ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/111

އޯކިޑް ރިސޯރޓްސް މެނޭޖްމެންޓް ޕވޓ ލޓޑ ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ދަށުކޯޓުގެ ނިންމުން ބާޠިލު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 10 ޖޫން 2021ދަށު ކޯޓު: ސިވިލް ކޯޓު 4698/Cv-C/2019ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 4698/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބިން ހިއްކުމުގެ މަޝްރޫޢަކުން ރިސޯޓެއްގެ ބައުންޑަރީއަށް ގެއްލުން ލިބުން ހުއްޓުވުމަށް ދައުލަތުގެ މައްޗަށް ކުރި ދަޢުވާއަކީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) ގެ ދަށުން ރަށުގެ މެޖިސްޓްރޭޓް ކޯޓުން ބަލަންޖެހޭ ބިމާބެހޭ މައްސަލައެއްތޯ، ނުވަތަ ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ނިންމުން ބާޠިލު (މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) ގައިވާ 'ބިމާބެހޭ މައްސަލަ' ކޮބައިކަން ޤާނޫނުގައި ބަޔާންކޮށްފައި ނުވާތީ، މައްސަލައެއް އެ ނަންބަރުގެ ތެރެއަށް ފެތޭތޯ ދެނެގަނެވޭނީ ދެފަރާތުގެ ދެމެދުގައިވާ ޚުޞޫމާތާއި ދަޢުވާގެ މައުޟޫޢަށް ބަލައި، ދަޢުވާގެ މައުޟޫޢާއި މައްސަލައިގައި ޙަވާލާދޭ ބިމާ ހުރި ގުޅުމުގެ މިންވަރު ވަޒަންކޮށްގެންނެވެ.

HN2 ދަޢުވާގެ ސީޣާގައި ވަކި ބިމަކަށް ޙަވާލާދީފައި އޮތަސް، ދަޢުވާގެ ޙަޤީޤީ މައުޟޫޢަކީ އެ ބިމާގުޅިގެން އުފެދުނު ޚުޞޫމަތެއްގެ ސަބަބުން ސީދާ އެ ބިމުގެ މައްޗަށް ކުރެވޭ ދަޢުވާއެއް ނޫންނަމަ (މިސާލަކަށް ދައުލަތުގެ އިހުމާލު ހުއްޓުވުމުގެ އަމުރަކަށް އެދޭ ދަޢުވާ)، އެއީ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) ގެ ދަށުން މެޖިސްޓްރޭޓް ކޯޓަށް ޚާއްޞަވާ ބިމާބެހޭ މައްސަލައެއް ނޫނެވެ.

HN3 ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ކުރެވޭ ދަޢުވާއެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވަނީ އެ އިދާރާއެއް ހުރި ދާއިރާގެ ކޯޓަށް ކަމަށް ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، މާލޭގައި ހުރި ދައުލަތުގެ އިދާރާތަކުގެ މައްޗަށް ކުރާ މި ބާވަތުގެ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށެވެ.

HN4 ވަކި ކޯޓަކަށް ދީފައިވާ ވަކި އިޚްތިޞާޞަކާއި 69 ވަނަ މާއްދާގެ ދަށުން ލިބޭ ސަރަޙައްދީ އިޚްތިޞާޞް ފުށުއަރާނަމަ، މައްސަލަ ބަލާނީ އެ ވަކި އިޚްތިޞާޞް ލިބިގެންވާ ކޯޓުންނެވެ (70 ވަނަ މާއްދާ).

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ސަމީރު، ހާތިފް ޙިލްމީ، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ސަމީރު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ކ.މާފުށީގ ބިނެ ހިއްކުމާއި ތޮށިލުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމާފައިވާތީ، މި މަޝްރޫޢުގެ ސަބަބުން ކ.މަކުނުފުށީގައި އޯކިޑް ރިސރޯ ޓސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އޮޕަރޭޓް ކުރަމުންގެންދާ ކޮކޯއާ އައިލެންޑްއަށް ލިބޭނޭ އިއާދަ ނުކުރެވޭނެ ގެއްލުންތައް ހުއްޓުވުމަށްޓަކައި، މިމަޝްރޫޢު ހުއްޓާލުމަށް ނުވަތަ ކ.މަކުނުފުއްޓަށ ކަނޑައަޅާފައިވް ބައުންޑަރީއަށް އަސަރު ނުކުރާނެ ގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްމިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އޯކިޑް ރިސޯރޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓރްކްޗަރއަށ ރައްދުވާގޮތަށް ދައުލަތުގެ މައްޗަށް އޯކިޑް ރިސޯރޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވެއެވެ.

2އޯކިޑް ރިސޯރޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ ބުނެވުނު ދަޢުވާ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4698/Cv-C/2019 ޤަޟިއްޔާއިންނެވެ. މި ދަޢުވާއާ ގުޅިގެން ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ޖަވާބުދާރީވެފައިވާކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަށްނެތެވެ. އޯކިޑް ރިސޯރޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާ ބެއްލެވުމަށްފަހު ސިވިލް ކޯޓުން ނިންމަވާފައިވަނީ، މި މައްސަލައަކީ، މި މައްސަލަ ބ ލުމުގެ އިޚްތިޞާޞެ ސިވިލް ކޯޓަށް ލިބް އޮތި މައްސަލައެއް ނޫންކަމަށެ ވެ. މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

3މިއީ، ސިވިލް ކޯޓުގެ ނަންބަރު 4698/Cv-C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އޯކިޑް ރިސރޯ ޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުނަ ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބެލުނު ޤަޟިއްޔާއެވެ. މިޤަޟިއްޔާގައ އިސްތިއުނާފި ރައްދުވަ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްރަކްޗަރ)އެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާ:

4ސިވިލް ކޯޓު ގެ ނަންބަރު 4698/Cv-C/2019 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އޯކިޑް ރިސރޯ ޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގު ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތއާއާ ބެހޭގޮތުން ދިވެހިރާއް ޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛

4.1 އޯކިޑް ރިސރޯ ޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައަކީ ކ.މާފުށީގެ ބިމާއިބެހޭ މައްސަލައެއް ނޫންކަމަށާއި މިއީ ދައުލަތުގެ އިހުމާލުގެ ސަބަބުން އޯކިޑް ރިސރޯ ޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބޭނެ އިއާދަނުކުރެވޭ ވަރުގެ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކަށްވާއިރު، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައިގެ ވަޤާއިޢުތައް ތަގްޔީމްކުރުމުގައި މައްސަލައިގެ ބާވަތާއި ގުޅިގެން އޮޅުންތަކެއް އަރާފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު C/2019-98/Cv46 ޤަޟިއްޔާގެ ޙުކުމުގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބރަށަ ރިޢާޔަތްކޮށް، އިސްތިއުނާފުކުރެވޭ މިމައްސަލައަކީ ކ.މާފުށީގެ ބިމާއިބެހޭ މައްސަލައެއް ކަމަށް ނިންމަވާ، ދެންނެވުނު ނަންބަރުގެ ދށުނަ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންނުވާކަމަށް ކަނޑައަޅާ ނިންމަވާފައިވާ ނިންމުމަކީ ޤާނޫނީ އިމުގެ ތެރެއިން ނެރެފައިވާ ޙުކުމެއް ކަމުގައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ކޯޓުގެ އިޚްތިޞާޞް ކަނޑައެޅިފައިވާ ގޮތް

5ސިވިލް ކޯޓަކީ، ދިވެހިރާއްޖޭގެ ޖުމހޫރިއްޔާގ ޤާނޫނެ އަސާސީގް 141 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާފައިވާ ސުޕީރިއަރ ކޯޓުގެ ތެރޭގައި ހިމެނޭ ކޯޓެކެވެ. ސުޕްރީއަރ ކޯޓުތަކުގެ އިޚްތިޞާޞް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ (ހ) އިން ކަނޑައަޅައި، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުގެ އިޚްތިޞާޞް އިޝާރާތްކުރެވުނު ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވެއެވެ.

6މެޖިސްޓްރޭޓު ކޯޓުތަކަކީ، ޤާނނުއަސާސީގޫ 141 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޯޓުތަކެކެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި، އެ ކޯޓުތަކުގެ އިޚްތިޞާޞް އެ ޤާނޫނުގެ ޖަދުވަލު 5 ގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެ ޖަދުވަލުގައި ނުވަތަ އެ ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ މައްސަލަތައް ފިޔަވައި އެ ކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ،މަދަނީ، އަދި ޢާއިލްމައްސަލަތައް ބެލުމުގެ އިޚްތޞާޞި ވެސް މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވާކަމުގައ އެމާއްދާގައ ބުނެއެވެ.

7HN4ސުޕީރިއަރ ކޯޓުތަކަށާއި މޖިސްޓްރޭޓެ ކޯޓުތަކަށް ދީފައިވާ އިޚްތިޞާޞްތަކުގެ ތެރެއިން ބުނެވުނު ޖަދުވަލު ތަކުގައި ބަޔާންކުރާ އިޚްތިޞާޞް ތަކުގެ އިތުރުން ކޯޓުތަކަށް ލިބިގެންވާ ސަރަޙައްދީ އިޚްތިޞާޞްތަކެއްވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ ދަށުން ވަކި ކޯޓަކަށް ދީފައިވާ ވަކި އިޚްތިޞާޞްއަކާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ސަރަޙައްދީ ގޮތުން ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞް ފުށުއަރާނަމަ އެ ޙާލަތުގައި އެ މައްސަލައެއް ބަލާނީ އެ ވަކި އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ކަމަށް އެ ޤާނޫނުގެ 70 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވެއެވެ.

8މީގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި، މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވާ އިޚްތިޞާޞް ބަޔާންކޮށްފައިވާ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގައި "މިޤާނޫނުގެ އެހެނެ މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ވަކި ރަށަކާއ ގުޅި ގޮތުން ކުރިމަތިވާ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުންނެވެ". މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ހ) ގައި، "އެރަށެއްގެ ބިންބިމާއި، ޢިމާރާތްތަކާއި ގޯތިގެދޮ ރާއި، އެރަށުގައިވ ނުއުފުލާ މުދަލުގެ މައްސަލަތައް ބެލުން އަދި އެ މާއްދާގެ (ށ) ގައި، އެ ރަށެއްގެ ރަށްވެއްސެއްގ ތަރިކައިގެ މައްސަލަ " މިފަދައިން ބަޔާންކޮށްފައިވެއެވެ. ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި ޙަވާލާދީފައިވަނީ މި ބުނެވުނު މާއްދާ އަށެވެ. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 1 ވަނަ ނަންބަރުގެ (ހ).

9ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރަށް ޙަވާލާދެމުނ ސިވިލް ކޯޓުން ނިންމަވާފައިވަނީ، އޯކިޑް ރިސރޯ ޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މައްސަލައަކީ، ކ.މާފުށީގެ ބިމާ ސީދާ ގުޅިފައިވާ މައްސަލައަކަށްވާތީ، ބުނެވުނު މާއްދާއަށް ރިޢާޔަތްކުރުމުން މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވަނީކަމުގައެވެ. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރު މ މައްސަލއަށަ ތޠަ ބީޤު ކޮށްފައިވާގޮތް ރަނގަޅުތޯ ބެލުން

10މި މައްސަލަ އިސްތިއުނާފު ކުރަމުން އޯކިޑް ރިސޯރޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކާ ކ.މާފުށީގެ ބިމާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ނޫންކަމަށެވެ. މި މައްސަލައިގެ މައިގަނޑަކީ، ކ.މާފުށީގެ ތޮށި ލުމުގެ މަޝްރޫޢު ހިނގަމުންދާއިރު، ކ.މަކުނުފުށީގެ ބައުންޑްރީއަށް އަސަރު ނުކުރާނެ ފަދައިން އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، މިއީ ކ.މާފުށީގެ ބިމާބެހޭ މައްސަލައެއް ކަމުގައި ބައްލަވާ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރު ގެ (ހ) މި ދަޢުވާގެ މައްޗަށް ތޠަ ބީޤު ކުރި ކުރުން ޞައްޙަ ނޫންކަމަށެވެ.

11ސިވިލް ކޯޓުގައި މި މައްސަލައަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީވެފައިވާކަނ އެނގެންނެތް ނަމަވެސް، އޯކިޑް ރިސޯރޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ބެލެވޭ މައްސަލައިގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރުގެ (ހ) ގައި ބުނާ އުޞޫލު ސިވިލް ކޯޓުން ތޠަ ބީޤު ކޮށްފައި އޮތް އޮތުނު ޞއްޙަކަމަށެވެ.

12HN1ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރު

(ހ) ގައި ބުނފަދާ ބިމާބެހޭ މައްސަލަތަކަކީ ކޮބައިކަން އެ ޤާނޫނުގައި ބަޔާންކޮށްދީފައެއް ނުވެއެވެ. އަދި އެ ނަންބަރުގައި ބުނާފަދަ ބިމާ ގުޅުން ހުރި މައްސަލަތައް ބަލާނެ ގޮތަކީ ކޮބައިކަން ދެނެގަތުމުގައި ބަލަންޖެހޭ މިންގަނޑުތަކަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްދީފައިވާ މަތީ މަރުޙަލާގެ ކޯޓެއްގެ ނިންމުމެއް މިހާތަނަށްވެސް ނިންމާފައި އޮތްކަން އެނގޭކަށްނެތެވެ. އެފަދަ ނިންމުމެއް އޮތްކަމަށް މި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތކުނަ ފާހަގަކޮށްފައެއވެސް ނުވެއެވެ.

13އެހެންނަމަވެސް މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ބަޔާނުގައި ޙަވާލާދީފައިވފަދައިނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/287 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމަށް ބެލުމުން، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރު (ހ) ގައި ބުނާ ބިމާބެހޭ މައްސަލަތަކުގެ އިޚްތިޞާޞް ދެނެގަތުމުގައި، ދެފަރާތުގެ ދެމެދުގައި އޮތް ޚުސޫމާތާއި ދަޢުވާގެ މައުޟޫޢުގެ މައްޗަށް ބަލައި ދަޢުވާގެ މައުޟޫޢު އާއި މައްސަލައިގައި ޙަވާލާދޭ ބިމާ ހުރި ގުޅުމުގެ މިންވަރު ވަޒަން ކުރެވިގެން އެ މައްސަލައަކީ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރުގެ (ހ) ގެ ތެރެއަށް ފެތޭ މައްސަލައެއްކަން ނުވަތަ ނޫންކަން ދެނެގަނެވިދާނެ ކަން އެ ޤަޟިއްޔާގެ ޙުކުމަށް ވާސިލުވުމުގައި ބިނާކުރި ސަބަބުތަކުގެ މައްޗަށް ބެލުމުން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ބުނެވުނު ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވާސިލުވެފައިވަނީ، އެ މައްސައިގައި އުފުލާފައިވާ ދަޢުވާގައި ބަޔާންކުރާ ބިން ވަކިތަނެއްގައި ހުރިނަމަވެސް އެ ދަޢުވާގެ މައުޟޫޢު އަކީ، އެ ބިމާ ގުޅިގެން އުފެދިފައިވާ ޚުސޫމަތަކާއ ގުޅިގެނި ބިނެ ހުރި ޢިމާރާތުގެ މައްޗަށް ކުރެވޭ ދަޢުވާއަކަށްނުވާތީ، އ މައްސަލައަށް ސިވިލް ކޯޓުނ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރގު (ހ) ތޠަ ބީޤު ކޮށްފައި އޮތްއޮތުން ރަނގަޅު ނޫންކަމަށް ފާހަގަ ކުރަމުންނެވެ.

14HN2އިސްތިއުނާފު މި ކުރެވޭ މައްސަލައިގައި އޯކިޑް ރިސޯރޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ މައުޟޫޢުގެ މައްޗަށް ބަލާއިރު، އެ ދަޢުވާގެ ސީޣާގައި، މާފުށީގައި ހިއްކަން ޤަޞްދުކުރާ ބިމާއި ގުޅޭ ގޮތުން ޙަވާލާދީފައި އޮތްނަމަވެސް އެ ދަޢުވާގެ ޙަޤީޤީ މައުޟޫޢު ގޮސް ނިމެނީ މާފުށގައީ ހިއްކަން ޤަޞްދުކުރާ ބިމުގެ މައްޗަށް ނޫންކަން އެނގެން އޮވެއެވެ. މި ގޮތުން މި މައްސަލައިގެ މައުޟޫޢު އަށާއި އޯކިޑް ރިސޯރޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މި މައްސަލައިގައި ހޯދުމަށް އެދޭ ފަރުވާގެ މައްޗަށް އަދި މައްސަލައިގެ ވަށައިގެން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު، މި މައްސަލއިގަ މައުޟޫޢު ބިނާވެފއަ އޮތީ، މާފުށީގ ބިނެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތެއްގެ ސަބަބުން އޯކިޑް ރިސޯރޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑު ގެ މަސްލަޙަތު އޮތް ރަށެއް ކަމުގައިވާ މަކުނުފުށި އައިލެންޑް ރިސޯޓްގެ ބައުންޑްރީއަށ ލިބޭނެކަމަށް ބުނާ ގެއްލުންތަކެއް ހުއްޓުވުމުގެ މައްޗަށްކަން އެނގެއެވެ. އޯކިޑް ރިސޯރޓްސ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާއަކީ، އެ ކުންފުންޏާއި ދައުލަތާއި ދެމެދު އޮތް ގުޅުމެއްގެ މައްޗަށް ދައުލަތުން އިހުމާލުވާކަމަށް ބުނެ އެ އިހުމާލު ހުއްޓުވުމުގެ އަމުރެއް ކޯޓު މެދުވެރިވެގެން ހޯދުމުގެ މ އްޗަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެން އޮވެއެވެ.

15މިހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2012/HC-A/287 ޤަޟިއްޔާގައި ޤާއިމު ކޮށްފައިވާ އުޞޫލު މި މައްސަލައިގެ މައްޗަށް ތޠަ ބީޤު ކުރުމުން ފެންނަން އޮތް ނަތީޖާއަކީ، މި މައްސަލައިގައި ކ.މާފުށީގައި ހިއްކޭ ބިމާއި ގުޅޭގޮތުން ދަޢުވާގެ ސީޣާގައި ޙަވާލާދީފައި އޮތްނަމަވެސް މި ދަޢުވާގެ މައުޟޫޢު އަކީ، އެ ބިމާގުޅިގެން މި ދެފަރާތުގެ މެދުގައިއުފެދުނު ޚުސޫމަތަކާއި ގުޅިގެނިސީދްއ ބިމުގެ މައްޗަށް ކުރެވޭ ދަޢުވާއަކަށް ނުވާތީ މ މައްސަލއަށަ ޤާނޫނު ނަންބަރ 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 05 ގެ 03 ވަނަ ނަންބަރުގެ (ހ) ތަތުބީޤު ކޮށް ފައި އޮތް އޮތުން ރަނގަޅުކަމުގައި ބެލެވެންނެތްކަމެވެ. މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވޭތޯ ބެލުން

16HN3ކުރިންވެސް ފާހަގަކުރި ގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކުރެވިފައިވާ ސުޕީރިއަރ ކޯޓުތަކަށާއި މެޖިސްޓްރޭޓު ކޯޓުތަކަށް ލިބިގެންވާ އިޚްތިޞާޞް ގެ އިތުރުން އެ ޤާނޫނުގެ 69 ވަނަ މާއްދާގައި ކޯޓުތަކަށް ލިބިގެންވާ ސަރަޙައްދީ އިޚްތިޞާޞްތަކެއްވެސ ކަނޑައަޅައް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން އެ މާއްދާގައި ކޯޓުތަކަށް ކަނޑަ އަޅާފައިވާ ސަރަޙައްދީ އިޚްތިޞާޞް ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނުއަސާސީއާއި ކޯޓުތކަށަ ކަނޑައަޅާފައިވް އިޚްތިޞާޞްތަކުގެ އިތުރުން ދައުލަތުގެ އިދާރާއަކަށް ނުވަތަ މުއައްސަސާއެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްނަމަ، އެ އިދާރާއެއް ނުވަތަ މުއައްސަސާއެއް ހުރި ދާއިރާއެއްގެ ކޯޓަކަށް އެ މައްސަލަބެލުމުގެ ސަރަޙައްދީ އިޚްތޞާޞި ލިބިގެންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އޯކިޑް ރިސޯރޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާގައި، ދަޢުވާ ރައްދުވަނީ ދައުލަތުގެ ދެ އިދާރާއެއްގެ މައްޗަށެވެ. ދެ އިދާރާވެސ ހުރް މާލޭގައެވެ. މާލޭގައިނަމަ މި ބާވަތުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސިވިލް ކޯޓަށެވެ.

17ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މި މައްސަލައިގައި އަހުރެންގެ ރައުޔަކީ، ސިވިލް ކޯޓުގެ ނަންބަރު 4698/Cv-C/2019 ޤަޟިއްޔާގައި އެ ކޯޓުން ނިންމިގޮތް ބާޠިލުކުރަން ޖެހޭކަމާއި އަދި މި މައްސަލައަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ނ).

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ)، 57 ވަނަ މާއްދާގެ (ހ)، 62 ވަނަ މާއްދާ، 66 ވަނަ މާއްދާގެ (ހ)، 69 ވަނަ މާއްދާ، 70 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 1، އަދި ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) އާއި (ށ)
  • ހައިކޯޓުގެ ނަންބަރު 2012/HC-A/287 ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ