މޮންޓެލިއަން އިންޓަރނޭޝަނަލް ޕވޓ ލޓޑ ވ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 3094/Cv-C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިސްތިއުނާފުކުރި ފަރާތަށް ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް އެކަށީގެންވާ ފުރުޞަތު ދީ، ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ފުރުޞަތު ދިނުމުންވެސް ނުކުތާތައް ހުށަނާޅައިފިނަމަ، އިސްތިއުނާފު އިތުރަށް ބަލައި ކުރިއަށް ގެންދަންވީތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފީ ނުކުތާ ހުށަނާޅާތީ އިސްތިއުނާފު ކުރިއަށް ނުގެންދިޔަ؛ ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އިސްތިއުނާފުކުރާ ފަރާތަށް ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް އެކަށީގެންވާ ފުރުޞަތު ދެވިފައިވާނަމަ، ވަކީލު ތަނާޒުލުވި ކަމަށް ބުނެ އިތުރު ފުރުޞަތެއް ދޭކަށް ނުޖެހެއެވެ.
HN2 ކުންފުނި ތަމްޘީލުކުރުމަށް ބޯޑް ރިޒޮލިއުޝަނުން ކަނޑައަޅާފައިވާ، ދަށު ކޯޓުގައި ބަޔާން ދީފައިވާ، ދަޢުވާ ބިނާވާ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޑިރެކްޓަރަކަށް ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ދަޢުވާ ހުށަހެޅުމަށް ނުކުޅެދެންވީ ސަބަބެއް ނެތެވެ.
HN3 ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ބޭނުންކުރަނީ މީހަކަށް އުނދަގޫކުރުމަށް، ޚުޞޫމާތު ދިގުދެމުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ ޤަޞްދުގައި ނަމަ، އެއީ ޢަދުލުވެރި އިންޞާފުވެރި ގޮތެއް ނޫނެވެ؛ އަދި އެފަދަ މަޤްޞަދަކަށް ކޯޓުގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫނެވެ (ހައިކޯޓުގެ 2018/HC-A/51).
HN4 އިސްތިއުނާފުކުރުމުގެ ސަބަބުން ދަށު ކޯޓުގެ ޙުކުމް ތަންފީޛުކުރުން ފަސްވެގެންދާއިރު، ޝަރީޢަތުގެ މަޖިލީހުގައި ދިން ފުރުޞަތުތަކުގައި އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް އިންކާރުކޮށްފިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި، އިސްތިއުނާފު އިތުރަށް ބަލައި ކުރިއަށް ނުގެންދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ހާތިފް ޙިލްމީ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ހާތިފް ޙިލްމީ · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ތަޢާރުފު
1މި މައްސަލައަކީ، ސިވިލް ކޯޓުގެ ނަންބަރު: 3094/Cv-C/2017 ޤަޟިއްޔާ ނިންމާފައިވާ ގޮތަ މާ ދ ހިތްހަމ ނުޖެހިގެން، މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޤަޟިއްޔާ ދިވެހިރާއްޖޭގ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝނ ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް ބަލާފައިވާ މައްސަލައެކެވެ.
ކަންހިނގާފައިވާ ގޮތް
2ސިވިލް ކޯޓުގެ ނަންބަރު : 3094/Cv-C/2017 ޤަޟިއްޔާ އަށް ބަލާއިރުގައި، އެ ޤަޟިއްޔާއަކީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑާއި މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ ޕްރޮމިސަރީ ނޯޓަށް މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ޢަމަލުކޮށްފައިނުވާތީ، އެއްބަސްވުމަ ގެ ދަށުން މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑގް ފަރާތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑަށް ދޭންޖެހޭ ޖުމްލަ US$1,147,000.00 )އެއްމިލިއަން އެއްސަތޭކަ ސާޅީސް ހަތްހާސް އެމެރިކާ ޑލަރޮ ( ޝަރީޢަތް މެދުވެރިކޮށް އެކި އެއްފަހަރާ ހޯދުމަށް އެދި މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މޯލްޑިވްސ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދަޢުވާކުރުމުން ސިވިލް ކޯޓުން ބެލި ޤަޟިއްޔާއެކެވެ. އެ ފައިސާ އަކީ މޮންޓެލިއަނެ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް އަށް ދޭންޖެހޭ ފައިސާއެއް ކަމަށް އެ ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ. މިއީ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މޮންޓެލިއަން އިންޓަރް ނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން ބެލެވޭ އިސްތިއުނާފީ ޤަޟިއްޔާއެވެ. ސިވިލް ކޯޓުގެ ނިންމުން:
3ސިވިލް ކޯޓުގެ ނަންބަރު: 3094/Cv-C/2017 ޤަޟިއްޔާ ނިންމާފައިވަނީ، " ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަނ ކޯޕަރޭޝަން ލިމިޓެޑް )އެމް.އެމް.ޕީ.އާރ.ސީ( އާއި، މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި، ދެމެދު 10 މެއި 2014 ގައި ސޮއިކުރެވިފައިވާ ނަންބަރު : MMPRC/2014/V/202 "ފިކްސ ޓާރމް ޕުރޮމިސަރީ ނޯޓް" ގެދަށުން އަނބުރާ ދައްކާގޮތަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަނ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް US$1,147,000.00 )އެއްމިލިއަން އެއްސަތޭކަ ސާޅީސް ހަތްހާސް އެމެރިކާ ޑޮލަރު( ދޫކޮށްފައިވާކަން ދަޢުވާލިބޭފަރާތުގެ އިޢުތިރާފުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު ބަޔާނވެދިޔް ފައިސަ އަނބުރާ ދެއްކުމުގެގޮތުން މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ ފަރާ ތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަނ ކޯޕަރޭޝަން ލިމިޓެޑް )އެމް.އެމް.ޕީ.އާރ.ސީ( އަށް ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުނ ޝަރީޢަތަށް ސާބިތުނުވާތީ، މިދަޢުވާގައި ދަޢުވާލިބޭފަރާތުގެ ކިބައިން ހޯދުމަށް ދަޢުވާކުރާފަރާތުން އެދިފައިވާ US$1,147,000.00 ) އެއްމިލިއަން އެއްސަތޭކަ ސާޅީސް ހަތްހާސް އެމެރިކާ ޑޮލަރު( އަކް މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަނ ކޯޕަރޭޝަން ލިމިޓެޑް )އެމް.އެމް.ޕީ.އާރ.ސީ( އަށް ދޭން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މިފައިސާ މޯލްޑިވްސ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަނ ކޯޕަރޭޝަން ލިމިޓެޑް )އެމް.އެމް.ޕީ.އާރ.ސީ( އަށް ލިބިދިނުމުގެ ގޮތުނ 21 ނޮވެމްބަރ 2018 މިދުވަހުނ ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދަ އްކަމުނ ގޮސް މީލާދީ 03 )ތިނެއް( މަސްދުވަހުގެ ތެރޭގައި މިފައިސ US$1,147,000.00 ) އެއްމިލިއަން އެއްސަތޭކަ ސާޅީސް ހަތްހާސް އެމެރިކާ ޑޮލަރު( ދައްކާ ޚަލާޞްކުރުމަށް މޮންޓެލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމް ކޮށްފީމެވ". މިފަދައިންނެވެ. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރުން
4ސިވިލް ކޯޓުގެ ނަންބަރު: 3094/Cv-C/2017 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި މޮންޓެލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކުރުމުން އެ މއްސަލ 31 ޖަނަވަރީ 2019 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ.
5މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައްރަޖިސްޓްރވުމުން، އެކަނ އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތަށް 18 ފެބުރުވަރީ 2019 ވަން ދުވަހު ލިޔުމުން އަންގާފައިވާނެއެވެ. އަދި މޮންޓެލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ 20 ފެބުރުވަރީ 2019 ވަނަ ދުވަހު އެ އެންގުމުގައި ސޮއިކޮށްފައިވެއެވެ.އިސްތިއުނާފ ރައްދުވު ފަރާތުން ޖަވާބު ފޯމު ހުށަހެޅުމަށާއި އެ ފޯމު އިސްތިއުނާފުކުރާ ފަރާތށ ޙަވާލުކުރުމަށްޓަކައި މައްސަލައިގެ ޚަޞްމުންނަށް 26 ފެބުރުވަރީ 2020 ވަނަ ދުވަހު ކޯޓަށް ޙާޟިރުވުމަށް އަންގައި ޗިޓް ފޮނުވުނެވެ. އެގޮތުން މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ކޯޓުގެ ނަންބަރ 95-B10/CHT/2020/950 )23 ފެބުރުވަރީ 2020( ކިޓަށް ޙާޟިރުވުމުގޯ އަމުރާއި ޙަވާލުވެ 24 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 13:40ގައިއެ އަމުރުގައި ސޮއިކޮށްފައިވެއެވެ. އަދި 26 ފެބުރުވަރީ 2020 ވަނަ ދުވަހު އިސްތިއުނާފު ރައްދުވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުށަހަޅި ޖަވާބު ފ މ އިސްތިއުނާފުކުރާ މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑެ ގ ފަރާތުން އެދުވަހުގެ 10:50 ގައި ޙަވާލުވެފައިވެއެވެ.
6މި މައްސަލައިގެ އަޑުއެހުމެއް 17 ޖަނަވަރީ 2021 ވަނަ ދުވަހުބޭއްވުމަށްޓަކައިމައްސަލައިގއްހިމެނޭ ފަރާތްތަކަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުނެވެ. މިގޮތުން މި މައްސަލައިގައި އިސްތިއުނާފުކުރ މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ ޤާނޫނީ ވަކީލަށް މި ކޯޓުގެ ނަންބަރު: 95-B10/CHT/2021/223 )12 ޖަނަވަރީ 2021( ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން، އެ ފަރާ ތުން މިކޯޓަށ 12 ޖަނަވަރީ 2021 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި، މޮންޓެލިއަން އިންޓް ރަނޭޝަނަލ ޕްރައިވެޓް ލިމިޓެޑއ އެފަރާތާއި ދެމެދު އެ ކުންފުނި ތަމްޘީލުކުރުމާއި ގުޅޭގޮތުން ވެފައިވާ އެއްބަސްވުން، މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑނެ ބޭނުންވެގެން ނިމުމަކަށް ގެނެސްފައިވާތީ، އެ ކުންފުނީގެ އެދުމުގެ މަތިން މި މައްސަލައިން ތަނާޒުލުވެ، މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއުޙަވާލުކޮށްފައިވާނެކަމަށް ބުނެފައިވެއެވެ. އަދި މައްސަލައިގް އަޑުއެހމަށ ޙާޟިރުވުމަށް އަންގައި ފޮނުވުނާ މި ކޯޓުގެއަމުރު މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޙިއްޞާކޮށްފައިވާންކަމާއި، އެ ކުންފުން ޏ ގުޅޭނެ ނަންބަރަކަށް އެފަރާތަށް ލިބިފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ ޝާހިދު ޙުސައިނގް ނަންބަރު ކަމށަ ބަޔާންކޮށްފައިވެއެވެ. މޮންޓެލިއަން އިންޓް ރނޭޝަނަލަ ޕްރައިވެޓް ލިމިޓެޑާ ގެ ފަރާތުން ޢައްޔަނުކޮށްފައިވާޤްނޫނީ ވަކީލު ތަނާޒުލުވެފައިވކަމަށ ބުނެ 17 ޖަނަވަރީ 2021 ވަނަ ދުވަހުގެ އަޑުއެހުން ފަސްކޮށްދިނުމަށް މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑގް ނަންބަރު: MI/L/G/2021/01 ސިޓީއިން އުކުންފުނީގ ޑިރެކްޓަރ ޝާހިދު ޙުސައިން މި ކޯޓުގައި އެދިފައިވުމުން އެދުވަހުގެ އަޑުއެހުން ބޭއްވޭ ގޮތެއް ވެފައެއްނުވެއެވެ.
717 ޖަނަވަރީ 2021 ވަނަ ދުވަހަށް ތާވަލުކުރެވުނު އަޑުއެހުން ބޭއްވިފައިނުވާތީ، މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި މިމައްސަލ 14 މާރިޗު 2021 ވަނަ ދުވަހަށްތާވަލުކރު ވުނެވެ. އެދުވަހުގެ އަޑުއެހުމަށް ޙާޟިރުވުމަށް މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުން މި ކޯޓުގެ ނަންބަރ 95-B10/CHT/2021/1805 )11 މާރިޗު 2021( ކޯޓަށް ޙާޟިރުވުމުގެ އަމުރާއި ޙަ ވާލުވެފައިވަނ ކުންފުނީގެ ޑިރެކްޓަރު ޝާހިދު ޙުސައިން އެވެ.
8HN114 މާރިޗު 2021 ވަނަދުވަހު ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައް މޮންޓެލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑެ ގެ ފަރާތުން ބައިވެރިވެފައިވަނީ ކުންފުނީގެ ޑިރެކްޓަރު ޝާހިދު ޙުސައިން އެވެ. އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފީ ނުކުތާތަކާއި މައްސަލައިގައި އެދޭ ގޮތް ހުށަހެޅުމަށް ދެވުނު ފުރުޞަތުގައި ޝާހިދު ޙުސައިން ބުނެފައިވަނީ އެފަރާތުން ބޭނުންވަނީ ވަކީލަކު ހަމަޖެއްސުމަށް ކަމަށެވެ. މޮންޓެލިއަނ އިންޓަރނޭޝަނަލ ޕްރައިވެޓް ލިމިޓެޑަކީ މާ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްކަމަށްވެފައި، އެ ފަރާތަށް ޤާނޫނީ ވަކީލެއް ހަމަޖެއްސުމަށްޓަކައި އެކަށީގެންވާ ފުރުޞަތު ދެވިފައިވާތީ، ޤާނޫނި ވަކީލަކު ޢައްޔަނުކުރުމަށްޓަކައ އިތުރު ފުރުޞަތެއް ދެވެން ނެތްކަން އެންގުނެވެ.އަދި އަލުން އިސްތިއުނާފީ ނުކުތާތި އ ހުށަހެޅުމަށް މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ފުރުޞަތު ދެވުނެވެ. މި ފުރުޞަތުގައި ޝާހިދު ޙުސައިން ބުނެފައިވަނީ، އެފަރާތަށް ކުރިއަށް ދާންވީ ގޮތެއް އަދި ހުށަހަޅާނެ ގޮތެއް ނޭނގޭ ކަމަށެވެ. އަދި ހަމަ މިފަދައިން އެފަރާތ ށިދެވުނ ފަހު ފުރުޞުތުގައިވެސަ އިސްތް އ ނާފީ ނުކުތާތައް ހުށަހަޅާދީފައެއ ނުވެއެވެ. އަދި އިސްތިއުނާފީ ނުކެ ތތައް ހުށަހަޅާދީފައިނުވާތީ، މައުޟޫޢީ މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުޞަތު ޝަރީޢަތަށް ނުލިބުނެވެ.
9HN214 މާރިޗު 2021 ވަން ދުވަހު ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައި މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބައިވެރިވެފައިވާ އެ ކުންފުނީގެ ޑިރެކްޓަރު ޝާހިދު ޙުސައިން އަކު މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރ: MI-005/2018 )25 ނޮވެންބަރު 2018 ( ބޯރޑް ރިޒޮލިއުޝަނ އިން ސިވިލް ކޯޓުގު ނ ންބަރ: 3094/Cv-C/2017 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމާއި ގުޅޭ އންމެހައ ލިޔެކިޔުންތަކުގައި ސޮއި ކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ ފަރާތެވެ. އަދަމި މައްސަލިސިވިލް ކޯޓުގއުބެލއިރި ޝާހިދު ޙުސައިން ކޯޓަށް ޙާޟިރުވެ 15 ފެބުރުވަރީ 2018 ގައި ސިވިލް ކޯޓަށް ދީފައިވާ ބަޔާނުގައި ސއިކޮށްފައިވޮ އެވެ. އަދި ޝާހިދާ ޙުސައިން އަކީ މިދަޢުވ ބިނާކޮށްފައިވްމޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްކޯޕަރޭޝަން ލިމިޓެޑް )އެމް.އެމް.ޕީ.އާރ.ސީ( އާއި މޮންޓެލިއަނ އިންޓަރނޭޝަނަލް ޕާ ރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ ނަންބަރު: MMPRC/2014/V/202 ފިކްސްޑ ޓަރމް ޕްރޮމިސަރީ ނޯޓުގައި ސޮއިކުރިފަރާތެވެ. އަދި އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ފަރާތުން ކޮށްފައިވާ އީމެއިލްތައްވެސ ކޮށްފައިވަނީ ޝާހިދު ޙުސައިން އެވެ. އެހެންކަމުން 14 މާރިޗު 2021 ވަން ދުވަހު ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފީ ދަޢުވާ ހުށަހެޅުމަށް ޝާހިދު ޙުސައިން ނުކުޅެދެންވި ސަބަބެއް ނެތެވެ.
10HN3ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނިންމާފައިވާ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް )މޯލްޑިވްސް( ޕވޓ ލޓޑ ވ ޝަރޫ ލޯންޗް ސ ރވިސް ޕވޓ ލޓޑ )2020( އެވެކިޔުނު މައްސަލައިގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ 3 ވަނަ ނަންބަރުގެ )ބ( ގައި ޤާނޫނު ނަންބަރު: 22/2010 )ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު( ގ 33 ވަނަ މާއްދާގެ )ބ( އާ ޙަވާލާދީ، ލިޔެފައިވަނީ، 2018/HC-A/51 " ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ދަޢުވާކުރާ ފަރާތާއި މެދު ޢަދުލުވެރި އަދި އިންސާފުވެރިކޮށ ޢަމަލުކުރުން ލާޒިމްވާ ފަދައިން ދަޢުވާލިބޭ ފަރާތްތައް ނުވަތަ މައްސަލަގައި ހިމެނޭ އެފަދަ އެހެނިހެން ފަރާތްތަކާއި މެދުވެސް ކަންކުރެވެން ޖެހނ ޢަދުލް އިންސާފުގެ ހަމަތަކާއި އެއްގޮތަށްކަމާއި، މގޮތުނި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް އޮންނަ ހައްޤު ބޭނުންކުރަނީ މީހަކަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ގޮތުން، ނުވަނަ އުފެދިފައިވާ ޚުސޫމަތަކާއި މެދު ވަކިގޮތެއް ނުނިންމާ ދިގު ދެންމުމުގެ ގޮތުން، ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތުން، ނުވަތަ އެބާވަތުގެ އެފަދް ކަމެއް ކުރުމުގެ ޤަޞްދުގައި ކަމަށްވަނީނަމަ އެއީ އެކަމެއް ރައްދުވާ ފަރާތެއްގެ ޙައްޤުގައި ޢަދުލުވެރި އަދި އިންސާފުވެރި ގޮތެއްކަމުގައި ބެލެވެން ނޯންނާނެކަމާއި، އަދި އެފަދަ މަޤްސަދެއް ޙާސިލުކުރުމަށ ކޯޓުގް ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޤާނޫނ ގޮތުން ހުއްދަ ކރެވިގެންވާ ކަމެއްނޫންކަންވެސް އެނގޭކަމާއި..." މިފަދައިންނެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 48 ވަނަ މާއްދާގައި ކޯޓުގެ ޒާތުގައި ލިބިގެންވާ އިޚްތިޞާޞްތައ ބަޔާންކުރަމުން އެ މާއްދާގެ )ހ( ގައި ލިޔެފައިވަނީ، "ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތް ކަމަކާގުޅޭ ގޮތުން މި ޤާނޫނާއި ހައިކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުނ ޢަދުލ އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހފިޔަނުދިނުމަށާއ އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު." މިފަދައިންނެވެ.
ޤާނޫނު ނަންބަރު: 22/2010
11HN4މި މައްސަލައަކީމޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓ ލިމިޓެޑުން އަނބުރާ ދައްކާ ގޮތަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބލިކ ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑުން ނަގާފައިވާ US$1,147,000.00 )އެއްމިލިއަން އެއްސަތޭކަ ސާޅީސް ހަތްހާސް އެމެރިކާ ޑޮލަރު( އަނބުރާ ދެއްކުމަށް ސިވިލް ކޯޓުގެ ނަންބަރު: 3094/Cv-C/2017 ޤަޟިއްޔާއިން ޙުކުމް ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައާ އިސްތިއުނާފުކޮށްފައިވ މައްސަލައެކެވެ. މިމައްސަލ އިސްތިއުނާފުކުރުމުގެ ސަބަބުން ނުކުންނަ އެއް ނަތީޖާއަކީ، ސިވިލް ކޯޓުގެ ނަންބަރު: 3094/Cv-C/2017 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުން ފަސްވެގެން ދިއުމުގެ ސަބަބުން އެ ޙުކުމުގެ ދަށުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ނުލިބި ދިއުމެވެ.މ މައްސަލައިގައި މޮންޓެލިއަނ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުންނާއި، ޝަރީޢަތުގެ މަޖިލީހުގައި ދިން ފުރުޞަތތަކުގައ އިސްތިއުނާފި ނުކުތާތައް ހުށަހަޅައިދިނުމަށް، އެ ކުންފުނީގެ ފަރާތުން އިންކާރުކޮށް، މައްސަލައިގެ އިސްތިއުނާފީ ނުކުތާތައް ހުށަހަޅާދީފައިނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 48 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނެ ން ނަހަމަގޮތުގައި ހިފިޔަނުދިނުމަށް ޓަކައި، މި މައްސަލަ އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު: 3094/Cv-C/2017 ޤަޟިއްޔާ ގ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް އެ ޤަޟިއްޔާ އިސްތިއުނާފުކުރ ޤާނޫނު ނަންބަރު: 22/2010
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާ (2018/HC-A/51 ގައި ޙަވާލާދީފައިވާ ގޮތަށް)
- ހައިކޯޓުގެ 2018/HC-A/51 (ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕވޓ ލޓޑ ވ ޝަރޫ ލޯންޗް ސަރވިސް ޕވޓ ލޓޑ) ޤަޟިއްޔާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.