—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން، ކޯޓަށް ޙާޟިރުނުވެދާނެކަމަށާއި ބިދޭސީއެއްކަމުން ފިލާފާނެކަމަށް ބެލެވޭތީ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.
- ވާޤިޢާ
- އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތުގައިވާ ބިދޭސީއެއްގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކޮށްފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ޢަމަލު ހިންގުމުގެ ތުހުމަތުގައިވާ ބިދޭސީއެއް، ކޯޓަށް ޙާޟިރުނުވެދާނެކަމަށާއި ފިލާފާނެކަމަށް ބެލެވޭތީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ޤާނޫނާ އެއްގޮތްތޯ، އަދި ޝަރުޠުތަކާއެކު ދޫކޮށްލުން ކުރެވިދާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، މުއްދަތު އިތުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59، 60، 66 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، ޕާސްޕޯޓް ހިފަހައްޓައި ދޫކޮށްލުމުގެ އެދުމަށް ރިޢާޔަތްނުކުރިކަމަށާއި، ތަރުޖަމާނަކާ ނުލައި އަޑުއެހުން ބޭއްވިކަމަށާއި، ދ. ބަނޑިދޫ ކޯޓުގެ އަމުރާ ޚިލާފުކަމަށާއި، އަޑުއެހުމުގައި ބަހައްޓާނެ ތަން ކަނޑަނާޅައި އަމުރުގައި ހޯމް މިނިސްޓްރީ ކަނޑައަޅާ ތަނެއް ބަޔާންކުރިކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ބަންދަކީ ހެކި ހުރުމާއި ޟަރޫރަތެއް އޮތުމުން އެކަނި ކުރެވޭ ކަމެއްކަމާއި، ތަޙުޤީޤު ގޮސްފައިވާ ހިސާބާއި ބަންދުގައި ހޭދަކުރި މުއްދަތާއި ކުށުގެ ރެކޯޑަށް ބަލައި، ހައިކޯޓުން ކުރި ޝަރުޠުތަކަށް އެއްބަސްވެފައިވާތީ، ފިލުމުގެ ބިރު ޕާސްޕޯޓް ހިފެހެއްޓުމުން ހަމަޖެހޭނެތީ ޝަރުޠުތަކާއެކު ދޫކޮށްލުމަށް ނިންމިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުބަންދުގައި ބެހެއްޓުމަށް ކުރި ނިންމުން ބާޠިލު؛ ޕާސްޕޯޓް ހިފަހައްޓައި ޝަރުޠުތަކާއެކު ދޫކޮށްލުމަށް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މައްސަލައެއް ތަޙުޤީޤުކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫނެވެ. (ޕެރ. 3(ށ))
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޕެރ. 3(ށ))
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޕެރ. 3(ށ))
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައެޅުމުގައި ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާގޮތަށް ރިޢާޔަތްކުރަންވާނެއެވެ. (ޕެރ. 3(ށ))
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ނެތްކަމުގައިވީނަމަވެސް، އޭނާއާ މެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޕެރ. 3(ށ))
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެންވާނީ، އެމީހަކާ ދެކޮޅަށް ލިބިފައިވާ ހެކި/ޤަރީނާތަކުގެ އަލީގައި އެމީހަކު ބަންދުގައި ބަހައްޓަން ޖެހޭފަދަ ކުށެއްކުރިކަމުގެ ތުހުމަތު ކުރުމަށް ފުދޭ ހެކި ހުރުމާއި އަދި އެފަދަ މީހަކު ބަންދުގައި ބެހެއްޓުމަކީ ޟަރޫރަތަކަށްވާނަމައެވެ. (ޕެރ. 3(ނ))
އެފަދަ އަމުރެއް ކޯޓުން ނެރުއްވަންވާނީވެސް އެއަމުރު ނިސްބަތްވާ މީހަކީ އެމީހެއްގެ މައްޗަށް ކުރެވިފައިވާ ކުށުގެ ބާވަތަށާއި، އެމީހަކާ އިދިކޮޅަށް އެހާތަނަށް ލިބިފައިވާ ހެކި/ޤަރީނާތަކަށާއި، ކަމާގުޅުންހުރި ވަށައިގެންވާ ޙާލަތަށް ބަލާއިރު އެމީހަކު ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް އޮތްކަމަށް ކަމާބެހޭ ކޯޓަށް ފެންނަ ޙާލަތުގައި އެކަންޏެވެ. (ޕެރ. 3(ނ))
ބަންދުގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމުމުގައި، ތުހުމަތުކުރެވޭ މައްސަލާގެ ތަޙުޤީޤު މިހާރު ގޮސްފައިވާ ހިސާބަށާއި، މައްސަލާގައި އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، މައްސަލައިގެ ވަށައިގެން ހުރި އެންމެހައި ކަންކަމަށް ބަލަންވާނެއެވެ؛ ބިދޭސީއެއް ފިލާފާނެކަމަށް ބެލެވޭ ޙާލަތުގައި، ޕާސްޕޯޓް ހިފެހެއްޓުމަށްފަހު ކުރެވޭ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލެވިދާނެއެވެ. (ޕެރ. 3(ނ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) 1-4
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66، 68، 75، 107، 167 ވަނަ މާއްދާތައް (އިސްތިއުނާފުކުރި ފަރާތުން)
- A/162-2016/HC
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ޤަޟިއްޔާ ނަންބަރު: 342A/-/HC7201 އިސްތިއުނާފުކުރި ފަރާތް: * ނަން: ޖަވަތު ހާޖާ އާސަން މުހައިއްދީނ * ދާއިމީ އެޑްރެސް: […] * އައި.ޑީ.* މިހާރުގެ އެޑްރެސް: […] * ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: […] * ރަޖިސްޓްރީ ނަންބަރު: * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: 24 ޛުލްޤަޢިދާ 8143 02 އޯގަސްޓް 2017 16 އޯގަސްޓް 2017 އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/108/2017-M8C ކޯޓު އަމުރު ނިންމެވި ކޯޓު: ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު މައްސަލައިގެ ބާވަތް: ކޯޓު އަމުރު ހުށަހެޅި ތާރީޚް: 24 ޖުލައި 2017 * ނިމުނު ތާރީޚް: 24 ޖުލައި 2017 މައްސަލަ ބެއްލެވި ފަނޑިޔާރުން: ފަނޑިޔާރު ޢަބްދީﷲދީދ ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްފަނޑިޔާރު ޢަލީ ސަމީރު ދަޢުވާގެ ޚުލާޞާ: ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/108/2017-M8C ކޯޓު އަމުރުއަ ކޯޓުން ނެރުއްވާފައިވަންޝަރުޢީ ނުވަތެޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށު ބުނެ އުކޯޓުއަމުރ އިސްތިއުނާފި ކުރުމަށް އެދޭ، ޖަވަތު ހާޖާ އާސަން މުހައިއްދީން / އިންޑިއާ )( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފީ ރައްދުވާ ފަރާތަކްޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފސއެވެ. ފާހަގަކުރެވުނު ނުކުތާތައް:
1) ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު -M8C CA/108/2017 ކޯޓު އަމުރަށް ބަލާއިރު، އެ އަމުރަކީ ޖަވަތު ހާޖާ އާސަން މުހައިއްދީން / އިންޑިއާ )) ގެ މައްޗަށް ތުހުމަތުކުރެވިފައިވާ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ޢަމަލު ހިންގުމުގެ މައްސަލާގައި މީނާ ކޯޓަށް ޙާޟިރުނުވެދާނެކަމަށް ބެލެވޭތީއާއި، މީނާއަކީ ބިދޭސީ މީހެއްކަމުން ފިލާފާނެކަމަށް ބެލެވޭތީ މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގެ ޝަރީޢަތް ނިމެންދެން ޖަވަތު ހާޖާ އާސަން މުހއިއްދީނަ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
2) ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު -M8C CA/108/2017 ކޯޓު އަމުރު އެ ކޯޓުން ނެރުއްވފައިވަނާ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރަމުން، ޖަވަތު ހާޖާ އާސަން މުހައިއްދީން / އިންޑިއާ () ގެ ފަރާތުން 5 (ފަހެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ. ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މައްދާއާއި، 60 ވަނަ މާއްދާއާއި، 66 ވަނަ މާއްދާއާ ޚިލާފަށް މުއްދަތު އިތުރުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 68 ވަނަ މާއްދާއާއި 75 ވަނަ މާއްދާގެ ދަށުން ޕަސްޕޯޓު ހިފަހައްޓާފައި ދޫކޮށްލުމަށް އެދުމުން އެކަންކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. ތިންވަނަ ނުކުތައަކީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާއާއި 167 ވަނަ މާއްދާއާ ޚިލާފަށް ތަރުޖަމާނަކާ ނުލައި އަޑުއެހުން ކުރިއަށްގެންގޮސްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. ހަތަރުވަނަ ނުކުތާއަކީ، ދ. ބަނޑިދޫ ކޯޓުން 19 ޖުލައި 2017 ގައި ނެރުއްވާފައިވާ އަމުރާ ޚިލާފަށް ކޯޓު އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. ފަސްވަނަ ނުކުތާއަކީ، މުއްދަތުގެ އަޑުއެހުމުގައި މީހާ ބަހައްޓާނެތަނެއް ކަނޑަނާޅައި، އަޑުއެހުން ނިންމާލުމަށްފަހު، ކޯޓު އަމުރުގައި އޭނާ ބަހައްޓާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައިކަމަށް ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލ އާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅެގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޖަވަތު ހާޖާ އާސަން މުހައިއްދީން / އިންޑިއާ () ގެ މައްޗަށް ތުހުމަތުކުރެވޭ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ޖިންސީ ޢަމަލު ހިންގުމުގެ މައްސަލާގައި، އިސްތިއުނާފުކުރެވޭ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ -M8C CA/108/2017 ކޯޓު އަމުރުގެ ދަށުން މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގެ ޝަރީއަތް ނިމެންދެން ޖަވަތު ހާޖާ އާސަން މުހައިއްދީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާއިރު، އެ ގޮތަށް އަމުރު ކުރެއްވި ސަބަބެއްކަމަށް ބަޔާންކުރައްވާފައިވަނީ މީނާ ކޯޓަށް ޙާޟިރުނުވެދާނެކަމަށް ބެލެވޭތީއާއި، މީނާއަކީ ބިދޭސީ މީހެއްކަމުން ފިލާފާނެކަމަށް ބެލެވޭތީކަމާއި، އިސްތިއުނާފުކުރެވޭ އަމުރުގައި ހަވާލާދީފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ 103MF/162 "ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފޯމް" ގައި މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ މި މައްސަލާގައި މީނާ ކޯޓަށް ހާޟިރުނުވެދާނެކަމަށް ބެލެވޭތީއާއި، މީނާއަކީ ބިދޭސީ މީހެއްކަމުން ފިލާފާނެކަމަށް ބެލެވޭތީކަން އެނގެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ،މައްސަލައެއް ތަޙުޤީޤުކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އްމީހެއްގެ މައްޗަށް ކުށެސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެ މީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގަ49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު ) 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރގައު ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، ޤާނޫނުއަސާސީގެ49 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާ (ށ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަންކޯޓުން ކަނޑައެޅުމުގައި ކުށުގެ ބާވަތަށާއި، ކުށުގެ ކުޑަބޮޑުމިނަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށާއި، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށު ފައިވާގޮތަށް ރިޢާޔަތްކުރަންވާނެކަމަށ ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ޤާނޫނު ނަންބަރ 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުން ފެށިގެން 4 ވަނަ ނަންބަރުގައި ބޔާންކުރަ ސަބަބުތކުގަ ތެރެއިން ސަބަބެއް ނެތްކަމުގައިވީނަމަވެސް، އޭނާއާ މެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކނަ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 60 ވަނަ މާއްދާގެ
(ރ) އަށް ބެލުމުން އެނގެންއޮންނަކަމެވެ.
(ނ) ތިނވަން ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ދިރިއުޅުމުގެ ޙައްޤަށާއި، އަމިއްލެ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤަށާއި، ޝަރީޢަތުން ފައިސަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން، ޤާނޫނުއަސާސީގާ49 ވަނަ މާއްދާގައި ބަޔާންކޮށްފައިވ ޙާލަތްތަކުންކުރެ ޙާލަތެއްގައި މެނުވީ އެއްވެސް މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ބަޔާނީކޮށްފައިވ އުޞޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެންވާނީ، އެމީހަކާ ދެކޮޅަށް ލިބިފައިވާ ހެކި/ޤަރީނާތަކުގެ އަލީގައި އެމީހަކު ބަންދުގައި ބަހައްޓަން ޖެހޭފަދަ ކުށެއްކުރިކަމުގެ ތުހުމަތު ކުރުމަށް ފުދޭ ހެކި ހުރުމާއި އަދި އެފަދަ މީހަކު ބަންދުގައި ބެހެއްޓުމަކީ ޟަރޫރަތަކަށްވާނަމަ ކަމާއި، އެހެންކަމުން އެފަދަ އަމުރެއް ކޯޓުން ނެރުއްވަންވާނީވެސް އެއަމުރު ނިސްބަތްވާ މީހަކީ އެމީހެއްގެ މައްޗަށް ކުރެވިފައިވާ ކުށުގެ ބވަތަށާއާ، އެމީހަކާ އިދިކޮޅަށް އެހާތަނަށް ލިބިފައިވާ ހެކި/ޤަރީނާތަކަށާއި، ކަމާގުޅުންހުރި ވަށައިގެންވާ ޙާލަތަށް ބަލާއިރު އެމީހަކު ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް އޮތްކަމަށް ކަމާބެހޭ ކޯޓަށް ފެންނަ ޙާލަތުގައި އެކަނިކަމާއި މިކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/162 ޤަޟިއްޔާގައިވެސް ފާހަގަ ކުރައްވާފައިވާކަމާއި، ޖަވަތު ހާޖާ އާސަން މުހައިއްދީންގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލާގައި މީނާގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކޮށްފައިވާކަން އެނގެންއޮންނަކަމާއި، އިސްތިއުނާފު ކުރެވޭ އަމުރުގައި މީނާ ކޭޓަށް ޙާޟިރުނުވެދާނެކަމަށީ ބެލެވް ތީއާއި، ފިލާފާނެކަމަށް ބެލެވޭތުމިނިސްޓްރީ އޮފް ހޯމްއެފެއަރޒުނ ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާއިރ، ޖަވަތު ހާޖާ އާސަން މުހައިއްދީނގް މައްޗަށް ތުހުމަތުކުރެވޭ މައްސަލާގެ ތަޙްޤީޤު މިހރުގޮސްފައިވާ ހިސާބަށާއި، މައްސަލާ ގައި އޭނާ ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަށާއި، އޭނާގެ ކުށުގެ ރެކޯޑަށާއި، މައްސަލައިގެ ވަށައިގެން ހުރި މިފަދަ އެންމެހައި ކަންކަމުގެ މައްޗަށް ބެލުމުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ ފަރާތުން ޖަވަތު ހާޖާ އާސަން މުހައިއްދީނއަށް ކުރި ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އޭނާ އެއްބަސްވެފައިވާތީ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ މި ޤަޟިއްޔާއާއި ގުޅިގެން ޖަވަތު ހާޖާ އާސަން މުހައިއްދީންގެ މައްޗަށް ކުރެވުނު ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި، ޖ ވަތު ހާޖާ އާސަން މުހައިއްދީނީ އަކީ ބިދޭސީ މީހެއްކަމުން މީނާ ފިލާފާނެކަމަށް ބެލެވޭކަމަށ ދައުލަތުގެ ފަރާތުން ބުނެފައިވާތު ޖަވަތު ހާޖާ އާސަން މުހައިއްދީނާ ގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހ ޖަވަތު ހާޖ އާސަން މުހައިއްދީން ބަންދުން ދޫކޮށްލުމަށް ފެންނަކަމެވެ. ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޖަވަތު ހާޖާ އާސަން މުހައިއްދީން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު CA/108/2017-M8C ކޯޓު އަމުރަށް ބަދަލުގެންނަން ޖެހޭކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ. ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން،ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ CA/108/2017-M8C ކޯޓު އަމުރުގައި ޖަވަތު ހާޖާ އާސަން މުހައިއްދީން / އިންޑިއާ )) މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ނިންމަވާފައިވާ ނިންމެވުން މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް، މި ޤަޟިއްޔާގެ ދަށުން ޖަވަތު ހާޖާ އާސަން މުހައިއްދންއީށް ކުރެވުނު ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.