އިބްރާހީމް ނިޒާރު ވ. ޢަބްދުލްހައްނާން ޙަލީމް އިބްރާހީމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2107/Cv-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓު: 2022/SC-A/27 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކ.ގާގަނޑު (ކުޑަހުރާ) ކުއްޔަށް ދިނުމަށް 17 އޮކްޓޫބަރު 2013 ގައި 5 އަހަރުގެ އެއްބަސްވުމެއް ވުޖޫދުވެފައިވޭތޯ (ހުށަހެޅުން، ރައްދު-ހުށަހެޅުން، ޤަބޫލުކުރުމާއި އެކަން އެންގުން، ހުށަހެޅުން އަނބުރާ ގެންދިއުން)، އަދި އެ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އިސްތިއުނާފުކުރި ފަރާތަށް ގެއްލުމުގެ ބަދަލު ލިބެންޖެހޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިގެއްލުމުގެ ބަދަލު ނުދެވޭ ނިންމުން ޤާއިމް؛ 2013 ގެ އެއްބަސްވުން ވުޖޫދުވިކަމަށް ދަށުކޯޓުން ކަނޑައެޅި ބައި ތަޙުލީލުގައި ރަދްދުކޮށް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 އެއްބަސްވުމެއްގެ މުއްދަތު އިތުރުކުރަން އެދި މުއްދަތު ހަމަވުމުގެ ކުރިން ލިޔުމުން ހުށަހަޅަން ޖެހޭނެކަމަށް ބުނާ ޝަރުޠަކީ، އެގޮތަށް ހުށަހެޅުމުން މުއްދަތު އޮޓޮމެޓިކުން އިތުރުވާނެ ޝަރުޠެއް ނޫނެވެ؛ މުއްދަތު އިތުރުކުރުމަކީ ކުއްޔަށްދޭ ފަރާތުގެ އިޚްތިޔާރުގައި އޮންނަ ކަމެކެވެ.
HN2 މުއްދަތު އިތުރުކުރުމުގެ އިތުރުން އާ ޝަރުޠުތައް (އިތުރު މުއްދަތާއި އިތުރު ބިނާއެއް) ހިމެނޭ ހުށަހެޅުމަކީ ވަކި ހުށަހެޅުމެއް (ޕްރޮޕޯސަލެއް) ކަމަށާއި، އެ ހުށަހެޅުން ޤަބޫލުނުކޮށް އެހެން ޝަރުޠުތަކަކާއެކު ދޭ ޖަވާބަކީ ރައްދު-ހުށަހެޅުމެއް (counter-offer) ކަމަށް ބެލެވެއެވެ.
HN3 ހުށަހެޅުމަކަށް ނުވާ ދަޢުވަތަކީ (invitation to treat) އިތުރަށް ވާހަކަ ދެއްކުމަށް ނުވަތަ މަޝްވަރާކުރުމަށް ދެވޭ ދަޢުވަތެކެވެ؛ ޝަރުޠުތައް ސާފުކޮށް، ޔަޤީންކޮށް، މަޝްވަރާއަށް ހުޅުވާނުލާ ގޮތަށް ބަޔާންކުރާ ލިޔުމަކީ ޤާނޫނީ ބަނދެވުމެއް އުފެއްދުމުގެ ނިޔަތް އޮތް ހުށަހެޅުމެއް ކަމަށް ބަލަން ޖެހެއެވެ.
HN4 ވިޔަފާރީގެ (commercial) މުޢާމަލާތްތަކުގައި ޤާނޫނީ ގޮތުން ބަނދެވުމުގެ ނިޔަތް (intention to create legal relations) އޮތްކަން އިފްތިރާޟްކުރެވޭތީ ދަޢުވާކުރާ ފަރާތުން އެކަން ސާބިތުކުރަން ނުޖެހޭނެއެވެ؛ ނަމަވެސް އެއްބަސްވުމުގައި ބޭނުންކުރި ބަސްމަގަށް ރިޢާޔަތްކޮށް ދަޢުވާ ރައްދުވާ ފަރާތަށް އެ އިފްތިރާޟް ނަފީކުރެވިދާނެއެވެ.
HN5 ރައްދު-ހުށަހެޅުމަކީ މައްސަލައިގައި އޮތް ހުށަހެޅުމެވެ، ސަބަބަކީ ހުށަހެޅުމަކަށްވާނީ އެންމެ ފަހުގެ ހުށަހެޅުން ކަމަށްވާތީއެވެ؛ ހުށަހެޅުމެއް ޤަބޫލުކުރުމަކީ ހިތުގައި ބޭއްވުމުން ފުރިހަމަވާ ކަމެއް ނޫން، އަނގަބަހުން، ޢަމަލުން، ލިޔުމުން ނުވަތަ ޤާނޫނު ބަލައިގަންނަ އެހެން ގޮތަކުން ބޭރުފުށުން ފާޅުކުރަން ޖެހޭ ކަމެކެވެ؛ ނަމަވެސް ޤަބޫލުކުރާ ވަގުތަކީ ހުރިހާ ހާލަތެއްގައި ކޮންޓްރެކްޓް ވުޖޫދުވާ ވަގުތެއް ނޫނެވެ.
HN6 ހުށަހެޅުމެއް ޤަބޫލުކުރުން ޤާނޫނީ ގޮތުން ފުރިހަމަވާނީ، ހުށަހެޅުން ޤަބޫލުކުރިކަން ހުށަހެޅި ފަރާތަށް ޙަޤީޤަތުގައި އެންގުމުންނެވެ (communication of acceptance)؛ ހުށަހެޅުމުގައި ޤަބޫލުކުރިކަން އަންގަންޖެހޭ ވަކި ގޮތެއް ބަޔާންކޮށްފައިވާނަމަ އެގޮތަށް ޢަމަލުކުރަން ޖެހެއެވެ.
HN7 ކުރިންވެސް ކުލި ބަލައިގަންނަމުން އައި ތިންވަނަ ފަރާތަކާ ކުލި ޙަވާލުކުރުމަކީ، އެ ފައިސާ ދައްކައިގެން ހުށަހެޅުން ޤަބޫލުކުރިކަން ހުށަހެޅި ފަރާތަށް އެންގިކަމުގެ ހެއްކެއްކަމަށް އޭގެ ޒާތުގައި އިފްތިރާޟެއް ނުކުރެވޭނެއެވެ.
HN8 ކޮންމެ ހުށަހެޅުމެއްވެސް ޤަބޫލުކުރުމުގެ ކުރިން އަނބުރާ ގެންދެވިދާނެއެވެ؛ ހުށަހެޅުމާ ތަޢާރުޟުވާ ކަމެއް ހުށަހެޅުން ރައްދުވި ފަރާތަށް އެންގުމުން ނުސީދާ (indirect) ގޮތުން ހުށަހެޅުން އަނބުރާ ގެނެވިދާނެއެވެ؛ ޤަބޫލުކުރުން ފުރިހަމަވުމުގެ ކުރިން ހުށަހެޅުން އަނބުރާ ގެންދިއުމުން އެއްބަސްވުމެއް ވުޖޫދުނުވާނެއެވެ.
HN9 އެއްބަސްވުމެއް ވުޖޫދުވެފައި ނުވާނަމަ، އެއާ ޚިލާފުވިކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ތަނެއް ނެތެވެ.
HN10 އެއްބަސްވުމުގެ ފަރާތަކާއި ތިންވަނަ ފަރާތަކާ ދެމެދު ހަދާ އެއްބަސްވުމަކުން، އެ އެއްބަސްވުމުގެ ފަރާތެއް ނޫން މީހެއްގެ މައްޗަށް ޤާނޫނީ ނުވަތަ ޢަޤުދީ ޒިންމާއެއް މަތިނުކުރެވޭނެއެވެ.
HN11 ދެފަރާތާ ދެމެދު ވާ ގުޅުމުގެ ބާވަތް (ކުލީގެ ގުޅުމެއްތޯ ހުއްދައިގެ ގުޅުމެއްތޯ) ކަނޑައަޅަން ޖެހޭނީ ދަޢުވާކުރާ އެއްބަސްވުން ވުޖޫދުވެ އޭގެ ޚިލާފުވުމެއް ސާބިތުވާ ހާލަތުގައެވެ.
HN12 ސަރުކާރުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއްގެ ބޭނުން ތިންވަނަ ފަރާތަކަށް ދޫކުރިއިރު ފަޅުރަށްރަށާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ޝަރުޠުތައް ފުރިހަމަކުރެވިފައިވޭތޯ ދެފަރާތުން ނުބަލާނަމަ، ސަރުކާރުން އެ ރަށް ނެގުމުން އެ ދެފަރާތާ ދެމެދު ކުރެވުނު މުޢާމަލާތްތަކާ މެދު ދައުލަތަށް ޒިންމާއެއް ނުއުފުލޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޢަބްދުﷲ ޙަމީދު އާއި ފަނޑިޔާރު ޙުސައިން ޝަހީދު
ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:
1މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2107 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، […] / އިބްރާހީމް ނިޒާރުގެ (އައި.ޑީ.ކާރޑް ނަންބަރު:) ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ […] / ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް (މީގެ ފަހުން މިރިޕޯޓުގައި ޢަބްދުލްޙަންނާން ޙަލީމްކަމުގައި ބަޔާންކުރާ) (އައި.ޑީ.ކާރޑް ނަންބަރު:) އެވެ. މައްސަލައިގެ ފަސްފަހަތް: "ކ.ކުޑަހުރާ" ނުވަތަ "ކ.ގާގަނޑު":
2"ކ.ކުޑަހުރާ" އަކީ، 20 ޑިސެންބަރު 1972 ގައި […] ޢަބް ދުލްޙަންނާން ޙަލީމްއަށް ކ.ފުރަނަފުށީގެ ފަޅުނ ހިއްކުމަށް ޙަވާލު ކުރެވުނު ގޮޅިއެކެވެ. ނަމަވެސް އެ ތަން ހިއްކުމުގެ ގޮތުން 27 ޑިސެންބަރު 1975 ގެ ނިޔަލަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އެގޮޅި ޢަބް ދުލްޙަންނާން ޙަލީމްގެ ކިބައިން ވަކި ކުރެވުނެވެ. އޭގެ ފަހުން، އެތަނުން އެގާރަހާސް އަކަފޫޓްގެ ބޮޑު ބައެއް ޢަބް ދުލްޙަންނާނ ޙަލީމް ހިއްކިއެވެ. ކ.ފުރަނަފުށީގެ މިތަނަށ ކިޔް އަނެއް ނަމަކީ "ކ.ގާގަނޑު" އެވެ. އަދި ޢާންމުކޮށް ކިޔަނީވެސް "ކ.ގާގަނޑު" ކަމަށް ބެލެވެއެވެ. އެހެންކަމުން މިރިޕޯޓްގައި "ކ.ގާގަނޑު"ކަމަށް ބަޔާން ކޮށްފައިވާ ކޮންމެތަނެއ އެއް "ކ.ކުޑަހުރާ"އަށް ނިސްބަތްކޮށް ބޭނުންކޮށްފައިވާ ނަމެކެވެ. ފަޅުނ ޢަބްދުލްޙަންނާން ޙަލީމް ހިއްކި ތަނަށް "ކުޑަހުރާ" މިނަން ހަމަޖައްސައި އަދި އެތަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި ޙަވާލު ކުރިއެވެ. "ކ.ކުޑަހުރ" ވަރުވާއަށް ދޫކުރުން:
3"ކ.ކުޑަހުރާ" އަކީ ޢަބް ދުލްޙަންނާން ޙަލީމްގެ ތަނެއް ނޫންނަމަވެސް، އެތަން ހިއްކާފައިވަނީ އޭނާކަމަށްވާތީ، އަހަރަކު -/100ރ (ސަތޭކަ) ރުފިޔާގެ މަގުން، 25 ޖޫން 1984 ގައި […] ޢަބްދުލްޙަންނާނު ޙަލީމް އަށް އެތަން ވަރުވާއަށް ލިޔެދިނެވެ. ވަރވާއަށު ލިޔެދިން ޝަރުޠަކީ ފުރަނަ ޓޫރިސްޓް ރިސޯޓަށާއި ޓޫރިސްޓުންނަށް ދަތިނުވާކަހަލަ މަސައްކަތް އެތަނުގައި ކުރުމެވެ. ޢަބް ދުލްޙަންނާނު ޙަލީމްއަށް މިރަށު ވަރުވާއަށް ދޫކޮށްފައިވަނީ ވަކި މުއްދަތެއް ނެތިއެވެ. ސަބަބަކީ އޭރު ވަރުވާއަށް ލިޔެދިނުމަށ ވަކް މުއްދަތެއް ނެތުމެވެ. "ކ.ގާގަނޑ" ބައެއް "ބެލެހެއްޓުމުގެ" ހުއްދަ ދިނުން:
4ޢަބް ދުލްހަންނާނ ޙަލީމް އަށް 25 ޖޫން 1984 ގައި ވަރުވާއަށް ލިޔެދީފައިވާ ކ.ގާގަނޑުގެ ބައެއް "ބެލެހެއްޓު މުގެ ހުއްދަ" 1995 އިން ފެށިގެން އިބްރާހީމް ނިޒާރުއަށް ޢަބް ދުލްޙަންނާން ޙަލީމް ދިނެވެ. 1995 އިން ފެށިގެން 17 އޮކްޓބަރޯ 2012 ގެ ނިޔަލަށް ހިނގާދިޔަ 17 އަހަރާއި އެތަކެއް ދުވަހުގެ މުއްދަތުގައި ކ.ގާގަނޑުގައި އިބްރާހީމް ނިޒާރު މަސައްކަތް ކުރަމުންދިޔައީ ޢަބް ދުލްޙަންނާނ ޙަލީމް އާ ދެމެދު އަނގަބަހުން ވެވޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު:4A/72/84/9-1 (16 ޖޫން 1984) ސިޓީ. ކ.ކުޑަހުރާ (ގާގަނޑު) ގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި އެރަށް ޢަބްދުލްޙަންނާން ޙަލީމް އަތުން ނެގުނުއިރު، އެ ރަށުގެ ވަރުވާއަކީ އަހަރަކު - /2600ރ ކަން އނެ ގެން އޮވެއެވެ. ފިޝަރީޒް މިނިސްޓްރީގެ ނަންބަރު:E/INDIV/2015/154-30 (82 ޖަނަވަރީ 2015) ސިޓީ އަދި އެ މިނިސްޓްރީގެ ނަންބަރު:30/95/2021/2 (25 އޮކްޓބަރޯ 2021) ސިޓީއާގުޅޭ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު:A/72/84/94-1 (16 ޖޫން 1984) ސިޓީ. ފިޝަރީޒް، މިނިސްޓްރީގެ ނަންބަރު:30/144/2019/2 (15 އޭޕްރީލް 2019) ސިޓީ. "ވިޔަފަރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ގެ 7.2.2ގައި. އެއްބަސްވުމެއްގެ ދަށުން ދެފަރާތުން އެއްބަސްވާ އުޞޫލަކުންނެވެ. މިގޮތުން ކ.ގާގަނޑުން ބައެއް އިބްރާހީމް ނިޒާރު ބޭނުން ކުރި ދުވަސްތަކަށް އިބްރާހީމް ނިޒާރުގެ އަތުން މަހުން މަހަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން ފީއެއް ނަގާފައި ވެއެވެ. އަނގަބަހުން ވަމުންދިޔަ އެއްބަސްވުން ލިޔުމަށް ތިރިކުރުން:
5އިބްރާހީމް ނިޒާރު އާއި ޢަބްދުލްހަންނާން ޙަލީމްއ ދެމެދާ އަނގަބަހުން ވަމުންދިޔަ އެއްބަސް ވުން 17 އޮކްޓޫބަރު 2012 ގައި ލިޔުމަށް ތިރިކޮށްފައި ވެއެވެ. އެއެއްބަސްވުމަކީ ވަރަށް ކުރު ސާދާ އެއްބަސްވުމެކެވެ. އެއެއްބަސްވުމުގައިވަނީ؛ […] ދިވެހިރާއްޖެ. ކ.ކުޑަހުރާ(ގާގަޑު) ކުއްޔަށް ދިނުމާބެހޭ އެގްރީމެންޓް.
1. ގާގަޑު ކުއްޔަށްދޫކުރަނީ ތަނުގެ ވެރިފަރާތް ކަމުގައިވާ ޢަބްދުލް ޙަންނާނު ޙަލީމް […] . ގާގަޑު ކުއްޔަށް ހިއްޕަވަނީ އަލްފާޟިލް އިބްރާހީމް ނިޒާރު […] އެވެ. ކުއްޔަށް ހިފާފަރާތުން ތަނުގައި ކުރާމަސައްކަތަކީ ފަރުމަހާއި، ކަންނެލިބޭރު ކުރުމާއި އަދި އައިސް ވިއްކުން ފަދަ ކަންތައްކުރުމަށެވެ.
2. ތަނުގެ ކުއްޔަކީ މަހަކު -/12،000ރ( ބާރަހާސް ރުފިޔާ) އެވެ.
3. ކޮންމެ މީލާދީ މަހެއްގެ 10ވަނަ ދުވަހުގެ ކުރިން އެމަހެއްގެ ކުލި ތަނުގެ ވެރިފަރާތާއި ޙަވާލު ކުރަންވާނެއެވެ.
4. މި އެގްރީމަންޓުގެ މުއްދަތަކީ 17 އޮކްޓބަރޯ 2012 ން 17 އޮކްޓބަރޯ 2013 އަށް 01 އަހަރު ދުވަހެވެ. ޤާނޫނު ނަންބަރު: 78/30 (ސަރުކާރުގެ ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނ ފަދަ ބިން ބިމާއި އަދި ސަރުކާރުގެ ލަކުޑިއއާ ބެހި ގޮތުން މަނާކަންތަކުގެ ޤާނޫނު) ގެ 1 ވަނަ މާއްދާ، " ވަކި ފަރާތަކުން ލިޔުއްވައިގެންއުޅޭ ފަޅުރަށަކަށ އެއްވެސް މީހެއްގެ އަތުން އެރަށަށް އަރާ ފައިބާތީ އެއްޗެއް ނެގުމަކީ މަނާ ކަމެކެވެ. ނަމަވެސް އެގޮތަށް އަރާމީހުންނަށް ކޮށްދޭ މަސައްކަތަށާއ ބޭނުންކުރި އެއްޗިއްސަށް، ޗާޖް ކުރުމަކީ، އެންމެ ރަގަޅު ކަމެކެވެ. މީގެ އިތުރަށް ވަކި މުއްދަތްއަކަށް އެރަށުގައި ފައިބާތިބޭނަމަ، އެކަށީގެންވާ އެއްޗެއް ނެގުމަކީ، ހުއްދަ ކަމެކެވެ. 2 ވަނަ މާއްދާ "ތިންވަނަ ފަރާތަކަށް،ސަރުކާރުގެ ރަށެއް، ގޮއި،ފާލައްބަ ހިންނައެއްފަދަ ތަނެއް ލިޔެދީގެން އުޅުމަކީ މަނާ ކަމެކެވެ. އެގްރީމަންޓުގައި ބަޔާންކޮށްފައިވާ މުއްދަތަށް ވުރެއިތުރަށް ބޭނުންވާނަމަ 04 ވަނަ ޕޮއިންޓުގައި ބަޔާންކޮށްފައިވާ މުއްދަތްހަމަވުމުގެ ކުރިން އެކަން ވެރިފަރާތަށް ލިޔުމަކުން ހުށަހަޅުއްވަންވާނެއެވެ. މި އެގްރީމަންޓުގައިވަނީ އަޅުގަނޑުމެން ދެފަރާތުން އެއްބަސްވެފައިވާ ގޮތެވެ. ކުއްޔަށް ދޫކުރި ފަރާތް: ކުއްޔަށް ހިއްޕަވާފަރާތް: ސޮއި: (ސޮއިކޮށްފައި) ސޮއި: (ސޮއިކޮށްފައި) ނަން:ޢަބް ދުލްޙަންނާން ޙަލީމް) 032701A( ނަން:އިބްރާހީމް ނިޒާރު) 047198A( އެޑްރެސް:[…]
62012 ގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް މުއްދަތު އިތުރުކުރުމަށް އިބްރާހީމް ނިޒާރުގެ ފަރާތުން 2 ފެބުރުވަރީ 2013 ގައި ޢަބްދުލްޙަންނާން ޙަލީމްއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވިއެވެ. އެސިޓީގައި ބަޔާނކޮށްފައް ވެއެވެ؛ "ތިޔަ ފަރާތުން އަޅުގަނޑު ކުއްޔަށް ހިފައިފައިވާ ކ.ކުޑަހުރާ (ގާގަނޑު) ގައި މިހާރު ކުރަމުންދާ މަސައްކަތްތައް ކަމަށްވާ އައިސް ވިއްކުމާއި ފާނަ ބަންދުކުރުމާއި ކަންނލެ ބންދުކުރުމާއަ އެހެނިހެން މަހުގެ މަސައްކަތްތަކުން ލިބޭ އާންމްދަނީން މަސްވެރިކަން ދަށްވުމުގެ ސަބަބުން ތަނުގެ ހަރަދުތައްވެސް ފޫބެއްދޭވަރުނުވެއެވެ. އެހެންކަމުން ލިބޭ މަދު މަސްކޮޅު ހައި މާރްކެޓަށް ވިއްކުމަށްޓަކައި އިތުރު ޕެކިން ރޫމެއ ހެދުމަށް ގަސްދުކުރަމެވެ. ވީ މާ، ތަނުގެ އެގްރީމެންޓްގެ މުއްދަތު 10 އަހަރުދުވަހަށް ބަދަލުކޮށްދެއްވައިތޯ އެދި ދެންނެވީމެވެ." މިފަދައިންނެވެ.
7އިބްރާހީމް ނިޒާރު ފޮނުވި އެ ސިޓީއާއި ގުޅިގެން ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން ފޮނުވީ "ކ.ކުޑަހުރާ (ގާގަޑު) ކުއްޔައްދިނުމާބެހޭ އެގްރީމަންޓް" މިނަން ޖަހާފައިވާ ލިޔުމެކެވެ. އެލިޔުމުގައި އޮތީ؛ […] ދިވެހިރާއްޖެ.
ކ.ކުޑަހުރާ (ގާގަޑު) ކުއްޔައްދިނުމާބެހޭ އެގްރީމަންޓް
1. ގާގަޑު ކުއްޔަށް ދޫކުރަނީ ތަނުގެ ވެރިފަރާތް ކަމުގައިވާ ޢަބްދުލްހަންނާނ ހަލީމް […] ލޮޅުގެ އެވެ. ކުއްޔަށް ހިއްޕަވަނީ އަލްފާޟިލް އިބްރާހީމް ނިޒާރު، […] އެވެ. ކުއްޔަށް ހފާފަރާތުނި އެތަނުގައި ކުރާމަސަކަތަކީ، އައިސްވިއްކުމާއި، ފާނަބަންދުކުރުމާއި، ކަންނެލި ބަންދުކުރުމާއި، އަދިވެސް މަހުގެ މަސައްކަތް ކުރުމެވެ.
2. ތަނުގެ ކުއްޔަކީ މަހަކު -/12،000ރ (ބާރަހާސް ރުފިޔާ) އެވެ. އެމަހެއްގެ ކުލި ކޮންމެމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ވެރިފަރާތާއި ޙަވާލު ކުރަންވާނެއެވެ.
3. ގާގަޑުގެ ވެރިފަރާތުން އެތަނުގައި ކުރާމަސައްކަތަކީ ދިރޭ ކުދިމަސްބޭރުކުރުމުގެ މަސައްކަތް ކަމަށްވާތީ އެތަނުގެ ކަރަންޓް 24ގަޑި އިރު ލިބޭގޮތަށް ހުރުމަކީ ކޮންމެހެން ބޭނުންވާކަމަށް ވާތަ އެކަމަށް ސަމާލުކަން ދެއްވުން ވަރަށް އެދޭވާހަކަ ދަންނަވަމެވެ.
4. ގާގަޑ މިވަގުތު އެއްވެސް ފަރާތަކަށް ކުއްޔަށްދީފައި ބާއްވަން ބޭނުންނުވތާ އެދިވަޑައިގަތްފައިވާ ފަދައިން 10 އަހަރު ދުވަހަށް ދެވެން ނެތްވާހަކަ ދަންނަވެމެވެ. އެހެންނަމަވެސް ގާގަޑުގައި ދިގުމުއްދަތެއްގައި މަސައްކަތް ކުރެއްވުމާއިއެކު އަދި މިވަގު(ތ) ތިބޭފުޅުންނާއ ގުޅިގެނި މަސައްކަތްކުރާނެ ރަނގަޅުބަޔަކު ތިބުމާއިއެކު މާލެކައިރިން ކޮންމެވެސް އެހެންތަނެއްގައި މަސައްކަތް ފެއްޓެވުމަށްޓަކާ 5 އަހަރުގެ މުއްދަތު އިތުރުށް ދެވިފައި ވާކަމުގައި މިމުއްދަތަކީ މަސައްކަތް ނިންމުމަށްޓަކައި އެރުވުނު މުއް ދަތަކަށްވާތ ދެނީ އިތުރު އއްވެސްތަނެއެ ހެއްދެވުމުގެ ހުއްދައެއް ދެވެން ނެތްވާހަކަ ދެންނެވީމެވެ. މިއެގްރީމަންޓުގައިވަނީ އަޅުގަނޑުމެން ދެފަރާތުން އެއްބަސްވެފައިވާ ގޮތެވެ. ކުއްޔަށް ދޫކުރާ ފަރާތް: ކުއްޔަ އ ހިއްފފަރާތް: ސޮއި: (ސޮއިނުކޮށް) ސޮއި: (ސޮއިކޮށްފައި) ނަން:ޢަބް ދުލްޙަންނާންޙަލީމ) 032701A( ނަން:އިބްރާހީމނިޒާރް ) 047198A( އެޑްރެސް:[…]
(ތ) އިތުރުކޮށްފައި. އިބްރާހީމް ނިޒާރު ތިންވަނަ ފަރާތަކަށް "ކ.ގާގަނޑ" ދޫކުރުން:
8ކ.ކުޑަހުރާ (ގާގަނޑު)ގެ މެނޭޖްމަންޓް ހަވާލުކުރުމަށް އިބްރާހީމް ނިޒާރު އާއި […] ޢަބްދުލްވާހިދު މުޙައްމަދާއި ދެމެދު އެއްބަސްވުމެއް ވިއެވެ. މިއެއްބަސްވުން ވެފައިވަނީ 1 ޖެނުއަރީ 2014 އިން ފެށިގެން 1 ޖެނުއަރީ 2018 ގެ ނިޔަލަށެވެ. މިއެއްބަސްވުމުގައި ވަނީ؛ އެއްބަސްވުން ކ.ކުޑަހުރާ(ގާގަނޑު)ގެ މެނޭޖްމަންޓް އާއި ހަވާލުކުރުމަށް […] އިބްރާހީމް ނިޒާރު އާއި […] ޢަބްދުލްވާހިދ މުޙައްމަދު އާއު ދެމެދި ވެވުނު އެއްބަސްވުން
1. މި އެއްބަސްވުމުގެ މުއްދަތަކީ 1 ޖެނުއަރީ 2014 އިން 1 ޖެނުއަރީ 2018ގެ ނިޔަލަށެވެ.
2. މި އެއްބަސްވުމުގެ ދަށުން ގާގަނޑުގައިހުރި އިބްރާހީމް ނިޒާރުގެ ހުރިހާ އެސެޓްތަކެއް ބޭނުން ކޮށްގެން ޢަބްދުލްވާހިދ މުޙައްމަދު އަށު ފާނ އާއަ މަހުގެ އެހެނިހެން މަސައްކަތްތައް ކުރެވޭނެއެވެ. އަދި ގާގަނޑުގެ އެސެޓްސްގެ އިތުރުން 1 ސަތަރިދޯނި ޢަބްދުލްވާހިދ މުޙައްމަދު އާއު ހަވާލު ކުރެވޭނެއެވެ.
3. 2 ގައި ބަޔާންކުރެވިފައިވާ އެސެޓްސް ބޭނުންކޮއްގެން ކުރާމަސައްކަތު ން ކޮންމެ މީލާދީ މަހެއްގޭ 10 ގެކުރިން -/000،150ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ޢަބްދުލްވާހިދު މުޙައްމަދު، އިބްރާހީމް ނިޒާރުއާއި ހަވާލުކުރަންވާނެއެވެ. އަދި މީގެ އިތުރުން ޢަބްދުލް ވާހިދު މުހައްމަދުގެ ކުންފުނި ކަމަށްވާ މާރިއާ މޯލްޑިވްސް ޕްރައިވެޓް ލިމޓެޑި ށ ބަންދުކުރާ މަސް ފިޔަވައި އެހެން ކުންފުނިތަކަށް ބަންދުކުރާ ހުރިހާ ބާވަތްތަކުން ލިބޭ އާމްދަނީގެ ސާފު ފައިދާގެ %50 ކޮންމެ މީލާދީ މަހެއްގެ 15 ގެ ކުރިން އިބްރާހީމް ނިޒާރުއަށް ހުރިހާ ހިސާބެއްގެ ތަފްސީލް ފޮނުވުމަށްފަހު 20 ގެ ކުރިން ލިބިފައިވާ ފައިސާ ހަވާލު ކުރަންވާނެއެވެ.
4. މިއެއްބަސްވުމުގައި ސޮއިކުރާއިރު ގާގަނޑުގައ ހުރި އެސެޓްސްގެ ލިސްޓް ޢަބްދުލް ވާހިދު މުހައްމަދު އާ ހަވާލު ކުރަންވާނެއެވެ.
5. މިއެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް ވެރިފަރާތުން އިބްރާހީމް ނިޒާރުއަށް ގާގަނޑު ދީފައި އޮތްހާދުވަހަކ ދެފަރާތު އެއްބަސްވާ އުސޫލަކުން މުއްދަތު އިތުރުކުރެވޭނެއެވެ. މެނޭޖްމަންޓް ހަވާލުކުރިފަރާތް މެނޭޖްމަންޓް އާއި ހަވާލުވި ފަރާތް އިބްރާހީމް ނިޒާރު )047198A( ޢަބްދުލް ވާހިދުމުހައްމަދު )037264A( ސޮއި: (ސޮއިކޮށްފައި) ސޮއި:(ސޮއިކޮށްފައި) 1-ހެކިން 2-ހެކިން ނަން: މޫސާ އަންވަރު ނަން:ޢަބްދުއްރަޙްމާން އާރިފް. ސޮއި:(ސޮއިކޮށްފައި ސޮއި:(ސޮއިކޮށްފައި) އައި.ޑީ.ކާޑު.ނަންބަރު:039584A. އައި.ޑީ.ކާޑު.ނަންބަރު:129026-A މިފަދައިންނެވެ. 17 އޮކްޓބަރޫ 2012 ގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެންގުން:
9އިބްރާހީމް ނިޒާ ރުއަށް އެޑްރެސްކޮށް 09 ފެބުރުވަރީ 2014 ގައި ޢަބްދުލްހަންނާނ ޙަލީމް ސޮއިކޮށް ސިޓީއެއް ފޮނުވިއެވެ. އެސިޓީގައި 17 އޮކްޓޯބަރު 2012 ގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އަންގާފައިވެއެވެ. އެސިޓީގެ ޢިބާރާތުގައި ބަޔާންކޮށްފައިވަނީ؛ " 17 އޮކްޓބަރޯ 2012 ވަނަ ދުވަހު ކ.ކުޑަހުރާ(ގާގަނޑު) ކުއްޔަށް ދިނުމަށް، ކުއްޔަށް ދޫކުރި ފަރާތުގެ ހައިޞިއްޔަތުން އަޅުގަނޑު ސޮއިކޮށް، އަދި ކުއްޔަށް ހިފާފަރާތުގެ ހައިސިއްޔަތުން އިބްރާހީމް ނިޒާރު ސޮއިކުރައްވާފައިވާ އެގްރީމެންޓުގެ 4 ވަނަ މާއްދާގައިވާ މުއްދަތުކަމުގައިވާ 1 (އެކެއް) އަހަރު ދުވަސް މިހާރު ހަމަވެފައިވާތީ، އެ އެގްރީމެންޓުގައިވާ ގޮތުގެ މަތިން އެރަށް އިބްރާހީމް ނިޒާރުގެ އަތުން މިހާރު ވަކިވެފައިވާ ވާހަކަ ދަންނަވަމެވެ. މިސިޓީއާއެކު އިސްވެ ދެންނެވުނު އެގްރީމެންޓްގެ ކޮޕީއެއް އަރިސްކުރީމެވެ." މިފަދައިންނެވެ. 17 އޮކްޓބަރޫ 2013 ގައި އިބްރާހީމް ނިޒާރު ސޮއިކުރި ލިޔުން ޢަބްދުލްޙަންނާން ޙަލީމް ސޮއިކުރުމަށް ފޮނުވުން:
10ޢަބްދުލްޙަންނާން ޙަލީމް 09 ފެބުރުވރަ 2014 ގައި އިބްރާހީމް ނިޒާރުއަށް ފޮނުވި ސިޓީއަށް ފަހު، އެސިޓީ އާއި ގުޅިގެން، އިބްރާހީމް ނިޒާރުގެ ފަރާތުން ޢަބްދުލްހަންނާނ ޙަލީމް އަށް އެޑްރެސްކޮށް 04 މާރިޗް 2014 ގައި ދިގު ސިޓީއެއް ފޮނުވާފައިވެއެވެ. އެސިޓީއާއެކު 17 އޮކްޓޫބަރު 2013 ގައި އިބްރާހީމް ނިޒާރު ސޮއިކުރި ޢަބްދުލްޙަންނާން ޙަލީމް ފޮނުވި ލިޔުން ޢަބްދުލްޙަންނާން ޙަލީމް ސޮއި ކުރުމަށްޓަކައި ފޮނުވި އެވެ. އިބްރާހީމް ނިޒާރު ފޮނުވި ސިޓީގެ ބަޔާންކޮށްފައިވެއެވެ؛ " ތިޔަ ފަރާތާއި އަޅުގަނޑ ދެމެދާ އޮންނަ ޒަމާންވީ އަންޑަސްޓޭޑިންގ އެއްގެ ދަށުން 1995 ވަނަ އަހަރުން ފެށިގެން ކ.ގ ގަނޑުގައި މިގެންދަނީ މަސައްކަތްކުރަމުންނެވެ. އެރަށުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާތާ 19 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މިވ ދިގު މުއްދަތުގެ ތެރެއިން ލިޔުމުން އެއްބަސްވުމެއް ހެދިފައިވަނި، ވަރަށް މަދުފަހަރެއްގައެވެ. އެނގިވަޑައިގަންނަވާނޭފަދައިން، އެތައް މިލިއަން ރުފިޔާއެއް އިންވެސްޓްކޮށްގެން އައިސް އުފެއްދުމާއި، ކަންނެލި ބަންދުކުރުމާއި، ފާނަ ބަންދުކުރުމާއި އަދި މަހުގެ އެހެނިހެން މަސައްކަތްތައް އެރަށުގައި އަޅުގަނޑުމެން ކުރަމުންގެންދަމެވެ. އަދި އެފަދަ މަސައްކަތްތަކަށް ބޭނުންވާ އެންމެހައި ވަޞީލަތްތައްވެސ ވާން އެ ރަށުގައި ޤައިމުކުރެވިފައެވެ. އެހެންކަމުން، 17 އޮކްޓބަރޯ 2012ގައި ހަދާފައިވާ 01 އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ އެއްބަސްވުމުގެ މުއްދަތު 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވައިތޯ 02 ފބުރުއަރެ 2013 ގައި ސިޓީއަކުން ދެންނެވުމާއި ގުޅިގެން އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދެއްވައި ސޮއިކުރުމަށް ފޮނުއްވި އެގްރީމެންޓްވަނީ ލިބިފައެވެ. އެ އެގްރީމެންޓް ލިބުމާއިގުޅިގެން އެ އެގްރީމެންޓްގައި އަޅުގަނޑު ސޮއިކުރުމަށްފަހު، 10 ޑިސެމްބަރު 2013ގެ ނިޔަލަށް ކުއްޔަށްވާ ފައިސާ ހިފައިގެން ތިޔަފަރާތް ދިރިއުޅުއްވާ […] އަޅުގަނޑު ދިޔައިރު، ގޭގައި ތިޔައިނ އެއްވެސް ބޭފުޅަކު ނޫޅުއްވާކަމަށާއި، ރާއްޖޭންބޭރަށް ވަޑައިގެންވާކަމަށާއި، އެނބުރި މާލެ ވަޑައިގަންނަވާނީ 2014 ޖެނުއަރީގައި ކަމަށް ގޭގައި އެވަގުތު އުޅުނު ބޭރު ފިރިހެނަކާއި،ދިވެހި އަންހެނަކު ބުނެފައިވާތީ އެއްބަސްވުމާއި، ކުލީގެ ފައިސާ ހިފައިގެން އެނބުރި އަޅުގަނޑު ދިޔައީއެވެ. އޭގެ ފަހުން އެހާތަނަށް ދައްކަންޖެހޭ ކުލި ކ.ގާގަނޑަށ ގޮސް ވަން ސުޖާޢުއާއި ޙަވާލުކުރެވިފައެވެ. ތިޔަފަރާތަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެ ރަށުގައި އަޅުގަނޑުމެން ކުރަމުންގެންދާ މަސައްކަތްތައް 01 ޖެނުއަރީ 2014 އިން ފެށިގެން އެހެންފަރާތަކާ ގުޅިގެން ހިންގުމަށް ވަނީ ފެށިފައެވެ. އެގޮތަށް އެކަން ނިންމާފައިވަނީ، 05 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވައ ފޮނުއްވި އެއްބަސްވުމާއި ގުޅިގެންނެވެ. އެހެންކަމުން 17 އޮކްޓބަރޯ 2013 އިން ފެށިގެން ދެއްވާފައިވާ 05 އަހަރުދުވަހުގެ މުއްދަތު ހަމަވަންދެން އެ ރަށުގައި އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނެކަމަށ ޔަޤީން ކުރަމެވެ. ކ.ގާގަނޑުގައި ކުރަމުންގެންދާ މަސައްކަތަށް ދެއްވަމުންގެންދަވާ އެހީތެރިކަމާއި، އެއްބާރުލުމަށް އަދި ތަނުގެ ކުލި ދެއްކުމަށް ދެއްވަމުންގެންދާވާ ލުޔަށްޓަކައި ނިހާޔަތަށް ޝުކުރު ވީމާ، މިސިޓީއާއެކު، 05 އަހަރުދުވަހަށ މުއްދަތް އިތުރުކޮށް ތިޔަފަރާތުން ފޮނުއްވި އެއްބަސްވުން ސޮއިކުރެއްވުމަށްޓަކައި، ފޮނުވީމެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، އެއްކޮޕީ މިސިޓީ ހިފައިގެންދާ […] ޢަލީ ރައޫފުއާ ޙަވާލުކޮށްދެއްވުން އެދެމެވެ.އަދި 2014 ވަނަ އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާރޗްމަހުގެ ކުއްޔަށްވާ -/36000ރ.(ތިރީސްހަހާސް ރުފިޔާ) ވެސް މިސިޓީއާއެކު ފޮނުވީމެވެ. އަޅުގަނޑުމެން އުއްމީދުކުރަނީ، އަޅުގަނޑާއި ތިޔަފަރާތ ދެމެދާ އޮންނަ ޒަމންވާ ގާތް އެކުރެވިކަމާއި އެއްބަޔަކު އަނެއް ބަޔަކަށް ވަމުންދާ އެހީތެރިކަމާއި އެއްބާރުލުން ކުރިޔަށު އޮތްތާނގައިވެސް ދެމި އޮންނާނެ ކަމަށެވެ." މިފަދައިންނެވެ. ޢަބްދުލްޙަންނާން ޙަލީމްގެ ކިބައިން ކ.ގާގަނޑު ވަކި ކުރުން:
11ކ.ޅާނބުގަލި އަކީ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 09 އޮކްޓޫބަރު 2014 ގައި ނިންމަވައި އެކަން ފިޝަރީޒް މިނިސްޓްރީއަށް އެންގިއެވެ. އެކަމާއި ގުޅިގެން ކ.ގާގަނޑު ޢަބްދުލްހަންނާން ޙަލީމްގެ ކިބައިން ވަކި ކ ރިއެވެ. އަދި ކ.ގާގަނޑުގައި ޢަބްދުލްހަންނާން ޙަލީމްގެ އެއްވެސް ބާވަތެއްގެ ނުއުފުލޭ މުދަލެއް ހުރިނަމަ 28 ޖެނުއަރީ 2015 އިން ފެށިގެން 26 ފެބުރުވަރީ 2015 ގެ ނިޔަލަށް ގެންގޮސް ނިންމުމަށް އަންގާފައިވެއެވެ. އެއަށްފަހު، ފިޝަރީޒް މިނިސްޓްރީން ކ.ގާގަނޑު ޓޫރިޒަމް މިނިސްޓްރީއާ ޙަވާލު ކުރިއެވެ. އިބްރާހީމް ޝުޖާޢު ޢަބްދުލްޙަންނާން އަށް "ކ.ގާގަނޑު" ދޫކުރުން:
12ކ.ގާގަނޑުގައި މަސްވެރިކަމާއ ގުޅި މަސައްކަތެއް ކުރުމަށް ޕްރޮޕޯސަލްއެއް […] އިބްރާހީމް ޝުޖާޢު އަބްދުލްޙަންނާން ހުށަހެޅިއެވެ. ކ.ގާގަނޑަކީ ފަޅެއްގެ ގޮތުގައި އޮއްވާ […] ޢަބްދުލްޙަންނާން ޙަލީމް ހިއްކައިގެން ތަރައްޤީކޮށް އަދި ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ރަށަށް ވާތީ، އިބްރާހީމް ޝުޖާޢު "ކ.ޅާނބުގަލި" ކަމަށް ފިޝަރީޒް، މިނިސްޓްރީގެ ނަންބަރު::E/INDIV/2015/154-30 (28 ޖަނަވަރީ 2015) ގެ ސިޓީގައިބަޔާން ކުރެވިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށް އެމިނިސްޓްރީގެ ނަންބަރު:30/95/2021/2 (25 އޮކްޓބަރޯ 2021) ސިޓީން އަންގާފައި ވެއެވެ. ރަގަޅު ގޮތަކީ "ކ.ގާގަނޑު" ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި "ކ.ގާގަނޑު" އަށް "ކުޑަހުރާ" ކިޔާކަމަށްވެސް އަންގާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު:EYD/30/2014/99 (09 އޮކްޓބަރޯ 2014) ސިޓީ. ފިޝަރީޒް، މިނިސްޓްރީގެ ނަންބަރު:E/INDIV/2015/154-30 (28 ޖެނުއަރީ 2015) ސިޓީ. ފިޝަރީޒް، މިނިސްޓްރީގެ ނަންބަރު:E/88/2015/12-30 (28 ޖެނުއަރީ 2015) ސިޓީ. ޢަބް ދުލްޙަންނާނ ހުށަހެޅް ޕްރޮޕޯސަލްގެ މައްޗަށް ބިނާކޮށް އެރަށް އޭނާއަށް ދޫކުރުމަށް ނިންމިއެވެ. އަދި ކ.ގާގަނޑު އަނބުރާ ފިޝަރީޒް، މިނިސްޓްރީ އާ ޙަވާލު ކުރެވުނެވެ. 16 ސެޕްޓެންބަރު 2015 ގައި، ކ.ގާގަނޑު ޢަބް ދުލްހަންނާން ޙަލީމްގެ ދަރިއެއް ކަމުގައިވާ […] އިބްރާހީމް ޝުޖާޢު ޢަބްދުލްޙަންނާން އަށް ކުއްޔަށް ދޫކުރިއެވެ. ކ.ގާގަނޑު އިބްރާހީމް ޝުޖާޢު ޢަބް ދުލްޙަންނާނ އަށް ދޫކުރެވިފައިވަނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއީ ކޮމާޝަލް އެންޑް މެރިން ރިސާރޗ ފެސިލިޓީއެއް ޤާއިމް ކުރުމަށެވެ. އިބްރާހީމް ނިޒާރު ދަށު ކޯޓުގައި ދަޢުވާ ކުރުން:
13އިބްރާހީމް ނިޒާރު އާއި ޢަބްދުލްހަންނާނ ޙަލީމް އާ ދެމެދު ކ.ކުޑަހުރާ (ގާގަނޑު) ކުއްޔަށް ދިނުމަށްޓަކައި 1995 ވަނަ އަހަރުން ފެށިގެން ދެފަރާތުގެ ދެމެދު ޢަމަލުކުރަމުން ގެންގޮސްފައިވާ އުޞޫލާއި، އަދި އޭގެ ފަހުން 17 އޮކްޓޫބަރު 2012 ގައި ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށާއި، އަދި 17 އޮކްޓޫބަރު 2013 ގައި މިދެފަރާތުގެ ދެމެދި 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމެއް އޮތްކަމަށް ކަނޑައަޅައި ދިނުމަށާއި، ކ.ކުޑަހުރާގައި ފިކްސްޑް އެސެޓްގ ގޮތުގައެ ހުރި ތަކެތި ޝަރީޢަތުން ނަގައި ދިނުމަ ށާއި އިބްރާހީމް ނިޒާރު އާއި ޢަބްދުލް ވާޙި ދ މުޙައްމަދު އާއު ދެމެދި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ކުރަމުން ދަނިކޮށް އެއެއްބަސްވުން ޢަބްދުލްހަންނާން ޙަލީމްގެ ފަރާތުން ހުއްޓުވައިފައިވާކަމަށ ބުން ގެއްލުމުގެ ބަދަލު ހޯދުމަށް އިބްރާހީމް ނިޒާރު 08 މެއި 2018 ގައި ސިވިލް ކޯޓަށް ދަޢުވާ ކުރިއެވެ. އެދަޢުވާ ސިވިލް ކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު: C/2018-Cv/2107 ޤަޟިއްޔާ އިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު:ED/30/2015/50-1 (30 ޖޫން 2015) ސިޓީ. ފިޝަރީޒް، މިނިސްޓްރީގެ ނަންބަރު:E/88/2015/44-30 (2 ޖުލައި 2015) ސިޓީ އަދި ޓޫރިޒަމް މިނިސްޓްރީގެ ނަންބަރު:S/30/2015/25P-88 (20 ޖުލައި 2015) ސިޓީ. ފިޝަރީޒް، މިނިސްޓްރީގެ ނަންބަރު: 30/144/2019/2 (15 އޭޕްރީލް 2019) ސިޓީ. ފިޝަރީޒް، މިނިސްޓްރީގެ ނަންބަރު:E/144/2019/1-30 (14 ފެބުރުއަރީ 2019) ސިޓީ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:
14ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2107 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ކ.އަތޮޅު "ގާގަނޑު" އެވެ ކިޔުނު ރަށަކީ ދިވެހި ސަރުކާރުން […] ([…] ) ޢަބްދުލް ޙަންނާނި ޙަލީމް އިބްރާހީމް (ޢަބްދުލް ޙަންނާން ޙަލީމް)އަށް 25 ޖޫން 1994 ނ ފެށިގެން ވަރުވާއަށް ލިޔެދީފައިވާ ރަށެއްކަމާއި، މިރަށުން ބައެއްގައި، […] އިބްރާހީމެ ނިޒާރު މަސައްކަތެއް ކުރުމަށްޓަކައި 1995 ވަނަ އަހަރުންފެށިގެން 17 އޮކްޓޫބަރު 2012 ވަނަ ދުވަހާއި ހަމައަށް ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް (ޢަބްދުލްހަންނާން ޙަލީމް)ގެ ފަރާތުން އިބްރާހީމް ނިޒާރުއަށ ކުއްޔަށް ދީފައިވާކަމާއި، ބަޔާންވެދިޔަ މުއްދަތުގައި އިބްރާހީމް ނިޒާރުގެ ފަރާތުން އެރަށް ބޭނުންކޮށްފައިވަނީ މިދެފަރާތުގެ ދެމެދު ލިޔުމުން އެއްބަސްވުމެއް ވެވިގެން ނޫންކަމާއި، އަދި 17 އޮކްޓބަރޯ 2012 އިން ފެށިގެން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މިރަށު އިބްރާހީމް ނިޒާރުއަށް ކުއްޔަށްދިނުމަށްޓަކައި މިދެފަރާތުގެ ދެމެދު ލިޔުމުން އެއްބަސްވެ ސޮއިކުރެވިފައިވާ އެގްރީމެންޓެއް އޮންނަކަމާއި، އިސްވެދެންނެވުނު އެގްރމެންޓުގީ 04 ވަނަ މާއްދާގައި ބަޔާންވެގެންވާ މުއްދަތުގެ ތެރޭގައި އެގްރީމެންޓުގެ މުއްދަތު 10 (ދިހައެއް) އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް އެދި އިބްރާހީމް ނިޒާރުގެ ފަރާތުން ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް (ޢަބްދުލްޙަންނާން ޙަލީމް) އަށް ލިޔުމަކުން ހުށަހަޅާފައިވާކަމާއި، އަދި ބަޔާންވެދިޔަ ހުށަހެޅުމާއި ގުޅިގެން 10 (ދިހައެއް) އަހަރު ދުވަހަށް މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށާއި، އެހެނަސް 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތު އިތުރުކުރެވިފައިވާކަމަށ ބަޔާންކޮށް ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް (ޢަބްދުލްޙަންނާން ޙަލީމް)ގެ ފަރާތުން ތައްޔާރުކޮށް އިބްރާހީމް ނިޒާރުއަށް އެއްބަސްވުމެއް ފޮނުވާފައިވާކަމާއި، އެއެއްބަސްވުމުގައި ބަޔާންވެގެންވާ ކަންކަން ޤަބޫލުކޮށް އެއެއްބަސްވުމުގައި 17 އޮކްޓބަރޯ 2013 ގައި އިބްރާހީމް ނިޒާރު ސޮއިކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭނެ އޮތުމާއިއެކު 2013 ވަނަ އަހަރުގެ ނޮވެންބަރު، ޑިސެމްބަރު، މަހުގެ ކުލިވެސް ދަޢުވާލިބޭ ފަރާތުން ބަލައިގަންފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން 17 އޮކްޓޫބަރު 2013 އިން ފެށިގެން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް މިރަށް އިބްރާހީމް ނިޒާރުއަށ ކުއްޔަށް ދިނުމަށްޓަކައި މިދެފަރާތުގެ ދެމެދު އެއްބަސްވުމެއް ވެފައިވާކަން މަދަނީ މިންގަޑުން ޝަރީޢަތަށް ޘާބިތުވާކަމަށާއި، އިސްވެބަޔާންކުރެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުގެ ފަރާތުން ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް (ޢަބްދުލްހަން ނާން ޙަލީމް)ގެ ކިބައިން އެރަށް ވަކިކޮށް 16 ސެޕްޓެމްބަރ 2015 ގައި […] އިބްރާހީމް ޝުޖާޢު ޢަބްދުލްޙަންނާންއަށ އެރަށް ކުއްޔަށް ދޫކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއެކު، ޢަބްދުލްޙަންނާން ޙަލީމް އިބްރާހީމް (ޢަބްދުލްހަންނާން ޙަލީމް ) އާއި އިބްރާހީމް ނިޒާރުއާއ ދެމެދި އުފެދިފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ ސަރުކާރުން އެރަށް ޢަބްދުލްޙަންނާން ޙަލީލ އިބްރާހީމް (ޢަބްދުލްހަންނާން ޙަލީމް)ގެ ކިބައިން ވަކިކުރުމާއި ގުޅިގެންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި ޢަބދުލްހަންނާން ޙަލީމް އިބްރާހީމް (ޢަބް ދުލްހައްނާން ޙަލީމް)ގެ ފަރާތުން ޚިލާފުވެފައިވާކަން ޝަރީޢަތަށް ޘަބިތުނުވާކަމަށް ކަނޑައަޅައި، އިބްރާހީމް ނިޒާރުގެ ފަރާތުން މިދަޢުވާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައިދެވޭނެތަނެއް ނެތްކަމަށާއި، އަދި މިރަށުގައި އިބްރާހީމް ނިޒާރުގެ ފަރާތުން ބަހައްޓާފައިހުރި އެންމެހާ ތަކެއްޗަކީ އިބްރާހީމް ނިޒާރުއަށް ލިބެންޖެހޭ ތަކެތިކަމުން ކ.ގާގަނޑު އެވެ ކިޔުނު ރަށުގައި ބޭނުންކުރުމަށްޓަކައި އިބްރާހީމް ނިޒާރުގެ ފަރާތުން އެރަށުގައި ބަހައްޓާފައިވާ އެންމެހާ ތަކެތީގެ ތެރެއިން މިހާރުނުގެންގޮސްހުރި އެންމެހާ ތަކެތި އިބްރާހީމް ނިޒާރު (އައިޑީ އާއި ހަވާލުކުރުމަށާއި، މިގޮތުން އިބްރާހީމް ނިޒާރުގެ ފަރާތުން އެތަކެތި ބަލާދިއުމުން އެތަކެތި ލިބޭނެ ގޮތް 09 ޖުލައި 2019 މިދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖައްސައިދިނުމަށް […] ޢަބްދުލްހަންނާނ ޙަލީމް އިބްރާހީމް (ޢަބްދުލްހަންނާން ޙަލީމް) (އައިޑީ އަށް އަންގައި ޙުކުމްކޮށްފީމެވެ". މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފު ކުރެވިފައިވަނީ މިޤަޟިއްޔާއެވެ. އިސްތިއުނާފީ ނުކުތާތައް:
15ސިވިލް ކޯޓުގެ ނަންބަރު C/2018-Cv/2107 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާ ނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އިބްރާހީމް ނިޒާރުގެ ފަރާތުން ތިރިގައިވާ ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މި ގޮތުން ހުށަހަޅާފައިވާ ނުކުތާއަ ކ:
1.15 ޢަބްދުލްޙަންނާން ޙަލމ އާއް އިބްރާހީމް ނިޒާރު އީ ދެފަރާތުގެ ދެމެދު 17 އޮކްޓޫބަރު 2013 އިން ފެށިގެން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކ.ކުޑަހުރާ (ގާގަނޑު) އިބްރާހީމް ނިޒާރުއަށް ކުއްޔަށްދިނުމަށްޓަކައި އެއްބަސްވުމެއް ވެފައިވާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ޘާބިތުވާކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައި ވާއިރު، އިބްރާހީމް ނިޒާރުއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 1 އަދި 2 ވަނަ ނަންބަރާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ:
16އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، 17 އޮކްޓޫބަރު 2013 އިން ފެށިގެން އިބްރާހީމް ނިޒާރު އާއި ޢަބްދުލްހަންނާނ ޙަލީމް އާދެމެދު 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކ.ގާގަނޑު ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ކަނޑަޅާފައި ކަމަށެވެ. މިމުއްދަތުގެ ތެރޭގައި އިބްރާހީމް ނިޒާރުގެ ފަރާތުން ކ.ގާގަނޑުގައި ހުރި އިބްރާހީމް ނިޒާރުގެ އިންވެސްޓްމަންޓް މަހަކު، -/000،150ރ އަށް ޢަބްދުލްވާޙީދު މުޙައްމަދަށް ކުއްޔަށް ދީފައިވާ ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ޖޫންމަހު އިބްރާހީމް ނިޒާރު އާއި އޭނާގެ މުވައްޒަފުން ކ.ގާގަނޑުން ބާލާފައިވާ ކަމަށެވެ. އެހެންކަމުން، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ޢަބް ދުލްހަންނާން ޙަލީމްގެ ފަރާތުން އިބްރާހީމް ނިޒާރު އަށް ލިބިދޭންޖެހޭނެ ކަމަށެވެ. ޢަބް ދުލްޙަންނާނ ޙަލީމް އާއި އިބްރާހީމް ނިޒާރު އާ ދެމެދު 17 އޮކްޓޫބަރު 2012 ގައި ވެފައިވާ 01 (އެކެއް) އަހަރު ދުވަހުގެ އެއްބަސްވުމާއި ޢަބް ދުލްޙަންނާނ ޙަލީމް ޚިލާފުވެފައިވާކަމަށްބުނެ އެކަން ސާބިތު ކުރުމުގެ ގޮތުން އެއްވެސް ވާހަކަ އެއް ދައްކާފައެއް ނެތެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތު:
17އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާގެ ދަށުނު 5 ކަމަކަށް މިކޯޓުގައި އެދިފައިވެއެވެ. އެއީ؛
1.17 17 އޮކްޓޫބަރު 2013 އިން ފެށިގެން ޢަބް ދުލްހަންނާން ޙަލީމްއާއި އިބްރާހީމް ނިޒާރުއާ ދެމެދު އެއްބަސްވުމެއް ވެފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ތާއީދު ކޮށްދިނުން.
2.17 ޢަބްދުލްޙަންނާން ޙަލީމް އާއި އިބްރާހީމް ނިޒާރުއ ދެމެދާ ވެފައިވާ އެއްބަސްވުމާއި ޢަބްދުލްޙަންނާން ޙަލީމް ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުން.
3.17 ކ.ގާގަނޑު އެވެ ކިޔުނު ރަށުގައި ބޭނުންކުރުމަށްޓަކައި އިބްރާހީމް ނިޒާރުގެ ފަރާތުން އެ ރަށުގައި ބަހައްޓާފައިވާ އެންމެހައިތަކެތި އިބްރާހީމް ނިޒާރުއާ ޙަވާލުކޮށްފައިވާކަން ޝަރީޢަތަށް ސާބިތު ނުވާތީ، އެތަކެތި ޙަވާލުކުރުމަށް ކޮށްފައިވާ ޙުކުމުގެ އެބަޔަށް ތާއީދު ކޮށްދިނުން.
4.17 17 އޮކްޓޫބަރު 2013 އިން ފެށިގެން ދެފަރާތުގެ ދެމެދު 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމެއް އޮންނާތީ، "ކ.ކުޑަހުރާ" (ގާގަނޑު) ގައި ހުރި ފިކްސްޑް އެސެޓްގެ ގޮތުގައި ހުރި ތަކެތީގެ ޖުމްލަ އަގަށްވާ -/19,384,250ރ. (ނަވާރަ މިލިޔަން ތިންސަތޭކ އަށްޑިހަ ހަތަރުހާސް ދުއިސައްތަ ފަންސާސް) ރުފިޔާނުވަތަ އެފެންވަރުގައ ހުރި ތަކެތި ޝަރީޢަތުން ނަންގަވައި ދެއްވުން.
5.17 އިބްރާހީމް ނިޒާރު އާއި ޢަބްދުލްވާޙިދ މުޙައްމަދު އާދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލު ކުރަމުން ދަނިކޮށް ޢަބް ދުލްޙަންނާނ ޙަލީމް އެކަން ހުއްޓުވާފައިވާތީ، މަހަކު ލިބެންޖެހޭ -/000،150ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ)ގެ މަގުން 60 (ފަސްދޮޅަސް) މަހަށްވާ -/9000000ރ (ނުވަ މިލިޔަން) އާއި އެކުޖުމްލަ -/28,384,250ރ. (އަށާވީސް މިލިޔަން ތިންސަތޭކަ އައްޑިހަ ހަތަރުހާސް ދުއިސައްތަ ފަންސާސް) ރުފިޔާ އަކީ އިބްރާހީމް ނިޒާރުއަށް ނަގައިދޭން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމައި ދިނުން. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަ:
18އސްތިއުނާފި ރައްދުވު ފަރާތު ން މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ޢަބް ދުލްޙަންނާނ ޙަލީމް އާއި އިބްރާހީމް ނިޒާރުއ ދެމެދާ ކުއްޔަށް ދޭފަރާތާއި ކުއްޔަށްހިފާރާތާ އޮންނަގުޅުން tenant-landlord( )relationship ނެތް ކަމަށެވެ. ހަމައެކަނި އުފަންވެފައިވަނީ ހުއްދަދޭ ފަރާތާއި ހުއްދަލިބޭ ފަރާތާ އޮންނަ ގުޅުން )licensee relationship-licensor( ކަމަށެވެ. 71 އޮކްޓޫބަރު 2013 ގައި ޢަބް ދުލްޙަންނާން ޙަލީމް އާއި އިބްރާހީމް ނިޒާރުއ ދެމެދާ އެއްބަސްވުމެއް ވުޖޫދުވެފައިވާކަމަށް ޤަބޫލު ނުކުރާކަމަށެވެ. އަދި އިބްރާހީމް ނިޒާރު އާއި ޢަބް ދުލްވާޙި ދ މުޙައްމަދު ދެމެދު ކުރެވިފައިވާ މުޢާމަލާތަކީ ޢަބްދުލްޙަންނާން ޙަލީމްއަށް އެނގިގެން އޭނާގެ ހުއްދަ ލިބިގެން ކުރކި މެއަ ނޫންކަމަށްވާތީ އެކަމުގެ ސަބަބުން ލިބުނުކަމަށް ބަޔާންކުރާ ގެއްލުމަށް ޢަބް ދުލްޙަންނާނ ޙަލީމް ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި އިބްރާހީމް ނިޒާރު ކ.ގާގަނޑުން ފައިބައިގެން ދިޔައިރު އެތަނުގައި ހުރި އޭނާގެ މުދާކަމަށް ބަޔާންކުރާ މުދަލަކީ ކޮބާކަން ކަނޑައެޅިގެން ޝަރީޢަތަށް ސާބިތު ކޮށްދެވިފައި ނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭ ގޮތް:
19އިސްތިއުނާފު ރައްދުވާ ފަރާތުން 4 ކަމަކަށް އެދިފައިވެއެވެ. އެއީ؛
1.19 ޢަބް ދުލްޙަންނާނ ޙަލީމް އާއި އިބްރާހީމް ނިޒާރުއާ ދެމެދު 17 އޮކްޓޫބަރު 2013 ވަނަ ދުވަހު ތާރީޚް ޖަހާފައިވާ ދެލިކޮޕީގެ ޒަރީއާއިން އެއްބަސްވުމެއް ވުޖޫދުވެފައި ނުވާކަމަށް ކަނޑައަޅައިދިނުން.
2.19 އެ ދެފަރާތުގެ ދެމެދުގައި ދުވަހަކުވެސް ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުގެ ގުޅުން )tenant relationship-landlord( ޤައިމްނުވާކަމަށް ކަނޑައަޅައިދިނުން.
3.19 ޢަބް ދުލްޙަންނާން ޙަލީމްގެ ފަރާތުން އިބްރާހީމް ނިޒާރުއަށް ދައްކަންޖެހޭ އެއްވެސް ގެއްލުމުގެ ބަދަލެއް ނެތްކަމަށް ކަނޑައަޅައިދިނުން. ނުވަތަ
4.19 ދަށު ކޯޓުގެ ޙުކުމް ދަމަހައްޓައި ދިނުން. ފާހަގަކުރެވުނު ކަންކަން:
20ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ޢަބް ދުލްޙަންނާން ޙަލީމް ވަރުވާއަށް ލިޔެގެން އުޅުނު ކ.ގާގަނޑު 1995 އަކުން ފެށިގެން އަނގަބަހުން އެކި އުޞޫލުން އިބްރާހީމް ނިޒާރުއަށ ކުއްޔަށް ދީފައިވާކަން އެ ނގެއެވެ. އަދި 17 އޮކްޓޫބަރު 2012 ގައި ލިޔުމުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން 01 އަހަރު ދުވަހަށް ޢަބްދުލްޙަންނާން ވަރުވާއަށް ލިޔެގެން އުޅުނު ކ.ގާގަނޑު އިބްރާހީމް ނިޒާރުއަށ ކުއްޔަށް ދީފައިވާކަން އެނގެއެވެ. މިދިން ދިނުމާގުޅޭ ގޮތުން ޚުސޫމާތެއް ނެތެވެ. އަދި 17 އޮކްޓޫބަރު 2012 ގެ އެއްބަސްވުމާއި ޢަބްދުލްޙަންނާން ޙަލީމް ޚލާފުވެފައިވާކަމަށި އިބްރާހީމް ނިޒާރު ބުނެފައެއް ނެތެވެ. ޢަބްދުލްޙަންނާން ޙަލީމް ޚިލާފުވެފައިވާކަމަށް އިބްރާހީމް ނިޒާރު ބުނެފައިވަނީ 17 އޮކްޓޫބަރު 2013 ގައި ވެވުނު ކަމަށް ބުނާ އެއްބަސްވުމަށެވެ.
21އިސްތިއުނާފު ކުރި ފަރާތުން މިކޯޓުގައި އެދިފައިވާ ކަންކަން މައިގަނޑު ގޮތެއްގައި ބިނވަނާ އިބްރާހީމް ނިޒާރު އާއި ޢަބްދުލްޙަންނާން ޙަލީމްއާ ދެމެދު 17 އޮކްޓޫބަރު 2013 ގައި އެއްބަސްވުމެއް ވެފައިވާކަމަށް ދަށު ކޯޓުން ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށެވެ. ނަމަވެސް ޢަބް ދުލްޙަންނާން ޙަލީމްގެ ފަރާތުން 17 އޮކްޓޫބަރު 2013 ގައި އިބްރާހީމް ނިޒާރު އާއި ޢަބް ދުލްޙަންނާން ޙަލީމް އާ ދެމެދު އެއްބަސްވުމެއް ވުޖޫވި ކަމަށް އިންކާރު ކުރެއެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން އެދޭ ކަންކަމަށް މިކޯޓުން ފަރުވާއެއް ދެވޭނީ، 17 އޮކްޓޫބަރު 2013 ގައި އިބްރާހީމް ނިޒާރު އާއި ޢަބްދުލްޙަންނާން ޙަލީމްއ ދެމެދާ އެއްބަސްވުމެއް ވެފައިވާކަމަށް ކަނޑައެޅި ކަނޑައެޅުމުގެ މައްޗަށް ބެލިގެންނެވެ. އެކަމުގެ މައްޗަށް ނުބަލައި، އެކަމުގެ މައްޗަށް އިތުރު އެހެން ކަންކަން ބިނާ ކުރެވިދާނެކަމަށް ނުދެކެމެވެ. 17 އޮކްޓބަރޫ 2013 ގައި ވެފައިވާކަމަށް ބުނާ އެއްބަސްވުން:
22HN117 އޮކްޓޫބަރު 2013 ގައި ވެފައިވކަމާށ ބުން އެއްބަސްވުން ފެށިގެން އަންނަނީ، 17 އޮކްޓޫބަރު 2012 ގައި ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމުގެ އިޚްތިޔާރުގެ ތެރެއިންނެވެ. 17 އޮކްޓޫބަރު 2012 ގައި ވެފައިވާ އެއްބަސްވުމަކީ 01 އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މި މުއްދަތު އިތުރުކުރަން ހަދަންޖެހޭ ގޮތް އެއެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ؛ " އެގްރީމެންޓްގައި ބަޔާންކޮށްފައިވާ މުއްދަތައް ވުރެއިތުރަށް ބޭނުންވާނަމަ، 04 ވަނަ ޕޮއިންޓްގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަން ވެރިފަރާތަށް ލިޔުމަކުން ހުށަހަޅަންވާނެއެވެ." މިއެވެ. މިއިން އެނގޭ ގޮތުގައި، 17 އޮކްޓޫބަރު 2013 އަށް ވުރެފަހުން، "ކ.ގާގަނޑު" ބޭނުން ވުމާއިއެކު، އެކަން 17 އޮކްޓޫބަރު 2013 ގެ ކުރިން ލިޔުމަކުން ޢަބްދުލްޙަންނާން ޙަލީމްއަށް ހުށަހެޅުމަކީ އިބްރާހީމް ނިޒާރުގެ ފަރާތުން "ކ.ގާގަނޑު"ގެ މުއްދަތު އިތުރުކުރުމަށް ޢަމަލު ކުރަންޖެހޭ ގޮތެވެ. ނަމަވެސް، މިއުޞޫލުން އިބްރާހީމް ނިޒާރު ހުށަހެޅުމަކީ 17 އޮކްޓޫބަރު 2012 ގެ އެއްބަސްވުމުގެ މުއްދަތު އޮޓަމެޓިކުން އިތުރުވާނެ ސަބަބެއް ނ ނެވެ. އެ މ އްދަތ އިތުރު ކޮށްދިނުމަކީ ޢަބް ދުލްޙަންނާން ޙަލީމް ގެ އިޚްތިޔާރުގައި އޮތްކަމެކެވެ. އެކަން 2012 ގެ އެއްބަސްވުމުން އެނގެއެވެ. ބަޔާންވެދިޔަ ގޮތުގެމަތިން އިބްރާހީމް ނިޒާރު ކ.ގާގަނޑު ބޭ ނުންވާތީ، 17 އޮކްޓޫބަރު 2012 ގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް 17 އޮކްޓޫބަރު 2013 ގެ ކުރިން ލިޔުމަކުން އިބްރާހީމް ނިޒާރު އެދުނެވެ. އިބްރާހީމް ނިޒާރގު ހުށަހެޅުން:
23HN22012 ގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް އިބްރާހީމް ނިޒާރު މުއްދަތު އިތުރުކުރަން ހުށަހެޅި ހުށަހެޅުމަށް ބަލާއިރު، އެއީ ހަމައެކަނި މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ހުށަހެޅުމެއް ނޫނެވެ. ނަމަވެސް 2012 ގެ އެއްބަސްވުމުގައި ދީފައިވާ ފުރުޞަތަކީ، އެއެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުމުގެ ފުރުޞަތެވެ. އިބްރާހީމް ނިޒާރު ފޮނުވި ލިޔުމަށް ބަލާއިރު ދެކަމަކަށް އެދި ފައި އޮވެއެވެ. އެއީ (1) މުއްދަތު 10 އަހަރަށް އިތުރު ކުރު ން. (2) އިތުރު ޕެކިން ރޫމެއ ހެދުން މިއެވެ. މިއީ އިބްރާހީމް ނިޒާރުގެ ފަރާތުން ހުށަހެޅި ވަކި ޕްރޮޕޯސަލް އެކެވެ. އިބްރާހީމް ނިޒާރުގެ މި ޕްރޮޕޯސަލް ޢަބް ދުލްޙަންނާނ ޙަލީމް ޤަބޫލު ކޮށްފައެއް ނެތެވެ. ނަމަވެސް އިބްރާހީމް ނިޒާރު ހުށަހެޅި ޕްރޮޕޯސަލްގައ ހިމެނި މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅި ހުށަހެޅުން ޤަބޫލުނުކޮށް އެހުށަހެޅުމާއި މެދު ޢަބް ދުލްޙަންނާނ ޙަލީމް ހެދި ގޮތަކީ ރައްދު-ހުށަހެޅުމެއް )offer-counter( ހުށަހެޅީއެވެ. އަދި ޕެކިން ރޫމެއް ހެދުމާއި ބެހޭ ގޮތުން އޮތް ހުށަހެޅުމަށް އެކުގައި އިންކާރުކުރީއެވެ. ޢަބްދުލްޙަންނާން ޙަލީމްގް ރައްދު- ހުށަހެޅުން:
242012 ގެ އެއްބަސްވުގެ މުއްދަތު ދަމާލުމަށް އިބްރާހީމް ނިޒާރުގެ ހުށަހެޅި 10 އަހަރުގެ މުއް ދަތު، ޢަބްދުލްޙަންނާން ޙަލީމް ޤަބޫލުނުކޮށް، " ކ.ކުޑަހުރާ (ގާގަޑު) ކުއްޔައްދިނުމާބެހޭ އެގްރީމަ ންޓް" މިނަން ޖަހާފައިވާ ލިޔުމެއް އިބްރާހީމް ނިޒާރުއަށް ޢަބް ދުލްޙަންނާން ޙަލީމް ފޮނުވިއެވެ. މިއީ ޢަބް ދުލްޙަންނާން ޙަލީމްގެ ފަރާތުން ހުށަހެޅި ރައްދު -ހުށަހެޅުމެވެ.
25HN3މި ރައްދު -ހުށަހެޅުމަކީ، ޢަބް ދުލްޙަންނާން ޙަލީމްގެ ފަރާތުން ބަޔާންކުރާ ގޮތުގައު ހަމައެކަނި "އެއްބަސްވުމެއްގެ ދެލިކޮޕީ" އެއް ކަމަށެވެ. ނުވަތަ އެއީ ހުށަހެޅުމަކަށް ނުވާ ދަޢުވަތެއް )invitation to treat( ކަމަށެވެ. އެއީ ޤާނޫނީ ގޮތުން ބަދެވުމެއް އުފެއްދުމުގެ ހަރުދަނާ ނިޔަތުގައި ހުށަހެޅި ހުށަހެޅުމެއް ނޫން ކަމަށެވެ. މިވާހަކަތަކީ، ޢަބްދުލްޙަނާން ޙަލީމްގެ ފަރާތުން ފޮނުވި ބަޔާންކުރެވުނު ލިޔުމަށް ބެލުމުން ޤާނޫނީ ގޮތުން ރަނގަޅު އަދި ބަލައިގަނެވޭނެ ވާހަކައެއް ކަމަކަށް ނުވެއެވެ. ސަބަބަކީ، ހުށަހެޅުމަކަށް ދެވޭ ދަޢުވަތަކީ، އިތުރަށް ވާހަކަ ދެއްކުމަށް ނުވަތަ މަޝްވަރާ ކުރުމަށް ނުވަތަ އިތުރު ހުށަހެޅުމެއް އަލުން ފޮނުވުމަށް ނޫނީ ހުށަހެޅިފައިވާ މިމައްސަލައަށް ބަލާއިރު އިބްރާހީމް ނިޒާރު ހުށަހެޅި މުއްދަތާމެދު ދެފަރާތުން އަލުން ވާހަކަ ދެއްކުމަށް ދެވުނު ދަޢުވަތެއްކަމަށް ވާންޖެހެއެވެ. ނަމަވެސް ބަޔާންވެދިޔަ ލިޔުމުގައި ވަރަށް ސާފުކޮށް " 05 އަހަރުގެ މުއްދަތު އިތުރުށް ދެވިފައިވާ ކަމުގައި ދަންނަވަމެވެ." މިހެން ބަޔާންކޮށްފައި އެބައޮތެވެ. އެޢިބާރާތުގައި އޮތީ، "05 އަހަރު ދުވަހުގެ މުއްދަތު ދެވިދާނެ" ކަމަށްވެސް ނޫނެވެ. އިބްރާހީމް ނިޒާރު ހުށަހެޅި މުއްދަތު ދިގުވެގެން އެކަމާމެދު އަލުން ވާހަކަ ދެއްކުމަށް ފުރުޞަތު އޮތް ވާހަކައެއްވެސް ނޫނެވެ. ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކީ އޮޅުން ނުފިލާގޮތަށ ނުވަތް ޔަޤީންނުވާ ގޮތަށް ނުވަތަ މަޝްވަރާއަށް ހުޅުވާލެވިފައި އޮތް އެއްޗެއް ނޫނެވެ. ވީމާ އިސްތިއުނާފ ރައްދުވް ފަރާތުން ހުށަހެޅި ޖަވާބުގެ 4.5.1ގެ (ބ) އަދި ދަޢުވާ ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ޖަވާބު ފޯމްގެ 7.6.1. އެއީ ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އުފެއްދުމުގެ ހަރުދަނާ ނިޔަތް އޮތް ހުށަހެޅުމެއް ކަމަށް ބަލަންޖެހެއެވެ.
26HN4ދެފަރާތެއްގެ ދެމެދުގައި ކުރަމުންދާ މުޢާމަލާތަކީ ވިޔާފާރީގެ )commercial( މުޢާމަލާތއްނަމަ، އަސްލަކީ މިފަދަ މުޢާމަލާތްތަކުގައި ޤާނޫނީ ގޮތުން ބަދެވުމުގެ ނިޔަތް )legal relation eintention to creat( އޮންނާނެކަން އިފްތިރާޟް )presume( ކުރުމެވެ. އެހެ ންކަމުން، ދަޢުވާ ކުރާ ފަރާތަށް މިބާވަތުގެ އެއްބަސްވުންތަކުގައި ޤާނޫނީ ގޮތުން ބަދެވުމުގެ ނިޔަތް އޮތްކަން ސާބިތުކޮށްދޭކަށް ނުޖެހޭނެއެވެ. ނަމަވެސް ދަޢުވާ ރައްދުވާ ފަރާތުން މިދެންނެވި އިފްތިރާޟް އެއްބަސްވުމުގައި ބޭނުންކޮށްފައިވާ ބަސްމަގަށް ރިޢާޔަތްކޮށް ޠައުނުކޮށް ނަފީކުރެވިދާނެވެ. އިސްތިއުނާފު ކުރެވިފައިވާ މިމައްސަލައިގައި އެކަން ކުރަންޖެހޭ ފަރާތަކީ ޢަބްދުލްޙަންނާން ޙަލީމް އެވެ. ނަމަވެސް އެކަން ކުރެވިފައެއް ނެތެވެ. މިހިސާބުން ދެން ބަލަންޖެހެނީ، ޢަބްދުލްޙަންނާން ޙަލީމްގެ ރައްދު-ހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލު ކުރި ހެއްޔެވެ؟ ޤަބޫލުކުރުން:
27HN5ޢަބްދުލްޙަންނާން ޙަލީމް ހުށަހެޅި ރައްދު -ހުށަހެޅު )offer-counter( އަކީ، މިމައްސަލައިގައި އޮތް ހުށަހެޅު )offer( މެވެ. ސަބަބަކީ ހުށަހެޅުމަކަށްވާނީ އަބަދުވެސް އެންމެ ފަހުގެ ހުށަހެޅު ން ކަމަށްވާތީއެވެ. މިމައްސަލައިގައި އިބްރާހީމް ނިޒާރު ހުށަހެޅި ހުށަހެޅުން ޤަބޫލު ނުކޮށް ރައްދު-ހުށަހެޅުމެއް ޢަބްދުލްޙަންނާން ޙަލީމް ހުށަހެޅިއެވެ. ވީމާ ހުށަހެޅުމަކަށް މިއޮތީ ޢަބް ދުލްޙަންނާން ޙަލީމްގެ ރައްދު-ހުށަހެޅުމެވެ. މިހުށަހެޅުން ޤަބޫލުކުރާނެ ގޮތް އެހުށަހެޅުމުގައި ބަޔާންކޮށްފައެއް ނެތެވެ. ޢަބްދުލްޙަންނާން ޙަލީމްގެ މިހުށަހެޅުން ޤަބޫލު ކުރުމައްޓަކައި އިބްރާހީމް ނިޒާރު އެލިޔުމުގައި ސޮއިކުރަންޖެހޭ ކަމަކަށްވެސް ބަޔާންކޮށްފައެއް ނެތެވެ. ހުށަހެޅުން ރައްދުވި ފަރާތުން އެހުށަހެޅުން ޤަބޫލުކޮށްފިކަން އޭނާގެ ހިތުގައި ބޭއްވުމަކުން ޤާނޫނީ ގޮތުން އެހުށަހެޅުން ޤަބޫލު ކުރިކަމަށް ނުވާނެއެވެ. އެހުށަހެޅުން އޭނާ ޤަބޫލު ކުރިކަން ބޭރުފުށުން ފާޅުކޮށް ބަޔާންކޮށްދޭން ޖެހެއެވެ. އެއީ އަނގައިން ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ނޫނީ ލިޔާ ލިޔުމަކުން ނުވަތަ މިއިން ގޮތްތަކެއް މެދުވެރިކޮށް ނުވަތަ ހުށަހެޅުން ރައްދުވި ފަރާތުން އެހެންމީހަކު މެދުވެރިކޮށް ނަމަވެސް ޤާނޫނު ބަލައިގަންނަ ގޮތަކަށް އެ ހުށަހެޅުން ޤަބޫލު ކުރުމެވެ. މިގޮތުން، ހުށަހެޅުމެއް ޤަބޫލުކުރިކަން ކަނޑައަޅާ ބުނެވިދާނެއެވެ. އެއީ އަނގަބަހުން ޤަބޫލުކުރިކަން ފާޅު ކުރުމެވެ. ނުވަތަ ޢަމަލު ކުރާ ގޮތަކުން ގަބޫލު ކުރާ ކަމަށް ބެލެވިދާނެއެވެ. އެއީ ކުރާ ޢަމަލުން ޤަބޫލުކުރާކަން ފާޅު ކުރުމެވެ. ވީމާ، ޢަބްދުލްޙަންނާން ޙަލީމް ހުށަހެޅި ހުށަހެޅުމުގައި ދެފަރާތުން ސޮއިކުރުމަށް އޮތް ތަނުގެ ތެރެއިން އިބްރާހީމް ނިޒާރު ސޮއިކުރަން އޮތްތަނުގައި އިބްރާހީމް ނިޒާރު ސޮއިކުރި ކުރުމުން އަންގައިދެނީ ޢަބްދުލްޙަންނާން ޙަލީމް ހުށަހެޅި ގޮތަށް އިބްރާހީމް ނިޒާރު ޤަބޫލުކުރިކަމެވެ. ހުށަހެޅުމެއް ޤަބޫލުކުރާ ވަގުތަކީ ހުރިހާ ހާލަތެއްގައި އެވަގުތުން ފެށިގެން ކޮންޓްރެކްޓެއް ވުޖޫދުވާނެ ސަބަބެއް ނޫނެވެ. އެއްބަސްވުމެއް ވުޖޫދު ވުމަށްޓަކައި ހުށަހެޅުން ޤަބޫލުކުރިކަން ޤާނޫނީ ގޮތުން ފުރިހަމަވާންޖެހެއެވެ. ޤަބޫލުކުރުން ފުރިހަމަވުން:
28HN6ހުށަހެޅުމެއް ޤަބޫލުކުރިކަން ޤާނޫނީ ގޮތުން ފުރިހަމަ ވުމަ ކ، ހުށަހެޅުން ހުށަހެޅި ފަރާތަށް އެހުށަހެޅުން ރައްދުވިފަރާތުން އެހުށަހެޅުން އެއޮތްގޮތަށ ޤަބޫލް ކުރިކަން އެންގުމެވެ. އެހެންވެ، ޢާންމު އުޞޫލަކީ، ހުށަހެޅުން ރައްދުވި ފަރާތުން އެހުށަހެޅުން ޤަބޫލު ކުރިކަން ހުށަހެޅި ފަރާތަށް ނާންގާނަމަ، އެޤަބޫލު ކުރުމުގައި ޤާނޫނީ ބާރެއް އެކުލެވިގެން ނުވުމެވެ . މިގޮތުން ހުށަހެޅުން ޤަބޫލު ކުރިކަމަށްވާނީ، އެހުށަހެޅުން ޤަ ބޫލުކޮށްފިކަން ހުށަހެޅި ފަރާތަށް ހަމަ ޙަޤީޤަތުގައިވެސް އެންގުމުންނެވެ. މިގޮތުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ހުށަހެޅުމެއް ޤަބޫލު ކުރިކަން އެންގިދާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. ޤާނޫނު ނަންބަރު:91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ).
29ހުށަހެޅުން ރައްދުވް ފަރާތުން އެހުށަހެޅުން ޤަބޫލުކުރިކަން ހުށަހެޅި ފަރާތަށް އަންގައިދޭން communication( )of acceptance ޖެހެއެވެ. ސަބަބަކީ، ޤާނޫނީ ގޮތުން ހުށަހެޅުން ޤަބޫލުކުރިކަން ފުރިހަމަވާނީ ހުށަހަޅާ ފަރާތަށް ޤަބޫލު ކުރާކަން އެންގުމުން ކަމަށްވާތީއެވެ. ހުށަހެޅުމެއްގައި އެހުށަހެޅުން ޤަބޫލުކުރިކަން އަންގަންޖެހޭ ވަކިގޮތެއް ބަޔާންކޮށްފައިވާނަމަ، ޢަމަލު ކުރަންޖެހޭނީ އެގޮތަކަށެވެ. ޢަބްދުލްޙަންނާން ޙަލީމްގެ ހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލުކުރިކަން އަންގަންޖެހޭ ވަކި ގޮތެއް ބަޔާނކް ށްފައެއޮނެތެވެ. ޢަބް ދުލްޙަނާން ޙަލީމް ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް އެކަން ޢަބްދުލްޙަންނާން ޙަލީމްއަށް އެންގުމަށްޓަކައި އިބްރާހީމް ނިޒާރު ކަންކުރި ގޮތް ބަޔާންކޮށްފައި އޮތީ އޭނާ 04 މާރިޗް 2014 ގައި ފޮނުވި ސިޓީގައެވެ. އެސިޓީގައި ބަޔާންކޮށްފައި އޮތް ؛ ..." އެ އެއްބަސްވުމުގެ މުއްދަތު 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވއިތަ 02 ފެބުރުއަރީ 2013 ގައި ސިޓީއަކުން ދެންނެވުމާއި ގުޅިގެން އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދެއްވައި ސޮއިކުރުމަށް ފޮނުއްވި އެގްރީމެންޓްވަނީ ލިބިފައެވެ . އެ އެގްރމެންޓީ ލިބު މާއިގުޅގެނި އެ އެގްރީމެންޓްގައި އަޅުގަނޑު ސޮއިކުރުމަށްފަހު، 10 ޑިސެމްބަރު 0132ގެ ނިޔަލަށް ކުއްޔަށްވާ ފައިސާ ހިފައިގެން ތިޔަފަރާތް ދިރިއުޅުއްވާ […] އަޅުގަނޑު ދިޔައިރު، ގޭގައި ތިޔައިން އެއްވެސް ބޭފުޅަކު ނޫޅުއްވާކަމަށާއި، ރާއްޖޭންބޭރަށް ވަޑައިގެނވާކަމަށާއް، އެނބުރި މާލެ ވަޑައިގަންނަވާނީ 2014 ޖެނުއަރީގައި ކަމަށް ގޭ ގައި އެވަގުތު އުޅުނު ބޭރު ފިރިހެނަކާއި،ދިވެހި އަންހެނަކު ބުނެފައިވާތީ އެއްބަސްވުމާއި، ކުލީގެ ފައިސާ ހިފައިގެން އެނބުރި އަޅުގަނޑު ދިޔައީއެވެ . އޭގެ ފަހުން އެހާތަނަށް ދައްކަން ޖެހޭ ކުލި ކ.ގާގަނޑަށް ގޮސް ވަނީ ސުޖާޢުއާއި ޙަވާލުކުރެވިފައެވެ "... މިޢިބާރާތަށް ބަލާއިރު، ޢަބްދުލްޙަންނާން ޙަލީމް ހުށަހެޅި ހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލުކޮށް އެލިޔުމުގައި އިބްރާހީމް ނިޒާރު ސޮއިކުރިކަން އެނގެއެވެ. ސޮއިކުރީ 17 އޮކްޓޫބަރު 2013ގައި ކަން އިބްރާހީމް ނިޒާރު ސޮއިކުރި ތަނުގައި ޖަހާފައި އޮތް ތާރީޚުން ދެނެ ގަނެވެއެވެ. ނަމަވެސް ޢަބް ދުލްޙަންނާން ޙަލީމް ހުށަހެޅި ޤާނޫނު ނަންބަރު:91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާ. ހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލުކުރިކަން ޢަބް ދުލްޙަންނާން ޙަލީމްއަށް އެންގުނުކަން އެނގޭކަށްނެތެވެ. އެނގެން އޮތީ، ޢަބް ދުލްޙަންނާނ ޙަލީމް ރަށުގައި ނޫޅޭތީ އޭނާއާ ދިމާނުވި ކަމެވެ.
30HN7ދެން އުފެދޭ ސުވާލަކީ، "ޝުޖާޢު" އާ ފައިސާ ޙަވާލު ކުރިކުރުމާއި އެފައިސާގެ ތެރޭގައި 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުލީގެ ބަޔަކާއި ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ކޯލު ހިމެނިފައި އޮތި އޮތު މަކީ ޢަބްދުލްޙަންނާން ޙަލީމް ހުށަހެޅި ހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލުކުރިކަން ޢަބް ދުލްޙަންނާން ޙަލީމްއަށް އެންގިކަން ސާބިތުވާނެ ކަމެއްތޯއެވެ؟ އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ ގޮތުގައި ޝުޖާޢުއާ ފައިސާ ޙަވާލުކުރިއިރުވެސ ޢަބްދުލްޙަންނާން ޙަލީމް ހުށަހެޅް ހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލުކުރިކަން ބަޔާންކޮށް އެޚަބަރު ޢަބް ދުލްޙަންނާނ ޙަލީމްއަށް ފޯރުކޮށްދިނުމަށް އިބްރާހީމް ނިޒާރު ބުނެފައެއް ނެތެވެ. ޝުޖާޢު ފައިސާ ބަލައިގަތީ، އިބްރާހީމް ނިޒާރު "ގާގަނޑު" ބޭނުން ކުރި ދުވަސްތަކަށް ދޭ ންޖެހޭ ފައިސާ ނުދީ އޮތުމުގެ ސަބަބުން އެފައިސާކަމަށް ޤަބޫލުކުރެވޭތީ ކަމަށެވެ. އިބްރާހީމް ނިޒާރު ފައިސާ ދެއްކި ވައުޗަރއަށ ބެލުމުން މިބުނުމަށް ބާރު ލިބެއެވެ. ސަބަބަކީ އެވައުޗަރގައ ވަނި ހަމައެކަނި 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ބަޔަކާއި ނޮވެންބަރު، ޑިސެންބަރު މަހުގެ ކުލީގެ ފައިސާއެއް ނޫނެވެ. އެ ވައުޗަރގައި " ގާގަނޑުގެ މެރިން ކޮރަލް ސައިޓްގެ 2013، މާރިޗް، އޭޕްރީލް، މޭއި، ޖޫން، ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު، އޮކްޓބަރޯ، ނޮވެމްބަރު، ޑިސެމްބަރު (10 މަހުގެ ކުލި ") މިހެން ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، ޝުޖާޢުއަކީ އޭގެ ކުރިންވެސް ގާގަނޑުގެ ކުލި އިބްރާހީމް ނިޒާރުގެ އަތުން ބަލައިގަންނަ ފަރާތެއްކަން 1995 ގެ ބައެއް މަސްތަކަށް ކުލި ދެއްކި ލިޔުންތަކުންވެސް އެނގެއެވެ. ވީމާ، ޝުޖާޢު ކުލި ބަލައިގަތުމަކީ އޭގެ ޒާތުގައި ޢަބްދުލްޙަންނާން ޙަލީމް ހުށަހެޅި ހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލުކުރާ ކަނި ޢަބްދުލްޙަންނާން ޙަލީމްއަށް އެންގިކަމުގެ ހެއްކެއް ކަމުގައި އިފްތިރާޟެއް ކުރެވޭނެ ތަނެއް ނެތެވެ. ހުށަހެޅުން އަނބުރާ ގެންދިއުން:
31HN8ކޮންމެ ހުށަހެޅުމަކީވެސ އެހުށަހެޅުން ޤަބޫލު ކުރުމުގެ ކުރިން އަނބުރާ ގެންދެވިދާނެ ހުށަހެޅުމެވެ. ޢަބްދުލްޙަންނާން ޙަލީމްގެ ރައްދު-ހުށަހެ ޅުން އިބްރާހީމް ނިޒާރު ޤަބޫލުކުރިކަން ޢަބް ދުލްޙަންނާން ޙަލީމްއަށް އެންގުމުގެ ކުރިން އެހުށަހެޅުން ޢަބދްލްޙަންނާނ ޙަލީމް އަބުރާ ގެނައިކަން އިބްރާހީމް ނިޒރުއަށާ ލިޔުމުން އަންގާފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެއީ 09 ފެބުރުވަރީ 2013 ގައި އިބްރާހީމް ނިޒާރުއަށް ފޮނުވި ސިޓީއަކުން ނެވެ. އެސިޓީގައި އޮތް ޢިބާރާތަކީ؛ " 17 އޮކްޓބަރޯ 2012 ވަނަ ދުވަހު ކ.ކުޑަހުރާ(ގާގަނޑު) ކުއްޔަށް ދިނުމަށް، ކުއްޔަށް ދޫކުރި ފަރާތު ގެ ހައިޞިއްޔަތުން އަޅުގަނޑު ސޮއިކޮށް، އަދި ކުއްޔަށް ހިފާފަރާތުގެ ހައިސިއްޔަތުން އިބްރާހީމް ނިޒާރު ސޮއިކުރައްވާފައިވާ އެގްރީމެންޓުގެ 4 ވަނަ މާއްދާގައިވާ މުއްދަތުކަމުގައިވާ 1 (އެކެއް) އަހަރު ދުވަސް މިހާރު ހަމަވެފައިވާތީ، އެ އެގްރީމންޓުގައިވެ ގޮތުގެ މަތިން އެރަށް އިބްރާހީމް ނިޒާރުގެ އަތުން މިހާރު ވަކިވެފައިވާ ވާހަކަ ދަންނަވަމެވެ. މިސިޓީއާއެކު އިސްވެ ދެންނެވުނު އެގްރީމެންޓްގެ ކޮޕީއެއް އަރިސްކުރީމެވެ." މިފަދައިންނެވެ. މިސިޓީގައި، ޢަބް ދުލްޙަންނާން ޙަލީމްގެ ރައްދު-ހުށަހެޅުން އަނބުރާ ގެނައިކަން ސީދާ )direct( ކޮށް ބުނެފައެއް ނެތެވެ. ނަމަވެސް ޢަބްދުލްޙަންނާން ޙަލީމްގެ ރައްދު-ހުށަހެޅުން ނުސީދާ )indirect( ކޮށް އަނބުރާ ގެނައިކަން އޭނާ ހުށަހެޅި ހުށަހެޅުމާއި ތަޢާރުޟުވާ ގޮތަށް މިސިޓީގައި ބަޔާންކޮށް އިބްރާހީމް ނިޒާރުއަށް އަންގާފައިވާތީ ބަލަން ޖެހެއެވެ. އެހެނީ، ޢަބްދުލް ޙަންނާން ޙަލީމް ހުށަހެޅީ 17 އޮކްޓޫބަރު 2012 ގައި ވެފައިވާ އެއްބަސްވުމަށް 05 (ފަހެއް ) އަހަރު ދުވަސް އިތުރުކޮށްދީފި ކަމަށްބުނެ ހުށަހެޅި ހުށަހެޅުމެކެވެ. ނަމަވެސް 09 ފެބުރުވަރީ 3201 ގައި ފޮނުވި ސިޓީގައި 17 އޮކްޓޫބަރު 2012 އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެރަށް އިބްރާހީމް ނިޒާރުގެ އަތުން ވަކިވެފައިވާ ވާހަކަ ބުނެފައިވާ ވާތީ، މުއްދަތު އިތުރުކުރި ކުރުން އެގޮތުގައި ނެތްކަން އެނގެއެވެ. މި ކަން އިބްރާހީމް ނިޒާރުއަށް ޢަބް ދުލްޙަންނާން ޙަލީމްގެ ފަރާތުން ސިޓީއަކުން އަންގާފައިވާތީ، އޭނާގެ ފަރާތުން ހުށަހެޅި ހުށަހެޅުން އަނބުރާ ގެނައިކަން ނުވަތަ ބާޠިލު ކުރިކަން އެވަނީ އިބްރާހީމް ނިޒާރުއަށް އެންގިފައެވެ. ވީމާ، ޢަބްދުލްޙަންނާން ޙަލީމްގެ ރައްދު-ހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލުކުރިކަން ޤާނޫނީ ގޮތުން ފުރިހަމަ ވުމުގެ ކުރިން އެހުށަހެޅުން ޢަބްދުލްޙަންނާން ޙަލީމް އަނބުރާ ގެންގޮސް އެކަން އިބްރާހީމް ނިޒާރުއަށް އަންގާފައިވާކަން އެނގޭތީ، 17 އޮކްޓޫބަރު 2013 ގައި ޢަބްދު ލްޙަންނާނ ޙަލީމް އާއް އިބްރާހީމް ނިޒާރުއ ދެމެދާ ޤާނޫނު ގޮތުން ބަނދެވޭފަދަ އެއްބަސްވުމެއް ވުޖޫދުވުމަކަށ ފުރުޞަތެއް ނެތެވެ. ޢަބް ދުލްޙަންނާނ ޙަލީމް ހުށަހެޅި ހުށަހެޅުން 09 ފެބުރުވަރީ 2014 ގައި އަނބުރައި ގެނައިފަހުން، 04 މާރިޗް 2014 ގައި އިބްރާހީމް ނިޒާރު ޢަބްދުލްޙަންނާން ޙަލީމްއަށް ފޮނުވި ސިޓީގައި " ވީމާ، މިސިޓީއާއެކު، 05 އަހަރުދުވަހަށ މުއްދަތް އިތުރުކޮށް ތިޔަފަރާތުން ފޮނުއްވި އެއްބަސްވުން ސޮއިކުރެއްވުމަށްޓަކަ އ، ފޮނުވީމެވެ. " މިހެން އޮތް އިބާރާތަށް ބެލުމުން، އިބްރާހީމް ނިޒާރު ބަޔާންވެދިޔަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ޢަބް ދުލްޙަންނާނ ޙަލީމްއަށް އެކަން އެންގިއިރު، ޢަބް ދުލްޙަންނާނ ޙަލީމް ހުށަހެޅް ހުށަހެޅުން ވުޖޫދުގައި ނެތްކަން އެނގެއެވެ. 17 އޮކްޓބަރޫ 2013 ގައި އެއްބަސްވުމެއް ވުޖޫދު ނުވާކަން ސާބިތުވުމުގެ ނަތީޖާ:
32HN917 އޮކްޓޫބަރު 2013 ގައި ޢަބްދުލްޙަންނާން ޙަލީމް އާއި އިބްރާހީމް ނިޒާރުއާ ދެމެދު އެއްބަސްވުމެއް ވުޖޫދު ވެފައި ނުވާތީ، އެއެއްބަސްވުމާއި ޢަބްދުލްޙަންނާން ޙަލީމް ޚިލާފުވެފައިވާކަމަށް ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތެވެ. އަދި 17 އޮކްޓޫބަރު 2013 އިން ފެށިގެން ދެފަރާތުގެ ދެމެދު 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ އެއްބަސްވުމެއް އޮތްކަމަށް ދެކިގެން، ނަގައިދިނުމަށް އެދިފައިވާ "ކ.ކުޑަހުރާ ( "ގާގަނޑު) ގައި ހުރި ފިކްސްޑް އެސެޓްގެ ގޮތުގައި ހުރި ތަކެތީގެ ޖުމްލަ އަގަށްވާ -/19,384,250ރ. (ނަވާރަމިލިޔަން ތިންސަތޭކ ޤާނޫނު ނަންބަރު: 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ 7 ވަނަ މާއްދާގެ (ނ). އަށްޑިހ ހަތަރުހާސް ދުއިސައްތަ ފަންސާސް ) ރުފިޔާ ނުވަތަ އެފެންވަރުގައި ހުރި ތަކެތި ޝަރީޢަތުން ނަގައި ދެވޭނެ ތަނެއް ނެތެވެ. އިބްރާހީމް ނިޒާރު އާއި ޢަބދުލްވާހިދ މުހައްމަދު އާދެމެދ ވެފައިވާ އެއްބަސްވުން:
33HN10އިބްރާހީމް ނިޒާރު އާއި ޢަބްދުލްވާހިދ މުހައްމަދު އާ ދެމެދު ވެފައިވާ އެއެއްބަސްވުމަކީ އެ ދެމީހުން ދެމެދުގައި ވެފައިވާ އެއްބަސްވުމެކެވެ. އެއެއްބަސްވުމުގައި ކ.ގާގަނޑަށް އަރައިފޭބުމުގެ އިޚްތިޔާރާއި ބާރު އާ ބްރާހީ މ ނިޒާރުގެ ފަރާތުން ޢަބް ދުލްވާހި ދ މުޙައްމަދުއަށް ދިނީ އިބްރާހީމް ނިޒާރުއަށް ލިބިފައިވާ ކޮން ބާރެއްގެ ދަށުންކަން އެނގޭކަށް ނެތެވެ.
34ޢަބްދުލްޙަންނާން ޙަލީމްގެ ރައްދު-ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެހުށަހެޅުން އިބްރާހީމް ނިޒާރު ޤަބޫލުކޮށް އެކަން ޢަބް ދުލްޙަންނާނ ޙަލީމްއަށް އަންގައި އެއްބަސްވުމެއް ވުޖޫދުވީނަމަވެސް، އިބްރާހީމް ނިޒާރުއަށް ކ.ގާގަނޑު އެހެން ތިންވަނަ ފަރާތަކަށް ނުދެވޭނެކަން ޢަބްދުލްޙަންނާން ޙަލީމްގެ ރައްދު -ހުށަހެޅުން ސާފުކޮށް ދެނެގަނެވެއެވެ. އެހުށަހެޅުމުގައި ބަޔާން ކޮށްފައިވެއެއެވެ؛ "އެހެންނަމަވެސް ގާގަޑުގައި ދިގުމުއްދަތެއްގައި މަސައްކަތް ކުރެއްވުމާއިއެކު އަދި މިވަގު(ތ) ތިބޭފުޅުންނާއ ގުޅިގެނި މަސައްކަތްކުރާނެ ރަނގަޅުބަޔަކު ތިބުމާއިއެކު މާލެކައިރިން ކޮންމެވެސް އެހެންތަނެއްގައި މަސައްކަތް ފެއްޓެވުމަށްޓަކާ 5 އަހަރުގެ މުއްދަތު އިތުރުށް ދެވިފައި ވާކަމުގައި މިމުއްދަތަކީ މަސައްކަތް ނިންމުމަށްޓަކައި އެރުވުނު މުއްދަތަކަށްވާތ ދެނީ އިތުރު އެއްވެސްތަނެއް ހެއްދެވުމުގެ ހުއްދައެއް ދެވެން ނެތްވާހަކަ ދެންނެވީމެވެ."
(ތ) އިތުރުކޮށްފައި. މިހުށަހެޅުން އެއްބަސްވުމަކަށް ވެގެން ދިޔަނަމަވެސް، އިތުރު ކުރެވުނު 5 އަހަރުގެ މުއްދަތަކީ މާލެކައިރި ކޮންމެވެސް އެހެން ތަނެއްގައި މަސައްކަތް ފެއްޓުމަށް އަދި ކ.ގާގަނޑުގައި ކުރަމުންދިޔަ މަސައްކަތް ނިންމުމަށް ދިން މުއްދަތެއްކަން އޮޅުމެއް ނެތްގޮތުގައި ސާފުވާނެއެވެ. ނަމަވެސް ކުރިން ބަޔާންކުރިހެން ޢަބްދުލްޙަނާން ޙަލީމްގެ ރައްދު-ހުށަހެޅުން އިބްރހީމާ ނިޒާރު ޤަބޫލުކޮށް އެކަން ޢަބް ދުލްޙަންނާނ ޙަލީމްއަށް އަންގާފައި ނެތުމުގާ ސަބަބުން 17 އޮކްޓޫބަރު 2013 ގައި އެއްބަސްވުމެއް ވުޖޫވެފައެއް ނެތެވެ. ވީ މާ، އިބްރާހީމް ނިޒާރު އާއި ޢަބްދުލްވާހިދު މުޙައްމަދާއި ދެމެދު ވެވުނު އެއްބަސްވުމަކީ އެކަމުގެ ސަބަބުން ޢަބް ދުލްޙަންނާން ޙަލީމްގެ މައްޗަށް ޤާނޫނީ ގޮތުންވެސް އަދި ޢަޤުދީގޮތުންވެސ އެއްވެސް ޒިންމާއެއް މަތިކުރެވެނ އޮތްކަމެއް ކަމަށް ނުވެއެވެ. ވީމާ، 05 އަހަރު ދުވަހުގެ މުއްދަތު އިތުރަށް ލިބުނީކަމަށް ދެކިގެންވެސް ކ.ގާގަނޑުގައި އިބްރާހީމް ނިޒާރުއަށް އިތުރު އިންވެސްމަންޓްތަކެއް ކޮށް ވިޔަފާރި ފުޅާކޮށް އަދި އިތުރު ފަރާތަކާއި ގުޅިގެން ކ.ގާގަނޑުގައ ވިޔަފާރި ކުރިއަށް ގެންދެވޭނެ ހަމައެއްނެތެވެ. ކުރަންޖެހޭނެ ކަމަކީ އެ 05 އަހަރު ލިބުނީކަމަށް ދެކި އިބްރާހީމް ނިޒާރު ކ.ގާގަނޑުގައި ކުރަމުންދިޔަ ވިޔަފާރީ ކޮންމެވެސް އެހެންތަނަކަށ ބަދަލުކޮށް ކ.ގާގަނޑުގެ ދޫކޮށްލުމުގެ މަސައްކަތްކަން ސާފު ވެއެވެ. ޢަބދުލްޙަންނާނ ޙަލީމް އާއް އިބްރާހީމް ނިޒާރުއ ދެމެދާ އޮތްކަމަށް ބުނާ ގުޅުން:
35HN11ޢަބްދުލްޙަންނާން ޙަލީމް އާއި އިބްރާހީމް ނިޒާރު އާ ދެމެދު އޮތް ގުޅުމަކީ ކޮންބާވަތެއްގެ ގުޅުމެއްތޯ ބަލައި ގޮތެއް ކަނޑައަ ޅަންޖެހޭނީ، 17 އޮކްޓޫބަރު 2013 ގައި ވުޖޫދުވިކަމަށް އިބްރާހީމް ނިޒާރު ބުނާ އެއްބަސްވނު ވުޖޫދުވެ އެއްބަސްވުމާއި ޢަބްދުލްޙަންނާން ޙަލީމް ޚިލާފުވެފައިވާކަން ސާބިތުވާހާލަތެއްގައި ކަމށަ ދެކެމެވެ. އެހެންކަމުން، 17 އޮކްޓޫބަރު 2013 ގައި މިދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވުޖޫދުވިކަމަށް ސާބިތުވާން ނެތުމުން އެކަމާއިމެދު އިތުރަށް ބަލަންޖެހޭ ތަނެއް އޮތްކަމަށް ނުދެކެވެ. ކ.ގާގާނޑުގައި ހުރިކަމަށް ބުނި އިބްރާހީމް ނިޒާރުގެ ތަކެތި:
36ސިވިލް ކޯޓުގެ ނަންބަރު:C/2018-Cv/1072 ޤަޟިއްޔާގެ ޙުކުމުގައި "...އަދި މިރަށުގައި އިބްރާހީމް ނިޒާރުގެ ފަރާތުން ބަހައްޓަފައިހުރ އެންމެހައި ތަކެއްޗަކީ އިބްރާހީމް ނިޒާރުއަށް ލިބެންޖެހޭ ތަކެތިކަމުން ކ.ގާގަނޑު އެވެކިޔުނު ރަށުގައި ބޭނުންކުރުމަށްޓަކައި އިބްރާހީމް ނިޒާރުގެ ފަރާތުން އެރަށުގައި ބަހައްޓާފައިވާ އެންމެހާ ތަކެތީގެ ތެރެއިން މިހާރު ނުގެންގޮސްހުރި އެންމެހާ ތަކެތި އިބްރާހީމް ނިޒާރު (އައި.ޑީ. އާ ޙަވާލުކުރުމަށާއި، މިގޮތުން އިބްރާހީމް ނިޒާރުގެ ފަރާތުން އެތަނެތި ބަލައިދިއުމުން އެތަކެތި ލިބޭނެގޮތް 90 ޖުލައި 2019 މިދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަ ޖައްސައިދިނުމަށް […] ޢަބްދުލހަންނާން ޙަލީމް އިބްރާހީމް (ޢަބްދުލްޙަންނާން ޙަލީމް) (އައި.ޑީ. އަށް އަންގައި ޙުކުމް ކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިއެވެ.
37އިސްތިއުނާފު ކުރާ އިބްރާހީމް ނިޒާރުގެ ފަރާތުން ޙުކުމުގެ އެބަޔަށް ތާއީދުކޮށް ދިނުމަށް އެ ދިފައިވެއެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތުންވެސް އިބްރާހީމް ނިޒާރުގެ ފަރާތުން އެކަން ކުރުމަށް އެންގުމަށް ތާއީދުކުރާ ކަމަށް ބުނެފައިވެއެވެ. އަދި ޢަބްދުލްޙަންނާން ޙަލމްއަށީ އިބްރާހީމް ޝުޖާޢުގެ މައްޗަށް ކަމެއް ލާޒިމް ކުރުމުގެ ބާރު ނެތަސް، އިބްރާހީމް ނިޒާރު މުދާ ބަލައި ގޮސްފިނަމަ، އިބްރާހީމް ޝުޖާޢު އާއި ވާހަކަ ދައްކައިގެން އެތަކެތި ގެންދެވޭނެ ގޮތް ހަމަޖައްސައިދޭނ ކަމަށެ ބުނެފައިވެއެވެ.
38ސިވިލް ކޯޓުގެ ބަޔާންވެދިޔަ ޤަޟިއްޔާގައި ޢަބަދުލްޙަންނާން ހަލީމްގެ އަތުން ކ.ގާގަނޑު ވަކި ކޮށްފައިވާކަމަށް ބަޔާންކުރުމާއިއެކު އެރަށުގައި ހުރި އިބްރާހީމް ނިޒާރު ތަކެތި ބަލައިދި އުމުން އެތަކެތި ލިބޭނެ ގޮތް ޢަބް ދުލްޙަންނާން ޙަލީމް ހަމަޖައްސައި ދިނުމަށް އެންގި އެންގުމަކީ ޢަބް ދުލްޙަންނާން ޙަލީމްގެ ކިބައިން ވަކި ކުރި ރަށެއްގެ މައްޗަށް އޭނާގެ ކޮންބާރެއް އޮންނާނެތީ އެންގި އެންގުމެއް ކަމެއް އެނގޭކަށް ނެތެވެ. ކ.ގާގަނޑ މިހާރު ޙަވާލުކޮށްފައިވާ ފަރާތަކީ އިބްރާހީމް ޝުޖާޢު ޢަބްދުލްޙަންނާންއެވެ. އޭނާއާ ވާހަކަ ދައްކައިގެން އިބްރާހީމް ނިޒާރުގެ ތަކެތި ގެންދެވޭނެ ގޮތް ހަމަޖައްސައިދޭނ ކަމަށެ ޢަބް ދުލްޙަންނާނ ޙަލީމް ބުނާތީ، މިކޯޓުން އެކަމާމެދު އިތުރު ގޮތެއް ކިޔާނެ ތަނެއް ނެތެވެ. ކ.ކުޑަހުރާ ނުވަތަ ގާގަނޑކަ ވަރުވާއަށް ލިޔެދީފައިވާ ތަނެއްކަން:
39ކ.ކުޑަހުރ ނުވަތާ ގާގަނޑަކީ ސަރުކާރުން […] ޢަބްދުލްޙަންނާން ޙަލީމްއަށް ވަރުވާއަށް ލިޔެދިފައިވާ ފަޅުރަށެއްކަން 1995 އިންފެށިގެން އެރަށުގައި އިބްރާހީމް ނިޒާރު މަސައްކަތް ކުރަން ފެށިއިރުވެސް އިބްރާހީމް ނިޒާރުއަށ އެނގޭކަން އެނގެއެވެ.
40HN12އިބްރާހީމް ނިޒާރު 1995 ގައި ކ.ގާގަނޑުގައި މަސައްކަތް ކުރަން ފެށިއިރު، ފަޅުރަށްރަށާއ ގުޅި ގޮތުން ޢަމަލު ކުރަމުންދިޔައީ ޤާނޫނު ނަންބަރު:79/29 (ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސްކެޑުމާއި، ފަޅުރަށްރަށާއި، ގޮއިފާލައްބ ފަދަ ތަންތަނުގެ ޤާނޫނު) އާއި އެޤާނޫނުގެ 1 ވަނަ މާއްދާގައި ބަޔާންކުރާ ޤަވާޢިދުގެ ދަށުން ހެދިފައިވާ ޤަވާއިދުގެ ދަށުންނެވެ. މީގެ އިތުރުން، ޤާނޫނު ނަންބަރު:78/30 (ސަރުކާރުގެ ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނ ފަދަ ބިންބިމާއި އަދި ސަރުކާރުގެ ލަކުޑިއާއ ބެހި ގޮތުން މަނާކަންތަކުގެ ޤާނޫނު) ގެ ދަށުން ފަޅު ރަށްރަށުގައި ކުރުން މަނާކޮށްފައިވާ ކަންތައްތަކެއް ވެއެވެ.
41ޤާނޫނު ނަންބަރު: 29/79 ގެ ދަށުން ހެދިފައިވާ "ފަޅުރަށްރަށް ލިޔެދިނުމުގެ ޤަވާއިދު"ގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާގައި "ދެވަނަ ފަރާތަކަށް ރަށްލިޔެދިނުން" އަދި "ލިޔެދީފައިވާ ރަށަކުން ލިބޭފައިދާއެއް ދެފަރާތަށް ހަމަވާ އުޞޫލަކުން އެފަދަ ތަނެއް ބެލެހެއްޓުމަށް ދެވަނަ ފަރާތަކާއި ޙަވާލުކުރުން" މިކަންކަމުގައި ޢަމަލު ކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވެއެވެ.
42އިބްރާހީމް ނިޒާރު ކ.ގާގަނޑުގައި މަސައްކަތް ކުރަމުންދަނިކޮށް، ޤާނޫނު ނަންބަރު:79/29 (ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސްކެޑުމާއި،ފަޅުރަށްރަށާއި، ގޮއިފާލައްބ ފަދަ ތަންތަނުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު:78/30 (ސަރުކާރުގެ ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނ ފަދަ ބިންބިމާއި އަދި ސަރުކާރުގެ ލަކުޑިއާއ ބެހި ގޮތުން މަނާކަންތަކުގެ ޤާނޫނު) އުވާލައި، ޤާނޫނު ނަންބަރު:98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) އަށް ޢަމަލު ކުރަން ފެށިއެވެ. އަދި އެޤާނޫނުގެ ދަށުން "ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ޤަވާޢިދު" އެއް އެކުލަވާލައި ޢަމަލު ކުރަން ފެށިއެވެ. އޭގެފަހުން، ގަވާއިދު ނަންބަރު: 126-R/2015 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު) 9 އޭޕްރީލް 2015 ގައި ގެޒެޓް ކުރެވިފައި ވެއެވެ. އަދި މިޤަވާއިދު އުވާލާއި، ގަވާއިދު ނަންބަރު:95-R/2020 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާ އިދު) 6 އޮކްޓޫބަރު 2020 ގައި ގެ ޒެ ޓް ކުރެވުނެވެ.
43މަތީގައި ބ ޔާންކުރެވުނު ޤާނޫނުތަކަށާއި ޤަވާއިދުތަކަށް ވަކިވަކިން ބަލައި، އިބްރާހީމް ނިޒާރު އާއި ޢަބްދުލްޙަންނާން ޙަލީމްއާ ދެމެދު 1995 ން ފެށިގެން 17 އޮކްޓޫބަރު 2013 ގެ ނިޔަލަށް ކުރެވިފައިވާ މުޢާމަލާތްތަކާއި ބެހޭ ގޮތުން ހުށަހެޅުނު ލިޔެކިޔުންތަކާއި ދެފަރާތުގެ ވާހަކައިން ނަޒަރުކުރާއިރު، ކ.ގާގަނޑުގައި ކުރެވެމުންދިޔަ އިންވެސްޓްމެންޓާއ އެތަނުގައި ކުރި މަސައްކަތްތަކާއި މެދު ޢަމަލު ކުރަމުންގޮސްފައިވަނީ އެޤާނޫނުތަކާއ ޤަވާއިދުގައި ބަޔާންކުރި ކަންކަނާ ފުރިހަމަ ކުރެވިގެންތޯ ނުވަތަ ނޫންތޯ ދެފަރާތުން ކުރެ ފަރާތަކުން ބަލައިފައި އޮތްކަމަށް ބެލެވޭކަށް ނެތެވެ. އެހެންކަމުން، ކ.ގާގަނޑުގައި ޢަބް ދުލްޙަންނާނ ޙަލީމް އާއި އިބްރާހީމް ނިޒރުއާ ދެމެދު ކޮށްފައިވާ މުޢާމަލތްތާ ކަމެދ އެރަށު ދައުލަތަށް ނެގުމުގެ ސަބަބުން ދައުލަތުން ނަގަންޖެހޭ އެއްވެސް ޒިންމާއެއް ނެތެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 30/78 (ސަރުކާރުގެ ފަޅުރަށްރަށާއި ގޮއިފާލައްބަ ހިންނަ ފަދަ ބިންބިމާއި އަދި ސަރުކާރުގެ ލަކުޑިއާ ބެހޭ ގޮތުން މަނާކަންތަކުގެ ޤާނޫނު) ގެ 1 ވަނަ އަދި 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 29/79 (ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސްކެޑުމާއި، ފަޅުރަށްރަށާއި، ގޮއިފާލައްބަ ފަދަ ތަންތަނުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 29/79 ގެ ދަށުން ހެދިފައިވާ ފަޅުރަށްރަށް ލިޔެދިނުމުގެ ޤަވާއިދުގެ 23 ވަނަ އަދި 24 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު)
- ގަވާއިދު ނަންބަރު 2015/R-126 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު)
- ގަވާއިދު ނަންބަރު 2020/R-95 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދު)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.