ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/210

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ސިއްރުކުރެވިފައި

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 21 އޮގަސްޓް 2025ދަށު ކޯޓު: ހުވަދުއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓެއް (ރަށުގެ ނަން ސިއްރުކުރެވިފައި) (2022/ / 06)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ހުވަދުއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓެއް (ރަށުގެ ނަން ސިއްރުކުރެވިފައި) (2022/ / 06)
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހުވަދުއަތޮޅު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓެއް (ރަށުގެ ނަން ސިއްރުކުރެވިފައި)ގެ 2022/ / 06 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ 13 ޖޫން 2023 ގައި ރަޖިސްޓްރީކޮށް، ހައިކޯޓުގެ 2023/HC-A/210 ޤަޟިއްޔާއިން ބަލަމުން ދިޔައެވެ.
ވާޤިޢާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ މުރާޖަޢާކުރުމަށްފަހު، އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމިއެވެ. އެ އޮފީހުގެ ނަންބަރު 196-A/95/2025/239 (06 އޮގަސްޓް 2025) ސިޓީއިން ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް ހައިކޯޓަށް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމައި ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ހާދިސާ ހިނގިފަހުން 6 އަހަރު ފާއިތުވެފައިވާތީއާއި، ހައިކޯޓުގެ އަމުރުން ތައްޔާރުކުރި މެޑިކަލް އެސެސްމަންޓަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަޢުވާ ލިބިގަތުމާއި ކުޅެދޭ މީހެއް ކަމަށް ނުފެންނާތީއާއި، އެ ފަރާތަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް ރަށުގެ ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާކަމަށް ފުލުހުން މަޢުލޫމާތުދީފައިވާތީ ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުގެ ހުށަހެޅުމެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުގެ ސަބަބުތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 35 ވަނަ މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ހައިކޯޓުން 21 އޮގަސްޓް 2025 ގައި ދަޢުވާ ފޯމު ބާޠިލުކުރިއެވެ. މައްސަލައިގެ މައުޟޫޢީ ބައިގައި ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ހައިކޯޓުގެ ދަޢުވާ ފޯމު ބާޠިލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޖަމީލް މޫސާ، މުޙައްމަދު ނިޔާޒް (ރިޔާސަތު)، ޢަބްދުލްމާނިޢު ޙުސައީން
ރިޔާސަތު
މުޙައްމަދު ނިޔާޒް
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ހައިކޯޓުގެ ޤަޝިއްޔާ ނަންބަރު: 2023/HC-A/210

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމް

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 ޖޫން 2023 * ބާޠިލުކުރި ތާރީޚް: 21 އޮގަސްޓް 2025

4އިސްތިއުނާފްކުރި ފަރާތް: * ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ރަޖިސްޓްރޭޝަން ނަންބަރު: -

5އިސްތިއުނާފް ރައްދުވި ފަރާތް: * ފުރިހަމަ ނަން: (ސިއްރުކުރެވިފައި) * އައި.ޑީ.ކާރޑް ނަންބަރު: (ސިއްރުކުރެވިފައި)

6ހުށަހެޅިފައިވާ މައްސަލަ: ހުވަދުއަތޮޅު ދެކުނުބުރީ █ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2022/ / 06 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް: ހުވަދުއަތޮޅު ދެކުނުބުރީ █ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2022/ / 06 ޤަޝިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅުމުން މިކޯޓުގެ ނަންބަރު:2023/HC-A/210 ޤަޝިއްޔާއިން ބަލަމުންދާ މައްސަލަ އިތުރަށް މުރާޖަޢާކުރިއިރު، މައްސަލައިގެ ހާދިސާ ހިނގިފަހުން 6 (ހައެއް) އަހަރު ދުވަސް ފާއިތުވެފައިވާތީ އާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްގެން ތައްޔާރުކުރުކުރެވުނު އިސްތިއުނާފު ރައްދުވާ (ސިއްރުކުރެވިފައި)ގެ މެޑިކަލް އެސެސްމަންޓަށް ބަލާއިރު، (ސިއްރުކުރެވިފައި)އަކީ ދަޢުވާލިބިގަތުމާއި ކުޅެދޭ މީހެއްކަމަށް ނުފެންނާތީ، މި މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނުފެންނާތީއާއި (ސިއްރުކުރެވިފައި)އަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް ހަމަޖެއްޖީމުރެވޭގެ އިންތިޒާމުތައް ހަމަޖެއްޖީމުރެވޭގެ އިންތިޒާމުތައް ދިރިއުޅޭ ރަށުގެ ކައުންސިލާ ގުޅިގެން މަސައްކަތްކުރަމުން ގެންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދީފައިވާތީ، މި މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ ބާޠިލްކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު196-A/95/2025/239 ސިޓީއިން 06 އޮގަސްޓް 2025 ގައި މިކޯޓަށް އަންގާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ށ) އަދި (ނ) އާ ޙަވާލާދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:2023/HC-A/210 ޤަޞިއްޔާގެ ދަޢުވާ ފޯމު، މިޤަސިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ. މައްސަލަ ނިންމި ފަނޑިޔާރުން: ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ ފަނޑިޔާރު މޯޙައްޤަދު ނިޔާޒް (ރިޔާސަތު) ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައީން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2011) ގެ 35 ވަނަ މާއްދާގެ (ށ) އަދި (ނ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ