ޙައްވާފާނު ވ. ގއ. ވިލިނގިލި ކައުންސިލް އިދާރާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓު 201/P2C/2015
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސުނާމީގައި ހަލާކުވި ގޭގެ ބަދަލުގައި ގެއެއް އަޅައިދޭން ކައުންސިލް އިދާރާއަށް ލާޒިމުވޭތޯ، އަދި ކައުންސިލް އިދާރާއަކީ އެ ދަޢުވާ އުފުލެވޭނެ ފަރާތެއްތޯ؛ އަދި ޖުމްލަ ގޮތެއްގައި ހުށަހަޅާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ދަށުކޯޓުގެ ޙުކުމް ބަދަލުކުރެވޭތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށުކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތަކުގައި ހައިކޯޓުން ގޮތެއް ކަނޑައަޅަނީ (1) ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ނުވަތަ ނިންމުން ޤާނޫނާ ޚިލާފުކަމަށް ދެކޭ ޙާލަތުގައި، އަދި (2) ނިންމުމަށް އަސަރުކުރި އިޖުރާއީ ޢައިބެއްގެ ސަބަބުން އެ އިޖުރާއަތު ބާޠިލުކަމަށް ދެކޭ ޙާލަތުގައެވެ.
HN2 ކޯޓުތަކުގެ ޤާނޫނުގައިވާ ޙާލަތެއް އޮތްކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ؛ ޤާނޫނެއްގެ މާއްދާއަކަށް ޙަވާލާދީ ޖުމްލަ ގޮތެއްގައި ނިންމުން ގޯސްކަމަށް ބުނުމަކުން އެ ޒިންމާ އަދާނުވެ، ދަށުކޯޓުގެ ނިންމުން ރަނގަޅުނޫން ސަބަބު ޤާނޫނުގެ މާއްދާތަކާއި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބަޔާންކުރަން ޖެހެއެވެ.
HN3 ޤާނޫނު ނަންބަރު 7/2010 ގައި ކައުންސިލްތަކަށް ލިބިދީފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ގެ އެޅުމާއި މަރާމާތުކުރުން ނުހިމެނޭތީއާއި، ސުނާމީއަށްފަހު ގެ އެޅުމުގެ މަސައްކަތް ކުރީ ހައުސިންގ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން، ކައުންސިލްތަކުގެ ދައުރަކީ މެދުވެރިޔާގެ ދައުރުކަމުން، މިނިސްޓްރީން އަދާނުކުރި ޒިންމާއެއް ކައުންސިލް އިދާރާއަކުން ނުއުފުލެއެވެ؛ އެ ދަޢުވާއަކީ ކައުންސިލް އިދާރާގެ މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ފައިޞަލް، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން މަޒީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ފައިޞަލް · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މި މައްސަލައަކީ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރ ޓް ކޯޓުގެ ނަންބަރު 201/P2C/2015 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގއ. ވިލިނގިލި އިރުމަތީއާގެ ޙައްވާފާނު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގއ. ވިލިނގިލި ކައުންސިލް އިދާރާ އެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
2ޙައްވާފާނުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގއ. ވިލިނގިލި / މޫންލައިޓްވިލ އެވާ ކިޔާ ބަންޑާރަ ގޯތީގައި ރާނާ ހިޔާކޮށްފައިވާ ގެއާއި، ރާނާ ހިޔާނުކޮށްހުރި ގެ، 26 ޑިސެންބަރު 2004 ގައި ދިމާވި ސުނާމީ ކާރިސާގެ ސަބަބުން ހަލާކުވެފައިވާތީ ޢި މާރާތ ކުރް ގެތަކުގެ ލިސްޓުގައި މޫންލައިޓްވިލާގެ ހިމެނިފައިނުވާތީއާއި، އެގޯތީގައި ގެއެއް އިމާރާތްކުރަންޖެހ ކަމަށް ބުނެ ޙައްވާފާނުގެ ފަރާތުން އެ މައް ސަލަ ހުށަހެޅިއެވެ . ދ.ރ.ކ އަންގައިދޭހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޓ ކޯޓުގް ނަންބަރު 201/P2C/2015 "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު" ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރ ޓް ކޯޓުން ނިންމި ގޮތް
3ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރ ޓް ކޯޓުގެ ނަންބަރު 201/P2C/2015 ޤަޟިއްޔާގައި ނިންމާފައިވަނީ އަންނިވި ފަދައިންނެވެ . "ދެންފަހެ، ގއ. ވިލިނގިލީ / އިރުމަތީއާގެ ޙައްވާފާނުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގއ. ވިލިނގިލީ / މޫންލައިޓްވިލާގ އެވެ ކިޔާ ބަންޑާރަ ގޯތީގައި ރާނާ ހިޔާކޮށްފައިވާ ގެއާއި، ރާނާ ހިޔާނުކޮށްހުރި ގެ، 26 ޑިސެންބަރު 2004 ގައި ދިމާވި ސުނާމީ ކާރިސާގެ ސަބަބުން ހަލާކުވެފައިވާތީ އިމާރާތް ކުރި ގެތަކުގެ ލިސްޓުގައި މޫންލައިޓްވިލާގެ ހިމެނިފައިނުވާތީއާއި، އެ ގޯތީގައި ގެއެއް އިމާރާތްކުރަންޖެހކަމަށް ފެންނާތީ ޙައްވާފާނު ދިވެހި ދައުލަތުގެ މައްޗަށް، ދަޢުވާކުރި މިމައްސަލައަށް ޝަރީޢަތުން ނަޒަރުކުރި ހިނދު، ޙައްވާފާނުގެ ފަރާތުންކޮށްފައިވާ މި ދަޢުވާއަށް ދައުލަތުގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގޭ ކަމާއި، ސުނާމީ ކާރިޘާ ފަދަ ގުދުރަތީ ގޮތުންނާ އ، އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިޘާތަކާއި، ހާދިސާ ތަކާއި ގުޅިގެން ގެއްލުން ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކުރިން ނ ޝަނަލް ޑިޒާސްޓަރ މެނާ ޖްމަންޓްގެ މަސްއޫލިއްޔަތުގެ ތެރޭ ގައި ހިމެނޭ ކަމެއްކަމާއި، އަދި މިހާރު އެކަމުގެ މަސްއޫލިއްޔަތާއި ޒިންމާ ޙަވާލުވެފައިވާ ދައުލަތުގެ އިދާރާއަކ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށްވާތީ މި ދައުވާ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ މައްޗަށް އުފުލިދާނެކަމަށް ދައުލަތުން ނުދެކޭ ކަމަށް ދައުލަތުން ބުނެފައިވާކަން އެނގޭ ކަމާއި، ދަޢުވާކުރާ ފަރާތުން މި ދަޢުވާގައި އެދިފައިވާ ފަދައިން އެ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގއ. ވިލިނގިލީ / މޫންލައިޓްވިލާގެ ގޯތީގައި އަލުން ގެއެއް އިމާރާތްކުރުމަކީ ގއ. ވިލިނގިލީ ރަށުކައުންސިލްގ އިދާރާގެ އިޚްތިޞާސްގެ ތެރޭ ގައި ހިމެނޭ ކަމެއްނޫންކަނ ޤާނޫން ނަންބަރު 7/2010 (ދިވެހިރާއްޖޭ ގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ބެލުމުން އެނގޭ ކަމާއި، ގއ. ވިލިނގިލީ ރަށުކައުންސިލް އިދާރާއަކީ ދަޢުވާކުރާ ފަރާތުން އެދިފައިވާފަދަ އަމުރެއް އެ އިދާރާގެ މައްޗަށް ނެރުނު ކަމުގައި ވީނަމަވެސް އެކަން ތަންފީޛުކުރުމުގެ ބާރު ލިބިގެންވާ ފަރާތަކަށް ނުވާތީއާއި، އަދި މި ދަޢުވާގައި ދިވެހި ދައުލަތުން ހޯދުމަށް އެދިފައިވާ ފަރުވާކަމުގައިވާ 26 ޑިސެންބަރު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޓ ކޯޓުގް ނަންބަރު 201/P2C/2015 "ޝަރީޢަތް ނިމުން ގޮތުގު ރިޕޯޓު" 2004 ގައި ދިމާވި ސުނާމީ ކާރިސާގެ ސަބަބުން ހަލާކުވެފައިވާ ތ އިމާރާތް ކުރި ގެތަކުގެ ލިސްޓުގައި މޫންލައިޓްވިލާގެ ހިމެނިފައިނުވާތީއާއި، އެގޯތީގައި ގެއެއް އިމާރާތްކުރަންޖެހ ކަމަށް ދަޢުވާކުރާފަރާތުން ބުނިކަމުގައި ވީނަމަވެސް، ދަޢުވާކުރާ ޙައްވާފާނުގެ ފަރާތުން މިދަޢުވާ ބިނާކޮށްފައިވަނީ ގއ. އަތޮޅު އޮފީސް (މިހާރުގެ ގއ. އަތޮޅު ކައުންސިލް އިދާރާ) ގެ ނަންބަރު MA/P2/2006/16-PE (17 ޖަނަވަރީ 2006) ސިޓީގެ މައްޗަށް ބުރަވެ ކަމަށްވާއިރު، ގއ. ވިލިނގިލީ / އިރުމަތީއާގެ ޙައްވާފާނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މޫންލައިޓްވިލާގ ގެ ބަދަލުގައި ގެއެއް އަޅައިދ ނ ނިންމާފައިވާކަން އެސިޓީއަށް ބެލުމުން އެނގެން ނެތްކަމާއި، އެ ސިޓީގައި ބަޔާންކޮށްފައިވަނީ މޫންލައިޓްވިލާގގެ ސާވކުރިގޮތާމެދު އެގޭ ގެ ވެރިފަރާތުން ހިތްހަމަނުޖެހޭ ކަމުގައިވާނަމަ އަލުން ސާވ ކުރުމަށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށްކަމުގައި ވީހި ނދު، ދަޢުވާކުރާފަރާތުން އަލުން އެގެ ސާވ ކުރުމަށް ދައުލަތުގެ އިދާރާއެއްގައި އެދިފައިވާކަން މި މައްސަލައާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެންނެތްކަމާއި، އެފަދަ ސާވ އެއްކުރުމަށް ދަޢުވާކުރާފަރާތުން އެދިފައިވާކަން އެފަރާތަށް މި ޤަޟިއްޔާގައި ސާބިތުކޮށް ދެވިފައިނުވާތީ، މި ދަޢުވާގައި އެދިފައިވާ ފަދައިން ގއ. ވިލިނގިލީ / އިރުމަތީއާގެ ޙައްވާފާނުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޫންލައިޓްވިލާގެ ކިޔާ ބަންޑާރަގޯތީގައި ގެއެއް ދިވެހި ދައުލަތުން އިމާރާތްކުރަން ޖެހޭ ކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް ޙުކުމްކޮށްފީމެވެ." އިސްތިއުނާފީ ނުކުތާތައް
4ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރ ޓް ކޯޓުގެ ނަންބަރު 201/P2C/2015 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށ އެދި އިސްތިއުނާފުކުރާ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅައި އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
1.4- "ދަޢުވާކުރާ ޙައްވާފާނުގެ ފަރާތުން މިދަޢުވާ ބިނާކޮށްފައިވަނީ ގއ. އަތޮޅު އޮފީސް (މިހާރު ގއ. އަތޮޅު ކައުންސިލް އިދާރާ) ގެ ނަންބަރު MA/P2/2006/16-PE (17 ޖަނަވަރީ 2006) ސިޓީގެ މައްޗަށް ބުރަވެ ކަމަށްވާއިރު" ކަމަށް ޙުކުމުގައި ބަޔާންކޮށްފައި އޮތްއޮތުމުން، ކަނޑައެޅި ގެން ދަޢުވާގެ ސީޣާ އޮޅުވާލާ ޙަޤީޤަތާއި ޚިލާފު ސަބަބެއް މަތިކުރުމަށްފަހު، ވަކިފަރާތަކަށް ބުރަވެ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ބެލުމެއްނެތި، ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަން އެނގެންއޮންނަކަމަށ ބުން ހުށަހެޅު ނުކުތާ.
2.4- ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) އިން ލިބިދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ ހިޔާވަހިކަމުގެ އަސާސީ ޙައްޤު، ދިވެހިޖުމްހޫރިއްޔާގެ ޤނޫނުއަސާސީގާ 43 ވަނަ މާއްދާއާއި ޚިލާފަށް އިދާރީ ދާއިރާއަކުން އެޅި ފިޔަވަޅެއްގެ ސަބަބުން އިސްތިއުނާފު ކުރާފަރާތުގެ ކިބައިން ބީވެގެންގޮސް އެޙައްޤަށ އުނިކަން އައިސްފައިވާކަން އެގެންއޮތް އިރު، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤަށް އައި އުނިކަމަށް ބެލުމެއްނތެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ޚިލާފަށް ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލް
5އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފކުރު ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓުގައި ހުށަހެޅި އިޖުރާއީ ބަޔާނުގައި ކަނޑައެޅިގެން އިސްތިއުނާފު ކުރާ ފަރާތަށް ގެއެއް އަޅައިދިނުމަށް ނިންމަވާފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިޢުތިރާފު ވެފައިވާކަމަށާއި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު އޮފީހުގެ ނަންބަރު MA/P2/2006/16-PE (17 ޖަނަވަރީ 2006) ގެ ސިޓީ އިސްތިއުނާފު ރައްދުވާ ފަރާތުން، އިސްތިއުނާފުކުރާ ފަރާތުގެ ގެއަކީ ޢިމާރާތްކުރަންޖެހ ގެއެއް ކަމަށް ކަނޑައެޅުމުގެ ބުނުމުގައި ޝަރީޢަތަށް ހުށަހެޅި ސިޓީއެއްކަމަށް އެ ސިޓީވުމާއި، އެ ސިޓީއަށް ބެލުމުން އިސްތިއުނާފު ކުރާ ފަރާތުން އިތުރަށް ސަރވޭ ކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅަން ނުޖެހޭ ކަމަށެވެ.
6އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) (ށ) އަދި (ނ) އަށް ރިޢާޔަތްކުރާއިރު، އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ސުނާމީގައ ހަލާކުވި ގޭގެ ބަދަލުގައި އިސްތިއުނާފު ކުރާ ފަރާތުގެ ގޯތީގައި ގެއެއް އަޅައިދިނުމަށް އެދުމުން އިދާރާ ހިންގުމުގެ ދާއިރާގެ ހައިސިއްޔަތުން އިސްތިއުނާފު ކުރާ ފަރާތުން އެންމެ ފުރިހަމައަށް މަޢުލޫމާތު ފޯރުކޮށްދީފައިވަނިކޮށް، އެކަމަށް ބެލުމެއްނެތި އިސްތިއުނާފު ރައްދުވާ ފަރާތުން ފިޔަވަޅު އަޅާފައިނުވާކަމަށާއި، އިސްތިއުނާފު ރައްދުވާފަރާތގު އިހުމާލުގެ ސބަބަން އަދި އެފަރާތުން އެޅި ފިޔަވަޅެއްގެ ސަބަ ބުން ގެއްލިގެންދިޔަ ޙައްޤު ލިބިގަތުމުގެ ޤާނޫނީ ހައިސިއްޔަތު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާކަމާއި، ސުނާމީ ކާރިސާ އާއި ގުޅިގެން ހަލާކުވާ ގޭގެ ބަދަލުގައި އަޅައިދންޖެހ ގެ ލިބުމުގެ ޝަރުޠު ފުރިހަމަވާ ފަރާތަކަށްވެފައ އިސްތިއުނާފި ކުރާފަރާތުން އަލުން ސަރވކުރުމަށް އަންގާފައިވތޯ ބެލުމަކީ އިސްތިއުނާފު ކުރާ ފަރާތުން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، އެކަން ކުރުމުގެ ޤާބިލުކަން ލިބިދީފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތަށް ކަމަށާއި، ނަމަވެސް އެ ޒިންމާ އެފަރާތަށް އަދާނުކުރެވުމުން ސުނާމީ ކާރިސާ އާއި ގުޅިގެން ހަލާކުވި ގޭގެ ބަދަލުގައި އަޅައިދ ންޖެހޭ ގެ އިސްތިއުނާފު ރައްދުވާ ފަރާތުން އަޅައިދ ންޖެހޭ ސަބަބެއް ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
7ބަޔާންވެ ދިޔަ ނުކުތާގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރ ޓް ކޯޓުގެ ނަންބަރު 201/P2C/2015 ޤަޟިއްޔާގެ ޙުކުމް ބާޠލްކޮށި އިސްތިއުނާފުކުރާ ފަރާތުގެ ސުނާމީ ކާރިސާއާއ ގުޅިގެނި ހަލާކުވި ގޭގެ ބަދަލުގައި އަޅައިދންޖެހ ގެ އިސްތިއުނާފު ރައްދުވާ ފަރާތުން އަޅައިދ ންޖހ ކަމަށް ކަނޑައަޅައިދިނުމެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން ހައިކޯޓުގެ އިޙްތިޞާޞް
8HN1ދިވެހިރާއްޖގޭ ކޯޓުތަކުގެ ޤާނޫނުއަށް ބަލާއިރު، ދިވެހިރާއްޖގޭ ހައިކޯޓުގެ އިޙްތިޞާޞްގެ ތެރޭގައި ދަށުކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅ މައްސަލަތައް ބެލުން ހިމެނެއެވެ . އެހެންނަމަވެސް، އިސްތިއުނާފު ކުރެވޭ މައްސަލަތަކުގެ ތެރެއިން ހައިކޯޓުން ގޮތެއް ކަނޑައެޅޭނީ (1) ދަށުކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައި އޮވެގެން ނުވަތަ އެ ނިންމުން ބިނާ ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމުގައި ދެކިގެން ހުށަހަޅާ މައްސަލަތަކުގައި އާއި (2) ނިންމމުގު ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން އެ ނިންމުމަށް އަސަރު ފޯރާފައިވުމާއެކު، އެ (އަސަރު ފޯރުވި) އިޖުރާއަތަކީ ބާޠިލް އިޖުރާއަތެއް ކަމުގައި ދެކިގެން ހުށަހަޅާ މައްސަލަތަކުގައެވެ .
ހަރުދަނާ ޤާނޫނީ ނުކުތާތައް ހުށަހެޅުން
9HN2ހައިކޯޓަށް އިސްތިއުނާފު މައްސަލައެއް ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޤާނޫނުގައި، ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމކޮށަ ހުށަހެޅުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ ޤާނޫނެއްގެ މާއްދާއަކަށް ޙަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެފަރާތުގެ އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްޢޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖގޭ ކޯޓުތަކުގެ ޤާނޫނު) ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖގޭ ކޯޓުތަކުގެ ޤާނޫނު) ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްޢޫލިއްޔަތެއް ކަމަށް ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުފް ވ ސީ. އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ .
10އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައިވެސް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާތަކާއި، އެ ނުކުތާތަކުގެ ތަފްޞީލުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އެފަރާތުގެ ޤާނޫނީ ބަހުސަކީ ކޮބައިކަން އެނގޭ ކަށްނެތެވެ. ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) (ށ) އަދި (ނ) ގައި ބުނާ ޙައްޤު އިސްތިއުނާފު ކުރާ ފަރާތުގެ ކިބައިން ގެއްލިފައިވާކަމަށް ބުނާއިރު، އެ މާއްދާތަކާ ގުޅުވައި ދަށު ކޯޓުން މައްސަލަ ނިންމުމުގައި ހެދި ޤާނޫނީ ގޯހަކީ ކޮބައިކަންވެސް ބުނެދީފައި ނެތެވެ.
ކައުންސިލް އިދާރާގެ ދައުރު
11HN3އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުގެ ޝަކުވާއަކީ ސުނާމީ ކާރިސާގައި އެފަރާތުގެ ގެއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެ ގޯތީގައި އައު ގެއެއް އަޅައިދންޖެހ ކަމަށް ބުނެ ކުރި ޝަކުވާ ކަމުގައިވާއިރު، އެ ޝަކުވާކޮށ އެފަރާތުން ދަޢުވާ ކޮށްފައިވަނީ ގއ. އަތޮޅު ކައުންސިލް އިދާރާގެ މައްޗަށެވެ. ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ މަޞްޢޫލިއްޔަތާއި ބާރުތައް ބަޔާންކޮށްފައިވެއެވެ . ނަމަވެސް އެ މަޞްޢޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި ގެ އެޅުމާއި، މަރާމާތު ކުރުން ހިމެނިފައި ނުވެއެވެ. އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައަކީ 2004 ވަނަ އަހަރު ސުނާމީ ކާރިސާގައި [2021]SC 09 ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެއްލުން ލިބުނު ގެތަކާއި، މަރާމާތު ކުރަންޖެހޭ ގެތައް ބަލައި، އެ ގޯތި ތަކުގައި އައު ގެ އަޅައދިނުން ހިމެނި އިރު، އެ މަސައްކަތްތައް އ ރ ކުރަމުން ގެނދިޔައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މެންޑ ޓްގެ ދަށުންކަން އެނގެންއޮވެއެވެ. އެހެންކަމުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކީ އެ މަސައްކަތުގެ އ ސްކޮށ އުޅުން އިދާރާ ކަމަށް ވެފައި، ކައުންސިލް ތަކުގެ ދައުރަކީ މިނިސްޓްރީ އާއި ރައްޔިތުން ގުޅުވާދ މެދުވެރިޔާ ކަމުގައިވާއިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރަންޖެހޭ ކަމެއް ނުކޮށްގެން ނުވަތަ އަދާކުރަންޖެހޭ ޒިންމާ އެއް އަދާނުކުކުރުމުގެ ސަބަބުން އެ ޒިންމާ ގއ. އަތޮޅު ކައުންސިލް އިދާރާއިން އުފުލާކަށް ނުޖެހޭނެއެވެ. އެހެންކަމުން މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ ގއ. އަތޮޅު ކައުންސިލް އިދާރާގެ މައްޗަށް ކުރެވިދާނެ ދަޢުވާއެއްކަމަށް އަހުރެންނަށް ނުފެނެއެވެ.
12އިސްވެ ބުނެވުނު ކަންކަން އެފަދައިން ހުރުމުން އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ ގއ. އަތޮޅު ކައުންސިލް އިދާރާގެ މައްޗަށް ދަޢުވާކޮށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަން އެނގެންއޮންނަކަމުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރ ޓް ކޯޓުން ނިންމާފައިވާ ނަންބަރު 201/P2C/2015 މައްސަލައިގައި މައުޟޫޢާމެދު ގޮތެއް ކަނޑައަޅާފައިވާ ބަޔަށް ބަދަލުގެންނަޖެހ ކަމަށާއި، އިޖުރާއީގޮތުން ގއ. އަތޮޅު ކައުންސިލްގެ މައްޗަށް މި ދަޢުވާ ނުކުރެވޭ ނެކަމަށ ކަނޑައަޅާފައިވް ބަޔަށް ބަދަލުގެންނަންޖެހނެ ތަނެއް ނެތް ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނެވެ. a!a2, !.rt..,e ll 20 t 9/HC-S-A/08 :2 "a 2 23712 r' e/.to' tJPrJt./'rP2J/, .r!./r4 .*t'.reY 21tr. t,.r-, e t F/, ...J .r1r, e.,'e,'e 1. .z ? ,t.rrt .r-t t'2-, v i 20UP2Cl20t5 rev tt .rJ2./ ./t t.rr./rr, J /rt, t.-v ,.? 3 t.tr*r2 ,rt 2vz t.rJ.rv /-ev el e,-c 2 ,.2 t v2- J./J v t-?, ./r5 t,/r22JPo ,o tr) 2.r..r' -t/ ' '-.2-/' . .,4, J 22-v /'2t'-a/r'J /re trJ t, L.P t' ,o.r3ev/r,/ 2 .F?23J.J' "r '2 2) ., 2 t',', " 'Lt v zt,-< I J42 ...,',J.,1 .,..,,, L'-, ,r/,,o v,, c \NaPrrr..o , ' * * ,- ,p (r894702 :'t) ,68e470o :.2!,i:i1)4 )7 );: ,- ii i":)r3 ./i )''; i highcounsouthern.gov r1lv ti.i:; infosouthem(llhighcou rt gov tn't :j-i-
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
- ސުޕްރީމް ކޯޓު: ޢިމާދު ޔޫސުފް ވ. ސީ. އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2021] SC 09
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.