އަޙްމަދު މިރުޒާ ޝަކީބް ވ. އޮނަރސް ކްލަބު މޯލްޑިވްސް ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 936/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބައުންސްވި ޗެކުތަކުގެ ފައިސާ ހޯދުމުގެ ދަޢުވާއެއްގައި، ފައިސާ އަނބުރާ ދެއްކިކަމަށް ދަޢުވާ ލިބޭ ފަރާތުން ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ކާކު ކަމާއި، ޔޫ.އެސް ޑޮލަރުގެ ޗެކާމެދު ގޮތެއް ނުނިންމައި ދަށުކޯޓުން ހަމައެކަނި ރުފިޔާގެ ބާކީ ނަގައިދިނުން ރަނގަޅުތޯ.
ނިންމުން
ބައެއް ބަދަލުކުރިދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، 136,792ރ. އާއި 15,000 ޔޫ.އެސް ޑޮލަރު ދައްކަން ޙުކުމްކުރި (ބައެއް ބަދަލުކުރި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތަށް ކަމަށާއި، ދަޢުވާ ރައްދުވާ ފަރާތުން ދިފާޢުގައި ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ އެ ދަފްޢު ކުރިމަތިކުރާ ފަރާތަށެވެ.
HN2 ޗެކުތައް ދޫކުރީ ފައިސާ އަނބުރާ ދެއްކުމަށްކަމާއި ޗެކުތަކުގެ ޞައްޙަކަމަށް ދަޢުވާލިބޭ ފަރާތުން އިންކާރުނުކޮށް، ހަމައެކަނި ފައިސާގެ ބައެއް އަނބުރާ ދައްކާފައިވާކަމަށް ދަފްޢުކުރާނަމަ، އެ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާލިބޭ ފަރާތަށެވެ.
HN3 ދަޢުވާކުރާ ފަރާތް ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެވުނު ނަމަވެސް، އޭނާ ދޭ ބަޔާނަކީ ހެކިބަހެއް ކަމުގައި ނުބެލެވޭނެއެވެ؛ އޭނާ ދައްކާ ވާހަކަތައް ބަލަންވާނީ ދަޢުވާކުރާ ފަރާތުގެ ޙައިސިއްޔަތުން ދައްކާ ވާހަކަތަކެއްގެ ގޮތުގައެވެ.
HN4 ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ލިޔުމާއި ހެކިބަހުން ޗެކެއްގެ ފައިސާ ދައްކާ ޚަލާޞްކުރިކަމަށް ދަލާލަތެއް ނުކުރާނަމަ، އަދި ބާކީ ޢަދަދު ސާބިތުވާ މިންވަރުގެ ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަނާޅާނަމަ، ދަޢުވާގައިވާ އެ ޗެކުގެ ފައިސާވެސް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަންޖެހޭނެއެވެ؛ ދަޢުވާގައިވާ ބައެއްގެ މައްޗަށް ގޮތެއް ނުނިންމުމަކީ ޙުކުމަށް ބަދަލު ގެނައުމަށް ސަބަބެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ސަމީރު، ހާތިފް ޙިލްމީ، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12603474420201 އެކައުންޓުން، އަޙްމަދު މިރުޒާ ޝަކީބަށް 4 (ހަތަރެއް) ޗެކް ދޫކޮށްފައިވެއެވެ. އެއީ، ނަންބަރ 1972275 ޗެކާއި، ނަންބަރު 1972273 ޗެކާއި، ނަންބަރ 1972276 ޗެކާއި، ނަންބަރު 1972295 ޗެކެވެ. މީގެ އިތުރުން އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 10126034744200 އެކައުންޓުން އަޙްމަދު މިރުޒާ ޝަކީބށަ ނަންބަރު 818928 ޗެކު ދޫކޮށްފައިވެއެވެ.
2ބުނެވުނު 05 ޗެކަށް ފައިސާ ނަގަން ދިއުމުން ޗެކުތަކުގައިވާ ޢަދަދަށް އެ ކައުންޓުގައ ފައިސި ނެތުމުގެ ސަބަބުން އެ ޗެކުތައް ބައުންސް ވެފައިވެއެވެ. އަޙް މަދު މިރުޒާ ޝަކީބުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ބުނެވުނު ޗެކުތަކުގައިވާ ޢަދަދުގެ ފައިސާ އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިގެންނެވެ. އެ ގޮތުން މި ޗެކުތަކަކީ، އަޙްމަދު މިރުޒާ ޝަކީބުގެ އަތުން ފަހުން އަނބުރާ ދައްކާ ގޮތަށް އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން ދީފައިވާ ޗެކުތަކެއްކަމަށް އަޙްމަދު މިރުޒާ ޝަކީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބުނެފައިވެއެވެ.
3އަޙް މަދު މިރުޒާ ޝަކީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބަލައިފައވަނި، ސިވިލް ކޯޓުގެ ނަންބަރު 936/Cv-C/2016 ޤަޟިއްޔާ އިންނެވެ. މިއީ ސިވިލް ކޯޓުގެ ނަންބަރު 936/Cv-C/2016 ޤަޟިއްޔާ ގައި އެކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް އަޙް މަދު މިރުޒް ޝަކީބުގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. ސިވިލް ކޯޓުން ނިންމި ގޮތް:
4ސިވިލް ކޯޓު ގެ ނަންބަރު 6/201C-Cv/936 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "........ އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަޙްމަދު މިރުޒާ ޝަކީބަށް ނުދެވިވާކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ޘާބިތުވަނީ ޖުމްލަ -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތް ސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމުގައި ކަނޑައަޅައި، ބުނެވިދިޔަ -136,792/ރ( .އެއްލައްކަ ތިރީސްހަހާސް ހަތް ސަތޭކަ ނުވަދިހަ ދެ ރުފިޔާ) އަޙްމަދު މިރުޒާ ޝަކީބަށް ލިބިދިނުމަށްޓަކައި 12 މާރިޗު 2017 ފެށިގެން 01 (އެކެއް) މަސްދުވަހުގެ މުއްދަތުގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑށަ އަންގާ ޙުކުމް ކޮށްފީމެވެ." އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް:
5ސިވިލް ކޯޓުގެ ނަންބަރު 936/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އަޙްމަދު މިރުޒާ ޝަކީބގު ފަރާތުން އަންނަނިވި 2 ނުކުތާ ހުށަހަޅާ އެނުކުތާ ތަކާއި ބެހޭގޮތުން ދިވެހިރާއް ޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
5.1- 936/Cv-C/2016 ނަންބަރު ޤަޟިއްޔާގައި ދޢަ ވާކުރާ ފަރާތުން ދަޢުވާކޮށްފައިވަނީ ދިވެހިރުފިޔާގެ 4 ޗެކުގެ ޖުމްލަ ކަމަށްވާ -186,792/ރ އާއި، ފަނަރަހާސް ޔޫ. އެސް ޑޮލަރު ދަޢުވާކުރާފަރާތުން ދަޢުވާލިބޭ ފަރާތަށް އަނބުރާ ދައްކާގޮތަށް ދީފައިވާ މިފައިސާ އަދާކުރުމަށްޓަކައި ދަޢުވާލިބޭފަރާތުން ދަޢުވާކުރާ ފަރާތަށް ދީފައިވާ ޗެކްތައް ބެންކަށ ހުށަހެޅުމުން އެ ޗ ކުތަކުގައިވާ ފައިސާ ދަޢުވާލިބޭފަރތުގެ އެކައުންޓްގައި ނެތްކަމަށްބުނެ ބޭންކުން އެޗެކުތައް ބައުންސްކޮށްފައިވާތީ މިޗެކުތަކުގެ ފޮޓޯކޮޕީއާއި ބައުންސްކުރި ލިޔުންތައް ޝަރީޢަތަށް ހުށަހަޅާފައިވއިރާ ދަޢުވާލިބފަރާތުނޭ ހަމައެކަނި -50,000 އެއް ހެއްކެއްގެ ހެކިބަހުން އެ -50,000 ޘާބިތުވާކަމަށް ކަނޑައަޅާ ދިވެހިރުފިޔާގެ ތެރެއިން އެ ފަންސާސްހާސް ކަނޑާ ބާކީ -136,792 ދަޢުވާލިބޭފަރާތުން ދަޢުވާކުރާ ފަރާތަށް ދެއްކުމަށް ޙުކުމްކުރެއްވި އިރު ފަނަރަހާސް ޔޫ. އެސް ޑޮލަރާއި މެދު ޙުކުމުގައި ގޮތެއް ނިންމާފައި ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
5.2 ދަޢުވާކުރާ ފަރާތުގެ މިދަޢުވާއަށް ދަޢުވާލިބފަރާތުނޭ ޖަވާބުދާރީވުމުގައި ދަޢުވާލިބފަރާތުން ދަޢުވާކުރޭ ފަރާތަށް އެފައިސާ އަދާކުރުމަށްޓަކައި އިސްވެދެންނެވި ދިވެހިރުފިޔާގެ ޗެކުތކާއ އަދި ޔޫއެސް ޑޮލަރުގަ ޗެކް ދިންކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީފައިވާއިރު މިއިން އެއްވެސް ޗެކަކަށް ފައިސާ ދައްކާފައިވާކަން ޝަރުޢީ ޤާނޫނީ ހަމަތަކުން ޘާ ބިތުކޮށްދޭނެ ހެއްކެއް ހުށަހަޅާފައިނުވާ ހިނދު، -50,000 ޘާބިތުވާކަމަށް ޙުކުމުގައި ބަޔާންކޮށްފައިވާ ޙަސަން ސނާނި ދީފައިވާ ހެކިބަހަށް ބެލުމުން އެއީ އޭނާ އޮނާ ސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިން ފައިސާ އަނބުރާ އޭނާއަށް ދެއްކުމުގެ ގޮތުން ދިން -50,000 ބުނުމާއި އަދި އެ ފައިސާއަށް އޭނާ ޙަވާލުވި ލިޔުން ފިޔަވާ އިތުރު އެއްވެސް ފައިސާއެއް އަދި ހެއްކެއްވިޔަސް ދަޢުވާލިބޭފަރާތުން ހ ށަހަޅާފައިނުވާހިނދު ދަޢުވާލިބޭފަރާތުން ދަޢުވާކުރާފަރާތަށް ދިނުމަށްޓަކައި އެއްވެސަ ފައިސއެއާ ޙަސަން ސ ނނ އާއް ދަޢުވާލިބޭ ފަރާތުން ޙަވާލުކޮށްފައިނުވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމުން މިބާވަތުގެ ފައިސާއްއ ބެހި މައްސަލަތަކުގައި ފައިސް ދިނާ ކަން ޘީބިތުކުރާ މިންވަރަށް ކާފޭ ހެކި ލިޔެކިޔުމުން އަދި ޝަފަހީ ހެކިބަހުންވިޔަސް ދަޢުވލިބާ ފ ރާތުން ދަޢުވާކުރް ފަރާތަށް އެއްވެސ ފައިސާއެއް ދައްކާފައިވާކަން ޝަރީޢަތަށް ޝަރުޢީ އަދި ޤާނޫނީ މިންގަނޑުތަކުނު ޘޫބިތުކޮށްދީފައިނުވާއިރ ޔު.އެސް ޑޮލަރުގެ ޗެކަށް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާފަރާތަށް ފައިސާ ދައްކަންޖެހޭ ނުވަތަ ނޫންކަންވެސް ޙުކުމުގައި ބަޔާންކުރައްވާފައި ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
6އަޙް މަދު މިރުޒާ ޝަކީބުގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ދެ ނުކުތާއާ އެ ދެނުކުތާގެ ތަފޞް ލުގައީ ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، މި މައްސަލައިގައި އަޙްމަދު މިރުޒާ ޝަކީބުގެ ފަރާތުން ފާހަގަ ކުރާ މައިގަނޑު ދެ ކަމަކީ، އަޙްމަދު މިރުޒާ ޝަކީބުގް ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ދިވެހި ރުފިޔާ އާއި ޔޫ.އެސް.ޑޮލަރުގެ ޗެކު އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިންކަމަށް ބުނެފައިވާއިރު ސިވިލް ކޯޓުން މިމައްސަލަ ބެއްލެވުމުގައި ޔޫ.އެސް.ޑޮލަރުގެ ޗެކާ ގުޅޭ ގޮތުން ގޮތއެ ކަނޑައަޅާފައި ނެތުމާއި، އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފައިސާ އަނބުރާ ދެއްކި ކަމަށް ބުނެފައި ވީނަމަވެސް އެކަން އެ ކުންފުންޏަށް ޘބިތުކޮށާ ދެވިފައި ނެތްއިރު ފައިސާ އަނބުރާ ދެއްކިކަން ޘބިތުވާ ކަމަށާ ސިވިލް ކޯޓުން ކަނޑައަޅާފައި އޮތް އޮތުމެވެ. ސިވިލ ކޯޓުން މި މައްސަލައިގެ ޙުކުމަށް ވާސިލުވުމަށް ބިނާ ކުރި ސަބަބުތަކާރިޢާޔަތްކުރ ހެކިތައް
7ސިވިލް ކޯޓުން މައްސަލަ ނިންމަވަމުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ މައްޗަށއާ އަދި ޙުކުމަށް ބެލުމުން މި މައްސަލައިގެ ނިންމުމަށް ވާސިލުވުމަށް ސިވިލް ކޯޓުން ބިނާކުރި އަސާސް ތަކަކީ؛
(ހ) ދަޢުވާއަށް އޮނާސ ކްލަބް މޯލްޑިވް ސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރު ކުރިކުރުން.
(ށ) އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންޝަރީޢަތުގިމަޖިލީހުގައާދައްކާފައިވާ ވާހަކަތަކުގައި ދަޢުވާގައި ހިމެނޭ ފައިސާ އަނބުރާ ދައްކަމުން ގޮސްފައިވާނިކަމަށީ އައެހާތަނަށް ނުދެއްކިވަނީ ޖުމްލަ -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާކަން.
(ނ) އަޙްމަދު މިރުޒާ ޝަކީބުގެ ފަރާތުން ފައިސާ ބަލައި ފޮނުވި ފަރާތަކީ، […] / މާލެ، ޙަސަން ސިނާން (ދ.ރ ކާޑު ނަންބަރ ) ކަމަށާއި ޙަސަން ސިނާން އާއި -50,000/ރ. (ފަންސާސްހާސް ރުފިޔާ) ޙަވާލުކޮށްފައިވާނެކަމަށާއި އަދި ބާކީ ނުލިބިވަނީ ޖުމްލަ -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމަށް ބެލެވޭ 18 މެއި 2015މ. ތާރީޚް ޖަހާފައިވާ ލިޔުމެއް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަން.
(ރ) އަޙްމަދު މިރުޒާ ޝަކީބް ބުނެގެން ފައިސް ހޯދުމުގެ މަސައްކަތް ޙަސަން ސިނާން ކޮށްފައި ވާނެކަމަށް އަޙްމަދ މިރުޒާ ޝަކީބް ޝަރީޢަތުގައި ބުނެފައިވާކަން.
(ބ) އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި 18 މެއި 2015 މި ތާރީޚު އޮންނަ ލިޔުމުގައި ފައިސާއާ ޙަވާލުވިކަމަށ ޙަސަން ސިނާން ސޮއިކޮށްފައި ވާކަމާއި، ޙަސަން ސިނާންގެ ހެކިބަހަށް ބަލާއިރު އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަޙްމަދު މިރުޒާ ޝަކީބަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ޙަސަން ސިނާން ދިޔަކަމަށް ޙަސަން ސިނާން ބުނާކަން.
(ޅ) އާނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަސަން ސިނާން އ 000،50ރ. (ފަންސާސްހާސް ރުފިޔާ) ޙަވާލުކޮށް އަދި ބާކީ ނުލިބިވަނީ ޖުމްލަ -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމަށް ބަޔާންކޮށްފައިވާ ލިޔުމުގައި ފައިސާ ލިބުނުކަމަށް ކޮށްފައިވާ ސޮޔަކީ ޙަސަން ސިނާން ކޮށްފައިވާ ސޮޔެއްކަމުގައިބުނެ ޝަރީޢަތަށް ހެކިބަސްދީފައިވާކަން.
(ކ) މައްސަލައާއެކް ހުށަހެޅިފައިވާ ޗެކުތަކުގައިވ ތާރީޚާ ތަކަކީ ފައިސާ ލިބުނުކަމަށް ބަޔާނެކުރާ ލިޔުމުގެ މާކުރީގ ޗެކުތަކްއްކަމުން އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ހުށަހަޅާފައިވާ އަޙްމަދު މިރުޒާ ޝަކީބަށ ލިބެންޖެހޭ ފައިސާގެ ބާކީ ޢަދަދު ބަޔާންކޮށްދޭ ޙަސަން ސިނާން ސޮއިކޮށްފައިވާ 18 މެއި 2015 […] ޖަހާފައިވާ ލިޔުމުގެ ޞައްޙަކަން ޤާނޫނީގޮތުން ކަށަވަރުކުރެވޭކޮ ނ މި އެވެ.
8މައްސަލައިގެ ޙުކުމަށް ވސިލުވުމަށާ ސިވިލް ކޯޓުން ބިނާކޮށްފައިވާ މި ބުނެވުނު އަސާސްތަކުގެ މައްޗަށް ބަލާއިރު، ސިވިލް ކޯޓުގެ ޙުކުމަށް ވާސލުވުމަށި ބަރޯސާވެފައިވާ މައިގަނޑު ހެއްކަކީ، ޙަސަން ސިނާން ސޮއިކޮށްފައިވާ 18 މެއި 2015 މި ތާރީޚު އޮންނަ ލިޔު ންކަން އެނގެއެވެ. މި ލިޔުން އެއީ މައިގަނޑު ހެއްކެއްގެ ކަމުގައި ބަލައިގެން މި ލިޔުމުގެ ސައްޙަކަން ޤާނޫނީ ގޮތުން ކަށަވަރު ކުރެވޭކަމަށް ބަލައި ދެން ހުރި ކަންކަން އެ ލިޔުމާ ގުޅުވާލެވިގެން މައްސަލައިގެ ޙުކުމަށް ވާސިލުވެފައިވަނީކަނ ސިވިލް ކޯޓުން ފާހަގަ ކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން އެނގެއެވެ. ސިވިލް ކޯޓަށް ހުށަހެޅިފައިވާ ހެކިތައް މޠު ލިޢާ ކޮށްފައިވަނީ ރަނގަޅަށްތޯ ބެލުން
9HN1ޢާއްމު އޞުލެއްގ ގޮތުގައެ މަދަނީ ޚުސޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ، ދަޢުވާކުރާ ފަރާތެވެ. މި މާނައިގައި ދަޢުވާކުރާ ފަރާތަކީ، ހަމައެކަނި ކޯޓުގައި ދަޢުވާ އުފުލާ ފަރާތް ނޫންކަމާއި، ދަޢުވާ ރައްދުވާ ފަރާތުގެ ދިފާޢުގައި ހުށަހަޅާ ދިފާޢު ޘބިތާ ކޮށްދިނުމުގެ ބުރައަކީ، އެ ދަފްޢުއެއް ކުރިމަތި ކާރު ފަރާތަކުން އުފުލާންޖެހޭނެ މަސްއޫލިއްޔަތެކެވެ.
10އަޙްމަދު މިރުޒާ ޝަކީބުގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅީ އެ މައްސަލައިގައި އޭނާގެ ފރާތުނަ ޙަވާލާދޭ ޗެކުތަކަކީ، އަޙްމަދު މިރުޒާ ޝަކީބުގެ އަތުން ފަހުން އަނބުރާ ދައްކާގޮތަށް ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޫކުރި ޗެކުތަކެއްކަމަށާއި، އެ ޗެކުތަ ކުގައިވާ މިންވަރުގެ ފައިސާ އަޙްމަދު މިރުޒާ ޝަކީބަށް ލިބިފައި ނުވާތީ ޗެކުތަކުގައ ބަޔާނި ކުރް ޢަދަދުގެ ފައިސާ ހޯދުމަށެވެ. މި ދަޢުވާގެ ރައްދުގައި އނާސ ކްލަބް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނަނީ، ޗެކުތަކުގައިވާ ފައިސާ އަނބުރާ ދައްކަމުން ގޮސްފައވާނެކަމަށި އާ، އެހާތަނަށްނުދެވީ ބާކވަނ -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމަށާ އަޙްމަދު މިރުޒާ ޝަކީބަށް އަނބުރާ ފައިސާ ދެއްކުމުގެ ގޮތުން ފައިސާ ޙަވާލުކޮށްފައިވަނީ […] / ޙަސަން ސިނާނުއާ ކަމަށެވެ.
11HN2އަޙްމަދު މިރުޒާ ޝަކީބުގެ ފަރާތުން މައްސަލައިގައި ޙަވާލާދޭ 05 ޗެކަކީ، އަނބުރާ ދައްކާގޮތަށް އަޙމަދް މިރުޒާ ޝަކީބުގެ އަތުން އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ނެގި ފައިސާ ދެއްކުމުގެ ގޮތުން ދީފައިވާ ޗެކުތަކެއްކަމަށް އަޙް މަދު މިރުޒާ ޝަކީބުގެ ފަރާތުން ބުނާބުނުމަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރު ކޮށްފައެއް ނުވެއެވެ. އަދި ޗެކުތަކުގައިވާ ފައިސާއަކީ ދައްކަން ނުޖެހޭ ފައިސާ އެއްކަމަށވެސް ނުވަތް ޗެކުތަކަކީ ޞައްޙަ ޗެކުތަކެއް ނޫންކަމަށްވެސް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައެއް ނުވެއެވެ.
12ޗެކުތަކަކީ، އަޙްމަދު މިރުޒާ ޝަކީބުގެ އަތުން އަނބުރާ ދައްކާގޮތަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ނެގި ފައިސާ ދެއްކުމުގެ ގޮތުން ދިން ޗެކުތަކެއް ކަމަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންކާރު ނުކޮށް އަދި މި ޗެކުތަކުގެ ޞައްޙަކަމާމެދު އެއްވެސް ސުވާލެއް އުފެއްދުމެއްނެތަ މި މައްސަލައިގައި އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިމަތި ކުރުވި ދަފްޢުއަކީ، އަޙްމަދު މިރުޒާ ޝަކީބަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ 05 ޗެކުގައިވާ ޢަދަދުގެ ފައިސާގެ ތެރެއިން އެހާތަނަށް ނުދެވި ބާކީ އޮތީ -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމަށް ބުނާ ބުނުމެވެ. މިއީ އަޙްމަދު މިރުޒާ ޝަކީބުގެ ފަރާތުން ހުށަހެޅި ދަޢުވާގެ ދިފާޢުގައި، އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިމަތިކުރާ ދަފްޢއެއު ކަމުގައިވާތީ އެ ދަފްޢު ޘާބިތުކޮށްދިނުމުގެ ބުރަ އުފަލަންޖެހޭނީ އޮނާސ ކްލަބް މލްޑިވޯ ސ ޕްރައިވެޓް ލިމިޓެޑުންނެވެ.
13އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރިމަތި ކުރި ދަފްޢު ޘާބިތު ކޮށްދިނުމަށް އެ ކުންފުނީގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ؛
(ހ) 18 މެއި 2015 ތާރީޚު އޮންނަ ޕޭމަންޓް ވައުޗަރ،
(ށ) ޙަސަން ސިނާނު […]
(ނ) އަޙްމަދު މިރުޒާ ޝަކީބު […] ؛ މިއެވެ.
14އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅި، 18 މެއި 2015 ތާރީޚު އޮތް ލިޔުމަށް ބަލާއިރު، މިއީ އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޕޭމަންޓް ވައުޗަރ އެއްކަން އެނގެއެވެ. މި ވައުޗަރ ގައި pay to :MIRZA SHAKEEB މިފަދައިން ލިޔެފައި އެބަ އޮތެވެ. އަދި މި ވައުޗަރ ގައި އޮތް Details މި ތަނުގައި Remaining borrowing މިފަދައިން އޮތް ތަނުގައި 186,792.00 މި ޢަދަދު ލިޔެފައި އޮންނައިރު، Remaining balance މިފަދައިން އޮންނަ ތަނުގައި 136792.00 މި ޢަދަދު ލިޔެފައިވެއެވެ. އަދި ވައުޗަރ ގެ ދަށުން ދޫކުރެވެނީ 50,000 ދިވެހި ރުފިޔާ ކަމަށް ލިޔެފައިވެއެވެ. އަދި މި ލިޔުމުގައި އޮތް by Recived މިފަދައިން އޮތް ތަނުގައި ޙަސަން ސިނާނު ކިޔާ މީހެއްގެ ނަން ޖަހައި ސޮއިކޮށްފައިވެއެވެ.
15މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ޙަސަން ސިނާން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ހެކިބަސް ނެގުމުން އޭނާގެ ފަރާތުން ދީފައިވާ ހެކިބަހުގައި" އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ އަޙްމަދު މިރުޒާ ޝަކީބު ދަންނަކަމަށާއި އަޙްމަދު މިރުޒާ ޝަކީބު އާ ދެމީހުން ޙިއްސާވާ ކުންފުންޏެއް އޮންނަކަމަށާއި އޮނާސް ކްލަބުނ އަޙމަދް މިރުޒާ ޝަކީބަށް ފައިސާ ދޭންޖެހޭކަން އެނގިފައިވާކަމަށއާ އެ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައވާނެކަމަށި އާ އެ ފައިސާގެ އެއްވެސް މިންވަރެއް ޙަސަން ސިނާނު އަށް ލިބިފައި ނުވާކަމަށު އާ ލިޔިމެއްގައ ސޮއިކުރި ހަނދާން ނުވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ޝަރީޢަތުން ލިޔުން ދެއްކުމުން އެ ލިޔުމުގައްއެ އޮތުޙަސަނީ ސިނާންގެ ސޮއި ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެ ލިޔްމ ގުޅާ ގޮތުން ހަނދާންވަނ ޙަސަން ސިނާނު އަށް ދިން ފައިސާ ނަގަން ދިޔަ ހނދާންކަމަށެވެ."
16އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާތީ، އަޙމަދް މިރުޒާ ޝަކީބު ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވި އޭނާގެ ބަޔާން ނަގާފައިވެއެވެ. އަޙް މަދު މިރުޒާ ޝަކީބުގެ ފަރާތުން 18 އޮކްޓބަރޯ 2016 މި ތާރީޚުގައި ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ " ޙަސަން ސިނާން ދަންނަ ކަމަށއާ އޭނާއާ އެކު ޙިއްސާވާ ކުންފުންޏެއް އޮންނާނެކަމަށާއި، އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދީފައިވާ ފައިސާއަށް ޗެކް ދީފާވާނެކަމަށއި، ބާކީ ހުރި ޗެކްތަކަކީ މިހާރު ނުލިބި ހުރި ފައިސާކަމަށާއި، ދަޢުވާގައި ހިމެނޭ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާ އަނބުރާ ލިބިފައި ނެތްކަމަށާއި، ފައިސާ އާ ޙަވާލުވާން ހުންނަނީ އަޙމަދް މިރުޒާ ޝަކީބު ކަމަށއާ މި މ ޢާމަލާތ ގުޅާ އެއްވެސް ފައިސާއެއް ޙަވާލުވާން ޙަސަން ސިނާން ފޮނުވާފައިނުވާނެކަމަށއާ އަދި މުޢާމަލާތާ ގުޅިގެން އެއްވެސް ފައިސާއއެ ޙަސަން ސިނާންގެ ފަރާތުން އަޙް މަދު މިރުޒާ ޝަކީބަށް ގެނެސްދީފައިނުވާކަމަށެވެ."
17HN3އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި 18 މެއި 2015 މި ތާރީޚު އޮތް ލިޔުމަށް ބަލާއިރު، މި ލިޔުމުގައި Remaining borrowing މިފަދައިން އޮތް ތަނުގައި އޮތީ 186,792.00 (އެއްލައްކަ އަށްޑިހަ ހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) މިފަދައިން ލިޔެފައެވެ. މިއީ އަޙް މަދު މިރުޒާ ޝަކީބުގެ ފަރާތުން މި މައްސަލައިގައި ޙަވާލާދޭ، ދިވެހި ރުފިޔާ ހިމެނޭ 04 ޗެކުގައިވާ ފައިސާގެ ޢަދަދުތައް ހިސާބުކުރުމުން އަންނަ ޖުމްލަ ޢަދަ ދެވެ. މިހެންކަމުން ދިވެހި ރުފިޔާއިން 186,792.00 (އެއްލައްކަ އަށްޑިހ ހަހާސް ހަތް ސަތޭކަ ނުވަދިހަ ދެ ރުފިޔާ) އަޙްމަދު މިރުޒާ އަޙްމަދު މިރުޒާ ޝަކީބަކީ، މި މައްސަލައިގައި ދަޢުވާކުރާ ފަރާތްކަމަށްވާތީ، އޭނާއަކީ ހެއްކެއްގެ ގޮތުގައި ބަލައި އޭނާ ދޭ ބަޔާނަކީ ހެކިބަހެއް ކަމަށް ބެލެވޭކަށްނެތެވެ. މިހެންކަމުން އަޙްމަދު މިރުޒާ ޝަކީބަކީ ހެއްކެއްގެ ގޮތުން ދަށު ކޯޓަށް ޙާޟިރު ކުރެވިފައިވާ ފަރާތެއްނަމަވެސް އޭނާ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތައް ބަލަން ޖެހޭނީ، އެއީ ދަޢުވާކުރާ ފަރާތުގެ ޙައިސިއްޔަތުން ދެއްކި ވާހަކަތަކެއް ކަމުގައެވެ. ޝަކީބަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހިއެ ލިޔުނިތައްޔާރ ކުރް ތާރީޚާއި ހަމައަށް ދެއްކިފައު ނުވާކަން އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންވެސ ޤަބޫލުކުރާ ކަން އެނގެއެވެ.މި ލިޔުމުގައިވާ ޢަދަދް ގެ ފައިސާއާއާ މި މައްސަލައިގައި އަޙާ މަދު މިރުޒ ޝަކީބުގެ ފަރާތުން ޙަވާލާދީފައިވާ ދިވެހި ރުފިޔާގެ 04 ޗެކުން ފެންނަން އޮތް ފައިސާގެ ޢަދަދު ދިމާވނާ އޮންނަކަމުން މިއީ ބުނެވުނު 04 ޗެކުގައިވާ ޢަދަދުގު ފައިސާގެ ގޮތުގައެ ދައްކަން އެއްބަސްވި ފައިސާކަމަށް ޤަބޫލު ކުރެވެން އެބަ އޮތެވެ.
1818 މެއި 2015 ގެ ލިޔުން ޝަރީޢަތަށް ހުށަހަޅައިގެން، އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޘާބިތުކޮށް ދިނުމަށް ބޭނުންވީ، އެ ލިޔުން ތައްޔާރު ކުރި ތާރީޚާއި ހަމައަށް އެ ކުންފުނިން އަޙމަދް މިރުޒާ ޝަކީބަށް ދައްކަންޖެހި ނުދެއްކި ބާކީ އޮތް ޢަދަދަކީ 186,792.00 (އެއްލައްކަ އަށްޑިހ ހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމާއި އެފައިސާގެ ތެރެއިން 50,000ރ. (ފަންސާސްހާސް ރުފިޔާ) އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަޙްމަދް މިރުޒާ ޝަކީބަށް ރައްދުކުރުމަށްޓަކައި ޙަސަން ސިނާން އާއި ޙަވާލުކޮށްފައިވނޭކަމާ ށާއި، މިހެންކަމުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނުއިރު އެ ކުންފުނިން އަޙްމަދު މިރުޒާ ޝަކީބަށް ނުދެއްކި ބާކީ އޮތީ -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމަށް ބުނާބުނުމެވެ.
19މި މައްސަލަ ސިވިލް ކޯޓުގައި ހިނގާދިޔައިރު އަޙްމަދު މިރުޒާ ޝަކީބުއަށް ޙަސަން ސިނާންގެ އަތުން ބުނެވުނު 50,000ރ. (ފަންސާސްހާސް ރުފި ޔާ) ލިބިފައިނުވާކަމަށް ބުނެ އަޙްމަދު މިރުޒާ ޝަކީބުގް ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވީ ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އަޙްމަދު މިރުޒާ ޝަކީބުގެ ފަރާތުން ފަހުން ބުނެފައިވަނީ، އަޙްމަދު މިރުޒާ ޝަކީބަށް ރައްދު ކުރުމަށްޓަކައި ޙަސަންސިން ނުގެ އަތަށް އޮނާސް ކްލަބްމޯލްޑިވާސ ޕްރައިވެޓް ލިމިޓެޑުން ދިން ކަމަށް ބުނީ 50,000ރ. (ފަންސާސްހާސް ރުފިޔާ) އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަޙްމަދު މިރުޒާ ޝަކީބަށް ދައްކަން އެ ކުންފުނިން އެއްބަސްވި ފައިސާއިން އުނިކުރިޔަސް އެންމެ ރަނގަޅު ކަމަށާއި އެ ކަމުގައި އިތުރު ޝަކުވާއެއް ނެތްކަމަށެވެ.
20މިހެންކަމުން އޮނާސ ކްލަބް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑާއި އޙި މަދު މިރުޒާ ޝަކީބު އާމެދު މިހާރު އޮތް ޚުޞޫމަތަކީ، އަޙްމަދު މިރުޒާ ޝަކީބަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކުރި 05 ޗެކުކަމުގައިވާ ނަންބަރު 1972275 ޗެކާއި ނަންބަރު 1972273 ޗެކއާ ނަންބަރު 1972276 ޗެކާއި ނަންބަރު 1972295 ޗެކުގައިވާ ފައިސާގެ ޢަދަދުން 50,000ރ. ރުފިޔާ އުނިކުރުމުން ބާކީ އޮންނަ 136,792.00ރ. (އެއްލައްކަ ތިރީސް ހަހާސް ހަތްސަތޭކަ ނުވަދިހަ ދެރުފިޔާ) އާއި، އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 10126034744200 އެކައުންޓުން އަޙްމަދު މިރުޒާ ޝަކީބަށް ދޫކޮށްފައިވާ ނަންބަރު 818928 ޗެކު ގައި އޮންނަ 15,000$ (ފަނަ ރަހާސް ޔޫ.އެސް.ޑޮލަރު) އަކީ، އަޙްމަދު މިރުޒާ ޝަކީބަށް އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހި ނުދައްކާވާ ފައިސާތޯ އއ މި ފައިސާގެ ތެރެއިނާ އެއްވެސް މިންވަރެއްގެ ފައިސާ ދެއްކިފައިވާކަނ ނުވަތް ނޫންކަމާއި މެދުގައި އޮތް ޚިލާފުކަން އެނގެއެވެ.
21ބުނެވުނު ނުކުތާއާމެދު އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދެކުނު ގޮތަކީ، އެ ކުންފުނިން ޝަރީޢަތަށް ހުށަހެޅި 18 މެއި 2015 ގެ ލިޔުމަށް ބެލުމުން، އެ ކުންފުނިން އަޙްމަދު މިރުޒާ ޝަކީބަށް ދައްކަންޖެހި ނުދެއްކި ބާކީ އޮތީ އެކު ޖުމްލަ 136,792.00ރ. (އެއްލައްކަ ތިރީސް ހަހާސް ހަތްސަތޭކަ ނުވަދިހަ ދެރުފިޔާ) ކ މަށްދެކި ދެކުމާއި އެ މާ ންވަރުގެ ފައިސާ ނޫން އެހެން އެންމެހައް ފައިސި އެއް އޮނާސ ކްލަބް މޯލްޑްވްސ ޕްރައިވެޓް ލިމިޓެޑުން އަޙާމަދު މިރުޒާ ޝަކީބަށްދައްކ ޚަލާޞ ކުރެވިފައިވާނެކަމަށް ދެކޭ ދެކމެވެ.އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގިފަރާތުނ ހުށަހެޅިމި ދިފާޢުގެ ރައްދުގް އ އަޙީމަދު މިރުޒާ ޝަކީބުގެ ފަރާތުން ބުނަނީ، ދިވެހި ރުފިޔާގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން ބާކީ އޮތ 136,792.00ރ. (އެއްލައްކަ ތިރީސް ހަހާސް ހަތްސަތޭކަ ނުވަދިހަ ދެރުފިޔާ) އަށް ކަމާއި މެދު އެއްބަސްވެވން އޮތެ ނަމަވެސް އަޙްމަދު މިރުޒާ ޝަކީބަށް ދޫކޮށްފް އިވަ ނަންބަރު 818928 ޗެކުގައި އޮންނަ 15,000$ (ފަނަރަހާސް ޔޫ.އެސް.ޑޮލަރު) އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަޙް މަދު މިރުޒާ ޝަކީބަށް މިހާތަނަށްވެސް ލިބިފައި ނެތްކަމަށާއި، ޑޮލަރުން ލިބެންޖެހޭ ފައިސާއާމެދު ސިވިލް ކޯޓުގެ ޙުކުމުގައި ގޮތެއް ކަނޑައަޅާފައި ނެތްކަމަށެވެ.
22HN4މި މައްސަލައިގައި އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި 18 މެއި 2015 ގެ ލިޔުމަ ށާއި އެ ކުންފުނިން އެދިގެން ޝަރީޢަތަށް ޙާޟިރު ކުރެވުނު ހެކިންގެ ހެކިބހަށަ ބެލިއިރު، ބުނެވުނު ލިޔުމުންނާއި ހެކިންގެ ފަރާތުން ދައްކާފައިވާ އެއްވެސް ވާހަކަ އަކުން އަޙްމަދު މިރުޒާ ޝަކީބަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައި ނަންބަރު 818928 ޗެކުގައި އޮންނަ 15,000$ (ފަނަރަހާސް ޔޫ.އެސް.ޑޮލަރު) އޮނާސ ކްލަބް މޯލްޑވްސި ޕްރައިވެޓް ލިމިޓެޑުން އަޙްމަދު މިރުޒާ ޝަކީބަށް ދައްކާ ޚަލާޞްކޮށްފައިވާކަމަށް ދަލާލަތެއް ނުކޮށްދެއެވެ. އަދި އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކުރި 05 ޗެކުގެ ތެރެއިން ބާކީ ނުދެއްކިވާ ފައިސާގެ ޢަދަދުގެ ގޮތުގައި އެ ކުންފުނިން ބުނާ ޢަދަދު ޘާ ބިތުވާ މިންވަރުގެ އެހެން ހެއްކެއް އަދި ޤަރީނާ އެއްވެސް އޮނާސް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާކަން އެނގޭކަށްނެތެވެ.
23މިހެންކަމުން، އަޙްމަދު މިރުޒާ ޝަކީބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވާ 05 ޗެކުގައިވާ ފައިސާގެ ތެރެއިން ނުދެއްކި ބާކީ އޮތީ ހަމައެކަނި -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލުގެނެސް، -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ރުފިޔާގެ އިތުރަށް 0015,0$ (ފަނަރަހާސް ޔޫ.އެސް.ޑޮލަރު) އަކީވެސް އޮނާސ ކްލަބް މޯލްޑވްސި ޕްރައިވެޓް ލިމިޓެޑުން އަޙް މަދު މިރުޒާ ޝަކީބަށް ދައްކަންޖެހި ނުދެއްކިވާ ފައިސާކަމަށް ކަނޑައަޅަން ޖެހޭކަމަށް އަހުރެން ދެކެމެވެ. ޙުކުމް: ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 936/Cv-C/2016 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމް ބާ ޠލުކޮށް، އަޙްމަދު މިރުޒާ ޝަކީބަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ މި މައްސަލައިގައި ޙަވާލާދީފައިވާ 05 ޗެކާއި ގުޅިގެން އަޙްމަދު މިރުޒާ ޝަކީބަށް އޮނާސ ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމޓެޑުނި ދައްކަންޖެހި ނުދައްކައިވާ ފައިސާގެ ޢަދަދަކީ، -136,792/ރ. (އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) އާއި $15,000 (ފަނަރަހާސް ޔޫ. އެސް. ޑޮލަރު) ކަމަށް ކަނޑައަޅައި، މިފައިސާ އަޙްމަދު މިރުޒާ ޝަކީބަށް ލިބިދިނުމުގެ ގޮތުން މިއަދު (22 ޖޫން 2021) އިން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި -136,792/ރ( .އެއްލައްކަ ތިރީސްހަހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ) އާއި
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
—
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.