ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2009/SC-C/27ސުޕްރީމް ކޯޓު · 20 ފެބުރުއަރީ 2012

—

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 ފެބުރުއަރީ 2012ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2009/SC-C/27

ދަޢުވާކުރާ ފަރާތް: ޢުމަރު ނަޞީރު

ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު މުޞްޠަފާ

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 13 އޮގަސްޓް 2009

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ފެބްރުއަރީ 2012

ނިމުނު ތާރީޚް: 15 ސެޕްޓެމްބަރ 2012

މައްސަލަ ނިންމި ގަޑި: 15:40

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ހަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

މައްސަލައިގެ ޚުލާޞާ

މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަނަންބަރާއި ޙަވާލާދީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތ. ތިމަރަފުށީ ދާއިރާގެރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ޚިލާފް އުފެދިފައިވާކަމަށްބުނެ، ތ. ތިމަރަފުށީދާއިރާގެ ގޮނޑިއަށް އިންތިޚާބުވެފައިވާ މުޙައްމަދު މުޞްޠަފާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެމަޤާމުން ވަކިކުރަން ޖެހިއްޖެތޯ ބަލައިދިނުމަށާއި، ޝަރީޢަތަށް ހުށަހަޅާފައިވާ ހެކީގެ އަލީގައި ރައްޔިތުންގެމަޖިލީހުގެ މެމްބަރުކަމުގެ މަޤާމުން ތ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުޞްޠަފާ ވަކިކުރަންޖެހިއްޖެކަމަށް ކަނޑައެޅުމާއިއެކު، މުޙައްމަދު މުޞްޠަފާ އެ މަޤާމުން ވަކިކޮށްދެއްވުން އެދި ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރުގެ ފަރާތުންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިހުށަހެޅުމަކާ ގުޅިގެން ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަންގެމައްސަލައެއްގެ ގޮތުގައި ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް

މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ،ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ އިތުރުންމިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ވިސްނާބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް އަންނަނިވި ކަންތައްތައްފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަކަމަކީ، މ. ސީވޯލް މުޙައްމަދު މުޞްޠަފާއަކީ ތ. ތިމަރަފުށީ ދާއިރާގެރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް މެމްބަރަކު ދެވަނަފަހަރަށް އިންތިޚާބުކުރުމަށްޓަކައި، މީލާދީ ސަނަތުން2009 ވަނަ އަހަރުގެ 07 ވަނަ މަހުގެ 11 ވަނަ ދުވަހު އެދާއިރާގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެއިންތިޚާބުގައި ވާދަކޮށް އެއިންތިޚާބު ކާމިޔާބުކުރުމާއި ގުޅިގެން މީލާދީ ސަނަތުން 2009 ވަނަ އަހަރުގެ07 ވަނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މުޙައްމަދު މުޞްޠަފާއަކީ ރައްޔިތުންގެ މަޖިލީހުގެމެމްބަރެއްގެގޮތުގައި އިންތިޚާބުވެފައިވާ ފަރާތެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުމާގުޅިގެން،ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެގޮތުގައި ހަމަޖެހިފައިވާ ފަރާތެއްކަން މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ދެފަރާތުގެ ބަހުން އެނގެން އޮތްއިރު، އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކުވެސް އެއިންތިޚާބަކަށް ކުރިމަތިލުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތުގެ ތެރޭގައި އެމީހެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، އެ އިންތިޚާބަކަށް ކުރިމަތިލާއިރު ދިރިއުޅޭ އެޑްރެހާއި އަދި އެންމެ ފަހުން ދިރިއުޅުނު އެޑްރެސް ފަދަ، އެމީހަކީ ކާކުކަން އޮޅުންނާރާނެފަދަ ގޮތަކަށް އެމީހެއްގެ މަޢުލޫމާތު ހާމަކޮށްދޭ ލިޔުންތައް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ، އެމަޢުލޫމާތަކީ އޭގައި އޮޅުވާލުމެއް ނުހިމެނޭ ޞައްޙަ މަޢުލޫމާތުކަމަށް އިޤްރާރުވުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި، އަދި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުން ލާޒިމްކޮށްފައިވާކަން އެ ދެ ޤާނޫނުން ރަނގަޅަށް އެނގެން އޮންނާތީ، އެމީހަކު ދިރިއުޅޭ ތަފާތު ތަންތަން ހުރުމާއެކު އެތަންތަން އެމީހެއްގެ އެޑްރެހުގެގޮތުގައި ބޭނުންކުރާނަމަ ނުވަތަ އެމީހެއްގެ އަމިއްލަ ނަމުގެ އިތުރަށް އިތުރު އެހެން ނަމަކުން މަޝްހޫރުވެފައިވާނަމަ، އެކަންކަން އިލެކްޝަން ކޮމިޝަނަށް އެންގުމަކީވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށް ކުރިމަތިލާ ކޮންމެފަރާތަކުން ޤާނޫނީގޮތުން އުފުލަންޖެހޭނެ މަސްއޫލިއްޔަތެއްކަން ފާހަގަކުރެވިފައިއޮންނައޮތުމެވެ.

(ށ) ދެވަނަކަމަކީ، ދިވެހިރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިޚާބުތަކުގައި ވާދަކުރާކެންޑިޑޭޓުންގެ ކިބައިގައި އެކެންޑިޑޭޓަކު ކުރިމަތިލާ އިންތިޚާބަކަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވޭތޯނުވަތަ ނޫންތޯ ބެލުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްޢޫލިއްޔަތަކަށްވިޔަސް، ދިވެހިރާއްޖޭގައި ޤާނޫނުގެވެރިކަން ނަގަހައްޓާ ދެމެހެއްޓުން ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކުކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީ އާއިނުވަތަ ޤާނޫނަކާ ޚިލާފްވާނަމަ، އެކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލުމަށްފަހު، އެ ޚިލާފްވާމިންވަރު އެއީ ބާޠިލްއެއްޗެއްކަމަށް ނުވަތަ ބާޠިލްކަމެއް ކަމުގައި ކަނޑައެޅުމުގެ ބާރު ދީމުޤްރާޠީ އުޞޫލުންވެރިކަން ހިންގާ އެހެނިހެން ދީމުޤްރާޠީ މުޖުތަމަޢުތަކެކޭވެސް އެއްފަދައަކުން ދިވެހިރާއްޖޭގެ ކޯޓުތަކަށްދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާކަން ފާހަގަކުރެވިފައިވާއިރު، އެކިއެކިއިންތިޚާބުތަކުގެ ތެރޭގައި ޤާނޫނީގޮތުން ސުވާލު އުފެދޭ ޝަކުވާތަކާއިބެހޭ މައްސަލަތައް ބަލާފައިޞަލާކުރަނިވި ނިންމުންތައް ނިންމުމުގެ ބާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 172ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދީފައިވާއިރު، ދިވެހިރާއްޖޭގައި ބޭއްވޭ އެއްވެސްއިންތިޚާބަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ ކެންޑިޑޭސީއާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާނިންމުންތަކާއި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މެމްބަރެއްގެ ކިބައިގައި ފުރިހަމަވޭތޯނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މަޖިލީހުގެ މެމްބަރުކަމުން ވަކި ކުރަންޖެހިއްޖެތޯ ބެލުމާއި،ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާ މެދު ޚިލާފު އުފެދޭ ފަދަ ޙާލަތްތަކުގައިއެފަދަ މައްސަލަތައް ބަލައި އެކަމާމެދު ނިންމަންޖެހޭ ނިންމުން، ނިންމުމުގެ ބާރު ޤާނޫނުއަސާސީގެ 74ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދީފައިވާކަމާއި، މިފަދަ އެއްވެސް ކަމަކާގުޅިގެންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ކޮންމެ ނިންމުމަކީ ދިވެހި ސަރުކާރާއި ދިވެހި ދައުލަތުގެއެންމެހައި މުއައްސަސާތަކުންނާއި، ކަމާބެހޭ އެންމެހައި ފަރާތްތަކުން އެނިންމުމާ އެއްގޮތަށް ޢަމަލުކުރުންލާޒިމްވާ އެންމެ ފަހުގެ ނިންމުންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އިން ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.

(ނ) ތިންވަނަކަމަކީ، ޤާނޫނީ ނަޒަރަކުން ބަލާއިރު ކުންފުންޏަކީ އޭގެ ޒާތުގައިއެކުންފުންޏެއްގެ ޙިއްޞާދާރުންނާ ތަފާތު، ވަކި ޤާނޫނީ ކިޔާނަކާއެކު ޤާއިމްވެފައިވާ ޤާނޫނީ ޝަޚްސެއްކަންއެނގޭކަމާއި، އަސްލުގައި މީގެ މާނައަކީ ކުންފުނީގެ ޤާނޫނީ ކިޔާން އެކުންފުނީގެ މެމްބަރުން ނުވަތަޙިއްޞާދާރުންނާ ދެމެދު ދަމާލެވޭ ވެއިލްއެއް ނުވަތަ ފަރުދާއެއް އޮތުންކަމާއި، ނަމަވެސް ޙަޤީޤަތުގައިކުންފުންޏާ ކުންފުނީގެ ޙިއްޞާދާރުންގެ އިޤްތިސާދީ މަސްލަޙަތު ވަކިކުރެވިފައި ނޯންނަކަމާއި، ކުންފުނީގެމެމްބަރުން ނުވަތަ ޙިއްޞާދާރުންނަކީ ކުންފުނީގެ މިލްކިއްޔާތުން ފައިދާ ލިބިގަންނަ މިލްކުވެރިންކަމާ،ޙިއްޞާދާރުންނާއި ކުންފުނީގެ އިޤްތިޞާދީ މަސްލަޙަތު އެނގެންއޮންނައޮތުމަށާއި، ޝަރުޢީ އަދި ޤާނޫނުގެ އުޞޫލުތަކަށާއި، ތަފާތު ޖުރިސްޑިކްޝަނުގެ ކޯޓުތަކުގެ ނިންމުންތަކަށް ބަލާއިރު، ކުންފުންޏެއްގެ އިޤްތިޞާދީ ޙަޤީޤަތްތަކުގެ މައްޗަށް ބަލައި ކޯރޕަރޭޓް އެންޓިޓީއެއްގެ ބުނެވިދިޔަ ފަރުދާ އުޞޫލެއްގެގޮތުން ކަހާނުލެވޭ ކަމުގައިވިޔަސް، ކޯރޕަރޭޓް އެންޓިޓީގެ ބުނެވިދިޔަ ފަރުދާގެ ބޭނުންކުރެވިފައިވަނީ މަކަރާ ހީލަތެއް ހެދުމަށް ނުވަތަ ޙަޤީޤަތް އޮޅުވާލުމަށް ނުވަތަ އަޚްލާޤީގޮތުން ގޯސް އަމަލެއްކުރުމަށް ނުވަތަ އާއްމު މަސްލަޙަތާ ޚިލާފު އަމަލެއްކުރުމަށް ނުވަތަ ނިޒާމް ޢާއްމާ ޚިލާފު އަމަލެއްކުރުން ފަދަ މަޤްޞަދެއްގައިކަމަށް ޝައްކުކުރެވޭނެ މަޤްބޫލު ސަބަބުތަކެއް ހުރެއްޖެނަމަ އެފަރުދާގެ ނިވައިފަތްގަނޑު ކަހާލައި ނުވަތަ ވެއިލް ލިފްޓްކޮށް މިފަދަ ޟަރޫރީ ޙާލަތްތަކުގައި ކޯރޕަރޭޓް އެންޓިޓީގެ މަފްހޫމް ދޫކޮށް ޙިއްސާދާރުންގެ ޒިންމާތަކަށް ބަލައި، މައްސަލަ ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވާކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 97/MC/139 ޤަޟިއްޔާގައި އެއްވެސް އޮޅުމެއްނެތްގޮތުގައި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ދަރަނިލިބިގަތުމަށްއެދި ދަޢުވާކޮށްފައިވަނީ

މުޙައްމަދު މުޞްޠަފާގެ މައްޗަށްކަމާއި އަދި އެޤަޟިއްޔާގައި އެކޯޓުން ޙުކުމްކުރިއިރު ޙުކުމްކޮށްފައިވަނީވެސް މުޙައްމަދު މުޞްޠަފާގެ މައްޗަށްކަމަށްވާތީއާއި، ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން މުޙައްމަދު މުޞްޠަފާގެ މައްޗަށްކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ފައިސާގެތެރެއިން އިންޓަރެސްޓާއި ސާރވިސް ޗާރޖް ނުހިމެނޭ ޕްރިންސިޕަލް ޢަދަދަކީ މުޙައްމަދު މުޞްޠަފާ ދައްކަންޖެހޭ ފައިސާއެއްކަން މުޙައްމަދު މުޞްޠަފާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ރަނގަޅަށް އެނގެން އޮންނާތީ، މުޙައްމަދު މުޞްޠަފާ ޝަރީޢަތުގެ މަޖިލީހުގައިވެފައިވާ އިޤުރާރުގެ މައްޗަށް ބިނާކޮށް އެފައިސާއާމެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޒިންމާއުފުލަންޖެހޭ ފަރާތަކީ މުޙައްމަދު މުޞްޠަފާ ކަމަށްކޮށްފައިވާ ޙުކުމުގައި ބުނެފައިވާ ފައިސާއަކީ މުޙައްމަދު މުޞްޠަފާ ބައިވެރިވާ ކުންފުންޏެއްގެ ދަރަންޏެއްކަމަށާއި، އެދަރަންޏާމެދު ޒިންމާއުފުލަންޖެހޭނީ އެކުންފުނިންކަމަށް މުޙައްމަދު މުޞްޠަފާގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއްނޫންކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.

(ބ) ފަސްވަނަކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދުމުޞްޠަފާގެ ކިބައިގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުރުން ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއިން ލާޒިމްކޮށްފައިވާ ޝަރުޠުތައް ފުރިހަމަނުވާކަމަށްބުނެ، ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރު ހުށަހަޅާފައިވާ މިމައްސަލައަކީ މުޙައްމަދު މުޞްޠަފާގެ ކެންޑިޑޭސީއާމެދު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ޤާނޫނުއަސާސީއާއި އެއްގޮތް ނުވާކަމަށް ދެކިއިލެކްޝަންސް ކޮމިޝަނުގެ ބުނެވުނު ނިންމުން ޗެލެންޖްކުރުމުގެ ގޮތުން ހުށަހަޅާފައިވާމައްސަލައަކަށްވިޔަސް، ނުވަތަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލިއިރު އެމަޖިލީހަށް ކުރިމަތިލުމުގެ ޝަރުތުމުޙައްމަދު މުޞްޠަފާގެ ކިބައިގައި ފުރިހަމަވޭތޯ ބަލައިދިނުމަށްއެދި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ

ދަށުން ހުށަހެޅިފައިވާ މައްސަލައަކަށްވިޔަސް، މިފަދަ ކޮންމެ ޙާލަތެއްގައިމެ،އެ މައްސަލައާމެދު ފައިޞަލާކުރަނިވި ނިންމުމެއް ނިންމުމުގެ ބާރާއި އިޚްތިޔާރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުކަން ރަނގަޅަށް އެނގެން އޮންނައޮތުމެވެ.

(ޅ) ހަވަނަކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދުމުޞްޠަފާއަކީ ސާބިތު ދަރަންޏެއް އޮވެ، ޙުކުމާއި އެއްގޮތަށް އެދަރަނި ދައްކަމުން ނުދާ މީހެއްކަމަށާއި، އަދިއެ ސަބަބަށްޓަކައި މުޙައްމަދު މުޞްޠަފާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ޙައްޤު ގެއްލިފައިވާކަމަށް ބުނެ، އެކަން ސާބިތުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ޗެލެންޖްކޮށް، ދަޢުވާކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ ކޯޓުގެ ނަންބަރު 97/MC/139ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، މުޞްޠަފާ ސީފުޑްގެ ފަރާތުން، ބޭންކް އޮފް ކްރެޑިޓްއެންޑް ކޮމާރސް އަށް ދައްކަންޖެހި،ނުދައްކާވާކަން 1997 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެނިޔަލަށް ނުދައްކާވާކަން މުޞްޠަފާގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެފައިވާ 31231.66$،(އެއްތިރީސް ހާސް ދުއިސައްތަ ތިރީސް އެކެއް ޕޮއިންޓް ހައެއް ހައެއް) 28 އޮގަސްޓް 1997 އިންފެށިގެން 1 މަސް ދުވަހުގެ ތެރޭގައި، ދައްކާ ޚަލާސްކުރާ ތާރީޚާއި ހަމަޔަށް އަރަމުންދާ އިންޓްރެސްޓާއެކުއެދަރަނި ދައްކާ ޚަލާސްކުރުމަށް މުޙައްމަދު މުޞްޠަފާ ސީފުޑް އިންޓަނޭޝަލްގެ މައްޗަށްޙުކުމްކޮށްފައިވާކަން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން ރަނގަޅަށް އެނގެން އޮތްއިރު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ މުޙައްމަދުމުޞްޠަފާގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާކަމާއި، އަދި އެޤަޟިއްޔާ އިސްތިއުނާފްކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 97/HCA/132 ޤަޟިއްޔާއިސްތިއުނާފުކޮށް ދިނުންއެދި މުޙައްމަދު މުޞްޠަފާ ހުށަހެޅި ނަންބަރު97/124 ދަޢުވާ ފޯމުގައި، އެދަޢުވާ އިސްތިއުނާފުކޮށްދިނުން އެދި ހުށަހަޅާ ފަރާތުގެ ގޮތުގައި ގ. ޝަފަގް މުޙައްމަދު މުޞްޠަފާގެ ނަން، އަދި ދަޢުވާ ލިބޭ ފަރާތެއްގެ ގޮތުގައި، އެޓަރނީ ޖެނެރަލްގެ އޮފީސް މިފަދައިން ލިޔެފައި އޮތުމުން، މަދަނީކޯޓުން ކޮށްފައިވާ ޙުކުމަކީ މުޙައްމަދު މުޞްޠަފާއާ ގުޅުމެއްނެތް ޙުކުމެއް ކަމަށް ޚުދު މުޙައްމަދު މުޞްޠަފާ އަށްވެސް ޤަބޫލު ނުކުރެވޭކަމާއި، މިއީ މިކަމުގައި އޮތް ހަޤީޤަތަކަށް ނުވާނަމަ ނުވަތަ އެދަރަންޏަކީމުޙައްމަދު މުޞްޠަފާއާ އެއްވެސް ގުޅުމެއްނެތް، ހަމައެކަނި މުޙައްމަދު މުޞްޠަފާ ބައިވެރިވާ ލިމިޓެޑްލައިބިލިޓީ ކުންފުންޏެއްގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއްކަމަށް މުޙައްމަދު މުޞްޠަފާއަށް ކިރިޔާވެސްޤަބޫލުކުރެވޭނަމަ އެޤަޟިއްޔާ އިސްތިއުނާފުކުރާ ފަރާތެއްގެ ޙައިޘިއްޔަތުން މުޙައްމަދު މުޞްޠަފާގެ ނަންޖަހާ،މުޙައްމަދު މުޞްޠަފާގެ އަމިއްލަ ނަމުގައި އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި މުޙައްމަދު މުޞްޠަފާއިސްތިއުނާފުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން، އެއީ ޤާނޫނީގޮތުން ޖަދަލުކުރެވޭ ވަރަށްވުރެ މާފާޅުކަންބޮޑު ޙަޤީގަތެއްކަން ރަނގަޅަށް އެނގެންއޮންނައޮތުމެވެ.

(ކ) ހަތްވަނަކަމަކީ، މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 97/MC/139 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ މުޙައްމަދު މުޞްޠަފާ އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއިރު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ރަނގަޅު ނޫންކަމަށް މުޙައްމަދު މުޞްޠަފާ ދެކޭ ސަބަބުތައްކަމަށް ބުނެ މުޙައްމަދު މުޞްޠަފާ ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު:-

1- ފުރަތަމަ ސަބަބެއްގެ ގޮތުގައި މުޙައްމަދު މުޞްޠަފާ ހުށަހަޅާފައިވަނީ 1997 ޖޫން30 ގެ ނިޔަލަށް އިންޓެރެސްޓާއި އެކު 31231 $ (އެއްތިރީސް ހާސް ދުއިސައްތަ އެއްތިރީސް ޔޫ އެސްޑޮލަރު) ދައްކަންޖެހޭކަމަށް މުޙައްމަދު މުޞްޠަފާ އިންކާރު ކޮށްފައި ވަނިކޮށް، އެ ޢަދަދަށް ފައިސާދައްކަންޖެހޭ ކަމަށް މުޙައްމަދު މުޞްޠަފާ އިޢުތިރާފުވާ ކަމުގައި މަދަނީ ކޯޓުން ޙުކުމްކޮށްފައިވުމެވެ.

2- ދެވަނަ ސަބަބެއްކަމަށް މުޙައްމަދު މުޞްޠަފާ ހުށަހަޅާފައިވަނީ 1991 ވަނަ އަހަރުބޭންކް ބަންދުވިއިރު، ބޭންކަށް ދޭންޖެހޭކަމަށްބުނެ އިޢްތިރާފްވެފައިވާ 12557.74 $ (ބާރަހާސް ފައްސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ހަތެއް ހަތަރެއް ޔޫއެސް ޑޮލަރު) ބޭންކުން ވިޔަފާރީގެ އެއްވެސް ޚިދުމަތެއް ނުދީ ޚިދުމަތުގެ އަގަށް، ބޭންކް ބަންދުވިފަހުން ފެށިގެން އޭގެ ފަހުންވެސް އިންޓްރެސްޓް ދޭންޖެހޭކަމަށް ޙުކުމްކޮށްފައިވުމެވެ.

3- ތިންވަނަ ސަބަބެއް ކަމަށްބުނެ މުޙައްމަދު މުޞްޠަފާ ހުށަހަޅާފައިވަނީ ބޭންކްބަންދުވިއިރު، 12557 $ (ބާރަހާސް ފައްސަތޭކަ ފަންސާސް ހަތެއް ޕޮއިންޓް ހަތެއް ހަތަރެއް ޔޫ އެސްޑޮލަރު) ދަރަންޏެއްގެ ގޮތުގައި އަތުލަން ނޫޅެ، 06 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން އިތުރު ފައިސާ އަތުލަން ކުރި ދަޢުވާގެ މައްޗަށް ޝަރީޢަތް ނިންމާފައިވުމެވެ.

4- ހަތަރުވަނަ ސަބަބެއްކަމަށް ބުނެ މުޙައްމަދު މުޞްޠަފާ ހުށަހަޅާފައިވާ ސަބަބަކީ،ބޭންކް ބަންދުވީ ބޭންކްގެ އަމިއްލަ އަމަލެއްގެ ސަބަބުން ކަމަށްވެފައި، ލޯނު ދިނުމަށްފަހު ބޭންކުން ދެވޭޚިދުމަތެއް ނުލިބުމުން މުޙައްމަދު މުޞްޠަފާއަށް ލިބުނު ގެއްލުމަކީ، ވިޔަފާރި އެބޭންކްގެ ތެރެއިންހިންގުމުގެ ފުރުޞަތު ނުލިބިގެން ލިބުނު ގެއްލުމެއް ކަމުގައިވާއިރުވެސް އެ ގެއްލުމާއި ބޭންކްޒިންމާކުރުވުމަކާނުލައި މުޙައްމަދު މުޞްޠަފާގެ އަތުން ދައްކަންޖެހޭ ޢަދަދަށްވުރެ ގިނަ ފައިސާ ޚިދުމަތުގެއަގޭ ބުނެ ނަގާ، މުޙައްމަދު މުޞްޠަފާއަށް ފައިސާގެ ޚިދުމަތްނުދީ އޮތުމާއެކުވެސް އެފައިސާ ބޭންކަށްއަތުލާދީ، މަދަނީ ކޯޓުން މައްސަލަ ނިންމާފައިވުންކަމަށްބުނެ މި ހަތަރު ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގެޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށްފަހު، މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާނިމިފައިވާގޮތާމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭ ނުކުތާތަކުގެ މައްޗަށް އިތުރަށް އަލިއަޅުވާލަމުންމަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 139/MC/97 ޤަޟިއްޔާގައި ކުރައްވާފައިވާ ދަޢުވާގައި ބުނެފައިވާފައިސާގެ ޢަދަދާއިމެދު މުޙައްމަދު މުޞްޠަފާ އިންކާރުކޮށްކޮށް ހުއްޓާ %16 އިންޓެރެސްޓާއި އެކުމުޙައްމަދު މުޞްޠަފާއެދަޢުވާއަށް އިޢުތިރާފުވެފައިވާކަމަށް ހަދައި، މައްސަލަ ބަލަންވީ ވަރަށްނުބަލައި 31231.66 $ (އެއްތިރީސްހާސް ދުއިސައްތަ އެއްތިރީސް ޕޮއިންޓް ހައެއް ހައެއް ޔޫ އެސް ޑޮލަރު) އިންޓްރެސްޓާއިއެކު ދެއްކުމަށް ޙުކުމްކުރުމުން މައްސަލަ ނިމުނު ގޮތާމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭތީ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދޭކަމަށް ބުނުމަށްފަހު މުޙައްމަދު މުޞްޠަފާގެ ބަޔާނުގައި ޚިދުމަތުގެ އަގު ހިމަނައިގެން އެއްތިރީސް ހާސް ޑޮލަރު މުޙައްމަދު މުޞްޠަފާ އަތުން ލިބެންޖެހޭކަމަށް ޙުކުމްކޮށްފައިވުމަކީ މުޙައްމަދު މުޞްޠަފާއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކޭ" މިފަދައިން ބުނެ ހައިކޯޓުގެ ނަންބަރު 97/HC-A/132 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާނެއްދީ އެބަޔާނުގައި މުޙައްމަދު މުޞްޠަފާ އަމިއްލަ އިޚްތިޔާރާއި ރުހުމުގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވިފައި އޮތުމުން، މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގައި ޙުކުމްކޮށްފައިވާ ފައިސާ ދެއްކުމަށް މުޙައްމަދު މުޞްޠަފާގެ މައްޗަށް ކުރައްވާފައިވާ ޙުކުމަކީ މުޙައްމަދު މުޞްޠަފާ އިއުތިރާޒުކުރާ ޙުކުމެއް ނޫންކަމާއި، އެ ޙުކުމާއިމެދު މުޙައްމަދު މުޞްޠަފާ އިއުތިރާޒުކުރާ ސަބަބަކީ ހަމައެކަނި ބޭންކް ބަންދުކުރި ފަހުންވެސް ލޯނަށް އިންޓަރެސްޓް އަރަމުން ގޮސްފައިވުމާއި އަދި އެއިންޓަރެސްޓް ހިމަނައިގެން ލޯނު ފައިސާ ދައްކަންޖެހުންކަން ރަނގަޅަށް އެނގެންއޮންނާތީ މަދަނީ ކޯޓުގެ ބުނެވިދިޔަ ނަންބަރު 139/MC/97 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި އެފައިސާ ދެއްކުމަށް މުޙައްމަދު މުޞްޠަފާގެ މައްޗަށް ޙުކުމްކޮށްފައި އޮތްއޮތުމަކީ، އެއިން ރުޖޫޢުނުވެވޭނެފަދަގޮތަކަށް މުޙައްމަދު މުޞްޠަފާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޤަބޫލުކޮށްފައިވާ ކަމެއްކަން ރަނގަޅަށް އެނގެންއޮންނައޮތުމެވެ.

(އ) އަށްވަނަކަމަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ތ. ތިމަރަފުށީ ދާއިރާއަށްކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު މުޞްޠަފާގެ މައްޗަށް ބީ.ސީ.ސީ.އައި އިން ނަގާފައިވާ ލޯނެއްގެފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ވަކި ޤަވާޢިދަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދައްކާ ހަލާސްކުރުމަށް ޙުކުމްކޮށްފައިވާކަމަށް ބުނާ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށްހުށަހެޅިފައިވާކަމަށްބުނެ އެކަމާބެހޭ ތަފްޞީލް ހޯދުމަށްއެދި އިލެކްޝަންސް ކޮމިޝަންގެ ނަންބަރު 38-F/98/2009/5 (28 ޖުލައި 2009) ގެ ސިޓީއިން ދެންނެވުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެނަންބަރު 98-LS/38/2009/2 (09 ޖުލައި 2009) ގެ ނޯޓުގައި ބުނެފައިވަނީ މުޞްޠަފާ، ސީފުޑް އިންޓަރނޭޝަނަލްގެ ފަރާތުން ބީ.ސީ.ސީ.އައި އިން ނަގާފައިވާ ލޯނުގެ ފައިސާ 30 ޖޫން 1997 ގެ ނިޔަލަށް އިންޓްރެސްޓާއިއެކު 31231.66 ޔޫ އެސް ޑޮލަރު، އެޤަޟިއްޔާގައި ޙުކުމް އިއްވި ތާރީޚުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމާ ތާރީޚާ ހަމަޔަށް އަރަމުންދާ އިންޓްރެސްޓާއެކު ދައްކާ ޚަލާސްކުރުމަށް މުޞްޠަފާ، ސީފުޑްގެ މައްޗަށް ޙުކުމްކޮށްފައިވާކަމަށާއި، އަދި އެޤަޟިއްޔާ ނިމިފައިވާގޮތް ރަގަޅުނޫންކަމަށް ބުނެ މުޙައްމަދު މުޞްޠަފާ އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ނަންބަރު 97/HC-A/132 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ މަދަނީ ކޯޓުގެ ޙުކުމަށް ތާއީދުކޮށްކަމަށާ، އެހެންނަމަވެސް އެޙުކުމާ އެއްގޮތްވާގޮތުގެ މަތިން އެއްވެސް ފައިސާއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދައްކާފައިނުވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިޔުޓީ ގަވަރުނަރު ޢާއިޝަތު ޒާހިރާ ސޮއިކޮށްފައިވާ އިސްވެ ބުނެވުނު ނޯޓުގައި ސާފުބަހުން ބުނެފައިވާކަން ފާހަގަކުރެވިފައި އޮންނައިރު، މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމްގައި ބުނެފައިވާ ފައިސާ މުޙައްމަދު މުޞްޠަފާ ދެއްކުމަށް އޮތްއޮތުމަކީ މުޙައްމަދު މުޞްޠަފާ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޤަބޫލުކޮށްފައިވާ ކަމެއްކަމާއި މަދަނީ ކޯޓުގެ ޙުކުމާމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ އިންޓްރެސްޓް ހިމަނައިގެން އެފައިސާ ދެއްކުމަށް ޙުކުމްކޮށްފައި އޮތުންކަން މުޙައްމަދު މުޞްޠަފާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށްދީފައިވާ ބަޔާނުން ރަނގަޅަށް އެނގެންއޮވެއެވެ.

(ވ) ނުވަނަކަމަކީ، އިސްތިއުނާފަކުންވިޔަސް އަދި އެނޫން ގޮތަކުންވިޔަސް ޠަޢުނުކުރުމުގެ ޙައިޘިއްޔަތު ނެތިފައިވާ އަދި ފައިޞަލާކުރަނިވި ނިޔާއެއްގެ ފުރިހަމަ ޙުއްޖިއްޔަތު ލިބިފައިވާ ޙުކުމަކީ އެޙުކުމަކުން ނިޔާކަނޑައެޅިފައިވާކަމެއްގެ މައްޗަށް އޮންނަ މުޠުލަޤު ޙުއްޖަތްކަމަށްވެފައި، މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގައި މުޙައްމަދު މުޞްޠަފާގެ މައްޗަށް ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުންކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ދަރަނީގެ ފައިސާއަކީ ބީ.ސީ.ސީ.އައި އިން މުޙައްމަދު މުޞްޠަފާ މެދުވެރިވެ ސީފުޑް އިންޓަރނޭޝަލުން ނަގާފައިވާ ލޯނެއްގެ ފައިސާކަމުގައިވިޔަސް، އެ ދަޢުވާގެ ޞީޣާއަށް ބަލާއިރު ދައުލަތުގެ ފަރާތުން އެދަޢުވާ އުފުލާފައިވަނީ މުޞްޠަފާގެ މައްޗަށްކަމާއި އަދި އެޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީވެސް މުޞްޠަފާގެ މައްޗަށްކަން މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގައިކޮށްފައިވާ ޙުކުމުން އެނގެންއޮތްއިރު، އެޤަޟިއްޔާ އިސްތިއުނާފުކުރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 97/HC-A/132 ޤަޟިއްޔާ މުޙައްމަދު މުޞްތަފާގެ އަމިއްލަ ނަމުގައި އިސްތިއުނާފުކުރިއިރުވެސް މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގެ ޙުކުމުގައި އެދަރަންޏަކީ މުޙައްމަދު މުޞްޠަފާ ޒިންމާވާންޖެހޭ އަދި މުޙައްމަދު މުޞްޠަފާ ދައްކާ ޚަލާޞްކުރަންޖެހޭ ދަރަންޏެއްކަމަށް ކަނޑައަޅާފައި އޮތުމާއެކުވެސް އެނުކުތާ މުޙައްމަދު މުޞްޠަފާ އިސްތިއުނާފުކޮށްފައިނުވާ ކަމާއި އަދި އެއީ ދަށު ކޯޓުގެ ޙުކުމާއިމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭ ނުކުތާއެއްވެސް ނޫންކަން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު މުޞްޠަފާ ދީފައިވާ ބަޔާނުން ރަނގަޅަށް އެނގެން އޮންނައިރު، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުގެ މައްޗަށް ބަލާއިރު ދަރަނިވެރިޔާ އާއި އަދި އެދަރަންޏަކަށް ޖާމިނުވާ ފަރާތާއި މިދެފަރާތުގެ މައްޗަށް ދަރަންޏެއް އަދާކުރުން ލާޒިމްވާ ޙުކުމެއް އޮތްނަމަ އެދެފަރާތުގެތެރެއިން ކޮންމެ ފަރާތަކީވެސް އަރަނިވެރިޔާގެ ކުރިމަތީގައި ޝަރުޢީ އަދި ޤާނޫނީގޮތުން އެދަރަންޏާ ޒިންމާވާންޖެހޭ ފަރާތެއްކަމަށް ބެލެވޭނެތީ ފައިޞަލާކުރަނިވި ބާރު (RES JUDICATA) ލިބިފައިވާ މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގެ ޙުކުމް ދެމިއޮތްހާ ހިނދަކު ނުވަތަ އެދަރަނި އެޙުކުމުގައި ބުނެފައިވާ އުޞޫލުން ދައްކާ ޚަލާސް ނުކުރާހާ ހިނދަކު ސީފުޑް އިންޓަރނޭޝަނަލްގެ މުޞްޠަފާ ނުވަތަ މުޙައްމަދު މުޞްޠަފާއަކީ އެދަރަނިން ބަރީއުއް ޒިންމާވެފައިވާ ފަރާތެއްކަމަށް ބެލެވިދާފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތުމެވެ.

ޙުކުމް:

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް، މ. ސީވޯލްމުޙައްމަދު މުޞްޠަފާގެ މައްޗަށް ދަޢުލަތުގެ ބަންޑާރަނައިބުގެ ފަރާތުން މަދަނީ ކޯޓުގައި ދަޢުވާކުރި ލޯނުގެފައިސާ ލިބިގަތުމުގެ ދަޢުވާއާ ގުޅިގެން، މަދަނީ ކޯޓުގެ ނަންބަރު139/MC/97 ޤަޟިއްޔާގައިޙުކުމްކޮށްފައިވަނީ އެފައިސާ ދައްކާ ޚަލާސްކުރުމުގެ ޒިންމާ، މުޙައްމަދު މުޞްޠަފާ އުފުލަންޖެހޭގޮތަށްކަންއެޤަޟިއްޔާގައިކޮށްފައިވާ ޙުކުމުން ރަނގަޅަށް އެނގެން އޮންނާތީއާއި އަދި މުޙައްމަދު މުޞްޠަފާގެ މައްޗަށްއެޤަޟިއްޔާގައި ޙުކުމްކޮށްފައި އޮންނައޮތުމަކީ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމަތަކާ ޚިލާފަށްކޮށްފައިވާޙުކުމެއްކަމަށް މުޙައްމަދު މުޞްޠަފާ ނުދެކޭކަން، މަދަނީ ކޯޓުގެ ނަންބަރު139/MC/97 ޤަޟިއްޔާމުޙައްމަދު މުޞްޠަފާ އަމިއްލަ ނަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއިރު ބުނެވިދިޔަ ލޯނާއި ބެހޭ ޒިންމާ މުޙައްމަދު މުޞްޠަފާއުފުލަންޖެހޭގޮތަށް ޙުކުމްކޮށްފައި އޮންނައޮތުމަކީ މުޙައްމަދުމުޞްޠަފާ ހިތްހަމަނުޖެހޭ ސަބަބެއްގެ ގޮތުގައި އެނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާތީއާއި،އެޙުކުމާމެދު މުޙައްމަދު މުޞްޠަފާ ހިތްހަމަނުޖެހޭ މައިގަނޑު ސަބަބަކީ ބުނެވިދިޔަ ލޯނު ދޫކުރި ބޭންކްބަންދުވިފަހުންވެސް ލޯނަށް އިންޓްރެސްޓް އަރަމުން ދިޔުމާއި، ލޯނު އިންޓްރެސްޓް ހިމަނައިގެން އެފައިސާދެއްކުމަށް ދަށު ކޯޓުން ޙުކުމްކޮށްފައި އޮންނަ އޮތުންކަމާއި، އިންޓްރެސްޓް ނުހިމެނޭގޮތަށް ލޯނުގެ ޒިންމާއުފުލަންޖެހުމަކީ މުޙައްމަދު މުޞްޠަފާ ޤަބޫލުކޮށްފައިވާ ކަމެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެމަޖިލީހަށް މުޙައްމަދު މުޞްޠަފާ ދީފައިވާ ބަޔާނުން (މަޙްޟަރު 96 ގެ ޞަފްހާ 329) އެނގެން އޮންނާތީމިކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާ ވިސްނުމަށްފަހު، މަދަނީ ކޯޓުގެ ނަންބަރު139/MC/97 ޤަޟިއްޔާގައި ދަޢުވާލިބުނު މުޙައްމަދު މުޞްޠަފާއަކީ އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައިބުނެފައިވާ ލޯނުގެ ފައިސާ ދެއްކުމާމެދު ބަރީއުއް ޒިންމާވާފަދަ ޙާލަތެއްގައި ހުރި ފަރާތެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ޙުކުމްކުރުމާއެކު، ފައިޞަލާކުރަނިވި ޙުކުމެއް ދެމިއޮތުމުގެ ސަބަބުން ތަންފީޒީ ބާރު (RES JUDICATA) ލިބިގެންވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 97/HC-A/132 ޤަޟިއްޔާއިން އިސްތިއުނާފުކޮށްފައިވާ، މަދަނީ ކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގައި މުޙައްމަދު މުޞްޠަފާ ދައްކާ ޚަލާޞްކުރުމަށް ޙުކުމްކޮށްފައިވާ ލޯނުގެ ފައިސާގެ އެއްވެސް މިންވަރެއް، އެޙުކުމުގައި ބުނެފައިވާ ހަމަތަކުގެ މަތިން މުޙައްމަދު މުޞްޠަފާ ދައްކާފައިނުވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 98-LS/38/2009/2 (09 ޖުލައި 2009) ގެ ނޯޓުން ރަނގަޅަށް އެނގެންއޮންނައިރު، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ޙާލަތްތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވެފައިވާ މީހަކު މެމްބަރުކަމުން ވަކިވާނެ ފުރަތަމަ ޙާލަތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެފައި އެދަރަނި ޙުކުމާއި އެއްގޮތަށް އަދާކުރަމުންނުދާ މީހަކުކަމުގައިވުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ސާފުބަހުން ބުނެފައިވާތީ، މިއަދު (20 ފެބްރުއަރީ 2012) ގައި މި ޤަޟިއްޔާގައި ޙުކުމްކުރާ ވަގުތުން ފެށިގެން ތ. ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މ. ސީވޯލް މުޙައްމަދު މުޞްޠަފާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކޮށްފީމެވެ.

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިންއާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ރަޢުޔު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަނަންބަރަށް ޙަވާލީދީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތ. ތިމަރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ޚިލާފު އުފެދިފައިވާކަމަށް ބުނެ، އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެފައިވާ މ. ސްވޯލް މުޙައްމަދު މުޞްޠަފާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ދެމިހުރުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ބުނެ، ރައްޔިތުންގެމަޖިލީހުގެ މެންބަރުކަމުން ވަކިކުރަންޖެހިއްޖެކަމަށް ކަނޑައެޅުމާއެކު އެމަޖިލީހުގެ މެންބަރުކަމުން ވަކިކޮށްދިނުމަށް އެދި ހ. ދޮންޖޭމުގެ ޢުމަރު ނަޞީރު ދަޢުވާ ކޮށްފައިވެއެވެ.

ޢުމަރު ނަޞީރުގެ މިދަޢުވާ ބިނާކޮށްފައިވާ، މ. ސީވޯލް މުޙައްމަދު މުޞްޠަފާގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް އޮވެ، ޙުކުމާ އެއްގޮތަށް އެދަރަނި އަދާކުރަމުން ގޮސްފައި ނުވާކަމަށް ބުނާ، މަދަނީކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ބީ.ސީ.ސީ.އައި މާލޭ ގޮފިން ދޫކޮށްފައިވާ ލޯނުގެ ފައިސާ އެބޭންކް ބަންދުކުރި ތާރީޚުކަމަށްވާ 1991 ވަނަ އަހަރު ޖުލައި މަހުގެ 06 ވަނަ ދުވަހާ ހަމައަށް، އަދި މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ގެ ފަރާތުން އެޢަދަދާމެދު އެއްބަސްވާ ޢަދަދު، އެހާތަނަށް ނުދައްކާ އޮތުމެގެ ސަބަބުން، 1997 ވަނައަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އިންޓްރެސްޓާއެކު ދައްކާފައި ނުވާކަން މުޞްޠަފާ ސީފުޑް އިންޓަރނޭޝަލް ޕްރައިވެޓް ލިމިޓެޑްގެ އިޢުތިރާފުނާއި އެޤަޟިއްޔާއަށް ހުށަހެޅުނު ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށާއި، މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބީސީސީއައި މާލޭ ގޮފިން ނަގާފައިވާ ލޯނުގެ ފައިސާ 1997 ވަނަ އަހަރުގެ ޖޫންމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް އިންޓްރެސްޓާއެކު، 1997 ވަނަ އަހަރުގެއޮގަސްޓު މަހުގެ 28 ވަނަ ދުވަހުން ފެށިގެން 01 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމް ކުރައްވާފައިވެއެވެ.

މަދަނީކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާކަމާއި މަދަނީކޯޓުގެ އެޤަޟިއްޔާގައި ޙުކުމްކޮށްފައި އޮތްގޮތުގެ ސަބަބުން، އެކަމާމެދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިފަރާތަކީ މުޙައްމަދު މުޞްޠަފާ ކަމަށްވިއަސް، އިތުރު ޙުކުމެއް ހައިކޯޓުން ނުކޮށް، ދަށުކޯޓުގެ ޙުކުމަށް ތާއީދުކޮށް ނިންމަވާފައިވާތީ، ލޯނުގެ ފައިސާ ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށްފައި ވަނީ ކޮންފަރާތެއްގެ މައްޗަށްކަން ދެނެގަތުމަށްޓަކައި ރުޖޫޢާވާންޖެހެނީ ދަށުކޯޓުގެ ޙުކުމަށެވެ.

ބީ.ސީ.ސީ.އައި މާލޭގޮފިން އެކިފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން ފައިސާ ނުލިބިވާފަރާތްތަކުގެ ކިބައިން ލިބެންޖެހޭ ލޯނުގެ ފައިސާ ހޯދުމުގެ މަސައްކަތް ޝަރުޢީ ކޯޓުތައް މެދުވެރިކޮށްކުރަމުން ގޮސްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންކަމާއި އެގޮތުން " މުޞްޠަފާ ސީފުޑްއިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" މިގޮތަށް ދައުލަތުގެ ފަރާތުން ދަޢުވާ ކޮށްފައިވާކަމާއި ލޯނުސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ލޯނު ދޫކުރިފަރާތް ކަމުގައިވާ ބީ.ސީ.ސީ.އައިގެއެއްވެސް ލިޔުމެއް ހުށަހަޅާފައިވާކަން މަދަނީކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެންނެތްކަމާއިއެހެން ނަމަވެސް ލޯނު ސާބިތުކުރުމުގައި ޚަޞްމުންގެ ވާހަކަތަކުގެ އިތުރުން މޯލްޑިވްސް މަނިޓަރީއޮތޯރިޓީގެ ލިޔުންތަކަށް ރިޢާޔަތް ކުރެވިފައި ވާކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 1 ސެޕްޓެމްބަރ1991 މިތާރީޚުގެ ލިޔުމުން އެނގޭގޮތުގައި ލޯނުދޫކުރެވުނު އެކައުންޓް ނަންބަރު 512 $ CD އަކީސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އޮޕްރޭޓްކުރެވުނު އެކައުންޓެއްކަމާއި އެއޮތޯރިޓީގެލިޔުންތަކުން އެނގޭގޮތުގައި ލޯނު ނެގިފަރާތަކީ ސީފުޑް އިންޓަރނޭޝަނަލްކަމާއި ނަމަވެސް ދައުލަތުން ކުރިދަޢުވާގައި ދަޢުވާލިބޭފަރާތެއްގެ ގޮތުގައި ލިޔެފައި ވަނީ މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްކަމާއި މަދަނީކޯޓުގެ ޤަޟިއްޔާގައިވެސް ލިޔެފައި ވަނީ އަދި ދަޢުވާ ސާބިތުކޮށްފައި ވަނީވެސް މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކަމާއި މަދަނީކޯޓުގެ ޙުކުމަށް ބަލާއިރު، މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ އެންމެ ފަރާތެއްގެ ގޮތުގައި ސިފަ ވާކަމާއި ނަމަވެސް ޤާނޫނީގޮތުން ބަލާއިރު މުޞްޠަފާ އަދި ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީޤާނޫނީ ވަކި ދެ ޝަޚުޞްކަމާއި މަދަނީކޯޓުގެ ޤަޟިއްޔާގެ އެޙުކުމަކީ އެޙުކުމުގެ ދަށުން ސާބިތު ކޮށްފައިވާ ލޯނުގެ ފައިސާ ދެއްކުމުގެ ޒިންމާއޮތް ފަރާތަކީ އެންމެ ފަރާތެއް ކަމުގައި ނުވަތަ އެއީ ދެފަރާތެއް ކަމުގައި ބެލުމުގެ އިހުތިމާލު އޮތް ޙުކުމަކަށްވެފައި އެޙުކުމް ޞަރީޙަ ނުވާތީ، މިމައްސަލަ ބެލުމުގައި މަދަނީކޯޓުގެ ޤަޟިއްޔާގައި ސާބިތުކޮށްފައިވާ ލޯނުގެ މައްޗަށް ބެލިފައިވެއެވެ.

މަދަނީކޯޓުގެ ނަންބަރު 139/MC/97 ޤަޟިއްޔާގެ ދަށުން ސާބިތުކޮށްފައިވާ ލޯނުގެ ފައިސާ ދައްކަން އަންގަވާފައިވަނީ މުޞްޠަފާ ސީފުޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ކަމަށްވާއިރު، ލޯނަކީ " ކޯޕަރޭޓިވް ޑެޓެއް " ކަން މަދަނީކޯޓުގެ ޤަޟިއްޔާގައި ހިމަނާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 01 ސެޕްޓެމްބަރ 1991 ގައި ސީފުޑް ޓްރޭޑް އިންޓަރނޭޝަނަލް އަށް ފޮނުވާފައިވާ ސިޓީން އެނގޭކަމާއި މިލޯނުގެ ފައިސާ ހޯދުމަށް ދަޢުވާ ކޮށްފައި ވަނީ 05 ޖޫން 1997 ގައި ކަމާއި މިހާރު ޢަމަލުކުރެވޭ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 07 ނޮވެމްބަރު1996 ގައި ކަމާއި ކުންފުންޏަކީ ލީގަލް އެންޓިޓީއެއްކަމުގައިވާއިރު، ކުންފުނީގެ ނަމުގައި އެކިފަރާތް ތަކާއެކު ކުރެވޭ މުޢާމަލާތްތަކަކީ ކުންފުނީގެ މުޢާމަލާތްތައް ކަމަށްވެފައި ކުންފުނިންކުރާ މުޢާމަލާތްތަކާ ގުޅިގެން އަދާކުރާންޖެހޭ ފައިސާގެ މުޢާމަލާތްތަކަކީ، ކުންފުނީގެ ނިވާފަތްގަނޑު ނެގޭ ޙާލަތެއްގައި ފިޔަވާ، ކުންފުނި ޖާމިނުވާ ދަރަނިކަމާއި ކުންފުނީގެ ނަމުގައި ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން ނިންމުންތައް ނިންމަނީ ކުންފުނީގެ ޙިއްޞާދާރުން ކަމަށްވިއަސް އެފަރާތްތަކަކީ ކުންފުނިންކުރާ އެފަދަ ކަންކަމުގައި ބައިވެރިން ކަމަށްނުވާތީ އެފަރާތްތަކުގެ ޝަޚުޞީ ޒިންމާއެއް ނޯންނާނެކަމާއި ޤާނޫނުގެ ކުރިމަތީގައި ކުންފުނީގެ ޙިއްޞާދާރުން ކުންފުނި ތަމްޘީލް ކުރާ ޙާލަތުގައި އަދާކުރާ ދައުރަކީ އެޖެންޓްގެ ދައުރުކަމަށް ވަތީ އެޙާލަތުގައި ކުންފުނީގެ އުޞޫލުތަކުގެ މަތިން މެނުވީ ކުންފުނީގެ ދަރަނީގެ މައްޗަށް ޙިއްޞާދާރަކު އަމިއްލަ ޙައިޘިއްޔަތުން ޒިންމާ ނަގަންނުޖެހޭނެއެވެ.

ވީމާ، ތ. ތިމަރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެފައިވާ މ. ސީވޯލް މުޙައްމަދު މުޞްޠަފާއަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުގެ މަތީން މުޙައްމަދު މުޞްޠަފާގެ އަމިއްލަ ދަރަންޏެއް އޮވެމެ، ޙުކުމާއެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ މީހެއްކަމަށް ބަލައި، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަޤާމުން މުޙައްމަދު މުޞްޠަފާ ވަކިވެއްޖެކަމަށް ޤާނޫނީގޮތުން ކަނޑައަޅާނެ ތަނެއް އޮތްކަމަށް ނުފެނެއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ