޕެޑްލަރަކަށް ހުރެ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތު ކުރުން ކަމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމަކީ ޤާނޫނުގެ ކުރިމަތީގައި އަދަބުކަނޑައެޅުމުގައިވެސް ތަފާތު ދެކަމެއްކަން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް ބެލުމުން އެނގެންއޮންނައިރު، ކުޑަކަމުދާ އެއްޗެހީގެ ޓެސްޓުގެ ނަތީޖާއިން އެމީހެއްގެ ކުޑަކަމުދާ އެއްޗެހީގައި މަސްތުވާއެއްޗެއްގެ އަސަރު ހުރިކަމަށް ދައްކައިފިނަމަ، އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު އެމީހަކީ މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއްކަމުގައި ބެލެވޭނެކަމަށް އާޤާނޫނުގައި ބަޔާންކޮށްފައިވއިރ، އަދި މިމައްސަލާގައި ބަޔާންކުރާ މަސްތުވާތަކެތި ފެނިފައިވަނީ ޙުސައިން ޝިޔާޒު އެކަނި ދިރިއުޅެމުންދާ ޙުސައިން ޝިޔާޒަށް ހާއްޞަކުރެވިފައިވާ ތަނަކުން ނޫންކަން މައްސަލާގައި ހުށަހެޅިފައިވާ ހެކިންގެ ހެކިބަސްތަކުން ސާފުކޮށް އެނގެންއޮންނައިރު، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ކެނަބިސް ޓްރެފިކްކުރުމުގެ ބޭނުމުގައި ބެހެއްޓިފައިވާ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ޙުސައިން ޝިޔާޒުއާއި ހުރި ސީދާ ގުޅުމެއް ދައުލަތަށް ބުނެދެވިފައިނުވާ މިޙާލަތުގައި، ޙުސައިން ޝިޔާޒުގެ ކުޑަކަމުދާތަކެތި ކެނަބިސްއަށް ޕޮސިޓިވްވުމަކީ ޙުސައިން ޝިޔާޒު އަކީ ކެނަބިސް ޓްރެފިކްކުރާ މީހެއްކަމުގައި ބެލެވޭނެ ސަބަބއެ ނޫންކަން ފާހަގަކުރެވޭކަމެވެ. ވުމާއެކު، މިމައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމުގެ މައްޗަށް ބަލާއިރު، ދަޢުވާއަށް ޙުސައިން ޝިޔާޒު އިންކާރުކުރަމުންދާ ޙާލު، ކުށާއި މުއްތަހަމާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާތަކެއްނެތީސް، މިމައްސަލާގައ ހެކި ހުށަހެޅިފައިވާ މިންވަރުގެ މައްޗަށް އެކަނި ބުރަވެ، ޙުސައިން ޝިޔާޒުގެ މައްޗަށް، ޤާނޫނު ނަންބަރ 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތް މިންވަރަށް ޝަރީޢަތށަ ސާބިތުކޮށްދެވިފައިވާކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމާއި، އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 813/Cr-C/2014 ޤަޟިއްޔާގައި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ޙުސައިން ޝިޔާޒު ކުށްވރިވެއްޖެކަމަށެ ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ. ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 813/Cr-C/2014 ޤަޟިއްޔާގައި […] ޙުސައިން ޝިޔާޒުގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.