އިބްރާހިމް ނިޒާރު ވ. ޢަބްދުލްޙަންނާން ޙަލީމް އިބްރާހިމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/452، 2107/Cv-C/2018
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- އިބްރާހިމް ނިޒާރު ސިވިލް ކޯޓުގައި ދަޢުވާކުރުމުން، 2107/Cv-C/2018 ޤަޟިއްޔާގައި ދެފަރާތުގެ މެދުގައި 5 އަހަރުގެ ކުލީގެ އެއްބަސްވުމެއް ވެފައިވާކަން ސާބިތުވާ ނަމަވެސް، ރަށުގައި ހުރި ނުއުފުލޭ މުދަލަށް ބަދަލު ނުދެވޭނެ ކަމަށް ނިންމިއެވެ. ޢަބްދުލްޙަންނާން ޙަލީމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، 2019/HC-A/452 ޤަޟިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، ދެފަރާތުގެ މެދުގައި ޞައްޙަ އެއްބަސްވުމެއް ނެތް ކަމަށް ކަނޑައެޅިއެވެ. ދެން އިބްރާހިމް ނިޒާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- ކ. ކުޑަހުރާ (ގާގަނޑު) ބަލަހައްޓައި މަސައްކަތްކުރުމަށް 1995 އިން ފެށިގެން އިބްރާހިމް ނިޒާރަށް އަނގަބަހުން ކުއްޔަށް ދެމުން އައިސް، 17 އޮކްޓޯބަރު 2012 ގައި 1 އަހަރުގެ ލިޔުމުން އެއްބަސްވުމެއް ވެވުނެވެ. މުއްދަތު 10 އަހަރަށް އިތުރުކުރުމަށް އިބްރާހިމް ނިޒާރު ސިޓީ ފޮނުވުމުން، 5 އަހަރަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ބުނާ ލިޔުމެއް ޢަބްދުލްޙަންނާން ޙަލީމް ސޮއިކޮށް ފޮނުވިއެވެ. އޭގެ ފަހުން ކުލި ބަލައިގެން ހުރުމަށްފަހު، 9 ފެބްރުއަރީ 2014 ގައި ސަބަބެއް ނުބުނެ އެއްބަސްވުން ނިމުނުކަމަށް އޭނާ އެންގިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުލީގެ މުއްދަތު 10 އަހަރަށް އިތުރުކުރުމަށް ހުށަހެޅުމުން 5 އަހަރަށް އިތުރުކޮށްދީފައިވާ ކަމަށް ފޮނުވި ލިޔުމަކީ ރައްދު-ހުށަހެޅުމެއްތޯ؛ އަދި އޭގެ ފަހުން ދައްކަންޖެހޭ ކުލި ބަލައިގަތުމުން ޢަމަލުން ޤަބޫލުކުރުން ފުރިހަމަވެ ޞައްޙަ އެއްބަސްވުމެއް އުފެދުނުތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިބްރާހިމް ނިޒާރު ބުނީ، 10 އަހަރުގެ ހުށަހެޅުމުގެ ރައްދުގައި ފޮނުވި 5 އަހަރުގެ ލިޔުމަކީ ރައްދު-ހުށަހެޅުމެއް ކަމަށާއި، އޭނާ އެ ލިޔުމުގައި ސޮއިކޮށް ކުލި ދެއްކުމުން ޤަބޫލުކުރުން ފުރިހަމަވެ ޞައްޙަ އެއްބަސްވުމެއް އުފެދުނު ކަމަށެވެ. ޢަބްދުލްޙަންނާން ޙަލީމް ބުނީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ކުލި ބަލައިގަތުމަކީ 5 އަހަރުގެ އެއްބަސްވުމެއް ވުޖޫދުވާ ސަބަބެއް ނޫން ކަމަށާއި، ޤަބޫލުކުރިކަން ޞަރީޙަ ގޮތެއްގައި އޭނާއަށް އަންގާފައިނުވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަމަލުކުރާ ގޮތުންވެސް ހުށަހެޅުމެއް ޤަބޫލުކުރިކަން އެނގިދާނެ ކަމަށެވެ. 5 އަހަރުގެ ލިޔުމަކީ ރައްދު-ހުށަހެޅުމެއް ކަމަށާއި، އޭގެ ފަހުން ދައްކަންޖެހޭ ކުލި ޢަބްދުލްޙަންނާން ޙަލީމް ބަލައިގަތުމުން ޤަބޫލުކުރުން ފުރިހަމަވެ 5 އަހަރުގެ އެއްބަސްވުމެއް ވުޖޫދުވި ކަމަށެވެ. މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ނިންމާލި ކަމަށްވާތީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށާއި، ބަދަލުގެ މިންވަރު ކަނޑައެޅުމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާއި 19 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ ތަޙުވީލުކުރިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމް ބާޠިލު؛ ގެއްލުމުގެ ބަދަލު ކަނޑައެޅުމަށް ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ހައިކޯޓަށް ތަޙުވީލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ހުށަހެޅުމެއް ގަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެ ކަމަށާއި، ނުވަތަ އަމަލުކުރާ ގޮތަކުން ގަބޫލު ކުރާކަން އެންގުނީކަމަށް ބެލިދާނެ ކަމަށެވެ. ކޮންޓްރެކްޓާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ހުށަހަޅާ ފަރާތަށް، ގަބޫލު ކުރާކަން އެންގުމުން، އެ ގަބޫލުކުރުން ފުރިހަމަވީ ކަމަށެވެ. އެހެން ކަމުން ކޮންޓްރެކްޓާބެހޭ ގާނޫނުގެ އިސްވެދިޔަ މާއްދާތަކުން އެނގެނީ ހުށަހެޅުން ރައްދުވި ފަރާތުން އަމަލުކުރާ ގޮތަކުން އެ ހުށަހެޅުން އެފަރާތުން ގަބޫލު ކުރާކަން ހުށަހެޅި ފަރާތަށް އެނގޭ ނަމަ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދޭނެކަމެވެ. މި އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
HN2 އިބްރާހިމް ނިޒާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި މުއްދަތު އިތުރުކުރަން އެދިފައިވަނީ 10 އަހަރަށް ކަމަށްވީ ނަމަވެސް ޢަބްދުލްޙަންނާން ޙަލީމް ސޮއިކޮށް 17 އޮކްޓބަރޯ 2013 ގެ ތާރީޚު ޖަހައި ފޮނުވި ލިޔުމުގައި ކުލީގެ މުއްދަތު އިތުރުކޮށްދީފައިވަނީ 5 އަހަރު ދުވަހަށް ކަމަށް ވާތީވެ، އެއީ ކައުންޓަރ-އޮފަރ އެއްކަން އެނގެއެވެ.
HN3 ކޮންޓްރެކްޓާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތަށް، އަމަލުކުރާ ގޮތަކުން ހުށަހެޅުމެއް ގަބޫލު ކުރާކަން އެންގުނީކަމަށް ބެލިދާނެކަން އެނގޭތީވެ، ޢަބްދުލްޙަންނާން 17 އޮކްޓބަރޯ 2013 ތާރީޚު ޖަހައި ސޮއިކޮށްފައި ފޮނުވި ލިޔުމުގައި ކުލީގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ސަރީހަބަހުން ބުނެފައިވާތީއާއި، އެކަން ގަބޫލުކޮށް، އެ ތާރީޚުގެ ފަހުން ދައްކަންޖެހޭ ކުލި ޢަބްދުލްޙަންނާންގެ ފަރާތުން ބަލައިގެންފައި އޮތުމުން، ކޮންޓްރެކްޓާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ގަބޫލުކުރުން ފުރިހަމަވެ، ދެފަރާތުގެ ދެމެދުގައި 5 އަހަރު ދުވަހުގެ ކުލީގެ އެއްބަސްވުމެއް ވުޖޫދުވެފައިވާކަން ސާބިތުވެއެވެ.
HN4 ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޢަބްދުލްޙަންނާންގެ ފަރާތުން އެއެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާތީވެ، ސަރުކާރުން ޢަބްދުލްޙަންނާން ޙަލީމް އަށް ކ. ކުޑަހުރާ (ގާގަނޑު) ލިޔެދީފައި އޮތް އޮތުން ނިމުމަކަށް ގެނައި ތާރީޚުގެ ނިޔަލަށް، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު އަށް މީހުން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހަމަތަކާއެއްގޮތަށް، ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން އިބްރާހިމް ނިޒާރުއަށް ގެއްލުމުގެ ބަދަލުދޭންޖެހޭ ކަމަށް ދެކެމެވެ.
HN5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޠިމާ އަދި އިތުރު 3 ފަރާތެއް ގަޒިއްޔާ އާއި ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ނުއުފުލޭ މުދަލުގެ މައްޗަށް އުފެދިފައިހުންނަ އިލްތިޒާމުތަކަކީ އެމުދަލުން ވަކިވާނޭ އިލްތިޒާމުތަކަކަށް ނުވާތީވެ، ކ. ކުޑަހުރާ (ގާގަނޑު) އިން އިބްރާހިމް ނިޒާރު ފޭބި އިރު އެތަނުގައި ހުރިކަމަށް ބުނާ މިމައްސަލާގައި ހިމެނޭ އިބްރާހިމް ނިޒާރުގެ ނުއުފުލޭ މުދަލެއް އެއްވެސް ފަރާތަކުން އެފަރާތެއްގެ ވިޔަފާރީގައި ބޭނުންކޮށްފައިވަނަމަ، އެ މަންފާއެއް ނުވަތަ އެ ހައްގެއް ހޯދުމަށް ދައުވާކުރުމަށް އިބްރާހިމް ނިޒާރުއަށް ލިބިގެންވާ ހައްގަކަށް މިމައްސަލަ ނިމުމުގެ ސަބަބުން ހުރަހެއްނޭޅެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު
އިބްރާހީމް ތާއީދު ކުރައްވާފައި) ތައާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/452 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން […] އިބްރާހިމް ނިޒާރު ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ […] ޢަބްދުލްޙަންނާން ޙަލީމް އިބްރާހިމް (މީގެ ފަހުން 'ޢަބްދުލްޙަންނާން ޙަލީމް') އަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2ކ. ކުޑަހުރާ (ގާގަނޑު) އަކީ 20 ޑިސެމްބަރު 1972 ގައި […] ޢަބްދުލްޙަންނާން ޙަލީމްއަށް ކ. ފުރަނަފުށީގެ ފަޅުން ހިއްކުމަށް ހަވާލުކުރެވުނު ގޮޅިއެކެވެ. 27 ޑިސެމްބަރު 1975 ގެ ނިޔަލަށް އެތަން ހިއްކުމަށް ޢަބްދުލްޙަންނާން ޙަލީމް އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމުން އެތަން އޭނާގެ ކިބައިން ވަކިކުރެވުނެވެ. ނަމަވެސް އެ ފަހުން އޭނާ އެތަން ހިއްކައި، އެތަނަށް ކުޑަހުރާގެ ނަން ހަމަޖައްސައި އެތަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ހަވާލުކުރިއެވެ. ކުޑަހުރާ ހިއްކާފައިވަނީ ޢަބްދުލްޙަންނާން ޙަލީމް ކަމަށްވާތީވެ، 25 ޖޫން 1984 ގައި ސަރުކާރުން އެތަން އޭނާއަށް ވަރުވާއަށް ލިޔެދިނެވެ. އެތަން އޭނާއަށް ވަރުވާއަށް ލިޔެދީފައިވަނީ ފުރަނަފުނި ޓޫރިސްޓު ރިސޯޓަށް ދަތިނުވާކަހަލަ އެކި މަސައްކަތް އެރަށުގައި ކުރުމަށެވެ.
3އެރަށް ބަލަހައްޓައި އެރަށުގައި މަސައްކަތް ކުރުމުގެ ހުއްދަ ޢަބްދުލްޙަންނާން ޙަލީމްގެފަރާތުން އިބްރާހިމް ނިޒާރުއަށް ދިނުމަށް ދެފަރާތުގެ ދެމެދުގައި 1995 ވަނަ އަހަރުން ފެށިގެން އަނގަބަހުން ވެފައިވާ އެއްބަސްވުމެއް އޮތެވެ. އަދި ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް މަހުންމަހަށް އިބްރާހިމް ނިޒާރު، ޢަބްދުލްޙަންނާން ޙަލީމްއަށް ކުލިދައްކަމުން ގެންގޮސްފައި ވެއެވެ.
4އަނގަބަހުން އޮތް އެއްބަސްވުމުގެ ބަދަލުގައި 17 އޮކްޓޯބަރު 2012 ގައި ޢަބްދުލްޙަންނާން އާއި އިބްރާހިމް ނިޒާރުއާ ދެމެދު ކ. ކުޑަހުރާ (ގާގަނޑު) އަލުން ކުއްޔަށް ދިނުމަށް ލިޔުމަކުން އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. މި އެއްބަސްވުމުގައި ބުނެފައިވާ ގޮތުން، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އިބްރާހިމް ނިޒާރު ބޭނުން ނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއެއްބަސްވުން އައުކުރުމަށް އިބްރާހިމް ނިޒާރުގެ ފަރާތުން ޢަބްދުލްޙަންނާން ޙަލީމް އަށް ލިޔުމަކުން އަންގަން ޖެހެއެވެ.
5އެއްބަސްވުމުގައިވާ ގޮތަށް، އެ ކުލީގެ މުއްދަތު އިތުރުކުރުމަށް 2 ފެބްރުއަރީ 2013 ގައި އިބްރާހިމް ނިޒާރުގެ ފަރާތުން ޢަބްދުލްޙަންނާން ޙަލީމްއަށް ސިޓީއެއް ފޮނުވިއެވެ. އިބްރާހިމް ނިޒާރުގެ ފަރާތުން ޢަބްދުލްޙަންނާން ޙަލީމް އަށް ފޮނުވި ސިޓީގައި ހުށަހަޅާފައިވަނީ 10 އަހަރު ދުވަހަށް ކުލީގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ. އެ ސިޓީ ޢަބްދުލްޙަންނާން ޙަލީމް އަށް ލިބުމުން، 17 އޮކްޓޯބަރު 2013 ގެ ތާރީޚު ޖަހައި ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން "ކ. ކުޑަހުރާ (ގާގަނޑު) ކުއްޔަށް ދިނުމާބެހޭ އެގްރީމަންޓު" މި ނަމުގައި ލިޔުމެއް ލިޔެ ތައްޔާރުކޮށް އެ ލިޔުމުގައި ޢަބްދުލްޙަންނާން ޙަލީމް ސޮއިކުރުމަށްފަހު، އެލިޔުން އިބްރާހިމް ނިޒާރުއަށް ފޮނުވިއެވެ. މި ލިޔުމުގައި ބުނެފައިވަނީ ގާގަނޑު މިވަގުތު އެއްވެސް ފަރާތަކަށް ކުއްޔަށް ދީފައި ބާއްވަން ބޭނުން ނުވާ ކަމަށާއި، އެހެން ނަމަވެސް އެރަށުގެ ކުލީގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށެވެ.
6މި ލިޔުން އިބްރާހިމް ނިޒާރުއަށް ލިބުމުން، ހަމަ އެ ތާރީޚުގައި، އިބްރާހިމް ނިޒާރު މި ލިޔުމުގައި ސޮއިކޮށްފައިވާކަމަށް އިބްރާހީމް ނިޒާރު ބުނެފައިވެއެވެ. އަދި އިބްރާހިމް ނިޒާރުގެ ފަރާތުން ބުނެފައިވަނީ އެ ލިޔުން އިބްރާހިމް ނިޒާރުއަށް ލިބުމުން އެ އެގްރީމަންޓުގައި އޭނާ ސޮއިކުރުމަށްފަހު 2013 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 10 މަސްދުވަހުގެ ކުއްޔަށްވާ -120،000ރ. (އެއްލައްކަ ވިހިހާސް ރުފިޔާ) އާއެކު އެގްރީމަންޓު ޢަބްދުލްޙަންނާން ޙަލީމްއަށް ފޮނުވިކަމަށެވެ.
7މިކަން އިސްވެ ބަޔާންކުރި ގޮތަށް ހިނގާފައި ވަނިކޮށް، 9 ފެބްރުއަރީ 2014 ގައި ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން އިބްރާހިމް ނިޒާރުއަށް ސިޓީއެއް ފޮނުވިއެވެ. އެސިޓީގައި ޢަބްދުލްޙަންނާން ޙަލީމް ބުނެފައިވަނީ 17 އޮކްޓޯބަރު 2012 ގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެ ސިޓީގައި އެއްބަސްވުން ޢަބްދުލްޙަންނާން ނިމުމަކަށް ގެނައި ސަބަބެއް ބަޔާންކޮށްފައި ނުވެއެވެ.
8ކ. ކުޑަހުރާ (ގާގަނޑު) އަކީ ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ރަށެއް ކަމަށް ސަރުކާރުން ނިންމައި 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެރަށުގައި ހުރި ތަކެތި ގެންގޮސް ނިންމުމަށް، ޢަބްދުލްޙަންނާން ޙަލީމްއަށް ސަރުކާރުން އަންގާފައި ވެއެވެ. ނަމަވެސް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އަނެއްކާވެސް އެރަށް ޢަބްދުލްޙަންނާން ޙަލީމްގެ ދަރިއެއް ކަމަށްވާ އިބްރާހިމް ޝުޖާއުއަށް 21 އަހަރު ދުވަހުގެ މުއްދަތަށް ކޮމާޝަލް އެންޑް މެރިން ރިސާރޗް ފެސިލިޓީއެއް ހިންގުމަށްޓަކައި ކުއްޔަށް ދީފައި ވެއެވެ.
91995 ވަނަ އަހަރުން ފެށިގެން ކ. ގާގަނޑު ޢަބްދުލްޙަންނާން ޙަލީމް އަތުން ކުއްޔަށް ހިފައިގެން މަސްވެރިކަމުގެ ސިނާއަތުގެ އެކިއެކި މަސައްކަތް ފުޅަދާއިރާއެއްގައި އިބްރާހިމް ނިޒާރު ކުރަމުން ގެންދިޔަ ކަމަށް އިބްރާހިމް ނިޒާރު ބުނެފައިވެއެވެ. އަދި އެ މަސައްކަތްކުރުމަށް ބޮޑު އިންވެސްޓްމަންޓެއް ކޮށް އެރަށުގައި އެކިއެކި ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށް އިބްރާހިމް ނިޒާރުގެ ފަރާތުން ބަޔާންކޮށް ދަށު ކޯޓަށް ލިޔެކިޔުން ހުށަހަޅާފައިވެއެވ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
10އިބްރާހިމް ނިޒާރުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ އިބްރާހިމް ނިޒާރުއާއި ޢަބްދުލްޙަންނާން ޙަލީމްއާ އެކު ކ. ކުޑަހުރާ (ގާގަނޑު) ކުއްޔަށް ހިފުމަށް ދެފަރާތުގެ ދެމެދުގައި 17 އޮކްޓބަރޯ 2013 ގައި އެއްބަސްވުމެއް ވެފައިވާ ކަމަށާއި، އެ އެއްބަސްވުމާ ޢަބްދުލްޙަންނާން ޚިލާފުވެ، ތަން އަތުލާފައިވާތީވެ، އިބްރާހިމް ނިޒާރުގެ ފަރާތުން ކ. ކުޑަހުރާ (ގާގަނޑު) ގައި ހުރި އިބްރާހިމް ނިޒާރުގެ ފިކްސްޑް އެސެޓްގެ އަގާއި ޢަބްދުލްޙަންނާން ޙަލީމް ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އެކޮންޓްރެކްޓުން އޭނާއަށް ގެއްލިފައިވާ މަންފާ ހޯދުމަށެވެ.
11ސިވިލް ކޯޓުގެ ނަންބަރު 2107/Cv-C/2018 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ޢަބްދުލްޙަންނާންއާ އިބްރާހިމް ނިޒާރުއާ ދެމެދުގައި 17 އޮކްޓޯބަރު 2013 އިން ފެށިގެން 5 އަހަރު ދުވަހުގެ މުދަތަށް ކ. ކުޑަހުރާ (ގާގަނޑު) އިބްރާހިމް ނިޒާރުއަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާކަން ސާބިތުވާ ކަމަށާއި، އެރަށުގައި ހުރި އިބްރާހިމް ނިޒާރުގެ ނުއުފުލޭ މުދަލަކީ އެއްބަސްވުން ނިމުމަކަށް އައުމުން ބަދަލުދިނުމަށް ދެފަރާތުން އެއްބަސް ވެގެން ކުރެވުނު އިންވެސްޓްމަންޓެއް ކަމަށް ނުވާތީވެ، އެތަކެއްޗަށް ބަދަލުދޭން ނުޖެހޭނެ ކަމަށާއި، އެތަނުގައި ހުރި އުފުލޭ މުދާ ގެންދިއުމުގެ ހައްގު އިބްރާހިމް ނިޒާރުއަށް ލިބިގެންވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
12ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2107/Cv-C/2018 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/452 ގަޒިއްޔާގައި ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށް، ޢަބްދުލްޙަންނާން ޙަލީމްއާއި އިބްރާހިމް ނިޒާރުއާ ދެމެދުގައި ސައްހަ އެއްބަސްވުމެއް ނެތް ކަމަށް ކަނޑައަޅާފައި ވެއެވެ. އަދި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތުމާއެކު ގެއްލުމުގެ ބަދަލު ނަގައިދޭނެ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވެއެވެ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ 2012 އޮކްޓބަރޯ 17 ގައި ދެފަރާތުން ވެފައިވާ 1 އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ ގޮތަށް، ކުލީގެ މުއްދަތު އިތުރުކުރުމަށް 2 ފެބްރުއަރީ 2013 ގައި އިބްރާހިމް ނިޒާރުގެ ފަރާތުން ޢަބްދުލްޙަންނާން ޙަލީމްއަށް ފޮނުވި ސިޓީއަށް 2013 އޮކްޓބަރޯ 17 ގެ ތާރީޚުޖަހައި ޢަބްދުލްޙަންނާން ޙަލީމް ފޮނުވި ލިޔުމަކީ ކައުންޓަރ-އޮފަރ އެއް ކަމަށާއި، ނަމަވެސް އެއެއްބަސްވުން ޢަބްދުލްޙަންނާން 9 ފެބްރުއަރީ 2014 ގައި އުވާލައި އަދި ކައުންޓަރ-އޮފަރ ޢަބްދުލްޙަންނާން ޙަލީމް އަނބުރާގެންދިއުމުގެ ކުރިން އިބްރާހިމް ނިޒާރުގެ ފަރާތުން އެ ކައުންޓަރ-އޮފަރ ގަބޫލުކުރިކަން ސާބިތުކޮށްދެވިފައި ނުވާތީވެ، އެދެމެދުގައި 5 އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމެއް ގާއިމުވެފައި ނުވާކަމަށާއި، އެހެންކަމުން އިބްރާހިމް ނިޒާރު އެދިފައިވާ ފަދައިން ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
14މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އިބްރާހިމް ނިޒާރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ބުނެފައިވަނީ ކ. ކުޑަހުރާ (ގާގަނޑު) އަބްދުލްޙަންނާން ޙަލީމްގެފަރާތުން އިބްރާހިމް ނިޒާރުއަށް ކުއްޔަށް ދިނުމަށްޓަކައި އެދެފަރާތުގެ ދެމެދުގައި ސައްހަ އެއްބަސްވުމެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ
(ހ) އާ ޚިލާފަށް ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ
15އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ބުނެފައިވަނީ، 17 އޮކްޓޯބަރު 2012 ގައި ޢަބްދުލްޙަންނާން އާއި އިބްރާހިމް ނިޒާރުއާ ދެމެދު ވެވުނު އެއް އަހަރު ދުވަހުގެ އެއްބަސްވުމުގައިވާ ގޮތުން، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އިބްރާހިމް ނިޒާރު ބޭނުން ނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް އެ އެގްރީމަންޓުގައި ބުނެފައިވާ ކަމަށާއި، އެގޮތުގެ މަތިން، މުއްދަތު އިތުރުކުރުމަށް 2 ފެބްރުއަރީ 2013 ގައި އިބްރާހިމް ނިޒާރުގެ ފަރާތުން ޢަބްދުލްޙަންނާން ޙަލީމްއަށް ސިޓީއެއް ފޮނުވި ކަމަށެވެ. އަދި މި ސިޓީގައި އިބްރާހިމް ނިޒާރު އެދިފައިވަނީ 10 އަހަރު ދުވަހަށް އެގްރީމަންޓުގެ މުއްދަތު އިތުރުކޮށްދިނުމަށް ކަމަށެވެ.
16އިބްރާހިމް ނިޒާރު ޢަބްދުލްޙަންނާން ޙަލީމް އަށް ފޮނުވި ސިޓީގެ ޖަވާބުގައި، ޢަބްދުލްޙަންނާން ޙަލީމް އެގްރީމެންޓެއް ލިޔެ، 10 އަހަރު ދުވަހަށް ރަށުގެ ކުލީގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށާއި، ނަމަވެސް 5 އަހަރުދުވަހަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް އެ ލިޔުމުގައި ބަޔާންކޮށް އެ ލިޔުމުގައި އޭނާ ސޮއިކުރުމަށްފަހު، އިބްރާހިމް ނިޒާރު ސޮއިކުރުމަށް އެ ލިޔުން ފޮނުވި ކަމަށާއި، އެ ލިޔުން އިބްރާހިމް ނިޒާރުއަށް ލިބުމުން އެ ލިޔުމުގައި އިބްރާހިމް ނިޒާރު ސޮއިކުރުމަށްފަހު 2013 ވަނަ އަހަރުގެ މާރިޗް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 10 މަސްދުވަހުގެ ކުއްޔަށްވާ -120،000ރ. (އެއްލައްކަ ވިހިހާސް ރުފިޔާ) އާއެކު އެ ލިޔުން ޢަބްދުލްޙަންނާން ޙަލީމްއަށް ފޮނުވި ކަމަށެވެ.
17އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިބްރާހިމް ނިޒާރުގެ ފަރާތުން 2 ފެބްރުއަރީ 2013 ގައި 10 އަހަރު ދުވަހަށް މުއްދަތު އިތުރުކުރުމަށް ފޮނުވި ލިޔުމަކީ ހުށަހެޅުމެއް ކަމަށާއި، އެ ހުށަހެޅުމަށް ޢަބްދުލްޙަންނާންގެ ފަރާތުން ބަދަލުގެނެސް 5 އަހަރުދުވަހަށް މުއްދަތު އިތުރުކޮށްދިނުމަށް އެއްބަސްވެ ޢަބްދުލްޙަންނާން ފޮނުވި ލިޔުމަކީ ކައުންޓަރ-އޮފަރއެއް (ރައްދު-ހުށަހެޅުމެއް) ކަމަށާއި، އެ ކައުންޓަރ އޮފަރ ގަބޫލުކޮށް 17 އޮކްޓބަރޯ 2013 ޖަހައި ޢަބްދުލްޙަންނާން ފޮނުވި ލިޔުމުގައި އިބްރާހިމް ނިޒާރު ސޮއިކޮށް އެ ލިޔުން ޢަބްދުލްޙަންނާން ޙަލީމްއަށް ފޮނުވުމުން ގަބޫލުކުރުން ފުރިހަމަވެ، އެދެމެދުގައި ސައްހަ އެއްބަސްވުމެއް އުފެދިފައިވާ ކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުގެ ވާހަކަ
18އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ 2013 އޮކްޓޯބަރު 17 ވަނަ ދުވަހުގެ ތާރީޚު ޖަހާފައިވާ ލިޔުމުގައި ސޮއިކޮށް ހަވާލުކުރަން […] ދިއުމުން ޢަބްދުލްޙަންނާން ޙަލީމް އެވަގުތު މާލޭގައި ނުއުޅޭތީވެ، އެތަކެތި ހަވާލުކުރެވިފައިނުވާ ކަމަށާއި، އެގޮތަށް އެގެއަށް ދިޔަކަމާއި، އެއްބަސްވުން ހަވާލުކުރަން އުޅުނު ކަމާއި، އެކަން ކުރަން އުޅުނުކަން ޢަބްދުލްޙަންނާން އަށް އެނގޭކަމަށް އިބްރާހިމް ނިޒާރުގެ ފަރާތުން ބުނެފައިވާ ބުނުން އިބްރާހިމް ނިޒާރުއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. ނަމަވެސް ޢަބްދުލްޙަންނާން ޙަލީމް ރަށުގައި ނުއުޅޭތީވެ، އެ ކުލި ޢަބްދުލްޙަންނާން ޙަލީމްގެ ފިރިހެން ދަރި އިބްރާހިމް ޝުޖާއުއާ ހަވާލުކުރިކަމަށް އިބްރާހިމް ނިޒާރު ބުނާ ބުނުމަށް ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ. އަދި އިތުރަށް ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ކުލި ބަލައިގަތުމަކީ ދެފަރާތުގެ ދެމެދުގައި 5 އަހަރު ދުވަހުގެ އެއްބަސްވުމެއް ވުޖޫދުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އިތުރަށް ސުޕްރީމް ކޯޓުގައި ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން ބުނެފައިވަނީ ޢަބްދުލްޙަންނާން ޙަލީމްގެ ދަރިފުޅު އިބްރާހިމް ޝުޖާއު ކުލި ބަލައިގަތުމަކީ އަބްދުލްޙަންނާން ޙަލީމްގެ ހުށަހެޅުމެއް އިބްރާހިމް ނިޒާރަށް ހުށަހަޅާފައިވާކަން ޢަބްދުލްޙަންނާން ޙަލީމްގެ ދަރިފުޅު އިބްރާހިމް ޝުޖާއުއަށް އެނގޭކަމުގެ ދަލީލެއް ނޫންކަމަށާއި، އަދި އިބްރާހިމް ނިޒާރުގެ ފަރާތުން އެހުށަހެޅުން ގަބޫލުކުރިކަން ސަރީހަ އިބާރާތުން، ޢަބްދުލްޙަންނާން ޙަލީމްގެ ދަރިފުޅު އިބްރާހިމް ޝުޖާއު، ޢަބްދުލްޙަންނާން ޙަލީމްއަށް އަންގާފައި ނުވާ ކަމަށެވެ. ދެފަރާތުގެ ދެމެދުގައި 5 އަހަރު ދުވަހުގެ އެއްބަސްވުމެއް އުފެދިފައިވޭތޯ
19ކޮންޓްރެކްޓާބެހޭ ގާނޫނު ގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނު އެހެންގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫން ކަމަށެވެ.
20HN1ކޮންޓްރެކްޓާބެހޭ ގާނޫނު ގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ހުށަހެޅުމެއް ގަބޫލުކުރާކަން ކަނޑައަޅައި ބުނެވިދާނެ ކަމަށާއި، ނުވަތަ އަމަލުކުރާ ގޮތަކުން ގަބޫލު ކުރާކަން އެންގުނީކަމަށް ބެލިދާނެ ކަމަށެވެ. ކޮންޓްރެކްޓާބެހޭ ގާނޫނު ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ހުށަހަޅާ ފަރާތަށް، ގަބޫލު ކުރާކަން އެންގުމުން، އެ ގަބޫލުކުރުން ފުރިހަމަވީ ކަމަށެވެ. އެހެން ކަމުން ކޮންޓްރެކްޓާބެހޭ ގާނޫނުގެ އިސްވެދިޔަ މާއްދާތަކުން އެނގެނީ ހުށަހެޅުން ރައްދުވި ފަރާތުން އަމަލުކުރާ ގޮތަކުން އެ ހުށަހެޅުން އެފަރާތުން ގަބޫލު ކުރާކަން ހުށަހެޅި ފަރާތަށް އެނގޭ ނަމަ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދޭނެކަމެވެ. މި އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
21HN2މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 17 އޮކްޓޯބަރު 2012 ދުވަހުގެ އެއްބަސްވުމުގައި ދެފަރާތުން ބުނެފައިވާ ގޮތަށް، 17 އޮކްޓޯބަރު 2013 އިން ފެށިގެން ކުލީގެ މުއްދަތު 10 އަހަރަށް އިތުރުކުރުމަށް 2 ފެބްރުއަރީ 2013 ގައި އިބްރާހިމް ނިޒާރުގެ ފަރާތުން ޢަބްދުލްޙަންނާން ޙަލީމްއަށް ސިޓީއެއް ފޮނުވިކަން ސާބިތުވެއެވެ. އަދި އެސިޓީގެ ރައްދުގައި 17 އޮކްޓޯބަރު 2013 ގެ ތާރީޚު ޖަހައި ޢަބްދުލްޙަންނާންގެ ފަރާތުން ސޮއިކޮށް "ކ. ކުޑަހުރާ (ގާގަނޑު) ކުއްޔަށް ދިނުމާބެހޭ އެގްރީމަންޓު" މި ނަމުގައި އޮތް ލިޔުމެއް އިބްރާހިމް ނިޒާރުއަށް ފޮނުވިއެވެ. މި ލިޔުމުގައި ބުނެފައިވަނީ ގާގަނޑު މިވަގުތު އެއްވެސް ފަރާތަކަށް ކުއްޔަށް ދީފައި ބާއްވަން ބޭނުން ނުވާ ކަމަށާއި، އެހެން ނަމަވެސް 5 އަހަރު ދުވަހަށް މުއްދަތު އިތުރުކޮށްދެވިފައިވާ ކަމަށެވެ. އިބްރާހިމް ނިޒާރުގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި މުއްދަތު އިތުރުކުރަން އެދިފައިވަނީ 10 އަހަރަށް ކަމަށްވީ ނަމަވެސް ޢަބްދުލްޙަންނާން ޙަލީމް ސޮއިކޮށް 17 އޮކްޓބަރޯ 2013 ގެ ތާރީޚު ޖަހައި ފޮނުވި ލިޔުމުގައި ކުލީގެ މުއްދަތު އިތުރުކޮށްދީފައިވަނީ 5 އަހަރު ދުވަހަށް ކަމަށް ވާތީވެ، އެއީ ކައުންޓަރ-އޮފަރ އެއްކަން އެނގެއެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ 2013 އޮކްޓޯބަރު 17 ވަނަ ދުވަހުގެ ތާރީޚު ޖަހާފައިވާ ލިޔުމުގައި އިބްރާހިމް ނިޒާރު ސޮއިކޮށް އެ ލިޔުން ހަވާލުކުރަން […] ދިއުމުން ޢަބްދުލްޙަންނާން ޙަލީމް އެވަގުތު މާލޭގައި ނުއުޅޭތީވެ، އެތަކެތި ހަވާލުކުރެވިފައިނުވާ ކަމަށާއި، އެގޮތަށް އެގެއަށް ދިޔަކަމަށާއި އެއްބަސްވުން ހަވާލުކުރަން އުޅުނުކަން ޢަބްދުލްޙަންނާން ޙަލީމްއަށް އެނގޭނެ ކަމަށެވެ. ޢަބްދުލްޙަންނާން ޙަލީމް ރަށުގައި ނުއުޅޭތީވެ، އެ ކުލި ޢަބްދުލްޙަންނާން ޙަލީމްގެ ފިރިހެން ދަރިފުޅު އިބްރާހިމް ޝުޖާއުއާ ހަވާލުކުރިކަމަށް އިބްރާހިމް ނިޒާރު ބުނާ ބުނުމަށް ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން އިންކާރުކޮށްފައި ނުވެއެވެ. އޭގެ ބަދަލުގައި ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން ބުނެފައިވަނީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ކުލި ބަލައިގަތުމަކީ ދެފަރާތުގެ ދެމެދުގައި 5 އަހަރު ދުވަހުގެ އެއްބަސްވުމެއް ވުޖޫދުވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. މި ބަޔާނުން، 2013 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ކުލި ޢަބްދުލްޙަންނާން ޙަލީމް ބަލައިގަތް ކަން ސާބިތުވެއެވެ. ދެފަރާތުގެ ދެމެދުގައި ސައްޙަ އެއްބަސްވުމެއް އޮތް ސާބިތުވާކަން
22HN3މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ 17 އޮކްޓޯބަރު 2013 ގެ ތާރީޚު ޖަހައި ޢަބްދުލްޙަންނާންގެ ފަރާތުން ސޮއިކޮށް "ކ. ކުޑަހުރާ (ގާގަނޑު) ކުއްޔަށް ދިނުމާބެހޭ އެގްރީމަންޓު" މި ނަމުގައި އޮތް ލިޔުމަކީ ދެފަރާތުގެ ދެމެދުގައި އޮތް ސައްހަ އެގްރީމަންޓެއްތޯ ކަނޑައެޅުމުގެ ސުވާލެވެ. ކޮންޓްރެކްޓާބެހޭ ގާނޫނު8ގެ 8 ވަނަ މާއްދާގެ
(ހ) ގައި ބުނެފައިވާގޮތަށް، އަމަލުކުރާ ގޮތަކުން ހުށަހެޅުމެއް ގަބޫލު ކުރާކަން އެންގުނީކަމަށް ބެލިދާނެކަން އެނގޭތީވެ، ޢަބްދުލްޙަންނާން 17 އޮކްޓބަރޯ 2013 ތާރީޚު ޖަހައި ސޮއިކޮށްފައި ފޮނުވި ލިޔުމުގައި ކުލީގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ސަރީހަބަހުން ބުނެފައިވާތީއާއި، އެކަން ގަބޫލުކޮށް، އެ ތާރީޚުގެ ފަހުން ދައްކަންޖެހޭ ކުލި ޢަބްދުލްޙަންނާންގެ ފަރާތުން ބަލައިގެންފައި އޮތުމުން، ކޮންޓްރެކްޓާބެހޭ ގާނޫނު9ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ގަބޫލުކުރުން ފުރިހަމަވެ، ދެފަރާތުގެ ދެމެދުގައި 5 އަހަރު ދުވަހުގެ ކުލީގެ އެއްބަސްވުމެއް ވުޖޫދުވެފައިވާކަން ސާބިތުވެއެވެ.
ހައްލުތައް
23HN4ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޢަބްދުލްޙަންނާންގެ ފަރާތުން އެއެއްބަސްވުމާ ޚިލާފަށް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާތީވެ، ސަރުކާރުން ޢަބްދުލްޙަންނާން ޙަލީމް އަށް ކ. ކުޑަހުރާ (ގާގަނޑު) ލިޔެދީފައި އޮތް އޮތުން ނިމުމަކަށް ގެނައި ތާރީޚުގެ ނިޔަލަށް، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 23 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު އަށް 8 ގާނޫނު ނަންބަރު 4/91 9 ގާނޫނު ނަންބަރު 4/91 މީހުން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ހަމަތަކާއެއްގޮތަށް، ޢަބްދުލްޙަންނާން ޙަލީމްގެ ފަރާތުން އިބްރާހިމް ނިޒާރުއަށް ގެއްލުމުގެ ބަދަލުދޭންޖެހޭ ކަމަށް ދެކެމެވެ.
24ވުމާއެކު، މިމައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލު ބައި އަލުން ވަޒަންކުރުމަށްޓަކައި މިމައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި 19 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހްވީލު ކުރަންޖެހޭކަމަށް ދެކެމެވެ.
25HN5ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޠިމާ އަދި އިތުރު 3 ފަރާތެއް ގަޒިއްޔާ އާއި ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ނުއުފުލޭ މުދަލުގެ މައްޗަށް އުފެދިފައިހުންނަ އިލްތިޒާމުތަކަކީ އެމުދަލުން ވަކިވާނޭ އިލްތިޒާމުތަކަކަށް ނުވާތީވެ، ކ. ކުޑަހުރާ (ގާގަނޑު) އިން އިބްރާހިމް ނިޒާރު ފޭބި އިރު އެތަނުގައި ހުރިކަމަށް ބުނާ މިމައްސަލާގައި ހިމެނޭ އިބްރާހިމް ނިޒާރުގެ ނުއުފުލޭ މުދަލެއް އެއްވެސް ފަރާތަކުން އެފަރާތެއްގެ ވިޔަފާރީގައި ބޭނުންކޮށްފައިވަނަމަ، އެ މަންފާއެއް ނުވަތަ އެ ހައްގެއް ހޯދުމަށް ދައުވާކުރުމަށް އިބްރާހިމް ނިޒާރުއަށް ލިބިގެންވާ ހައްގަކަށް މިމައްސަލަ ނިމުމުގެ ސަބަބުން ހުރަހެއްނޭޅެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
26މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
27މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން، (1) 17 އޮކްޓބަރޯ 2013 ދުވަހުން ފެށިގެން 5 އަހަރު ދުވަހަށް އިބްރާހިމް ނިޒާރުއަށް ކ. ކުޑަހުރާ (ގާގަނޑު) ކުއްޔަށް ދިނުމަށްޓަކައި ޢަބްދުލްޙަންނާން ޙަލީމް އާއި އިބްރާހިމް ނިޒާރުއާ ދެމެދުގައި ސައްހަ ކޮންޓްރެކްޓެއް ކުރެވިފައިވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. (2) 17 އޮކްޓބަރޯ 2013 ދުވަހުން ފެށިގެން 5 އަހަރު ދުވަހަށް އިބްރާހިމް ނިޒާރުއަށް ކ. ކުޑަހުރާ (ގާގަނޑު) ކުއްޔަށް ދިނުމަށްޓަކައި ޢަބްދުލްޙަންނާން ޙަލީމް އާއި އިބްރާހިމް ނިޒާރުއާ ދެމެދު ވެފައިވާ އެއްބަސްވުން ޢަބްދުލްޙަންނާން ޙަލީމް ނިމުމަކަށް ގެނެސްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. (3) ޢަބްދުލްޙަންނާން ޙަލީމް އާއި އިބްރާހިމް ނިޒާރުއާ ދެމެދުގައި ކުރެވިފައިވާ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުގެ ކުރިން ޢަބްދުލްޙަންނާން ހަލީމް އެ ކޮންޓްރެކްޓާ ޚިލާފަށް، ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފައިވާތީވެ، ޢަބްދުލްޙަންނާން ޙަލީމްއަށް ކ. ކުޑަހުރާ (ގާގަނޑު) ސަރުކާރުން ލިޔެދީފައި އޮތް އޮތުން ނިމުމަކަށް ގެނައި ތާރީޚުގެ ނިޔަލަށް، އިބްރާހިމް ނިޒާރުއަށް ގެއްލުމުގެ ބަދަލު ނަގައިދޭންވާނެ ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލުގެ މިންވަރު މި ހުކުމުގެ 23 ވަނަ ޕެރެގްރާފުގައިވާ ގޮތަށް ކަނޑައެޅުމަށާއި، ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އެރަށުގައި ހުރި އިބްރާހިމް ނިޒާރުގެ އުފުލޭ އަދި ނުއުފުލޭ މުދަލާމެދުގައިވެސް ގޮތެއް ކަނޑައެޅުމަށްޓަކައި، މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި 19 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހްވީލު ކުރުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. (4) ސިވިލް ކޯޓުގެ ނަންބަރު 2107/Cv-C/2018 ގަޒީއްޔާގެ ހުކުމުގައި ޢަބްދުލްޙަންނާން ޙަލީމް އާއި އިބްރާހިމް ނިޒާރުއާ ދެމެދުގައި ސައްހަ ކޮންޓްރެކްޓެއް ކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވާ ބަޔަށް ތާއީދުކޮށް، ސިވިލް ކޯޓުގެ ނަންބަރު 2107/Cv-C/2018 ގަޒީއްޔާގެ ހުކުމުގައި އިބްރާހިމް ނިޒާރުއަށް ގެއްލުމުގެ ބަދަލު ނަގައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ ބަޔާއި، މި ގަޒިއްޔާގައި އިސްތިއުނާފުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2019/HC-A/452 ގަޒިއްޔާގެ ހުކުމް ބާތިލު ކުރުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ގަޒިއްޔާ ބަލައި ހުކުމް ކުރީ: (ރިޔާސަތު)
ފުޓްނޯޓު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/452 ގަޒިއްޔާގެ ހުކުމުގެ 11 ވަނަ ސަފްހާ
- ގާނޫނު ނަންބަރު 4/91
- އބމ އބމ
- އބމ އބމ
- [2022] SC 77
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ)
- އިބްރާހިމް ރަޝީދު އަދި އިތުރު 2 ފަރާތެއް ވ. ޢަބްދުﷲ ޢަޒީޒު ([2022] SC 77)
- އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. ފާޠިމަތު ފަތުޙިއްޔާ ޙަސަން އަދި އިތުރު އަށް މީހުން
- މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޠިމާ އަދި އިތުރު 3 ފަރާތެއް
- ފާޠިމަތު ޙުސައިން ވ. ފާޠިމަތު ޖަމްޝީދާ
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.