ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނާޝިދު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު (406/Cr-C/2018)
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުގެ 406/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ 18 ޖޫން 2019 ގައި ރަޖިސްޓްރީކޮށް، ހައިކޯޓުގެ 2019/HC-A/318 ޤަޟިއްޔާއިން ބަލަމުން ދިޔައެވެ.
- ވާޤިޢާ
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ މުރާޖަޢާކުރުމަށްފަހު، އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމިއެވެ. އެ އޮފީހުގެ ނަންބަރު 196-A/95/2025/285 (16 ސެޕްޓެންބަރު 2025) ސިޓީއިން ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް ހައިކޯޓަށް އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމައި ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ކެނަބިސް ޓްރެފިކްކުރުމުގެ މި މައްސަލައިގެ ހާދިސާ ހިނގިފަހުން 7 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީއާއި، އިސްތިއުނާފު ރައްދުވާ މީހާގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައި ނުވާތީ ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުގެ ހުށަހެޅުމެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން 18 ސެޕްޓެންބަރު 2025 ގައި ދަޢުވާ ފޯމު ބާޠިލުކުރިއެވެ. މައްސަލައިގެ މައުޟޫޢީ ބައިގައި ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭހައިކޯޓުގެ ދަޢުވާ ފޯމު ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- —
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1ހައިކޯޓުގެ ޤަޝިއްޔާ ނަންބަރު: 2019/HC-A/318
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމުށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޒީސްޓްރީ ކުރެވުނު ތާރީޚް: 18 ޓޫން 2019 * ބާޠިލުކުރި ތާރީޚް: 18 ސެޕްޓެންބަރު 2025
4އިސްތިއުނާފު ކުރި ފަރާތް: * ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ޢާއްމު ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ވެލާނާގެ / މާލެ * މިހާރުގެ އެޑްރެސް: ވެލާނާގެ / މާލެ
5އިސްތިއުނާފު ރައްދުވި ފަރާތް: * ފުރިހަމަ ނަން: މުޙައްމަދު ނާޝިދު * އައިޑީކާޑު ނަންބަރު: A144169 * ޢާއްމު ނަން: - * ދާއިމީ އެޑްރެސް: ހުޅަނގުގެ / ރ. ރަސްގެތީމު * މިހާރުގެ އެޑްރެސް: ހެފީހައުސް / ރ. ރަސްގެތީމު
6ހުށަހެޅިފައިވާ މައްސަލަ: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ރ. ރަސްގެތީމު، ހުޅަނގުގެ، މުޙައްމަދު ނާޝިދުގެ މައްޗަށް ދައުވާކުރި ކެނެބިސް ޓްރެފިކްކުރުމުގެ މައްސަލަ ބެލި ކްރިމިނަލް ކޯޓުގެ ނަންބަރު 406/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް: ކްރިމިނަލް ކޯޓުގެ ނަންބަރު 406/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2019/HC-A/318 ގަޒީއްޔާއިން ބަލަމުންދާ މައްސަލަ ބާޠިލްކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު: 196-A/95/2025/285 (16 ސެޕްޓެންބަރު 2025) ސިޓީން ވަނީ އެދިފައެވެ. މި މައްސަލަ ބާޠިލްކޮށްދިނުމަށް އެދުނު ސަބަބެއްގެ ގޮތުގައި މި ސިޓީގައި ފާހަގަކޮށްފައިވަނީ މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުރާޖައާކޮށް ބެލިއިރު، މި މައްސަލައިގެ ހާދިސާ ހިނގާ ދިޔަ ފަހުން 7 (ހަތެއް) އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާތީއާއި، މި މައްސަލަ ފިޔަވައި އިސްތިއުނާފު ރައްދުވާ މީހާގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައިނުވާތީ، މި މައްސަލައިގެ އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމީކަމަށެވެ. ވީމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހަވާލާދެވުނު ސިޓީއަށް ރިއާޔަތްކޮށް، މި ކޯޓުގެ ނަންބަރު 2019/HC-A/318 ގަޒިއްޔާގެ ދައުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ހައިކޯޓުގައި މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 35 ވަނަ މާއްދާގެ (ށ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.