ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/093

ޢަބްދުލްޢަޒީޒް އާދަމް ވ. ޢަލީ ޙަސަން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 3 މާރިޗު 2021ދަށު ކޯޓު: ސިވިލް ކޯޓު 1297/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1297/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ދޯންޏަކީ ދެ ފަރާތުގެ ހަމަހަމަ މިލްކުވެރިކަމުގައިވާ ދޯންޏެއްކަމަށާއި، ދެ ފަރާތުގެ ރުހުމާއި ބައިވެރިވުމާއެކުގައި މެނުވީ އެއްވެސް ފަރާތަކުން ދޯނިން މަންފާ ޙާޞިލުކޮށްގެން ނުވާނެކަމަށް ޙުކުމްކޮށްފައިވެއެވެ.
ވާޤިޢާ
ދޯންޏެއް ދެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާއިރު، އެއް ފަރާތުން އަނެއް ފަރާތުގެ ރުހުމެއްނެތި ދޯނި ބޭނުންކޮށް އާމްދަނީ ހޯދަމުންދާތީ، ދެ ފަރާތުގެ ރުހުމާއި ބައިވެރިވުމެއް ނެތި އެއްވެސް ފަރާތަކަށް ދޯނިން މަންފާ ނުހޯދޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ދަޢުވާ ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދެ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދޯންޏެއްގެ މިލްކުވެރިކަމާއި މަންފާ ހަމަހަމައަށް ބެހޭނެތޯއާއި، ދޯނި ބަނުމަށް ހުރިހާ ޚަރަދެއް ކުރީ އެއް ފަރާތުންކަމަށާއި ރަޖިސްޓްރީ ހެއްދީ މަޖުބޫރީ ޙާލަތެއްގައިކަމަށް ބުނާ ބުނުމަށް އަނެއް ފަރާތުން އިންކާރުނުކުރުމުން އެކަން ޤަބޫލުކުރި ކަމުގައި ބެލެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ދޯނި ބަނީ އޭނާގެ ޚަރަދުގައިކަމަށާއި، ރަޖިސްޓްރީ ދެމީހުންގެ ނަމުގައި ހެއްދީ މަޖުބޫރީ ޙާލަތެއްގައިކަމަށާއި، އެކަންކަމަށް އަނެއް ފަރާތުން އިންކާރުނުކުރުމުން (silence gives consent) އެކަން ޤަބޫލުކުރިކަމުގައި ބަލަންޖެހޭކަމަށެވެ.
ކޯޓުގެ ސަބަބުތައް
ރަސްމީ ރަޖިސްޓްރީ ދެމީހުންގެ ނަމުގައި އޮތުމާއި، ހިއްސާ ތަފާތުކަން ނުވަތަ ހަމައެކަނި އެއް ފަރާތުން ޚަރަދުކުރިކަން ނުވަތަ މަޖުބޫރީ ޙާލަތު ސާބިތުނުވުމާއި، ލޯނު ނަގާފައިވަނީ ދެމީހުންގެ ނަމުގައިކަމުން ހަމަހަމަ މިލްކުވެރިކަން ބަދަލުކުރެވޭނެ ސަބަބެއް ނެތެވެ. ދަޢުވާ ފޯމުން ދިފާޢާ ޚިލާފު ގޮތެއް ބުނެފައިވާތީ ސުކޫތުވުމުން ޤަބޫލުކުރިކަމަށް ނުބެލެވޭނެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް ދޫކުރާ ރަސްމީ ރަޖިސްޓްރީއަކީ، އެ މުދަލުގެ މިލްކުވެރިކަން އެ މީހަކަށް އޮތްކަން ޔަޤީންކަމާއެކު ހާމަކޮށްދޭ އެންމެންގެ މައްޗަށް އޮތް ދަލީލެކެވެ. އެ ލިޔުމަކީ ދޮގު (ފޯޖް) ލިޔުމެއްކަން ނުވަތަ އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެން ނުދާނެއެވެ.

HN2 ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް މިލްކުވެރިކަން ޙިއްސާކުރާ މުދަލެއްގެ މިލްކުވެރިކަމުގެ މިންވަރު ސާބިތުކޮށްދޭ އެހެން ގޮތެއް ނެތްނަމަ، ބަލަންޖެހޭނީ މިލްކުވެރިން ހަމަހަމައަށް ޙިއްސާވާ ކަމުގައެވެ. އަދި އެ މުދަލުގެ މަންފާ ހާޞިލުކުރުމުގައިވެސް ބަލާނީ އެ އުޞޫލަށެވެ.

HN3 ރަޖިސްޓްރީ ދެ ފަރާތެއްގެ ނަމުގައި އޮތްއިރު، މަންފާ ހާޞިލުކުރާނެ މިންވަރާއި ޚަރަދާއި ބޭނުންކުރާނެ ގޮތާއި ޙިއްސާގެ ނިސްބަތަށް ވެވިފައިވާ އިތުރު އެއްބަސްވުމެއް ނުވަތަ މުދަލަށް ހުރިހާ ޚަރަދެއް ކުރީ އެއް ފަރާތުންކަން ސާބިތުކޮށްދޭ ހަރުދަނާ ހެއްކެއް ނެތްނަމަ، ހަމައެކަނި ޚަރަދުކުރީ އެ ފަރާތުންކަމަށް ބުނުމުން ރަޖިސްޓްރީގެ ޙުއްޖިއްޔަތާ ޚިލާފަށް ނިންމޭކަށް ނެތެވެ.

HN4 ރަޖިސްޓްރީގައި އަނެއް ފަރާތުގެ ނަން ހިމެނީ މަޖުބޫރީ ޙާލަތެއް ކުރިމަތިވެގެންކަމަށް ބުނާ ފަރާތުގެ މައްޗަށް އެކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހެއެވެ.

HN5 ދަޢުވާކުރި ފަރާތުގެ ދަޢުވާ ފޯމާއި ހުށަހެޅި ލިޔުންތަކުން ދިފާޢުގެ ބުނުންތަކާ ޚިލާފު ގޮތެއް ބުނެފައިވާނަމަ، އެ ބުނުންތަކަށް ދަޢުވާކުރި ފަރާތުން އިތުރު އިންކާރެއް ކުރަން ނުޖެހޭތީ، ވަކިން އިންކާރުނުކުރުމުން އެ ބުނުމަށް އެއްބަސްވިކަމުގައި ނުބެލެވޭނެއެވެ.

HN6 ފަރާތެއް ފޮނުވި ސިޓީއެއްގެ މާނަ ނަގާނީ މުޅި ސިޓީގެ ޢިބާރާތަށް ބަލައިގެންކަމުން، ދެ ފަރާތަށް ދެ އުޅަނދު ލިބެންދެން ވަކިނުވުމަށް ވެފައިވާ އެއްބަސްވުމަކަށް އިޝާރާތްކުރާ ސިޓީއަކުން، މުދަލުގެ މިލްކުވެރިކަމުގައި ޙިއްސާވާ ހަމައެކަނި ފަރާތަކީ އަނެއް ފަރާތްކަމަށް އެއްބަސްވިކަން ނުދައްކައެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، މުޙައްމަދު ނިޔާޒު، މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒު، މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ރަޖިސްޓްރީ ނަންބަރު I-03 04-P8067A (ހީނާމާ) ދޯންޏަކީ އދ.މަހިބަދޫ/ ހީނާމާގެ ޢަލީ ޙަސަން އާއި އއ.ތޮއްޑޫ/ ދޫރެސް ޢަބްދުލްޢަޒީޒް އާދަމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދޯންޏެކެވެ.

2ސިވިލް ކޯޓުގެ ނަންބަރު 1297/Cv-C/2016 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، ޢަލީ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވގާ ސީޣާގައި ބުނަނީ، ރަޖިސްޓްރީ ނަންބަރު 1-04 03-P8067A ހީނާމާ ދޯންޏަކީ އދ.މަހިބަދޫ / ހީނާމާގެ، ޢަލީ ޙަސަން (ދިވެހިރއްޔިތެއްކަނަ އަންގައިދޭ އާއި އއ.ތޮއްޑޫ / ދޫރެސް ޢަބްދުލްޢަޒީޒް އާދަމް ޚަރަދުކޮށްގެން ބަނދެފައިވާ ޢަލީ ޙަސަންއާއި، ޢަބްދުލްޢަޒީޒް އާދަމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދޯންޏެއް ކަމުގައިވާއިރު، ޢަލީ ޙަސަންގެ ނުރުހުމުގައި ޢަބްދުލްޢަޒީޒް އާދަމް އެ ދޯނި ބޭނުންކޮށް އާމްދަނީ ހޯދަމުން ދާތީއާއި، އެ ދޯނިން ލިބެމުންދާ އާމްދަނީން ޢަލީ ޙަސަން އަށް އެއްވެސް މިންވަރެއްގެ ފައިސާ ދެމުން ނުދާތީ، ފާއިތުވެދިޔަ މުއްދަތުގައި ދޯނި ދުއްވައިގެން ލިބިފައިވާ އާމްދަނީން ޢަލީ ޙަސަންއަށް ލިބެންޖެހޭ ފައިސާދީ ޚަލާޞްކުރުމަށް ޢަބްދުލްޢަޒީޒް އާދަމްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި، ދެފަރާތުގެ ރުހުމާއި ބައިވެރިވުން އޮވެގެން މެނުވީ އެއްވެސް ފަރާތަކަށް ދޯނި ބޭނުންކޮށް މަންފާ ނުހޯދޭނެކަމަށް ކަނޑައަޅައި ދިނުމަށާއި، ދޯނީގެ މިލްކުވެރިކަން ދެފަރާތުންކުރެ ފަރާތެއްގެ ނަމަށް ބަދަލު ކުރެވިދާނެ ގޮތަކާމެދު ދެފަރާތަށް ވަކިގޮތަކަށް ކޯޓުގައި އެއްބަސް ނުވެވުނުނަމަ ޝަރީޢަތް އެކަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަނ އިން ހައްދަވާ ދެއްވާފައިވާ ކަނޑުގެ އުޅަނދުގެ ރަޖިސްޓްރީ އަށް ބެލުމުން އެނގެއެވެ. މެދުވެރިވެ ދޯނި ވިއްކާލައި، ދޯނި ވިއްކައިގެން ލިބޭ ފައިސާ، ދެފަރާތުން ދޯންޏަށް ކޮށްފައިވާ ޚަރަދާއި ހޭދަ އާއި ކޮށްފައިވާ މަސައްކަތަށް ބިނާކޮށް ޢަދުލުވެރިކަމާއެކު ދެފަރާތަށްބަހައި، މިބުނެވުނު ގޮތުގެ މައްޗަށް ފައިޞަލާކުރނިވަ ނިޔާއެއް ކޮށްދިނުމަށް އެދޭކަމަށެވެ.

3ބުނެވުނު ސީޣާއިން ޢަލީ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅި ނަމަވެސް، ޢަލީ ޙަސަންގެ ފަރާތުން ހުށަހެޅި ދަޢުވާގައި އެދިފައިވާ ކަންކަމަށް ބަދަލު ގެނެސް އެ ފަރާތުން ކޯޓުގައި ފަހުން އެދުނީ، ދަޢުވާގައި ޢަލީ ޙަސަންގެ ފަރާތުން އެދިފައިވާ ކަންކަމުގެ ތެރެއިން، "ހީނާމާ ދޯނި" ދެފަރާތުގެ ރުހުމާއި ބައިވެރިވުން އޮވެގެން މެނުވީ އެއްވެސް ފަރާތަކަށް މަންފާ ނުހޯދޭނެކަމަށް ކަނޑައަޅއަ ދިނި މަށުއެދި ހުށަހެޅި ހުށަހެޅުން ފިޔަވައި ދެން ދަޢުވާގައި އެދިފައިވާ ކަންކަމާމެދު ގޮތެއް ނިންމުމަށް އެހިނދަށް ނޭދޭކަމަށެވެ. މިފދައިނަ ޢަލީ ޙަސަން އެދިފައި ވުމުން ސިވިލް ކޯޓުން މި މައްސަލަ ބެލިގެން ގޮސްފައިވަނީ "ދ ފަރާތުގެ ރުހުމާއި ބައިވެރިވުން އޮވެގެން މެނުވީ އެއްވެސް ފަރާތަކުން ދޯނި ބޭނުންކޮށް މަންފާ ނުހޯދޭނެކަމަށ ކަނޑައަޅައް ދިނުމަށް އެދި" ޢަލީ ޙަސަންގެ ފަރާތުން ހުށަހަޅާފައިވަ އާ ހުށަހެޅުމުގެ މައްޗަށް އެކަންޏެވެ.

4ސިވިލް ކޯޓު ގެ ނަންބަރު 1297/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނމަށު އެދް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ދޫރެސް އާދަމް އެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ހީނާމާގެ ޙަސަން އެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

5ސިވިލް ކޯޓުގެ ނަންބަރު 1297/Cv-C/2016 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، ރަޖިސްޓްރީ ނަންބަރ 1-04 03-P8067A ހީނާމާ ދޯންޏަކީ އދ.މަހިބަދޫ/ ހީނާމާގެ، ޢަލީ ޙަސަން (ދިވހިރައްޔިތެއްކަނެ އަންގައިދޭ ކާޑު ނަންބަރު […]) އާއި އއ.ތޮއްޑޫ/ ދޫރެސް، ޢަބްދުލްޢަޒީޒް އާދަމް ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދޯންޏެއްކަމާއި، އަދި އެދޯނީގ މިލްކުވެރިކަމުގެ މިންވަރު އެނޫން ގޮތަކަށް ސާބިތުވެފައިނުވާތީ، މިދޯންޏަކީ މިދެފަރާތުގެ ހަމަހަމަ މިލްކުވެރިކަމުގައިވާ ދޯންޏެއްކަމަށް ކަނޑައަޅައި، މިދެފަރާތުގެ ރުހުމާއި، ބައިވެރިވުމާއެކުގައި މެނުވީ، އެއްވެސް ފަރާތަކުން މި ދޯނި ބޭނުންކޮށް މަންފާ ޙާޞިލުކޮށްގެން ނުވާނެކަމަށް ޢަލީ ޙަސަންއާއި، ޢަބްދުލްޢަޒީޒް އާދަމަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

6ސިވިލް ކޯޓގު ނަންބަރު 1297/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުނއެދް ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން 06 (ހައެއް) ނުކުތާ ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛

3.1 ދޯނި ބނުމާމެދަ ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތަކީ ޢަބްދުލްޢަޒީޒް އާދަމް ހުރިހާ ޚަރަދެއް ކޮށްގެން އެއް ދޯނި ބަނުންކަމަށއާ އަދި އެދޯނި ބަނުމާއި ދޯނި ބަނުމަށް ފަހު ޢަބްދުލްޢަޒީޒް އާދަމްއަށް ދުއްވައިދިނމުގެ މަސައްކަތް ޢަލީ ޙަސަން ކޮށްދިނުމާއި، އެކަމުގެ މުޤާބިލެއްގެ ގޮތުން އެ ދޯނި (ފުރަތަމަ ބަން ދޯނި ) ދުއްވައިގެން ޢަބްދުލްޢަޒީޒް އާދަމަށް ލިބޭ ފައިސާއިން އިތުރު ދޯންޏެއް ބަނދިއީދޯންޢަލެޙަސަނި ގ ނަމުގައްރަޖިސްޓްރު ކޮށްދިނުން ކަމަށްވާއިރު، ޢަބްދުލްޢަޒީޒް އާދަމްގ ފަރާތުން މިކަން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރުމުން އެއްވެސް އިރެއްގައި އެކަމަށް ޢަލީ ޙަސަން އިންކާރުކޮށްފައި ނުވާއިރު، އަދި އެ ކަމަށް ޢަލީ ޙަސަން އަމިއްލައަށް ފޮނުވާފައިވާ ސިޓީންވެސް ޢިއުތިރާފު ލިބޭއިރު، ދޯނި ބަނުމުގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބސްވުމަށަ ޝަރީޢަތުން ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

3.2 ދަޢުވާކުރި ފަރާތުގެ ދަޢުވާއަށް ނުވަތަ އެދަޢުވާގައި ހިމެނޭ ވަކިކަމަކާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައިވާނަމަ، ނުވަތަ އެކަމަކާ ގުޅިގެން ސާފުބަހުން އިންކާރުކޮށްފައި ނުވާނަމަ ބެލެވޭނީ ދަޢުވާކުރި ފަރާތުގެ ދަޢުވާ ނުވަތަ އެ ދަޢުވާގައި ހިމެނޭ ވަކިކަމަކާ ބެހޭގޮތުން އެދަޢުވާ ކުރި ފަރާތުން ބުނިއެއްޗެއް އެބުނި ގޮތަށް ޤަބޫލުކުރި ކުރުމެއްކަމަށް ބަޔާންކުރައްވައި، ޝަރީޢަތުގެ މަޖިލީހުގައި އެއްފަރާތުން ކުރިމަތިކުރުވާ ދަފްޢާގުޅޭ ގޮތުން އަނެއް ފަރާތުން ސުކޫތުވުމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/182 ޤަޟިއްޔާގައި ޤާއިމުކުރައްވާފައިވ އުޞޫލާ ޚިލާފަށް މައްސަލަ ނިންމަވާފައި ވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

3.3 ހީނާމާ ދޯނި ބަނުމަށްޓަކައި އެއްބަސްވިއިރު ދޯނި ބަންނަން ކުރަންޖެހޭ އެންމެހާ ޚަރަދެއް ކުރުމަށް އެއްބަސްވީ ޢަބްދުލްޢަޒީޒް އާދަމް ކަމަށްވާއިރު އަދި ދޯނި ބަނުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރީވެސް ޢބްދަ ލްޢަޒީޒު އާދަމްކަން އެނގޭނެ މިންވަރުގެ ކފީހެކި ހުށަހެޅިފައިވާއިރާވެސް އެކަމަށް ރިޢާޔަތްކުރެއްވުމެއް ނެތި ދޯނި ބަނުމަށް އެއްވެސް އިންވެސްޓެއް ނުކުރާ މީހަކަށް ދޯނީގެ ފަންސާސް އިންސައްތަ މިލްކުވެރިކަން ލިބިގެންވާކަމަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނީ ހުށަހެޅ ނުކުތާ.

3.4 ޢަލީ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހީނާމާ ދޯނީގެ މިލްކުވެރިކަން އޭނާއަށް ލިބެންޖެހޭނެކަމަށް އޭނާއަށް ދެއްކުނު ހަމައެކަނި ޙުއްޖަތަކީ އެ ދޯނީގެ ރަޖިސްޓްރީގައޯ އޭނާގެ ނަނއޮތުން ކަމަށްވާއިރު އެ ދޯނީގެ ރަޖިސްޓްރީގައި އޭނާގެ ނަން ހިމަނަންޖެހުނީ އޭނާގެ ފަރާތުން ޢަބްދުލްޢަޒީޒް އާދަމަށް ކުރިމަތި ކުރުވި މަޖުބޫރީ ޙާލަތެއްގެ ސަބަބުން ކަމަށް ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ޝަރީޢަތުގައި ފާހަގަކޮށްފައިވާއިރު، އެކަން އެގޮތަށް ކޮށްފައި ނުވާނެ ކަމަށްވެސް އަދި އެފަދަ މަޖުބޫރީ ޙާލަތެއް ކުރިމަތި ކޮށްފައި ނުވާނެ ކަމަށްބުނެ އެފަދަ އެއްވެސް އިންކާރެއް ކޮށްފައި ނުވާއިރު، މިއީ މަދަނީ މިންގަނޑުން ބަލާއިރު އެކަން އެގޮތަށް ހިނގާފައިވާ ކަމަށް ބަލަންޖެހޭ ޙާލަތެއް ކަމަށްވާއިރުވެސ އެކަމަށް ރިޢާޔަތް ކރައްވާފައިނުވާކަމަށ ބުން ހުށަހެޅި ނުކުތާ.

3.5 ޤާނޫނީ ޤާއިދާއެއްކަމަށްވާ qui tacet consentire videtur (silence gives consent) އާ ޚިލާފަށް މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ

3.6 ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާ އްދާއ ޚިލާފަށާ މައްސަލަ ނިންމވާފައަ ވާކަމަށް ބުނި ހުށަހެޅި ނުކުތާ.

7ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ހުށަހަ ޅާފައިވާ އިސްތިއުނާފީ ނުކުތާތައް ތަފްސީލްކޮށްދިނުމުގެ ގޮތުން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގައި ފާހަގަ ކުރި މައިގަނޑު ކަމަކީ، މި މައްސަލައިގައި ޙަވާލާދޭ "ހީނާމާ" ދޯނި ބަނުމުގެ ކުރިން ޢަބްދުލްޢަޒީޒް އާދަމް އާއި ޢަލީ ޙަސަން އާ ދެމެދު އެއްބަސްވުމެއް ވެފައިވާކަމަށާއި، އެ ގޮތުން ދެ ފަރާތުން އެއްބަސްވި ގޮތަކީ، ޢަބްދުލްޢަޒީޒިއާދަމް ޚަރަދު ކޮށްގެން އެއް ދޯނި ބަނުމަށްފަހު އެ ދޯނި ދުއްވައިގެން ލިބޭ ފައް ސާއިނ އެހެން ދޯންޏެއް ބަނި ން ކަމަށާއި، އެއްބަސްވި ގޮތަށް "ހީނާމާ" ދޯނި ބަނީ ޢަބްދުލްޢަޒީޒް އާދަމްގެ ޚަރަދުގައި ކަމަށާއި، މިހެންކަމުން "ހީނާމާ" ދޯންޏަށް ޢަބްދުލްޢަޒީޒް އާދަމް އާއް ޢަލީ ޙަސަނގެ ނަމުގައި ރަޖިސްޓްރީއެއް ހެއްދިފައ އޮތި ކަމުގައް ވީނަމަވެސް މި ދޯނި ބަނުމަށް އެއްވެސް ފްއިސާއެއް ޚަރަދު ނުކުރާ މީހަކަށް ދޯނީގެ ފަންސާސް އިންސައްތައިގެ މަންފާ ހާސިލު ކުރުމަށް ދަށް ކޯޓުނު ނިންމް ނިންމުނި ގޯސްކަމަށެވެ. އަދި ދޯނި ބަނުމުގެ އެއްބަސްވުމާ ގުޅޭ ގޮތުނ ޢަބްދުލްޢަޒީޒްއާދަމި ގެ ފަރާތުން ދެއްކި ވާހަކަތަކަށް ޢަލީ ޙަސަން ދަށު ކޯޓުގައި އިނކާރުކޮށްފައ ނުވާކަމަށާއި، އެފަދައިން އިންކާރު ކޮށްފައި ނެތްނެތުމުގެ ނަތީޖާއަކީ، ޢަބްދުލްޢަޒީޒް އާދަމް ބުނާ ބުނުމަށް ޢަލީ ޙަސަން އެއްބަސްވުންކަމަށެވެ. "ހީނާމާ" ދޯންޏަކީ، ޢަބްދުލްޢަޒީޒް އާދަމް އާއި ޢަލީ ޙަސަންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި އޮންނަ ދޯންޏއްކަނެ

802 ފެބުރުއަރީ 2006 މި ތާރީޚުގައި، ހީނާމާ ދޯންޏަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އިން ހަދާދީފައިވާ "ކަނޑުގެ އުޅަނދުގެ ރަޖިސްޓަރީ"އަށް ބަލާއިރު، ހީނާމާ ދޯންޏަކީ ޢަބްދުލްޢަޒީޒް އާދަމް އާއި ޢަލީ ޙަސަންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދޯންޏެއްކަން އެނގެއެވެ. އަދި މި ދޯނީގެ ވެރި ފަރާތްތަކަކީ، ޢަބްދުލްޢަޒީޒް އާދަމް އާއި ޢަލީ ޙަސަން ކަމަށާއި މި އުޅަނދުގެ އެ ރަޖިސްޓްރީއަށް އެއްވެސް އުނި އިތުރެއް އައިސްފައި އޮތްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ރެކޯޑްތަކުނ ނުދައްކާކަމަށް އެ އޮތޯރިޓީން މި ކޯޓަށް މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި މި ދެމީހުންގެ ނަމުގައި ހީނާމާ ދޯނީގެ ރަޖިސްޓްރީ އޮތްކަމަށް މި ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން އިންކާރު ކޮށްފައެއްވެސް ނުވެއެވެ. މިހެންކަމުން ހީނާމާ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރު /12021M/95/-202 ސިޓީ. ދޯންޏަކީ ޢަބްދުލްޢަޒީޒް އާދަމް އާއި ޢަލީ ޙަސަނި ގީމިލްކުގައ އޮތް އެ ދެފަރާތުގެ ނަމުގައި ރަޖިސްޓްރީ ހެއްދިފައިވާ ދޯންޏެއްކަން އެނގެއެވެ.

9HN1ޤާނޫނުގައިވާގޮތުގެ މަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން، މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް އެކަން ކަށަވަރުކުރުމަށް އެފަދަ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ރަޖިސްޓްރީއަކީ އެ މުދަލުގެ މިލްކުވެރިކަން، އެ މުދަލެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހަކަށް އޮތްކަން ކަށަވަރުކަމާއި ޔަޤީންކަމާއެކު ހާމަކޮށްދެނިވި، އެންމެންގެ މައްޗަށް އޮތް ދަލީލެއްކަމާ މި ގޮތުން، ޤާނޫނީ ގޮތުން ރަޖިސްޓްރީކުރުން ލާޒިމްވާފަދަ މުދަލެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެމަތިން ރަސްމީގޮތުން ރަޖިސްޓްރީކުރެވއްޖެނަމި އެކަން ކަށަވަރުކޮށްދޭ ރަސްމީ ރަޖިސްޓްރީއަކީ، އެއްވެސް ޝައްކެއްނެތި އެ މުދާ އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހަކީ އެމުދަލުގެ މިލްކުވެރި ފަރާތްކަން އެނގޭ ޔަޤީނީ ދަލީލެއްކަމާއި، އެފަދަ ލިޔުމަކީ ޙަޤީޤަތާއި ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެނޫން އެހެންގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެންނުދާނެ ލިޔުމެއްކަން އެނގެއެވެ.

10HN2ދެފަރާތެއްގެ ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއް ގެ މެދުގައި މިލްކުވެރިކަން ޙިއްސާކުރ ގޮތަށާ އޮންނަ މުދަލެއްގެ މިލްކުވެރިކަމުގެ މިންވަރު ސާބިތަ ކޮށްދޭނެ އިތުރު އެހެން ގޮތެއް ފެންނަން ނެތްނަމަ، ބަލަންޖެހނޭ މުދަލުގެ މިލްކުވެރިކަމުގައި މިލްކުވެރިން ހަމަހަމަ އަށް ޙިއްސާވާ ކަމުގައެވެ. އަދި މިލްކުވެރިކަމުގެ މިންވަރު ހަމަހަމަ އަށް ޙިއްސާކުރެވޭ ގޮތަށް އޮންނަ މުދަލެއްގެ މަންފާ ހާސިލުކުރުމުގައިވެސް ބަލާނީ އެ އުސޫލަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (5) ވަނަ ނަންބަރުގެ (ކ) ގައި މިފަދައިން ފާހަގަ ކުރައްވާފައި ވެއެވެ.

11ދަށު ކޯޓުގައި ޢަލީ ޙަސަންގެ ފަރާތުން ފަރުވާއަކަށް ބޭނުންވީ، "ހީނާމާ ދޯނި" ދެފަރާތުގެ ރުހުމާއި، ބައިވެރިވުން އޮވެގެން މެނުވީ އެއްވެސް ފަރާތަކުން މަންފާ ނުހޯދޭނެކަމަށ ކަނޑައަޅައް ދިނުމަށެވެ. މި މައްސަލައިގައި ދަށު ކޯޓުން ނިންމެވީ، ހީނާމާ ދޯންޏަކީ ޢަލީ ޙަސަނއް އާ ޢަބްދުލްޢަޒީޒް އާދަމް އާއި ދެމީހުންގެ ހަމަހަމަ މިލްކުވެރިކަމުގައިވާ ދޯންޏެއްކަމަށ ޝަރީޢަތަށް ބުރަވާ ކަމަށް ކަނޑައަޅައި،ދ ފަރާތުގެ ރުހުމާއި ބައިވެރިވުމާއެކުގައި މެނުވީ، އެއްވެސް ފަރާތަކުން މި ދޯނި ބޭނުންކޮށް މަންފާ ޙާސިލ ކޮށްގެން ނުވާނެކަމުގައެވެ. "ހީނާމާ" ދޯނީގެ ރަޖިސްޓްރީއާ ގުޅިގެން ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުނ ކުރާ އިޢުތިރާޟު

12ހީނާމާ ދޯންޏަކީ ޢަބްދުލްޢަޒީޒް އާދަމްގެ އަމިއްލަ ޚަރަދުގައި ހަދާފައިވާ ދޯންޏެއްކަމަށާއި، ދޯނި ހެދުމަށް ކުރި އެންމެހާ އިންވެސްޓްމަންޓްތައް ކޮށްފައިވަނީ ޢަބްދުލްޢަޒީޒް އާދަމް ކަމަށްވާތީ މި ދޯނީގެ ރަޖިސްޓްރީ ދެ މީހުންގެ ނަމުގައި އޮތް ސަބަބަށްޓަކައި އެކަނި މި ދޯނީގެ މަންފާ ހަމަހަމަ އުސޫލުން ޢަލީ ޙަސަން އަށް ޙާސިލުކުރެވޭ ގޮތަށް އޮތް އޮތުން ރަނގަޅު ނޫންކަމަށް ޢަބްދުލްޢަޒީޒް އާދަމް ބުނެއެވެ. އަދި ހީނާމާ ދޯންޏށަ ދެމީހުންގެ ނަމުގައި ހަދާދެވިފައިވާ ރަޖިސްޓްރީ އަކީ ޢަބްދުލްޢަޒީޒް އާދަމް އަށް މަޖުބޫރު ޙާލަތެއް ކުރިމަތިވެގެން ދެ މީހުންގެ ނަމުގައި ހައްދަން ޖެހުނު ރަޖިސްޓްރީއެއް ކަމަށް ވެސް އޭނާ ބުނެއެވެ.

13HN3އެހެންނަމަވެސް މި މައްސަލައިގައި ފެންނަން އޮތް ޙަޤީޤަތަކީ، މި ދެމީހުންގެ ނަމުގައި ހީނާމާ ދޯނީގެ ރަޖިސްޓްރީ ކުރެވިފައިވާ ކަން އެނގެން އޮންނަ އޮތުމެވެ. މި ރަޖިސްޓްރީ މި ދެމީހުންގެ ނަމުގައި މިފަދައިން އޮތް އިރު މި ދޯނިން މަންފާ ހާސިލުކުރަން އެއްބަސްވާ މިންވަރެއް ސާބިތު ކޮށްދޭ އިތުރު އެއްބަސްވުމެއް ނުވަތަ ހެއްކެއް ދަށު ކޯޓަށް ހުށަހެޅިފައެއް ނުވެއެވެ. އަދި މި ދޯންޏަށް ކުރެވޭ ޚަރަދާއި ގުޅޭ ގޮތުންނާއި ދޯނި ބޭނުންކުރާނެ ގޮތަކާއި ގުޅޭ ގޮތުން އަދި ދޯނީގެ މިލްކުވެރިކަމުގައި ޙި އްސާވާނެ ނިސްބަތަކާއި ގުޅޭގޮތްފި ދ ގޮތަކާއި ގުޅި ގޮތުންވެސް އެއްވެސް އެއްބަސްވުމެއް މި ދެފަރާތުގެ ދެމެދުގައްވެވިފައި އޮތްކަން ހުށަހެޅ ލިޔުންތަކުން ވެސެއަދުދަށުކޯޓުގައި ހެކިބަސްދިން ހެކިންގެ ބަހުންވެސް ސާފުކޮށް އެނގޭކަށްނެތެވެ.

14ހީނާމާ ދޯންޏަށް ކުރެވިފައިވާ އެންމެހައި ޚަރަދަކީ ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ކުރި ޚަރަދުތައްކަމަށް ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ބުނި ނަމަވެސް އެ ބުނުމަށް ބާރު ލިއްބައިދިނުމުގ ގޮތުނެ ޝަރީޢަތަށް ކަމެއް ސާބިތުވާން އޮންނަ މިންގަނޑުގެ ހަރުދަނާ ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ހުށަހެޅިފައެއް ނުވެއެވެ. އެހެންނަމަވެސް، މި ދޯނި ބަނދެ، މި ދޯނީގައި އިންޖީނު އަޅައި ފުރިހަމަ ކުރުމަށްޓަކައި، މި ދޯނީގެ މައްޗަށް ބޭންކުން ނެގިފައިވާ ލޯނަކީ، ޢަބްދުލްޢަޒީޒް އާދަމް އާއި ޢަލީ ޙަސަންގެ ނަމުގައި ނެގިފައިވާ، އަދި ލޯނު އަދާކުރުމުގައިވެސް މި ދެފަރާތް ހަމަހަމައަށް ޒިންމާވާ ގޮތަށް ނެގިފައިވަ ލޯނެއްކަން ދަށުކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެއެވެ. އަދި ޢަލީ ޙަސަންގެ ފަރާތުން ދަށު ކޯޓަށް ހުށަހޅެ ހެކިންގެ ބަހުންވެސް މި ދޯންޏަށް ކުރެވުނު އެންމެހާ ޚަރަދުތަކަކީ ހަމައެކަނި ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ކޮށްފައިވާ ޚަރަދުތަކެއް ނޫންކަން އެނގެއެވެ. މީގެ އިތުރުން މި ލޯނުގެ ފައިސާ ދައްކާ ޚަލާސްކުރީ ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ކަމަށް އޭނާ ބުނެފައިވީނަމަވެސް އެކަން ސާބިތުވާފަދ ހަރުދަނާ ހެކިތަކެއް ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައެއް ނުވެއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ކޭޝް ޑިޕޮސިޓް ސްލިޕްތައް. އދ.ދަނގެތި/ އަސުރުމާގެ މުޙައްމަދު ނިޒާމް އާއި އދ.މަހިބަދޫ/ ރަށްދެބައިގެ ޙަސަން ޢަލީ އާއި އދ.ދަނގެތި/ ސ މިޓ އަޙްމަދް ސާލިޙް އާއި އދ.މަހިބަދޫ/ ހީނާމާގެ ޢަބްދުﷲ ޙަސަންގެ ފަރާތުން ހެކިބަސް ދެމުން ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތައް. މި މައްސަލައިގައި ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ބުނާ ބުނުން ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ތެރެއިން ދަށު ކޯޓަށް ޙާޟިރުކުރެވި ހެކިބަސް ނެގި ފައިވަނީ، ލ.ދަނބިދޫ/ދެރަހާ އަޙްމަދު ޝަރީފެވެ. ހެއްކެއްގެ ގޮތުގައި އަޙްމަދު ޝަރީފު ދަށުކޯޓުގެ ޝަރީޢަތަށް ޙާޟިރުކުރުމުން ދައްކާފައިވާ ވާހަކަތަކުން ދޯންޏަށް ޚަރަދުކުރީ ހަމައެކަނި ޢަބްދުލްޢަޒީޒު އާދަމްގެ ފައިސާއިން އެކަނިކަން ސާބިތެއް ނުވެއެވެ. އަދި ދޯނި ހެދުމަށް ނެގި ލޯނުގެ ފައިސާ އަނބުރާ ބޭންކަށް ދެއްކީ ހަމައެކަނި ޢަބްދުލްޢަޒީޒް އާދަމްގެ ފައިސާއިންކަމަށްވެސް އޭނާގެ ހެކިބަހުގައި ބުނެފައެއްނުވެއެވެ.

15HN4ހީނާމާ ދޯންޏަށް ހަދާދީފައިވާ ރަޖިސްޓްރީގައި އެ ދޯނީގެ ވެރިފަރާތެއްގެ ގޮތުގައި ޢަލީ ޙަސަން ހިމަނާފައިވަނީ މަޖުބޫރީ ޙާލަތެއް ކުރިމަތިވެގެންކަމަށް ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ބުނާނަމަ އެކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނެ ފަރާތަކީ ޢަބްދުލްޢަޒީޒް އާދަމްއެވެ. ބުނެވުނު މަޖުބޫރީ ޙާލަތު ސބިތުކޮށްދިނުމަށާ ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ދަށު ކޯޓަށް ހެކި ހުށަހަޅާފައެއް ނުވެއެވެ. ޢަބްދުލްޢަޒާޒީ އާދަމްގެ ފަރާތުން ދެއްކި ވާހަކަތަކަށް ޢަލީ ޙަސަން އިންކާރު ނުކުރކަމަށ ބުން ބުނުން

16HN5މި މައްސަލަ ދަށު ކޯޓަށް ހުށަހެޅީ ޢަލީ ޙަސަންގެ ފަރާތުންނެވެ. ޢަލީ ޙަސަނގެ ފަރާތުން ދަށުކޯޓަށް ހުށަހެޅް ދަޢުވާ ފޯމުގައި، "ހީނާމާ" ދޯންޏަކީ، ޢަލީ ޙަސަން އާއި ޢަބްދުލްޢަޒީޒް އާދަމް އާ ދެމީހުން ޚަރަދުކޮށްގެން ބަނދެފައިވާ ދޯންޏެއްކަމަށް ބުނެފައި އެބައޮތެވެ. އަދި ހަމަ އެ ފޯމުގައި، ދޯނީގެ މުޢާމަލާތުގައި ކަން ހިނގާދިޔަގޮތް ކަމަށް އެފަރާތުން ދެކޭ ގޮތް ޢަލީ ޙަސަންގެ ފަރާތުން ޢަބްދުލްޢަޒީޒް އާދަމް އަށް ފޮނުވާފައިވާ 22 ފެބުރުއަރީ 2015 ގެ ސިޓީގައި ބަޔާންކޮށްފައިވާނެކަމަށް ބުނެފައިވެއެވެ.

17HN6މި މައްސަލައިގައި ޢަލީ ޙަސަންގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމަށާއ އަދި އެ ފަރާތުން ޙަވާލާދީފައިވާ 22 ފެބުރުއަރީ 2015 ގެ ސިޓީއަށް ބަލާއިރު، ޢަލީ ޙަސަންގެ ފަރާތުން ބުނާ ބުނުމަކީ، ހީނާމާ ދޯންޏަކީ ޢަލީ ޙަސަން އާއި ޢަބްދުލްޢަޒީޒް އާދަމް އާ ދެމީހުން ޚަރަދުކޮށްގެން ބަނދެފައިވާ ދޯންޏަކަށްވާތީ ދޯނިން މަންފާ ހާސިލުކުރުމުގެ ޙައްޤު ޢަލީ ޙަސަން އަށްވެސް ލިބެންޖެހޭކަމަށް ބުނެފައިވާ ބުނުމެވެ. މިހެންކަމުން ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ދަޢުވާގެ ދިފާޢުގައި ދެއްކި ވާހަކަތަކުގައި ދޯނި ބަނުމަށް ޚަރަދުކުރީ ޢަބްދުލްޢަޒީޒް އާދަމީ އަމިއްލައަށް ކަމަށް ބުނާ ބުނުމަށާއި ރަޖިސްޓްރީ ހެއްދުނ މަޖުބޫރީ ޙާލަތެއް ދިމާވެގެންކަމަށ ބުން ބުނުމަށް ދަޢުވާފޯމުގެ 8.1 ވަނަ ނަންބަރު. އިތުރު އިންކާރެއް ޢަލީ ޙަސަންގެ ފަރާތުން ކުރަން ޖެހޭންކަމަކަށް ނުފެނެއެވެ. ޢަބްދުލްޢަޒީޒެ އާދަމަގެ ފަރާތުނ ބުނެފައިވ އާ ބުނުންތަކަށް ޢަލީ ޙަސަން ޝަރީޢް ތުގެ އެއްވެސް މަރުޙަލާއެއްގައި އެއްބަސްވެފައިވާކަނ އެނގޭކަށްނެތެވެ. މީގެ އިތުރުން 22 ފެބުރުއަރީ 2015 ގައި ޢަލީ ޙަސަންގެ ފަރާތުން ޢަބްދުލްޢަޒީޒް އާދަމްއަށް ފޮނުވި ސިޓީއާއި ޙަވާލާދީ، އެ ސިޓީގައި، ހީނާމާ ދޯންޏ ގުޅާ ގޮތުން ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ދެއްކި ވާހަކަތަކަށް ޢަލީ ޙަސަން އެއްބަސްވެފައިވާކަން އެނގެން އޮންނަކަމަށް ޢަބްދުލްޢަޒީޒް އާދަމް ގެ ފަރާތުން ބުނެ އެކަން ފާހަގަ ކޮށްފައިވެއެވެ. ބުނެވުނު ސިޓީގެ 13 ވަނަ ނަންބަރުގައި " ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މައިގަނޑުގައިވާ ފަދައިން ދެމީހުންނަށް 2 އުޅަނދު އުފެއްދުމަށްފަހު، ނޫނިއްޔާ ވަކި ނުވުމަށ ވެފައިވް އެއްބަސްވުމަށް އިޙްތިރާމް ކުރުމުގެ މާތް މަޤްސަދުގައި..." މިފަދައިން އޮންނަ ޢިބާރާތުންނާއި އަދި މުޅި ސިޓީގެ ޢިބާރާތަށް ބަލާއިރުވެސް ހީނާމާ ދޯނީގެ މިލްކުވެރިކަމުގައި ޙިއްސާވާ ފަރާތަކީ ހަމައެކަނި ޢަބްދުލްޢަޒީޒް އާދަމްކަމަށް ޢަލީ ޙަސަން އެއްބަސްވެފައިވާކަން އެނގޭކަށްނެތެވެ. އެ ނުކުތާގައި ދަށު ކޯޓުންވެސް ފާހަގަކޮށްފައިވާ ގޮތަށް، ބުނެވުނު ސިޓީން ސާފުވެގެންދަނީ، ހީނާމާ ދޯނީގެ މައްޗަށް ދެފަރާތުގެ މިލް ކުވެރިކަނ ނިމުމަކަށް ގެނެވިދާނެ ގޮތްކަމާ، އެ ގޮތަކީ ދެވަނަ އުޅަނދެއް ބަނދެ، ކޮންމެ ފަރާތަކަށް ވަކިން އުޅަނދެއް ލިބިގެންދާ ޙާލަތުކަމުގައިވާތީ، މި ޙާލަތު މެދުވެރިވަންދެން ހީނާމާ ދޯނީގެ މައްޗަށް ޢަބްދުލްޢަޒީޒް އާދަމް އާއި، ޢަލީ ޙަސަންގެ ޙައްޤު ވަކިނުކުރެވޭނެ ގޮތަށް އޮތްކަމެވެ.

18އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1297/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޢަބްދުލްޢަޒީޒް އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3.5 .

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ