ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/526

މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުން ދަމަހައްޓާފައިޙުކުމުގެ ހާލަތު
ހައިކޯޓު · 15 ފެބުރުއަރީ 2022ދަށު ކޯޓު: ސިވިލް ކޯޓު (1875/MC/2010) 910/Cv-C/2010ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު (1875/MC/2010) 910/Cv-C/2010
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2022/SC-A/49 — ހައިކޯޓުގެ ޙުކުމް ދަމަހައްޓާފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ފައިބަރގްލާސް ދެ އުޅަނދު ބަނުމުގެ އެއްބަސްވުން ސީޕްރިއާ މެރިން ފުޑްސް އިން ނިމުމަކަށް ގެނައުމާ ގުޅިގެން، ކެޕިޓަލްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ޣައިރު ޙާޟިރުގައި ކުރި ޙުކުމް ޞައްޙަތޯ؛ އަދި ވަކީލު ތަނާޒުލުވުމާއި ޣައިރު ޙާޟިރުގައި ނިންމުމާ ގުޅޭ ވާހަކަ އިސްތިއުނާފުން ބެލޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަނާޅައި ހަމައެކަނި ތަފްޞީލުގައި ދައްކާ ވާހަކައަކީ (ވަކީލު ތަނާޒުލުވުމާ ގުޅޭ ވާހަކަ ފަދަ) އިސްތިއުނާފީ ނުކުތާއަކަށް ނުވަތަ އިޖުރާއީ ނުކުތާއަކަށް ނުވާތީ، އެއީ އިސްތިއުނާފުން ބެލޭނެ ކަމެއް ނޫނެވެ.

HN2 ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމުމަކީ ޢަމަލުކުރަމުންދާ އިޖުރާއަތެއް ކަމުން، އެއީ އަޞްލުން ބާޠިލު އިޖުރާއަތަކަށް ނުވެއެވެ؛ އެ އިޖުރާއަތަށް ޢަމަލުކުރުމުގައި ދަށުކޯޓުން ހެދި ޤާނޫނީ ގޯހަކީ ކޮބައިކަން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަޔާންކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެވެ.

HN3 ޤާނޫނުގައި ވަކިގޮތަކަށް ބަޔާންކުރާ ކަންކަން ފިޔަވައި ވަކީލާއި މުވައްކިލާ ދެމެދު ގުޅުން ތަންޒީމުކުރާނީ އެފަރާތްތަކުންނެވެ؛ ވަކީލު މަސައްކަތުން ތަނާޒުލުވާނަމަ ވަގުތު ދީގެން މުވައްކިލަށް އެންގުމަކީ ފިޑިއުޝަރީ ޑިއުޓީގެ މައްޗަށް ބިނާވާ ވަކީލުގެ ޒިންމާއެކެވެ؛ ޒިންމާދާރު ނޫން ޢަމަލެއްގެ ސަބަބުން މުވައްކިލަށް ގެއްލުން ވެއްޖެނަމަ ތަޢާޤުދީ ގުޅުމުގެ ނުވަތަ މަދަނީ ކުށްތަކާ ގުޅޭ ހަމަތަކުގެ ތެރެއިން ބަދަލު ހޯދުމުގެ ފުރުޞަތު އޮވެއެވެ؛ މުވައްކިލުވެސް މައްސަލައަށް ވާނުވާއެއް ބަލައިނުލައި ހުރެގެން ނުވާނެއެވެ.

HN4 ދަޢުވާ ރައްދުވާ ފަރާތަކުން ވަކީލަކާ މައްސަލަ ޙަވާލުކުރުމަކުން ކޯޓަށް ޖަވާބުދާރީވުމުގެ މަސްއޫލިއްޔަތުން މުޅިން ބަރީއައެއް ނުވެއެވެ؛ ދަޢުވާ ހުށަހެޅިކަމުގެ މަޢުލޫމާތު ކޯޓުން ފޯރުކޮށްދިނުމުން، ކޯޓާ މެދުކެނޑިނުގޮސް ގުޅުން ބޭއްވުމަކީ އެފަރާތުގެވެސް މަސްއޫލިއްޔަތެކެވެ.

HN5 ވަކީލު މައްސަލައިން ތަނާޒުލުވިކަން މުވައްކިލަށް އެންގުމުގެ ޒިންމާ ޤާނޫނުން ފަނޑިޔާރުންގެ މައްޗަށް މަތިކޮށްފައި ނުވާތީ، އެކަން ކޯޓުން މުވައްކިލަށް އަންގަންޖެހޭނެކަމަށް ބުނުމުގެ ޤާނޫނީ އަސާސެއް ނެތެވެ.

HN6 ޤާނޫނެއްގެ މާއްދާއަކަށް ނުވަތަ އިސްލާމީ ޝަރީޢަތަށް ޙަވާލާދީ ހުށަހަޅާ އިސްތިއުނާފީ ނުކުތާއެއްގައި، ދަށުކޯޓުން ހެދި ޤާނޫނީ ގޯހާއި ޙަވާލާދޭ މަޞްދަރާ ގުޅުވާލެވޭ ބައި ފާހަގަކޮށް ތަފްޞީލު ބަޔާންނުކޮށް، ހަމައެކަނި ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުކަމަށް ބުނުމަކުން ފަނޑިޔާރަށް އެ ނުކުތާއެއް ބެލޭނެ ގޮތެއް ނުވެއެވެ.

HN7 ލިޔުމުން ކުރެވޭ ވިޔާފާރީގެ ނުވަތަ ކޮމާޝަލް މުޢާމަލާތްތަކުގެ އަޞްލަކީ ދެފަރާތުގެ ދެމެދު ޤާނޫނީ ގޮތުން ބަދެވޭ ބަދެވުންތަކެއް އުފެއްދުމުގެ ނިޔަތް އޮތުމެވެ؛ އެއް ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައިކަން އެންގުމުން އަނެއް ފަރާތުން އިޢުތިރާޟެއް ނުކޮށް، އެކަން ޤަބޫލުކޮށް ފައިސާ އަނބުރާ ދިނުމަށް ޢަމަލީ ގޮތުން މަސައްކަތްކޮށްފިނަމަ، ފަހުން އެއްބަސްވުން އުވާލި ގޮތް ޞައްޙަ ނޫންކަމަށް ބުނެ ދިފާޢު ބިނާކުރުމުގެ ފުރުޞަތެއް ނެތެވެ.

HN8 މަސައްކަތު ތާވަލަށް ލުއިތައް ދީފައިވިނަމަވެސް، އަލުން ހެދި ތާވަލުތަކާ އެއްގޮތަށްވެސް މަސައްކަތް ކުރިއަށް ނުދިޔުމުން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ޙާލަތުގައި، ކެޕިޓަލްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ދައްކަންޖެހޭކަމަށް ކުރި ޙުކުމުގައި ޤާނޫނީ ގޯހެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޢަބްދުﷲ ޙަމީދު އާއި ފަނޑިޔާރު ޙުސައިން ޝަހީދު

ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ސީޕްރި އާ މެރިން ފުޑްސް" ކަމަށް ބަޔާންކުރާ) ގެ ފަރާތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ގޮތުގައި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް (މީގެ ފަހުން "މޯލްޑިވްސ މެރިން ސަރވިސަސް" ކަމަށް ބަޔާންކުރާ) ރައްދުކޮށް، 02 އޮގަސްޓް 2010 ގައި މަދަނީ ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު:1875/MC/2010 ޤަޟިއްޔާއެވެ.

2ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު ) އަށް ޢަމަލު ކުރަ ން ފެށުމުން، މަދަނީ ކޯޓުގެ ނަން ސިވިލް ކޯޓަށް ބަދަލުވުމާއިގުޅިގެން، ބަޔާންވެދިޔަ ޤަޟިއްޔާގެ ނަންބަރު:C/2010-Cv/910 އަށް ބދަލަ ކުރެވިގެން ދިޔައެވެ. އަދި މިޤަޟިއްޔާ ސިވިލް ކޯޓުން ބަލައި 29 މެއި 2014 ގައި ޙުކުމް ކުރިއެވެ. އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދުން:

3ސިވިލް ކޯޓުގެ ނަންބަރު : C/2010-Cv/910 ޤަޟިއްޔާ، ދިވެހިރާ އްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން 01 އޮގަސްޓް 2016 ގައި މި ކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ކުރަންއެދ ހުށަހެޅި ސަބަބަކީ މަޤްބޫލު ސަބަބެއް ކަމަށް ނުފެންނާތީ، މިމައްސަލަ ބަލައި ގަތުމުގެ ހުއްދަ ނުދިނުމަށެވެ. ރަޖިސްޓްރޭޝަން ނަންބަރު:449/2005-C. ރަޖިސްޓްރޭޝަން ނަންބަރު :2006/691-C. ހައިކޯޓުގެ ނަންބަރު:33/IH/2016-HC (11 އގަސްޓޮ 2016) "އިސްތިއުނާފ ކުރުމުގު ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް". ސުޕްރީމް ކޯޓަށް ހުށަހެޅުން:

4ސިވިލް ކޯޓުގެ ނަންބަރު: C/2010-Cv/910 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައި ނުވާތީ، އެކަން މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން 24 އޮގަސްޓް 2016 ގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ ފައިޞަލާކުރަންޖެހޭ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމިއެވެ. ހައިކޯޓުގައި އިސްތިއުނާފުކުރުން:

5ސުޕްރީމް ކޯޓުގެ ބަޔާންވެދިޔަ ނިންމުމާއި ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު: C/2010-Cv/910 ޤަޟިއްޔާ، މޯލްޑިވްސް މެރިން ސަރވިސސަ ގ ފަރާތުން 27 މާރިޗް 2017 ގައި މިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވަނީ މިކޯޓުގެ ނަންބަރު: A/206-HC/2017 ޤަޟިއްޔާއިންނެވެ.

6ހައިކޯޓުގެ ނަންބަރު: A/206-HC/2017 ޤަޟިއްޔާ ހިންގައި، އިސްތިއުނާފީ ނުކުތާތަކާއި އަދި އުނުކުތާތާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބު ހުށަހެޅިއެވެ. އޭނގެފަހުން، އެޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށް 08 ސެޕްޓެންބަރު 2019 ދުވަހުގެ 11:00 އަށް މިކޯޓަށް ޙާޟިރުވުމަށް ފޮނުވުނު ނަންބަރު : B2/CHT/2019/4042-95 (27 އޮގަސްޓް 2019) އަމުރުގައިވާ ގަޑިއަށް މިމައްސަލަ އިސްތިއުނާފުކުރި މޯލްޑިވްސް މެރިން ސަރވިސަސް ތަމްސީލުކުރާނެ ފަރާތެއް ޙާޞިރުވެފައެއް ނެތެވެ. އެހެންވެ، ދވެހިރާއްޖޭގި ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެޤަޟިއް ޔާގ ދަޢުވެ ފޯމު ބާޠިލްކުރެވުނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: L/57-SC/2016 "އިސްތިއުނާފު ކުރުމުގެ ހުއްދައެދި ހުށަހެޅާ ފޯމް". ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:BA1/95/2017/1-197 (24 ޖަނަވަރީ 2017) ސިޓީ.

7މިހާރު ކުރިއަށް މިގެންދާ މިކޯޓުގެ ނަންބަރު: A/526-HC/2019 ޤަޟި އްޔާއަކީ، މޯލްޑިވްސް މެރިން ސަރވސި ސްގެ ފަރާތުނަ މިޤަޟިއްޔާ ދެވަނަ ފަހަރަށް ހުށަހެޅުމުން ކުރިއަށްގެންދާ ޤަޟިއްޔާއެކެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް: ފައިބަރު ގުލާސް ދެ އުޅަނދު ބަނުމުގެ އެއްބަސްވުން:

8ސީޕްރިއާ މެރިން ފުޑްސް އާއި މޯލްޑިވްސް މެރިން ސަރވިސަސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އެނެކްސް 1 ގައިވާ ޑިޒައިނާ އޭގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނާއި އެއްގޮތަށް، 85 ފޫޓުގެ ފައިބަރު ގުލާސް ދެ އުޅަނދު ޑިޒައިންކޮށް ބަނުމށްފަހު ޙަވާލުކުރުމަށަ 19 ނޮވެނބަރް 2006 ގައި އެއްބަސްވުމެއް ވެފައިވެއެވެ.

9މިދެ އުޅަނދު ޑިޒައިންކޮށް، ބަނދެ ޙަވާލުކުރުމަށް އެއްބަސްވެފައިވާ އަގަކީ US$564,706 (ފަސްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތްސަތޭކަ ހަ އެމެރިކާ ޑޮލަރު) އެވެ. އެއްބަސްވުމުގެ 2 ވަނަ ނަންބަރުގައި ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްސީލްތައް ބަޔާންކޮށްފައިވެއެވެ. އެއްބަސްވުމާއެއްގޮތަށް ކުރިއަށް ދާންބޭނުނ ނުވާކަން އެންގުން:

10ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ދާން ބޭނުން ނުވާކަމަށް ބުނެ، 32 އޭޕްރީލް 0920 ގައި، ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން މޯލްޑިވްސް މެރިން ސަރވިސަސްއަށް ސިޓީއަކުން އެންގިއެވެ. އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ދާން ބޭނުންނުވާ ކަމަށް އަންގާފައިވާ މައިގަނޑު ސަބަބެއް ކަމަށް ބަޔާން . އެއްބަސްވުމުގެ ސުރުޙީގައިވަނީ of Glass Reinforced Plastic (Fiberglass) Fishing Vessel Agreement for Design & Supply“ ”27.7M މިހެންނެވެ. . އެއްބަސްވުމުގެ 2.1 ވަނަ މާއްދާ. ކޮށްފައިވަނީ، ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ޝެޑިއުލްއާ އެއްގޮތަށް ދެ އުޅަނދު ނިންމާފައި ނުވުމާއި، އަދި ޝެޑިއުލްއާއެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ނުކުޅެދިފައިވުމާއި، މަސައްކަތުގެ ފެންވަރު ދައްވުމެވެ.

11ބަޔާންވެދިޔަ ސިޓީގައި، ސީޕްރިއާ މެރިންސް ފުޑްސްގެ ފަރާތުން އެހާތަނަށް ކެޕިޓަލް ފައިސާގެ ގޮތުގައި ދެއްކި ފައިސާ އާއި އެފައިސާގެ އިންޓަރެސްޓް އަނބުރާ ދެއްކުމަށް މޯލްޑިވްސް މެރިން ސަރވިސަސްއަށް އަންގާފައިވެއެވެ. ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކި ފަހަރުމަތިން ކެޕިޓަލް ފައިސާގެ ގޮތުގައި US$202,821/29 (ދެލައްކަ ދެހާސް އަށްސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު / ނަވާވީސް ސެންޓް) މޯލްޑިވްސް މެރިން ސަރވސި ސ ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާނެކަމަށް ބުނެފައިވެއެވެ.

12ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން ފޮނުވި ބަޔާންވެދިޔަ ސިޓީއަށް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ޖަވާބެއް ދީފައެއް ނެތެވެ. އެހެންވެ، ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން 24 ޖޫން 2009 ގައި، ފައިސާ ހޯދުމަށް ކޯޓަށް ދާނެކަން މޯލްޑިވްސް މެރިން ސަރވިސަސްއަށް އެންގިއެވެ. މޯލްޑިވްސް މެރިން ސަރވިސަސް އިން ދިން ޖަވާބު:

13މޯލްޑިވްސ މެރިން ސަރވިސަސްގެ ފަރާތުން، ސީޕްރިއާ މެރިން ފުޑްސްއަށް ޖަވާބު ދީފައިވަނީ، އެކުންފުނިނ ފައިސާ ހޯދުމަށް ކޯޓަށް ދާނެކަން އެންގުމުންނެވެ. މޯލްޑިވްސް މެރިން ސަރވިސަސްގެ ފޮނުވި ޖަވާބުގައި ބަޔާނަ ކޮށްފައިވަނީ؛ "ތިޔަ ފަރާތުގަ ސިޓީ ނަންބަރު CMF/ADM/075/2008 އާއި ހަވާލާދީ ދަންނަވަމެވެ. ރިފަރެންސް ނަންބަރު:CMF/ADM/006/2009 (23 އޭޕްރީލް 2009) ސިޓީ. . ސިވިލް ކޯޓަށް ހުށަހެޅި ދައުވާފޯމުގެ 7 ވަނަ ނަންބަރުގެ 2 ވަނަ ނުކުތާ. ނަންބަރު:CMF/ADM/075/2008 (24 ޖޫން 2009) ސިޓީ. މިކުންފުންޏާއި ތިޔަފަރާ ތާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ބަންނަމުން އައި ދެދޯނީގެ މަސައްކަތް ތިޔަފަރާތުން އިތުރަށް ކުރިއަށް ނުގެންދަން ނިންމުމާއި ގުޅިގެން އެދދޯނި ވިއްކާލައެ ތިޔަ ކުންފުނިން މިކަމަށް ޚަރަދުކުރި ފައިސާ ދިނުމަށްޓަކައި މިކުންފުނިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނެއެވެ. އެގޮތުން ދެފަހަރެއްގެ މަތިން ހަވީރު ނޫހުގައި އިޢުލާންކޮށް އަދި ވަރަށް ގިނަ ދަންނަ ފަރާތްތަކާއި ވާހަކަދައްކައި މި ދެދޯނ ވިއްކި ތިޔފަ ރާތަ ށ ފައިސާ ހަލާސް ކުރުމުގެ ނިޔަތުގައި މަސައްކަތްތަކެއް ކުރީމެވެ. ނަމަވެސް 2008 އޮކްޓޯބަރު މަހުންފެށިގެން ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމެއްގެ ސަބަބުން އެއްވެސް ބ ޔަރަކުއަދި މި ހާތަނަށް ލިބިފައިނުވާތީ މިފައިސާ ދެއްކުމަށް މިކުންފުންޏަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެއީ މިއައި އިޤުތިސާދީ ހީނާރުކަމުގައި، މިކުންފުންޏަށް ވަނީ ވަރަށް ބޮޑުދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އަޅުގަނޑުމެންގެ އެހެނިހެން ޕްރޮޖެކްޓްތައްވެސް ހުއްޓި ކންފު ނީގު މާލީހާލަތު ވަނީ ވަރަށް ދައްވެފައެވެ. މިފަދަ ދަނޑިވަޅެއްގައި އުޅަނދުތައް ނުވިކނެސް ތިޔަފައިސާ ދެއްކޭނެ ގޮތެއް މިކުންފުނީގައި ނެތެވެ. ވީމާ ދަންނަވަމެވެ. އަޅުގަނޑުމެން މިހާރުވެސް މިމަސައްކަތް ކުރަމުން މިގެންދަނީ އުޅަނދުތައް ވިއްކައި، ތިޔަ ފަރާތުގެ އެޑްވާންސް ޕޭމަންޓްތައް ދެއްކުމަށެވެ. އެހެންކަމުން މިއުޅަނދުތައް ވިއްކާ ތިޔަފައިސާ ހަލާސ ކުރުމަށް އިތުރުފުރުޞަތު ބޭނުންވާވާހަކަ ދެންނެވީމެވެ."

14އޭގެފަހުން، ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން، މަދަނީކޯޓަށ ފައިސް ހޯދުމުގެ މައްސަލަ ހ ށަހެޅިއެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

15ސިވިލް ކޯޓުގެ ނަންބަރު: C/2010-MC/2010) 910/Cv/75(18 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގާ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 449/2005-C) އާއި، މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 27.7 މީޓަރުގެ ފައިބަރގްލާސް 2 މަސްބޯޓް ޑިޒައިންކޮށް އެބޯޓްތައް ބަނދެ ޙަވާލުކުރުމާ ގުޅޭގޮތުން 19 ނޮވެމްބަރ 2006 ގައި ވެފައިވާ އެއްބަސްވުމާ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ޚިލާފްވެފައިވާތީ، ނަންބަރު:MMS/PVT/2009/19 (27 ޖޫން 2009) ސިޓީ. މިމުޢާމަލާތް ނިމުމަކަށް ގެނެސްފައިވާކަމަށާއި، މިމުޢާމަލާތުގައި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ކެޕިޓަލް ފައިސާގެ ގޮތުގައި ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން ދައްކައިފައިވާ US$202,821/29 (ދެލައްކަ ދެހާސް އަށްސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު / ނަވާވީސް ސެންޓް) އާއި، މިފައިސާގެ އިންޓްރެސްޓަށްވާ US$55,985/60 (ފަންސާސ ފަސްހާސް ނުވަސަތޭކަ އަށްޑިހަ ފަސް އެމެރިކާ ޑޮލަރު / ފަސްދޮޅަސް ސެންޓް) އާއި، ސީޕްރިއާ މެރިން ފުޑްސް ޕްރައިވޓެ ލިމިޓެޑުން ކުރާންޖެހުނު ޤާނޫނީ ޚަރަދަށްވާ -/25000ރ. (ފަންސަވީސްހާސް ރުފިޔާ) މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ލިބިދިނުމަށް އެދި ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި، ފައިބަރްގްލާސް 2 މަސްބޯޓް ޑިޒައިންކޮށް ބަނުމަށްޓަކައި ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ނޮވެމްބަރ 2006 ގައި އެއްބަސްވުމެއްވެފައިވާކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ މިއެއްބަސްވުމުގެ ދަށުން ކެޕިޓަލް ފައިސާގެ ގޮތުގައި ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން US$202,821/29 (ދެލައްކަ ދެހާސް އަށްސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު / ނަވާވީސް ސެންޓް) ޚަރަދުކޮށްފައިވާކަމާއި، އަދި މިއެއްބަސްވުން ނިމުމަކަށް އައިސްފައިވާތީ، މިފައިސާއަކީ ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމާއި، މިމައްސަލައިގައި ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ އިންޓްރެސްޓުގެ ފައިސާއަކީ، މިއެއްބަސްވުމުގެ ދަށުން ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދުގެ ފައިސާއެއްކަމަށް ނުވެފައި، މިފައިސާއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަން ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ، ހިސާބުކުރެވިފައިވާގޮތ ދެނެގަނެވެން ނެތް މިފައިސާއަކީ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ނަގައިދެވެން އޮތް ފައިސާއެއް ނޫންކަމާއި، އަދި ދަޢުވާލިބޭ މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ޤާނޫނީ ވަކީލުގެ ޚަރަދު ހޯދުމަށް ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވިއަސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/348-HC/2009 ޤަޟިއްޔާގައި، ދެޚަޞް މުންގެ ދެމެދުގައި ޤާނޫނީ ޚަރަދު ނެގުމާމެދު އެއްބަސްވުމެއް ވެފައިނުވާނަމަ، އަނެއް ޚަޞްމުގެ އަތުން ޤާނޫނީ ޚަރަދު ނަގައިނުދެވޭނެކަމަށް ކަނޑައަޅަފައިވާތީ، ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން ނަގައިދިނުމަށް އެދިފައިވާ ޤާނޫނީ ވަކީލުގެ ޚަރަދަކީ އެފަދަ އެއްބަސްވުމެއް ނެތް ޙާލަތުގައި ނަގައިދެވެން އޮތް ފައިސާއެއްނޫންކަމަށް ކަނޑައަޅައި، މިމައްސަލައިގައި ސާބިތުވެފައިވާ US$202,821/29 (ދެލައްކަ ދެހާސް އަށްސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު / ނަވާވީސް ސެންޓް) ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، މިއަދު 29 މެއި 2014 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހެ މިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކު ޖުމްލަ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ޣައިރު ޙާޟިރުގައި އަންގައި ޙުކުމްކޮށްފީމެވެ". މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތައް:

16ސިވިލ ކޯޓުގް ނަންބަރު C/2010-Cv/910 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، މޯލްޑިވްސް މެރިން ސަރވސި ސްގ ފަރާތުން ތިރިގައިވާ ނުކުތތަށާ ހުށަހަޅް އެނުކުތާތަކާ އާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.16.ފުރަތަމަ ނުކުތާއަކީ: ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއް ނިމުމަކަށް އަންނާނީ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ވަކި ޙާލަތެއް މެދުވެރިވުމުންކަމަށް މިމާއްދާގައި ބަޔާންކޮށްފައިވާއިރު، ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓޑާއެ މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެފަދަ ޙާލަތެއް މެދުވެރިވެފައިނުވަނީސް ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަމަށް ދަށު ކޯޓުން ކަނޑައަޅުއްވާފައިވަނީ ކޮންޓްރެކްޓާއިބެހޭ ޤާނޫނާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

2.16.ދެވަނަ ނުކުތާއަކީ: ކޮންޓްރެކްޓެއް އަނބުރާ ގެނެސް ނުވަތަ އެކޮންޓްރެކްޓުގެ ބައިވެރީން ޢަޤްދުކުރުމުގެ ކުރީން ތިބި ޙާލަތަށް އަނބުރާ ގެނެސް އެޢަޤްދު ރޫޅާލާ ޙާލަތުގައި މެނުވީ އެކޮންޓްރެކްޓާއ ގުޅިގެނި އޭގެ ބައިވެރިން ކޮށްފައިވާ ޚަރަދެއް ނުވަތަ ހިންގާފައިވާ މުޢާމަލާތެއް އެފަރާތަކަ ށ ރައްދުކުރަން ނުވަތް އަޞްލަށް ރުޖޫޢަކުރަން އިސްލާމީ ޝަރީޢަތުގައިވެސް އަދި ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ ދަށުންވެސް ނުޖެހޭއިރު، ސީޕްރިއާ މެރިން ފުޑްސް އާއި މޯލްޑިވްސް މެރިން ސަރވސިސ އާއް ދެމެދި ވެފައިވާ އެއްބަސްވުން އޭގެ އަޞްލު ޙާލަތަށް ރުޖޫޢަވެއްޖެކަމަށް ބަލައި ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދު މޯލްޑިވްސް މެރިން ސަރވސިސ އިން ދޭންޖެހޭ އެއްޗެއްގެ ގޮތުގައި ދަށުކޯޓުން ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

3.16.ތިންވަނަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމަށް ދެފަރާތުންވެސް ޢަމަލުކުރަން ފެށުމަށްފަހު، އެއްބައިވެރިޔާގެ މަސައްކަތާއިމެދު ހިތްހަމަނުޖެހުމަކީ އެއްފަރާތުގެ ނުރުހުމުގައި އެއްބަސްވުމަށް ޢަމަލުކުރުން ހުއްޓާލުމަށްފަހު ޢަޤްދު އުވާލައި އަޞްލަށް ރުޖޫޢަ ކުރެވޭނޭ ޙލަތަކަށާ ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

4.16.ހަތަރުވަނަ ނުކުތާއަކީ: އެއްބަސްވުމެއްގެ ބައިވެރީންގެ މައްޗަށް ޢަމަލުކުރުން ލާޒިމުވެގެންވަނީ އެއްބަސްވުމުގެ މާއްދާތަކުގައި ބަޔާންވެގެންވާ ގޮތުގެމަތީން ކަން އެނގެން އޮންނައިރު، އެފަދަ މާއްދާއަކަށް ލުޔެއް ދީފައިވާ ނަމަ ލުޔަކާއި އެއްގޮތަށް ދެވަނަ ބައިވެރިޔާއަށް ޢަމަލުކުރެވިދާނޭކަން ކޮންޓްރެކްޓާއިބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންވެގެންވާއިރު ދަށުކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ

5.16.ފަސްވަނަ ނުކުތާއަކީ: ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑްގެ ޝަކުވާއަކީވެސް އެއްބަސްވުމާއި މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ޚިލާފުވިކަމަށްބުނެ ދަށު ކޯޓުގައި ކޮށްފައިވާ ދަޢުވާކަމާއ އަދި އެކުންފުނިން އަމިއްލައަށް އެއްބަސްވުމަށް، ޢަމަލުކުރުން ހުއްޓާލި ސަބަބަކީ އެއީ އެއްބަސްވުމާއި މޯލްޑިވްސް މެރިން ސަރވސި ސްގ ފަރާތުން ޚިލާފުވުމުންކަމަށް ބުނެފައިވާއިރު، އެއްބަސްވުމެއްގެ ބައިވެރިޔަކު އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ޢަމަލުކުރަންވީގޮތް ބަޔާންކޮށްފައިވާއިރު، މޯލްޑިވްސް މެރިން ސަރވސިސްއިން އެއްބަސްވުމާއި ޚިލާފުވީ ކޮންގޮތަކުންކަން ދަށުކޯޓުން ބެއްލެވުމެއްނެތި، އަދި ޝަރީޢަތެއް ބޭއްވުމެއްނެތި ހަމައެކަނި އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށްބުނެ ދަޢުވާކުރާ ފަރާތުން އަމިއްލައަށް މުޢާމަލާތް ނިމުމަކަށް ގެނައިގެނައުމުގެ މައްޗަށް ބުރަވެ، ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

ފާހަގަކުރެވުނު ކަންކަން

17މިމައްސަލައާއި ގުޅިގެން ދަށު ކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް މޯލްޑިވްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ. ވަކީލު ތަނާޒުލުވި ކަމަށް ބުނެ ދެއްކި ވާހަކަ:

18HN1މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން، މިމައްސަލަ އިސްތިއުނާފު ކުރަމުން ހުށަހެޅީ 05 (ފަހެއް) ނުކުތާއެވެ. މިއިން އެއްވެސް ނުކުތާއެއްގައި، މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ޢައްޔަންކުރި ވަކީލު ތަނާޒުލުވުމާއި ގުޅިގެން ދަށު ކޯޓުން ޢަމަލު ކުރިގޮތާއި ގުޅިގެން ނުވަތަ އެވަކީލ ޢަމަލު ކުރިގޮތާއި ގުޅިގެން އެއްވެސް ކަމެއް ފާހަގަކޮށް ނުކުތާއެއް ހުށަހަޅާފައެއް ނެތެވެ. ނަމަވެސް، އެއްވެސް ނުކުތާއަކާއި ނުގުޅުވައި، ތަފްޞީލު ބަޔާންކުރުމުގެ ތެރެއިން ވަކީލް ތަނާޒުލުވިކަމުގެ ވާހަކަ ނުހަނު ދިގުކޮށް ދައްކާފައި އެބަ އޮތެވެ. ވީމާ، އެއީ އިސްތިއުނާފީ ނުކުތާއަކަށް ނުވެއެވެ. އަދި އެއީ އިޖުރާއީ ނުކުތާއަކަށްވެސް ނުވެއެވެ. ވީމާ، މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ދަށު ކޯޓަށް ޢައްޔަންކުރި ވަކީލު ތަނާޒުލުވުމާއި ގުޅިގެނ ކަންވީގޮތްކަމަށް ބަޔާނު ކޮށް ކިޔައިދިން ވާހަކަތަކަކީ އިސްތިއުނާފުން ބެލޭނެ ކަމެއްނޫނެވެ. ޣައިރު ޙާޟިރުގައި މައްސަލަ ނިންމުން:

19ދަށު ކޯޓުނު މިމައްސަލަ ނިންމާފައިވަނީ، ދަށު ކޯޓުގައި ދަޢުވާ ރައްދުވި މޯލްޑިވްސ މެރިން ސަރވިސަސްގް ޣައިރު ޚާޟިރުގައެވެ. ސަބަބަކީ، މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ޢައްޔަންކޮށްފައިވާ ޤާނޫނީ 13 12 ވަކީލު، މައްސަލައިން ތަނާޒުލުވެފައިވާތީ އަދި އޭގެ ފަހުން، މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން އެކުންފުނި ކޯޓުގައި ތަމްސީލު ކުރާނެ ފަރާތެއް ކަނޑައަޅައި ކޯޓަށް އަންގާފައި ނުވާތީ އެވެ. އެހެންވެ، އޭގެފަހުން، ދަށު ކޯޓުން ވަނީ، މޯލްޑިވްސް މެރިން ސަރވިސަސް ތަމްސީލު ކުރާނެ ފަރާތެއް ކަނޑައަޅައި، ސިވިލް ކޯޓަށި ޙާޟިރުވުމަށް އަންގައި، އަދި އެކުންފުނި ތަމްސީލު ކުރާނެ ފަރާތެއް ޙާޟިރު ނުވެއްޖެނަމަ، ޣައިރު ޙާޟިރުގައި މިމައްސަލަ ނިންމާނެކަން ޢާންމުކޮށް އިޢުލާނު ކޮށްފައެވެ.

20HN2ބަހުޘްގެ ބޭނުމަށް މިމައްސަލަ ނިންމީ އިޢުލާނު ކުރުމެއްނެތިކަމަށް ބެލިނަމަވެސް، އެސަބި ބަށްޓަކައި މިމައްސަލަ އިސްތިއުނާފުން ބަލަންޖެހޭ ސަބަބެއް ނެތެވެ. އެއީ މިމައްސަލަ މޯލްޑިވްސް މެރިން ސަރވިސަސްގެ ޣައރި ޙާޟިރުގައި ދަށު ކޯޓުން ނިންމި ނިންމުން ޤާނޫނާއި ޚިލާފުވެގެން، އިސްތިއުނާފީ ނުކުތާއެއްގެ ގޮތު ގައި އެކަން ހުށަހަޅައި އިސްތިއުނާފު ކޮށްފައި ނެތީމައެވެ. ދަށު ކޯޓުގައި ދަޢުވާކުރާ ފަރާތުގެ ނުވަތަ ދަށު ކޯޓުގައި ދަޢުވަ މޯލްޑިވްސް މެރިންސަރވިސަސްގެ ނަންބަރު:2010/02 ބޯޑު ރިޒޮލިއުޝަން (06 ނޮވެމްބަރު 2010.) 07 ޖެނުއަރީ 2012 ގައި މޯލްޑިވްސް މެރިން ސަރވިސަސްގެ ޤާނޫނީ ވަކީލު ސޮއިކޮށް ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވަނީ " މޯލްޑިވްސް މެރިން ސާރވިސަސްގެ މައްޗަށް ސީޕްރިއާ މެރިން ފްޑްސ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރާ މައްސަލާގައި ދަޢުވާލިބޭ ފަރާތުގެ ޢަމަލުތައް ހުރިގޮތުން އެމައްސަލައިން ތަނާޒުލުވެ، 11 ޖެނުއަރީ 2012 ގެ 11:00 އަށް ޙާޟިރުވުމަށް އަޅުގަނޑަށް ފޮނުވި (ނަންބަރު:10C/20-MC/2010)910/Cv/1875 ޤަޟިއްޔާ އާއި ގުޅޭގޮތުން) ކޯޓަށް ޙާޟިރުވުމުގެ ނަންބަރ 5/2012/57-CR-B އަމުރު މިސިޓީއާއެކު އަރިސްކޮށް ނުހަނު ޠާޢަތާއެކު މިވާހަކަ ދެންނެވީމެވެ." ސިވިލް ކޯޓުގެ ނަންބަރު:5/2012/554-CR-B-144 (05 ސެޕްޓެމްބަރު 2012) އިޢުލާން. ލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލާ ނިންމުމަކީ ޢަމަލު ކުރަމުންދާ އިޖުރާއަތެކެވެ. ވީމާ، އެއީ އަޞްލުން ބާޠިލު އިޖުރާއަތަކަށް ނުވެއެވެ. އިސްތިއުނާފުކުރާ ފަރާތުގެ ކަމަކީ، އެ އިޖުރާއަތަށް ޢަމަލު ކުރުމުގައި ދަށު ކޯޓުން ހެދި ޤާނޫނީ ގޯހަކީ ކޮބައކަނި އިސްތިއުނާފީ ކޯޓުގައި ބަޔާންކޮށްދީ ޤާނޫނީގޮތުން އެކަން އެހެން ނުކުރެވޭނެކަން ފަނޑިޔާރުންނަށް އަންގައިދިނުމެވެ. ނަމަވެސް، ޣައިރު ޙާޟިރުގައި ދަށު ކޯޓުން މައްސަލަ ނިންމިއިރު، ހެދި ޤާނޫން ގޯހަކީ ކޮބައި ކަން ބުނެ ނުދީ، އަދި އެކަން ބަޔާންކޮށް އިސްތިއުނާފީ ނުކުތާއެއްވެސް ހުށަނާޅައި، އަމާޒެއްނެތި ބަޑިތަޅައިގަންނަ އުޞޫލުން ދިމާވެއްޖެނަމަ ކާމިޔާބވާނު ކަމުގެ އުއްމީދުގައި ފޮނުވާލާ އުންޑަތަކަކ އިސްތިއުނާފީ ނުކުތާތަކެއްގެ ގޮތުގައި ހިފުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ނުދެކެމެވެ. ވަކީލު ތަނާޒުލުވިކަން ކޯޓުން ނޭނގުން:

21HN3ޤާނޫނުގައި ވަކިގޮތަށ ޢަމަލް ކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަންކަން ފިޔަވައި، މުވައްކިލާއި ވަކީލާ ދެމެދު އޮންނަން ގުޅުން ތަންޒީމު ކުރާނީ އެފަރާތް ތަކުންނެވެ. އެއްވެސް ސަބަބަކާހުރެ ވަކީލު އޭނާ ޙވާލުވަ މަސައްކަތުން ތަނާޒުލުވާނަމަ، އެކަން ވަގުތު ދީގެން މުވައްކިލަށް އެންގުމަކީ ވަކީލާއި މުވައްކިލާއި ދެމެދު އުފެދިގެންދާ ފިޑިއުޝަރީ ޑިއުޓީގެ މައްޗަށް ބިނާކޮށް ވަކީލގު ޒިންމާއެކެވެ. އެކަށީގެންވާ ސަބަބެއް ބަޔާންކުރުމާއި ނުލައި، ނުވަތަ ވަކި ސަބަބެއް ނެތި، ހަމަކުއްލިއަކަށ ކަމުން ދުރުވުމަކީ، ނުވަތަ ވާނުވާއެއް ނުއަންގައި، ހުރުމަކީ ވަކީލުންނަށް ޢަމަލު ކުރެވިދާނެ ގޮތާ ގޮތެއް ނޫނެވެ. ޒިންމާދާރު ނޫން ގޮތަކަށް ވަކީލަކު ކުޅަ ޢަމަލެއްގެ ސަބަބުން މުވައްކިލަށް ގެއްލުންވެފައިވާނަމަ، އެކަމަކީ، އެދެފަރާތުގެ ދެމެދުގައި އޮތް ތަޢާޤުދީ ގުޅުމުގެ ތެރެއިން ނުވަތަ މަދަނީ ކުށްތަކާއިގުޅޭ ހަމަތަކުގެ ތެރެއި ނ ބަދަލް ހޯދުމުގެ ފުރުޞަތު އޮންނާނެ ކަމެކެވެ. ވަކީލަކާއި މަސައްކަތް ޙަވާލު ކުރުމަށްފަހު، އަމުދުން ވާނުވާއެއް ބަލައިނުލައި ހުރުމަކީވެސް މުވައްކިލު ޢަމަލުކޮށްގެން ވާނެ ގޮތެއްވެސް ނޫނެވެ.

22HN4ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން، މޯލްޑިވްސް މެރިން ސަރވިސަސްގެ މައްޗަށް ފައިސާ ހޯދުމުގެ ދަޢުވާ އުފުލާފައިވާކަނ މޯލްޑިވްސް މެރިން ސަރވިސަސްއަށް އެނގެއެވެ. އެހެންވެ، އެކުންފުނި ދަށު ކޯޓުގައި ތަމްސީލުކޮށް އެދަޢުވާއަށް ޖަވާބުދާރީވާން ވަކީލަކުވެސ ޢައްޔަން ކުރިއެވެ. މިޙާލަތުގައި މޯލްޑިވްސް މެރިން ސަރވިސަސްއިން އުފުލާންޖެހޭ މަސްއޫލިއްޔަތެއް އުފަންވެއްޖެކަނ އެކުންފުންޏަށް އެވަނީ އެނގިފައެވެ. އެއީ، އެކުންފުންޏަށް ދަޢުވާލިބޭ މައްސަލައިގައި ކޯޓަށް ޖަވާބުދާރީވުމުގެ މަސްއޫލިއްޔަތެވެ. އެ މައްސަލައިގައި ވަކާލާތު ކުރަން ވަކީލަކާއި ޙަވާލު ކުރުމަކުން، އެ މަސްއޫލިއްޔަތުން މުޅިން ބަރީއައެއް ނުވެއެވެ. ވީމާ، މޯލްޑިވްސް މެރިން ސަރވިސަސްގެ މައްޗަށް ރައްދުވާ ހިނގަހިނގާ އޮތް މައްސަލައެއް ކޯޓުގައި އޮތްކަން އެނގިހުރެ، އެމައްސަލައަށް ވީގޮތެއް ބަލައި ނުލައި ހުރުމަކީ ދަޢުވާ ރައްދުވާ ފަރާތުގެ ހައިޞިއްޔަތުން މޯލްޑިވްސް މެރިން ސަރވިސަސްއަށ ޢަމަލް ކުރެވޭނެ ގޮތެއް ކަމަށް ނުދެކެމެވެ. ދަޢުވާ ރައްދުވާ ފަރާތްތަކުގެ ފަހަތުން ދުވ ހައްޔަރުކޮށް އަތުލައިގަނެގެނ ގެނެސް ދަޢުވާއަށް ޖަވާބުދާރީ ކުރުވުމަކީ ކޯޓުތަކުގެ އަސާސީ ދައުރެއް ނޫނެވެ. އެފަރާތކަށ ރައްދުވް ދަޢުވާއެއް ކޯޓަށް ހުށަހެޅިއްޖެކަމުގެ މަޢުލޫމާތު އެފަރާތަކަށް ކޯޓުން ފޯރުކޮށްދިނުމުން، ކޯޓާއި އެފަރާތަކާއި ދެމެދު މެދުކެނޑިގެން ނުދާނެ ގުޅުމެއް ބޭއްވުމަކީ އެފަރާތުގެވެސް މަސްއޫލިއްޔަތެކެވެ. ޤާނޫނުއަސާސީގައި ބަޔާން ކުރާ ޙައްޤުތަކުގެ ވާހަކައިން އިސްތިއުނާފީ ނުކުތާތައް ޖަރީކުރާއިރު، ހަމައެޤާނޫނުއަސާސީގައ ބަޔާންކުރި އުފުލާންޖެހޭ މަސްއޫލިއްޔަތުތަކުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެއެވެ. މިގޮތުން ކޯޓުތަކަށް އެއްބާރުލުން ދިނުމަކީ ހަމަކޮންމެ މީހަކުވެސް ކުރު ންޖެހޭ ކަމެކެވެ.

23HN5މޯލްޑިވްސ މެރިން ސަރވިސަސްގެ ފަރާތުން ވަކީލަކު ޢައްޔަ ންކުރީ 2010 ވަނަ އަހަރުގެ ނޮވެންބަރު 06 ވަނަ ދުވަހުއެވެ. އެވަކީލު މަސައްކަތުން ތަނާޒުލުވެ ކޯޓަށް އަންގާފައިވަނީ، 07 ޖަނަވަރީ 2012 ގައެވެ. މޯލްޑިވްސް މެރިން ސަރވިސަސް ތަމްސީލު ކުރާނެ ފަރާތެއް ޢައްޔަންކޮށް އެންގުމަށް ކޯޓުން އަލުން އިޢުލާން ކޮށްފައިވަނި 05 ސެޕްޓެނބަރް 2012 ގައެވެ. މިމައްސަލައިގައި ދަށުކޯޓުން ޙުކުމް ކޮށްފައިވަނީ 2014 މެއި 29 ގައެވެ. މިމައްސަލަ ނިމުނުކަން މޯލްޑިވްސް މެރިން ސަރވިސަސްގެ ސަމާލުކަމަށް އައިސްފައިވަނީ، 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ޙުކުމް ތަންފީޛު ޗިޓް ލިބުމުން ކަމަށް ބުނެއެވެ. ވީމާ، މިމައްސަލައިގައި، މޯލްޑވްސި މެރިން ސަރވިސަސްއިން ޢައްޔަންކުރި ވަކީލު ތަނާޒުލުވެގެން ދިޔަކަން ވަކީލުގެ ފަރާތުން އެކުންފުންޏަށް ނޭނގުމާއި، އަދި އެކަން އެކުންފުނިން ނުބަލާ އޮތުމުގެ ސަބަބުން ނޭނގި އޮތުމަކީ ވަކީލާއި މުވައްކިލުގެ އިހުމާލެވެ. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ވަކީލާއި މުވައްކިލުގެ ދެމެދުގައި އޮންނަންޖެހޭ ގުޅުން ވަކިގޮތަކަށް ތަންޒީމ ކުރުމުގު ޒިންމާ ޤާނޫނުން ފަނޑިޔާރުންގެ މައްޗަށް މަތިކޮށްފައެއް ނެތެވެ. ވީމާ، ވަކީލު މައްސަލައިން ތަނާޒުލުވިކަނ ކޯޓުން މުވައްކިލަށް އަންގަންޖެހޭނެކަމަށް ބުނެ މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ފާހަގަކުރާ ނުކުތާގެ ޤާނޫނީ އަސާސެއްނެތެވެ. އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ނިންމި ނިންމުން:

24މޯލްޑިވްސ މެރިން ސަރވިސަސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 05 ނުކުތާ ބިނާކޮށްފއިވަނަ ސީޕްރިއާ މެރިން ފުޑްސް އާއި މޯލްޑިވްސް މެރިން ސަރވިސަސް އާ ދެމެދު ވެފައިވާ އެއްބަސްވުން ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން، ނިމުމަކަށް ގެނައި ގެނައުން ޞައްޙަ ނޫންކަމަށް ބުނެ ހަމައެކަނި އެއަސާސްގެ މައްޗަށް ބިނާކށ އެކް މޭރުމުނ 05 ނުކުތާގެ ސިފައިގައެވެ.

25HN6ފ ރަތަމަ ނުކުތާގައި މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 19 ވަނަ މާއްދާއަށް ޙަވާލާދީފައި އޮވެއެވެ. ނަމަވެސް އެމާއްދާއާ ގުޅުވައި ދަށު ކޯޓުން މައްސަލަ ނިނމުމުގައ ހެދި ޤާނޫން ގޯހަކީ ކޮބައިކަން އެއްގޮތަކަށްވެސް ބުނެދީފައެއް ނެތެވެ. އަދި އެނުކުތާގެ ތަފްޞީލު ހުށަހަޅާފައެއް ނެތެވެ. ވީމާ އެނުކުތާއަށް މިކޯޓުން ބަލައި ކަނޑައަޅާނެ ވަކި ގޮތެއް ނެތެވެ. ޤާނޫނު ނަންބަރު: 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު). ކޮންޓްރެކްޓްވުމުގެ ކުރިން ތިބި ޙާލަތަށް ރުޖޫޢަކުރުން:

26ދެވަނަ ނުކުތާގައި، މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ބުނެފައިވަނީ، އެއަޤުދު ރޫޅާލާ ޙާލަތުގައި މެނުވީ އެ ކޮންޓްރެކްޓާއި ގުޅިގެން އޭގެ ބައިވެރިން ކޮށްފައިވާ ޚަރަދެއް ނުވަތަ ހިންގާފައވި މުޢާމަލާތެއް އެފަރާތަށް ރައްދުކުރަން ނުވަތަ އަޞްލަށް ރުޖޫޢަކުރަން އިސްލާމީ ޝަރީޢަތުގައިވެސް އަދި ކންޓްރެކްޓާބެހޮ ޤާނޫނުގެ ދަށުންވެސް ނުޖެހޭ ކަމަށެވެ. މިއީ ޝަރުޢީ އަދި ޤާނޫނީ ކޮންހަމައެއްގެ މައްޗަށް ބިނާކުރި ޢިބާރާތެއްކަމެއ އެނގޭކަށް ނެތެވެ. އިސްތިއުނާފަށް ހުށަހެޅި ތިންވަނަ ނުކުތާގައިވެސް އަލއަޅުވާލާފައިވަނި އަޤުދު އުވާލައި އަޞްލަށް ރުޖޫއަ ނވު ވޭނެ ކަމަށެ ބުން ހުށަހެޅި ނުކުތާއެކެވެ. މިނުކުތާއާބެހޭ އެއްވެސް ތަފްޞީލެއް ބަޔާންކޮށްފައެއް ނެތެވެ.

27ހުށަހަޅާ އިސްތިއުނާފީ ނުކުތާގައި އިސްލާމީ ޝަރީޢަތާއި ޚިލާފުކަމަށް ބުނުމާއި، ޤާނޫނާއި ޚލާފުކަމަށި ބުނުމަށްފަހު އެހިސާބުން ނިންމާލއިގެން ނުވާނެއެވެ. އިސްލާމީ ޝަރީޢތަށަ ޙވާލާދޭނަމަ، ނނ ވަކި ޤާނޫނަކަށް ޙަވާލާދޭނަމަ، ފާހަގަކުރާ ނުކުތާއާއި އެޙަވާލާދޭ މަސްދަރުން ގުޅުވާލެވޭ ބައެއް ފާހަގަކޮށްގެން މެނުވީ ފަނޑިޔާރަށް އެކަމެއް ބެލިދާނެކަމަށް ނުދެކެމެވެ. ލުޔެއް ދީފައިވާކަމަށް ބުނާ ބުނުން:

28އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ލުޔެއް ދީފައިވާނަމަ، ކޮންޓްރެކްޓްގެ ދެވަނަ ބައިވެރިޔާއަށް އެގޮތަށް ޢަމަލު ކުރެވިދާނެ ކަމަށް ބަޔާންކޮށް، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާއަށް ހަވާލާދީ ފައިވެއެވެ. މިނުކުތާގެ ތަފްޞީލު ކޮންމެވެސް ވަރަކަށް ބަޔާންކޮށްދީފައި އެބަ އޮތެވެ. މިގޮތުން، މުއްދަތަށް މަސައްކަތް ނުނިމުނަސް ޤާނޫނު ނަންބަރު 91/4 އެއްބަސްވުން ރޫޅާލުމުގެ ބަދަލުގައި މަސައްކަތް ނިންމުމަށް ސީޕްރިއާ މެރިން ފުޑްސް އިން ފުރުޞަތު ދީފައި ވާކަމަށް ބުނެ އެމޭރުމުން ވާހަކަ ދައްކާފައި ވެއެވެ.

29މިނުކުތާއަށް ބަލާއިރު، ސީޕްރީ މެރިން ފުޑްސްގެ ފަރާތުން، ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުން ނިމުމަކަށް ގެނައިކަން އެންގީ ސިޓީއަކުންނެވެ. އެސިޓީގައި ލިޔެ ފައިވަނީ؛ “Re-Discontinuation of the contract to building two fiber glass boats: We refer to our discussions regarding the above subject and wish to inform that we have decided to discontinue the contract signed on November 19, 2006 that we had with you to build two fiber glass boats at Alifushi. The ultimate reason for this decision is due to yours none completion of the two boats as per the schedule in the contract and inability to meet the two schedules and the poor quality of building. We also referred this as an act of repudiatory breach of contract by MMS. (Pls. refer the attached consultant report also) With having ample consideration on the above observable facts, we would like to request to refund the total capital amount we have paid as per the attached schedule and interest related to such capital money. This refund should immediately be arranged with two dated cheques dating capital payment th th (US$202,821.29) on 15 February and Interest (US$55985.60) on 20 February 2009. If you have any quaries or clarification, please don’t hesitate to contact the undersiged.” މިފަދައިންނެވެ. ނަމަވެސް މިސިޓީ އާ ގުޅިގެން، މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން، އއްވެސެ އިޢުތިރާޟެއްކޮށް ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން، މިއެންގި އެންގުމަށް ރައްދުދީ އެއްބަސްވުނ ރޫޅާ ނުލެވޭނެކަމަށ ނުވަތް ދީފައިވަ ލުއިގެ މަންފާ ލިބިދޭންޖެހޭކަމަށް ބުނެ ވާހަކައެއް ދައްކާފއެއް ނެތެވެ. މޯލްޑިވަ މެރިން ސަރވިސަސްއިނ ކުރިކަމަށް ފެންނނ އޮތް އެސިޓީގައި އޮތް އެއްޗަކާ މެދު އަޅާ ނުލައާ ހުރުމެވެ. ނަންބަރު:CMF/ADM/006/2009 (23 އޭޕްރީލް 2009) ސިޓީ.

30މަތީގައި ބަޔާންކުރެވުނު ސިޓީއަށް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން، ޖަވާބެއް ދީފައި ނުވާތީ، ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން ދެވަނަ ސިޓީއެއް މޯލްޑިވްސް މެރިން ސަރވިސަސްއަށް ފޮނުވިއެވެ. އެސިޓީގައި ބަޔާން ކޮށްފައިވަނީ؛ " މިކުންފުނީގެ ނަންބަރު 006/2009-CMF/ADM (23 އޭޕްރީލް 2009) ސިޓީއާ ޙަވާލާދީ ދަންނަވަމެވެ. މި ކުންފުންޏަށް 2 މަސްދޯނި ބަނދެ ދިނުމަށްޓަކައި 19 ނޮވެމްބަރު 2006 ދުވަހު ތިޔަފަރާތާއި މިކުންޏ ދެމެދާ ސޮއިކުރެވުނު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ތާރީޚަށް މަސައްކަތް ނިމިފައިނުވާކަން ޙަވާލާދެވުނު ސިޓީއިން ދަންނަވާފައިވާނެއެވެ. އަދި އެ އެއްބަސްވުމުގައިވާ ދެ މަސްދޯނީގެ މަސައްކަތް ލަސްވަމުންދާތީ، ދެފަހަރެއްގެމަތިން މަސައްކަތު ތާވަލު އަލުން ހަދައިގެންވެސް އެތާވަލުތަކާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދިޔަކަމާއި، ބަންނަން ފަށާފައިވާ ދޯނިތަކުގައި މަސައްކަތުގެ ފެންވަރުވެސ އެއްބަސް ވުމުގައ ކަނޑައަޅާފައިވި މިންގަޑަށް ނުފެތޭކަން އެސިޓީއިން ދަންވާފައިވާނެއެވެ. އިސްވެ ދެންނެވި ސަބަބުތަކާހެދި 19 ނޮވެމްބަރު 2006 ދުވަހުގެ އެއްބަސްވުން ބާތލުކޮށި އެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން މިކުންފުނިން މޯލްޑިވްސް މެރައިން ސާވިސް ޕްރައިވެޓް ލިމިޓެޑްއަށް ކެޕިޓަލް ފައިސާގެ ގޮތުގައި ދައްކާފައިވާ 29/218،202 (ދުއިސައްތަ ދހާސެ އަށްސަތޭކަ އެކާވީސް ޑޮލަރު/ނަވާވީސް ސެންޓް) އާއި އަދި އެފައިސާގެ އިންޓަރެސްޓށްވަ 60/55،985 (ފަންސާސ ފަސްހާސް ނުވަސަތޭކަ އައްޑިހަ ފަސް ޑޮލަރު/ފަސްދޮޅަސް ސެންޓްސް) އަނބުރާ މިކުންފުންޏަށް ދިނުމަށް ޙަވާލާ ދެވުނު ސިޓީއިން އެދިފައިވާނެއެވެ. އެހެންނަމަވެސް މިއަދާއި ހަމަޔަށްވެސް ތިޔަފަރާތުގެ އެއްވެސް އިޝާރާތެއް ލިޔެކޔުމުންވެސި އަދި އެހެންގޮތަކުންވެސ ލިބިފައިނުވާކަން ހިތާމަޔާއެކ ފާހަގު ކުރަމެވެ. ވީމާ، ދަންނަވަމެވެ. އިސްވެ ދެންނެވި އެއްބަސްވުމާ މޯލްޑިވްސް މެރައިން ސާވިސް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާތީ، އެއެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތޮ ން މިކުންފުނިނީ ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގެ ޝަރުޢީ ކޯޓަކަށް ދާން މިކުންފުނނި ނިންމައިފީމެވެ. " މިފަދައިންނެވެ. މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން، ސީޕްރިއާ މެރިން ފުޑްސްއަށް ޖަވބެއްދިނާ މިސިޓީއަށް ފަހުގައެވެ. ނަންބަރު: CMF/ADM/075/2008 (24 ޖޫން 2009) ސިޓީ.

31HN7ބަޔާންވެދިޔަ ސިޓީއަށް މޯލްޑިވްސް މެރިން ސަރވިސަސްގެ ފަރާތުން ޖަވާބު ދީފައިވަނީ އެކުންފުނިން ފޮނވު ސިޓީއަކުންނެވެ. އެސިޓީއަކީ، ސީޕްރިއާ މެރިން ފުޑްސް އާއި މޯލްޑިވްސް މެރިން ސަރވިސަސް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އުފެދިފައިވާ އެއްވެސް ޙައްޤަކަށް ނޫނީ ދަޢުވާކުރުމަށް އޮތް ޙައްޤަކަށް އުނިކަން ނާނން ނޭކަނ ބަޔާންކޮށް ނޫން ހަމައެކަނި މަޢުލޫމާތަށްޓަކައ ފޮނުވި ސިޓީއެއްކަން އެނގޭކް ށ ނެތެވެ. ދެފަރާތުގަ ދެމެދުގައި ލިޔުމުން މިކުރެވޭ މުޢާމަލާތަކީ ވިޔާފާރީގެ ނުވަތަ ކޮމާޝަލް މުޢާމަލާތްތަކެވެ. ވީމާ، މިފަދަ މުޢާމަލާތްތަކުގެ އަޞްލަކަށްވާނީ، ދެފަރާތުގެ ދެމެދުގައި ޤާނޫނީގޮތުން ބަދެވޭ ބަދެވުން ތަކެއް އުފެއްދުމުގެ ނިޔަތަ އޮތުމެވެ. އެސިޓީގެ ޢިބާރާތުގައި ބަޔާން ކޮށްފައިވަނީ؛ "ތިޔަ ފަރާތުގަ ސިޓީ ނަންބަރު CMF/ADM/075/2008 އާއި ހަވާލާދީ ދަންނަވަމެވެ. މިކުންފުންޏާއި ތިޔަ ފަރާތާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ބަންނަމުން އައި ދެދޯނީގެ މަސައްކަތް ތިޔަފަރާތުން އިތުރަށް ކުރިއަށް ނުގެންދަން ނިންމުމާއި ގުޅިގެން އެދެދޯނި ވިއްކާލައި ތިޔަ ކުންފުނިން މިކަމަށް ޚަރަދުކުރި ފައިސާ ދިނުމަށްޓަކައި މިކުންފުނިން ގިނަގުނު މަސައްކަތްތަކެއް ކޮށްފައިވާނެއެވެ. އެގޮތުން ދެފަހަރެއްގެ މަތިން ހަވީރު ނޫހުގއި އިޢުލާންކޮށަ އަދި ވަރަށް ގިނަ ދަންނަ ފަރާތްތަކާއި ވާހަކަދައްކައި މި ދެދޯނ ވިއްކި ތިޔފަރތަށް ފައިސާ ހަލާސް ކުރުމުގެ ނިޔަތުގައި މަސައްކަތްތަކެއް ކުރީމެވެ. ނަމަވެސް 2008 އޮކްޓޯބަރު މަހުންފެށިގެން ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމެއްގެ ސަބަބުން އެއްވެސް ބަޔަރަކުއަދި މިހާތަނަށް ލިބިފައިނުވާތީ މިފައިސާ ދެއްކުމަށް މިކުންފުންޏަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެއީ މިއައި އިޤުތިސާދީ ހީނާރުކަމުގައި، މިކުންފުންޏަށް ވަނީ ވަރަށް ބޮޑުދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އަޅުގަނޑުމެންގެ އެހެނިހެން ޕްރޮޖެކްޓތައްވެސް ހުއްޓް ކުންފުނީގެ މާލީހާލަތު ވަނީ ވަރަށް ދައްވެފައެވެ. މިފަދަ ދަނޑިވަޅެއްގައި އުޅަނދުތައް ނުވިކެނީސް ތިޔަފައިސާ ދެއްކޭނެ ގޮތެއް މިކުންފުނީގައި ނެތެވެ. ވީމާ ދަންނަވަމެވެ. އަޅުގަނޑުމެން މިހާ ރުވެސ މިމަސައްކަތް ކުރަމުން މިގެންދަނީ އުޅަނދުތައް ވިއްކައި، ތިޔަ ފަރާތުގެ އެޑްވާންސް ޕޭމަންޓްތައް ދެއްކުމަށެވެ. އެހެންކަމުން މިއުޅަނދުތައް ވިއްކާ ތިޔަފައިސާ ހަލާސ ކުރުމަށް އިތުރުފުރުޞަތު ބޭނުންވާވާހަކަ ދެންނެވީމެވެ." މިފަދައިންނެވެ. ނަންބަރު:MMS/PVT/2009/19 (27 ޖޫން 2009) ސިޓީ.

32މޯލްޑިވްސް މެރިން ސަރވިސަސްއިން ފޮނުވި މިސިޓީގައި ޞަރީޙަކޮށް ބަޔާންކޮށްފައި އޮތީ،"... ދެދޯނީގެ މަސައްކަތް ތިޔަފަރާތުން އިތުރަށް ކުރިއަށް ނުގެންދަން ނިންމުމާއި ގުޅިގެން..." އެކަން އެހެން ނުކުރެވޭނެ ވާހަކައެއް ނޫނެވެ. މިއާޚިލާފަށް، ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން އެދި ފައިވާ ފަދައިން ފައިސާ އަނބުރާ ދިނުމުގެ ގޮތުން ކުރި މަސައްކަތްތުގެ ވާހަކައެވެ. ވީމާ، ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނައުމާއި ގުޅިގެން، އެކަން ޤަބޫލުކޮށް ޢަމަލީގޮތުން އެފައިސާ ދެއްކުމަށް މޯލްޑިވްސް މެރނި ސަރވިސަސްގެ ފަރާތުން މަސައްކަތް ކުރިކަން ނުހަނު ސާފެވެ. އެހެންވެ، އެއެއްބަސްވުން އުވާލި ގޮތް ޞައްޙަނޫންކަމަށް ބުނެ، މޯލްޑިވްސް މެރިން ސަރވިސަސްއަށް ދަޢުވާގެ ދިފާޢު ބިނާކުރާނެ ފުރުޞަތެއް މިހާރަކު ނެތެވެ.

33HN8މޯލްޑިވްސ މެރިން ސަރވިސަސްއިން ބަޔާންކުރި ގޮތަށް، އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތު ޝެޑިއުލްތަކަށް ބަދަލުގެނެސް ލުއިގޮތްތަކެއް ސީޕްރިއާ މެރިން ފުޑްސްގެ ފަރާތުން ދީ ހެދިކަން އެކުންފުނިން ފޮނުވި ސިޓީއިންވެސް އެނގެއެވެ. ނަމަވެސް އެސިޓީން އެނގެނީ، އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ، ދެފަހަރެއްގެމަތިން މަސައްކަތު ތާވލަ އަލުން ހަދައިގެންވެސް އެތާވަލުތަކާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދިޔުމުންނެވެ.

34ވީމާ، ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑުން ކެޕިޓަލްގެ ގޮތުގައި ކޮށްފައިވާ ޚަރަދު މޯލްޑިވްސް މެރިން ސަރވސިސްއިން ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓނު ކުރި ޙުކުމުގައި ޤާނޫނީ ގޯހެއް ނެތެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) (ކުރީގެ ދަޢުވާ ފޯމް 2017/HC-A/206 ބާޠިލުކުރުމުގައި)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (މަދަނީ ކޯޓުގެ ނަން ސިވިލް ކޯޓަށް ބަދަލުވުން)
  • ސުޕްރީމް ކޯޓުގެ 2016/SC-L/57 (އިސްތިއުނާފުކުރުމުގެ ހުއްދަ)
  • ހައިކޯޓުގެ 2009/HC-A/348 (ދަށުކޯޓުގެ ޙުކުމުގައި ޙަވާލާދީފައި - ޤާނޫނީ ޚަރަދު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ