ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/262

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ވ. ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް

ދަށުކޯޓުގެ ޙުކުމް ބަދަލުކުރި (އަޣްލަބިއްޔަތުންޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 1 ޖޫން 2021ދަށު ކޯޓު: ސިވިލް ކޯޓު 2900/Cv-C/2017ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2900/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2021/SC-A/81 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ނިންމީ މުވައްޒަފަކީ އިޤްރާރުގެ 14 ވަނަ މާއްދާއާ ޚިލާފުވި ފަރާތެއް ނޫންކަމަށާއި، އެއީ އޭނާގެ މައްޗަށް ކުރެވިދާނެ ދަޢުވާއެއް ނޫންކަމަށެވެ.
ވާޤިޢާ
ސްކޮލަރޝިޕް އިޤްރާރެއްގެ ދަށުން ކުންފުނީގެ ޚަރަދުގައި ކިޔަވައި 7 އަހަރާއި 6 މަސް ޚިދުމަތްކުރަން އެއްބަސްވި މުވައްޒަފު، 45 މަސް ޚިދުމަތްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ އެމް.ޑީ އަކަށް ހަމަޖެއްސުމާ ގުޅިގެން 2011 ގައި ކުންފުނިން ވަކިކުރެވުނެވެ. ކުންފުނިން 437,054.50 ރުފިޔާ ހޯދުމަށް 2017 ގައި ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެހެން ކުންފުންޏެއްގެ ވަޒީފާއަކަށް ހަމަޖެއްސުމާ ގުޅިގެން ކުންފުނިން ވަޒީފާއިން ވަކިކުރި މުވައްޒަފަކު، ސްކޮލަރޝިޕް އިޤްރާރުގެ 14 ވަނަ މާއްދާގައިވާ "އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ" ޚަރަދު އަނބުރާ ދައްކަންޖެހޭތޯ؛ އަދި އެކަމުގައި ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) ތަޠުބީޤުވާ ގޮތް.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ކުންފުނި ވަކި ޤާނޫނީ ޝަޚްޞެއް ކަމަށާއި، ސަރުކާރުން އެހެން ވަޒީފާއެއް ހަމަޖެއްސުމުން ވަކިކުރުމަކީ އިޤްރާރުގެ 14 ވަނަ މާއްދާގެ ޙާލަތު ކަމަށެވެ. މުވައްޒަފުގެ ފަރާތުން ބުނީ އިޤްރާރާ ޚިލާފުވިކަން ކުންފުންޏަށް ސާބިތުނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ދެކެވަޑައިގަތީ އިޤްރާރުގެ 14 ވަނަ މާއްދާގެ ޢިބާރާތް ސަރީޙަ ކަމަށާއި، އެހެން ކުންފުންޏެއްގެ ވަޒީފާއަށް ބަދަލުވުމަކީ މަޤްބޫލު ސަބަބެއް/އަމިއްލަ އިޚްތިޔާރެއް ކަމަށްވާތީ ފައިސާ ދައްކަންޖެހޭ ކަމަށެވެ. ފަނޑިޔާރު ޙުސައިން މަޒީދު ދެކެވަޑައިގަތީ މަޤްބޫލު ސަބަބެއް ސާބިތުނުވާތީ ދަށުކޯޓުގެ ޙުކުމް ޤާއިމުކުރަންވާނެ ކަމަށެވެ.

ނިންމުން

ދަށުކޯޓުގެ ޙުކުމް ބަދަލުކުރި (އަޣްލަބިއްޔަތުން

ދަށުކޯޓުގެ ޙުކުމް ބަދަލުކުރި (އަޣްލަބިއްޔަތުން؛ ކުންފުންޏަށް ފައިސާ ލިބިދޭންޖެހޭ)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަކީ ކުންފުންޏެއް ރަޖިސްޓްރީވުމުގެ ނަތީޖާ ބަޔާންކުރާ މާއްދާއެއް ކަމަށްވާތީ، ކުންފުނީގެ ވަކި ޝަޚްޞިއްޔަތާމެދު ޚިލާފެއް ނެތް ހާލަތެއްގައި، އަދި ދަށުކޯޓުގައި އެ މާއްދާއަށް ހަވާލާދީފައި ނުވާއިރު، އެ މާއްދާއަކީ މައްސަލައަށް ތަޠުބީޤުވާ މާއްދާއެއް ނޫން (ފަނޑިޔާރު ޙުސައިން މަޒީދު - ޕެރ. 7.1).

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN2 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 (ހ) ގެ ދަށުން ކޮންޓްރެކްޓެއްގެ ބައިވެރިން ޢަމަލުކުރަންވާނީ ކޮންޓްރެކްޓުގެ ޝަރުޠުތަކާ އެއްގޮތަށް ކަމާއި، އެއާ ޚިލާފަށް ޢަމަލުކުރެވޭނީ އަނެއް ބައިވެރިޔާ ލުޔެއް ދީފިނަމަ ނުވަތަ އެހެން ގޮތަކަށް އެއްބަސްވެއްޖެނަމަ.

HN3 ފަނޑިޔާރު ޙުސައިން މަޒީދުގެ (އަޤައްލިއްޔަތުގެ) ރައުޔުގައި: "އެއްވެސް ސަބަބަކާހުރެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ" މި ޢިބާރާތް މުޠުލަޤަށް މާނަނުކޮށް، އެ ސަބަބަކީ ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދާއި ވަޒީފާ އެއްބަސްވުމާ ޚިލާފުނުވާ މަޤްބޫލު (reasonable) ސަބަބަކަށް ވާންޖެހޭނެ ކަމާއި، އެކަން ސާބިތުކުރުމުގެ ބުރަ އޮތީ ފައިސާ ހޯދަން އެދޭ ކުންފުނީގެ މައްޗަށް ކަމާއި، މަޤްބޫލު ސަބަބެއް ނެތި ކުންފުނިން މުވައްޒަފު ވަކިކޮށް ޚިދުމަތުގެ މުއްދަތު ފުރިހަމަކުރުމުގެ މަގު ބަންދުކޮށްފިނަމަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 (ނ) އާއި (ރ) ގެ ދަށުން މުވައްޒަފު އިޤްރާރާ ޚިލާފުވީ ކަމަށް ނުބެލޭނެ.

HN4 ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔުގައި: ދަށުކޯޓުގައި ޣައިރު ޙާޟިރުގައި ނިމުނު މައްސަލައެއްގައި ދަޢުވާލިބުނު ފަރާތުން އެކަމަށް އިޢުތިރާޟު ނުކުރާނަމަ، އިސްތިއުނާފުގައި ހައިކޯޓުން ބަލަނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކުން ފެންނަ ޙަޤީޤަތްތަކަށް ދަށުކޯޓުން ޤާނޫނު ތަޠުބީޤުކުރި ގޮތް ރަނގަޅުތޯ.

HN5 ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔުގައި: އިޤްރާރެއްގައި ބަޔާންކުރާ ފައިސާ ދެއްކުމަށް ކުންފުނިން ލުޔެއް ދީފައި ނެތްނަމަ، އެއީ އަނބުރާ ދައްކަންޖެހޭ ފައިސާއެއް ނޫންކަން ބަޔާންކޮށް ހެކި ދެއްކުމުގެ ބުރަ އޮތީ ދައްކަން ޖެހޭ ފަރާތުގެ މައްޗަށް؛ އަދި ކުންފުންޏަކީ ވަކި ޤާނޫނީ ޝަޚްޞަކަށް ވާތީ، އެއްބަސްވުމުގެ ބައިވެރިއެއް ނޫން ސަރުކާރުގެ އޮފީހަކުން އެހެން ވަޒީފާއަކަށް ހަމަޖެއްސުމަށް ބިނާކޮށް ކުރާ ވަކިކުރުމަކީ މަޤްބޫލު ސަބަބެއް؛ ބައިވެރިއެއް ކުރާ ކަމަކުން މެދުވެރިވާ ޙާލަތަކާހުރެ ކޮންޓްރެކްޓުގެ ލާޒިމު ކަމެއް ކުރެވެން ނެތީ ކަމަށް އޭނާ ބަލައިގެން ނުވާނެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN6 ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔުގައި: މަޖުބޫރުކުރިކަމުގެ ޤަރީނާއެއް ނެތި އެހެން ވަޒީފާއެއް ޤަބޫލުކޮށް ދިއުމަކީ އަމިއްލަ އިޚްތިޔާރުގައި ކުރި ކަމެއް ކަމަށް ބަލަންޖެހޭނެ ކަމާއި، ޚިދުމަތުގެ އިޤްރާރެއް އޮތްކަން އެނގޭ ފަރާތަކު އެހެން ވަޒީފާއަކަށް ދިއުމުގެ ކުރިން އެ އިޤްރާރަށް ގޮތެއް ނިންމަންޖެހޭނެ؛ އެހެން ނުކޮށްފިނަމަ އިޤްރާރުގެ 14 ވަނަ މާއްދާގެ ދަށުން ފައިސާ ދައްކަންޖެހޭނެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުސައިން މަޒީދު
ޚިލާފު ރައުޔު
އެބައޮތް
ވަކި ރައުޔު
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (ރަޖިސްޓްރީ ނަންބަރު: 680-C) ގެ ފަރާތުން (މީގެ ފަހުން "އެމް.ޓީ.ސީ.ސީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގއ. ކޮލަމާފުށި، […] ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް (ދރއ. (މީގެ ފަހުން ” ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް" ނވަތު ”އިސްތިއުނާފުރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

ކަންހިނގާފައިވާ ގޮތް

2ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް އާއި، އެމް.ޓީ.ސީ.ސީ އާމެދު ހިގާފައިވާ މުޢާމަލާތަކީ ކޮބައިތޯ ބަލާއިރު އަންނަވި ކަންކަން ފާހަގަކުރެވެއެވެ.

2.1. އެމް.ޓީ.ސީ.ސީ ގެ "ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރު" (ނަންބަރު SCHOLAR/AGR/206/11) ގައި (މީގެފަހުން "އިޤްރާރު" ނުވަތަ "އެއްބަސްވުން" މިފައިން ހަވާލާދެވިފައި) 19 ސެޕްޓެންބަރު 2006 ގައި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އާއި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކޮށްފައިވެއެވެ. އަދި އެ އިޤްރާރަކީ އޭގެކުރިން 02 ޖަނަވަރީ 2003 ގައި ވެފައިވާ އިޤްރާރު ނިމުމަކަށް ގެނެސް ސޮއިކޮށްފައިވާ އިޤްރާރެއްކަން އެނގެއެވެ. 19 ސެޕްޓެންބަރު 2006 ގައި ސޮއިކޮށް ފައިވާ އިޤްރާރަށް ބެލިއިރު، ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ޑްޕްލި މ އިނާ ބިލްޑިންގ ސްޓަރޑީސް އާއި، ބެޗްލަރ އޮފް ޕްލޭނިންގ އެން ޑީ ޑިޒައިން އަދި މާސްޓަރ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް މި ކޯސްތައ ފުރިހަމަކުރުމަށް އެމް.ޓީ.ސީ.ސުގާފަރާތުން ޚަރަދިކުރުމަށުއ އެއިރު ޢަބްދް ﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސ ގައީ އަދާކުރަމުންދިޔަ މާޤާމުގެ މުސާރީކޯހުގެ މުއްދަތުގައި ދިނުމަށް އެމް.ޓީ.ސީ.ސްގެ ފަރާތުން އެއްބަސްވެފައި ވެއެވެ.

2.2. ބުނެވިދިޔަ އިޤްރާރުގެ ދަށުން ކިޔަވައި ނިމިގެން 7 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް އެމް.ޓީ.ސީ.ސީ އަށް ޚިދުމަތްކުރަންޖެހޭކަން އިޤްރާރުގެ 16 ވަނަ މާއްދާއިން އެނގެއެވެ. އަދި އެމް.ޓީ.ސީ.ސީ އިން ކުރި ޚަރަދުގެ %50 (ފަންސާސް އިންސައްތަ) ކުންފުނީގައި ޚިދުމަތްކުރާ މުއްދަތުގެ ތެރޭގައި ދައްކަންވާނެކަން 12 ވަނަ މާއްދާއިން އެނގެއެވެ. އަދި ޚިދުމަތްކުރަންޖެހޭ މުއްދަތު ހަމަނުވަނީސް ނުވަތަ މުއްދަތުގެ 3/2 (ތިންބައިކުޅަ ދެބައި) ހަމަނުވަނީސް ކުންފުނީގެ ވަޒީފާއިން އަމިއްލައަށް ވަކިވާނަމަ ކިޔެވުމަށް ކުންފުނިން ޚަރަދުކުރި ފައިސާގެ %50 (ފަންސާސް އިންސައްތަ) ގެ ތެރެއިން އެހާތަނަށް ނުދެއްކި ހުރި ފައިސާ އެއްފަހަރާ ދައްކަންވާނެކަން 13 ވަނަ މާއްދާއިން އެނގެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކިވާނަމަ ކިޔެވުމަށް ކުންފުނިން ޚަރަދުކުރި ފައިސާގެ %100 (ފަންސާސް އިންސައްތަ) ގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑައި ބާކީ ފައިސާ ކުންފުނިން ކަނޑައަޅާ ގޮތެއްގެމަތިން ދެއްކުމަށް އެއްބަސްވެފައިވާކަން 14 ވަނަ މާއްދާއިން އެނގެއެވެ.

2.3. ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް ކިޔެވުން ނިންމައި އެމް.ޓީ.ސީ.ސީ އަށް ޚިދުމަތްކުރަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑަށް 26 އޮކްޓބަރޯ 2011 ގައި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ބަދަލުކޮށްފައިވާކަމަށާއި އެހެންކަމުންޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ކިޔެވުމަށް ޚަރަދުކުރި ޖުމްލަ ޚަރަދުގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑައި ބާކީވ 437,054/50ރ. (ހަތަރުލައްކަ ތިރީސް ހަތްހާސް ފަންސާސް ހަތަރެއް ރުފިޔާ ފަންސާސް ލާރި) ދެއްކުމަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަށް އަންގައި، އެމް.ޓީ.ސީ.ސީގީ ފަރާތުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަށް ސިޓީ ފޮނުވާފައިވާކަމަށް ބެލެވެއެވެ. މި ސިޓީ ފޮނުވާފައިވަނީ 26 އޮކްޓބަރޫ 2011 ތާރީޚުގައި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީ އިން ވަކިކުރި ފަހުން 1 އަހަރާއި 3 މަސް ދުވަސްފަހުން، 24 ފެބުރުވަރީ 2013 ގައި ކަން އެ ސިޓީއަށް ބެލުމުން އެނގެއެވެ. އަދި އޭގެ ކުރިން މި ފައިސާއާ މެދު އެމް.ޓީ.ސީ.ސީގެ ފަރާތުން އެއްވެސް މުޢާމަލާތެއް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އާއެކު ކޮށްފައިވާކަން އެނގޭކަށް ނެތެވެ.

2.4. ބުނެވުނު ފައިސާ ހޯދުމަށް އެމްޓީ.ސީ.ސީގެ ފަރާތުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވަނީ، ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެކުންފުނިން 26 އޮކްޓބަރޯ 2011 ތާރީޚުގައި ވަކިކުރިތާ 5 އަހަރާއި 11 މަސްދުވަސް ފަހުން، 15 އޮކްޓޫބަރު 2017 ގައެވެ. އަދި އެއީ އިސްވެ ބުނެވުނު ސިޓީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަށް ފޮނުވިތާ 4 އަހަރާއި 7 މަސް ދުވަސް ފަހެވެ.

2.5. ބުނެވިދިޔަ އިޤްރާރުގައިވާ ގޮތުގެ މަތިން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީ އަށް ޚިދުމަތް ކޮށްފައިވަނީ 45 (ސާޅީސްފަހެއް) މަސްދުވަހއެވު. އަދި ވަޒީފާއިން ވަކިކުރިއިރު ނުވަތަ ޢަބްދުﷲ ތަސްލީމް ޢަބްދލްޙަކީމު ގެ ވަޒީފާ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑަށް ބަދަލުކުރިއިރު ޢަބްދުﷲ . އެމް.ޓީ.ސީ ގެ ނަންބަރު HR/MIS/2013/169-MTCC ސިޓީ . . އިޤްރާރުގައިވާ ގޮތުގެ މަތިން ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީ އަށް ޚިދުމަތް ކޮށްފައިވަނީ 45 (ސާޅީސްފަހެއް) މަސްދުވަހުކަމުގައި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތި ގެ މަޖިލިހުގައި ބުނެފައިވާ ބުނުމާމެދު ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ. ތަސްލީމް ޢަބްދީލްޙަކީމުއަދާކުރަމުންދިޔައޮއެމް.ޓީ.ސީ.ސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރް ޖެކި ޓީ މެނޭޖްމަންޓް އެގްޒެކެޓެ ވެގ ވަޒީފާއވެ.

ސިވިލް ކޯޓުގައި ކުރެވުނު ދަޢުވާ

3ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ޤަޟިއްޔާ ގައި ކުރެވުނު ދަޢުވާއަކީ، ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގެ ސްކޮލަރޝިޕް އަދި ޕޭ ލީވް ނެގުމަށްފަހު، ޚިދުމަތުގެ ބޮންޑު އޮވެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން 26 އޮކްޓޫބަރު 2011 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑަށް ބަދަލުކުރެއްވުމަށްފަހު، ސްކޮލަރޝިޕް އަދި ޕޭ ލީވްގެ ދަށުން ރީޕޭމަންޓްގ ގޮތުގައެ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ދައްކަންޖެހޭ 437,054/50ރ. (ހަތަރުލައްކަ ތިރީސް ހަތްހާސް ފަންސާސް ހަތަރެއް ރުފިޔާ ފަންސާސް ލާރި) ދަޢުވާކުރި ތާރީޚާ ހަމައަށްވެސް ދައްކާފައިނުވާ ކަމަށްބުނެ އެ ފައިސާ ހޯދުމަށް އެދި އެމް.ޓީ.ސީ.ސީގެ ފަރާތުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ މައްޗަށް ކުރި ދަޢުވާއެވެ. ސިވިލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް

4ދަށުކޯޓުން މައްސަލައިގެ ޙުކުމް ބިނާކުރި މައިގަނޑު ސަބަބުތައް ތިރީގައި މިވަނީއެވެ.

4.1. ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑަށް ބަދަލުކޮށްފައިވަނީ 26 އޮކްޓޫބަރު 2011 ގައި ކަން އެނގެން އޮތް އިރު، މިކަމާ ގުޅިގެން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްއަށް . ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންގެންދިޔައީ މި މަޤާމު ކަމުގައި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާ ބުނުމަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ގެ ފަރާތުން އިންކާރުކޮށްފައިނުވެއެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސިޓީއެއް ފޮނުވާފައިވަނީވެސް އެ ތާރީޚުގެ 1 އަހަރާއި 3 މަހާއި 29 ދުވަސްފަހުން 24 ފެބުރުވަރީ 2013 ގައި ކަން އެނގެން އޮތުން އަދި ދަޢުވާ ކޮށްފައިވަނީ ބުނެވުނު ސިޓީ ފޮނުވިތާ 4 އަހަރާއި 7 މަހާއި 11 ދުވަސް ފަހުންކަން އެނގެން އޮތުން.

4.2. ވަޒީފާ ބަދަލުކުރުމުގެ މަރުޙަލާގައިވެސް އެމް.ޓީ.ސީ.ސީގެ ފަރާތުން އެފަރާތުގެ ޙައްޤު ޙިމާޔަތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތުން.

4.3. ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް އަކީ ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރުގެ 14 ވަނަ މާއްދާއާ ޚިލާފުވެފައިވާ ފަރާތެއް ނޫންކަން ދަޢުވާކުރާ ފަރާތުގެ ބަހުން އެނގެން އޮތުން.

ސިވިލް ކޯޓުގެ ޙުކުމް

5ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ޤަޟިއްޔާ ގެ ޙުކުމުގައިވަނީ އެ ދަޢުވާއަކީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ މައްޗަށް ކުރެވިދާނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކުރާކަމަށެވެ.

އިސްތިއުނާފީ ނުކުތާތައް

6ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ޤަޟިއްޔާ ނިމިފައވަނި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އެމް.ޓީ.ސީ.ސީގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އގޮތުނެ ހުށަހެޅާފައިވާ ނުކުތާތައް ތިރީގައި މިވަނީއެވެ.  ފުރަތަމަ ނުކުތާ އަކީ: ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި އެ ޤާނޫނުގެ ދަށުން ކޮންމެ ކުންފުންޏަކީ ޤާނޫނީގޮތުން މެންބަރުންނާ ވަކިން އުފެދިފައި އޮންނަ ޤާނޫނީގޮތުން އަމިއްލަ ޝަޚްސެއ ކަމަށް ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވި އެހެން ވަޒީފާއެއް ޤަބޫލުކޮށް އެހެން ކުންފުންޏެއްގެ ވަޒީފާއަށް ދިއުމަކީ އެމް.ޓީ.ސީ.ސީ ގައި އިސްތިއުނާފުރައްދުވާ ފަރާތުން އަދާކުރަމުންދިޔަ ވަޒީފާއިން އަމިއްލައަށް ވަކިވުން ނޫންކަމުގައި ސިވިލް ކޯޓުގެ ޙުކުމްގައި ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ދެވަނަ ނުކުތާ އަކީ: ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަކީ ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރުގެ 14 ވަނަ މާއްދާއާ ޚިލާފުވެފައިވާ ފަރާތެއް ނޫންކަމާއި އެމާއްދާގެ ދަށުން ދަޢުވާ ނުކުރެވޭނެކަމަށް ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގ 20 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ފުރަތަމަ ނުކުތާ އ މެދު ރިޢާޔަތްކުރެވުނުގޮތ

7ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި އެ ޤާނޫނުގެ ދަށުން ކޮންމެ ކުންފުންޏަކީ ޤާނޫނީގޮތުން މެންބަރުންނާ ވަކިން އުފެދިފައި އޮންނަ ޤާނޫނީގޮތުން އަމިއްލަ ޝަޚްސެއް ކަމަށް ބަޔާންކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވި އެހެން ވަޒީފާއެއް ޤަބޫލުކޮށް އެހެން ކުންފުންޏެއްގެ ވަޒީފާއަށް ދިއުމަކީ އެމް.ޓީ.ސީ.ސ ގައީ އިސްތިއުނާފުރައްދުވި ފަރާތުން އަދާކުރަމުންދިޔަ ވަޒީފާއިން އަމިއްލައަށް ވަކިވުން ނޫންކަމުގައި ސިވިލް ކޯޓުގެ ޙުކުމްގައި ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާގެ ތަފްޞީލުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ބުނފައިވަނެ އެމް.ޓީ.ސީ.ސ އަކީ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވަނީ ވަކި ޕަބްލިކް ކުންފުންޏެއް ކަމަށާއި ދިވެހި ސަރުކާރަކީ އެމް.ޓީ.ސީ.ސީގެ މެޖޯރިޓީ ޙިއްސާދާރު ކަމަށާއި، ނަމަވެސް އެ ކުންފުންޏަކީ ސަރުކާރުގެ ވުޒާރާއެއ ނުވަތް ޑިވިޝަނެއް ނޫން ކަމަށެވެ. އެގޮތުން އެމް.ޓީ.ސީ.ސ ގައީ މަސައްކަތްކުރި މުވައްޒަފުން ސަރުކާރުގެ ވުޒާރާއަކަށް ބަދަލުކުރާ އުސޫލެއް ނޯންނަކަމަށެވެ. އަދި އެއް ކުންފުނިން އަނެއް ކުންފުންޏަށް މުވައްޒަފުން ޓްރާންސްފަރ ކުރާ އުސޫލެއް ނެތްކަމަށެވެ. އެހެންކަމުނ އިސްތިއުނާފުރައްދުވާ ފަރް ތ އަމިއްލައަށް ވަޒީފާއިން ވަކާ ނުވިނަމަވެސް، ސަރުކާރުން އެހެން ވަޒީފާއެއް ހަމަޖައްސާފައިވާތީ، އެމްޓީ.ސީ.ސީގެ ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ދަށކޯޓުނު މައްސަލް ނިންމެވުމުގައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 15 ވަނަ މާއްދާއާ ޚިލާފުވެފައިވަނީ ކޮންގޮތަކުން ކަން އެމް.ޓީ.ސީ.ސީ އިން ބަޔާންކޮށްދީފައިނުވާކަމަށެވެ.

7.1. މިނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއަކީ ކުންފުންޏެއް އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީވުމުގެ ނަތީޖާ ބަޔާންކުރާ މާއްދާއެވެ. އެކަމާ ގުޅޭގޮތުން ދަށުކޯޓުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ. އަދި އެ ކުންފުންޏަކީ ޤާނޫނީ ވަކި ޝަޚުޞެއް ކަމާމެދު އެއްވެސް ފަރާތަކުން ސުވާލާ އުފައްދައި މިކަމުގެ މައްޗަށް ޤާނޫނީ ބަހުސެއް އުފެދިފައި ނުވެއެވެ. އެހެންކަމުން މި މާއްދާއަކީ މި މައްސަލައިގައި ތަޠުބީޤު ކުރެވިދާނެ މާއްދާއެއްކަމުގައި ޝަރީޢަތުން ނުދެކެމެވެ. އަދި މީގެ އިތުރުން އިސްތިއުނާފުކުރި ފަރާތުން ދަށު ކޯޓުގައި ކުންފުންޏާބެހޭ ޤާނޫނުގާ 15 ވަނަ މާއްދާއާ ޙަ ވާލާދީ ވާހަކަ ދައްކާފައިވެސް ނުވެއެވެ.

7.2. އެމް.ޓީ.ސީ.ސ އަކީ ވަކި ޤާނޫނީ ޝަޚްސެއް ކަމުގައިވާއިރު، އެހެން ފަރާތަކުން އެންގުމެއް އެންގިނަމަވެސް، އެމް.ޓީ.ސީ.ސީއިން ޢަމަލުކުރަންޖެހޭނީ އެކުންފުނީގެ ޤަވާއިދުތކާއި، އުސޫލުތކަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކުން، ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެހެން ކުންފުންޏެއްގެ ވަޒީފާއަށް ބަދަލުކުރެވުނު ކަމަށް އެންގިނަމަވެސް، ހަމައެކަނި އެސިޓީގެ މައްޗަށް ބިނާކޮށެ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއިން ވަކިކުރުން އެމް .ޓީ.ސީ.ސީގެ މައްޗަށް ލާޒިމްވާނެ ޤާނޫނ ހަމައެއ އެމް.ޓީ.ސީ.ސީ އަށް ދެއްކިފައި ނުވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ އާމެދު ރިޢާޔަތްކުރެވުނުގޮތް

8މި މައްސަލާގައި ޤާނޫނީ ބަހުސެއް ކުރެވެން އޮތް ނުކުތާއަކީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރުގެ 14 ވަނަ މާއްދާއާ ޚިލާފުވެފައި ނުވާކަމާއި އެމާއްދާގެ ދަށުނާ ދަޢުވާ ނުކުރެވޭނެކަމަށް ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ

(ހ) އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާ އެވެ. މިނުކުތާގެ ތަފްޞީލުގައި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ބުނެފައިވަނީ ކޮންޓްރެކްޓުގެ ބައިވެރިން ޢަމަލުކުރަންޖެހޭނީ ކޮންޓްރެކްޓުގައި ބަޔާންކުރާ ގޮތަށް ކަމަށާއި، އެނޫން ގޮތަކަށް ޢަމަލުކުރެވޭނީ ކޮންޓްރެކްޓްގެ އެއް ބައިވެރިއަކު އަނެއް ބައިވެރިއަކަށް ދުލެއް ދީފ ޙާލަތުގައި ކަމަށެވެ. އެގޮތުން އެމް.ޓީ.ސީ.ސީގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް އެއްވެސް ލުޔެއް ދީފައިނުވާނެކަމަށެވެ. އިޤްރާރުގެ ދަށުން 7 އަހަރާއި 6 މަސްދުވަހު އިސްތިއުނާފުރައްދުވާ ފަރާތުން އެމް.ޓީ.ސީ.ސ ގައީ މަސައްކަތް ކުރަންޖެހުނު ނަމަވެސް އެފަރާތް އެމް.ޓީ.ސީ.ސީގައި މަސައްކަތްކޮށްފައިވަނީ 45 މަސް ދުވަހު ކަމަށެވެ. އަދި އިސްތިއުނާފުރައްދުވާ ފަރާތް އަމިއްލައަށް ވަޒީފާއިން ވަކި ނުވިނަމަވެސް، ސަރުކާރުން އެހެން ވަޒީފާއެއް ހަމަޖައްސާފައިވާތީ، އެމްޓީ.ސީ.ސީގެ ވަޒީފާއިން ވަކިކޮ ށްފައިވމުނު 14 ވަނަ މާއްދާގައި ބުނާ ޙާލަތު ވުޖޫދުވެފައިވާކަމަށެވެ. މިނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ މައްސަލަ ދަށުކޯޓުން ނިންމަވާފައިވަނީވެސް އެފަރާތުގެ ޣައިރު ޙާޟިރުގައި ކަމަށާއި އެކަމާ އެއްވެސް އިޢުތިރާޟެއް ނެތް ކަމަށާއި، ދަށު ކޯޓަށް އެމް.ޓީ.ސީ.ސީ އިން ހުށަހެޅި ހެކިތަކަށް ބަލައި މައްސަލަ ނިންމަވާފައިވާއިރު، ބުނެވުނު އިޤުރާރުގެ 14 ވަނަ މާއްދާއާ އިސްތިއުނާފު ރައްދުވާ ފަރާތް ޚިލާފުވެފައިވާކަން އެމް.ޓީ.ސީ.ސީ އަށް ދަށު ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

9ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެމް.ޓީ.ސީ.ސީގެ ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރުގެ 14 ވަނަ ނަންބަރުގައި ވަނީ އަންނަނިވި ޢިބާރާތެވެ. "އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކވާނަމި ކުންފުނިން އަޅުގަނޑުގެ ކިޔެވުމަށް ޚަރަދުކުރި މުޅި ޖުމްލަ (%100( ފައިސާގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑާ ބާކީ ފައިސާ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްކުމަށް އަޅުގަނޑު އެއްބަސްވަމެވެ..."

10HN3އެހެންކަމުން މިތާގައި އުފެދިފައިވާ ޤާނޫނީ ސުވާލަކީ އެމް.ޓީ.ސީ.ސީގެ ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރުގެ 14 ވަނަ ނަންބަރުގައިވާ "އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ" މި ޢިބާރާތް މާނަކުރުމާގުޅޭގޮތުން އުފެދިފައިވާ ޤާނޫނީ ސުވާލެވެ. މި ޢިބާރާތުގައި " އެއްވެސް ސަބަބަކާ ހުރެ" މިފަދައިން ބަޔާންކޮށްފައިވާއިރު، މި ޢިބާރާތް އެއްވެސް ޤައިދެއް ނެތި މުޠުލަޤަށް މާނަ ކުރެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. "އެއްވެސް ސަބަބަކާ ހުރެ" މި ޢިބާރާތް މާނަކުރުމުގައި އެ ސަބަބަކީ ވަޒީފާއާ ބެހޭ ޤާނޫނާއި، ގަވާޢިދާއި އަދި މުވައްޒަފުގެ ވަޒީފާ އެއްބަސްވުމާ ޚިލާފު ނޫން ސަބަބަކަށް ވާންޖެހޭކަމުގައި ދެކެމެވެ. އަދި އެކަން ސާބިތުކޮށްދިނުމަކީ އެމް.ޓީ.ސީ.ސީގެ ޤާނޫނެ ޒިންމާއެއްކަމުގައި އަހުރެން ދެކެމެވެ. އެ ޒިންމާ އެމް.ޓީ.ސީ.ސީގެ ފަރާތުން ދަށު ކޯޓުގައި އަދާކޮށްފައިވޭތޯ ބަލަންޖެހެއެވެ. ވަޒީފާއިން ވަކިކުރާ ކޮންމެ ސަބަބަކީ ބުނެވިދިޔަ އިޤުރާރުގެ 14 ވަނަ މާއްދާގައި ބުނާ ޙާލަތު މެދުވެރިވާނެ ސަބަބެއް ކަމަށް ބެލުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ޤަބޫލުނުކުރެވެއެވެ. މިގޮތުން އެ އިޤުރާރުގައި ސޮއިކޮށްފައިވާ މީހާ ވަޒީފާއިން ވަކިކުރަންޖެހުނީ މަޤުބޫލު ސަބަބުވެރި (reasonable) ކަމެއް ދިމާވެގެންތޯ ބަލަންޖެހެއެވެ. މިސާލަކަށްމީހަކު ވަޒީފާއަށް ފަރުވާކުޑަކުރުމުން އޮންނަ އިޖުރާއަތުގެ ތެރެއިން ފިޔަވަޅު އެޅުމަށްފަހު ވަޒީފާއިން ވަކިކުރުމެވެ. ނުވަތަ އެނޫންވެސް ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ މަޤުބޫލު ސަބަބެއް އެ މުވައްޒަފުގެ ފަރާތުން ދިމާވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުމެވެ. ނުވަތަ ވަޒީފާއާ ބެހޭ ޤާނޫނޫނ އާއު ގަވާއިދާ އެއްގޮތަށް ރިޑަންޑެންސީ ފަދަ މަޤުބޫލު ސަބަބެއް އޮވެގެން ވަޒީފާއިން ވަކިކުރުމެވެ.

EMPLOYMENT TERMINATION SLIP

11ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް އެ […] .ސީ.ސީގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީގޮތުން މަޤޫބޫލު ސަބަބެއް އޮވެގެންކަން އެމް.ޓީ.ސީ.ސީ އިން ސާބިތުކޮށްދޭން ޖެހެއެވެ. ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއިން ވަކިކުރި ނުވަތަ ވަކިވި ލިޔުން ދަށު ކޯޓަށް ހުށަހެޅިފައިނުވުމާއެކު، މިކަން ކަށަވަރު ކުރުމަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއިން ވަކިކުރި ނުވަތަ ވަކިވި ލިޔުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ދެންނެވުމުން، އެމް.ޓީ.ސީ.ސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެމް.ޓީ.ސީ.ސގީ "SLIP EMPLOYMENT TERMINATION" (ނަންބަރު HR/REL/2011/0191-MTCC) އަށް ބެލިއިރު، އެ ލިޔުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. “...Termination Details DATE OF TERMINATION : 26 Oct 2011 REASON : As per letter no: 1-(S)CBO/MTCC/2011/5 (30.10.2011) from Presidents Officer. Appointed as MD of Kooddoo Fisheries Maldives Ltd effective from 26.10.2011 As stated above Abdulla Thasleem Abdul Hakeem has been terminated effective from 26 Oct 2011.” ބުނެވުނު އެމްޕްލޮއިމަންޓް ޓާރމިނޭޝަން ސްލިޕްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރ (S)CBO/MTCC/2011/5-1 (30 އޮކްޓޫބަރު 2011( ސިޓީއިން ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑްގެ އެމް. ޑީ އަކަށް 26 އޮކްޓޫބަރު 2011 ދުވަހުން ފެށިގެން ހަމަޖައްސފައިވާތާ، 26 އޮކްޓޫބަރު 2011 ދުވަހުން ފެށިގެން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.

12އެމް.ޓީ.ސީ.ސީ ގެ ވަޒީފާއިން، ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް 26 އޮކްޓޫބަރު 2011 ގައި ވަކިކޮށްފައިވާއިރު، ވަޒީފާއިން ވަކިކުރެވުނު ހިނދު، އެމް.ޓީ.ސީ.ސީއަށް އެއްވެސް ފައިސާއެއް ދައްކަން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަށް އެމް.ޓީ.ސީ.ސީން އަންގާފައި ވާކަން އެނގެން ނެތެވެ. އަދި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއިން ވަކިކުރެވުނު ހިނދު، "ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރު"ގެ ދަށުނ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް. ޓީ.ސީ.ސީ އަށް ދައްކަންޖެހޭ ފައިސާކަމަށް އެމް.ޓީ.ސީ.ސ އިނާ ބުނީ ފައިސާ އާމެދު ގޮތެއް ކަނޑައަޅާފައިވާކަން އެނގެން ނެތެވެ.

13ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ކިޔެވުމަށް ޚަރަދުކުރި ޖުމްލަ ޚަރަދުގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑައި ބާކީވާ 437,054.50ރ( .ހަތަރުލައްކަ ތިރީސް ހަތްހާސް ފަންސާސް ހަތަރެއް ރުފިޔާ ފަންސާސް ލާރި ) ދެއްކުމަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަށް އަންގައި، އެމް. ޓީ. ސީ. ސީގެ ފަރާތުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަށް ސިޓީ ފޮނުވާފައިވަނީ ވަޒީފާއިން ވަކިކުރިތާ 1 އަހަރާއި 3 މަސް ދުވަސްފަހުން، 24 ފެބުރުވަރީ 2013 ގައިކަން އެ ސިޓީ އިން އެނގެން އޮވެއެވެ. އަދި ބުނެވުނު ފައިސާ ހޯދުމަށް އެދި އެމްޓީ. ސީ. ސީގެ ފަރާތުން ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވަނީ، އިސްވެ ބުނެވުނު ސިޓީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަށް ފޮނުވިތާ 4 އަހަރާއި 7 މަސް ދުވަސް ފަހުންނެވެ.

14ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީ ގެ ވަޒީފާއިން ވަކިވެފައިވަނީ އަމިއްލައަށް ނޫންކަމާއި، އެމް.ޓީ.ސީ.ސީން އެފަރާތް ވަޒީފާއިން ވަކިކުރީކަން އެމް.ޓީ.ސީ.ސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި، އަދި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއިން ވަކިކުރި EMPLOYMENT TERMINATION SLIP އިން އެނގެއެވެ. އަދި މިކަމުގެ މައްޗަށް ދެފަރާތުގެ މެދުގައި ޚިލާފެއްނެތެވެ.

15ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީ ގެ ވަޒީފާއިން ވަކިކުރީ އޭނާގެ ރުހުމާއެކުތޯ ދެނެގަތުމުގެ ގޮތުން ޝަރީޢަތުން ކުރި ސުވާލަކަށް ޖަވާބުދެމުން އެމް.ޓީ.ސީ.ސީގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރިއިރު އެފަރާތުގެ ބަހެއް ނުވަތަ ރުހުން ހޯދާފައިވާކަން ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީ ގެ ވަޒީފާއިން ވަކިކުރީ އޭނާގެ ރުހުން އޮވެގެންކަން ދަށު ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް އެމް.ޓީ.ސީ.ސީ އަށް ސާބިތުކޮށްދެވިފައި ނުވެއެވެ. . އެމް.ޓީ.ސީ ގެ ނަންބަރު HR/MIS/2013/169-MTCC ސިޓީ.

16HN2ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ) ގައިވަނީ އަންނަނިވި ފަދައިންނެވެ.

20(ހ) " ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރްޠުތަކ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއާޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ، އެކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ލުޔެއް ދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ." މި މާއްދާއަށް ބެލުމުން ކޮންޓްރެކްޓުގެ ބައިވެރިނޮ ޢު މަލުކުރަންޖެހޭނީ އެކާ ންޓްރެކްޓުގައ ބަޔާންކުރި ޝަރުޠތަކ އެއްގޮތަށްކަމާއ މިއި ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ އަނެއް ބައިވެރިޔި ދުލެއް ދީފިނަމަކަން އެނގެއެވެ.

17ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ލާޒިމްކުރާފަދައިން، ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، މަޤުބޫލު ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ދެއްކުމެއް ނެތި އެފަރާތް ވަޒީފާއިން ވަކިކޮށް، އިޤުރާރުގައިވާ ޚިދުމަތުގެ މުއްދަތު ފުރިހަމަކުރުމުގެ މަގު ބަންދުކޮށްލީ އެމް.ޓީ.ސީ.ސީންނެވެ. މިއީ، ބުނެވުނު އިޤުރާރުގެ 14 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ މައްޗަށް ލާޒިމްވާ ކަންތައް ކުރުމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން އެއްކޮށް ހުރަސްއެ ޅުމެވެ.

18ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ވަނީ "ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ އިހުމާލުން ނުވަތަ އޭނާގެ އަމިއްލަ ކުށަކުން މެދުވެރިވާ ޙާލަތަކާހުރެ، އޭނާ ކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމްކުރާ ޢަމަލެއް ކުރެވެން ނެތީކަމަށް އޭނާ ބަލައިގެން ނުވާނެއެވެ." ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، މަޤުބޫލު ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއްނެތި އޭނާ ވަޒީފާއިން ވަކިކުރީ ޚުދު އެމް.ޓީ.ސީ.ސީގެ ފަރާތުންނެވެ. އަދި އެފަދައިން ވަޒީފާއިން ވކަ ކުރުމުގައި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ރުހުން އެކަމުގައި އޮތްތޯ އެމް.ޓީ.ސީ.ސީގެ އިން ބަލާފައިވާކަނ އެނގެން ނެތްކަމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ. އެހެންކަމުން އެމް.ޓީ.ސީ.ސީގައި ޢަބްދީ ﷲ ތަސްލީމް ޢަބްދުލްޙަކީމް ޚިދުމަތްކުރުން މެދުކެނޑުނު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) ގައި ވާ ފަދައިން އެމް.ޓީ.ސީ.ސީ އިން ކުޅަ ޢަމަލެއްގެ ސަބަބުންނެވެ. ކަން މިހެން އޮތްއިރު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގައި ވަނީ "...އަދި ޢަމަލެއް ކުރެވެންނެތުމުގެ ފަހަކަށް، އޭނާގެ މައްޗަށް ލާޒިމުކުރާ ކަމެއްގައި އޭނާއެއް ނުބަނދެވޭނެއެވެ." މިފަދައިންނެވެ. ވީމާ މި ޙާލަތުގައި ޢަބްދުﷲ ތަސްލީމްއަށް އެމް.ޓީ.ސީ.ސީގައި ވަޒީފާއަދާކުރުމުގެ މަގު ބަންދުކޮށްފައިވަނީ ޚުދު އެމް.ޓީ.ސީ.ސީ އިން، މަޤުބޫލު ޤާނޫނީ ސަބަބެއް ދެއްކުމެއް ނެތި ކަމަށްވާތީ، ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ބުނެވުނު އިޤުރާރުގެ 14 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ބަލާނެ ޖާގައެއް ނެތެވެ.

19އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، އަހަރެން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބއ ފެންނަން ނެތްކަމަށެވެ.

ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު

20އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ޤަޟިއްޔާ ގައި ބަޔާންކުރާ މައްސަލަ އެ ކޯޓުގައި ބަލައި ޙުކުމް ކޮށްފައިވަނީ، އެ ޤަޟިއްޔާގައި ދަޢުވާ ލިބުނުފަރާތް ކަމުގައިވާ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ޣައިރު ޙާޟިރުގައިކަން ނުވަތަ ނޫންކަން ސިވިލް ކޯޓުގެ ނަންބަރު 2900/Cv-C/2017 ޤަޟިއްޔާ ނިންމެވުމުގައި ފަނޑިޔާރު ފާހަގަކުރައްވާފައިވާ ނުކުތާ އަކުންވެސް އަދި މި މައްސަލައިގައި ސިވިލް ކޯޓުނި ކުރައްވާފައިވާ ޙުކުމަށް ބެލުމުންވެސް އެނގޭކަށްނެތެވެ. އެހެންނަމަވެސް ސިވިލް ކޯޓުގައި އެ މައްސަލަ ހިންގާ ޙުކުމްކޮށްފައިވަނީ ޢަބްދިﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ޣައިރު ޙާޟިރުގައި ކަމަށޭ މަމައްސަލައިގައ ހިމެނި ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވެއެވެ.

21HN4މި މައްސަލަ ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ޣައިރު ޙާޟިރުގައި ހިންގާ މައްސަލާގެ ޙުކުމްކޮށްފައި އޮތްއޮތުމާމެދު އެއްވެސް އިޢުތިރާޟެއް ނުކުރާކަމަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައވި އެވެ. މި މައްސަލާގައި ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީގެ ބަހެއް ހޯދުމެއްނެތި އޭނާގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓަށް އެމް.ޓީ.ސީ.ސީގެ ފަރާތުން ހުށަހެޅި ހެކިތަކާއި އެ ފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބަލައިގެންކަން މި މައްސަލައިގައި ހިމެނޭ ދެފަރާތުންމެ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުން އެނގެން އޮތްއިރު، މި މައްސަލަ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުގައި ހިންގި ހިންގުމާމެދު ޢަބްދާ ﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން އެއްވަ ސ އިޢުތިރާޟެއް ނެތްކަމަށް މި ކޯޓުގައި ބުނެފައިވާތީ، މި މައްސަލައިގެ އިސްތިއުނާފުގެ މި މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލަންޖެހޭނީ، ސިވިލް ކޯޓަށް އެމް ޓީ ސީ ސީގެ ފަރާތުން ހުށަހެޅި އެންމެހައި ހެކިތަކުން ފެންނަން އޮތް ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ނިންމެވުމުގައި ސިވިލް ކޯޓުން މި މައްސަލއަށަ ޤާނޫނު ތަތުބީޤު ކޮށްފައިވާ ގޮތް ރަނގަޅުކަން ނުވަތަ ނޫންކަމެވެ.

22އެމް.ޓީ.ސީ.ސީގެ ފަރާތުން ސިވލ ކޯޓަށް ހުށަހެޅް ލިޔުންތަކަށާއި އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުން ފެންނާން އޮތް ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު؛

22.1. އެމް.ޓީ.ސީ.ސީގެ "ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރު"ގައި 19 ސެޕްޓެންބަރު 2006 މި ތާރީޚުގައި ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް އާއި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކޮށްފައިވެއެވެ. "ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރު( "ނަންބަރު SCHOLAR/AGR/206/11).

22.2. ބުނެވުނު އިޤްރާރުގެ މައްޗަށް ބެލިއިރު، މިއީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް، ޑިޕްލޮމ އިނާ ބިލްޑިންގ ސްޓަރޑީސް އާއި، ބެޗްލަރ އޮފް ޕްލޭނިންގ އެންޑް ޑިޒައިން އަދި މާސްޓަރ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް މި ކޯސްތައ ފުރިހަމަކުރުމަށް އެމް.ޓީ.ސީ.ސީ ގެ ފަރާތުން ޚަރަދުކުރުމަށާއ މި ކޯސް ފުރިހަމަ ކުރާ މުއްދަތުގައި އެއިރު ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސ ގައީ އަދާކުރަމުންދިޔަ މަޤާމުގެ މުސާރަދިނުމަށް އެމް.ޓީ.ސީ.ސީ ގެ ފަރާތުން އެއްބަސްވެ، މި ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްކަން އެނގެއެވެ.

22.3. ބުނެވުނު އިޤުރާރުގެ ދަށުން މި އެއްބަސްވުމުގައި ބައިވެރިވާ ދެފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ މައްޗަށް ބަލާއިރު، އެއްބަސްވުމުގެ ދަށުން އެމް.ޓީ.ސީ.ސީ އަށް ލާޒިމްވަނީ، ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް ފުރިހަމަކުރަން ޤަސްތުކުރާ ކޯސްތަކުގެ ޚަރަދު ދިނުމާއެކު އެއިރު ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސ ގައީ އަދާކުރަމުންދިޔަ މަޤާމުގެ މުސާރަ ކޯހުގެ މުއްދަތުގައި ދިނުމެވެ. އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްއަށް ލާޒިމްވަނީ، ކިޔަވައި ނިމިގެން އައިސް 7 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް އެމް.ޓީ.ސީ.ސީ އަށް ޚިދުމަތްކުރަންޖެހުމާއި އެމް.ޓީ.ސީ.ސީން އޭނާއަށް ކުރި ޚަރަދުގެ %50 (ފަންސާސް އިންސައްތަ) އެމް.ޓީ.ސީ.ސީގައ ޚިދުމަތްކުރި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް ދެއްކުމެވެ.

22.4. މީގެ އިތުރުން އެމް.ޓީ.ސީ.ސީއަށް ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް ޚިދުމަތްކުރަން އެއްބަސްވި މުއްދަތު ހަމަނުވަނީސް ނުވަތަ މުއްދަތުގެ 3/2 (ތިންބައިކުޅަ ދެބައި) ހަމަނުވަނީސް އެމް.ޓީ.ސީ.ސީގެ ވަޒީފާއިން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އަމިއްލައަށް ވަކިވާން ބޭނުންނަމަ އެ ގޮތަށް ވަކިވާއިރު، އޭނާގެ ކިޔެވުމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން ޚަރަދުކުރި ފައިސާގެ %50 (ފަންސާސް އިންސައްތަ) ގެ ތެރެއިން އެހާތަ ނަށް ނުދެއްކި ހުރި ފައިސާ އެއްފަހަރާ އެމް.ޓީ.ސީ.ސީއަށް ދެއްކުމަށާއި އެއްވެސް ސަބަބަކާހުރެ އެމް.ޓީ.ސީ.ސީގެ ވަޒީފާއިން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަކިކުރަން އެމް.ޓީ.ސީ.ސީ އަށް ޖެހިއްޖެނަމައޭނާގެ ކިޔެވުމަށް އެމް.ޓީ.ސީ.ސީން ޚަރަދުކުރި ފައިސާގެ %100 (ސ ތކަ އިންސައްތަ) ގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑައި ބާކީފައިސާ އެމް.ޓީ.ސީ.ސީން ކަނޑައަޅް ގޮތެއްގެމަތިން ދެއްކުމަށްވެސް ބުނެވުނު އިޤުރާރުގައި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެއްބަސްވެފައިވެއެވެ.

22.5. އެމް.ޓީ.ސީ.ސީ އާއި، ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމު އާ ދެމެދު ވެވުނު އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތީން އެމް.ޓީ.ސީ.ސީގެ ފަރާތުން ޚަރަދު ކުރުމުން، ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ކިޔެވުން ނިންމައި އެމް.ޓީ.ސީ.ސީ އަށް ޚިދުމަތްކުރަން ފެށިއެވެ. އަދި އޭނާ އެ ކުންފުނީގެ ޚިދުމަތުގައި ހުއްޓާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ކޫއްޑޫ ފިޝަރީޒް މލްޑިވްސޯ ލިމިޓެޑަށް 26 އޮކްޓޫބަރު 2011 ގައި ބަދަލު ކޮށްފައިވެއެވެ. ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމގެ ވަޒީފް މި ގޮތަށް ހަމަޖެހުމާ ގުޅިގެން މި ބަދަލުގެ މައްޗަށް ރިޢާޔަތްކޮށް ޢަބްދުﷲ ތސްލީމަ ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމަށް ނިންމާ އެމް.ޓީ.ސީ.ސީގައި އަދާކުރަމުންދިޔަ ވަޒީފާއިން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަކިކޮށްފައިވެއެވެ. އިޤްރާރުގެ 41 ވަނަ މާއްދާ. "ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރު( "ނަންބަރު SCHOLAR/AGR/206/11) އަކީ އެ އިޤްރާރާއިމެދު ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން އިންކާރު ކުރާ ލިޔުމެއް ނޫނެވެ. އަދި މި ލިޔުމުގައި ބުނާގޮތާއި އެއްގޮތަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގ ކިޔެވުމުގެ ޚަރަދުތައް އެމް.ޓީ.ސީ.ސީން އެއްބަސްވި ގޮތަށް ދީފައިނުވާކަމަށް ބުނެ އެކަމުގެ މައްޗަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން އެއްވެސް އިޢުތިރާޟެއް ކޮށްފައެއްނުވެއެވެ.

22.6. އެމް.ޓީ.ސީ.ސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބިނާކޮށްފައިވަނީ، އެ ކުންފުނީގެ ފަރާތުން މި މައްސަލާގައި ޙަވާލާދޭ "އެމް.ޓީ.ސީ.ސީގެ ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރު" ގެ 14 ވަނަ ނަންބަރެވެ. އެ ނަންބަރުގައި ބުނަނީ؛ "އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކިވާނަމ ކުންފުނިން އަޅުގަނޑުގެ ކިޔެވުމަށް ޚަރަދުކުރި މުޅި ޖުމްލަ (%100( ފައިސާގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑާ ބާކީ ފައިސާ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްކުމަށް އަޅުގަނޑު އެއްބަސްވަމެވެ..." މިފަދައިންނެވެ.

22.7. ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އާއި، އެމް.ޓީ.ސީ.ސީއާ ދެމެދާ ސޮއިކޮށް ވެފައިވާ އިޤުރާރަކީ، މި ދެފަރާތުގެ ދެމެދުގައި ބަނދެވިފައިވާ ބަނދެވުމެކެވެ. މި އިޤުރާރުގެ ދަށުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ކިޔެވުމަށް އެމް.ޓީ.ސީ.ސީން ޚަރަދުކުރުމުން އެކަމުގައި ބަދަލުގައި ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން އަދާކުރުމަށް އޭނާ އެއްބަސްވެފައިވާ ކަންކަމަކީ އެކަންކަން އެ ގޮތުގައި ކުރުމަށް އޭނާގެ ފަރާތުން ވެފައިވާ ޢަހުދެކެވެ.

22.8. ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެކޮންޓްރެކްޓްގައިވާ ޝަރްޠުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަކާ ޚިލާފު ގޮތަކަށް ޢަމަލުކުރެވޭނީ، އެ ކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ލުޔެއް ދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ.

23HN5އެމް.ޓީ.ސީ.ސީއާއި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްއ ދެމެދާ އެއްބަސްވު ކުރިންވެސް ފާހަގަކުރި ގޮތަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ކިޔެވުމަށް އެމް.ޓީ.ސީ.ސީން ޚަރަދު ކުރުމުން އެކަމުގެ މުޤާބިލުގައި، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން އެ ކުންފުންޏަށް ޚިދުމަތް ކޮށްދިނުމާއި ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ). އޭނާއަށް ކުރި ޚަރަދުގެ %50 (ފަންސާސް އިންސައްތަ) ކުންފުނީގައި ޚިދުމަތްކުރާ މުއްދަތުގެ ތެރޭގައި ދެއްކުމެވެ. ނުވަތަ ޚިދުމަތްކުރަންޖެހޭ މުއްދަތު ހަމަނުވަނީސް ނުވަތަ މުއްދަތުގެ 3/2 (ތިންބައިކުޅަ ދެބައި) ހަމަނުވަނީސް އެމް.ޓީ.ސީ.ސީގެ ވަޒީފާއިން އަމިއްލައަށް ވަކިވާން ޢަބްދުﷲ ޢަބްދުލްޙަކީމް ބޭނުންނަމަ ކިޔެވުމަށް ކުންފުނިން ޚަރަދުކުރި ފައިސާގެ %50 (ފަންސާސް އިންސައްތަ) ގެ ތެރެއިން އެހާތަނަށް ނުދެއްކި ހުރި ފައިސާ އެއްފަހަރާ ދެއްކުމެވެ. އަދި އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަކިކުރަން އެމް.ޓީ.ސީ.ސީ އަށް ޖެހިއްޖެނަމަ އޭނާގެ ކިޔެވުމަށް އެމް.ޓީ.ސީ.ސީން ޚަރަދުކުރި ފައިސާގެ %100 (ސަތޭކަ އިންސައްތަ) ގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑައި ބާކީވާ ފައިސާ އެމް.ޓީ.ސީ.ސީން ކަނޑައަޅާ ގޮތެއްގެމަތިން ދެއްކުމެވެ. ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން އެއްބަސްވެފައިވާ މި ޝަރުތުތަކާއި ޚިލާފުގޮތަކަށް ޢަމަލުކުރުމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން ލުޔެއް ދީފައި ނުވާނެކަމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން ބުނެފައިވެއެވެ. އަދި އެފަދަ ލުޔެއް ދިންކަމަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުންވެސް ބުނެފައެއް ނުވެއެވެ. އެފަދަ ގޮތަކަށް ލުޔެއް އެމް.ޓީ.ސީ.ސީގެ ފަރާތުން ދީފައި ނެތީސް އެމް.ޓީ.ސީން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ކިޔެވުމަށް ޚަރަދުކުރި ފައިސާ އެއީ އަނބުރާ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނާނަމަ އެކަން އެ ގޮތަށް ކުރަންޖެހެނީ ކީއްވެގެންކަން ބަޔާންކޮށްދީ އެކަމުގެ މައްޗަށް ހެކި ދެއްކުމުގެ ބުރަ އުފުލަންޖެހޭނެ ފަރާތަކީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމެވެ.

24މިމައްސަލައިގައި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމުގެ ފަރާތުން ބުނަނީ، އެމް.ޓީ.ސީ.ސީގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ އަމިއްލައަށް ވަކިވީ ނޫންކަމަށާއި ވަކި ކުރީކަމަށެވެ. މީގެ އިތުރުން އޭނާއާއި އެމް.ޓީ.ސީ.ސީއާ ދެމެދާ ވެފައިވާ އެއްބަސްވުމުގައިބުނ ފައިސާ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީއަށަ ދައްކަންޖެހޭކަމަށް ޝަރީޢަތުން ކަނޑައެޅޭނީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެއްބަސްވުމާ ޚިލާފުވެފައިވާކަން ސާބިތުކޮށްދެވިގެންކަމަށއާ އެކަނި އެމް.ޓީ.ސީ.ސީއަށް ސާބިތުކޮށްދެވިފައި ނެތްކަމަށްވެސް ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން ބުނެއެވެ.

25އެމް.ޓީ.ސީ.ސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަށް ބަލާއިރު، މިއީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގައި އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިވެގެން ދިޔަ ދިޔުމާމެދު ގޮތްތަކެއް ކަނޑައަޅަންޖެހޭކަމަށްބުނެ ހުށަހަޅާފައިވާ ދަޢުވާއެއް ނޫންކަން އެނގެއެވެ. އަދި މި ދަޢުވާގެ ރައްދުގައި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައިވެސް، އޭނާ އެމް.ޓީ.ސީ.ސީގައ އަދާކުރި ވަޒީފާއިން އެހެން ވަޒީފާއަކަށް ބަދަލުކުރި ގޮތުގެ މައްޗަށް ނުވަތަ އެމް.ޓީ.ސީ.ސީގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކރު އިޖުރާއާތުތަކުގެ ސައްޙަކަމާމެދު ސުވާލެއް އުފައްދާފައިނުވާކަން އެނގެއެވެ. މީގެ އިތުރުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގެ ވަޒީފާއަކުން އެހެން ކުންފުންޏެއްގެ ވަޒީފާއަކަށް ދާން ޖެހުމުގެ ސަބަބުން އެކަމގު ޝަކުވާ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން މިފަދަ މައްސަލަތައް ހުށަހަޅަން އޮތް އެއްވެސް މުއައްސަސާއަކަށް ހުށަހަޅާފައިވާކަމަށްވެސ ބުނެފައެއް ނުވެއެވެ. އެހެންކަމުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއިން ވަކި ކުރަންޖެހުނު ސަބަބު އެއީ މަޤްބޫލު ސަބަބެއްތޯ ނުވަތަ ނޫންތޯ މި މައްސަލައިގެ ތެރެއިން ބަލައި އެ ސަބަބުގެ މައްޗަށް ބިނާކޮށް މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީއަށް ދައްކަންޖެހޭ ފައިސާއާމެދު ގޮތެއް ކަނޑައެޅިދާނެކަމަކަށް ބުނެވޭކަށްނެތެވެ.

26އެހެނީ، މި މައްސަލައިގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ޙަވާލާދޭ އެއްބަސްވުމުގެ 14 ވަނަ މާއްދާގައި އޮތް ސަރީޙަ ޢިބާރާތުގައި " އެއްވެސް ސަބަބަކާ ހުރެ ކުންފުނިން ވަކިކުރަން ޖެހިއްޖެނަމަ" މިފަދައިން ބަޔާންކޮށްފައި އޮތް އޮތުމުގެ އިސްތިސްނާ އެއްވެސް ޙާލަތެއް އެއްބަސްވުމުގައި ބަޔާންވެފައި ނެތުމުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ވަކިކުރަން ޖެހުނު ސަބަބު އެއީ މަޤްބޫލު ސަބަބެއްކަން ނުވަތަ ނޫންކަން ދެނެގަނެ އެ ސަބަބުގެ މައްޗަށް ބިނާކޮށް، އެމް.ޓީ.ސީ.ސީއަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ލުޔެއް ދީފައިވާކަން އެނގެންނެތީސ އެއް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ކަނޑައެޅޭނެ ހަމައެއް އެއްބަސްވުމުން ދައްކާދީފައި ނެތަތީ އެވެ.

27މީގެ އިތުރުން ބަޙުޘުގެ ބޭނުމަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގައި އަދާކުރި ވަޒީފާއިން ވަކި ކުރި ސަބަބު އެއީ މަޤްބޫލު ސަބަބެއްތޯ ނުވަތަ ނޫންތޯ ބަލާއިރު، ޢަބްދުﷲ ތަސްލީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އޭނާ އެމް.ޓީ.ސީ.ސީގެ ވަޒީފާއިން އެހެން ވަޒީފާއަކަށް ބަދަލުކުރިކަން އޭނާއަށްވެސް އެނގިފައި އޮތްކަން އެނގެއެވެ. އަދި ވަޒީފާ ބަދަލު ކުރުމުގައި މަރުޙަލާގައި އެކަމުގެ މައްޗަށް އޭނާގެ ފަރާތުން އެއްވެސް އިންކާރެއް ކޮށްފައި ވާކަމަށް ބުނެފައިނެތްއިރު ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގައި އަދާކުރަމުން ދިޔަ ވަޒީފާއިން އެހެން ކުންފުންޏެއްގެ ވަޒީފާއަކަށް އޭނާ ބަދަލުކުރީ އެމް.ޓީ.ސީ.ސީން އެދިގެން އެކުންފުނިން ބޭނުންވެގެންކަންވެސް އެނގޭކަށްނެތެވެ. ދެ ފަރާތުން ދެއްކި ވާހަކަތަކުން އެނގެން އޮތީ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ވަޒީފާ ބަދަލު ކުރީ ރައީސުލޖުމުހޫރިއްޔާގެ އޮފީހުންކަމެވެ.

28އެމް.ޓީ.ސީ.ސީއާ ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ރައީސުލްޖުމުހޫރިއްޔާގެ އޮފީހަކީ މި މައްސަލައިގައި ޙަވާލާދެވޭ އެއްބަސްވުމުގެ ބައިވެރިއެއް ނޫނެވެ. ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި، ކޮންމެ ކުންފުންޏަކީ ޤާނޫނީ ގޮތުން މެންބަރުންނާ ވަކިން އުފެދިފައި އޮންނަ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްސެއ ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރުވެސް ކުންފުނީގެ އަމިއްލަ ޝަހުޝީ ޙައިސިއްޔަތު ނޫންގޮތަކަށް ކުންފުނީގެ ޙިއްސާދާރެއްގެ ނުވަތަ މެމްބަރެއްގެ ފަރުދީ ޙައިސިއްޔަތުގައ ކުރި ކަންތައްތަކުގެ ޒިންމާ ކުންފުންޏާބެހޭ ޤާނޫނުގައި ބަޔާންކުރާ އިސްތިސްނާ ޙާލަތުތައް ފިޔަވައި އެހެން ޙާލަތްތަކުގައި ކުންފުނިން ނަގާކަށ ނުޖެހޭނެކަން އެނގެއެވެ. ކުންފުންޏާބެހޭ ޤާނޫނުގައި ބުނާ އެފަދަ އިސްތިސްނާ ޙާލަތެއް މި މައްސަލައިގައި އޮތްކަމަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން ބުނެދެވިފައެއް ނުވެއެވެ.

29ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގެ ވަޒީފާއިން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވި އެހެން ވަޒީފާއެއް ޤަބޫލުކޮށް އެހެން ކުންފުންޏެއްގެ ވަޒީފާއަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމު ދިއުމުންކަން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްގެ ފަރާތުން ދެއްކި ވާހަކަތަކުން އެނގެއެވެ. އެއް ވަގުތެއްގައި ދެ ކުންފުންޏެއްގެ މުވައްޒަފެއްގެ ގޮތުގައި ޢަބްދު ﷲ ތަސްލީމް ޢަބްދުލްޙަކީމް ވަޒީފާއަދާ ކުރެވޭނެ ގޮތަކީ އޮތް ގޮތެއްކަން ޢަބްދްﷲ ތަސލީމް ޢަބްދުލްޙަކީމަށ ބުނެދެވިފައެއް ނުވެއެވެ. މިހެންކަމުން ޢަބްދެ ﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގެ ވަޒީފާއަކުނ އެހެން ކުންފުންޏެއްގެ މުވައްޒަފަކަށް ބަދަލުވެ ދިއުމުން އެ ސަބަބުގެ މައްޗަށް ބިނާކޮށް އެމް.ޓީ.ސީ.ސީގެ ވަޒީފާއިން ވަކިކުރި ސަބަބު އެއީ މަޤްބޫލު ސަބަބެއްކަމަށް އަހުރެން ދެކެމެވެ. ޢަބްދް ﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީގެ ވަޒީފާ ދޫކޮށް އެހެން ވަޒީފާއަކަށް ގޮސްފައިވަނީ އޭނާގެ ނުރުހުމުގައި ގަދަކަމުން އެ ގޮތަށް ކަންކުރަންޖެހިގެންކަނ އެނގެން ނެތްއިރު ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ ކުރާ ކ މަކުން މެދުވެރިވާ ޙާލަތަކާހުރެ، ކޮންޓްރެކްޓަކުން އޭނާގެ މައްޗަށް ލާޒިމްކުރާ ޢަމަލެއް ކުރެވެން ނެތީކަމަށް އޭނާ ބަލައިގެން ނުވާނެކަމ ކޮންޓްރެކްޓާބެހޭ ޤާނޫނު ދަންނަ މަފްހޫމެވެ.

30އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލާގައި އަހުރެންގެ ރައުޔަކީ، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

31އެމް.ޓީ.ސީ.ސީގެ [ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރު] (ނަންބަރު SCHOLAR/AGR/206/11) ގައި 19 ސެޕްޓެންބަރު 2006 ގައި ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމްއާއި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކޮށްފައިވެއެވެ.

32އެ އިޤްރާރުގެ 14 ވަނަ ނަންބަރުގައި ވަނީ: [އެއްވެސް ސަބަބަކާހުރެ ކުންފުނީގެ ވަޒީފާއިން ވަކިކުރަން ޖެހިއްޖެނަމަ ނުވަތަ އަމިއްލައަށް ވަޒީފާއިން ވަކިވާނަމަ ކުންފުނިން އަޅުގަނޑުގެ ކިޔެވުމަށް ޚަރަދުކުރި މުޅި ޖުމްލަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) %(100( ފައިސާގެ ތެރެއިން އެހާތަނަށް ދެއްކުނު ޢަދަދެއް ކަނޑާ ބާކީ ފައިސާ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްކުމަށް އަޅުގަނޑު އެއްބަސްވަމެވެ.] މިފަދައިންނެވެ.

33HN6ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެމް.ޓީ.ސީ.ސީ ގެ ވަޒީފާއިން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖެއްސި އެހެން ވަޒީފާއެއް ޤަބޫލުކޮށް އެހެން ކުންފުންޏެއްގެ ވަޒީފާއަށް ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމު ދިއުމުންނެވެ. އެކަން އެގޮތަށް ވެފައިވަނީ އެމް.ޓީ.ސީ.ސީން ކުރް ކަމަކުން ނޫނެވެ. އަދި އެ ވަޒީފާއަށް ޢަބްދަ ﷲ ތަސްލީމް ޢަބްދުލްޙަކީމް ދިޔައީ މަޖުބޫރުންކަނ އެނގެން ނެތެވެ. އެކަމަށް ދަލާލަތުކޮށްދޭ ޤަރީނާއެއްވަރުވެސް ނެތެވެ. އެހެންކަމުން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް އެ ވަޒީފާއަށް ދިޔައީ ރުހި ޤަބޫލުވެ، އަމިއްލަ އިޚްތިޔާރުގައިކަމަށް ބަލަންޖެހެއެވެ.

34ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖެއްސި އެހެން ވަޒީފާއެއް ޤަބޫލުކުރިއިރު، އޭނައާ އެމް.ޓީ.ސީ.ސީއާ ދެމެދާ އެމް.ޓީ.ސީ.ސީއަށް ޚިދުމަތްކުރުމާބެހޭ ގޮތުން އިޤްރާރެއް ވެފައިވާކަން ޢަބްދުﷲ ތަސްލީމް ޢަބްދުލްޙަކީމށް އެނގެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖެއްސި ވަޒީފާއަށް ދިއުމުގެ ކުރިން އެމް.ޓީ.ސީ.ސީއާ ދެމެދު އޮތް ޚިދުމަތްކުރުމުގެ އެއްބަސްވުމަށް ވަކި ގޮތެއް ނިންމަށްޖެހެއެވެ. އެހެންނަމަވެސް އެކަމާ ބެހޭ ގޮތުން ވަކި ގޮތެއް ހަމަޖެހިފައިވާކަނ އެނގެން ނެތެވެ.

35އެހެންކަމުން، ޢަބދް ﷲ ތަސްލީމް ޢަބްދުލްޙަކީމް އާއި އެމް.ޓީ.ސީ.ސީއާ ދެމެދާ ވެފައިވާ ސްކޮލަރޝިޕް ފެލޯޝިޕް ޓްރެއިނިންގ ކޯހުގައި ދާމީހުންގެ އިޤްރާރު ގެ 14ވަނަ ނަންބަރުގައިވާގޮތުގެ މަތީން އެމް.ޓީ.ސީ.ސީއއަށާ ފައިސާ ލިބިދޭންޖެހޭކަމަށް ދެކެމެވެ. ވީމާ،ސިވިލ ކޯޓުގެ ނަންބަރ 2900/Cv-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ނ) އަދި (ރ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ