ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/119,120,121,122,123

އަލްފަތުޙް ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ވ. 1- ޒާކިރާ ޢަބްދުއްރަޙްމާން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 288/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 288/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޙައްޖު ކޯޓާއަށްވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ޙައްޖަށް ނުގެންގޮސް ފައިސާ އަނބުރާ ނުދިން ކުންފުންޏެއްގެ ޑިރެކްޓަރުން، ކުންފުންޏާއެކު ފައިސާ އަނބުރާދިނުމަށް ޒިންމާކުރެވޭތޯއާއި، ފައިސާ ދެއްކިކަން ހެކިން ސާބިތުވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › ޤާނޫނަކުން ނުވަތަ ޤަވައިދަކުން ނުވަތަ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިހްތިޞާސްގެ ދަށުން ކަނޑައަޅާފައިވާ މައްސަލަ

HN1 ކުންފުންޏަކީ ވަކި ނަމަކާއި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ؛ އޭގެ މާނައަކީ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމާއި، ކުންފުނީގެ ނަމުގައި ދަޢުވާކުރުމާއި ދަޢުވާއަށް ޖަވާބުދާރީވުމާއި، މުދާ ލިބިގަތުމުގެ ޙައްޤު ކުންފުންޏަށް ލިބިގެންވުމެވެ.

HN2 ކުންފުނި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް، ކުންފުނީގެ ޝަޚްޞިއްޔަތު ޤާނޫނާ ޚިލާފު ކަމެއް ކުރުމަށް، މަކަރާއި ޙީލަތް ހެދުމަށް، ނުވަތަ ދަރަނިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުންކޮށްފިނަމަ، ޑިރެކްޓަރުން އަމިއްލައަށް ޒިންމާ އުފުލުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

HN3 ކުންފުނީގެ ފަރުދާ ބޭނުންކުރެވިފައިވަނީ މަކަރާ ޙީލަތަށް، ޙަޤީޤަތް އޮޅުވާލުމަށް، އަޚްލާޤީ ގޮތުން ގޯސް ނުވަތަ އާއްމު މަޞްލަޙަތާއި ނިޒާމްޢާއްމާ ޚިލާފު ޢަމަލަކަށްކަމަށް ޝައްކުކުރެވޭނެ މަޤްބޫލު ސަބަބުތައް ހުރެއްޖެނަމަ، ފަރުދާ ނަގައި (ވެއިލް ލިފްޓްކޮށް) ޙިއްޞާދާރުންގެ ޒިންމާއަށް ބަލައި މައްސަލަ ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ (ސުޕްރީމް ކޯޓުގެ 2009/SC-C/27).

HN4 ކުންފުނި ބޭނުންކޮށްގެން ބައެއްގެ ޙައްޤެއް ހިފަހައްޓައި ނުވަތަ އަދާކުރަންޖެހޭ ޙައްޤު އަދާނުކޮށް ތިބުމަކީ ކުންފުނީގެ ޑިރެކްޓަރުން ނުޙައްޤު މަންފާއެއް ލިބިގަތުމެވެ؛ އެފަދަ ޙާލަތުގައި ފަރުދާ ނަގައި އެ ޢަމަލުގެ ނަތީޖާއަށް ޑިރެކްޓަރުން ޒިންމާދާރުކުރުވުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ކުންފުންޏަކަށް އޭގެ ޒާތުގައި އެއްވެސް ކަމެއް ނުކުރެވޭނެތީ، އުޞޫލާއި ހަމައިން ބޭރުން ކުރާ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުން ޒިންމާ ނަގަންޖެހޭނެއެވެ؛ މަކަރާއި ޙީލަތާއި އޮޅުވާލުން ފަދަ ޢަމަލެއް ޤާނޫނީ ޝަޚްޞަކުން ކުރި ކަމެއްކަމަށް ބުނެ އެކަމުން ރެކިގަނެވޭނެ ކަމަކަށް ނުދެކެއެވެ.

HN5 ކުންފުނިން މަންފާ ލިބިގަންނަ ޑިރެކްޓަރުން، ކުންފުނީގެ ނަމުގައި ނަގައި އަނބުރާ ނުދީ ހިފަހައްޓާފައިވާ ފައިސާ އަދާކުރުމުގެ ޒިންމާ ކުންފުންޏާއެކު އުފުލަންޖެހޭނެއެވެ؛ އެ ޑިރެކްޓަރުން ދަޢުވާލިބޭ ފަރާތްތަކުގެ ގޮތުގައި ހިމެނުމަކީ ކުންފުންޏާބެހޭ ޤާނޫނުގެ 15، 18، 74 ވަނަ މާއްދާއާ ޚިލާފު ކަމެއް ނޫނެވެ.

HN6 ފައިސާ ބަލައިގަތް ރަސީދު ދައްކާފައިވާ ފަރާތުގެ ނަމުގައި ނުވިޔަސް، ރަސީދުގައިވާ ފަރާތުގެ ހެކިބަހާއި އެހެން ހެކިބަހުން ފައިސާ ދައްކާފައިވަނީ ދަޢުވާކުރާ ފަރާތްތަކުންކަން ސާބިތުވާނަމަ، އެ ހެކިތަކަށް ރިޢާޔަތްކޮށް ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 2 އަދި 5 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.

HN7 ދަށުކޯޓުން ޢަދުލުވެރިކަމުން އެއްކިބާވެ، ވަކިފަރާތަކަށް ޖެހިގެން، ހާމަނޫން ގޮތަކަށް ކަމެއް ކޮށްފައިވާކަން ސާފުކޮށްނުދެވޭނަމަ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް ނުބެލެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު ، މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލްއާއި ފަނޑިޔާރު ޙުސައިން

ޝަހީދު ތާއީދުކުރަ އްވައެވެ .  މައްސަލައިގެ ޚުލާޞާ : 1- މިއީ، 1435ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އަލް-ފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 125 )ސަތޭކަ ފަންސަވީސް ( މީހުންގެ ކޯޓާގެ އިތުރަށް، އެ އަހަރު ޙައްޖަށް ގެންގޮސްދޭނެކަމަށް ބުނެ، އަލް -ފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑނު ތ. އޮމަދޫ / ނޫވިލު، ޒާކިރާ ޢަބްދުއްރަޙްމާންއާއި، ތ. އޮމަދޫ / ނިޝާން، އަޙްމަދު ރިޟާ އާދަމްއާއި، ދަފްތަރު ނަންބަރު ރސ 2746/ މާލެ، ޢަބްދުލްވާޙިދު އިބްރާހީމްގެ އަތުން ފައިސާ ނަގައި، އެ ފަރާތްތަކަށް ޙައްޖަށް ދެވޭނޭގޮތް ހަމަޖައްސައިދީފައި ނުވާތީ، އެ ފައިސާއަކީ އަލް-ފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، އެ ކުންފުނީގެ ޑިރެކްޓަރުންކަމުގައިވާ […] / މާލެ، މުޞްޠަފާ މުޙައްމަދުދީދީއާއި، […] / މާލެ، މަރްޔަމް ރަޝީދާ އިބްރާހީމްއާއި، މުޝްތަރީގެ، މުޙައްމަދު އަސްލަމްއާއި، […] / މާލެ، އިސްމާޢީލް ސުވައިދުގެ ފަރާތުން ޒާކިރާ ޢަބްދުއްރަޙްމާންއާއި، އަޙްމަދު ރިޟާ އާދަމްއާއި، ޢަބްދުލްވާޙި ދ އިބްރާހީމަށް ދޭންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅައިދީ، ޤާނޫނު ނަންބަރު 10/96 )ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނ( ގެ 74 ވަނަ މާއްދާގެ ދަށުން އެ ކުންފުނީގެ ޑިރެކްޓަރުން ކަމުގައިވާ […] / މާލެ، މުޞްޠަފާ މުޙައްމަދުދީދީއާއި، […] / މާލެ، މަރްޔަމް ރަޝީދާ އިބްރާހީމްއާއި، މުޝްތަރީގެ، މުޙައްމަދު އަސްލަމްއާއި، […] / މާލެ، އިސްމާޢީލް ސުވައިދު ޒިންމާކުރުވައި، ޒާކިރާ ޢަބްދުއްރަޙްމާންއާއި، އަޙްމަދު ރިޟާ އާދަމްއާއި، ޢަބްދުލްވާޙިދު އިބްރާހީމް، އަލް-ފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ފައިސާ އަނބުރާ ދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް . ރަޖިސްޓްރީ ނަންބަރު 0019/2010-C އަމުރުކޮށް ދިނުން އެދި ތ. އޮމަދޫ / ނޫވިލު، ޒާކިރާ ޢަބްދުއްރަޙްމާންއާއި، ތ. އޮމަދޫ / ނިޝާން، އަޙްމަދު ރިޟާ އާދަމްއާއި، ދަފްތަރު ނަންބަރު ރސ 2746/ މާލެ، ޢަބްދުލްވާޙިދު އިބްރާހީމްގެ ފަރާތުން ދަޢުވާކުރުމު ނ ސިވިލް ކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އަލް -ފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެ ޑއި، ދ. މީދޫ / މުޝްތަރީގެ، މުޙައްމަދު އަސްލަމް އާއި، […] ހުޅަނގުގެ / މާލެ މަރިޔަމް ރަޝީދާ އިބްރާހީމް އާއި، […] އިސްމާޢީލް ސުވައިދު އާއި އަދި […] / މާލެ މުޞްތަފާ މުޙައްމަދު ދީދީ ގެ ފަރާތުން ވަކި ވަކިން 5 ޤަޟިއްޔާގެ ގޮތުގައި އިސްތިއުނާފުކުރުމަށްދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ 5 ޤަޟިއްޔާ އެކުއެކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތް ތަކީ ތ. އޮމަދޫ / ނޫވިލު، ޒާކިރާ ޢަބްދުއްރަޙްމާން އާއި، ތ. އޮމަދޫ / ނިޝާން، އަޙްމަދު ރިޟާ އާދަމް އާއި، ދަފްތަރު ނަންބަރު ރސ 2746/ މާލެ، ޢަބްދުލްވާޙިދު އިބްރާހީމް އެވެ . 2- ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާ ގައި އިސްތިއުނާފުކުރުމަށް 5 ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމުތަކުގައި، އިސްތިއުނާފުކުރާ ސަބަބު ބިނާކޮށްފައިވަނީ އެއް އަސާސެއްގެ މައްޗަށްކަމުގައިވާތީ، ޝަރީޢަތް އެކުއެކީގައި ހ ންގުމަށްފަހު، މައްސަލައިގައި އެކުލަވާލެވިފައިމިވަނީ އެއް ރިޕޯޓެވެ . .ރަޖިސްޓްރީ ނަންބަރު 0019/2010-C  ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 3- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާ ގައި ޙުކުމްކުރައްވާފައިވަނީ: ]ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ނޫވިލު، ޒާކިރާ ޢަބްދުއްރަޙްމާންއާއި، ނިޝާން، އަޙްމަދު ރިޟާ އާދަމްއާއި، ދަފްތަރު ނަންބަރު ރސ 2746/ މާލެ، ޢަބްދުލްވާޙިދު އިބްރާހީމްގެ ފަރާތުން އަލް -ފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ޑިރެކްޓަރުން ކަމުގައިވާ […] / މާލެ، މުޞްޠަފާ މުޙައްމަދުދީދީއާއި، […] / މާލެ، މަރްޔަމް ރަޝީދާ އިބްރާހީމްއާއި، މުޝްތަރީގެ، މުޙައްމަދު އަސްލަމްއާއި، […] / މާލެ، އިސްމާޢީލް ސުވައިދު ގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މި މ އްސަލާގައި، ދަޢުވާކުރާ ފަރާތްތަކުން ކުޅަ މިދަޢުވާ ޝަރީޢަށް ސާބިތުވާކަމަށް ކަނޑައަޅައި، ދަޢުވާކުރާ ނޫވިލު، ޒާކިރާ ޢަބްދުއްރަޙްމާންއާއި، ނިޝާން، އަޙްމަދު ރިޟާ އާދަމް ކުރެ ކޮންމެ މީހަކަށް 75,000/-ރ) .ހަތްދިހަ ފަސްހާސް ރުފިޔާ ( ގެ މަގުން ޖުމްލަ 150,000/-ރ. )އެއްލައްކަ ފަންސާސްއެއްހާސް ރުފިޔާ ( އާއި، ދަފްތަރު . ނަންބަރު ރސ 2746/ މާލެ، ޢަބްދުލްވާޙިދު އިބްރާހީމް އަށް 51,000/-ރ) .ފަންސާސްއެއްހާސް ރުފިޔާ ( ގެ މަގުން މި ފައިސާ ލިބިދިނުމަށްޓަކައި އެކުޖުމްލަ 201,000/-ރ. )ދެލައްކަ އެއްހާސް ރުފިޔާ ( 19 ފެބްރުއަރީ 2020 އިން ފެށިގެން 15 )ފަނަރަ ( ދުވަހުގެ ތެރޭގައި މި ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް އަލް -ފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އ، އެ ކުންފުނީގެ ޑިރެކްޓަރުން ކަމުގައިވާ […] / މާލެ، މުޞްޠަފާ މުޙައްމަދުދީދީއާއި، […] / މާލެ، މަރްޔަމް ރަޝީދާ އިބްރާހީމްއާއި، މުޝްތަރީގެ، މުޙައްމަދު އަސްލަމްއާއި، […] ސެލް / މާލެ، އިސްމާޢީލް ސުވައިދަ ށ އަންގައި، މިގޮތުގެމަތީން ޙުކުމްކޮށް ފީ މެވެ [. މިފަދައިން ކަން އެނގެން އޮވެއެވެ. . ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް .  އިސްތިއުނާފީ ނުކުތާތައް : 4- ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމާ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާތައް ހުށަހަޅައި އެ ނުކުތާތަކާ މެދު ވާހަކަދައްކާފައިވެއެވެ .  ފުރަތަމަ ނުކުތާއަކީ : ދަޢުވާކޮށްފައިވާ ފަރާތްތަކުން ދަޢުވާލިބޭ ކުންފުންޏަށް ފައިސާ ދެއްކިކަން ސާބިތުކުރުމަށް ހަރުދަނާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާއިރު، ދަޢުވާ ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތްތަކުން ދަޢުވާއާ ގުޅުމެއް ނުވާ ލިޔުންތަކެއް ކިތާބީ ހެކިތަކެއްގެ ގޮތުގައި ހުށަހެޅުމުން، އެ ލިޔުންތަކަށް އިންސާފްވެރި ރިޢާޔަތެއް ކުރެއްވުމެއްނެތި، ދަޢުވާއާ ގުޅުމެއްނުވާ އެހެން މީހެއްގެ ނަމުގައި އޮތް ލިޔުމެއްގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ދަޢުވާކުރާ ފަރާތްތަކަށް ލިބިގެންނުވާއިރު، އެ ލިޔުމުގެ މައްޗަށް ބަޔަކު ޙާޟިރުކޮށް ހެކިބަސް ނެންގެވި ނެންގެވުން ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނު( ގެ 2ވަނަ މާއްދާއާއި، 5ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ(އާއި 142ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ދެވަނަ ނުކުތާއަކީ : ދަޢުވާކުރާ ފަރާތްތަކުން 1435ހ. ވަނަ އަހަރު ޙައްޖަށް ދިޔުމަށް ކުރެއްވި މަސައްކަތުގައި ދަޢުވާލިބޭ ކުންފުނީގެ ޑިރެކްޓަރުން ކުރި ނުރަނގަޅު ޢަމަލެއް ބަޔާންކުރުމަކާ ނުލައި، ދަޢުވާލިބޭ ފަރާތުގެ ގޮތުގައި އެ ޑިރެކްޓަރުން ހިމަނާއި ދަޢުވާކުރާ ފަރާތްތަކުން ލިބިގަތުމަށް އެދޭ ޢަދަދު ދެއްކުމުގެ ޒިންމާގައި ކުންފުނީގެ ޑިރެކްޓަރުން ހިމަނުއްވާފައިވުމަކީ، ޤާނޫނު ނަންބަރު 96/10 )ކުންފުންޏާބެހޭ ޤާނޫނު(އާ ޚިލާފް ކަނޑައެޅުއްވުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.  ތިން ވަނަ ނުކުތާއަކީ : 1435ހ. ވަނަ އަހަރު ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްޓަކައި ލިބުމަށް އެދޭ ޚިދުމަތްތައް ދަޢުވާލިބޭ ފަރާތުގެ ކިބައިން ހޯދުމަށް ދަޢުވާކުރާ ފަރާތްތަކުން އެޚިދުމަތްތަކުގެ އަގު ދަޢުވާލިބޭ ކުންފުންޏަށް ދައްކާފައިވާނެ ކަމަށާއި، ނަމަވެސް އެ ޚިދުމަށް ލިބޭނެގޮތް ނުވުމުން އެ ޚިދުމަތުގެ އަގުގެ ގޮތުގައި ދެއްކި ކަމަށް ދަޢުވާކުރާ ފަރާތްތަކުން ބުނާ ފައިސާ ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން ލިބިގަތުމަށްއެދި ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައި ގައި، ދަޢުވާލިބޭ ފަރާތުގެ ގޮތުގައި ދަޢުވާލިބޭ ކުންފުނީގެ ޑިރެކްޓަރުންގެ ނަން ހިމަނާފައިވަނީ އަދި އެ ފައިސާ ދެއްކުމުގެ ޒި ންމާގައި މުޙައްމަދު އަސްލަމާއި، މަރިޔަމް ރަޝީދާ އިބްރާހީމާ އ، އިސްމާޢީލް ސުވައިދާއި، މުސްޠަފާ މުޙައްމަދު ދީދީ ހިމަނާފައިވަނީ ޤާނޫނު ނަންބަރު 96/10 )ކުންފުންޏާބެހޭ ޤާނޫނު ( ގެ 15ވަނަ މާއްދާއާއި، 18ވަނަ މާއްދާއާއި، އަދި އެ ޤާނޫނުގެ 74ވަނަ މާއްދާ އާއި ޚިލާފަށްކަމަށްވުމުން ޙުކުމުގެ ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވާގޮތް : 5- އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާގައި، އިސްތިއުނާފުކުރާ އަލްފަތުޙު ޙައްޖު އެންޑް ޢުމް ރ ގްރޫޕް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އެދިފައިވަނީ، 1435ވަނަ އަހަރު ޙައްޖަށް ދިޔުމުގެ ޚިދުމަތް ލިބިގަތުމަށް ދަޢުވާކުރާ ފަރާތްތަކުން ދަޢުވާލިބޭ ކުންފުންޏާ ދެމެދު މަސައްކަތްތަކެއް ކުރިކަމާއި، އަދި އެ ޚިދުމަތުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދަޢުވާލިބޭ ފަރާތަށް ދައްކާފައިވާނެކަމަށާއި ނަމަވެސް އެ އަހަރު އެ ޚިދުމަތް ލިބި ފައިނުވާތީވެ، އެ ޚިދުމަތަށް އެދިގެން ދެއްކިކަމަށް ބުނާ ފައިސާ އަނބުރާ ލިބިގަތުމަށް ހުށަހަޅާފައިވާ ދަޢުވާއަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރުމުން ދަޢުވާ ސާބިތުކުރުމަށް ދަޢުވާކުރާ ފަރާތްތަކުން ހަރުދަނާ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީއާއި، ދަޢުވާގައި ޝަރީޢަތުން މަސައްކަތްކުރައްވާފައިވަނީ ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނު ( ގެ 2ވަނަ މާއްދާ އާއި 5ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ(އާއި 142ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ )ހ(އާ ޚިލާފަށްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވައި މައްސަލަ ނިންމައިދިނުމަށެވެ . މި މައްސަލަ އިސްތިއުނާފުކޮށްފައިވާ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑު ގެ ފިޔަވައި ދެން އިސްތިއުނާފުކޮށްފައިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓު ގައި އެދިފައިވަނީ، 1435ވަނަ އަހަރު ދަޢުވާކުރާ ފަރާތްތަކުން ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްޓަކައި ލިބިގަތުމަށް ބޭނުންވާ ޚި ދުމަށް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި އަދި އެޚިދުމަތް އެ ފަރާތްތަކަށް ލިބޭގޮތްނުވެދިޔަ ދިޔުމުގައި ދަޢުވާލިބޭ ކުންފުނީގެ އެއްވެސް ހިއްސާދާރަކު ޤާނޫނު ނަންބަރ 96/10 )ކުންފުންޏާބެހޭ ޤާނޫނު(ގެ 74 ވަނަ މާއްދާގެ )ހ( އާއި، )ށ( އަދި )ނ( ގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ޢަމަލެއް ކުރިކަން ދަޢުވާކުރާފަރާތުނ ޝަރީޢަތަށް ސާބިތުކޮށްދީފައިނުވާތީ، ހިއްސާދާރުންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ ބާތިލް ކަނޑައެޅުއްވުމެއް ކަމަށް ކަނޑައަޅުއްވައި، ދަޢުވާކުރާ 3 މީހުންގެ ތެރެއިން އެކަކުވެސް ބަޔާންވެދިޔަ ޚދުމަތަށި އެދިގެން ދަޢުވާލިބޭ ކުންފުންޏަށް ފައިސާ ދެއްކިކަން ޝަރީޢަތަށް ސާބިތުކޮށްދީފައިނުވާތީ އާއި، ޝަރީޢަތަށް ހެކިންގެ ގޮތުގައި 3 މީހަކު ޙާޟިރުކޮށް ބަޔާންނަގާފައިވަނީ ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނު ( ގެ 2ވަނަ މާއްދާ އާއި 5ވަނަ މާއްދާއާ ޚިލާފަށްކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ބެލުމުގެ ޖާގަ އޮތުމުން ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމައި ދިނުމަށެވެ .  ފާހަގަކުރެވުނު ނުކުތާތައް : 6- ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަ ށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .

6.1- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުގެ ތެރެއިން ޒާކިރާ ޢަބްދުއްރަހްމާންއާއި، އަޙްމަދު ރިޟާ އާދަމް އާއެކު އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން 1435ވަނަ އަހަރު ހައްޖަށްދާ މީހުންނާ އެ ކުންފުންޏާ ދެމެދު ވެވޭ އެއްވުމުގައި ސޮއިކޮށްފައިވެއެވެ . ޒަކިރާ ޢަބްދުއްރަހްމާނކީ ޚިދުމަތަށް އެދުނު 167ވަނަ މީހާއެވެ . އަދި އަޙްމަދު ރިޟާ އާދަމަކީ ޚިދުމަތަށް އެދުނު 168ވަނަ މީހާއެވެ . މި ކަންކަން އަލްފަތުޙު ޙައްޖު އެންޑް ޢުމް ރ ގްރޫޕް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ ޖަވާބު ފޯމުން އެނގެން އޮވެއެވެ .

6.2- އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުގެ ތެރެއިން ޢަބްދުލްވާޙިދު އިބްރާހީމް 1435ހ. ވަނަ އަހަރު ޙައްޖަށް ފޮނުވައި ދިނުމަށް ކްލެސިކް ޙައްޖު އެންޑް ޢުމްރާ ގްރޫޕުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދެ ފަހަރެއްގެ މަތިން 51,000/-ރ. )ފަންސާސްއެއްހާސް ރުފިޔާ ( ދައްކާފައިވާކަން މި މައްސަލައާ ގުޅިގެން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ ޖަވާބު ފޯމުގެ، މައްސަލާގައި ކަންހިނގާފައިވާ ގޮތްކަމަށް ދަޢުވާލިބޭ ފަރާތުން ބަޔާންކުރާ ގޮތުގެ ތަފްޞީލުގެ 1 ގެ )ބ( އިން އެނގެން އޮވެއެވެ. މީގެ އިތުރުން ދަޢުވާކުރާ ޢަބްދުލްވާ ޙދި އިބްރާހީމް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ޙައްޖަށް ދިއުމަށްޓަކައި -/51000ރ. )ފ ންސާސްއެއްހާސް ރުފިޔާ ( ދައްކާ ފައިވާކަން މައްސަލައާއެކު ހުށަހެޅިފައިވާ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ 12 ސެޕްޓެންބަރު 2012 ގެ ސިޓީންވެސް އެނގެން އޮވެއެވެ .

6.3- އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޒާކިރާ ޢަބްދުއްރަ ޙް މާންއާއި، އަޙްމަދު ރިޟާ އާދަމްގެ ފަރާތުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ( ދައްކާފައިވާކަން މައްސަލައާއެކު ދަޢުވާކުރާ ފަރާތުން ހުށަހެޅި ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު[ އިން އެނގެން އޮންނާނޭކަމަށް މި މައްސަލައިގައ ދަށުކޯޓުގައި ދަޢުވާކުރި ފަރާތްތަކުން ފާހަގަކޮށްފައިވާއިރު، ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު [ ގައިވާ ފައިސާއަކީ ލިބިފައިވާ ފައިސާއެއްކަން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑު ގެ ބަހުން އެނގެން އޮވެއެވެ .

6.4- ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު[ގައި 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ ( ދެއްކި ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައި އޮންނަ ފަރާތްކަމުގައިވާ ސަނީކޯސްޓް / މާލެ، މުޙައްމަދު ޝަރީފް މި މައްސަލައާ ގުޅިގެން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށްފައިވެއެވެ . އޭނާ ދީފައިވާ ހެކިބަހަށް ބަލާއިރު، ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު [ ގައިވާ ފައިސާއަކީ ޒާކިރާ ޢަބްދުއްރަހްމާންއާއި، އަޙްމަދު ރިޟާ އާދަމް، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ޙައްޖަށް ދިއުމަށް ދެއްކި ފައިސާއެއްކަމަށާއި އެއީ މުޙައްމަދު ޝަރީފުގެ ފައިސާއެއް ނޫންކަމަށާއި، އެ ފައިސާއަކީ ޒާކިރާއާއި ރިޟާގެ ފައިސާއެއް ކަމަށް ބުނެފައިވެއެވެ . މުޙައްމަދު ޝަރީފު ކޮށްދިން ކަމަކީ ޖާގަ ހޯދުންކަމަށް ބުނެފައިވެއެވެ . މީގެ އިތުރުން، ސިވިލް ކޯޓަށް ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވާ، ތ.އޮމަދޫ / ނޫވިލު މުޙައްމަދު ޝާންގެ ހެކިބަހުގައި، ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު [ ގައިވާ ފައިސާގެ ތަފްސީލާ ބެހޭ ގޮތުން ސުވާލުކުރުމުން އެ ފައިސާ ދައްކަން ފަޠުޙު ޖަމާޢަތުން ހިންގި އޮފީހަށް ގޮސް ލާރި ޙަވާލުކުރީ ނާޞިރުކިޔާ މީހަކާ ކަމަށާއި، ދެ ޖާގަ އިނީ ޝަރީފުގެ ނަމުގައިވާތީ، ރިސި ޓް ހަދައިދެވޭނީ އެ ނަމުގައިކަމަށް އެ އޮފީހުން ބުނެ ރިސިޓް ދިނީ ޝަރީފުގެ ނަމުގައިކަމަށް ބުނެފައިވެއެވެ . އެހެންކަމުން ޒާކިރާ ޢަބްދުއްރަހްމާންއާއި، އަޙްމަދު ރިޟާ އާދަމް ޙައްޖަށް ގެންގޮސްދި ނުމަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފަރާތްތަކުން ފައިސާ ދައްކާފައިވާކަން އެނގެއެވެ .

6.5- އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑު މެދުވެރިގެން ޒާކިރާ ޢަބްދުއްރަޙްމާންއާއި، އަޙްމަދު ރިޟާ އާދަމްއާއި، ޢަބްދުލްވާޙިދު އިބްރާހީމް ގެ ފަރާތުން އެކުޖުމްލަ 201,000/-ރ) .ދެލައްކަ އެއްހާސް ރުފިޔާ ( ދައްކާފައިވާކަން އެނގެން އޮންނައިރު، އެ ފަރާތްތަކަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެ ޑް މެދުވެރިވެގެން އެޚިދުމަތް ލިބިފައިނުވާތީ، އެ ފައިސާ އެ ފަރާތްތަކަށް ލިބިދޭންޖެހޭކަން އެނގެއެވެ .

6.6- އިސްތިއުނާފުކުރެވިފައިވާ މައްސަލައި ގައި، ދަޢުވާލިބޭ ފަރާތުގެ ގޮތުގައި ދަޢުވާލިބޭ ކުންފުނީގެ ޑިރެކްޓަރުންގެ ނަން ހިމަނާފައިވަނީ އަދި އެ ފައިސާ ދެއްކުމުގެ ޒި ންމާގައި ހިއްސާދާރުން ހިމަނާފައިވަނީ ޤާނޫނު ނަންބަރު 96/10 )ކުންފުންޏާބެހޭ ޤާނޫނު ( ގެ 15ވަނަ މާއްދާއާއި، 18ވަނަ މާއްދާއާއި، އަދި އެ ޤާނޫނުގެ 74ވަނަ މާއްދާއާ ޚިލާފަށްކަމަށް ވުމުން ޙުކުމުގެ ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ .

6.7- އެގޮތަށް ފާހަގަކޮށްފައިވަނީ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ޤަވައިދުގައި ބުނެފައިވާ ނަމުގައި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން އެކުންފުންޏެއްގެ އަސާސީ ޤަވައިދާއި ހިންގާ ޤަވައިދުގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދައު ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދުމާއި، ލިބިގަތުމާއި، ދެމިގެންވާގޮތަށް މުދައު ލިބިގަތުމާއި، މިކަންކަމުގެ ޙަ އްޤުލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ގޮތުން އަމިއްލަ ޝަ ޚްޞއްކަމަށެ ބަޔާންކޮށެވެ . އަދި އެ ކަންކަމުގެ ތެރޭގައި ޙިއްސާދާރުން ކުރި ނޭދެވޭ އެއްވެސް ޢަމަލެއް ނުވަތަ އެފަދަ ޢަމަލަކުން އެއްވެސް ފަރާތަކަށް ލިބުނު ގެއްލުމެއް ނުވަތަ ނިކަމެތި ކަމެއް ފާހަގަނުކޮށް، ކުންފުނީގެ މުޢާމަލާތެއްގެ ތެރެއިން އުފައްދާ ދަޢުވާއެއްގައި ކުންފުންޏާއި، އެއް ހަމައެއްގައި ދަޢުވާލިބޭ ފަރާތްތަކެއްގެ ގޮތުގައި ކުންފުނީ ޙިއްސާދާރުން ހިމެނުމަކީ ޢަ ދުލުވެރިކަމުން އެއްކިބާވެހުރެ ކުރާޒާތުގެ ކަމެއްކަމަށް ބަޔާންކޮށެވެ . އަދި އެ ޙާލަތު ގައި އެގޮތަށް އ ދަޢުވާއެއް ލިބޭފަރާތެއްގައިޙިއްސާދާރުން އެޅުވުމަށް ޤާނޫނުގެ ތެރޭގައި ހުންނަ ޢިބާރާތްތަކާއި ޖުމްލަތައް ނަގައި ދަޢުވާގެ ޢިބާރާތުގެ ތެރެއަށް އެ ވާހަކަތައް އެއްކޮށް، ބިރުދެއްކުމުގެ އުޞޫ ލުން ދަޢުވާގެ ޚު ލާ ޞާ އެކުލަވާލުމަކީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ކަންކަމެއްނުވާތީއެވެ . އެ ކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކުންފުނީގެ އަސާސީ ޤަވައިދުގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނަންޖެހޭކަމަށާއި، އެހެންކަމުން އެކުންފުންޏެއްގެ މެމްބަރުން )ޙިއްސާދާ ރުން ( އެ ކުންފުންޏެއްގެ ދަރަންޏަށް ހުރިހާ ޙާލަތެއްގައިވެސް އަދި ހުރިހާ ޝަރުޢީ ބޭނުމަކަށްވެސް ޒިންމާވާންޖެހޭ ޙާލަތުގައި އެ ޒިންމާގެ މިންވަރަކީ އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްސާގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމު ގައިވާނަމަ، އެ މިންވަރުކަމަށް ކުންފުންޏާބެހޭ ޤާނޫނުގެ 18ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާކަމަށާއި، އެ ޙުކުމް ހިނގަނީވެސް ކުންފުނި ބަނގުރޫޓުވެ، ކުންފުންޏަށް އެ ދަރަންޏެއް ދެއްކޭނެފަދަ އެއްވެސް ގޮތެއް ނެތް ޙާލަތެއްގައި ކަމަށްވާތކަމަށީ ދެކޭތީކަ ން އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ . ޤާނޫނު ނަންބަރު 96/10 )ކުންފުންޏާބެހޭ ޤާނޫނު ( ގެ 51،81އަދި 74ވަނަ މާއްދާ :

6.8- އިސްތިއުނާފުކރެވިފައިވު ޤަޟިއްޔާގެ ނިންމުން ކުންފުންޏާބެހޭ ޤާނޫނުގެ 15، 18 އަދި 74ވަނަ މާއްދާ އާ ޚިލާފުވާކަމަށް މަރިޔަމް ރަޝީދާ އިބްރާހީމް ގެ ފަރާތުން ފާހަގަކޮށްފައިވެއެވެ . އެ މާއްދާތަކުގައި ވަނީ : )ހ( މި ޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓަރީވުމުން، އެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި، މި ޤާ ނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައިވާ ކަންތައްތައް ހިންގުމާއި، ދަޢު ވާކުރުމއި، ދަޢު ވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާލިބިގަތުމާއި، މިކަންކަމުގެ ހައްގު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާ ނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ . )ށ( ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ރަޖިސްޓަރީ ވުމުން، އެ ގަވާއިދު ތަކުގައިވާ މާއްދާތަކަށް ޢަމަލު ކުރުމަކީ، އެ ގަވާއިދެއްގައި ސޮއިކުރާ މެންބަރުން ފަދައިން، އެ ކުންފުންޏެއްގެ މައްޗަށާއި، އެ ކުންފުންޏެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. )ހ( ކުންފުންޏެއްގެ މެންބަރުން، އެ ކުންފންޏެއްގު ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައަޅާފައިވާ ކަމަށް، ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮތުމުން، އެ ކުންފުންޏެއްގެ މެންބަރުން އެ ކުންފުންޏެއް ގެ ދަރަންޏަށް ހުރިހާ ހާލަތެއްގައިވެސް އަދި ހުރިހާ ޝަރުޢީ ބޭނުމަކަށްވެސް ޒިންމާވާނީ، އަދި ޒިންމާވާކަމަށް ބެލޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙި އ ޞާ ގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމުގައިވާނަމަ، އެ މިންވަރަކަށެވެ . )ށ( ކުންފުންޏެއް އުވާލާނަމަ، އެކުންފުންޏެއްގެ ކޮންމެ މެންބަރަކުވެސް އ ކުންފުންޏަކަށް ދޭންޖެހޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާ މޫނުމަތީ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތް ކަމުގައި ވާނަމަ، އެ މިންވަރެއް އެކަންޏެވެ . މި ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުންފުންޏެއް ރަޖިސްޓަރީވުމުން އެ ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، އަދި ޤާ ނޫނީ ގޮތުން އަމިއްލަ ޝަޚްޞި އްޔަތެއް ލިބިގެންވާ ފަރާތަކަށްވީ ނަމަވެ ސ، ތިރީގައި ބަޔާން ކޮށްފައިވާ ޙާލަތްތަކުގައި ނިވާފަތްގަނޑެއްގެ ގޮތުގައި އެ ޝަޚްޞިއްޔަތުގެ ބޭނުން ހިފަމުން ގެންދިޔަ ކުންފުނީގެ ޑިރެކްޓަރުން އެ ކުންފުންޏެއްގެ ނަމުގައި ކުރި ކަންތައްތަކަށް އެ ޑިރެކްޓަރުން އަމިއްލައަށް ޒިންމާ އުފުލުމަށް އަމުރު ކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ . )ހ( ކުންފުންޏަށް ލިބިފައި ވާ ޝަޚްޞި އްޔަތު، ޤާ ނޫނާ ޚިލާފު ކަމެއް ކުރުމަށްޓަކައި ބޭނުންކޮށްފިނަމަ . )ށ( ކުންފުންޏަށް ލިބިފައިވާ ގާނޫނީ ޝަޚްޞި އްޔަތު، މަކަރާއި ހީލަތް ހެދުމަށްޓަކައި ބޭނުންކޮށްފިނަމަ. )ނ( ކުންފުންޏަށް ލިބިފައިވާ ޝަޚްޞި އްޔަތު، ކުންފުންޏަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށާ އ، ކުންފުންޏާއެކު ވިޔަފާރިކުރި ނުވަތަ ކުރަމުން ގެންދާ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުން ކޮށްފިނަމަ . )ރ( މިމާއްދާގެ )ހ(، )ށ(، )ނ( ގައި ބުނެފައިވާ ޙާލަތްތަކުގެ އިތުރަށް، ޤާނޫނުގައި ބަޔާން ކޮށްފައިވާ އެހެނިހެން ޙާލަތްތަކުގައި . މިފަދައިންނެވެ .

6.9- ކުންފުންޏަކީ، ޚާއްޞަ ވަކި ނަމަކާއި ސިއްކައެއް އޮންނަ އަދި މެންބަރުންނާއި ވަކިން އުފެދިފައިވާ ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެކެވެ . ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކޭ ބުނެވޭ ބަހުގެ މާނައަކީ، އަމިއްލަ ފަރުދަކަށް ވިޔަފާރީގެ އެންމެހައި މުޢާމަލާތްތައް ޤާނޫނީ ގޮތުން ކުރުމުގެ އިޚްތިޔާރު ލިބިދީފައިވާ ފަދައިން ކޮންމެ ކުންފުންޏަކަށްވެސް ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އެފަދަ އެންމެހައި ޙައްޤުތައް ލިބިފައިވުމެވެ . ކުންފުންޏަކީ ޤާނޫނީ ޝަޚްޞެކޭ ބުނުމުން ދޭހަވާ އަނެއް މާނައަކީ، ކޮންމެ ކުންފުންޏަކީވެސް ވަކި ޚާއްޞަ ނަމެއް ކަނޑައެޅިފައިވާ ކުންފުންޏެއްކަމުން، ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ކުންފުނީގެ ނަމުގައި އެހެން ފަރާތްތަކާ ދެކޮޅަށް ކޯޓުގައި ދަޢުވާކުރުމާއި، އެހެން ފަރާތްތަކުން ހުށަހަޅާ ދަޢުވާތަކަށް ޖަވާބުދާރީވުމުގެ ގޮތުން ކޯޓަށް ދިޔުމުގެ އިޚްތިޔާރު ޤާނޫނީ ވަކި ޝަޚްޞުން ފަދައިން ކޮންމެ ކުންފުންޏަކަށްވެސް ލިބިފައިވުމެވެ . އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޤާނޫނު ހުއްދަކުރާ ގޮތެއްގެ މަތިން އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުގެ އިޚްތިޔާރު ނުވަތަ ޙައްޤު ކުންފުންޏަށް ލިބިގެންވުމެވެ .

6.10- ކުންފުންޏަކީ މެންބަރުންނާ ވަކިން އުފެދިފައިވާ، އަދި ޤާ ނޫނީ ގޮތުން އަމިއްލަ ޝަޚްޞި އްޔަތެއް ލިބިގެންވާ ފަރާތަކަށްވީ ނަމަވެސް، ކުންފުނި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް، ކުންފުންޏަށް ލިބިފައިވާ ޝަޚްޞި އްޔަތު، ޤާ ނޫނާ ޚލާފި ކަމެއް ކުރުމަށްޓަކައި ބޭނުންކޮށްފިނަމަ، ނުވަތަ ކުންފުންޏަށް ލިބިފައިވާ ޤާ ނޫނީ ޝަޚްޞި އްޔަތު، މަކަރާއި ޙީލަތް ހެދުމަށްޓަކައި ބޭނުންކޮށްފިނަމަ، އަދި ކުންފުންޏަށް ލިބިފައިވާ ޝަޚްޞި އްޔަތު، ކުންފުންޏަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށާއި، ކުންފުންޏާއެކު ވިޔަފާރިކުރި ނުވަތަ ކުރަމުން ގެންދާ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުން ކޮށްފިނަމަ، ކުންފުނީގެ ޑިރެކްޓަރުން އަމިއްލައަށް އެކަމުގެ ޒިންމާ އުފުލުމަށް އަމުރު ކުރުމުގެ ބާރު، ކޯޓަށް ލިބިގެން ވާކަން އެނގެން އޮވެއެވެ .

6.11- ޤާ ނޫނީ ނަޒަރަކުން ބަލާއިރު ކުންފުންޏަކީ އޭގެ ޒާތުގައި އެކުންފުންޏެއްގެ ޙިއްޞާދާރުންނާ ތަފާތު، ވަކި ޤާނޫނީ ކިޔާނަކާއެކު ޤާއިމްވެފައިވާ ޤާނޫނީ ޝަޚްސެއްކަން އެނގޭކަމަށާއި، އަސްލުގައި މީގެ މާނައަކީ ކުންފުނީގެ ޤާނޫނީ ކިޔާން އެކުންފުނީގެ މެމްބަރުން ނުވަތަ ޙިއްޞާދާރުންނާ ދެމެދު ދަމާލެވޭ ވެއިލްއެއް ނުވަތަ ފަރުދާއެއް އޮތުންކަމަ ށ އ، ނަމަވެސް ޙަޤީޤަތުގައި ކުންފުންޏާއި ކުންފުނީގެ ޙިއްޞާދާރުންގެ އިޤްތިސާދީ މަސްލަޙަތު ވަކިކުރެވިފައި ނޯންނަކަމަ ށާއި، ކުންފުނީގެ މެމްބަރުން ނުވަތަ ޙިއްޞާދާރުންނަކީ ކުންފުނީގެ މިލްކިއްޔާތުން ފައިދާ ލިބިގަންނަ މިލްކުވެރިންކަމަ ށާއި، އެގޮތުން ޙިއްޞާދާރުންނާއި ކުންފުނީގެ އިޤްތިޞާދީ މަސްލަޙަތު އެނގެން އޮންނައޮތުމަށާއި، ޝަރުޢީ އަދި ޤާނޫނުގެ އުޞޫލުތަކަށާއި، ތަފާތު ޖުރިސްޑިކްޝަނުގެ ކޯޓުތަކުގެ ނިންމުންތަކަށް ބަލާއިރު، ކުންފުންޏެއްގެ އިޤްތިޞާދީ ޙަޤީޤަތްތަކުގެ މައްޗަށް ބަލައި ކޯރޕަރޭޓް އެންޓިޓީއެއްގެ ބުނެވިދިޔަ ފަރުދާގެ ބޭނުންކުރެވިފައިވަނީ މަކަރާ ހީލަތެއް ހެދުމަށް ނުވަތަ ޙަޤީޤަތް އޮޅުވާލުމަށް ނުވަތަ އަޚްލާޤީގޮތުން ގޯސް އަމަލެއްކުރުމަށް ނުވަތަ އާ ން މ މަސްލަޙަތާ ޚިލާފު އަމަލެއްކުރުމަށް ނުވަތަ ނިޒާމްޢނާ މާ ޚިލާފު އަމަލެއްކުރުން ފަދަ މަޤްޞަދެއްގައިކަމަށް ޝައްކުކުރެވޭނެ މަޤްބޫލު ސަބަބު ތަކެއް ހުރެއްޖެނަމަ އެފަރުދާގެ ނިވައިފަތްގަނޑު ކަހާލައި ނުވަތަ ވެއިލް ލިފްޓްކޮށް މިފަދަ ޟަރޫރީ ޙާލަތްތަކުގައި ކޯރޕަރޭޓް އެންޓިޓީގެ މަފްހޫމް ދޫކޮށް ޙިއްސާދާރުންގެ . ކުންފުންޏާ ބެހޭ ޤާނޫނުގެ 74ވަނަ މާއްދާ ޒިންމާތަކަށް ބަލައި، މައްސަލަ ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-C/27 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ )ނ( ގައި ބަޔާންކޮށްފައިވެއެވެ .

6.12- މި މައްސަލައާ އެކު ހުށަހެޅުނު ލިޔެކިޔުންތަކަށް ބަލާއިރު، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ޙައްޖު ކޯޓާގެ މިންވަރަށްވުރެ އިތުރުވާގޮތަށް އެފަރާތުން ޙައްޖަށް މީހުން ގެންގޮސްދޭނޭ ކަމުގައި ބުނެ ފައިސާ ނަގާފައިވާކަން އެނގެ އެވެ . އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން އެފަދައިން ޢަމަލުކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރު އަނގަބަހުން އެފަރާތަށް ދީފައިވާ ޔަޤީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައި ބުނެފައި ވެއެވެ . އެ ޔަޤީންކަމުގެ މައްޗަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން، އެފަރާތަށް ރަސްމީކޮށް ލިބުނު ކޯޓާއަށްވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގިކަމަށް ބެލިނަމަވެސް، އެކަން އެގޮތުގައި ނުހިނގުމާއެކު ކޯޓާއިން ބޭރުން ފައިސާ ނެގި ފަރާތްތަކަށް އެފަރާތްތަކުން ދެއްކި ފައިސާ އ ދާކުރަންޖެހޭނެއެވެ. އެހެންނަމަވެސް އެފައިސާ އަދާކޮށްފައިނުވެއެވެ . އެ ފައިސާ އޭގެ ޙައްޤުވެރިންނަށް އަދާނުކޮށް ކުނފުނީގައް ހިފެހެއްޓުމަކީ ކުންފުނީގެ ޑިރެކްޓަރުން ކުންފުނި ބޭނުންކޮށް، ނުޙައްޤު މަންފާއެއް ލިބިގަތުންކަމު ގައި ނޫނީނުވާނެއެވެ. ހަމަ އެހެންމެ ސަރުކާރުގެ ރަސްމީ އިދާރާތަކުން ލިޔެކިޔުމުން ފުރިހަމަވެ، ހުއްދަ ލިބިގެންމެނުވީ ނުކުރެވޭ ގޮތެއްގައި އޮންނަކަމެއް، އެ ނޫން ގޮތެއްގައި ތަސައް ވަރުކޮށް، ޤާނޫނީ ޝަޚް ޞެ އ ބޭނުންކޮށްގެން އެއިން މަންފާ ލިބިގަތުމާއި، އަދި ޤާނޫނީ ޝަޚްޞެއް ބޭނުންކޮށްގެން ބައެއްގެ ޙައްޤެއް ހިފަހައްޓައި، ނުވަތަ އަދާކުރަންޖެހޭ ޙައްޤު އަދާނުކޮށް ތިބުމަކީ އެ ޙާލަތުގައި އެކަމެއްގައި މެދުވެރިކޮށްފައި އޮތް ޤާނޫނީ ޝަޚްޞަކާއި، އެ ޝަޚްޞުގެ ނިވާފަތްގަނޑުގައި ތިބެ އެކަންކުރާ )ނުވަތަ ކުރި ( ފަރުދުންނާ )ޑިރެކްޓަރުންނާ( ދެމެދުގައި ދަމާލެވިފައިއޮންނަ ނވައިފަތްގަނޑު ނަގައި އެ ޢަމަލުގެ ނަތީޖާއަށް އެފަރާތްތައް ޒިންމާދާރުކުރުވުމުގެ ބާރު ކޯޓަށް ލިބިގެންވާކަމަށް ދެކެމެވ. އެހެނީ ކުންފުނީ އޭގެ ޒާތުގައި އެއްވެސް ކަމެއް ނުކުރެވޭނެއެވެ . ކުންފުނީގެ ފަރާތުން ކަންކުރާނީ . ޢުމަރު ނަޞީރު ވ މުޙައްމަދު މުޞްތަފާ ކުންފުނީގެ ޙިއްސާދާރުން ނުވަތަ ޑިރެކްޓަރުން ނުވަތަ ނުވަތަ އެ ފަރާތްތަކުން ކަންކަންކުރުމަށް ހުއްދަކޮށްފައިވާ ފަރާތަކުންނެވެ . ކަން ކުރަންޖެހޭ އުޞޫލާއި ހަމައިން ބޭރުން ކަންކަން ކުރުމުން އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުން އެ ކަމުގެ ޒިންމާ ނަގަންޖެހޭނެއެވެ . ޚާއްޞަކޮށް މަކަރާއި ޙީލަތާއި އޮޅުވާ ލުންފަދަ ޖިނާއީ ޢަމަލެއް ކޮށްފިނަމަ އެ ކަމަކީ ޤާނޫނީ ޝަ ޚްޞަކުން ކުރި ކަމެއްކަމަށް ބުނެ އެކަމުން ރެކިގަނެވިގެން ވާނެ ކަމަކަށް ނުދެކެމެވެ .

6.13- މި މައްސަލަ އިސްތިއުނާފުކޮށްފައިވާ ޠަބީޢީ ޝަޚްޞުންނަ ކ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ގޮތުގައި، އެ ކުންފުނިން މަންފާ ލިބިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހިމެނޭ ފަރާތެއްކަން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މަޢުލޫމާތު ޝީޓަށް ބެލުމުން އެނގެއެވެ . އެހެންކަމުން މި މައްސަލައިގައި ހޯދުމަށް އެދުނު ފައިސާ އަދާކުރުމުގެ ޒިންމާ، ކުންފުންޏާ އެކު އެ ފަރާތުން އުފުލަންޖެހޭ ކަމަށް ދެކެމެވެ . އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ މައްސަލައި ގައި، ދަޢުވާލިބޭ ފަރާތުގެ ގޮތުގައި ދަޢުވާލިބޭ ކުންފުނީގެ ޑިރެކްޓަރުންގެ ނަން ހިމަނާފައިވަނީ އަދި އެ ފައިސާ ދެއްކުމުގެ ޒި ންމާގައި އެ ފަރާތްތައް ހިމަނާފައިވަނީ ޤާނޫނު ނަންބަރު 96/10 )ކުންފުންޏާބެހޭ ޤާނޫނު ( ގެ 15ވަނަ މާއްދާއާއި، 18ވަނަ މާއްދާއާއި، އަދި އެ ޤާނޫނުގެ 74ވަނަ މާއްދާއާ ޚިލާފަށްކަމަށް ނުފެނެއެވެ .

6.14- ސިވިލް ކޯޓުގެ ނަންބަރު 877/Cv-C/2019 ޤަޟިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނ( ގެ 2ވަނަ މާއްދާއާއި 5ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( އާ ޚިލާފަށްކަމަށް އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގެ ތެރޭގައި ފާހަކޮށްފައިވެ އެވެ .

6.15- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( ގައި ބަޔާންކޮށްފައިވަނީ، ]ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާ އެކުގައެވެ[. މިފަދައިންނެވެ . އަދި ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނު ( ގެ 2ވަނަ މާއްދާ ގައި ވަނީ : ]ކަމެއްގެ ޙަޤީޤަތާ ގުޅޭގޮތުން ޝަރީޢަ ތުގެ މަޖިލީހަކަށް ހުށަހެޅުން އެ މަޖިލިސް ހުއްދަކުރާ ނުވަތަ ޝަރީޢަ ތުގެ މަޖިލީހަކުން ހޯދާ ކޮންމެ ލިޔުމަކީވެސް ހެއްކެއްގެ ގޮތުގައި ބެލޭނެ އެއްޗެކެވެ . މިފަދަ ކޮންމެ ލިޔުމަކީ ކިތާބީ )ޑޮކިއުމެންޓަރީ ( ހެއްކެވެ .[ މިފަދައިން ނެވެ . އަދި ބުނެވިދިޔަ ޤާނޫނުގެ 5ވަނަ މާއްދާގައިވަނީ، ]ޝަރީޢަ ތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަ އެ ލިޔުމެކެވެ . ނަމަވެސް އެ ލިޔުމެއް ނެތުނީ ގަބޫލުކުރެވޭ ފަދަ އުޒުރަކުންކަން ޝަރީޢަ ތުގެ މަޖިލީހަށް ސާބިތު ވާނަމަ އޭގެ ބަދަލުގައި އެހެން ހެކި ގަބޫލު ކުރެވޭނެއެވެ [. މިފަދައިންނެވެ.

6.16- ސިވިލް ކޯޓުގައި ދަޢުވާކުރި ފަރާތްތަކުގެ ތެރެއިން ޒާކިރާ ޢަބްދުއްރަހްމާންއާއި، އަޙްމަދު ރިޟާ އާދަމްއާއެކު އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުމެއް އެބައޮތެވެ . އެއީ ދަޢުވާގައިވާ ފަދައިން ޙައްޖަށް ގެންދިއުމާ ގުޅޭ ދެ އެއްބަސްވުމެވެ . މި ދެ ފަރާތާއެކު އެއްބަސްވުމެއް އޮތްކަމާމެދު ޚިލާފެއް ނެތެވެ. އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޒާކިރާ ޢަބްދުއްރަ ޙް މާންއާއި، އަޙްމަދު ރިޟާ އާދަމްގެ ފަރާތުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ ( ދައްކާފައިވާކަން މައްސަލައާއެކު ދަޢުވާކުރާ ފަރާތުން ހުށަހެޅި ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު[ އިން އެނގެން އޮންނާނޭކަމަށް މި މައްސަލައިގައ ދަށުކޯޓުގައި ދަޢުވާކުރި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ .

6.17- ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު[ ގައިވާ ފައިސާއަކީ ލިބިފައިވާ ފައިސާއެއްކަން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑު ގެ ބަހުން އެނގެން އޮވެއެވެ . އެހެންނަމަވެސް އެ ފައިސާއަކީ ޒާކިރާ ޢަބްދުއްރަ ޙް މާންއާއި، އަޙްމަދު ރިޟާ އާދަމްގެ ފަރާތުން ދެއްކި ފައިސާއެއް ނޫންކަމަށާ އ، އަދި އެފައިސާ ހޯދުމަށް އެ ދެ ފަރާތަށް ދަޢުވާނުކުރެވޭނަކަމަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދަށުކޯޓުގައި ބުނެފައިވެއެވެ .

6.18- ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު[ގައި 150,000/-ރ. )އެއްލައްކަ ފަންސާސްހާސް ރުފިޔާ ( ދެއްކި ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައި އޮންނަ ފަރާތްކަމުގައިވާ ސަނީކޯސްޓް / މާލެ، މުޙައްމަދު ޝަރީފް މި މައްސަލައާ ގުޅިގެން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށްފައިވެއެވެ . އޭނާ ދީފައިވާ ހެކިބަހަށް ބަލާއިރު، ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު [ ގައިވާ ފައިސާއަކީ ޒާކިރާ ޢަބްދުއްރަހްމާންއާއި، އަޙްމަދު ރިޟާ އާދަމް، އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ޙައްޖަށް ދިއުމަށް ދެއްކި ފައިސާއެއްކަމަށް ބުނެފައިވެއެވެ . އަދި އެއީ މުޙައްމަދު ޝަރީފުގެ ފައިސާއެއް ނޫންކަމަށާއި، އެ ފައިސާއަކީ ޒާކިރާއާއި ރިޟާގެ ފައިސާއެއް ކަމަށް ބުނެފައިވެއެވެ . މުޙައްމަދު ޝަރީފު ކޮށްދިން ކަމަކީ ޖާގަ ހޯދުންކަމަށް ބުނެފައިވެއެވެ . މީގެ އިތުރުން، ސިވިލް ކޯޓަށް ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވާ، ތ.އޮމަދޫ / ނޫވިލު، މުޙައްމަދު ޝާންގެ ހެކިބަހުގައި، ނަންބަރު 1178 ]ފައިސާ ބަލައިގެންފައިދޭ ރަސީދު [ ގައިވާ ފައިސާގެ ތަފްސީލާ ބެހޭ ގޮތުން ސުވާލުކުރުމުން އެ ފައިސާ ދައްކަން ފަޠުޙު ޖަމާޢަތުން ހިންގި އޮފީހަށް ގޮސް ލާރި ޙަވާލުކުރީ ނާޞިރުކިޔާ މީހަކާ ކަމަށާއި، ދެ ޖާގަ އިނީ ޝަރީފުގެ ނަމުގައިވާ ތ، ރިސި ޓް ހަދައިދެވޭނީ އެ ނަމުގައިކަމަށް އެ އޮފީހުން ބުނެ ރިސިޓް ދިނީ ޝަރީފުގެ ނަމުގައިކަމަށް ބުނެފައިވެއެވެ .

6.19- ޒާކިރާ ޢަބްދުއްރަހްމާންއާއި، އަޙްމަދު ރިޟާ އާދަމްގެ ނަމުގައި ]ފައިސާ ބަލައިގަނެފައިދޭ ރަސީދު [ ނެތީ، އެ ދެ މީހުން ޙައްޖަށް ދިއުމަށް ހޯދާފައިވާ ޖާގަ މުޙައްމަދު ޝަރީފުގެ ނަމުގައި އޮތުމުންކަމާއި، އެ ރަސީދު ޒާކިރާ ޢަބްދުއްރަހްމާންއާއި، އަޙްމަދު ރިޟާ އާދަމްގެ ނަމުގައި އަލްފަތުޙު ޙައްޖު އެންޑް ޢު މްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑު ން ހަދައިދީފައި ނުވާތީކަން އެނގެއެވެ .

6.20- ސިވިލް ކޯޓުގައި ދަޢުވާކުރި ފަރާތްތަކުގެ ތެރެއިން، ޢަބްދުލްވާ ޙިދު އިބްރާހީމްގެ ފަރާތުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް 51,000/-ރ. )ފަންސާސްއެއްހާސް ރުފިޔާ ( އަދާކޮށްފައިވާކަން އެ ފަރާތުން މައްސަލައާއެކު ހުށަހެޅި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ )12 ސެޕްޓެންބަރު 2012( ގެ ސިޓީ އަށް ބެލުމުން އެނގެން އޮވެއެވެ .

6.21- އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( އާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް ޢަދުލުވެރިކަމުން އެއްކިބާވެ، ވަކިފަރާތަކަށް ޖެހިގެން، ހާމަ ނޫންގޮތަށް ދަށުކޯޓުން ކޮށްފައިވާކަމެއް ޝަރީޢަތަށް ސާފުކޮށްދެވިފައިވާކަމަށް ނުދެކެމެވެ .

6.22- އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންކަމަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޙައްޖަށް ދިއުމަށްޓަކައި އެފަރާތްތަކުން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އެކުޖުމްލަ 201,000/-ރ. )ދެލައްކަ އެއްހާސްރުފިޔާ ( އަދާކޮށްފައިވާކަނ ޝަރީޢަތަށް ސާބިތުވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހައްޖުގެ އަޅުކަން އަދާކުރުމަށް އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފައިސާއާ އެއްގޮތަށް، އެ ފަރާތްތަކަށް އެޚިދުމަތް ލިބިފައިނުވެއެވެ . އެފަރާތްތައް ޙައްޖަށް ގެންގޮސްދީފައިނުވާއިރު، އެ ކަމަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްފައިވާކަން އެނގެން ނެތެވެ . އެހެންކަމުން އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަން ބަރު 877/Cv-C/2019 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ )ށ( އާއި ޤާނޫނު ނަންބަރު 76/24 )ހެއްކާބެހޭ ޤާނޫނު ( ގެ 2ވަނަ މާއްދާއާއި 5ވަނަ މާއްދާ އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުބެލެވެއެވެ . . ސިޓީގައި ބަޔާންކޮށްފައިވަނީ، ދަފްތަރު ނަންބަރު 2746 ޢަބްދުލްވާޙިދު އިބްރާހީމް ޙުސޭނު )އައިޑީކާޑް ނަންބަރު (.. 1433 ވަނަ އަހަރު މި ޖަމާޢަތާއި ގުޅިގެން ޙައްޖަށް ދިއުމަށްޓަކައި ދައްކާފައިވާ -/51000 ރުފިޔާ ސަޢުދީ ސަރުކާރުން ލިބެންވާ ކޯޓާ ނުލިބުމުގެ ސަބަބުން މި ފައިސާވަނީ 1434 ވަނަ އަހަރުގެ ޙައްޖަށް ދިއުމަށްޓަކައި ބެހެއްޓިފައެވެ. މިފަދައިންނެވެ.މި ސިޓީއަކީ އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑޮގެ ލެޓާ ހެޑްގައި ލިޔެ ކުންފުނީގެ ސިއްކަޖަހައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިޘިއްޔަތުން މުޞްތަފާ މުޙައްމަދު ސޮއިކޮށްފައިވާ ސިޓީއެއްކަން އެނގެން އޮވެއެވެ . . މި ނުކުތާއަކީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބެލޭނެ ނުކުތާއެއް ނޫންކަމަށް ހައިކޯޓުގެ އެތަށް ޤަޟިއްޔާގައި ބަޔާންކުރެވިފައިވެއެވެ . DX ~ :> D/ ;" .JG.sr;.r JO.-:t.-"'~ 21 2020/HC-A /1 19 , 120, 121 ,122, 123 , ? "c.r-.r-.r-.s"""""' ?.r,.,.., <» 877/Cv-C/20 19 L t. C. C. > D /.; / OX 0 C.,, :1:1 ~ :I , •.J'A./",1./" /'Y,;>Y.JOA ,Aot>ot>~ ,/",/"J -4-'~ ~ "* 0 > > > 0 ., L>XL ""'0"" >>C.>O~, ,,,~,, >>C.:J//~ ~ D t.., D (. '.r'.?-'/ .r'.JO .::> J_JOJA ,/"Y,/"Y .r'.J'-'"".r'""'OI> AJ Y.JO.JO Y,/" ./".J', y J /,1 ,?~A ,,,1./".r -P .; .; At» tiP,...._, ,, ~ >.; 0 ~ ".; .; "" , , '~" .; , ,,0,<»,/",/" ~ "t? 0 "'"""" .r-.r-:i -4-'~ ,"'""" c.r-.r-.r-.s ?.r<» /'?Y./. J,A~.:i 877/Cv-C/2019 .sev /.?~ -P -P .; .; .; ' (. ox 0,, •.J'.::>,J/'Y,;>Y./. -P >O>:J ~0 , -'Y,;>Y./. A,?<» ,A~J,;> -P .; 33 164 7 1 www -h ighcourt-go v- mv :;-:;..... .:; info@ hi ghcourt-gov-mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15، 18 އަދި 74 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އަދި 5 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
  • ސުޕްރީމް ކޯޓުގެ 2009/SC-C/27 ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ