ޢަލީ ޙުސައިން ވ. ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޤާނޫނު ނަންބަރު 25/2024 (ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް (ބ) ގެ ގޮތުގައި އިތުރުކުރި އެންޓި ޑިފެކްޝަން އިޞްލާޙަކީ އަސާސީ އޮނިގަނޑުގެ ޤާޢިދާއާއި ޤާނޫނުއަސާސީގެ 4، 5، 8، 26، 27، 75، 90 ވަނަ މާއްދާތަކާ ޚިލާފުވާތީ ބާޠިލު އިޞްލާޙެއްތޯ، 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރިފަރެންޑަމެއް ބޭއްވުން ލާޒިމުވިތޯ، އަދި އެ އިޞްލާޙު މިހާރު އިންތިޚާބުވެފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެތޯ؛ އަދި ޤާނޫނުއަސާސީ އިޞްލާޙެއް މައުޟޫޢީ ގޮތުން ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވޭތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދުސްތޫރީ މައްސަލަ ބާޠިލު؛ ޤާނޫނުއަސާސީގެ 73 (ބ) އަށް ގެނައި އިޞްލާޙު ބާޠިލުކުރެވޭނެ ހަމައެއް ނެތް، އަދި އެ އިޞްލާޙު 20 ވަނަ މަޖިލީހުގެ މެންބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައެޅޭނެ އަސާސެއް ނެތް (އަޣުލަބިއްޔަތުން)؛ ދައުލަތުގެ އިޖުރާއީ އިއުތިރާޒު ބާޠިލު، ވަގުތީ އަމުރުތައް ނުނެރެ
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ފާސްކުރާ ޤާނޫނުތަކާ ގުޅޭ މައްސަލައެއް މައުޟޫޢީ ގޮތުން ނުބެލޭނެކަމަށް، ނުވަތަ ސުޕްރީމް ކޯޓަށް ބެލޭނީ އިޞްލާޙުގެ އިޖުރާއީ ޞައްޙަކަން އެކަންޏެވެ ކަމަށް ބުނާ އެއްވެސް މާއްދާއެއް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ނެތެވެ. 274 ވަނަ މާއްދާގައިވާ "ދުސްތޫރީ މައްސަލަ" ގެ މާނައިގައި ޤާނޫނުއަސާސީގެ މާއްދާއެއް މާނަކުރުން ހިމެނޭތީ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ޤާނޫނުއަސާސީގެ ސިޔާދަތުގެ މައްޗަށް ބިނާވެފައިވާތީ، އެފަދަ މައްސަލައެއް ހަމައެކަނި އިޖުރާއީ ގޮތުން ބަލާ ބެލުމަކަށް ނުވާނެއެވެ.
HN2 ޤާނޫނުއަސާސީގެ މާއްދާއަކަށް ގެންނަ އިޞްލާޙަކީ ދުސްތޫރީ އަސާސަކާ ޚިލާފު އިޞްލާޙެއްކަން ސާފުވާނީ ދެފަރާތުގެ ޤާނޫނީ ޖަދަލު މައުޟޫޢީ ގޮތުން އަޑުއެހުމުންނެވެ. މައުޟޫޢީ އަޑުއެހުމަކާ ނުލައި އެފަދަ މައްސަލައެއް ނުބެލޭނެކަމަށް ނިންމައިފިނަމަ ދުސްތޫރީ އިޚްތިޞާޞް ހަނިވެ، ޗެކް އެންޑް ބެލެންސްގެ ނިޒާމު ގެއްލިދާނެއެވެ. އެހެންކަމުން، މި މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައިވާ ސިފަތައް ލިބިގެންވާ، ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެކެވެ. މުޙައްމަދު ޙަލީމް ވ. ޔައުޤޫބު ޢަބްދުﷲ ޤަޟިއްޔާގައި ބަޔާންކުރި ކަންކަމުގެ މާނައަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ ދުސްތޫރީ މައްސަލަތައް މައުޟޫޢީ އަޑުއެހުމަކާ ނުލައި ބާޠިލުކުރުން ލާޒިމުވުމެއް ނޫނެވެ.
HN3 ދުސްތޫރީ ހުސްކަމަކީ ޤާނޫނުއަސާސީގެ ދަށުން ވަކި ފަރާތަކާ ހަވާލުކުރެވިފައިވާ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާނެ ފަރާތެއް ނެތް ގޮތަށް މެދުވެރިވާ ޙާލަތެވެ. ދުސްތޫރީ ނިޒާމުން ބޭރުވުމަކީ އެއްވެސް ސަބަބަކާ ހުރެ ޤާނޫނުއަސާސީއަށް ނުވަތަ އޭގެ މައިގަނޑު ބަޔަކަށް ޢަމަލުކުރުމަށް ނުކުޅެދޭ ޙާލަތަކަށް ޤައުމު ދިއުމެވެ (ޢަލީ ޝާހް ވ. ދައުލަތް [2021] SC 49 ގެ ޓެސްޓު).
HN4 ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ނުފޯރުވުމަށް އަމުރުކޮށްދިނުމަށް އެދޭ ވަގުތީ އަމުރަކީ ފަނޑިޔާރުންގެ އަމިއްލަ މަޞްލަޙަތުގައި ނެރެދޭންޖެހޭ އަމުރަކަށްވާތީ، މީހަކު އަމިއްލަ މައްސަލައެއްގައި ނިޔާ ނުކުރާނެ ކަމަށް ބުނާ ޠަބީޢީ ޢަދާލަތުގެ ހަމައާ ޚިލާފުވާތީ ނުނެރެވޭނެއެވެ. އަދި ޝަރީޢަތުގައި ސަލާޙިއްޔަތާމެދު ސުވާލު އުފައްދާފައިވާ މާއްދާއަކަށް ޢަމަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރު ނެރުމުގެ ނަތީޖާއަކީ މައުޟޫޢީ ގޮތުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާއަށް އަސަރުކުރުމަށްވާތީ، އެފަދަ ވަގުތީ އަމުރެއް ނުނެރެވޭނެއެވެ (ފަނޑިޔާރުންގެ އިއްތިފާޤުން).
HN5 ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ ދަށުން ދުސްތޫރީ ސިޔާދަތަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ އަސާސީ ސިފައެކެވެ. ޤާނޫނުއަސާސީގައި އަސާސީ ސިފަތައް (މިސާލަކަށް 2، 4، 5–7، 8 އަދި 268، 9، 10، 11 ވަނަ މާއްދާތަކާއި 2 ވަނަ ބާބު) ހިމެނޭ ނަމަވެސް، އެފަދަ ސިފަތައް ހިމެނޭ ހުރިހާ މާއްދާއަކަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އިޖުރާއަތުގައި އެއް ދަރަޖައިގެ ރައްކާތެރިކަމެއް ލިބިދީފައެއް ނުވެއެވެ.
HN6 ޤާނޫނު މާނަކުރުން ފެށެނީ ޢިބާރާތާއި އޮނިގަނޑުން ކަމަށާއި ޤާނޫނު ކިޔަންވާނީ އެއް ރޮއްޖެއްގެ ގޮތުގައި ކަމަށް ބުނާ ހަމައަކީ ޤާނޫނުއަސާސީ މާނަކުރުމުގައިވެސް ބޭނުންކުރަންވާނެ ހަމައެވެ. ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބާރަކީ ޤާނޫނުއަސާސީން ލިބިދޭ މުޝްތަޤް (ޑެރިވޭޓިވް) ބާރަކަށްވާތީ، ރައްޔިތުންގެ މަޖިލީހުން އޭގެ ބޭނުން ކުރަންވާނީ ޤާނޫނުއަސާސީން ލިބިދީފައިވާ ޙުދޫދުގެ ތެރޭގައެވެ. ހަމައެފަދައިން، އެ އިޞްލާޙުތަކާ ގުޅޭ ޝަރުޢީ މުރާޖަޢާގައި ކޯޓުތަކުންވެސް ތަބާވާންޖެހެނީ ޤާނޫނުއަސާސީން ކޯޓުތަކަށް ދީފައިވާ ޙުދޫދަށެވެ.
HN7 2 ވަނަ މާއްދާގެ ޙުދޫދުގެ ތެރެއިން، 12 ވަނަ ބާބުގައިވާ އިޖުރާއަތާ އެއްގޮތަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މުޠުލަޤު ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އިންޑިއާގައި އަސާސީ އޮނިގަނޑުގެ ޤާޢިދާ ބޭނުންވީ 368 ވަނަ މާއްދާއިން ފުޅާ އިޞްލާޙީ ބާރެއް ލިބިދީފައިވާތީ ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އޭގެ ޒާތުގައި އިޞްލާޙުކުރުމުގެ އިންތަކާއި އިޖުރާއަތުތަކާއި ރިފަރެންޑަމް ފަދަ ރައްކާތެރިކަމުގެ ހަމަތައް ޤާއިމުކޮށްފައިވާތީ ޙާލަތު ތަފާތެވެ. އެހެންކަމުން ވަކި މާއްދާތަކެއް އަސާސީ އޮނިގަނޑުގެ ގޮތުގައި ސުޕްރީމް ކޯޓުން އެކަނި ކަނޑައެޅުމުގެ ބަދަލުގައި، އެކަން ބޭނުންތެރިކަމަށް ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެނަމަ ކުރެވޭނެ ޤާނޫނީ ހަމަތައް ޤާނޫނުއަސާސީގައި މިހާރުވެސް ޤާއިމުވެފައިވެއެވެ.
HN8 އެންޓި ޑިފެކްޝަން އުޞޫލުތަކަކީ ހަމައެކަނި ބަރުލަމާނީ ނިޒާމުތަކަށް ޚާއްޞަ، ރިޔާސީ ނިޒާމުތަކާ އެކަށީގެން ނުވާ އުޞޫލުތަކެއް ނޫނެވެ (ނައިޖީރިއާ، ކެންޔާ، ސްރީލަންކާ ފަދަ ޤައުމުތަކުގެ މިސާލު). ދިވެހިރާއްޖޭގެ ރިޔާސީ ނިޒާމުގައި ބަރުލަމާނީ ނިޒާމުގެ ބައެއް ސިފަތައް ހިމެނޭތީ، ތަޅުން ހުރަސްކުރުމުން ބަރުލަމާނީ ނިޒާމުގައި ދިމާވާ ނުރައްކާ ރިޔާސީ ނިޒާމުގައިވެސް ދިމާވެދާނެއެވެ. އަދި އަނާރާ ނަޢީމް ޤަޟިއްޔާގައި އެންޓި ޑިފެކްޝަން އުޞޫލަކީ އަސާސީ ޙައްޤުތަކާ ފުށުއަރާ އުޞޫލެއް ނޫންކަމަށް ކަނޑައަޅާފައިވާއިރު، އެއާ ދުރަށް ދާންޖެހޭ ޙުއްޖަތެއް ދައްކާފައި ނުވެއެވެ.
HN9 ޖިނާއީ ޤާނޫނުތައް މާޒީއަށް ނުހިނގުމުގެ މަބްދައު 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޖިނާއީ ނޫން ޤާނޫނުތައް ޢާންމު އުޞޫލެއްގެ ގޮތުން މާޒީއަށް ނުހިނގާނެ ނަމަވެސް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަވާނަމަ މަދަނީ ޤާނޫނެއް މާޒީއަށް ހިނގިދާނެއެވެ. މާޒީއަށް ނުހިނގުމުގެ މަބްދައު ނިސްބަތްވަނީ ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ޢަމަލުތަކާއި ހާދިސާތަކަށެވެ.
HN10 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ހިނގާނީ 6 ވަނަ އިޞްލާޙު ތަޞްދީޤުކޮށް ގެޒެޓުގައި ޝާއިޢުކުރި ފަހުން މެންބަރުން ކުރާ ޢަމަލުތަކުގެ މައްޗަށެވެ. އެހެންކަމުން، މިހާރުގެ (20 ވަނަ) މަޖިލީހުގެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އެ ތާރީޚުގެ ފަހުން ޕާޓީއިން ވަކިވެއްޖެނަމަ، ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ، އަދި އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރަކު އެ ތާރީޚުގެ ފަހުން ޕާޓީއަކާ ގުޅިއްޖެނަމަ، އެ މެންބަރެއްގެ ގޮނޑިއާމެދު 73 (ބ) އާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. ތަޞްދީޤުކުރުމުގެ ކުރިން ޕާޓީއިން ވަކިވި މެންބަރެއްގެ މައްޗަށް އެ އިޞްލާޙު ނުހިނގާނެއެވެ. މިކަމުގައި މުހިންމަކީ މެންބަރު އިންތިޚާބުވި ތާރީޚެއް ނޫން، ޢަމަލު ހިނގި ތާރީޚެވެ. ނަތީޖާ ކުރިން އެނގިފައިވާ ޢަމަލުތަކަށް އިޞްލާޙު ހިނގުމަކީ ޤާނޫނު މާޒީއަށް ހިންގުމެއް ނޫނެވެ.
HN11 ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގަންޖެހެނީ އެ އަކުރުގައި ލިސްޓުކޮށްފައިވާ މާއްދާތަކަށް (2 ވަނަ ބާބު، 79 (ހ)، 107، 108، 262 (ށ)، 3 (ހ) އަދި (ށ)) އިޞްލާޙު ގެންނަ ޙާލަތުގައެވެ. އެނޫން މާއްދާއަކަށް ގެންނަ އިޞްލާޙަކަށް ރިފަރެންޑަމް ލާޒިމުކުރުމަކީ ޞަރީޙަ ނައްޞާ ޚިލާފު ކަމެކެވެ. 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ މެންބަރުކަމުގައި ދެމިހުރުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި ގޮނޑި ހުސްވާ ޙާލަތްތައް ބަޔާންކުރާ މާއްދާއެއް ކަމުން، އެއީ 26 ވަނަ މާއްދާގެ ވޯޓުލުމުގެ ނުވަތަ ކުރިމަތިލުމުގެ ޙައްޤު ނުވަތަ 27 ވަނަ މާއްދާގެ ޙައްޤު ހަނިކުރާ ނުވަތަ ބާޠިލުކުރާ އިޞްލާޙެއް ނޫނެވެ. އެހެންކަމުން އެ އިޞްލާޙަށް ރިފަރެންޑަމެއް ލާޒިމެއް ނުވެއެވެ.
HN12 އަސާސީ ޙައްޤުތައް ޤާނޫނަކުން ހިފެހެއްޓިދާނެކަން 16 ވަނަ މާއްދާގެ (ހ) އަދި (ށ) އިން އެނގެއެވެ. 26 ވަނަ މާއްދާގެ ވޯޓުލުމާއި ކުރިމަތިލުމުގެ ޙައްޤުތަކަކީ އެކަށީގެންވާ ހިފެހެއްޓުންތައް ގެނެވިދާނެ ޙައްޤުތަކެކެވެ. ރައްޔިތުން ތަމްސީލުކުރާ މަންދޫބުންގެ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމަށް އެންޓި ޑިފެކްޝަން އުޞޫލު ކަނޑައެޅުމަކީ ދިމިޤްރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލެކެވެ.
HN13 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާގެ ދަށުން މެންބަރުން މަސައްކަތްކުރަންޖެހެނީ ޤާނޫނުއަސާސީގައިވާ ހަމަތަކެއްގެ މަތިންނެވެ. 73 (ބ) އަކީ ރައްޔިތުން ދީފައިވާ އިންތިޚާބީ މެންޑޭޓުގެ އަޞްލު ނުގެއްލޭނެހެން އެކުލަވާލެވުނު އުޞޫލެކެވެ. އެފަދަ ދުސްތޫރީ ހުރަހަކީ އަސާސީ ސިފައަކާ ޚިލާފު ކަމެއްތޯ ބަލާ ޓެސްޓަކީ އޭގެ ސަބަބުން ތަމްސީލީ ޑިމޮކްރަސީއަށް ނުވަތަ ޤާނޫނުއަސާސީގެ ސިޔާދަތަށް އުނިކަމެއް އަންނަތޯ ބެލުމެވެ. އެފަދަ އުނިކަމެއް ނާންނަހާ ހިނދަކު، އެއީ ޤާނޫނުއަސާސީގެ އަސާސީ ސިފައަކާ ޚިލާފު ކަމެއް ނޫނެވެ. އެހެންކަމުން، އެންޓި ޑިފެކްޝަން އުޞޫލެއް ޤާނޫނުއަސާސީގައި ހިމެނުމަކީ 4، 5، 8، 26، 75 އަދި 90 ވަނަ މާއްދާތަކާ ޚިލާފު ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު..... 69 .....
އިޖުރާއީ އިއުތިރާޒު..... 69 ..... މައްސަލައިގެ މައުސޫޢު..... 70 ..... ދުސްޗޫރު މާނަކުރުމާގުޅޭ އެކި މަބްދަޢުތަކާއި އުސޫލުތައް ..... 71 ކުރިމަތީގައި ހުރި ސުވާލުތައް..... 78
(ހ) ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކާއި ޚިލާފު އިޞްލާޙެއްކަން ނުވަތަ ނޫންކަން ..... 79
(ހ) ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅޭކަން ނުވަތަ ނޫންކަން..... 100
(ނ) ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ރަޖުއީކޮށް ހިނގާނެކަން ނުވަތަ ނޫންކަން ..... 106 ނިންމަން ފެންނަ ގޮތް..... 111
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު..... 112
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު..... 116
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު..... 116
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު..... 116
ޙުކުމް..... 116 بِسْمِ الرَّحْمَنِ الرَّحِيمِ ޢަލީ ޙުސައިން ވ. ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) [2026] SC 12 އުއްތަމަ ފަނޑިޔާރު ޢަބްދުލްޕަނީ މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ޤާނޫނު ނަންބަރު 25/2024 (ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިޞްލާޙު (މީގެ ފަހުން: "ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙު") ގެނެސްފައިވަނީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ އަސާސާއި، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި އޮންނަ އަސާސާއި، ޤާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމިއޮތުމަށް ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާއި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި، 90 ވަނަ މާއްދާއާ ފުށުއަރާގޮތަށް، އަދި ތިން ބާރު ވަކިވެފައިވާ ދިމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑު ވެގެން ދާގޮތަށް، ބޭސިކް ސްޓްރަކްޗަރގެ ޤާޢިދާ [Basic Structure Doctrine] ގެ އުސޫލާވެސް ޚިލާފަށްކަމަށްބުނެ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާޠިލު އިޞްލާޙެއްކަމަށް ކަނޑައަޅައިދިނުމަށާއި، އެ އިޞްލާޙަށް ޢަމަލުކުރެވޭ މުއްދަތުގައިވެސް އެ އިޞްލާޙަކީ މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މައްޗަށް ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެ އިޞްލާޙެއް ނޫންކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ
(ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން، ބ.ކެންދޫ، […] ޢަލީ ޙުސައިންގެ ފަރާތުން ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ މައްޗަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެވެ.
މައްސަލަ ހުށަހެޅިފަރާތުން އެދޭގޮތް
2މައްސަލަ ހުށަހެޅި ފަރާތުން ގޮތް ކަނޑައަޅައި ދިނުމަށް އެދިފައިވަނީ ދެ ކަމެއްގައެވެ. އެއީ؛
2.1 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާޠިލު އިޞްލާޙެއްކަމަށް ކަނޑައަޅައިދިނުން؛
2.2 އެ އިޞްލާޙަށް ޢަމަލުކުރެވޭ މުއްދަތުގައިވެސް އެ އިޞްލާޙަކީ މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންގެ މައްޗަށް ރަޖުޢީކޮށް ތަޠުބީޤުކުރެވޭނެ އިޞްލާޙެއް ނޫންކަމަށް ކަނޑައަޅައިދިނުން؛ ތަދައްކުލުވުން
3މި މައްސަލައަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތަދައްޚުލް ވެފައިވެއެވެ. އެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ފޯމުގައި މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކުގެ ތެރެއިން 2 ސަބަބު ފިޔަވައި ދެން ހުރި ސަބަބުތަކަކީ މައްސަލަ ހުށަހެޅި ފަރާތުންވެސް ފާހަގަކޮށްފައިވާ ސަބަބުތަކެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިތުރަށް ހުށަހެޅި ދެ ސަބަބަކީ؛
1.3 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙުގެ ސަބަބުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށް ބަދަލުއައިސްފައިވާއިރު، އެ ޤާނޫނު ތަޞްދީޤުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަން؛ އަދި
3.2 ޤާނޫނު ނަންބަރު 25/2024 (ޤާނޫނުއަސާސީއަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ފާސްކޮށްފައިވަނީ، ސިޔާސީ ޕާޓީތަކާއި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތިކަން؛ މިއެވެ.
ތަދައްޚުލްވި ފަރާތުން އެދިފައިވާގޮތް
4މައްސަލައަށް ތަދައްޚުލްވި ފަރާތުން ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅުމަށް އެދިފައިވަނީ، މައްސަލަ ހުށަހެޅި ފަރާތުންވެސް އެދިފައިވާ ކަންކަމަށެވެ.
ދައުލަތުގެ އިޖުރާއީ އިއުތިރާޒު
5މި މައްސަލައަކީ، ސުޕްރީމް ކޯޓަށް މައުޟޫޢީ ގޮތުން ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާ މައްސަލައެއްކަމަށް ބުނެ ދައުލަތުގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައިވެއެވ. ދައުލަތުގެ އިޖުރާއީ އިއުތިރާޒު ބިނާކުރާ މައިގަނޑު ސަބަބުތައް ތިރީގައި އެވަނީއެވެ.
5.1 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙަކީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިޖުރާއާތު ފުރިހަމަކުރުމަށްފަހު ގެނެސްފައިވާ އިޞްލާޙެއްކަމާއި، އެގޮތުން މި އިޞްލާޙަކީ، ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ އިސްލާޙެއްކަން؛
5.2 ޤާނޫނުއަސާސީއަށް އިސްލާޙެއް ގެނެވޭ ހިނދު، އެ އިޞްލާޙަކީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ނ) އާ ޚިލާފުނުވާ އިޞްލާޙެއް ކަމުގައިވާނަމަ، އެއިޞްލާޙަށް ޢަމަލުކުރަން ފަށާ ހިސާބުން އެ އިސްލާޙުވާނީ ޤާނޫނުއަސާސީގެ ބަޔަކަށް ކަމުގައިކަމާއި، ޤާނޫނުއަސާސީ އިޞްލާޙުކުރުމާއި ޤާނޫނުތައް ހެދުމުގެ އެންމެހައި ބާރުތަކަކީ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ އާއި 79 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ [Prerogative Power] ބާރެއް ކަން؛
5.3 ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، 20 ވަނަ ރައްޔިތުންގެ މަޖިލިހަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ބާރުގެ ތެރެއިން ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން ހިމެނޭ މަޖިލީހެއް ކަމާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިން، އަދި ޤާނޫނުއަސާސީގައި ޤާނޫނުއަސާސީ އިޞްލާޙުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކޮށް ފާސްކުރުމަށްފަހު، ޢަމަލުކުރަން ފަށާފައިވާ އިޞްލާޙަކީ ރައްޔިތުންގެ ބަސް ކަމުގައިވާތީއާއި، އެފަދަ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިދާނެކަމަށް ނުވަތަ އެފަދަ އިޞްލާޙެއް ދިވެހިރާއްޖޭގެ ކޯޓަކަށް ބާޠިލް ކުރެވިދާނެކަމަށް ޤާނޫނުއަސާސީ ތަޞައްވުރު ނުކުރާ ކަން؛
5.4 ދައުލަތުގެ އެންމެހާ ބާރުތަކުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީ އިން ދީފައިވާ ބާރެއްގެ މައްޗަށް ބިނާކޮށް ކަމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކަށް ބަލާއިރު ދިވެހިރާއްޖެއަކީ ޤާނޫނުއަސާސީގެ ސިޔާދަތު [Constitutional Supremacy] އޮންނަ ޤައުމެއްކަމާއި²، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށްވެސް ލިބިގެންދާނީ ޤާނޫނުއަސާސީއިން ދީފައިވާ ބާރުގެ ދާއިރާގެ ތެރެއިން ޢަމަލުކުރުމުގެ ފުރުޞަތު ކަން؛ 2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ، ރޮޒައިނާ އާދަމް އަދި އަޙްމަދު މަޙްލޫފް ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް) ގަސިއްޔާގެ ފާހަޤޫ ކުރެބޭ ލޫކުތާ ތަކުގެ (ރ)
5.5 ޤާނޫނުއަސާސީ މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިދީފައިވީނަމަވެސް އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޤާނޫނުއަސާސީގެ މާއްދާއެއްގައި ނުހިމެނޭ ކަމެއް އެ މާއްދާއަށް އިތުރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ ޤަޟިއޔް ގައި ބަޔާންކޮށްފައިވާކަން؛
5.6 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) އިންވެސް އިޚްތިޞާޞް ލިބެނީ ދުސްތޫރީ މައްސަލައިގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަސްލު އިޚްތިޞާޞް ލިބިގެންވާ މައްސަލަތައް ބެލުމުގެ ބާރުކަން؛
5.7 ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ ޞައްޙަ މަގުން އިޖުރާއަތުތައް ފުރިހަމަކޮށް ނިންމާފައި އޮތް ނިންމުމެއް ކަމުގައިވާއިރު އެފަދަ ހާލަތެއްގައި އެއްވެސް ކޯޓަކަށް އެމައްސަލައެއް ބެލިދާނެކަމަށް ޤަބޫލު ނުކުރާކަމަށާއި އިޖުރާއީ އައިބެއް ހުރިނަމަ އެ މައްސަލަ ބެލުމުގެ ފުރުޞަތު އޮތްކަމުގައިވިޔަސް މައުޝޫޢީ ގޮތުން ސުޕްރީމް ކޯޓަށް މި މައްސަލަ ނުބެލޭނެކަން؛ މިއެވެ.
6އެހެންކަމުން މި މައްސަލައަކީ މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ނޫންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. އަދި ބަޔާންކުރެވުނު އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން މައުޟޫޢީގޮތުން ކުރިއަށްގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވެއެވެ.
7މި މިމައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށްބުނެ ދައުލަތުން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ބެހޭގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ޖަވާބު ދީފައި ވެއެވެ. އެގޮތުން؛
7.1 ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް، ޤާނޫނުއަސާސީއާ ޚިލާފުވާނަމަ، އެ ޚިލާފުވާ މިންވަރު ބާޠިލުކަމަށް ކަނޑައެޅުމަކީ، ދުސްތޫރީ މައްސަލަ ބެލުމުގެ ތެރެއިން ކޯޓުތަކަށް ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއިން ލިބިގެންވާ ބާރެއްކަން؛
7.2 ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް، ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި ގޮތް ނިންމުމުގެ ބާރު ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއިން ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ލިބިގެންވާކަން؛
7.3 ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލަތަކާއި، ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ މައްސަލަތައް ބެލުމުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވަނީ ސުޕްރީމް ކޯޓަށްކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ
(ހ) ގެ 01 ވަނަ ނަންބަރާއި 03 ވަނަ ނަންބަރުން އެނގެން އޮންނަކަން؛ އިޖުރާއީ ނުކުތާއާމެދު ގޮތް ކަނޑައެޅުން
8ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ދުސްތޫރީ މައްސަލަ" މާނަ ކޮށްދީފައިވަނީ އަންނަނި ޢިބާރާތުންނެވެ. " "ދުސްތޫރީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަ ކުރަން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރީ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ."
9އިސްވެ ބަޔާންކުރެވުނު މާނަކުރުމަކީ، ޤާނޫނުއަސާސީގެ 95 ވަނަ މާއްދާއާއި 143 ވަނަ މާއްދާ އާއި 144 ވަނަ މާއްދާގައި ހިމެނޭ ކަންކަމަށް ބަލައިގެން ކޮށްފައިވާ މާނަކުރުމެއް ކަމުގައި ޤަބޫލުކުރެވެއެވެ. އެގޮތުން؛
9.1 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި، "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށެވެ." މިފަދައިން ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި، "ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ޤާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެމައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ޤާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާ ހުރަސްއަޅާ ކަމެއް ނޫނެވެ." މިފަދައިން ބަޔާންކޮށްފައި ވެއެވެ.
9.2 ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގައި، "ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޮންމެ ކޯޓަކަށްމެ، އަންނަނިވި ކަންތައްތަކުގެ ތެރެއިން އެ ކޯޓެއްގެ އިޚްތިޞާޞްގެތެރޭގައި ހިމެނޭ ކަންތައްތައް ކުރުމުގެ ބާރު އެކޯޓަކަށް ލިބިގެންވެއެވެ.
(ހ) ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފުނަމަ އެ ޚިލާފުވާ މިންވަރު އެއީ ބާޠިލް އެއްޗެއް ނުވަތަ ބާޠިލް ކަމެއް ކަމުގައި ކަނޑައެޅުން.
(ށ) މި މާއްދާގެ (ހ) ގައިވާފަދަ ނިންމުމަކާ ގުޅިގެން ޢަދުލުވެރި އެހެނިހެން އަމުރުތައް ނެރުން. މީގެ ތެރޭގައި އަންނަނިވި ކަންތައްތައް ވެސް ހިމެނެއެވެ.
1. ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ސަބަބުން ނުވަތަ ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ޢަދުލުވެރި އިންޞާފުވެރި ބަދަލު ލިބިދިނުމަށްޓަކައި އަމުރުތައް ނެރުން.
2. ޤާނޫނުއަސާސީއާ ތަޢާރުޟުވާކަމަށް ކޯޓުން ނިންމާފައިވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ކޯޓުން ނިންމައިފައިވާ ކަމެއް އިސްލާޙު ކުރާންޖެހޭ އިދާރާއަކުން އެކަންކުރުމަށް ފުރުޞަތު ދިނުމަށްޓަކައި ކޯޓުން ކަނޑައަޅާ ޝަރުޠުތަކެއްގެމަތިން ވަކި މުއްދަތަކަށް ކޯޓުން އެ ނިންމުމަށް ޢަމަލުކުރުން ލަސްކުރުމުގެ އަމުރެއް ނެރުން.
(ނ) ޤާނޫނުއަސާސީއާ ތަޢާރުޟުވުމުގެ ސަބަބުން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރުނު އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރި ކަމެއް ނުވަތަ ނިންމި ނިންމުމެއް ބާޠިލްކަމަށް ނިންމާފައިވާ ނިންމުމެއްގެ ސަބަބުން އޭގެ ކުރީން ހިނގައިފައިވާ އެއްވެސް ކަމެއް ބާޠިލް ނުވާނެ ކަމުގައި ކަނޑައެޅުން." މިފަދައިންނެވެ.
9.3 ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ވަނީ، "ޤާނޫނުގައި ކަން އޮތްގޮތް މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ޤާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ޤާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ޤާނޫނެއްގެ ޞައްޙަކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެއެވެ. މިފަދަ ކަންކަމަށް ސުޕްރީމްކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކުރުމާއެކު އެލަފާ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ. އެ ލަފާ އޮންނާންވާނީ، އިސްތިއުނާފު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ޙުކުމްތަކާ އެއްފަދައިންނެވެ."
10ދުސްތޫރީ މައްސަލަ ބެލުމާގުޅޭ އިތުރު ތަފުސީލު ބަޔާންކޮށްފައިވާ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާއަށް ބަލާއިރު، ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިގެންވާ 03 ބާވަތެއްގެ ދުސްތޫރީ މައްސަލަ ބަޔާންކޮށްފައިވެއެވެ. އެއީ؛ (1) އެމައްސަލައަކީ، ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ (2) އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ (3) އެ މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން؛ މިއެވެ.
11މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގެ ސަބަބުން ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވުމުގެ ފުރުޞަތު އޮތްކަމަށެވެ.
12ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި، "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ. ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީންނެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
13ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއަށް ބަލާއިރު، ދިވެހި ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި، މި ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ކަށަވަރުކޮށްދީފައި ވެއެވެ.
14ދިވެހި ދައުލަތުގެ ހިންގުން ބިނާވެގެންވަނީ މައިގަނޑު ތިން ބާރުގެ މައްޗަށްކަމާއި، އެއީ ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރުކަން ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
15ބަޔާންކުރެވުނު ތިން ބާރުންކުރެ ކޮންމެ ބާރަކަށްވެސް ލިބިގެންވަނީ ޤާނޫނުއަސާސީ އިން ދީފައިވާ ބާރެކެވެ. އަދި އެއްވެސް ބާރަކުން އަނެއް ބާރަކަށް ލިބިގެންވާ ބާރުތައް މަޙްދޫދު ކުރުމެއްވެސް ނުވެއެވެ. ނަމަވެސް އެއްބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ ހަރުދަނާ ނިޒާމެއް ޤާނޫނުއަސާސީ އިން ކަށަވަރު ކޮށްދީފައިވެއެވެ. އެކަން ދަލީލުކޮށްދޭ ދެ މިސާލެއް ބަޔާންކޮށްލަމެވެ.
15.1 ޤާނޫނުއަސާސީގެ 115 ވަނަ މާއްދާ ގެ (ޅ) އިން، ވަޒީރުންގެ މަޖިލީހަށް މީހުން ޢައްޔަންކުރުމާއި، އެމަޤާމުތަކުން މީހުން ވަކިކުރުމާއި، އެމީހުންގެ އިސްތިއުފާ ޤަބޫލުކުރުމުގެ ބާރު ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންކަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހެޔޮގޮތުގައި އަދާކުރުމުގައި ވަޒީރުންގެ މަޖިލިސް އެކުގައި އަދި ވަކިވަކިން ޖަވާބުދާރީ ވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް ވަޒީރުން ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވުމުގެ އިތުރަށް، ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ވެސް ޖަވާބުދާރީވާންޖެހޭކަން ޤާނޫނުއަސާސީގެ 134 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ.
15.2 ހަމައެގޮތަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައިވަނީ، "ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުންގެ ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައެޅިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރާންވާނެއެވެ. އަދި ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ." މިފަދައިންނެވެ.
16ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި އެވަނީ ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަމަށް ސާފު ޢިބާރާތުން ބަޔާންކޮށްފައި ވެއެވެ. ހަމައެއާއެކު، އެ މުސްތަޤިއްލުކަން ޕްރެކްޓިސް ކުރެވޭނެ އިން ވެސް އެވަނީ އެމާއްދާގައި ކުރަހައިދީފައި ވެއެވެ. އެއީ ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވުމެވެ. އަދި ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުމުގައި ވަކިފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބުމަށް އެވަނީ އިރުޝާދު ދެވިފައެވެ.
17ޤާނޫނުއަސާސީގެ ބަޔާންކުރެވު މާއްދާތަކުން އެއްވެސް އޮޅުމެއްނުވާ މިންވަރަށް ސާފުވާން އޮތް ޙަޤީޤަތަކީ، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ މިޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެމަތިން ކަމެވެ. އަދި މިކަމުން ކަށަވަރުވެގެންދަނީ ދިވެހިދައުލަތުގެ ދުސްތޫރީ ނިޒާމު ބިނާވެގެންވަނީ ޤާނޫނުއަސާސީގެ ސިޔާދަތު [Constitutional Supremacy] ގެ މައްޗަށް ކަމެވެ.
18ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒުގައި މިފަދައިން ހުށަހަޅާ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލާ ގޮތް ކަނޑައަޅާނަމަ ނުކުމެދާނެ ނޭދެވޭ ނަތީޖާއެއްގެ ގޮތުން ބައެއް ކަންކަން ފާހަގަކޮށްފައި ވެއެވެ. އެގޮތުން؛
18.1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔަޢުޤޫބު ޢަބްދުﷲ ޤަޟިއްޔާގެ 66 ވަނަ ޕެރެގްރާފުގައި، " ދައުލަތުގެ ޤާނޫނު ހެދުމުގެ ބާރަށް ޤާނޫނުއަސާސީ އިން ދީފައިވާ ޤާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ މަސްއޫލިއްޔަތުގެ ތެރެއަށް ފަނޑިޔާރުން ވަދެ ޤާނޫނުއަސާސީގައި ނެތް ޖަޒާއެއް އެއްވެސް ފަރާތެއްގެ މައްޗަށް ކަނޑައެޅުމަކީ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ހަމަޖެހިފައިވާ އޮތް ގޮތް ނޫންނެވެ." މިފަދައިން ފާހަގަކޮށްފައިވެއެވެ. އަދި އެޤަޟިއްޔާގެ 68 ވަނަ ޕެރެގްރާފްގައި، "ޤާނޫނުއަސާސީ މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވީ ނަމަވެސް، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޤާނޫނުއަސާސީގެ މާއްދާއެއްގައި ނުހިމެނޭ ކަމެއް އެ މާއްދާއަށް އިތުރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫނެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެކަން ވެގެންދާނީ ޤާނޫނުއަސާސީއެއް ގެންވާ ބަދަލަކަށެވެ. ޤާނޫނުއަސާސީގެ މާއްދާއަކަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ ޤާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށެވެ." މިފަދައިން ފާހަގަކޮށްފައި ވެއެވެ. އަދި ހަމަ އެޤަޟިއްޔާގެ 77 ވަނަ ޕެރެގްރާފްގައި، "ޤާނޫނުއަސާސީއާ ގުޅޭގޮތުން ކަންކަން ނިންމުމަށް ޤާނޫނުއަސާސީއިން ކޯޓުތަކަށް ދީފައިވާ ބާރުގެ މިންވަރު ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ އާއި 144 ވަނަ މާއްދާގައެވެ. އެ މާއްދާތަކުގައި ކޯޓުތަކަށް ބާރުދީފައިވަނީ ޤާނޫނުއަސާސީގެ މާއްދާއެއް އޮޅުންއަރާނަމަ އެ މާއްދާއެއް މާނަކުރުމާއި ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނަކީ ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ނިންމާ ނިންމުމަކީ ނުވަތަ ދައުލަތުގެ މުވައްޒަފަކު ނިންމާ ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފުވާ ކަމެއްނަމަ އެކަން ބެލުމަށްފަހު ގޮތެއް ނިންމުމަށެވެ." މިފަދައިން ބަޔާންކޮށްފައި ވެއެވެ. އަދި ޤާނޫނުއަސާސީގެ މާއްދާއެއްގައިވާ މަފްހޫމަށް ބޮޑު ބަދަލެއް އަންނާނެ ގޮތަށް ޤާނޫނުއަސާސީގައިވާ ލަފުޒެއް މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔަޢުޤޫބު ޢަބްދުﷲ ޤަޟިއްޔާއާ ޙަވާލާދީ ދައުލަތުން ފާހަގަކޮށްފައި ވެއެވެ.
18.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވާ ރޮޒައިނާ އާދަމް، އަޙްމަދު މަޚްލޫފް ވ. ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގެ ފާގަކުރެވުނު ނުކުތާގެ (ރ) އަށް ޙަވާލާދީ، ދައުލަތުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުންނާއި، ޤާނޫނު ހެދުމުގެ ބާރުން، އަދި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުންވެސް ޢަމަލުކުރަންވާނީ، ޤާނޫނުއަސާސީ އިން ދީފައިވާ ބާރެއްގެ މައްޗަށް ބިނާކޮށްކަމަށްބުނެ އެކަން ފާހަގަކޮށްފައިވެއެވެ.
19ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔަޢުޤޫބު ޢަބްދުﷲ ޤަޟިއްޔާއާއި ރޮޒައިނާ އާދަމް، އަޙްމަދު މަޚްލޫފް ވ. ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އިސްވެ ހަވާލާދެވިފައިވާ ޢިބާރާތްތަކުގައިވާ ކަންތައްތަކަކީ، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައި، އެފަދަ މައްސަލަތަކުގައި ގޮތް ކަނޑައެޅުމުގައި، ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނެ މުހިންމު ކަންކަން ބަޔާންކޮށް، އަދި ފަނޑިޔާރުންނަށް ކަނޑައެޅިފައިވާ އިމަކީ ކޮބައިކަން ބަޔާންކޮށްދީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި، "ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ" މިފަދައިން ކަނޑައަޅާފައި އޮތުމުގެ މާނައާއި އެކަމުގެ ޙުދޫދު ބަޔާންކޮށްދިނުމުގެ ގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކެއްކަމަށް އަހުރެންނަށް ދޭހަވެއެވެ. އަދި އެއީ ދުސްތޫރީ މައްސަލަތަކާއި ޤާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތައް ބެލުމުގައި، ޤާނޫނުއަސާސީ ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޒިންމާ އުފުލާ ފަރާތެއްގެ ހައިސިއްޔަތުން ޤާނޫނުއަސާސީ އިން ދައުލަތުގެ އެހެން ބާރުތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއަށް ނުވަނުމަށާއި، ޤާނޫނުއަސާސީ އިން ޢަދުލުއިންސާފު ޤާއިމްކުރުމުގެ ބާރަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އާބިޓްރަރީ ނުވުމަށާއި، ދައުލަތުގެ އެހެން ބާރުތަކަށް ލިބިފައިވާ ބާރުތަކަށް އިޙްތިރާމްކޮށް، އެންމެނަށްވެސް ޤަބޫލުކުރެވޭފަދަ ޤާނޫނީ ހަމަތަކުގެމަތިން ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ނިންމުންތައް ނިންމުމަކީ، ޤާނޫނީ ގޮތުން އެކަންކުރަންޖެހޭ ގޮތްކަމުގައި ބަޔާންކުރުމުގެ ގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކެއް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.
20HN2ދައުލަތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔަޢުޤޫބު ޢަބްދުﷲ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަކީ، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަރާތުން އުފައްދާ ޙައްސާސީ އަދި ޤާނޫނީ ސުވާލުތަކަށް ޖަވާބު ނުލިބޭގޮތަށް، މައުޟޫޢީގޮތުން އަޑުއެހުމަކާނުލައި މައްސަލަތައް ނުބެލޭނެކަމަށް ނިންމުން ލާޒިމްވާގޮތަށް އެމާނައިގައި ފާހަގަކޮށްފައިވާ ނުކުތާތަކެއްކަމަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
21ސުޕްރީމް ކޯޓަށް އަޞްލީ އިޚްތިޞާޞް ލިބިދީފައިވާ މައްސަލަތަކުގެ ސިފަތައް ބަޔާންކޮށް ދީފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ކަމާއި، އެ މާއްދާގެ (ހ) ގެ (1) ގައިވާ ސިފައަކީ، އެމައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ވުމެވެ.
22HN3ސުޕްރީމް ކޯޓުގެ ޢަލީ ޝާހް ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް) [2021] SC 49] ޤަޟިއްޔާ ގައި، ޤައުމު ދުސްތޫރީ ގޮތުން ހުސްކަމަކަށް ހިނގައިދާނެކަމަށް ބެލެވޭ ޙާލަތާއި ޤައުމުގެ ދުސްތޫރީ ނިޒާމުން ބޭރުވާނެ ކަމަށް ބެލެވޭ ޙާލަތަކީ ކޮބައިކަން ބަޔާންކޮށްދީފައި ވެއެވެ. އަދި އެފަދަ ޙާލަތްތަކުގައި، ހައްލެއް ހޯދުމަށް ދުސްތޫރީ ކޯޓުގެ އެހީ ހޯދިދާނެކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.
23މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުސްތޫރީ މައްސަލަތަކުގެ ތިން ގިންތީގެ ތެރެއިން ގިންތިއަކަށް ފެތޭ މައްސަލައެއްކަން ނުވަތަ ނޫންކަން ބެލުމަށްޓަކައި، މިމައްސަލައަށް ތަޠުބީޤުކުރަން ޖެހޭނީ، ސުޕްރީމް ކޯޓުގެ ޢަލީ ޝާހް ވ. ދިވެހި ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ) ޤަޟިއްޔާގައި ދުސްތޫރީ މައްސަލައެއްކަން ދެނެގަތުމަށްޓަކައި ބޭނުންކުރެވޭ ޓެސްޓެވެ.
24އިސްވެ ބުނެވުނު ޢަލީ ޝާހް ވ. ދިވެހި ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ) ޤޟިއްޔާގައަ ބަޔާންކޮށްފައިވާ ގޮތުން ދުސްތޫރީ ހުސްކަމަކީ ޤާނޫނުއަސާސީގެ ދަށުން ވަކިގޮތަކަށް އިންތިޒާމުކުރެވި، ވަކި ފަރާތަކާ ދައުލަތުގެ ވަކި މަސްއޫލިއްޔަތެއް ހަވާލުކުރެވިފައިވަނިކޮށް، އެ މަސްއޫލިއްޔަތެއް އަދާކުރާނޭ ފަރާތެއް ނެތް ގޮތަށް މެދުވެރިވާ ޙާލަތެވެ. އަދި، ދުސްތޫރީ ނިޒާމުން ބޭރުވާނެ ކަމަށް ބެލެވޭ ޙާލަތަކީ އެއްވެސް ސަބަބަކާ ހުރެ ޤާނޫނުއަސާސީއަށް ނުވަތަ ޤާނޫނުއަސާސީގެ މައިގަނޑު ބަޔަކަށް ޢަމަލުކުރުމަށް ނުކުޅެދިގެންވާ ޙާލަތަކަށް ޤައުމު ދިއުންކަމުގައި ކަނޑައަޅާފައިވެއެވެ.
25މި މައްސަލަ ހުށަހެޅި ފަރާތުން މަތީގައި ބަޔާންކުރެވުނު ފަދަ ދުސްތޫރީ ޙާލަތާ ގުޅޭ ސުވާލުތަކެއް އުފައްދާފައި ވެއެވެ. އެހެންކަމުން ފަނޑިޔާރުންނާ މަތިކުރެވިފައިވާ ދުސްތޫރީ ވާޖިބު ނިޔާކުރަނީ، އެ ސުވާލުތަކާއި އެސުވާލުތަކުން އުފައްދާ ޤާނޫނީ ބަހުސް ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅުމުގެ ޙައްޤު އެފަރާތަށް ލިބިދިނުމަށެވެ.
26މި މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ޞީޣާގައި ވަނީ، "ޤާނޫނު ނަންބަރު 25/2024 (ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިޞްލާޙު ގެނެސްފައިވަނީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ އަސާސާއި، ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި އޮންނަ އަސާސާއި، ޤާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމިއޮތުމަށް ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާއި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި، 90 ވަނަ މާއްދާއާ ފުށުއަރާގޮތަށް، އަދި ތިން ބާރު ވަކިވެފައިވާ ދިމިޤްރާޠީ އަސާސްތަކުގެ މައްޗަށް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާ ގޮތަށް، [Basic Structure Doctrine] ގެ އުސޫލާވެސް ޚިލާފަށްކަމަށް މައްސަލަ ހުށަހެޅިފަރާތުން ދެކޭތީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާޠިލު އިޞްލާޙެއްކަމަށް ކަނޑައަޅައިދިނުމަށާއި، އެ އިޞްލާޙަށް ޢަމަލުކުރެވޭ މުއްދަތުގައިވެސް އެ ކ މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންގެ މައްޗަށް ރަޖުޢީކޮށް ތަޠުބީޤު ކުރެވޭނޭ އިޞްލާޙެއް ނޫންކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި"
27ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ އިޖުރާއާތު ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ ބާރަވަނަ ބާބުގައެވެ. އެ ބާބުގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީގޮތުން ބޭނުންވާ މެންބަރުންގެ ޢަދަދާއި، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަޞްދީޤުކުރުމުގެ ނަތީޖާއާއި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ފާސްކުރެވޭ ބިލަކީ، ޤާނޫނުއަސާސީގެ "އަސާސީ ޙައްޤުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް ގެނެވޭ އިޞްލާޙަކަށްވާނަމަ، އަދި ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ ޢުމުރު) ބަޔާންކުރާ މާއްދާއަށް ގެނެވޭ އިޞްލާޙެއް ކަމުގައިވާނަމަ، އަދި ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް) އާއި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) (ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރުން) އާއި، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) (ދިވެހިރާއްޖޭގެ ސަރަޙައްދު)،މިއިން ކަމަކާ ގުޅޭ އިޞްލާޙެއްނަމަ ޢަމަލުކުރަންޖެހޭ އިޖުރާއާތު ބަޔާންކޮށްފައި ވެއެވެ.
28HN1ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމަށް ފާސްކުރެވޭ ޤާނޫނު ތަކާގުޅޭގޮތުން ހުށަހެޅޭ މައްސަލައެއް މައުޟޫޢީގޮތުން ނުބެލޭނެކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ޤާނޫނުއަސާސީގައި އަދި އެހެން ޤާނޫނެއްގައިވެސް ނެތެވެ. އަދި ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ބެލޭނީ ހަމައެކަނި އެފަދަ އިޞްލާޙުތަކާ ގުޅިގެން ހިނގާފައިވާ އިޖުރާއާތު ޞައްޙަކަން ކަށަވަރުކުރުމަށް ބެލެވޭ މައްސަލަތައް އެކަނި ކަމަށް ބަޔާންކުރާ މާއްދާއެއްވެސް ފެންނާކަށް ނެތެވެ.
29ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި، "ދުސްތޫރީ މައްސަލަ" މާނަކުރުމުގައި، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރަންޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތައް ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް މާނަކުރަންޖެހޭ މައްސަލަތަކަކީ، ހަމައެކަނި އިޖުރާއީ ގޮތުން ބަލަންޖެހޭ ބެލުމެއް ކަމުގައި ނުވާނެކަން ކަށަވަރުވެއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ބިނާވެފައިވަނީ ޤާނޫނުއަސާސީގެ ސިޔާދަތު [Constitutional Supremacy] ގެ އަސާސްތަކުގެ މައްޗަށްކަމަށްވެފައި، ރައްޔިތުންގެ މަޖިލީހުންވެސް ޢަމަލުކުރަންޖެހެނީ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްދީފައިވާ ދުސްތޫރުގެ ސިޔާދަތުގެ އަސާސްގެ މައްޗަށް ކަމަށްވާތީއެވެ.
30ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، ޤާނޫނުއަސާސީގެ މާއްދާއަކަށް ނުވަތާ މާއްދާތަކަށް ގެންނަ އިޞްލާޙަކީ ދުސްތޫރީ އަސާސްއަކާ ޚިލާފު އިޞްލާޙެއްކަން ނުވަތަ ނޫންކަން ސާފުވާނީ މައްސަލަ މައުޟޫޢީ ގޮތުން ދެ ފަރާތުގެ ޤާނޫނީ ޖަދަލުތައް އަޑުއެހުމުންނެވެ. މިފަދަ ޙާލަތުގައި މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިފައި ނުވާކަމަށް މައުޟޫޢީ ގޮތުން މައްސަލައިގެ އަޑުއެހުމަކާ ނުލައި ނިންމައިފިނަމަ، ދުސްތޫރީ މައްސަލަތައް ބެލުމަށް މި ކޯޓަށް ލިބިގެންވާ އިޚްތިޞާޞް ހަނިވެ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާތަކަކާ ކުރިމަތިވުމުގެ އިޙްތިމާލު އެބައޮތެވެ.
31މިފަދަ މައްސަލަތައް ސުޕްރީމް ކޯޓުން ނުބެލޭނެކަމަށް އިޖުރާއީގޮތުން ނިންމައިފިނަމަ ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ ނިޒާމް [Check and Balance] ގެއްލިގެން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނުއަސާސީގެ ސިޔާދަތު [Constitutional Supremacy] ގެ މަބްދައު ދެމެހެއްޓުމެވެ.
އިޖުރާއީ އިއުތިރާޒާމެދު ނިންމިގޮތް
32މަތީގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތަކަށްޓަކައި، ހުށަހެޅިފައިވާ މިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ސިފަތައް ލިބިގެންވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައިފީމެވެ.
ވަގުތީ އަމުރު
33މި މައްސަލައި ހުށަހެޅި ފަރާތުން ދިވެހި ދައުލަތު (ބަންޑާރަ ނައިބުގެ އޮފީސް) ގެ މައްޗަށް ރައްދުވާ ގޮތަށް 02 (ދޭއް) ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެއެވެ. އެއީ:
33.1 ސުޕްރީމް ކޯޓުން ބަލަމުންދާ ދުސްތޫރީ މި މައްސަލަ ނިމުމުގެ ކުރިން ފަނޑިޔާރުންގެ ބެންޗަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ވުޖޫދުގައި އޮތްކަން ފާހަގަކޮށް، މިފަދަ ނުފޫޒުފޯރުމުގެ އެއްވެސް ޢަމަލެއް ފަނޑިޔާރުންގެ މައްޗަށް ނުހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގައި އަމުރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާއި؛
33.2 ސުޕްރީމް ކޯޓުން ބަލަމުންދާ ދުސްތޫރީ މި މައްސަލަ ނިމުމުގެ ކުރިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މަޤާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއާތެއް ނުހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެވެ.
ވަގުތީ އަމުރާމެދު ނިންމި ގޮތް
34HN4މި 02 (ދޭއް) ވަގުތީ އަމުރާ ގުޅިގެން މައްސަލައިގެ ހިމެނޭ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށާއި، ޝަރީޢަތުގައި ހިންގަމުންދާ މައްސަލަތަކުގައި ނެރެދިނުމާމެދު ކަނޑައެޅިފައިވާ ޤާނޫނީ އުޞޫލުތަކަށާއި، މީގެ ކުރިން ސުޕްރީމް ކޯޓުން އެ މައުޟޫޢުގައި ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތްކޮށް ތިރީގައިވާގޮތަށް އެ ދެ އަމުރާމެދު ގޮތް ކަނޑައެޅިފައިވެއެވެ.
34.1 މި މައްސަލަ ނިމުމުގެ ކުރިން ފަނޑިޔާރުންނަށް ނުފޫޒުފޯރުމުގެ އެއްވެސް ޢަމަލެއް ނުހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގައި އަމުރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރަކީ، ފަނޑިޔާރުންގެ އަމިއްލަ މައްސަލައެއްގައި އަމިއްލައަށް ނިޔާ ކަނޑަނޭޅޭނެ ކަމަށް ބުނާ، ޠަބީޢީ ޢަދާލަތުގެ ހަމައާ ޚިލާފަށް މި މައްސަލަ ބަލާ ފަނޑިޔާރުންގެ އަމިއްލަ މަޞްލަޙަތުގައި ނެރެދިނުމަށް އެދިފައިވާ އަމުރަކަށްވާތީ، ޢަލީ ޙުސައިންގެ ފަރާތުން އެދިފައިވާ ފަދައިން ވަގުތީ އަމުރެއް ނެރެދޭނެ ހަމައެއް ނެތްކަމުގައި ކަނޑައަޅައި އެކަން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގިފައިވެއެވެ؟ އަދި
34.2 މި މައްސަލަ ނިމުމުގެ ކުރިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު މަޤާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، މި މައްސަލާގައި ޙަވާލާދެވޭ ކަންކަމުގެ ތެރޭގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ސަލާޙިއްޔަތާމެދު ސުވާލު އުފެއްދުން ހިމެނޭ ހިނދު، އެދިފައިވާ ފަދައިން ވަގުތީ އަމުރު ނެރުމުގެ ނަތީޖާއަކީ މި މައްސަލާގައި މައުޟޫޢީ ގޮތުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާއަކަށް އަސަރު ކުރުންކަމަށް ބުރަވެވޭތީވެ، ޢަލީ ޙުސައިންގެ ފަރާތުން އެދިފައިވާ ފަދައިން ވަގުތީ އަމުރެއް ނެރެދޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި އެކަން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެންގިފައިވެއެވެ.
35މަތީގައި ބަޔާންކުރެވުނު ގޮތަށް މި ދެ އަމުރާމެދު ސުޕްރީމް ކޯޓުން ގޮތް ނިންމާފައިވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާ ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
މައްސަލަ ބިނާކޮށްފައިވާ އަސާސްތައް
36ފުރަތަމަ އަސާސް: ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިޞްލާޙު ގެނެސްފައިވަނީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާ ޚިލާފަށް، ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑަށް ބަދަލު އަންނަގޮތަށް، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ޤާޢިދާއަށް [Basic Structure Doctrine] އާ ޚިލާފަށްކަން؛ މި ނުކުތާ ތަފްސީލުކޮށްދިނުމުގެ ގޮތުން މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ތަފްސީލުގެ މައިގަނޑު ޚުލާޞާ ތިރީގައި އެވަނީ އެވެ.
36.1 ދިމިޤުރާޠީ މުޖްތަމައުތަކުގައި ބަލައިގަނެ އިސްތިޤުރާރުވެފައިވާ މަބްދައުއެއް ކަމަށްވާ [Basic Structure Doctrine] ގެ ޤާޢިދާ ނިޔާކުރާ ގޮތުން، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ޤާނޫނުހަދާ މަޖިލީހަށް ލިބިގެންވާ ބާރުގެ ތެރެއިން، ޤާނޫނުއަސާސީގެ މައި އޮނިގަނޑަށާއި އޭގެ އެންމެ އަސާސީ ސިފަތަކަށް ބަދަލު އަންނަ އިޞްލާޙު ގެނައުމުގެ ބާރު [ޤާނޫނުހަދާ މަޖިލީހަށް] ލިބިގެން ނުވާކަން؛
36.2 [ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު] އިޞްލާޙުގެ އާޚިރު ނަތީޖާއަކީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ، އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ހަނިވެގެން ދިއުންކަން؛
36.3 ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ފަރުމާކޮށްފައިވަނީ، ރިޔާސީ ނިޒާމެއްގެ ސިފަތައް ހިމެނޭ ގޮތަށްކަމަށާއި، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލަކީ ޤާނޫނުއަސާސީއާއި، ދައުލަތް ހިންގުމުގެ ނިޒާމަށް ބަރުލަމާނީ ނިޒާމެއްގެ ސިފަތައް ތަޢާރަފު ކުރެވިގެންދާ ކަމެއްކަން؛
36.4 ރައްޔިތުންގެ މަންދޫބުން އިންތިޚާބުކުރުމުގައި އަދި ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައިވެސް، ރައްޔިތުން ވޯޓު ދެނީ ވަކި މީހަކަށް ކަމަށާއި ކޮންމެހެން އެ މީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީއަށް ނޫންކަން؛
36.5 ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު، ޤާނޫނުއަސާސީގައި އެންޓި ޑިފެކްޝަންގެ އުސޫލުތައް ހިމަނާފައިވަނީ، ބަރުލަމާނީ ނިޒާމަށް ޢަމަލުކުރާ ޤައުމުތަކުގައިކަމާއި ބަރުލަމާނީ ނިޒާމުތަކުގައި ސަރުކާރު ދެމިއޮތުން ބިނާވާނީ، މަޖިލީހުގައި ވެރިކަން ކުރާ ޕާޓީއަށް ލިބިފައިވާ އަޣުލަބިއްޔަތުގެ މައްޗަށްކަމަށާއި އެފަދަ ޤައުމުތަކުގައި، މަޖިލިސް މެންބަރުން ތަމްސީލުކުރާ ޕާޓީ ބަދަލުކުރުން މަނާކުރާ އުސޫލެއް ނެތްކަމުގައިވާނަމަ، ސަރުކާރުގެ އަޢުލަބިއްޔަތު ގެއްލޭގޮތަށް، ޕާޓީއިން މެންބަރުން ވަކިވާ ކޮންމެ ފަހަރަކު، ސަރުކާރުތައް އަލުން އެކުލަވާލަންޖެހޭނެކަން؟ މިއެވެ.
37ދެވަނަ އަސާސް: ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙުން، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅޭކަން؛ މިނުކުތާ ތަފުސީލުކޮށް ދިނުމުގެ ގޮތުން އެފަރާތުން ހުށަހެޅި ތަފްސީލުގެ މައިގަނޑު ޚުލާސާ ތިރީގައި އެވަނީއެވެ.
37.1 މެންބަރު ނިސްބަތްވާ ސިޔާސީ ޕާޓީއަކީ އޭނާއާ ޚާއްޞަ ގުޅުމާއި މަޞްލަޙަތުވެސް އޮތް ޝަޚުޞެއްނަމަވެސް ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި އޮތީ ސިޔާސީ ޕާޓީގެ މަޞްލަޙަތުގެ ކުރިއަށް ރައްޔިތުންގެ މަޞްލަޙަތާއި ޤައުމުގެ ޢާންމު މަޞްލަޙަތު އިސްކުރުން ލާޒިމުކޮށްފައިކަން؛
37.2 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މަޤާމުގައި ދެމި ހުންނަން އެދޭނަމަ ކޮންމެ ޙާލަތެއްގައިވެސް ސިޔާސީ ޕާޓީގެ އެންގުމަށް ތަބާވުން މަޖުބޫރުކުރާކަމަށާއި މިއީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި އޮތް މިނިވަންކަމުގެ މަފްހޫމާ ކަނޑައެޅިގެން ޚިލާފު ބަދަލެއްކަން؛
37.3 ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ބާރެއް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، މިފަދަ ޙާލަތެއް ކުރިމަތިވިޔަ ނުދިނުމަށްކަމަށާއި މި އިޞްލާޙުން ކޮށްފައިވާ ކަމަކީ، މުޅި ދައުލަތް ހިންގުމުގެ ނިޒާމާ ގުޅިފައިވާ ބާރުތައް، ރައްޔިތުންގެ އަތުން، ސިޔާސީ ޕާޓީތަކަށް ލިބިގެންދާ ގޮތަށް، ޤާނޫނުއަސާސީ އިޞްލާޙުކުރުންކަން؛
37.4 ރައްޔިތުންގެ މަޖިލީހުގެ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުން ތަމްސީލުކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމަކާ ނުލައި، މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ޖާގަ ޤާނޫނުއަސާސީއިން އެ މެންބަރުންނަށް ފަހިކޮށްދީފައި އޮތުމަކީ، ޤާނޫނުއަސާސީގެ 90 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަށަވަރުކޮށްދީފައިވާ އިމްތިޔާޒުގެ ބޭނުންކަން؛ އަދި
37.5 ޤާނޫނުއަސާސީގެ 90 ވަނަ މާއްދާ އޮތްގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޖިލީހުގައި ޢަމަލުކުރި ގޮތަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތެއްނަމަ އޭނާއާމެދު އެއްވެސް ފިޔަވަޅެއް އެޅުން ޤާނޫނުއަސާސީން އެއޮތީ މަނާކޮށްފައިކަމާއި މިހާރު ގެނެވުނު އިޞްލާޙުގައި އޮތް ގޮތުން މެންބަރު ޢަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާއާމެދު ފިޔަވަޅު އެޅުމުގެ ބާރު އޭނާ ނިސްބަތްވާ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ލިބިގެންދާތީ، މިއީ ޤާނޫނުއަސާސީގެ އެއް މާއްދާއަކުން ދިން ޙިމާޔަތް އަނެއް މާއްދާއިން ނިގުޅައިގަތުމުގެ ޙާލަތެއްކަން؛ މިއެވެ.
38ތިންވަނަ އަސާސް: ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙު މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިބި މެންބަރުންގެ މައްޗަށް ރަޖުޢީކޮށް ނުހިނގާނެ ކަމަށްވާއިރު ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުގައި އެކަން ސާފުކޮށް ބަޔާންކޮށްފައި ނެތްކަން؛ މިނުކުތާ ތަފުސީލުކޮށް ދިނުމުގެ ގޮތުން އެފަރާތުގެ ހުށަހެޅުންތަކުގެ މައިގަނޑު ޚުލާޞާ ތިރީގައި އެވަނީއެވެ.
38.1 ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކޮންމެ ޤާނޫނެއްވެސް އުސޫލެއްގެ ގޮތުން ތަޢުބީޤުކުރެވޭނީ އެ ޤާނޫނުގެ ފަހުން ހިނގާ ކަންކަމުގެ މައްޗަށްކަން؛
38.2 މި މަބްދައަކީ ރާއްޖޭގެ ޤާނޫނުއަސާސީގައިވެސް ކަނޑައަޅާފައިވާ މަބްދައު އެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-E/05 (ފަރީދާ ޢުމަރު ވ އިލެކްޝަންސް ކޮމިޝަން) ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން؛
38.3 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް ގެނައި އިޞްލާޙު ހިނގާނީ އެ އިޞްލާޙުގެ ފަހުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުންގެ މައްޗަށް ކަމާމެދު ބަހުސެއް ނެތްކަމަށާއި އެހެންނަމަވެސް އިޞްލާޙު އޮތްގޮތުން މިހާރު އިންތިޚާބު ވެފައިވާ މެންބަރުންނަށް އިސްތިސްނާއެއް އޮތްކަން ސާފު ނުވާކަން؛ މިއެވެ.
39ހަތަރުވަނަ އަސާސް: ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ، ދުސްތޫރީ ހުސްކަމެއް ކުރިމަތިވެދާނެފަދަ އިޞްލާޙެއް ކަމަށެވެ. މިނުކުތާ ތަފުސީލުކޮށް ދިނުމުގެ ގޮތުން އެފަރާތުން ހުށަހެޅި ތަފްސީލުގެ މައިގަނޑު ޚުލާސާ ތިރީގައި އެވަނީއެވެ.
39.1 ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ އެއް ޕާޓީއެއްގެ އަޣުލަބިއްޔަތުކަމުން، ޕާޓީގެ ވިސްނުމާ ދެކޮޅަށް ޕާޓީއަށް ނިސްބަތްވާ މެންބަރުން ވޯޓު ދީފިނަމަ، ހުރިހާ މެންބަރުން ޕާޓީއިން ވަކިކުރުމުގެ ބާރު ޕާޓީއަށް އޮތުން؛ އަދި
39.2 ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ޞައްޙަކަމަށް ބަލައިގެން ކުރިއަށް ގޮސްފިނަމަ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެއް ޕާޓީއަކަށް ލިބޭ ކޮންމެ ފަހަރަކު، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ދުސްތޫރީ އަސާސްތަކާއި ޑިމޮކްރެޓިކް ހަމަތަކަށް، ހިތުހުރި ބަދަލެއް ގެނައުމުގެ ޖާގަ ދެވޭނެކަން؛ މިއެވެ.
މައުޟޫޢީ ޖަވާބު ބިނާކޮށްފައިވާ އަސާސްތައް
40ޢަލީ ޙުސައިންގެ ފަރާތުން މި ކޯޓަށް ހުށަހެޅި ނުކުތާތަކުގެ ޖަވާބުގައި ދައުލަތުން ދިން ޖަވާބުގެ މައިގަނޑު ޚުލާސާ ތިރީގައި އެވަނީއެވެ.
40.1 ޢަލީ ޙުސައިންގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑު
40.1.1 އިންޑިއާގެ ޤާނޫނުއަސާސީ މާނަކުރުމުގައި ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންގެ ދަށުން ޤައިދުކުރުންތަކެއް ގެނެވުނުނަމަވެސް، އަދި އެފަދައިން ޤައިދުކުރުން ގެނައުމަށް އިންޑިއާގެ ދުސްތޫރު ތަންދިންނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެފަދަ ޑައިރެކްޓިވް ޕްރިންސިޕަލެއް ކަނޑައެޅި ބަޔާންކޮށްފައި ނުވާހިނދު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި އިންޑިއާގެ ޤާނޫނުއަސާސީހެން ޤައިދުކުރުންތަކެއް ހުރިކަމަށް މާނަކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަން؛
40.1.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނުއަސާސީ މާނަކޮށް، 'ބޭސިކް ސްޓްރަކްޗަރ" ގެ މަބްދައު ތަޢާރަފް ކުރާކަމުގައިވާނަމަ އޭގެ ސީދާ ނަތީޖާއަކަށް ވެގެންދާނީ، ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ކަނޑައެޅިފައިވާ "ސުމުއްވުއް ދުސްތޫރު"ގެ މަބްދައުއާއި، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާ 5 ވަނަ މާއްދާ އަދި 6 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ތިންބާރު ވަކިވުމުގެ ގެ މަބްދައުއާ ޚިލާފަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ފެންނާން ނެތް މަފްހޫމެއް ތަޢާރަފް ކުރުމަށް ނިންމުންކަން؛
40.1.3 ސިޔާސީ ޕާޓީތަކަކީ ޙަޤީޤަތުގައި ބައިނަލްއަޤްވާމީ، ދީމިޤްރާޠީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ވެރިކަމާއި، ޢާންމު އިންތިޚާބުތައް ކާމިޔާބުކުރުމަށްޓަކައި އިއްތިޙާދުވެ، ވަކި ޚާއްޞަ ސިޔާސީ މެނިފެސްޓޯއެއް ތަންފީޛުކުރުމުގެ މަޤްޞަދުގައި މަސައްކަތްކުރާ ޖަމާޢަތެއްކަން؛
40.1.4 އެންޓި-ޑިފެކްޝަން އަކީ މިނިވަން ދީމިޤްރާޠީ ގިނަ ޤައުމުތަކަކުން ބަލައިގަނެފައިވާ އުޞޫލެއްކަމާއި، އެގޮތުން މައްސަލަ ހުށަހަޅާ ފަރާތުން ޙަވާލާދޭ އަސާސީ އޮނިގަނޑު ތަޢާރަފުކޮށްފައިވާ އިންޑިއާގެ ޤާނޫނުއަސާސީގެ ދިހަވަނަ ޖަދުވަލުގައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އެފަރާތް ތަމްސީލުކުރާ ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފިނަމަ، ނުވަތަ ޑިފެކްޓް ވެއްޖެނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލުނީކަމަށް ކަނޑައަޅާފައިވާކަން؛ މިއެވެ.
40.2 ޢަލީ ޙުސައިންގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑު
40.2.1 ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މެންބަރަކު އެ މެންބަރެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ތަބާވާންޖެހޭ ޢާންމު ހަމަކަމަށާއި މި ހަމައާއި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޝަރުޠަކާ އެއްވެސް ގުޅުމެއް ނެތްއިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙު މި މާއްދާއާ ޚިލާފުކަމަށް މައްސަލަ ހުށަހަޅާ ފަރާތުން ބުނެފައިވަނީ އެއްވެސް އަސާސެއް ނެތިކަން؛
40.2.2 ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް ހުރަސްއެޅޭކަމަށް ބުނާ ބުނުމަށް ބަލާއިރު، ސިޔާސީ ޕާޓީތަކަކީވެސް ތަމްސީލީ ޑިމޮކްރަސީގެ އުޞޫލުގެ ދަށުން ރައްޔިތުންގެ މަޞްލަޙަތުގައި މަސައްކަތްކުރާ ބައެއްކަން އެނގެން އޮތުމުންނާއި، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރުމުގެ އިހްތިޔާރު ސިޔާސީ ޕާޓީތަކަށް ވެސް ނޯންނަކަން އެނގެން އޮތުމުން، މައްސަލަ ހުށަހަޅާ ފަރާތުގެ މި ހުށަހެޅުމުގައި އެއްވެސް ބުރަދަނެއް ނެތްކަން؛ އަދި
40.2.3 ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ ކިޔަންޖެހެނީ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ
(ހ) އިން ކަށަވަރުކޮށްފައިވާ ޙައްޤު ހަނި ނުވާގޮތަށް ކަމުގައިވުމުން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގެ ސަބަބުން، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގެ ދަށުން މެންބަރަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް ހުރަސްއެޅޭކަމަށް ކަނޑައެޅޭނެ އެއްވެސް އަސާސެއް ނެތްކަން؛ މިއެވެ.
40.3 ޢަލީ ޙުސައިންގެ ފަރާތުން ހުށަހެޅި ތިންވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑު
40.3.1 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ޢިބާރާތަށް ބެލުމުން އެ ނަންބަރުގެ މަޤްޞަދަކީ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނެވުނުއިރު ވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުން، އެ މެންބަރުން ތަމްސީލުކުރަމުންދާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެ ނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމުގައި ކަނޑައެޅުންކަން އެ މާއްދާގެ ޢިބާރާތަށް ބެލުމުން އެނގޭކަން؛
40.3.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މާޖިދު ވ. ޖޭ.އެސް.ސީ ޤަޟިއްޔާގައި މަދަނީ ޤާނޫނަކުން، އެ ޤާނޫނު މާޒީއަށް ހިންގޭނެކަމަށް ދޭހަވާނަމަ، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެ ޤާނޫނު ހިންގިދާނެކަމަށާއި އެހެންކަމުން ބައެއް ބާވަތުގެ މަދަނީ ޤާނޫނުތައް މާޒީއަށް ހިންގާފާނެކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ބ) އިން ދޭހަވާކަން؛ އަދި
30.3.3 ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް އެންޓި ޑިފެކްޝަންއާ ގުޅޭ މާއްދާތަކެއް ތަޢާރަފުކުރުމުގެ މަޤްޞަދަކީ ފްލޯރ ކްރޮސް ކުރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން ކަމުގައިވާއިރު، އެ މާއްދާތަކަށް ޢަމަލުކުރަންޖެހޭނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުންކަމަށް ބަލާނަމަ، އެންޓި-ޑިފެކްޝަންގެ އުޞޫލު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ތަޢާރަފުކުރެވުނު މަޤްޞަދު ގެއްލި، ވަކި މުއްދަތަކަށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ރިޑަންޑަންޓް ވެގެން ދާކަން؛ މިއެވެ.
40.4 އަދި ޢަލީ ޙުސައިންގެ ފަރާތުން ހުށަހެޅި ތަހަތަރުވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް މެންބަރުކަމުން ވަކިވާ ޙާލަތުގައި ވެސް، ޤާނޫނީ ހުސްކަމަކަށް ނުގޮސް، މެންބަރުން އިންތިޚާބުކުރެވޭނެ ކަން ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ޙާލަތްތަކުގައި މެންބަރުކަމުން ގިނަ ޢަދަދެއްގެ މެންބަރުން ވަކިވި ނަމަވެސް، އެ ކަމުގެ ސަބަބުން ޤާނޫނީ ހުސްކަމަކަށް ނުދާނެ ކަމަށެވެ.
ތަދައްކުލްވި ފަރާތުގެ މައުޟޫޢީ ހުށަހެޅުން
41ޢަލީ ޙުސައިންގެ ފަރާތުން މި ކޯޓަށް ހުށަހެޅި މައްސަލައަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ތަދައްކުލްވެފައިވެއެވެ. އަދި އެފަރާތުން މައިގަނޑު ގޮތެއްގައި މި ކޯޓުގައި ބުނެފައިވަނީ، ޖުމްލަކޮށް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީންވެސް ފާހަގަކުރާ ނުކުތާތައް ކަމަށެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން އިތުރަށް ދެ ނުކުތާއެއް ހުށަހަޅާފައި ވެއެވެ.
41.1 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙުގެ ސަބަބުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށް ބަދަލު އައިސްފައިވާއިރު، އެ ޤާނޫނު ތަޞްދީޤުކޮށްފައިވަނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ 1 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ މި ނުކުތާގެ ތަފްޞީލުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު ނިޔާ ކުރާގޮތުން ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާބެހޭ މާއްދާތަކަށް ބަދަލެއް އަންނަ ޤާނޫނެއް ތަސްދީޤުކުރުމުގެ ކުރިން އެ އިޞްލާޙަކަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓެއް ނަގަންޖެހޭ ކަމަށެވެ.
41.2 އަދި ޤާނޫނު ނަންބަރު 25/2024 (ޤާނޫނުއަސާސީއަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ފާސްކޮށްފައިވަނީ، ސިޔާސީ ޕާޓީތަކާއި ރައްޔިތުންނާ މަޝްވަރާކުރުމެއްނެތި ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ މި ނުކުތާގެ ތަފްޞީލުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ޢުރުފެއްގެ ގޮތުން ޢަމަލުކުރަމުން ގޮސްފައިވާ ގޮތަކީ، މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި އެކި މަޤާމުތަކަށް ޢައްޔަނު ކުރުމަށް ހުށަހެޅޭ ނަންތަކާ ގުޅިގެންވެސް ސިޔާސީ ޕާޓީތަކާއި ޢާއްމު ރައްޔިތުން ދެކޭގޮތް ބެލުމަށް ޚިޔާލަށް ހުޅުވާލުންކަމަށެވެ. ނަމަވެސް ނުވަގަޑިއިރުތެރޭގައި ފާސްކުރި މި އިޞްލާޙަށް އެއްވެސް ބައެއްގެ ޚިޔާލު ހޯދާފައި ނުވާކަމަށެވެ.
ގޮތް ކަނޑައަޅަންޖެހޭ ނުކުތާ
42މައްސަލައިގެ ހިމެނޭ ފަރާތްތަކުން މައުސޫޢީގޮތުން ހުށަހަޅާފައިވާ ޤާނޫނީ ހުށަހެޅުންތަކަށާއި، އެ ހުށަހެޅުންތަކުން ޙަވާލާ ދީފައިވާ ޙަވާލާތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، މި މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު، މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭކަމަށް ފެންނަ ނުކުތާތައް ތިރީގައި އެވަނީ އެވެ.
441 ބޭސިކް ސްޓްރަކްޗަރ ޑޮކްޓަރިން [Basic Structure Doctrine] ނުވަތަ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ޤާޢިދާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ މައްޗަށް ހިނގާނެތޯ؛
44.2 އެންޓި ޑިފެކްޝަން އުޞޫލުތަކަކީ އޭގެ ޒާތުގައި ރިޔާސީ ނިޒާމުގައި ތަޢްބީޤު ނުކުރެވޭނެ އުޞޫލުތަކެއްތޯ؛
44.3 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙު މިހާރު އިންތިޚާބުވެ، މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ މައްޗަށް ހިނގާނެކަމަށް ކަނޑައެޅުމަކީ މާޒީގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް ޤާނޫނު ނުހިނގާނެކަމަށް ބުނާ މަބްދައުއާ ޚިލާފުކަމެއްތޯ؛
44.4 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާ އާ ޚިލާފު އިޞްލާޙެއްތޯ؛ މިއެވެ.
އަސާސީ އޮނިގަނޑުގެ ޤާޢިދާ [Basic Structure Doctrine]
43. މި މައްސަލައިގައި ހިމެނޭ މައިގަނޑު އެއް ނުކުތާއަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙަކީ، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ޤާޢިދާއާ [basic structure doctrine] ޚިލާފު އިޞްލާޙެއްކަމަށް ބުނާ ނުކުތާއެވެ.
44. ބެސިކް ސްޓްރަކްޗަރ ނުވަތަ އަސާސީ އޮނިގަނޑުގެ މައިގަނޑު މަފްހޫމަކީ، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފުވާގޮތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށްފިނަމަ އެ ޤާނޫނުގައިވާ އަސާސީ އޮނިގަނޑާ ޚިލާފުވާ މިންވަރު ބާޠިލް ކަމަށް ކަނޑައަޅާ މަފްހޫމެވެ. މި މަފްހޫމް ނުވަތަ ޤާޢިދާއަކީ އިންޑިޔާގެ ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްޗަށް ބިނާވެ އުފަންވެފައިވާ ޤާޢިދާއެކެވެ. މި ޤާޢިދާ ތަރައްޤީ ކުރަމުން ދިޔައިރު އިންޑިއާގެ ސުޕްރީމް ކޯޓުގެ މައިގަނޑު މަޤްޞަދަކަށްވީ ޖުޑީޝަލް ރިވިއުގެ ބާރު ދަމަހައްޓައި، ދައުލަތުގެ ތިން ގޮފި ކަމަށްވާ ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާޢިމުކުރުމުގެ ބާރުގެ މެދުގައި ބާރުތައް ހަމަހަމަކޮށް ބެލެހެއްޓުމެވެ. އެހެންކަމުން މި ޤާޢިދާއަކީ ކޮންގޮތަކުން ކިހިނެތް ވުޖޫދުވެގެން އައި ޤާޢިދާއެއްތޯ ބަލައިލުން މުހިއްމުކަމުގައި ދެކެމެވެ.
އަސާސީ އޮނިގަނޑުގެ ޤާޢިދާ ތަރައްޤީވެގެން އައި ގޮތް
45އަސާސީ އޮނިގަނޑުގެ ޤާޢިދާ ތަރައްޤީވުމާ ގުޅިފައިވަނީ އިންޑިއާގެ ޤާނޫނުއަސާސީގެ 368 ވަނަ މާއްދާގެ ދަށުން އިންޑިއާގެ ޤާނޫނުހަދާ މަޖިލީހަށް ލިބިދީފައިވާ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ބާރު ހަނިކުރުމަށް ޝަރުޢީ ދާއިރާއިން ނިންމި ނިންމުންތަކާއެވެ. އަސާސީ އޮނިގަނޑުގެ އުޞޫލަކީ އިންޑިއާގެ ދުސްތޫރީ ޤާނޫނުގެ އެންމެ މުހިންމު ބައެވެ. ތިރީގައި އެވަނީ އިންޑިއާގެ ޤަޝާއީ ފަލްސަފާގެ ތެރެއިން މި ޤާޢިދާ ތަރައްޤީވެގެން އައިގޮތް ބަޔާންކުރާ ކުރު ޚުލާސާއެވެ.
46ޝަންކަރީ ޕްރަސާދު ވ. ޔޫނިއަން އޮފް އިންޑިއާ (1951): މި މައްސަލަގައި އުފެއްދި މައިގަނޑު ސުވާލަކީ، އިންޑިއާގެ ޤާނޫނުހަދާ މަޖިލީހަށް އެ ޤައުމުގެ ޤާނޫނުއަސާސީގެ 368 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ބާރުގެ ދަށުން އަސާސީ ޙައްޤުތަކާ ގުޅޭ ބައި އިޞްލާޙު ކުރެވިދާނެތޯއެވެ. އެމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނީ އިންޑިއާގެ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ (2) ގައި، އެޤާނޫނުއަސާސީގެ 3 ވަނަ ބައި (އަސާސީ ޙައްޤުތައް) އިން ލިބިދޭ އެއްވެސް ޙައްޤަކަށް އުނިކަން އަންނަ ގޮތަށް "ޤާނޫނު" އެއް ހަދައިގެން ނުވާނެ ކަމަށާއި އަދި އެފަދައިން ހަދާ ޤާނޫނެއް، ވާނީ ބާޠިލު އެއްޗަކަށް ކަމަށް ބުނާއިރު، އެ މާއްދާގައި ބުނާ "ޤާނޫނު" މި ލަފުޒުގެ މާނައިގެ ތެރޭގައި ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުތައް The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law, www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 "Shankari Prasad v. Union of India (1951): The Doctrine of Unlimited Amending Power Shankari Prasad v. Union of India (1951) was the first constitutional dispute concerning Parliament's modifying power. In order to protect land reform policies from judicial scrutiny, the petitioners contested the First Constitutional Amendment, which among other things added Articles 31A and 31B and established the Ninth Schedule. They argued that because Article 13(2) forbids the State from passing "laws" that restrict basic rights, such amendments were invalid because they infringed upon such rights. The amendment was unanimously affirmed by the Supreme Court. It made a distinction between the legislative power under Articles 245-248 and the constituent power under Article 368, concluding that constitutional modifications did not qualify as "law" under Article 13(2). Parliament was therefore, deemed to have the authority to change any provision of the Constitution, including the fundamental rights clause. This fulling highlighted Parliament's primacy in constitutional amendment and established the early doctrine of unrestricted amending power." ނުހިމެނޭނެ ކަމަށެވެ. މިމައްސަލައިގެ ނަތީޖާއަކަށްވީ، އަސާސީ ޙައްޤުތަކުގެބައިވެސް ހިމެނޭހެން ޤާނޫނުއަސާސީގެ ކޮންމެ ބައެއްވެސް އިޞްލާޙު ކުރުމުގެ ބާރު އިންޑިއާގެ ޤާނޫނުހަދާ މަޖިލީހަށް ލިބިގެންވާކަމަށް ކަނޑައެޅުމެވެ.
47ސަޖަން ސިންގް ވ. ސްޓޭޓް އޮފް ރާޖަސްތާން (1965): މި މައްސަލައިގައި އަސާސީ ޙައްޤުތައް ހިމެނޭ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަމަށް ޝަންކަރީ ޕްރަސާދުގެ މައްސަލައިގައި ނިންމި ނިންމުން އިންޑިއާގެ ސުޕްރީމް ކޯޓުން ދަމަހައްޓާފައިވެއެވެ. އެހެންނަމަވެސް މި މައްސަލަ ބެއްލެވި ބައެއް ފަނޑިޔާރުން (ޚާއްޞަކޮށް ޖަސްޓިސް މުޙައްމަދު ހިދާޔަތުﷲ އާއި ޖަސްޓިސް ޖަނަރްދަން މުދޮލްކާރު) ޝަންކަރީ ޕްރަސާދުގެ މައްސަލައިގައި ނިންމި ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޤާނޫނު ހަދާ މަޖިލީހަށް ބާރު ލިބިދިނުމުގައި ޙައްދުތަކެއް އޮންނަންޖެހޭ ކަމަށް އިޝާރާތް ކޮށްފައިވެއެވެ. މިގޮތުން ޤާނޫނު ހަދާ މަޖިލީހަށް ޤާނޫނުއަސާސީ ބަދަލު ކުރުމުގެ ފުޅާ ބާރުތަކެއް ލިބިފައިވީނަމަވެސް އަދި އަސާސީ ޙައްޤުތަކުގެބައިވެސް ބަދަލު ކުރެވުނު ނަމަވެސް އެ ބަދަލު ވާންވާނީ ޤާނޫނު އަސާސީގެ އަޞްލާއި ޖައުހަރީ [Pith and Substance] އެއް ގޮތަށް ގެނެވޭ ބަދަލަކަށް ކަމަށް ބުނެފައިވެއެވެ.
48ގޯލަކްނާތު ވ. ސްޓޭޓް އޮފް ޕަންޖާބު (1967) މި މައްސަލައިން ޝަންކަރީ ޕްރަސާދު އަދި ސަޖަން ސިންގް މައްސަލައިގައި ނިންމި ނިންމުން އިންޑިއާގެ ސުޕްރީމް ކޯޓުން ބާޠިލް ކުރިއެވެ. އަދި ޤާނޫނު ހަދާ މަޖިލީހަށް އަސާސީ ޙައްޤުތަކަށް އިޞްލާޙު ނުގެނެވޭނެކަމަށް ކަނޑައެޅިއެވެ. މި ނިންމުމުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމީ ޤާނޫނުއަސާސީއަށް ގެންނަ ދުސްތޫރީ އިޞްލާޙުތަކަކީ ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގެ (2) ގައިވާ "ޤާނޫނު" ގެ މާނައިގެ ތެރެއަށް ވަންނަ އިޞްލާޙުތަކެއް ކަމަށާއި އެހެންކަމުން އަސާސީ ޙައްޤުތަކަށް ބަދަލު ނުގެނެވޭނެ ކަމަށެވެ. އެހެން އިބާރާތަކުން ބުނާނަމަ އިންޑިއާގެ ސުޕްރީމް ކޯޓުގެ ނަޒަރުގައި، ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙަކީވެސް ހަމަ ޤާނޫނެކެވެ. އެހެންކަމުން، އަސާސީ ޙައްޤުތަކުގެބަޔާ ތަޢާރުޟުވާ ގޮތަށް ޤާނޫނެއް ނެހެދޭނެތީ ޝަންކަރީ ޕްރަސާދާއި ސަޖަން ސިންގް މައްސަލައާ ދުރަށް ދާންޖެހުނީއެވެ. މި މައްސަލައިގައި އިންޑިއާގެ ސުޕްރީމް ކޯޓުގެ ނިންމުމުގައި އެ ޤައުމުގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކަށް ލިބިދީފައިވަނީ ޓްރާންސެންޑެންޓަލް [Transcendental] އަދި ބަދަލުނުކުރެވޭނެ މަތިވެރި ދަރަޖައެކެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް މިއިން އެއްވެސް ޙައްޤެއް އުނިކޮށް ނުވަތަ އެއްކޮށް ނެތިކޮށްލާ ފަދަ ބަދަލެއް ނުގެނެވޭނެއެވެ.
49އިންޑިއާގެ ޤާނޫނުއަސާސީއަށް ގެނެވުނު 24 ވަނަ އިޞްލާޙު(1971): ގޯލަކްނާތު މައްސަލައިގެ ޙުކުމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ރައްދުދިނުމަށްޓަކައި ޤާނޫނުއަސާސީއަށް 24 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ފާސްކޮށް، ޤާނޫނުއަސާސީގެ 368 ވަނަ މާއްދާއަށް އިޞްލާޙު ގެނައެވެ. މި އިޞްލާޙުން ޤާނޫނުއަސާސީގެ 368 ވަނަ މާއްދާގެ ދަށުން އަސާސީ ޙައްޤުތައްވެސް ހިމެނޭހެން ޤާނޫނުއަސާސީގެ ކޮންމެ މާއްދާއަކަށް އިޞްލާޙު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވެއެވެ. މި އިޞްލާޙުގައި ޤާނޫނުއަސާސީގެ 368 ވަނަ މާއްދާގެ ދަށުން ގެންނަ އިޞްލާޙުތަކަކީ 13 ވަނަ މާއްދާގައި ބުނާ "ޤާނޫނު" ނޫންކަމަށް ސާފުކޮށް ކަނޑައެޅިއެވެ.
50ކޭސަވަނަންދަ ބާރަތީ ވ. ސްޓޭޓް އޮފް ކެރެލާ (1973): މިއީ އެންމެ ފުރަތަމަ އަސާސީ އޮނިގަނޑުގެ ޤާޢިދާ [basic structure doctrine] ކަނޑައެޅިގެން ދިޔަ އިންޑިއާގެ ސުޕްރީމް 2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 "Golak Nath v. State of Punjab (1967): Recognition of Limited Amending Power The case of Golak Nath v. State of Punjab (1967) took a dramatic turn when a slim 6:5 majority ruled that Parliament lacked the power to change basic rights. According to the Court, constitutional amendments were treated as "law "under Article 13(2), which applied to them equally. According to this reasoning, any amendment that restricted or eliminated fundamental rights was unlawful." ކޯޓުގެ ލޭންޑްމާކް މައްސަލައެވެ. މި މައްސަލަ ފެށުނީ 1950 ގެ އަހަރުތަކުން 1960 ގެ އަހަރުތަކާދެމެދު ކެރަލާގެ [Kerala Land Reforms Act] ގުޅިގެންނެވެ. މި ޤާނޫނުގެ ބޭނުމަކަށްވީ ބިމުގެ ތަނަވަސްކަމުގައި ރައްޔިތުން ޙިއްސާވާނެހެން ބިންތައް ބަހައިލުމެވެ. އެ ޤާނޫނުގެ ސަބަބުން ހިންދީދީނުގެ ދީނީ މުއައްސަސާއެއް ކަމަށްވާ އެޑްނީރު ޓީ [Edneer mutt] އަށް ނިސްބަތްވާ ބިންތަކުގެ މިލްކުވެރިކަމަށް އަސަރު ކުރުމުން، އެޑްނީރު މަޓުގެ އިސްވެރިޔާ ކޭސަވަނަންދަ ބާރަތީ މި ޤާނޫނުގެ މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުގައި ޠަޢުނު ކުރި އެވެ. އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުން ޤާނޫނުއަސާސީގެ 24، 25 އަދި 29 ވަނަ އިޞްލާޙުތައް ފާސްކޮށް، ޝަރުޢީ މުރާޖަޢާ [Judicial Review] މަޙްދޫދު ކުރުމަށާއި އަސާސީ ޙައްޤުތައް ހަނިކުރުމަށް މަސައްކަތް ކުރަމުން ދިޔުމުން ކޭސަވަނަންދަ ބާރަތީ މި ބަދަލުތަކަށް ގޮންޖެހިއެވެ. އިންޑިއާގެ ތާރީޚުގައި އެންމެ ގިނަ ފަނޑިޔާރުން ހިމެނޭ އެއް ބެންޗުކަމަށްވާ 13 ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ އަޑުއެހުމަށްފަހު، 7 ފަނޑިޔާރުން ގެ އަޣުލަބިއްޔަތަކުން ނިންމީ ޕާލިމެންޓަށް ޤާނޫނުއަސާސީ އިޞްލާޙުކުރެވުނު ނަމަވެސް އޭގެ "އަސާސީ އޮނިގަނޑު" ބަދަލު ނުކުރެވޭނެ ކަމަށެވެ. ކޭސަވަނަންދަ ބާރަތީ މައްސަލައިގެ މުހިންމުކަން ގުޅިފައިއޮތީ، އިންޑިއާގެ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ޤާޢިދާ ޤާއިމްކޮށްދިނުމުގައެވެ. އަސާސީ އޮނިގަނޑުގެ ޤާޢިދާގައި ބުނަނީ ޤާނޫނުއަސާސީގެ ވަކި އަސާސީ ސިފަތަކެއް ކަމަށްވާ ޤާނޫނު އަސާސީގެ ސިޔާދަތާއި [supremacy of the Constitution] [rule of law] ޝަރުޢީ ދާއިރާގެ މިނިވަންކަން [independence of the judiciary]، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ތެރެއިން ޤާނޫނު ހަދާ މަޖިލީހުން އިޞްލާޙުކޮށް ނުވަތަ އުވާ ނުލެވޭނެ ކަމަށެވެ. މި ޤާޢިދާ އިން ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް ޤާނޫނު ހަދާ މަޖިލީހަށް ލިބިދީފައިވާ ބާރުތަކަށް ފާރަވެރިވެ، ޤާނޫނުއަސާސީއަކީ އޭގެ އަސާސީ އަގުތަކާއި [fundamental values] އުޞޫލުތައް ޙިމާއަތްކޮށް، އެއްވެސް ފަރާތަކަށް ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑު ނައްތައި ނުލެވޭނެކަން ކަށަވަރުކޮށްދީ، ޤާނޫނުއަސާސީގެ ރޫޙާއި ޑިމޮކްރެޓިކް އަސާސްތައް ދަމަހައްޓައިދީފައިވެއެވެ.
51އިންދިރާ ނެހްރޫ ގާންދީ ވ. ރާޖް ނަރައިން (1975): މި މައްސަލައިގައި އަސާސީ އޮނިގަނޑު ޤާޢިދާ ތަޠުބީޤުކޮށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމީ، ބޮޑު ވަޒީރު އިންތިޚާބު ކުރުމާގުޅޭ ކަންކަން ޝަރުޢީ މުރާޖަޢާ ގެ ތެރޭގައި ނުހިމެނޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު 39 ވަނަ އިޞްލާޙުގެ 4 ވަނަ މާއްދާއަކީ އަސާސީ އޮނިގަނޑު (މިނިވަން އިންޞާފުވެރި އިންތިޚާބުތަކާއި، ޤާނޫނުގެ ވެރިކަން، އަދި ޝަރުޢީ މުރާޖަޢާ) އާ ޚިލާފު މާއްދާއެއް ކަމަށެވެ. 13-judge panel's decision in Kesavananda Bharati v. State of Kerala (1973) [1] marked a clear turning point in Indian constitutional jurisprudence. The question at hand was whether Article 368 gave Parliament unrestricted authority or if there were built-in limitations. The Court ruled by a narrow 7:6 majority that although Parliament might change any part of the Constitution, including fundamental rights, it could not change or eliminate the fundamental framework of the document. While the judges did not offer a comprehensive list of all the elements that made up this structure, a few characteristics repeatedly surfaced • Supremacy of the Constitution • Republican and democratic form of government • Secularism • Separation of powers • Federal character • Judicial review This doctrine struck a delicate balance, preserving Parliament's flexibility to pursue social and economic reforms while ensuring that the Constitution's core identity remained beyond its reach. The basic structure doctrine thus became India's most celebrated judicial innovation and a unique contribution to global constitutional thought.” https://www.drishtijudiciary.com/landmark-judgement/constitution-of-india/indira-nehru-gandhi-v-raj-narain-1975-sc-2299 The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law, www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 “Post-Kesavananda Developments 1. Indira Nehru Gandhi v. Raj Narain (1975) [2]: Judicial Independence and Free Elections The constitutional crisis during the Emergency brought the doctrine into immediate play. The 39th Amendment sought to immunize the Prime Minister's election from judicial review. The Supreme Court struck down this provision, holding that free and fair elections and judicial review of electoral disputes formed part of the basic structure. This decision demonstrated the doctrine's role as a practical safeguard against political excesses”
52ޤާނޫނުއަސާސީއަށް ގެނެވުނު 42 ވަނަ އިޞްލާޙު 1976: 23 މި އިޞްލާޙުގެ ދަށުން އިންޑިއާގެ ޤާނޫނުއަސާސީގެ 368 ވަނަ މާއްދާއަށް އަނެއްކާވެސް އިޞްލާހު ގެނެވުނެވެ. މި އިޞްލާޙުގައި ޤާނޫނު ހަދާ ބާރުގެ އަސާސީ ބާރަށް އެއްވެސް ޙައްދެއް ނުވަތަ ލިމިޓޭޝަންއެއް ނެތްކަމަށް ކަނޑައެޅިއެވެ. އަދި ޤާނޫނު ހަދާ މަޖިލީހުން ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙަކާމެދު އެއްވެސް ކޯޓެއްގައި އެއްވެސް ސަބަބަކާހުރެ ސުވާލު ނުކުރެވޭނެކަމަށް ކަނޑައެޅިއެވެ.
53މިނެރުވާ މިލްސް ވ. ޔޫނިއަން އޮފް އިންޑިއާ (1980): 24 މި މައްސަލައިން އަސާސީ އޮނިގަނޑުގެ ޤާޢިދާ އަލުން ކަށަވަރުކޮށްދީ ހަރުދަނާކޮށްދީފައި ވެއެވެ. އަދި ޤާނޫނުއަސާސީގެ 368 ވަނަ މާއްދާއިން މަޖިލީހަށް ލިބިދީފައިވާ ބާރުތައް މަޙުދޫދު ކުރިއެވެ. ޤާނޫނުއަސާސީއަށް ގެނެވުނު 42 ވަނަ އިޞްލާޙުގެ ވަކި ބައިތަކެއް (އޭގެތެރޭގައި ޤާނޫނު ހެދުމުގެ ބާރަށް ހައްދެއްނެތް މިންވަރަށް ލިބިދީފައިވާ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާބެހޭ ބާރުވެސް ހިމެނޭހެން) ނިމުމަކަށް ގެނައެވެ. ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނުހަދާ މަޖިލީހަށް ލިބިފައިވާ ބާރު، މަޙުދޫދު ކުރެވިފައި އޮތުމާއި އިންޑިއާގެ ޤާނޫނުއަސާސީގައިވާ އަސާސީ ޙައްޤުތަކާއި ޑައިރެކްޓިވް ޕްރިންސިޕަލްތަކުގެ މެދުގައި ލާމެހުންތެރިކަމާއި ބެލެންސް އޮތުމާއި، ޝަރުޢީ މުރާޖަޢާ ކުރުމުގެ ބާރު ކޯޓުތަކަށް އޮތުމަކީ ޤާނޫނުއަސާސީގެ އަސާސީ މުހިއްމު ސިފަތަކެއް ކަމަށް 25 އިންޑިއާގެ ސުޕްރީމް ކޯޓުން މި މައްސަލައިގައި ނިންމާފައިވެއެވެ.
54ވަމާން ރާއޯ ވ. ޔޫނިއަން އޮފް އިންޑިއާ (1981): މި މައްސަލައިގައި އަސާސީ އޮނިގަނޑު ބޭނުންކުރުމާގުޅޭ ރޮނގެއް ކުރަހާދިނެވެ. ކޭސަވަނަންދަ މައްސަލައިގެ ކުރިން (24 އޭޕްރީލް 1973) ފާސްކުރި ޤާނޫނުތަކާއި އިޞްލާހުތައް ޞައްޙަ ކަމަށާއި އެ ތާރީޚުގެ ފަހުން ހަދާ ޤާނޫނުތައް އަސާސީ އޮނިގަނޑުގެ ޓެސްޓުން ވަޒަންކުރެވޭނެ ކަމަށް މި މައްސަލައިގައި ނިންމެވިއެވެ.
55އެސް.އާރް ބޮމްމައި ވ. ޔޫނިއަން އޮފް އިންޑިއާ (1994): މި މައްސަލައިގައި ފެޑެރަލިޒަމް އާއި ސެކިއުލަރިޒަމްއަކީ އަސާސީ އޮނިގަނޑުގެ ބައެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.
56އައި.އާރް. ކޮއެލްހޯ ވ. ސްޓޭޓް އޮފް ތަމިލް ނާޑޫ (2007): 1973 ވަނަ އަހަރުގެ ފަހުން އިންޑިއާގެ ޤާނޫނުއަސާސީގެ 9 ވަނަ ޖަދުވަލުގައި ހިމަނާފައިވާ އެއްވެސް ޤާނޫނަކީ، އަސާސީ އޮނިގަނޑާ ޚިލާފު ޤާނޫނެއް ނަމަ ޝަރުޢީ މުރާޖަޢާ [Judicial Review] ކުރެވޭނެ ޤާނޫނެއްކަމަށް ކަނޑައެޅިއެވެ.
57އިންޑިއާގެ އަސާސީ އޮނިގަނޑުގެ ޤާޢިދާ އުފެދިގެން އައީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހާއި ޝަރުޢީ ދާއިރާ ޚާއްޞަކޮށް އެ ޤައުމުގެ ސުޕްރީމް ކޯޓާ ދެމެދު ހިނގާދިޔަ ވަރަށް ވާދަވެރި ބަދަލުތަކެއްގެ https://lawctopus.com/clatalogue/clat-pg/case-analysis-waman-rao-and-ors-v-union-of-india/ https://blog.ipleaders.in/s-r-bommai-v-union-of-india-power-of-presidents-rule-curtailed/ The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law, www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 “I.R. Coelho v. State of Tamil Nadu (2007) [4]: Ninth Schedule and Judicial Review This judgment extended the doctrine’s reach by holding that laws placed in the Ninth Schedule after April 24, 1973, remain subject to basic structure scrutiny. In doing so, the Court reinforced that judicial review cannot be ousted by constitutional maneuvering, thereby safeguarding fundamental rights from indirect abrogation.” https://www.dhyeyalaw.in/i-r-coelho-v-state-of-tamil-nadu The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law, www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 “S.R. Bommai v. Union of India (1994): Federalism and Secularism In reviewing the dismissal of state governments under Article 356, the Court held that federalism and secularism are part of the basic structure. The ruling curtailed misuse of Article 356 for partisan ends and emphasized that constitutional principles, not political convenience, must govern federal relations.” ތެރެއިންނެވެ. އެ ޤާޢިދާ އިން ކަށަވަރުކޮށްދެނީ ޤާނޫނުއަސާސީގެ މައިގަނޑު އަސާސް ނުވަތަ ވެލިއުސްތަކަށް އިޞްލާޙު ގެނައިނަމަވެސް، އެ ޤާޢިދާ ޚިލާފަށް އެ ޤާޢިދާއިން ނަގަހައްޓާ ކަންކަމުގެ އަސަރު ކަނޑުވައި ނުލެވޭނެ ކަމެވެ. އިންޑިއާގެ ޝަރުޢީ ނިޒާމުގައި ތަފާތު މައްސަލަތަކެއްގެ ތެރެއިން ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ޤާޢިދާ ތަރައްޤީ ކުރިއިރު ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ތެރޭގައި މިހާރު ޤަބޫލު ކުރެވޭ ބައެއް ކަންކަން ތިރީގައި އެވަނީއެވެ. (1) ޤާނޫނުއަސާސީގެ ސިޔާދަތު (Supremacy of the Constitution)، (2) ޤާނޫނުގެ ވެރިކަން (Rule of Law)، (3) ޖުޑީޝަލް ރިވިއު، (4) ބާރުތައް ވަކިކުރުން (Separation of Powers)، (5) ފެޑެރަލިޒަމް، (6) ސެކިއުލަރިޒަމް، (7) ޑިމޮކްރަސީއާއި މިނިވަން އިންޞާފުވެރި އިންތިޚާބު، (8) ޝަރުޢީ ދާއިރާގެ މިނިވަންކަން، (9) ޤައުމުގެ އެއްބައިވަންތަކަމާއި ނަޒާހަތްތެރިކަން، (10) އަސާސީ ޙައްޤުތަކާއި ޑައިރެކްޓިވް ޕްރިންސިޕަލްސް ތަކާހުރި ލާމެހުން؛ މިއެވެ. އިންޑިއާގެ އިސްވެ ޙަވާލާ ދެވުނު މައްސަލަތަކުން ފާހަގަކުރެވުނު ސިފަތައް މިތަނުގައި ބަޔާންކުރެވިފައި އެވަނީ ހަމައެކަނި މިސާލެއްގެ ގޮތުން އެކަންޏެވެ.
58އިންޑިއާގެ އިސްވެ ބަޔާންކުރި މައްސަލަތަކުގެ ތެރެއިން ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މުޠުލަޤު ބާރު ޤާނޫނުހަދާ މަޖިލީހަށް އޮވޭތޯ ކުރެވުނު ބަހުސްގައި ފުރަތަމަ ޖަވާބަކަށްވީ، ޤާނޫނު ހަދާ މަޖިލީހުގެ ސިޔާދަތު [Parliamentary Supremacy] ދެމެހެއްޓުމެވެ. ބުނެވިދިޔަ ޝަންކަރީ ޕްރަސާދް މައްސަލައިގެ އަސާސްއަކީ މިއެވެ. ނަމަވެސް ޤާނޫނުއަސާސީގެ އަކުރުތަކާއީ ބަސްމަގު ހުރި ގޮތުން ޤާނުނުއަސާސީގެ ސިޔާދަތު [Constitutional Supremacy] ދަމަހައްޓަންޖެހޭކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ޤަބޫލު ކުރިއެވެ.
59HN5ދިވެހިރާއްޖޭގެ ޤާނުނުއަސާސީގެ 268 ވަނަ މާއްދާގައި؛ "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ޤާނުނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަކުރާންވާނެއެވެ. މި ޤާނުނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނުނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ." މިފަދައިން އޮންނަ އޮތުމުން ދިވެހިރާއްޖޭގެ ޤާނުނީ ނިޒާމުގެ އަސާސީ އެއް ސިފަޔަކީ ދުސްތޫރީ ސިޔާދަތު [Constitutional Supremacy] ކަން އެނގެއެވެ. މިކަމާމެދު މިމައްސަލައިގައި ހިމެނޭ ޚަޞްމުންގެ މެދުގައިވެސް ބަހުސެއް، ޚިޔާލު ތަފާތުވުމެއް ނެތެވެ. އެހެންކަމުން އުފެދޭ ސުވާލަކީ، ދިވެހިރާއްޖެ ފަދަ ދުސްތޫރީ ސިޔާދަތު ބަލައިގަނެފައިވާ ދައުލަތެއްގައި މި އަސާސީ އޮނިގަނޑުގެ ޤާޢިދާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތަޢާރަފް ކުރެވިދާނެ ހެއްޔެވެ؟
60ކޮންމެ ޤައުމެއްގެ ޤާނޫނުއަސާސީ އެއްގައި ވެސް އަސާސީ އޮނިގަނޑުކަމަށްވާނީ، އެ ޤާނޫނުއަސާސީ އޭގެ މައްޗަށް ބިނާވާ އަސާސީ މަބްދައުތަކާއި ސިފަތަކާއި ޤިޔަމު [values] ތަކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް މައުޟޫޢީ ނަޒަރަކުން ބަލާއިރު، ޤާނޫނުއަސާސީގައި މިފަދަ އަސާސީ އުޞޫލުތަކެއް ހިމެނޭކަމުގެ މާނަ ދޭހަވާ މާއްދާތަކެއް އެބަހުއްޓެވެ. ތިރީގައި އެވާ ތާވަލުގައި ހިމަނާފައި އެވަނީ މިކަމުގެ މިސާލެއްގެ ގޮތުން ހިމަނާފައިވާ މާއްދާތަކާއި އެ މާއްދާތަކުން ދޭހަވާ އަސާސީ ސިފަތަކެވެ. މާއްދާ އަސާސީ ސިފަ އަމިއްލަ ވެރިކަން، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވުން، ދިމިޤްރާތީ، ޖުމްހޫރީ ވެރިކަން ރައްޔިތުންގެ ބާރުވެރިކަން 5، 6 އަދި 7 ވަނަ މާއްދާ ތިންބާރު ވަކިވެފައިވާ ނިޒާމު 8 ވަނަ އަދި 268 ވަނަ މާއްދާ ޤާނޫނު އަސާސީގެ ސިޔާދަތު ދެމެހެއްޓުން ދިވެހިރައްޔިތު ކަމުގެ ސިފަ އިސްލާމްދީނަކީ ޤާނޫނުތަކުގެ މައިގަނޑު މަސްދަރުކަން އަދި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަން. ޤައުމީ ބަހަކީ ދިވެހިބަސްކަން. 2 ވަނަ ބާބު އަސާސީ ޙައްޤުތައް 64 ވަނަ މާއްދާ އަދި 67 ވަނަ މާއްދާގެ (ބ) ޤާނޫނުގެ ވެރިކަން 262 ވަނަ މާއްދާގެ (ށ) ދެމި އޮތުން މިމާއްދާގައި ރައްޔިތުންނަށް ދީފައިވާ އިޚްތިޔާރުތައް އެގޮތުގައި ދެމި އޮތުން 43 ވަނަ މާއްދާގެ (ހ)، (ށ) (ށ) އަދި (ނ) އަދި 144 ވަނަ މާއްދާގެ (ހ) ޝަރުޢީ މުރާޖަޢާގެ ޙައްޤު
61އިސްވެ ބަޔާންކުރި މާއްދާތަކުގައި ހިމެނޭ އަސާސީ ސިފަތަކަށް ނަޒަރުކުރާއިރު، އެ މާއްދާތަކުން ހާމަކޮށްދެނީ ދިވެހި ދައުލަތުގެ ދުސްތޫރުގެ ޚާއްޞަ ސިފަތަކެއް ކަމާމެދަކު ޝައްކެއްނެތެވެ. އެ ދުސްތޫރުގައި ހިމެނޭ ހަމަ ކޮންމެ މާއްދާއެއް، ކޮންމެ އަކުރެއް އެއީ މިފަދަ ސިފަތައް ރައްކާތެރިކޮށް، ދުސްތޫރުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ހިމަނާފައިވާ މާއްދާތަކާއި އަކުރުތަކެކެވެ. ވީއިރު މިފަދަ ސިފަތައް އެގޮތުގައި ދެމެހެއްޓުމަކީ ޤާނޫނުއަސާސީގެ ތަސީފާއްވުރުކުން ކަށަވަރެވެ. ނަމަވެސް ޤާނޫނުއަސާސީ އަށް އިޞްލާޙު ގެނައުމުގެ އިޖުރާއާތަށް ބަލާއިރު، އެ އިޖުރާއާތުގެ ތެރެއިން ޚާއްޞަ ރައްކާތެރިކަމެއް ދީފައިވާ މާއްދާތަކެއް ހުރިއިރު، މަތީގައި ބަޔާންކުރެވުނު ސިފަތައްފަދަ ސިފަތައް ހިމެނޭ ހުރިހާ މާއްދާތަކަކީ، އެއްދަރަޖައިގެ ރައްކާތެރިކަމެއް ޤާނޫނުއަސާސީ އިން ލިބިދީފައިވާ މާއްދާތަކެއް ނޫނެވެ.
62HN7ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ބަލާއިރު، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ އިޚްތިޔާރާއި ބާރު އޮތީ ޤާނޫނުއަސާސީގައި ސާފުކަން ބަޔާން ކުރެވިފައެވެ. މިގޮތުން، ބައެއް މާއްދާތަކަކީ ރައްޔިތުންގެ މަޖިލީހުގެ 3/4 (ހަތަރުބައިކުޅަ ތިންބައި) ގެ އަޣުލަބިއްޔަތުން އިޞްލާޙު ކުރެވޭ މާއްދާތަކަކަށްވާއިރު، އަނެއްބައި މާއްދާތަކަކީ (262 ވަނަ މާއްދާގެ
(ށ)) އެމާއްދާތަކަށް ގެންނަން ބޭނުންވާ އިޞްލާޙެއް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން ފާސްކޮށްގެން މެނުވީ ތަޞްދީޤު ނުކުރެވޭނެ މާއްދާތަކެކެވެ.
63HN6ޤާނޫނު މާނަ ކުރުމާބެހޭ ގޮތުން މީގެ ކުރިން މި ކޯޓުން ނިންމާފައިވާ (ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާއާއި އިތުރު ޤަސިއްޔާތަކުގައި، އަންނަނިވި ޢިބާރާތް ތަކުރާރުކޮށްފައި ވެއެވެ. "...ކޮންމެ ގޮތަކަށް ޤާނޫނެއް މާނަ ކުރުމަށް މިސްރާބު ހިފިނަމަވެސް ޔަޤީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރު ކުރިނަމަވެސް މާނަކުރުމުގެ މަސައްކަތް ފެށެނީ ޤާނޫނުގެ ޢިބާރާތާއި އޮނިގަނޑުން ކަމެވެ. އެހެން ކަމުން ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ ޢިބާރާތް ހިމެނޭ ޤާނޫނު ކިޔަންވާނީ އެއްރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. ޤާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ޤާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަޤްޞަދުގެ ފުޅާ އިމުގެ ތެރޭގައެވެ." މި ހަމައަކީ ހަމަ ޤާނޫނުއަސާސީ މާނަ ކުރުމުގައިވެސް ބޭނުންކުރާންވާނެ ހަމައެވެ. މި އުޞޫލުން ބަލާއިރު، ޤާނޫނުއަސާސީ ބަދަލުކޮށް އިޞްލާޙު ކުރުމުގެ ބާރު ޤާނޫނުއަސާސީ އިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮތް ނަމަވެސް، އެ ބާރަކީ ޤާނޫނުއަސާސީން ލިބިދޭ ބާރަކަށް (ޑެރިވޭޓިވް ޕަވަރ) ވާތީ، އޭގެ ބޭނުންކުރާންވާނީ ހަމައެކަނި ޤާނޫނުއަސާސީ އިން ލިބިދީފައިވާ ޙުދޫދުގެ ތެރޭގައެވެ. ހަމައެގޮތަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އަށް ގެންނަ އިޞްލާޙުތަކާ ގުޅޭގޮތުން ޝަރުޢީ މުރާޖަޢާއަށް ހުށަހެޅޭ މައްސަލަތައް ބަލައި ގޮތް ކަނޑައެޅުމުގައި ޝަރުޢީ ކޯޓުތަކުންވެސް ތަބާވާންޖެހޭނީ ޤާނޫނުއަސާސީ އިން ކޯޓުތަކަށް ބާރު ދީފައިވާ ޙުދޫދުގެ ތެރޭގައެވެ. މިބަޔާންކުރި ޙުދޫދު ވަނީ މީގެ ކުރިން ޙަވާލާ ދެވިފައިވާ މިކޯޓުގެ ޔަޢުޤޫބު ޢަބްދުﷲ ޤަޝިއްޔާއާއި ރޮޒައިނާ އާދަމް ގައި ކަނޑައެޅިފައެވެ. އެނޫންގޮތަކަށް ދައުލަތުގެ އެއްވެސް ބާރަކުން އެބާރަކަށް ލިބިފައިނުވާ ބާރެއް ބޭނުންކޮށްފިނަމަ އޭގެ ނަތީޖާއަކަށްވެގެންދާނީ ދައުލަތުގެ ދުސްތޫރީ ނިޒާމު ފާލުން ނެއްޓި، ދައުލަތުގެ އޮނިގަނޑު ރޫޅިގެން ދިއުމެވެ.
64މިހަމައާބެހޭ ގޮތުން ބަނގްލަދޭޝްގައިވެސް އަސާސީ އޮނިގަނޑުގެ ޤާޢިދާ ދެނެގަތް އިރު 33 ޖަސްޓިސް ބަދުރުލްހައިދަރު ޗައުދުރީ ވިދާޅުވެފައިވާ ޢިބާރާތެއްގެ ދޭހަ މިތަނުގައި ނަކަލު ކުރަމެވެ. "ޤާނޫނުއަސާސީއެއް އެކުލަވާލުމުގެ ބާރަކީ އަސާސީ ބާރެކެވެ. ނަމަވެސް، ޤާނޫނުއަސާސީއެއް އިޞްލާޙު ކުރުމުގެ ބާރަކީ މުޝްތަޤް [derivative power] ބާރެކެވެ." ވީއިރު، މިބާރު ބޭނުންކޮށްގެން ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާ ދުރަށް ދާގޮތަށް ޤާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު އޮންނާނެ ކަމަށް ދުށުމަކީ ޤާނޫނުއަސާސީގެ ސިޔާދަތުގެ މަފްހޫމާ އިދިކީލި ވިސްނުމެކެވެ. ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރަށް އޮންނަ ޤާނޫނުއަސާސީ މާނަ ކުރުމުގެ އިޚްތިޔާރަކީ އޭގެ ހިމޭން އުޞޫލުތަކަށް މާނައެއްދީ، ސިޔާސީ ބޭނުންތަކުގެ ކުރިމަތީގައި އޭގެ ކަރާމާތް The Desirability of Application of the Basic Structure Doctrine in Bangladesh: An Introspection of Constitutional Amendments, Arfan Ahmed Department of Law, Southeast University, Dhaka, Bangladesh, Beijing Law Review, 2024, 15, 1528-1545, https://www.scirp.org/journal/blr ISSN Online: 2159-4635 ISSN Print: 2159-4627 Anwar Hossain Chowdhury vs. Bangladesh (41 DLR (AD) 165 ރައްކާތެރިކުރުމަށް ދީފައިވާ އިޚްތިޔާރެކެވެ . މިފަދައިން އަހުރެން ބުނާ ބުނުމަކީ މިކޯޓުން ޤާނޫނު ހެދުން ނުވަތަ މަޖިލީހުގެ މެންޑޭޓްގެ ތެރެއަށް ވަނުމެއް ނޫނެވެ. އެއީ، ޤާނޫނުއަސާސީގެ ސިޔާދަތު އޮތް ދައުލަތެއްގައި އެ ސިޔާދަތުގެ ސިފަ ބުނެދިނުމެވެ.
65ދިވެހިރާއްޖެއަކީ ދުސްތޫރީ ސިޔާދަތު [Constitutional Supremacy] އޮންނަ ޤައުމަކަށްވުމާއެކު، ދިވެހިރާއްޖެއަކީ ދައުލަތް ހިންގުމުގެ ބާރުތައް ވަކިވެފައިވާ ނިޒާމެއް އޮތް ޤައުމެކެވެ. މިގޮތުން ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙުދޫދުގެ ތެރެއިން އަދި ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނުއަސާސީގެ ބާރަވަނަ ބާބުގައި ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ މުޠުލަޤު ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަން އެނގެއެވެ.
66އަސާސީ އޮނިގަނޑުގެ ޤާޢިދާ އިންޑިއާއަށް ތަޢާރަފްވި ގޮތާއި ދިވެހިރާއްޖޭގެ ޙާލަތު މުޅިން ތަފާތެވެ. އިންޑިއާއިން އަސާސީ އޮނިގަނޑުގެ ޤާޢިދާ ބޭނުންވީ އެ ޤައުމުގެ ޤާނޫނުއަސާސީގެ 368 ވަނަ މާއްދާއިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ފުޅާ ދާއިރާއެއްގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބާރު ލިބިދީފައިވާތީއެވެ. މިއާ ޚިލާފަށް ދިވެހިރާއްޖޭގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ އިންތަކާއި އިޖުރާއަތުތަކާއި ޢާއްމު ރައްޔިތުންގެ ޚިޔާލު ހޯދުން ފަދަކަންކަން ލާޒިމްކޮށްފައި އޮންނަ އޮތުމުން ޤާނޫނުއަސާސީގައި އޭގެ ޒާތުގައި އިޞްލާޙުކުރުމަށް އެކަށީގެންވާ އިންތަކެއް ހުރިކަން އެނގެން އޮވެއެވެ. އެގޮތުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގައި އޭގެ ޒާތުން އެވަނީ ރައްކާތެރިކަމުގެ ހަމަތަކެއް ޤާއިމްކުރެވިފައިއެވެ.
67އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ގޮތުގައި ވަކި މާއްދާތަކެއް ފާހަގަކޮށް، އެކަން ސުޕްރީމު ކޯޓުން ކަނޑައެޅުމުގެ ބަދަލުގައި އެކަން އެމަގުން ކުރުމަކީ ބޭނުންތެރި ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރެވޭނެ ޤާނޫނީ ހަމަތައް ޤާނޫނުއަސާސީގައި މިހާރުވެސް ޤާއިމްވެފައިވާކަމަށް އަހުރެން ދެކެމެވެ.
އެންޓި ޑިފެކްޝަން އުޞޫލާއި ރިޔާސީ ނިޒާމް
68ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމަކީ މި ދެ ނިޒާމުގައި ބޮޑެތި ތަފާތުތަކެއް ހުރި ދެ ނިޒާމެވެ. ރިޔާސީ ނިޒާމަކީ ދިމިޤްރާތީ ހިންގުމުގެ ތެރެއިން އެ ދައުލަތެއްގެ ރައްޔިތުން އިންތިޚާބު ކުރާ ރައީސަކު، ދައުލަތުގެ އިސްވެރިއެއްގެ ގޮތުގައި އަދި ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތް ކުރާ ނިޒާމެކެވެ. މެދު ޒަމާނުގެ ޔޫރަޕްގެ ރަސްކަމުގެ އޮނިގަނޑުތަކުން އުފެދިފައިވާ މި ނިޒާމު ތަރައްޤީވެފައިވަނީ، ވިރާސީ ރަސްކަމުގެ ބޭރުން، ރައްޔިތުންގެ ސީދާ ނުވަތަ ނުސީދާ ވޯޓުން ވެރިން ހޮވުމުގެ ފުރުޞަތު ދިނުމަށެވެ. ޢާންމުކޮށް ބޮޑުވަޒީރަކު ސަރުކާރުގެ މަސައްކަތްތައް ބަލަހައްޓާ ބަރުލަމާނީ ނިޒާމުތަކާ ޚިލާފަށް، ރިޔާސީ ނިޒާމުގައި ވެރިކަން ހިންގުމުގެ ބާރުތައް ލިބިދެނީ، ރައީސުލްޖުމްހޫރިއްޔާ އަށެވެ. މި ޒަމާނުގެ ރިޔާސީ ނިޒާމުތަކުގެ ތެރެއިން ގިނަ ނިޒާމުތަކުގެ ސިފައަކީ، ބާރުތައް އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށްޓަކައި ޗެކް އެންޑް ބެލެންސްގެ އުޞޫލުގެ ތެރެއިން، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންޞާފު ލިބިދިނުމުގެ ބާރުގެ މެދުގައި ބާރުތައް ވަކިކުރުމެވެ.
69ދިވެހިރާއްޖެއަކީ ރިޔާސީ ނިޒާމު ބަލައިގަނެފައިވާ ދައުލަތެކެވެ. ހަމައެއާއެކު ދިވެހިރާއްޖޭގައި ޤާނޫނުއަސާސީގައި ބަރުލަމާނީ ނިޒާމުގެ ސިފަތައްވެސް ކޮންމެވެސް މިންވަރަކަށް އެކުލެވިފައިވާތަން ފެންނާން އެބަހުއްޓެވެ. މިސާލަކަށް، ޤާނޫނުއަސާސީގެ 90 ވަނަ މާއްދާއާއި 93 ވަނަ މާއްދާއާއި 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއާއި 100 ވަނަ މާއްދާއާއި 101 ވަނަ މާއްދާއާއި 129 ވަނަ މާއްދާފަދަ މާއްދާތައް ފާހަގަކޮށްލެވެއެވެ.
70އަސާސީ އޮނިގަނޑުގެ ޤާޢިދާ އެ ޤައުމަކަށް ނިސްބަތްވާ އިންޑިއާއަކީ، އެ ޤައުމުގެ ޤާނޫނުއަސާސީގައި އެންޓި ޑިފެކްޝަންގެ އުޞޫލުތައް ކަނޑައަޅާފައިވާ ޤައުމެކެވެ. އެންޓި ޑިފެކްޝަންގެ އުޞޫލު އިންޑިއާގެ ޤާނޫނުއަސާސީއަށް ތަޢާރަފް ކުރެވުނީ 1985 ވަނަ އަހަރު އިންޑިއާގެ ޤާނޫނުއަސާސީއަށް ގެނެވުނު 52 ވަނަ އިޞްލާޙު ދަށުންނެވެ. ބުނެވުނު އިޞްލާޙުގެ ދަށުން އިންޑިއާގެ ޤާނޫނުއަސާސީއަށް ދިހަ ވަނަ ޖަދުވަލު އިތުރު ކުރެވުނެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީތަކުން ވަކިވުން ޢާންމުވެ، ސަރުކާރުތައް ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިގެން ދިއުން ހުއްޓުވުމެވެ. މި އިޞްލާޙުގެ ދަށުން، މެންބަރަކު އަމިއްލައަށް އެ މެންބަރަކު އިންތިޚާބުވެފައިވާ ޕާޓީއިން ވަކިވެއްޖެނަމަ، ނުވަތަ ޕާޓީގެ ރުހުންނެތި، ޕާޓީގެ ވިޕާ ޚިލާފުވެއްޖެނަމަ ނުވަތަ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވެ ފަހުން ޕާޓީއަކާ ގުޅިއްޖެނަމަ ނުވަތަ މެންބަރުކަމަށް ނޮމިނޭޓް ކުރެވިފައިވާ މެންބަރަކު ނޮމިނޭޓްވާ ތާރީޚުން ފެށިގެން ހަމަސްދުވަހުގެ މުއްދަތު ހަމަވުމަށްފަހު އެއްވެސް ޕާޓީއަކާ ގުޅިއްޖެނަމަ، އެ މެންބަރަކު މެންބަރު ކަމުން ވަކިވާނެކަމަށް ކަނޑައަޅާފައިވެއެވެ.
71ބުނެވުނު އިޞްލާޙުގެ 6 ވަނަ ޕެރެގްރާފްގައި މެންބަރަކު، މެންބަރުކަމުން ވަކިވެއްޖެކަމާމެދު ސުވާލު އުފެދޭ ޙާލަތުގައި އެފަދަކަމާކާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ދީފައިވަނީ މަޖިލީހުގެ ތިރިގޭގައި ނަމަ ރައީސަށް މަތިގޭގައި ނަމަ މުޤައްރިރަށެވެ. އަދި މި އިޞްލާޙުގެ 7 ވަނަ ޕެރެގްރާފުގައި މި އިޞްލާޙުގައި ހިމެނޭކަންކަން ބެލުން ކޯޓުގެ އިޚްތިޞާޞުން ބޭރުކަމަށް ކަނޑައަޅާފައިވެއެވެ. މިކަންކަމަށް ޠަޢުނުކޮށް މި އިޞްލާޙަކީ އަސާސީ އޮނިގަނޑުގެ ޤާޢިދާގެ ތެރޭގައި ހިމެނޭ ޕާލަމެންޓަރީ ޑިމޮކްރަސީއަށް ބުރޫއަރައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޚިލާފު އިޞްލާޙެއް ކަމަށް ބުނެ މި މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅުނެވެ. މި މައްސަލަ ބަލާފައިވަނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ކިހޯޓޯ ހޮލޯހަން ވ. ޒަކިލްހޫ އެންޑް އަދަރސް (1992) މައްސަލައިންނެވެ.
72މި މައްސަލައިގައި އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ޝަރުޢީ މުރާޖަޢާ ނުކުރެވޭ ގޮތަށް އޮތް އޮތުން ޤާނޫނުއަސާސީގެ 368 ވަނަ މާއްދާގެ (2) ވަނަ ނަންބަރާ ޚިލާފުކަމަށާ އަދި އެ އިޞްލާހުގެ އެހެން ބައިތަކަކީ ޞައްޙަ އަދި މިނިވަންކަމާއެކު ހިންގޭނެ ބައިތަކެއް ކަމަށެވެ. އަދި ދިހަވަނަ ޖަދުވަލުގެ ދަށުން ތިރި ގެއާއި މަތިގޭގެ ވެރިން ނިންމާ ނިންމުން އެ ނިންމަނީ ޓްރައިބިއުނަލް އެއްގެ ގޮތުގައިކަމަށާއި އެމީހުންގެ ނިންމުންތަކަކީ، ނުބައި ނިޔަތް [Mala fide] ނުވަތަ ޠަބީޢީ އިންޞާފު [Natural Justice] ނުވަތަ ދުސްތޫރީ މެންޑޭޓްތަކާގުޅޭ ކަންކަމުގައި ޝަރުޢީ މުރާޖަޢާ ކުރެވޭނެ ނިންމުންތަކެއް ކަމަށެވެ.
73އަދި އެންޓި ޑިފެކްޝަން ޤާނޫނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީއާ ޚިލާފު ކަމެއް ނޫންކަމަށްވެސް މި މައްސަލައިގައި އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. އެ ޤާނޫނުގެ ސަބަބުން މަޖިލީހުގެ ނަޒާހަތްތެރިކަން ހަރުދަނާވެގެންދާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
74މިހިސާބުން އުފެދޭ ސުވާލަކީ، ރާއްޖެފަދަ ރިޔާސީ ނިޒާމް އޮންނަ ޤާނޫނީ ނިޒާމްތަކަށް އެންޓި ޑިފެކްޝަންގެ އުޞޫލު ތަޠުބީޤު ނުކުރެވޭނެ ހެއްޔެވެ؟ ރިޔާސީ ނިޒާމުތަކުގައި އެންޓި ޑިފެކްޝަންގެ އުޞޫލު ތަޠުބީޤު ކުރުމަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު ކަމެއް ހެއްޔެވެ؟ ނުވަތަ މިފަދަ އުޞޫލުތައް ރިޔާސީ ނިޒާމުގެ ތެރެއަށް ތަޢާރަފްކުރުމުގައި ހިފެހެއްޓުންތަކެއް ކަނޑައެޅިދާނެ ހެއްޔެވެ؟
75ޤާނޫނީގޮތުން އެންޓި ޑިފެކްޝަން ޞައްޙަކަމަށް ކަނޑައެޅި އިންޑިއާގެ ކިހޯޓޯ މައްސަލައިގެ އައުލަބިއްޔަތު ރައުޔުގެ ނިންމުމަށް ވާސިލްވި ސަބަބުތަކުގެ ތެރޭގައި، މި އިޞްލާޙުގެ 2 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ (އެންޓި ޑިފެކްޝަން އާ ގުޅޭ) ކަންކަން އެ ޤާނުނުއަސާސީގެ 105 ވަނަ މާއްދާ އާއި 194 މާއްދާގައިވާ އެއްވެސް ޙައްޤަކާއި މިނިވަންކަމަކާ ޚިލާފުނޫންކަމަށް ނިންމާފައި ވެއެވެ. އަދި އެންޓި ޑިފެކްޝަންގެ އުޞޫލުގެ ސަބަބުން ސިޔާސީ ބައިބައިވުންތައް ނެތިކޮށްލައި އިންޑިއާގެ ބަރުލަމާނީ ޑިމޮކްރަސީ [parliamentary democracy] ގެ ފޭރާން އިތުރަށް ހަރުދަނާވެގެން ދާކަމަށް ކަނޑައެޅިއެވެ . އެހެންކަމުން އެ އިޞްލާޙު، އަސާސީ އޮނިގަނޑުގެ ޤާޢިދާއާ ޚިލާފު ނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި އެ އިޞްލާޙުގެ މަޤުޞަދަކީ މަޤާމުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދަހިވެތިކަމުގައި، ތިމާ އެފިކުރެއްގެ މައްޗަށް އިންތިޚާބުވި ސިޔާސީ ވިސްނުމާއި ފިކުރު ނުވަތަ ސިޔާސީ ޕާޓީ ބަދަލުކުރުމުގެ ސުންޕާ ބަލި ހުއްޓުވުމާއި (އިންޑިއާ) ޑިމޮކްރަސީގެ ބިންގަލަށް ނުރައްކާވާ އެފަދަ އެހެނިހެން ކަންކަން ހުއްޓުވުންކަމަށް ކަނޑައެޅިއެވެ.
76ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅި ފަރާތުން މައްސަލައިގެ ބަހުސްގެ ތެރޭގައި އަސާސީ އޮނިގަނޑުގެ ޤާޢިދާއަކީ ބަރުލަމާނީ ވެރިކަމުގެ ނިޒާމްތަކަށާއި ރިޔާސީ ވެރިކަމުގެ ނިޒާމްތަކަށްވެސް ތަޠުބީޤު ކުރެވޭނެ ޤާޢިދާއެއްކަމަށާއި، އެހެންނަމަވެސް މި ދެ ނިޒާމަށް އެންޓި ޑިފެކްޝަން އުޞޫލު ތަޠުބީޤު ކުރުމުގައި ތަފާތު ތަކެއް ގެންގުޅޭންޖެހޭކަމަށް މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. މިގޮތުން، ބަރުލަމާނީ ނިޒާމެއްގައި އެންޓި ޑިފެކްޝަން ޤާނޫނު މުހިއްމުވަނީ، ސަރުކާރެއްގެ ހަމަޖެހުމާ ދެމެހެއްޓުމާ ގުޅިފައިވާތީ، ސަރުކާރާ އެކުގައި ތިބި މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ އެއިރެއްގައި އޮންނަ ސަރުކާރު ރޫޅިގެންދާތީ ކަމުގައި މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ. އެހެންކަމަށްވާނަމަ، ރިޔާސީ ނިޒާމު އޮންނަ ޤައުމުތަކުގައިވެސް މެންބަރުން ޕާޓީ ބަދަލުކުރުމާއި ސަރުކާރުގެ ހަމަޖެހުމާ ދެމެހެއްޓުމާއި ގުޅިލާމެހިފައިވާނަމަ، އެތަނަކަށް ހަމަޖެހުން ގެނައުމުގެ މަޤްޞަދުގައި އެންޓި ޑިފެކްޝަންގެ ޤާނޫނީ އުޞޫލު ވުޖޫދުކުރުން މުހިންމު ނުވާންވީ ކީއްވެތޯ ސުވާލު އުފެދެއެވެ. މި ސަބަބަށްޓަކައި ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ އަދި ރިޔާސީ އަދި ބަރުލަމާނީ ހައިބްރިޑް ސިފަތައް އެކުވެފައިވާ ނިޒާމާއި ގާތްކުރާ ސިފަތަކެއް ކޮންމެވެސް ވަރަކަށް ހުރި ބަރުލަމާނީ ނިޒާމުތަކުގައި އެންޓި ޑިފެކްޝަން އުޞޫލަކީ ބޭނުންކުރާ އުޞޫލެއްތޯ ބަލައިލަންޖެހެއެވެ.
77މިގޮތުން، ރިޔާސީ ނިޒާމެއް އޮންނަ ނައިޖީރިއާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ (g) ގައި އެންޓި ޑިފެކްޝަން އުޞޫލު ހިމަނާފައިވެއެވެ. އަދި ކެންޔާއަކީ ވެސް ރިޔާސީ ނިޒާމުތަކުގެ ތެރެއިން ސިޔާސީ ޕާޓީ ބަދަލުކުރުން (ފްލޯ ކްރޮސްކުރުން) ހުއްޓުވުމަށް ވަރަށް ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ ޤައުމެކެވެ. އެ ޤައުމުގެ ޤާނޫނުއަސާސީގެ 103 ވަނަ މާއްދާގެ (1) ގެ (e) (i)، (ii) ގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރަކު އިންތިޚާބުވި ޕާޓީން އިސްތިއުފާ ދީފިނަމަ ނުވަތަ އެ ޕާޓީ ދޫކޮށްލި ކަމަށް ބެލެވޭ ފަދަ ޢަމަލެއް ކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. ކެންޔާގެ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ޕާޓީ ބަދަލުކުރުން ކަމަށް ބަލާ ކަންތައްތައް ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެހެން ޕާޓީއަކާ ގުޅުން، އިދިކޮޅު ޕާޓީއަކަށް ފާޅުގައި ތާއީދުކުރުން ނުވަތަ އަމިއްލަ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމާ ޚިލާފަށް ޢަމަލުކުރުން ހިމެނެއެވެ. މުޅި މި ޤާނޫނުގެ އޮނިގަނޑު ބައްޓަންކޮށްފައިވަނީ ޕާޓީތަކުގެ ތަރުތީބު ހިފެހެއްޓުމަށާއި، މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވައި، ޤާނޫނު ހަދާ މަޖިލީހުގެ ހަމަޖެހުން ދެމެހެއްޓުމަށެވެ. އެހެންކަމުން، ރިޔާސީ ނިޒާމެއްގެ ތެރޭގައިވެސް، ޕާޓީތަކުގެ ބަދަހިކަމާއި ޤާނޫނުހަދާ މަޖިލީހުގެ އިސްތިޤުރާރު ހިފެހެއްޓުމަށްޓަކައި ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ ފިޔަވަޅުތަކެއް އެޅިދާނެކަން މި މިސާލުތަކުން ދައްކުވައިދެއެވެ.
78ހަމައެއާއެކު ސެމި ޕްރެޒިޑެންޝަލް ނިޒާމެއްގެ މައްޗަށް ދުސްތޫރީ އޮނިގަނޑު ބައްޓަންވެފައިވާ ސްރީލަންކާގެ ޤާނޫނުއަސާސީ ގައިވެސް އެންޓި ޑިފެކްޝަން އުސޫލުތައް ހިމަނާފައިވެއެވެ. ސްރީލަންކާގެ ޤާނޫނުއަސާސީގައި އެންޓި ޑިފެކްޝަން އުޞޫލު ބަޔާންކުރަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާގެ 13 ވަނަ ނަންބަރުގެ (a) އަދި (b) ގައެވެ.
79ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ ޝަރުޢިއްޔަތު ބިނާވެފައިވަނީ އަދި ސަރުކާރު ދެމިއޮތުން ބިނާވެފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ އިތުބާރުގެ މައްޗަށް ކަމަށްވާތީ، އެންޓި ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރާ އުޞޫލުތަކަކީ ބަރުލަމާނީ ނިޒާމެއްގެ ހަމަޖެހުމާ ގުޅިފައިވާ ކަމެއްކަމާމެދު އަހުރެން ދެބަހެއް ނުވަމެވެ.
80HN8އެހެންނަމަވެސް، އިސްވެ ބުނެވުނު ދުސްތޫރީ ނިޒާމްތަކުގައި އެންޓި ޑިފެކްޝަންގެ އުޞޫލުތައް ކަނޑައެޅިފައިވާ ގޮތަށްބަލާއިރު، އެންޓި ޑިފެކްޝަން އުސޫލުގެ ޟަރޫރަތްތެރިކަން ހަމައެކަނި އޮތީ ބަރުލަމާނީ ނިޒާމުތަކަށް ކަމުގައި ބުނުމަކީ ޤާނޫނީ ގޮތުން މުޅިން ހަމަޖެހޭ ބުނުމެއް ކަމުގައި އަހުރެން
81އޭގެ އެންމެ މުހިއްމު އެއް މިސާލަކީ ވެސް ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމެވެ. މިސާލަކަށް، ދިވެހިރާއްޖެއަކީ ރިޔާސީ ނިޒާމެއްގެ މައްޗަށް ދުސްތޫރު ބިނާވެފައިވާ ދައުލަތެކެވެ. ހަމައެއާއެކުވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަރުލަމާނީ ނިޒާމުގެ ބައެއްސިފަތައް އެކުލެވިފައިވާ މާއްދާތަކެއް ހުރިކަމަށް މި ރައުޔުގައި އިސްވެ ބަޔާންކުރެވިއްޖެއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރަށް އެކަނި ބެލިކަމުގައިވިޔަސް އެންޓި ޑިފެކްޝަން އުޞޫލު ބަރުލަމާނީ ނިޒާމަށް ބޭނުންވާ ފަދައިން ރިޔާސީ ނިޒާމުގައިވެސް ބޭނުންޖެހިދާނެ ޙާލަތްތަކެއް ކުރިމަތިވެދާނެކަމަށް ޤަބޫލުކުރެވެއެވެ.
82އެހެންނަމަވެސް ރިޔާސީ އެއް ނިޒާމާ އަނެއް ނިޒާމާ ވެސް ތަފާތުވާ ޙާލަތްތަކެއް ހުރެދާނެއެވެ. މިސާލަކަށް، ދިވެހިރާއްޖެ ފަދަ ރިޔާސީ ނިޒާމެއް އޮންނަ އެމެރިކާގައި، ދައުލަތުގެ އިސްވެރިޔާ ވަކި ކުރުމުގެ ބާރު އެޤައުމުގެ ކޮންގްރެސް ނުވަތަ ޤާނޫނު ހެދުމުގެ ބާރަށް އޮތްކަމުގައިވިޔަސް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އެކުލެވިފައި އޮންނަ ގޮތުންނާއި އެމަރުޙަލާ ހިންގުމަށް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އެ ޤައުމުގެ ދައުލަތުގެ އިސްވެރިޔާ ވަކިކުރުމު [impeachment] ގެ މަރުޙަލާއާއި ދިވެހިރާއްޖޭ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި މި މަރުޙަލާ ކުރިއަށް ގެންދާގޮތާ ދެމެދު ހުރި ތަފާތުތަކީ މީގެ މިސާލެކެވެ.
83ރިޔާސީ ނިޒާމުވެސް އަދި ބަރުލަމާނީ ނިޒާމުވެސް، އެކި ދައުލަތްތަކުގައި އަތުރާލެވިފައިވާ ގޮތުގައި ހުރި ބުނެވިދިޔަ ތަފާތުތަކުގެ ސަބަބުން، އެވެނި ކަމަކީ މިވެނި ނިޒާމެއްގެ ޚާއްޞަ ސިފައެކޭ، ނުވަތަ މިވެނި ކަމަކީ އެވެނި ނިޒާމާ އެކަހީގެން ނުވާކަމެކޭ ބުނެވޭކަށް ނެތެވެ. އެހެނީ، ބަރުލަމާނީ ނިޒާމުގައި މަޖިލިސް މެންބަރުން ތަޅުން ހުރަސް ކުރުމުގެ [Floor crossing] ސަބަބުން ދިމާވެދާނެ ހަމަ ކޮންމެ ނުރައްކަލެއް، ރިޔާސީ ނިޒާމުވެސް އެތުރިފައި އޮތް ގޮތެއްގެ ސަބަބުން ތަޅުން ހުރަސްކުރާނަމަ ކުރިމަތިވެދާނެއެވެ.
84ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަޅުން ހުރަސްކުރުން ހުއްޓުވުމަށްޓަކައި ރާއްޖޭގައި ކުރެވިފައި ހުރި މަސައްކަތަށް ބަލާއިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙުން ޤާނޫނުއަސާސީ އަށް އެންޓި ޑިފެކްޝަންގެ އުޞޫލު ތަޢާރަފް ކުރުމުގެ ކުރިންވެސް ދިވެހިރާއްޖޭގައި މި އުޞޫލުތައް ކަނޑައެޅިފައިވާ ޤާނޫނުތައް އެކުލަވާލެވި ޢަމަލު ކުރެވެމުން ގެންގޮސްފައިވެއެވެ. އަދި މިފަދަ އެންޓި ޑިފެކްޝަން އުޞޫލުތަކާމެދު ޚިލާފު އުފައްދައި ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ގޮތް ނިންމާފައިވެސް ވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަނާރާ ނަޢީމް އަދި އިތުރު ދެފަރާތް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ނިޒާމް ބިނާވެގެންވާންވާނީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ މުޖްތަމަޢުގެ އަސާސީ ޤިޔަމުތައް (values) ޙިމާޔަތްކުރެވޭނޭ އުޞޫލަކުން، އަދި ސިޔާސީ ޕާޓީ އުފެއްދުމުގެ މަޤްޞަދާ ޚިލާފު ނުވާނޭ ހަމައަކުން ކަމުގައިވާއިރު، ރައްޔިތުން ތަމްޘީލުކުރުމަށް އިންތިޚާބުކުރެވޭ މެންބަރުންނަކީ އެ މެންބަރުން އިންތިޚާބުކުރި ދާއިރާތަކުގެ ރައްޔިތުން އެ މެންބަރުން އިންތިޚާބުކޮށްފައިވާ އަސާސާއި ފިކުރަށް އިޙްތިރާމްކޮށް، އެ މެންބަރުންގެ ފަރްދީ އަދި ޒާތީ މަޞްލަޙަތު އެއްކިބާކޮށް، ރައްޔިތުންގެ ޢާންމު މަޞްލަޙަތަށް އިސްކަންދީ، އެ ދާއިރާތަކުގެ ރައްޔިތުން ތަމްޖިލުކުރުންމަތީގައި ދެމިތިބޭ ބަޔަކަށްވުމަކީ ދުސްތޫރީ ގޮތުން އެ މެންބަރުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު، ރައްޔިތުން ތަމްޖިލުކުރުމަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެ މެންބަރުންގެ އަމިއްލަ މަޞްލަޙަތު އިސްކޮށް، މާލީގޮތުންނާއި ސިޔާސީގޮތުން ބާރުގަދަ ފަރާތްތަކެއްގެ ނުފޫޒުގައި ޖެހި، އެ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކޮށް ޢާންމު މަޞްލަޙަތާ ޚިލާފަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ބަދަލުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ސިފައެއް (basic feature) ކަމަށްވާ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ސިޔާދަތަށް ކަނޑައެޅިގެން ހުރި ނުރައްކަލެއްކަމުގައި ބެލެވޭއިރު، އަދި އެއީ ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީ އޭގެ ޅަފަތުގައި ހަރުދަނާކޮށް ކުރިއެރުވުމަށް ކަނޑައެޅިގެން އޮތް ހުރަހަކަށްވެ، ޤާނޫނުއަސާސީއިން ޤާއިމުކޮށްފައިވާ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމުގެ މަޤްޞަދާ ޚިލާފަށް، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މުހިއްމު އެއް ބާރު ކަމުގައިވާ ޤާނޫނު ހެދުމުގެ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހަކީ މާލީގޮތުންނާއި ސިޔާސީގޮތުން ނުފޫޒުގަދަ ބަޔަކު ބޭނުންގޮތަކަށް އެ މަޖިލީހުގެ އަޣުލަބިއްޔަތު ބައްޓަންކޮށް ރައްޔިތުންގެ ޢާންމު މަޞްލަޙަތާ ޚިލާފަށް އެފަރާތްތަކުގެ ޒާތީ މަޞްލަޙަތު ޙާޞިލުކުރުމަށް ބޭނުންކުރެވިދާނެ އާލަތަކަށް ބަދަލުވެގެން ހިނގައިދާނެތީ، އެކަން މަނާކުރުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަކި ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލައި، އެ ޕާޓީގެ ސިޔާސީ މެނިފެސްޓޯއާއި، އެ ޕާޓީގެ ސިޔާސީ ފިކުރު ކުރިއަރުވައި، އެ ފިކުރަށް އިޙްތިރާމުކުރުންމަތީ ދެމިހުންނާނެކަމުގެ އަހުދު ރައްޔިތުންނަށް ވުމުން، އެ އަސާސްގެ މައްޗަށް ރައްޔިތުން އިންތިޚާބު ކާމިޔާބުކޮށްދޭ މެންބަރަކު، އެ މެންބަރަކު އެ ޕާޓީއެއްގެ ނަމުގައި އިންތިޚާބުވި ޕާޓީ، ތަފާތު ނޭދެވޭ ނުފޫޒުގައި ޖެހިގެން ބަދަލުކުރުން ފަދަ "ފްލޯރ-ކްރޮސިންގ" (floor-crossing) ޕްރެކްޓިސްތައް މަނާކޮށް ހުއްޓުވުމަކީ ރައްޔިތުންގެ ސިޔާދަތު އަދި ދީމިޤްރާޠީ ނިޒާމު ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ލާޒިމުކަމެއް ކަމުގައިވާއިރު، ބަޔާންވެދިޔަ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޞިއްޔާގެ ޙުކުމުގައި "އެންޓި-ޑިފެކްޝަން" ޤާނޫނެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން އެ މަޖިލީހުން ފާސްކޮށްފައިވާ އިސްވެ ޙަވާލާދެވުނު ޤާނޫނު ނަންބަރު 2/2018 (އެންޓި-ޑިފެކްޝަން ޤާނޫނު) އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި ތަޢާރުޟުވާ ޤާނޫނެއްކަމަށް ބަލަންޖެހޭ އެއްވެސް ދުސްތޫރީ އަސާސެއް މި މައްސަލައިގައި ދަޢުވާކުރާ ފަރާތަށް ހުށަހެޅިފައި ނުވާއިރު، ބުނެވިދިޔަ އެންޓި-ޑިފެކްޝަން ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފާސްކޮށްފައިވާ ޤާނޫނެއްކަން އެނގެން އޮންނަ އޮތުމެވެ." މިފަދައިންނެވެ.
85މީގެ އިތުރުން މި މައްސަލަ މި ކޯޓަށް ހުށަހެޅުނު އިރުވެސް އެންޓި ޑިފެކްޝަންގެ ޤާނޫނު 54 ގެ ނަމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނެއް ވުޖޫދުގައި ދިރިދެމި އެބައޮތެވެ. އެ ޤާނޫނުގެ ދުސްތޫރިއްޔަތާމެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައި ނުވެއެވެ. މިގޮތުން މި ޤާނޫނަކީ ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެކެވެ.
86ހުށަހެޅިފައިވާ މިވާ މައްސަލައިގައި އުފައްދާފައިވާ މައިގަނޑު ޚުޞޫމާތަކީ އެންޓި ޑިފެކްޝަންގެ އުޞޫލަކީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ އުޞޫލާ ޚިލާފު އުޞޫލެއް ކަމަށްބުނެ އުފެއްދި ޚުޞޫމާތެވެ. މި ޚުޞޫމާތު އުފެދޭ ސަބަބެއް ކަމުގައި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖެއަކީ ބާރުތައް ވަކިވެފައިވާ ރިޔާސީ ނިޒާމެއް އޮތް ޤައުމަކަށް ވާތީ، އެންޓި ޑިފެކްޝަންގެ އުސޫލެއް އޮތުމުން ޤާނޫނުއަސާސީގައި ބަޔާންކުރާ ޙައްޤުތަކަކަށް އުނިކަން ލިބުމެވެ. މި ޚުޞޫމަތުގައި އުފައްދާފައިވާ ބަހުސާގުޅިގެން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޚާއްޞަކޮށް ރިޔާސީ ނިޒާމްތަކުގައި މި އުޞޫލުތަކަށް ޢަމަލުކުރާގޮތާއި ޙާލަތްތަކަށް އިސްވެދިޔަ ޕެރެގްރާފްތަކުގައި ބަލާލާފައި އެވަނީއެވެ.
87މިގޮތުން، ސިޔާސީ ޕާޓީތަކުގެ ތެރޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ނަމުގައި، ޕާޓީގެ ނިންމުންތަކާއި، ކެންޑިޑޭޓުން ހޮވުމާއި، ނަންތައް ހުށަހެޅުމުގެ މައްޗަށް ސިޔާސީ ޕާޓީތަކަށް އޮންނަ ބާރުވެރިކަން ދޫކޮށްލުމަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޖަވާބުދާރީ ކުރުވުން ހީނަރުކޮށްލާ ކަމެއް ކަމަށް ދުސްތޫރީ ޢިލްމީ ދިރާސާވެރިން ފާހަގަކުރައްވައެވެ. އަދި މިކަމުގެ ސަބަބުން ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ޖަވާބުދާރީވުން ހަރުދަނާވުމުގެ ބަދަލުގައި، އެ ނިޒާމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެ، ނޭދެވޭ އަސަރުތަކެއް ކުރާކަމަށް އެ ދިރާސާވެރިން ބަޔާންކުރައްވައެވެ. ބަރުލަމާނީ އަދި ރިޔާސީ ނިޒާމުތައް ހިމެނޭހެން، ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. ސިޔާސީ މައިދާނުގައި ބައިބައިވުމަކީ [Defection] ހުރިހާ ޑިމޮކްރެޓިކް ޤައުމުތަކެއްގައި ވެސް އޮތް ހަޤީޤަތެކެވެ. އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ ތެރޭގައި އުފެދޭ ބައިބައިވުންތައް ކުޑަކުރުމަށް މިފަދަ ފިޔަވަޅުތައް އަޅާފައިހުރިކަން އިސްވެ ބަޔާންކުރެވިފައި އެވަނީ އެވެ.
88މި ސަބަބަށްޓަކައި ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު، ޤާނޫނުއަސާސީގައި އެންޓި ޑިފެކްޝަންގެ އުސޫލުތައް ހިމަނާފައިވަނީ ހަމައެކަނި ބަރުލަމާނީ ނިޒާމްތަކުގައި ކަމަށާއި ރިޔާސީ ނިޒާމުތަކަށް ބިނާވެފައިވާ ދިވެހިރާއްޖެ ފަދަ ޤައުމުތަކުގައި އެންޓި ޑިފެކްޝަންގެ އުޞޫލު މުހިއްމު ނުވާނެ ކަމުގައި ބުނެވޭނެ ޖާގައެއް ނެތެވެ. ހަމައެހެންމެ، އެންޓި ޑިފެކްޝަންގެ ޤާނޫނުތަކަކީ ވަކި ބާވަތެއްގެ ނިޒާމަށް އެކަނި ތަޠުބީޤުވާނެ އުޞޫލެއްކަމަށް ސީދާ ކަނޑައެޅިފައިވާ ޤާނޫނީ ހިފެހެއްޓުންތަކެއް އެއްވެސް ދިމިޤްރާތީ މުޖުތަމަޢަކުން ފެންނާކަށް ނެތެވެ. މީގެ ބަދަލުގައި އެންޓި ޑިފެކްޝަން ޤާނޫނުތައް އެކުލަވާލައި ޢަމަލުކުރާ ޤައުމުތަކުގައި އެ ފަދަ ޤާނޫނުތައް ބޭނުންކުރުމުގައި އެޤައުމެއްގެ ދާޚިލީ ސިޔާސީ ޙާލަތަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ. ޚާއްސަކޮށް މެންބަރުން އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީތަކަށް ބަދަލުވުމުގެ މުޤާބިލުގައި މެންބަރުންގެ މަޤާމް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ މަގު ބަންދުކުރުމަށް މިފަދަ ޤާނޫނުތައް ޤައުމުތަކުގައި ހެދިފައި ހުންނަކަން އެނގެން އޮވެއެވެ.
89އަދި ދިމިޤްރާތީ މުޖުތަމަޢުތަކުގައި އެންޓި ޑިފެކްޝަން އުޞޫލު އެ ޤައުމުތަކުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ގޮތުން އަހުރެންނަށް ލިބުނު ޖަވާބަކީ، ހަވާލާދެވިފައިވާ ސުޕްރީމް ކޯޓުގެ އަނާރާ ނަޢީމް އަދި އިތުރު ދެފަރާތް ޤަޟިއްޔާގައި، އެންޓި ޑިފެކްޝަން އުޞޫލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާ ފުށުއަރާ އުޞޫލެއް ނޫންކަމަށް ސާފުބަހުން ކަނޑައަޅާފައި އޮންނަ އޮތުމާ، ދުރަށް ދާންޖެހޭ ފަދަ ޙުއްޖަތެއް މި މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައި ނުވާކަމެވެ.
90އެހެންކަމުން، އެންޓި ޑިފެކްޝަން އުޞޫލުތަކަކީ ރިޔާސީ ނިޒާމް އޮންނަ ޤައުމުތަކުގެ ޤާނޫނީ ނިޒާމުތަކާ އެކަށީގެންނުވާ އުޞޫލެއްކަމަށް ބަލާނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙު މިހާރު އިންތިޚާބުވެފައިވާ މެންބަރުންގެ މައްޗަށް ހިނގާނެތަ؟
91މައްސަލަ ހުށަހެޅި ފަރާތުން މި މައްސަލައިގެ ތެރެއިން ހޯދަން ބޭނުންވާ އެއް ފަރުވާއަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙައަކީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބި މެންބަރުންގެ މައްޗަށް ހިނގާނެ އިޞްލާޙެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމެވެ.
92HN9ރަޖުޢީކޮން ނުވަތަ ރެޓްރޮސްޕެކްޓިވް [Retrospective] ކޮން ޤާނޫނު ހިންގުން، ނުވަތަ މާޒީގައި ހިނގާފައިވާ ކަންކަމަށް ޤާނޫނު ތަޠުބީޤު ނުކުރުމުގެ އުޞޫލަކީ ތަފާތު ޤާނޫނީ ނިޒާމުތަކުގައި ޢަމަލުކުރެވޭ އުޞޫލެކެވެ. އަދި ދިވެހިރާއްޖޭގައިވެސް މި ދެންނެވި ޤާނޫނީ އުޞޫލަށް ޢަމަލުކުރެއެވެ. އެގޮތުން ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި އެކަން ބަޔާންކޮށްފައި ވެއެވެ.
93ޤާނޫނު މާޒީއަށް ނުހިނގުމުގެ މަބްދައު ނިސްބަތްވަނީ، ޤާނޫނު ފާސްކުރުމުގެ ނުވަތަ އިޞްލާޙު ކުރުމުގެ ކުރިން، މާޒީގައި ހިނގާފައިވާ ހާދިސާތަކަށް ނުވަތަ ޢަމަލުތަކުގެ މައްޗަށް އެ ޤާނޫނުގެ އަޙްކާމުތައް ތަޠްބީޤު ނުކުރުމުގެ މައްޗަށެވެ.
94ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙު، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިތިބި މެންބަރުންގެ މައްޗަށް ތަޠުބީޤުކޮށްފިނަމަ އެއީ ޤާނޫނު މާޒީއަށް ހިންގުން ކަމުގައިވާނެ ހެއްޔެވެ؟ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރު އޭނާގެ މެންބަރުކަމުގެ މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ، ނުވަތަ އިންތިޚާބު ކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ޕާޓީއިން ވަކިވާ ނުވަތަ ވަކިކުރާ ޙާލަތެއް މެދުވެރިވެއްޖެނަމަ، މިޤާނޫނުގެ ބޭނުމަށްޓަކައި ބަލަންޖެހޭނީ އެ މެންބަރުން އިންތިޚާބުވި ތާރީޚަށް ހެއްޔެވެ؟ ނުވަތަ ޕާޓީއިން ވަކިވި ތާރީޚަށްހެއްޔެވެ؟
95މި ސުވާލުތަކަށް ޖަވާބު ހޯދުމުގެގޮތުން އެންމެ ފުރަތަމަ ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް ބަލައިލަމެވެ. އެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވަނީ، 2024 ނޮވެމްބަރު 20 (1446 ޖުމާދަލްއޫލާ 18) ގައެވެ. މި ޤާނޫނުގެ މި މައްސަލައާ ގުޅޭ މާއްދާއަކީ، އެ ޤާނޫނުގެ 2 ވަނަ މާއްދާ އެވެ. އެ މާއްދާގައި ވަނީ؛ ”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.
73. (ބ) ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އަންނަނިވި ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. (1) ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން. (2) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން. (3) އަމިއްލަގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން."
96އަލަށް ފާސްކުރާ ޤާނޫނު މާޒީއަށް ނުހިނގުމުގެ މަބްދައުއާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމުންތަކެއް ނިންމާފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ އުމަރު 57 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "އަލަށް ފާސްކުރާ ނުވަތަ ޢަމަލުކުރަން ފަށާ ޖިނާއީ ޤާނޫނު އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ވާޤިޢާތަކުގެ މައްޗަށް "ރަޖްޢީ" ކޮށް ތަޠްބީޤު ކުރުމުގައި މުއްތަހަމުގެ މަޞްލަޙަތު ހިމެނޭ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، އެ ޖިނާއީ ޤާނޫނު "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރުމުގެ މަބްދައަކީ ތަފާތު ދައުލަތްތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އިސްތިޤްރާރުވެފައިވާ ދުސްތޫރީ މަބްދައެއްކަމާއި، މި ދުސްތޫރީ މަބްދައު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، ޖިނާއީ ނޫން އެހެން ޤާނޫނެއްގައި، އެ ޤާނޫނު "ރަޖްޢީކޮށް" މާޟީގައި ހިނގާފައިވާ ކަންތަކުގެ މައްޗަށް ތަޠްބީޤު ކުރެވޭނެކަމަށް ބަޔާންކޮށްފައި ނުވާނަމަ، އެ ޤާނޫނަކީވެސް ޢާންމު އުޞޫލެއްގެ ގޮތުގައި "ރަޖްޢީ" ކޮށް ތަޠްބީޤު ނުކުރެވޭނެ ޤާނޫނެއްކަން ތަފާތު ޖުރިސްޑިކްޝަންސް ތަކުގައި އިސްތިޤްރާރުވެފައިވާ "ރަޖްޢީ" ކޮށް ޤާނޫނު ތަޠްބީޤު ނުކުރުމުގެ މަބްދައު (principle of non-retroactivity of the law) ގެ އަޙްކާމްތަކަށް ބެލުމުން އެނގެން" އޮންނަ ކަމަށެވެ.
97އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު މާޖިދު ވ. ޖޭ.އެސް.ސީ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "ޖިނާއީ ގާނޫނުތައް މާޒީއަށް ހިންގައިގެން ނުވާނެކަމަށް ގާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ސާފުބަހުން ބަޔާންކޮށްފައި ވެއެވެ. ނަމަވެސް، މަދަނީ ގާނޫނުތައް މާޒީއަށް ނުހިންގޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުޤާނޫނުގެ 12 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ، "ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަ ނުވާހާ ހިނދަކު" ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް ހަދާފައިވަނީ އެ ގާނޫނު ވުޖޫދަށް އަންނަ ތާރީޚުން ފެށިގެން ކުރިއަށް ހިނގާ ގޮތަށް ކަމަށް އިފްތިރާޟު ކުރެވޭނެ ކަމަށެވެ. އެހެން އިބާރާތަކުން ބުނާނަމަ، މަދަނީ ގާނޫނަކުން، އެ ގާނޫނު މާޒީއަށް ހިންގޭނެ ކަމަށް ދޭހަވާނަމަ، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެ ގާނޫނު ހިންގިދާނެއެވެ. އެހެންކަމުން، ޖިނާއީ ގާނޫނުތަކާ ޚިލާފަށް، ބައެއް ބާވަތުގެ މަދަނީ ގާނޫނުތައް މާޒީއަށް ހިނގާފާނެކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ބ) އިން ދޭހަވެއެވެ. އަދި، ޖިނާއީ ގާނޫނުތަކާ ގުޅިގެން ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ ގާނޫނުތައް މާޒީއަށް ހިންގައިގެން ނުވާނެކަމަށް ބުނެފައިވާ ފަދަ ހަރުކަށި އުސޫލެއް މަދަނީ ގާނޫނުތައް މާޒީއަށް ހިންގުމާ ގުޅޭގޮތުން ނެތްކަން އެނގެއެވެ. ގާނޫނުތައް މާޒީއަށް ނުހިންގުމުގެ މަބްދައުގެ އަސާސަކީ ބޭއިންސާފުން އެއްކިބާ ވުމެވެ. ނަމަވެސް ވަށައިގެންވާ އެންމެހާ ހާލަތްތަކަށް ރިއާޔަތްކުރާ އިރު، ބައެއް ގާނޫނުތައް، މިސާލަކަށް ވަކި ފަރުވާއެއް ނުވަތަ ވަކި ކަމަކަށް ހައްލެއް ހޯދައިދިނުމަށް ހަދާ ގާނޫނުތައް، މާޒީއަށް ހިންގުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތްތަކުގައި އިންސާފު ލިބިދިނުމުގެ ގޮތުން މާޒީގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް އެފަދަ ގާނޫނެއް ހިންގުމަކީ އެފަދަ ގާނޫނުތަކުގެ މަގްސަދެވެ."
98HN10ބަޔާންކުރެވުނު ދެ ޤަޟިއްޔާ ބަޔާންކޮށްފައިވާ ޤާނޫނުތައް މާޒީއަށް ނުހިންގުމުގެ އުޞޫލަށް ރިޢާޔަތްކުރާއިރު، މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންގެ ތެރެއިން މެންބަރަކު ޤާނޫނު ނަންބަރު 25/2024 (ޤާނޫނުއަސާސީއަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ތަޞްދީޤު ކުރުމުގެ ކުރިން ޕާޓީއިން ވަކިވެފައިވާނަމަ، އެ މެންބަރެއްގެ މައްޗަށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙު ގެ އުޞޫލު ނުހިނގާނެއެވެ. އެހެންނަމަވެސް ބުނެވުނު މެންބަރުންގެ ތެރެއިން އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު ސީޔާސީ ޕާޓީއަކާ ގުޅެނީ، އަދި އިންތިޚާބުވެފައިވާ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ޕާޓީއިން ވަކިވީ، ނުވަތަ ވަކިކުރީ ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙު ތަސްދީޤުކުރި ތާރީޚާއި ވަގުތުގެ ފަހުން ކަމުގައިވާނަމަ، އެ މެންބަރެއްގެ މައްޗަށް މި އިޞްލާޙުގައި ބުނާ އުޞޫލު ހިނގާނެއެވެ.
99ސަބަބަކީ، ޤާނޫނު މާޒީއަށް ނުހިނގުމުގެ މަބްދައު ބިނާވަނީ، ޤާނޫނުތައް ވުޖޫދުވުމުގެ ކުރިން މާޒީގައި ހިނގާފައިވާ ޢަމަލުތަކުގެ މައްޗަށެވެ. މިއީ ކުރިން ޤާނޫނީ ގޮތުން ހުއްދަ ކަމެއް ކުރުމަށްފަހު، ފަހުން އެކަން ޣައިރު ޤާނޫނީ ނުވަތަ އަދަބު ލިބޭ ކަމަކަށް ބަދަލުވުމުން، އޭގެ ޤާނޫނީ ނަތީޖާތައް ބަދަލުވާ ގޮތެވެ.
100އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ޤާނޫނުއަސާސީގެ 6 ވަނަ އިޞްލާޙު ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި ފަހުން، ޕާޓީއިން ވަކިވެއްޖެނަމަ، ނުވަތަ އެހެން ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ، އެ މެންބަރެއްގެ ގޮނޑިއާމެދު ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙު އާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން ލާޒިމްވާނެއެވެ. ހަމައެފަދައިން ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު ޝާއިޢުކުރި ފަހުން، ސިޔާސީ ޕާޓީއަކާ ގުޅުނުނަމަވެސް އެ މެންބަރެއްގެ ގޮނޑިއާމެދު ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙު އާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުން ލާޒިމުވާނެއެވެ.
101ސަބަބަކީ ބަޔާންކުރެނު ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙު ގެ ޙުކުމްތައް ތަޠުބީޤުކުރެވޭނީ އެ އިޞްލާޙު ތަޞްދީޤުކުރި ފަހުން މެންބަރުންގެ ފަރާތުން ހިނގާ ޢަމަލުތަކުގެ މައްޗަށް ކަމުގައިވާތީ އެވެ. މި އިޞްލާޙު ތަޠުބީޤު ކުރުމުގައި މެންބަރުން އިންތިޚާބުވެފައިވާ ތާރީޚާއި ވަގުތަކީ މުހިންމުކަމެއް ދެވޭނެ ތާރީޚަކާއި ވަގުތެއް ނޫނެވެ. އެއީ މި ޤާނޫނު ތަންފީޒު ވެގެން ދަނީ މުސްތަޤުބަލުގައި ނުވަތަ ޤާނޫނު ވުޖޫދުވުމަށްފަހު މެންބަރުންގެ ފަރާތުން ހިނގާ ޢަމަލުގެ މައްޗަށް ކަމުގައިވާތީ އެވެ. އެހެންކަމުން މިޙާލަތުގައި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއަކާ ގުޅިއްޖެނަމަ ކުރިމަތިލާންޖެހޭނެ ޤާނޫނީ ނަތީޖާ އަކީ ކޮބައިކަން އެ މެންބަރަކަށް ކުރިން ވާނީ އެނގިފައެވެ. އެހެންކަމުން، މިއީ ޤާނޫނު މާޒީއަށް ތަޠުބީޤު ކުރުންކަމަށް ނުބެލެވޭނެއެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙު ތަޞްދީޤުކުރުމުގެ ކުރިން އެ އިޞްލާޙަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓެއް ނަގަންޖެހޭތޯ؟
102ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙުގެ ސަބަބުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށް ބަދަލު އަންނަ ކަމަށާއި، އެހެންކަމުން، އެ ޤާނޫނު ތަޞްދީޤުކުރާންވާނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބުނާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށްފަހުގައި ކަމަށް މި މައްސަލައަށް ތަދައްޚުލުވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން ބުނެއެވެ. މި ނުކުތާގެ ތަފްޞީލުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި ދެ މާއްދާގެ ނައްސުތަކަށް ބަދަލު ގެނެސްފައިނުވިނަމަވެސް، ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ނަތީޖާއަކީ އެ ދެ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކަށް ބަދަލު އައުން ކަމަށެވެ. އެހެންކަމުން ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއެވެ
(ހ) ގެ 1 ވަނަ ނަންބަރު ނިޔާ ކުރާގޮތުން ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމާބެހޭ މާއްދާތަކަށް ބަދަލެއް އަންނަ ޤާނޫނެއް ތަޞްދީޤުކުރުމުގެ ކުރިން އެ އިޞްލާޙަކަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގަންޖެހޭ ކަމަށެވެ.
103ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް މި ޤާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިޞްލާޙުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ. އެ އިޞްލާޙެއް ގެނައުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާޠިލްވީއެވެ.
1. މި ޤާނޫނުއަސާސީގެ 2 ވަނަ ބާބު ކަމުގައިވާ [އަސާސީ ޙައްޤުތަކާއި މިނިވަންކަން] މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް
2. މި ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ ޢުމުރު)
3. މި ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް)
4. މި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) (ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރުން)
5. މި ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ހ) (ދިވެހިރާއްޖޭގެ ސަރަޙައްދު)"
104ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ވޯޓުދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވެއެވެ. ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، " މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިންނެވެ.
105HN11ބުނެވިދިޔަ ޤާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ޢިބާރާތަށް ބަލާއިރު އެއަކުރުގައި ލިސްޓް ކޮށްފައިވާ މާއްދާ ފިޔަވައި އެހެން މާއްދާއަކަށް ބަދަލުގެންނަ ޙާލަތުގައި ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނަގަންޖެހޭކަމަށް ބުނުމަކީ، ކަނޑައެޅިގެން ޞަރީޙަ ނައްޞުން އެނގެން އޮތްކަމަކާ ޚިލާފަށް ބުނެފައިވާ ބުނުމެއްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. މި މައްސަލައިގައި ތަދައްޚުލްވި ފަރާތުން ފާހަގަކުރާ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގެ ތެރޭގައި ބުނެވިދިޔަ 262 ވަނަ މާއްދާގެ (ށ) ގައި ލިސްޓްކޮށްފައިވާ މާއްދާތަކުގެ ތެރޭގައި ހިމެނޭ އެއްވެސް މާއްދާއެއް ނެތެވެ.
106ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެވުނު އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމިހުރުމާއި، މެންބަރުކަމުގެ ގޮނޑި ހުސްވާނެ ޙާލަތްތައް ބަޔާންކުރާ މާއްދާއެކެވެ. މިއީ އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ނުވަތަ އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ހަނިކުކުރުމާ ގުޅިފައިވާ ނުވަތަ އެ ޙައްޤަށް އުނިކަމެއް ގެނެސްދޭ މާއްދާއެއްކަމުގައި ޤަބޫލެއް ނުކުރެވެއެވެ. މި މާއްދާއިން އިންތިޚާބީ ޙައްޤެއް ބާޠިލެއް ނުކުރެއެވެ. ނަމަވެސް މިއީ އިންތިޚާބުވުމަށްފަހު އެ މަޤާމުގައި ދެމިހުރުމަށް ފުރިހަމަވާންޖެހޭ ޤާނޫނީ ޝަރުތުތައް ކަނޑައަޅާފައިވާ މާއްދާއެކެވެ.
107މިގޮތުން، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާގެ ނައްޞުތަކަށް ބަދަލު ގެނެސްފައި ނުވިނަމަވެސް، ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ނަތީޖާއަކީ އެ ދެ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކަށް ބަދަލު އައުން ކަމަށް ތަދައްޚުލުވި ފަރާތުން ބުނާ ބުނުމަށްބަލާއިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް (ބ) އިތުރު ކުރުމުގެ ކުރިންވެސް، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ވަކި ޙާލަތްތަކެއް މެދުވެރިވުމުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑިގެއްލިއްޖެކަމާމެދު ޚިލާފު އުފެދިގެން މީގެ ކުރިން ސުޕްރީމް ކޯޓުން އެތައް މައްސަލައެއް ބަލައި ގޮތްކަނޑައަޅާފައި ވެސް ވެއެވެ. މިއިން އެއްވެސް ޙާލަތެއްގައި މެންބަރުގެ ގޮނޑި ގެއްލުމުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާގެ ޙައްޤު ހަނިވާކަމަށް މާނަކޮށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ
(ނ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާންޖެހޭ ކަމަށް މާނަކޮށް އެފަދަ ސުވާލެއް އުފައްދާފައިވާކަން އެނގޭކަށްނެތެވެ.
108އެހެންކަމުން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙުގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭ ޙާލަތަކީ، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި 27 ވަނަ މާއްދާގައި ބުނާ އަސާސީ ޙައްޤަށް އުނިކަން ލިބޭ ޙާލަތެއްކަމަށް މާނަކުރެވޭނެ ހަމައެއް އޮތްކަމުގައި އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، "އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. 1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން. 2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީދުކުރަމުންދާ މީހަކު ކަމުގައިވުން. 3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީދުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން. 4. ފަނޑިޔާރަކު ކަމުގައިވުން." މީގެ ބައެއް ޤަޟިއްޔާތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ 2025/SC-C/01 (އާލިބު ސަލީމް ވ. މުޙައްމަދު ސިނާން 2026] SC 10) ޤަމްސަޕްރީޔާ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-C/27 (ޢުމަރު ނަޞީރު ވ. މުޙައްމަދު މުޞްތަފާ) ޤަޟިއްޔާއާއި ސުޕްރީމް ކޯޓުގެ ކޯޓުގެ ނުބަރާ 2011/SC-C/46 (ޢަބްދުﷲ ޙަސީން ވ. ދިވެހި ދައުލަތް) ޤަޟިއްޔާ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް ގެނައި އިޞްލާޙަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާ އާ ޚިލާފު އިޞްލާޙެއްތޯ؟
109އެންޓި ޑިފެކްޝަން އުޞޫލެއް ޤާނޫނުއަސާސީގައި ބަޔާންވެފައި އޮތުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފު ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި މި ރައުޔުގެ އިސްވެ ބަޔާންކުރެވުނު ޕެރެގްރާފްތަކުގައި ބަޔާންކުރެވުނު ދިމިޤުރާޠީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 8 ވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާގައި ހިމެނޭ އަސާސީ އުސޫލުތަކަށް އެންޓި ޑިފެކްޝަނުގެ އުޞޫލުން އުނިކަމެއް އާދޭތޯ ބަލަންޖެހެއެވެ.
110ހަވާލާދެވުނު މާއްދާތަކުން ކަށަވަރުކޮށްދެނީ ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި އަދި ޤާނޫނު ހެދުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމާއި ޤާނޫނުއަސާސީއަކީ ދައުލަތުގެ ހުރިހާ ބާރުތަކެއް ތަބާވާންޖެހޭ އެންމެ މަތީ ޤާނޫނީ ކަމެވެ. އަދި ޤާނޫނުއަސާސީއިން ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ޙައްޤު ކަށަވަރުކޮށްދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތްކުރުމުގައި ރިޢާޔަތްކުރާނެ ކަންކަމާއި އިމްތިޔާޒުތައް ޤާނޫނުއަސާސީގައި ބަޔާންވެފައިވެއެވެ.
110.1 މިގޮތުން، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ." މިފަދައިންނެވެ.
110.2 އަދި ޤާނޫނު އަސާސީގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ." މިފައިންނެވެ.
110.3 ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީންނެވެ."
110.4 ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ.
(ހ) އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ.
(ށ) އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު.
(ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު."
110.5 ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރަންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ." މިފަދައިންނެވެ.
110.6 އަދި ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ،
(ހ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލަވުންތަކާބެހޭ ވާހަކަތައް ތެދުބަހުން ކަން ހިނގި ގޮތުގެ ހަޤީޤަތް ނުގެއްލޭ ގޮތަށް ޝާއިޢުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާމެދު އަދި އެފަދަ ވާހަކައެއް ޝާއިޢުކުރި ނޫސް މަޖައްލާއަކާމެދު އެއްވެސް ދަޢުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެނެއް ނުވާނެއެވެ."
111އެންޓި ޑިފެކްޝަން އުޞޫލު ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުމަކީ، މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލެއްކަން އަހުރެންގެ މި ރައުޔުގެ އިސްވެ ބަޔާންވެދިޔަ ޕެރެގްރާފުތަކުގައި ބަޔާންކޮށްފައިވާނެއެވެ. މިގޮތުން އެ ޤައުމުތަކުގައި އެންޓި ޑިފެކްޝަންގެ އުޞޫލުތައް ޤާނޫނުއަސާސީގައި ހިމަނާފައި އޮތީ އެ ޤައުމުތަކުގެ ދާޚިލީ ސިޔާސީ ހަމަޖެހުމާއި ދައުލަތުގެ ދުސްތޫރީ ނިޒާމް ތެރޭގައި ނަޒާހަތްތެރިކަން ހިފަހައްޓައި ސިޔާސީ ހަމަޖެހުން ޤާއިމުކުރުމަށެވެ.
112HN13ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނެވުނު އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ މެންބަރުކަމުގައި ދެމިތިބުމާ ގުޅޭ ޤާނޫނީ މިންގަނޑުތަކެއް ކަނޑައެޅުމަށްޓަކައި އެ މެންބަރުން އަމިއްލައަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ ވަރަށް މަތީ އަޣުލަބިއްޔަތަކުން ފާސްކުރި އިޞްލާޙެކެވެ. ޤާނޫނު ހެދުމުގެ ބާރަކީ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރަކަށްވާއިރު، ޤާނޫނުއަސާސީގެ 2 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނުވާގޮތުގެ މަތިން ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އިޖުރާއަތާ އެއްގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙުގެނެސް ޤާނޫނުތައް އެކުލަވާލުމުގެ ބާރު އޭގެ ޒާތުގައި ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީން ލިބިދީފައިވެއެވެ.
113އެހެންކަމުން، މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި އެންޓި ޑިފެކްޝަން އުޞޫލު ޤާނޫނުއަސާސީތަކުގައި ހިމަނައި ޢަމަލުކުރަމުންދާ ގޮތަށް ރިޢާޔަތްކުރާއިރު، މިފަދަ އުޞޫލެއް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންވެފައި އޮތުމަކީ އޭގެ ޒާތުގައި ދައުލަތް ހިންގުމުގެ އަސާސީ އުޞޫލުތަކަށާއި ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ކިބައިގައިވާ ސިޔާދަތީ ބާރުތަކަށާއި ޤާނޫނުއަސާސީގެ 5 ވަނަ މާއްދާގައިވާ ޤާނޫނު ހެދުމުގެ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮތް އޮތުމަށް އުނިކަން އަންނާނެ އުސޫލުތަކެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެންޓި ޑިފެކްޝަން އުޞޫލު ޤާނޫނުއަސާސީގައި ހިމަނާފައި އޮތް އޮތުމަކީ ޤާނޫނުއަސާސީ 8 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނުއަސާސީގެ ސިޔާދަތީ ބާރަށް އުނިކަން ލިބޭކަމެއް ކަމުގައިވެސް އަހުރެން ނުދެކެމެވެ.
114HN12ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގެ ސަބަބުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ވޯޓު ދިނުމާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤަށް އުނިކަން އަންނަކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކުރާތީ، އެންޓި ޑިފެކްޝަންގެ އުސޫލެއް ޤާނޫނުއަސާސީގައި ބަޔާންކުރުމަކީ ބުނެވުނު ޙައްޤަށް އުނިކަން އަންނަ ކަމެއްތޯ ނުވަތަ ނޫންތޯ ބަލަންޖެހެއެވެ.
114.1 މިގޮތުން ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ، "މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ."
114.2 ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސްމިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ."
114.3 ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ ގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ."
114.4 ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ، "ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރާންވާނެއެވެ." މިފަދައިންނެވެ.
115ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އަސާސީ ޙައްޤެއް ހިފެހެއްޓިދާނެކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ) އިން އެނގެން އޮވެއެވެ. މިގޮތުން ސުޕްރީމް ކޯޓުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "ޤާނޫނުއަސާސީގެ އިސްވެ ބަޔާންކުރެވުނު މާއްދާތަކަށް ބެލުމުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އަސާސީ ޙައްޤެއް ހިފެހެއްޓިދާނެކަން ސާފުކޮށް އެނގެން އޮވެއެވެ. އަދި އެފަދަ ޙައްޤެއް ހިފެހެއްޓިފައިވަނީ ޢާންމު އުޞޫލުން ބޭރުންކަން މިނުމުގެ ގޮތުން، އަސާސީ ޙައްޤު މާނަކުރުމުގައި ދުނިޔޭގެ ހުޅުވިފައިވާ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ގޮތްތަކަށް ރިޢާޔަތްކުރުމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އިރުޝާދުދެއެވެ." މިފަދައިންނެވެ.
116އެހެންކަމުން، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ވޯޓުލުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ކަށަވަރުކޮށްދިން ނަމަވެސް، އެއީ ޤާނޫނީ ގޮތުން އެކަށީގެންވާ ހިފެހެއްޓުންތަކެއް ގެނެވިދާނެ ޙައްޤުތަކެއް ކަމަށް ޢާންމު އުޞޫލުން ބަލައިގަނެވެއެވެ. ޚާއްޞަކޮށް، ރައްޔިތުން ތަމްސީލުކުރާ މަންދޫބުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށާއި، އެ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުން ހަރުދަނާކުރުމަށްޓަކައި މިފަދަ އުޞޫލުތައް ކަނޑައެޅުމަކީ ދިމިޤްރާތީ މުޖުތަމަޢުތަކުގައިވެސް ޢަމަލުކުރާ އުސޫލެއްކަން ސާފުކަން އެނގެން އޮވެއެވެ.
117ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާއަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަންޖެހެނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވަކި ހަމަތަކެއްގެ މަތިންކަން އެނގެއެވެ. މެންބަރުން ޕާޓީ ބަދަލުކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙަކީ ރައްޔިތުން ދީފައިވާ އިންތިޚާބީ މެންޑޭޓުގެ އަޞްލު ގެއްލިގެން ނުދާނެހެން ކަންކަން ބެލެހެއްޓުމަށްޓަކައި އެ އޮނިގަނޑުގެ ތެރެއިން އެކުލަވައިލެވޭ ހަރުދަނާ އުޞޫލެއްކަމުގައި ބަލަންޖެހެއެވެ. މިކަމުގައި އެންމެ މުހިންމު އަސާސަކީ، އެފަދަ ދުސްތޫރީ ހުރަސްތަކުގެ ސަބަބުން ތަމްސީލީ ބަރުލަމާނީ ނިޒާމަށް [Representative Democracy] ނުވަތަ ޤާނޫނުއަސާސީގެ ސިޔާދަތަށް އުނިކަމެއް އާދޭތޯ ބެލުމެވެ. އެފަދަ އުނިކަމެއް ނާންނަހާ ހިނދަކު، އެއީ ޤާނޫނުއަސާސީގެ އަސާސީ ސިފައަކާ ޚިލާފު ކަމެއްގެ ގޮތުގައި ބެލެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.
118އެހެންކަމުން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި، 8 ވަނަ މާއްދާއާއި، 26 ވަނަ މާއްދާ އާއި 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާ އާ ޚިލާފު އިޞްލާޙެއްކަމުގައި ބަލާނެ ޤާނޫނީ ހަމައެއް އޮތްކަމުގައި އަހުރެން
ނިންމަން ފެންނަ ގޮތް
119ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާޠިލު އިސްލާޙެއްކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތްކަމަށާއި،
120އަދި ޤާނޫނު ނަންބަރު 25/2024 (ޤާނޫނުއަސާސީއަށް 6 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ 20 ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންގެ މައްޗަށް ތަޠުބީޤު ކުރެވޭނޭ އިސްލާޙެއް ނޫންކަމަށް ކަނޑައެޅޭނެ އަސާސެއް ނެތްކަމަށް ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
121ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އަހުރެން ދެކޭގޮތް ބަޔާންކުރަމެވެ.
އިޖުރާއީ އިއުތިރާޒު
122މަޢުޟޫޢީ ގޮތުން މި މައްސަލަ ބެލުމުގެ އިޚްތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމުގައި ބުނެ މައްސަލަ ރައްދުވި ދިވެހި ދައުލަތް (ބަންޑާރަ ނާއިބުގެ އޮފީސް) ގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒަށާއި، ދައުލަތުން ހުށަހެޅި ނުކުތާތަކުގެ ރައްދުގައި މައްސަލަ ހުށަހެޅި ޢަލީ ޙުސައިން އަދި މައްސަލައަށް ތަދައްޚުލުވި މޯލްޑިވިއަން ޑިމޮކްރެޓިން ޕާޓީ (މީގެ ފަހުން "އެމް.ޑީ.ޕީ.") ގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ފަރާތުން ތަފްސީލުކޮށްދެއްވާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، އެ އިޖުރާއީ އިއުތިރާޒާއި ގުޅިގެން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފައުޅުކުރައްވާފައިވާ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
މައްސަލައިގެ މައުޟޢޫ
123އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި، ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޢަލީ ޙުސައިންގެ ފަރާތުންނާއި، އެމް.ޑީ.ޕީ ގެ ފަރާތުންނާއި، އަދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ޚުލާސާ ކުރައްވާފައިވާތީ، އެކަންކަން ތަކުރާރު ކުރާކަށް ނެތީމެވެ. އެހެންނަމަވެސް، މި މައްސަލައިގައި ޖަވާބު ދޭންޖެހޭ ސުވާލުތަކުގެ ގޮތުގައި އަހުރެން ފާހަގަކުރާނީ އަންނަނިވި ކަންކަމެވެ.
123.1 ގާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙު (މީގެފަހުން "ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު") އަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއާ ޚިލާފަށް، ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑަށް ބަދަލު އަންނަގޮތަށް ގެނެސްފައިވާ އިޞްލާޙެއްކަން ނުވަތަ ނޫންކަން.
123.2 ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގެ ސަބަބުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށް ބަދަލުއައިސްފައިވާކަން ނުވަތަ ނޫންކަން.
123.3 ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ތަސްދީޤުކޮށްފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަން ނުވަތަ ނޫންކަން؛
123.4 ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅޭކަން ނުވަތަ ނޫންކަން.
123.5 ރައްޔިތުންގެ މަޖިލީހަށް މިހާރު އިންތިޚާބުވެފައި ތިބި މެންބަރުންގެ މައްޗަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ރަޖުޢީކޮށް ހިނގާނެކަން ނުވަތަ ނޫންކަން.
124އެހެންކަމުން، މި މައްސަލައިގެ މައުޟޫޢާ ގުޅިގެން އަހުރެން ބަޔާންކުރަންހުރި ކަންކަމައިގެން ކުރިއަށް ދާނަމެވެ. އެހެންނަމަވެސް، އެ ސުވާލުތަކަށް ޖަވާބުދިނުމުގެ ކުރިއަށް، ޤާނޫނުއަސާސީ ބަދަލުކުރުމާ، ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙަކީ ޢައިރުދުސްތޫރީ އިޞްލާޙެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމާ ގުޅޭގޮތުން މި މައްސަލައިގެ ތެރެއިން ކުރިމަތިކޮށްފައިވާ ބަހުސްތަކުގައި ހަވާލާދީފައިވާ، އަދި ސީދާ ހަވާލާދީފައި ނެތްނަމަވެސް، މައްސަލައިގެ ތެރެއިން އެ މައްޗަށް އަލިއަޅުވާފައިވާ މަބްދައުތަކާއި އުސޫލުތަކަށް ބަލާލުން މުހިންމު ކަމުގައި ފެންނާތީ، އެކަންކަމަށް އަލިއަޅުވާލާނަމެވެ.
ދުސްތޫރު މާނަކުރުމާގުޅޭ އެކި މަބްދައުތަކާއި އުސޫލުތައް
125ދުސްތޫރު މާނަކުރުމަކީ އާންމު ޤާނޫނީ ޤާއިދާތަކާއި، މަބްދައުތަކާއި، އުސޫލުތަކާ ނުލައި ކުރެވޭނެކަމެއް ނޫނެވެ. އެހެންނަމަވެސް، ޤާނޫނީ ޤާއިދާތަކާއި، މަބްދައުތަކާއި، އުސޫލުތަކަކީ އާންމު އަދި ފުޅާކޮށް ތަޠުބީޤުކުރެވިދާނެ ކަންކަން ކަމުގައިވާތީ، ދުސްތޫރެއް މާނަކުރުމުގައި ތަޠުބީޤުކުރާނީ ނުވަތަ އިސްކަންދޭނީ އާންމު ޤާނޫނީ ޤާއިދާތަކާއި، މަބްދައުތަކާއި، އުސޫލުތަކުގެ ތެރެއިން ކޮން ކަމަކަށްކަން ދެނެގަނެ، ކަނޑައަޅާނީ ކޮންމެ ދުސްތޫރެއްގައިވެސް ހިމަނާފައި ހުންނަ ކަންކަމުގެ އަލީގައެވެ. މިގޮތުން ދުސްތޫރުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ހުންނަ 78 ކަންކަމާއި، ދުސްތޫރުގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ނަމަވެސް، އޭގެން އިފްތިރާޟުކުރެވޭ 79 ކަންކަން ހިމެނެއެވެ. އެހެންކަމުން، އެކި ޤައުމުތަކުގައި ދުސްތޫރު މާނަކުރުމުގައި، އަދި ވަކިން ޚާއްސަކޮށް، ދުސްތޫރަށް ގެނެވޭ ބަދަލުތަކާގުޅޭ މައްސަލަތަކުގައި އަމަލުކުރާ ގޮތުގެ ތަފާތުތަކެއް ހުރެއެވެ.
(ހ) އިންޑިޔާއިން އާންމުވި ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިން
126އިންޑިޔާގެ ސުޕްރީމް ކޯޓުގެ Kesavananda Bharati v. State of Kerala and Another (1973) 4 SCC 225 މައްސަލައާ ގުޅޭގޮތުން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި ތަފްސީލުތައް ހިމަނާފައިވާތީ، އެ ތަފްސީލުތައް ތަކުރާރު ކުރުމަކާއި ނުލައި، Kesavananda މައްސަލައިގެ ޚުލާސާއެއް ހިމަނާނަމެވެ.
127ފުޅާ މާނަކުރުމަކަށް ބަލާނަމަ، ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއަކީ ޤާނޫނުއަސާސީގައި ހިމެނޭ ވަކި ކަންކަންތަކަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގައި އެކަންކަމަށް ބަދަލު ނުގެނެވޭނެ ކަމަށް ބަޔާންކުރާ މަބްދައުކެވެ. މި މަބްދައުއަކީ އިންޑިޔާގެ ސުޕްރީމް ކޯޓުގެ Kesavananda މައްސަލައިގެ ކުރިން، އެކި ފަހަރު މަތިން އެކި މަޙައްލުގައި ހަވާލާދީފައިވާ މަބްދައެއް ކަމުގައިވީ ނަމަވެސް، އެ މަބްދައު މަޝްހޫރުވެފައިވަނީ ބަޔާންކުރެވުނު މައްސަލައިގައި ކޯޓުން ކުރި ޙުކުމާއެކުއެވެ.
128Kesavananda މައްސަލައިގައި ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއަށް ހަވާލާދީ، އިންޑިޔާގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މައިގަނޑު ކަންކަން ތިރީގައި ފާހަގަކުރަމެވެ. (1) އިންޑިޔާގެ ދުސްތޫރުގައި އަސާސީ އޮނިގަނޑެއް ނުވަތަ ބޭސިކް ސްޓްރަކްޗަރ އެއް ޤާއިމުކޮށްފައިވާކަން. (2) އިންޑިޔާގެ ދުސްތޫރުގައި ހިމެނޭ ބޭސިކް ސްޓްރަކްޗަރގެ އަސާސީ ބައެއް ސިފަތަކުގެ ތެރޭގައި (ހ) ކޮންސްޓިޓިއުޝަނަލް ސުޕްރީމަސީ (ދުސްތޫރުގެ ސިޔާދަތު)؛ (ށ) ޤާނޫނުގެ ވެރިކަން ނުވަތަ ބާރުވެރިކަން ؛ (ނ) ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުން ؛ އަދި (ރ) ޢަދުލުއިންސާފު ޤާއިމުކުރާ ބާރުގެ މިނިވަންކަން ހިމެނޭކަން. (3) ޤާނޫނުހަދާ ބާރުން ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ފާސްކުރާ ޤާނޫނަކީ އިޖުރާއީ އެފަދަ އިޞްލާޙެއް ފާސްކުރަން އޮންނަ މަގުން ފާސްކުރާ އިޞްލާޙެއް ނަމަވެސް، އެފަދަ އިޞްލާޙެއްގެ ޒަރިއްޔާއިން އިންޑިޔާގެ ދުސްތޫރުގެ އަސާސީ އޮނިގަނޑަށް ނުވަތަ ބޭސިކް ސްޓްރަކްޗަރއަށް، ނުވަތަ ބޭސިކް ސްޓްރަކްޗަރގެ ގޮތުގައި ހިމެނޭ އަސާސީ ސިފަތަކައް އުނިއިތުރު ނުވަތަ ބަދަލު ނުގެނެވޭނެކަން.
129Kesavananda މައްސަލައަކީ އިންޑިޔާގެ ދުސްތޫރާ ގުޅޭ އެންމެ މުހިންމު އެއް މައްސަލައެވެ. އަދި އެ މައްސަލައިގެ ނަތީޖާއެއްގެ ގޮތުން، ޤާނޫނުހަދާ މަޖިލީހަށް ލިބިގެންވާ ބާރުތަކުގެ ދަށުން ޤާނޫނުއަސާސީ އިޞްލާޙުކުރިނަމަވެސް، އެފަދައިން އެ މުއައްސަސާއަށް ކަންކުރެވޭނީ އިންޑިޔާގެ ދުސްތޫރުގެ އަސާސީ އޮނިގަނޑަށް ބުރޫނާރާނެ ގޮތުން ކަމުގައާއި؛ އިންޑިޔާގެ ޤާނޫނުއަސާސީއަށް ގެންނަ ބަދަލަކީ އިންޑިޔާގެ ދުސްތޫރުގެ ބޭސިކް ސްޓްރަކްޗަރއަށް ބަދަލު ގެނުވާފަދަ އިޞްލާޙެއްނަމަ، އެފަދަ އިޞްލާޙަކީ ބާޠިލު އިޞްލާޙެއް ކަމުގައި ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވުން ހިމެނެއެވެ. އެހެންނަމަވެސް، ކޯޓުގެ ކުރިމައްޗަށް ހުށަހެޅޭ މިފަދަ ކޮންމެ މައްސަލައެއްގައިވެސް ގޮތް ނިންމަނީ އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށާއި ނަތީޖާއަށް ރިއާޔަތްކުރުމަށްފަހު ވަކިވަކިންކަން Rule of law Separation of powers Independence of the judiciary Case-by-case basis
(ނ) ސިންގަޕޫރުގެ ކޯޓުތަކުން ހަވާލާދީފައިވާ ބޭސިކް ސްޓްރަކްޗަރ
130Kesavananda މައްސަލައިގައި ހަވާލާދީފައިވާ ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއަކީ ސިންގަޕޫރުގައި ތަޠުބީޤުކުރެވިދާނެ މަފްހޫމެއް ނޫންކަމުގައި އެ ޤައުމުގެ ކޯޓުތަކުން ނިންމާފައިވާ ބައެއް މައްސަލަތަކުގައި އިޝާރާތް ކޮށްފައިވަނިކޮށް، Mohammad Faizal bin Sabtu v Public Prosecutor [2012] 4 SLR 947 މައްސަލައިގައި، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމަކީ ސިންގަޕޫރުގެ ދުސްތޫރުގެ އަސާސީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެ ޤައުމުގެ ހައިކޯޓުން ކަނޑައަޅާފައިވެއެވެ. އޭގެ އިތުރުން، ވޯޓުލުމުގެ ޙައްޤަކީވެސް އެ އަސާސީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި މިސާލުދީ، ވަކި ކަމަކީ ނުވަތަ ސިފައަކީ ސިންގަޕޫރުގެ އަސާސީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ކަމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ބަލަންޖެހޭނީ، އެ ކަމަކީ ނުވަތަ ސިފައަކީ ދުސްތޫރުން ފަރުމާކޮށްފައިވާ އެ ޤައުމުގެ ސިޔާސީ ނިޒާމު ދެމެހެއްޓުމަށްޓަކައި އަސާސީ އަދި ކޮންމެހެން މުހިންމު ކަމަކަށްވުން ކަމުގައި Mohammad Faizal މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
131ފުރަތަމަ ނަޒަރުން، އެ ޤައުމުތަކުގެ ޤާނޫނުއަސާސީއާ ގުޅިގެން ސިންގަޕޫރާއި އިންޑިޔާއިން ކަނޑައަޅާފައިވާ ކަނޑައެޅުންތަކުގައި ތަފާތެއް ހުރިކަމުގައި ނުފެނުނު ނަމަވެސް، އިންޑިޔާގެ (އިސްވެ ހަވާލާދިން) މައްސަލައާ ޚިލާފަށް، ސިންގަޕޫރުގެ ކޯޓުތަކުން ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނުހަދާ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙުކޮށްފައިވަނީ އެފަރާތުން އަމަލުކުރަން ކަނޑައަޅާފައި އޮންނަ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމުގައިވާނަމަ، އުސޫލެއްގެ ގޮތުން އެ އިޞްލާޙެއް ދެމިއޮންނާނެއެވެ. ސިންގަޕޫރުގެ ކޯޓުތަކުން ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނުހަދާ މަޖިލީހުގެ ބާރުތަކަށް ހުރަހެއްވާނަމަ، އެ ހުރަހަކީ ކޮމަން ލޯ އިން ކުރިމަތިވާނެ ހުރަހެއް ކަމުގައިވާތީ، އިންޑިޔާއާ ޚިލާފަށް، ސިންގަޕޫރުގެ ކޯޓުތަކުން ފުޅާ މާނައެއްގައި އެ ޤައުމުގެ ދުސްތޫރުގެ އަސާސީ ސިފަތައް މާނަކޮށް، ޤާނޫނުހަދާ މަޖިލީހުގެ ބާރުތަކަށް އަސަރުފޯރުވާ ނުހަދާނެއެވެ. Yong Vui Kong v Public Prosecutor [2015] 2 SLR 11 · 132 މައްސަލައިގައި، ސިންގަޕޫރުގައި ބޭސިކް ސްޓްރަކްޗަރގެ ގޮތުގައި ބަލަނީ ކޮންކަމެއް ނުވަތަ ކަންތައްތަކެއްކަން ބަޔާންކުރަމުން ބުނެފައިވަނީ: The basic structure is intrinsic to, and arises from, the very nature of a constitution and not legislative or even judicial fiat. At its uncontentious minimum, a constitution sets out how political power is organised and divided between the organs of State in a particular society. In other words, the constitution is a power-defining and, therefore, power-limiting tool. [...] [T]he basic structure is a limited doctrine. It is arguable that fundamental rights are not a necessary part of the basic structure of a constitution. This is because fundamental rights relate to rights and liberties of citizens and do not define the limits to the powers of and checks on each organ of the State. What is not fundamental to a constitution cannot form part of its basic structure [...].
(ނ) ރިޕްލޭސްމަންޓް ޑޮކްޓްރިން
133ރިޕްލޭސްމަންޓް ޑޮކްޓްރިންއަކީ Kesavananda މައްސަލައިގައި ހަވާލާދީފައިވާ ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއާ ތިމާގެ، އެހެނަސް ތަފާތު ފަލްސަފާއެއްގެ މައްޗަށް ބިނާވާ މަބްދަޢު އެކެވެ.
134ކޮލަމްބިޔާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން އުފަންވި މި މަބްދައު ނިޔާކުރާ ގޮތުން، އެ ޤައުމުގެ ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙުތަކަކީ ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ ތެރެއިން ގެނެވިފައިވާ އިޞްލާޙެއްކަން ބެލުމުގެ އިތުރަށް، އެ އިޞްލާޙެއްގެ މައުޟޫޢުގެ މައްޗަށްވެސް ގޮތް ކަނޑައެޅޭނެއެވެ. މިގޮތުން، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ އެ ޤައުމުގެ ޤާނޫނުއަސާސީ ބިނާކޮށްފައިވާ އަސާސީ ސިފަތަކަށް ބަދަލުގެންނަ އިޞްލާޙެއް ކަމުގައިވާނަމަ، އެ އިޞްލާޙަކީ އިޞްލާޙެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެ ކޯޓުން ބަލާނީ، އެ އިޞްލާޙަކީ ޤާނޫނުއަސާސީއަށް ގެންނަ ބަދަލެއް ކަމުގައެވެ.
135މި މަބްދަޢު އަކީ ކޮލަމްބިޔާގެ އިތުރުން، ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކެއްގައި (އަދި އޭޝިޔާގެ ބައެއް ގައުމުތަކުގައި) ބޭނުންކުރަން ފަށާފައިވާ މަބްދައު އެއް ކަމުގައިވާއިރު، މި މަބްދައު އަކީ ހައިޕަރ-ޕްރެޒިޑެންޝަލް ނިޒާމުތަކުގައި، ޤާނޫނު ހެދުމުގެ ބާރާއި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ނިޒާމުގެ ދައުރު ހަނިކުރެވި، ވެރިކަން ހިންގުމުގެ ބާރުގެ ނުފޫޒު ބޮޑުވެ، ދެފުށް ފެންނަ ގޮތަށް އަމަލުކުރުމާއި ޖަވާބުދާރީކުރުވުން ކުޑަވާ ޙާލަތްތަކުގައި ބޭނުންކުރާ މަބްދައު އެއް ކަމުގައި ކަމުގެ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
(ރ) ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން އަމަލުކުރާ ގޮތް
136ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (މީގެ ފަހުން "އެމެރިކާ") ގެ ޤާނޫނުއަސާސީގެ އާޓިކަލް 5 (Article V) ގެ ދަށުން އެ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ މައްސަލަތައް އެ ޤައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެކަން ބަލަމުން ގޮސްފައިވަނީ ޤާނޫނީ ސުވާލަކަށްވުރެ ސިޔާސީ ސުވާލެއްގެ ގޮތުގައެވެ. މިއީ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ހުށަހަޅާ ހުށަހެޅުންތައް ތަސްދީޤުކުރުމުގެ އިޖުރާއަތު ހިނގާފައިވަނީ ރަނގަޅަށް ކަމުގައިވާނަމަ، އެފަދަ އިޞްލާޙަކާގުޅޭ މައުޟޫއީ ކަންކަމަކީ ދައުލަތުގެ ސިޔާސީ ގުނަންތަކުގެ ގޮތުގައި ހިމެނޭ ޤާނޫނު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީގެ އާޓިކަލް 5 (Article V) ގައި ބަޔާންވެފައިވާ ގޮތުން، އެ ޤައުމުގެ ޤާނޫނުއަސާސީ ބަދަލުކުރެވެނީ ދެގޮތުން ކުރެ ގޮތަކަށެވެ. އަދި ދެ މަރުޙަލާއަކުންނެވެ. އެގޮތުން ފުރަތަމަ މަރުޙަލާއަކީ ޤާނޫނުއަސާސީއަށް އިސްލާޙު ހުށަހެޅުމެވެ. އަދި ދެވަނަ މަރުޙަލާއަކީ އިޞްލާޙު ތަސްދީޤު ކުރުމެވެ. އެގޮތުން، ހުށަހަޅާފައިވާ އިސްލާޙަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓްގެ ތިންބައިކުޅަ ދެބައިގެ އަޤްލަބިއްޔަތެއް ލިބިގެން، ނުވަތަ އެ އިސްލާޙަކީ އެ ޤައުމުގެ ސްޓޭޓްތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ތިންބައިކުޅަ ދެބައިގެ އަޤްލަބިއްޔަތުން ކޮންވެންޝަނެއް ބޭއްވުމަށް ގޮވާލާ ކޮންގްރެސްއަށް ހުށަހަޅާ އިޞްލާޙަކަށް ވާނަމައެވެ. މި ދެ ގޮތުގެ ތެރެއިން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނުއަސާސީ އިސްލާޙުކުރުމަށް މިހާތަނަށް ހުށަހަޅާ ތަސްދީޤުކޮށްފައިވާ ހުރިހާ އިސްލާޙާކީ މީގެ ތެރެއިން ފުރަތަމަ ގޮތަށް ހުށަހަޅާފައިވާ އިޞްލާޙުތަކެއްކަން ފާހަގަކުރަމެވެ. އިސްވެ ބަޔާންކޮށްފައިވާ މިންގަނޑުން އިޞްލާޙެއް ހުށަހެޅިއްޖެނަމަ، އެ އިސްލާޙެއް ތަސްދީޤުވެއްޖެ ކަމަށް ބަލަނީ އެ ޤައުމުގެ ސްޓޭޓްތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ފަސްބައިކުޅަ ހަތަރު ބައިގެ އަޤްލަބިއްޔަތުން އެ އިސްލާޙެއް ތަސްދީޤުކޮށްފިނަމަ، ނުވަތަ އެ ޤައުމުގެ ސްޓޭޓްތަކުގެ ހަތަރުބައިކުޅަ ތިން ބައިން ޚާއްޞަ ކޮންވެންޝަން މެދުވެރިކޮށް ހުށަހަޅާފައިވާ އިސްލާޙެއް ފާސްކޮށްފިނަމައެވެ. މި ދެގޮތުންކުރެ ޤާނޫނުއަސާސީއަށް ހުށަހަޅާ އިސްލާޙެއް ތަސްދީޤުކުރާނީ ކޮންގޮތަކުންކަން ކަނޑައަޅަނީ ކޮންގްރެސް (ޖަމްއުކޮށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއާއި ސެނެޓް) އިންނެވެ. ޖުޑީޝަލް ރިވިއު އަކީ ޔއެމެރިކާގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއްކަމުގައި ކަނޑައެޅި Marbury v. Madison 5 U.S. (1 Cranch) (1803) 137 މައްސަލައިގައި، ބުނެވުނު ބާރާއެކު، އެޤައުމުގެ ކޮންގްރެސްގެ ނިންމުންތައް ދުސްތޫރާ ތަޢާރުޒުވާނަމަ، އެފަދަ ނިންމުމެއް ބާޠިލުކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވާކަމަށް ކަނޑައެޅިއެވެ. Marbury މައްސަލައަކީ "ޕޮލިޓިކަލް ކުއެސްޗަން ޑޮކްޓްރިން" ވެސް އުފަންކުރުވި މައްސަލައެވެ. އެ މައްސަލައިގައި ޙަވާލާދީފައިވާ ޕޮލިޓިކަލް ކުއެސްޗަން ޑޮކްޓްރިން ނިޔާކުރާ ގޮތުން ސިޔާސީ ސުވާލުތަކަކީ ކޯޓުތަކުން އެސުވާލުތަކުގެ ޖަވާބުދޭން ސުވާލުތަކެއް ނޫނެވެ. އެ މައްސަލައިގެ 170 ޕެރެގްރާފްގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. “[q]uestions, in their nature political, or which are, by the constitution and laws, submitted to the executive, can never be made in this court”. Marbury މައްސަލައިން ކަނޑައަޅާފައިވާ އެ އުސޫލު Baker v. Carr 369 U.S. 186 (1962) މައްސަލައިގައި އަޤާހަމޭލޮށް، ސުވާލަކީ ޤާނޫނީ ސުވާލަށްވެދާނެ 6 (ހައެއް) ސަބަބެއް (އެ މައްސަލައިގެ 217 ޕެރެގްރާފުން) ހިމަނާފައިވެއެވެ. ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ދައުރެއް ކަމުގައި ބަލައި، އެކަމުން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ފަރާތުން އެއްފަރާތްވުމުގެ 96 މައްޗަށް ބިނާވާ ފަލްސަފާއެކެވެ.
137މިގޮތުން އެ ކޯޓުން ނިންމާފައިވާ Leser v. Garnett 258 U.S. 130 (1922) އަދި (1939) Coleman v. Miller 307 U.S. 433 މައްސަލަ ހިމެނެއެވެ.
(ބ) އިޓަރނިޓީ ކްލޯޒް
138ދުސްތޫރީ ފަލްސަފާގައި އިޓަރނިޓީ ކްލޯޒްއަކީ ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ ޤާނޫނުއަސާސީގައި ހިމަނާފައިވާ މާއްދާއަކުން، ނުވަތަ ދުސްތޫރީ އުސޫލަކުން، ދުސްތޫރުގައި ހިމަނާފައިވާ ވަކި ކަންތައްތަކެއް އިޞްލާޙުކުރުން މަނާކުރާކުރުމަށް ހަވާލާދޭ ދިނުމެކެވެ. އިޓަރނިޓީ ކްލޯޒްގެ ބޭނުމަކީ، އުސޫލެއްގެ ގޮތުން، ޤާނޫނުއަސާސީ އެ މައްޗަށް ބިނާކޮށްފައިވާ އަސާސީ އުސޫލުތައް ރައްކާތެރިކުރުމެވެ. އިޓަރނިޓީ ކްލޯޒް އެއް އޮތުމުގެ ސަބަބުން ޤާނޫނުއަސާސީ މާނަކުރުމުގެ ޖާގަ ބަންދު ނުވި ނަމަވެސް، އޭގެ ބޭނުމަކީ މާނަކުރުމުގައިވެސް ކަޑައްތު ނުކުރެވޭނެ ވަކި އިމެއް ކަނޑައެޅުމެވެ. މިގޮތުން، ދުނިޔޭގެ އެކި ޤައުމުތަކުގެ ދުސްތޫރުތަކުގައި އިޓަރނިޓީ ކްލޯޒް ހިމަނާފައިވެއެވެ. ކުރިމަތީގައި ހުރި ސުވާލުތައް
139މި މައްސަލައިގައި ޖަވާބު ދޭންޖެހޭ ސުވާލުތަކާމެދު އަހުރެން ދެކޭ ގޮތް ބަޔާންކުރާނީ މި ރައުޔުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަރުތީބަކުން ނޫނެވެ. އަދި ބައެއް ސުވާލުތަކަކީ އެކު އެކީގައި އެއަށް ޖަވާބުދެވޭ ބާވަތުގެ ސުވާލުކަމުން، އެފަދަ ދެ ސުވާލަކާމެދު އަހުރެން ދެކޭގޮތް އެއް އަރިމަތީ 96 Judicial deference ސުރުޚީއެއްގެ ދަށުގައި ހިމަނާފައިވާނެ ކަމުން، އެކަން ފާހަގަކުރުން މުހިންމުކަމުގައި ދެކި، ބަޔާންކުރަމެވެ.
(ހ) ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކާއި ޚިލާފު އިޞްލާޙެއްކަން ނުވަތަ ނޫންކަން
140ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކާއި، ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑާ ޚިލާފަށް ގެނެސްފައިވާ އިޞްލާޙެއްކަމުގައި ޢަލީ ޙުސައިން އަދި އެމް.ޑީ.ޕީގެ ފަރާތުން ބުނެއެވެ. މިގޮތުން، އެ ފަރާތްތަކުން ފާހަގަކޮށްފައިވާ ތަޢާރުޟުވުންތައް އަހުރެން މައިގަނޑު ދެ ބަޔަކަށް ބަހާލާނަމެވެ. އެއީ: (1) ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި 8 ވަނަ މާއްދާ އަދި ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑާ ޚިލާފު އިޞްލާޙެއްކަން ނުވަތަ ނޫންކަން. (2) ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއަށް އަސަރުކުރާގޮތަށް، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފު އިޞްލާޙެއްކަން ނުވަތަ ނޫންކަން. (1) ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި 8 ވަނަ މާއްދާ އަދި ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑާ ގުޅޭ ނުކުތާ
141ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގައިވާ ގޮތުން:
141.1 ވަކި ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް މީހަކު އިންތިޚާބުވެއްޖެނަމަ، އެ ފަރާތެއް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ ފަރާތް ތަމްސީލުކުރާ ސިޔާސީ ޕާޓީއިން އޭނާ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ޕާޓީއަކުން އޭނާ ވަކިކޮށްފިނަމަ ނުވަތަ އ ފަރާތެއް އިންތިޚާބުވިއިރު ތަމްސީލުކުރި ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ؛ ނުވަތަ
141.2 ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ ފަރާތެއް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ ފަރާތް ތަމްސީލުކުރާ ސިޔާސީ ޕާޓީއިން އޭނާ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ޕާޓީއަކުން އޭނާ ވަކިކޮށްފިނަމަ، ނުވަތަ އެ ފަރާތެއް ތަމްސީލުކުރި ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ؛ ނުވަތަ
141.3 އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް މީހަކު އިންތިޚާބުވެއްޖެނަމަ، އެ ފަރާތެއް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ ފަރާތެއް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ؛ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.
142ޢަލީ ޙުސައިންއާއި އެމް.ޑީ.ޕީގެ ފަރާތުން ހުށަހަޅާގޮތުން، ބަޔާންކުރެވުނު އިޞްލާޙުން ގެނެވުނު ބަދަލަކީ ޤާނޫނުއަސާސީއާ ޚިލާފު ބަދަލެކެވެ. އެ ފަރާތްތަކުން އެފަދައިން ފާހަގަކުރަނީ ދިވެހިރާއްޖޭގެ އެންމެހާ ބާރުތައް ހިނގަންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން 98 ކަމުގައާއި، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި 99 ކަމުގައި ޤާނޫނުއަސާސީގައި ބަޔާންކޮށް، ދައުލަތުގެ ތިން ބާރު ވަކިވަކިން ޤާނޫނުއަސާސީގެ ދަށުން ޤާއިމުކުރިއިރު، 100 ޤާނޫނު ހެދުމާއި، އިންސާފު ޤާއިމުކުރުމާއި، ދައުލަތް ހިންގުމާގުޅޭ އެއްވެސް ކަމެއްގައި ޤާނޫނުއަސާސީން ސިޔާސީ ޕާޓީތަކުގެ މައްޗަށް އެއްވެސް ދައުރެއް މަތިކޮށްފައި ނުވާތީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އެ އިޞްލާޙަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިސްވެ 98 ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ 99 ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ 100 ޤާނޫނުއަސާސީގެ 5، 6 އަދި 7 ވަނަ މާއްދާ ބަޔާންކުރި (ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ) މަފްހޫމްތަކާއި، ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑާއި ތަޢާރުޒުވާ އިޞްލާޙެއް ކަމުގައި ބުނެއެވެ.
143މައްސަލަ ހުށަހެޅި އަދި ތަދައްޚުލުވި ފަރާތުގެ މި ހުށަހެޅުމަށް ދައުލަތުން އިންކާރުކޮށް މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީއާ ތަޢާރުޒުވާ އިޞްލާޙެއް ނޫންކަމުގައާއި، އަސާސީ އޮނިގަނޑުގެ އުސޫލު ތަޠުބީޤުކުރާނެ ޤާނޫނީ ހަމައެއް ކަނޑައެޅިފައި ނުވާ ހާލު، އެ އުސޫލު ތަޠުބީޤުކުރެވިގެން ނުވާނެ ކަމުގައާއި، އެ އުސޫލު ތަޠުބީޤުކުރިނަމަވެސް، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ އެ އުސޫލާ ޚިލާފު އިޞްލާޙެއް ނޫންކަމުގައެވެ.
144މައްސަލައިގެ ޙަސަން މި ނުކުތާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކުގެ އަލީގައި، އަންނަނިވި ކަންކަން
144.1 މުޅި ދިވެހި ދައުލަތުގެ ބާރުތައް ފެށި، ވުޖޫދުވެ، ޤާއިމުވެ އޮންނަގޮތާއި، އެ ދައުލަތުގެ ބާރުތަކާއި، ދައުލަތް އެތުރިގެންވާ ގޮތް ބަޔާންކުރަނީ ޤާނޫނުއަސާސީގައެވެ. އަދި ދައުލަތުގެ ބާރުތައް ހިނގަން ޖެހެނީ ޤާނޫނުއަސާސީގައިވާ ގޮތަށެވެ. މިހެންކަމުން، އަސާސީ އޮނިގަނޑުގެ އުސޫލު ތަޠުބީޤުކުރާނެ ޤާނޫނީ ހަމައެއް ޤާނޫނުއަސާސީގައި ކަނޑައެޅިފައި ނުވާކަމަށް ދައުލަތުން ބުނިނަމަވެސް، އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި (ޕެރެގްރާފް 61 ގައި) ފާހަގަކުރައްވާފައިވާ ފަދައިން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި މިފަދަ އަސާސީ އޮނިގަނޑެއް ނުވަތަ ސިފަތަކެއް ހިމެނޭ ކަމަށް ޤާނޫނުއަސާސީ މާނަކުރެވެއެވެ. އަދި މިއީ ސިންގަޕޫރުގައި ބަލައިގެންފައިވާ އަސާސީ އޮނިގަނޑުގެ ހަނި މާނަކުރުން ފަދައިން، (އިސްވެ ބަޔާންކުރެވުނު ފަދައިން) ދައުލަތް ތަރުތީބުވެގެންވާ ގޮތުގެ މައްޗަށް އެކަނި މަހުދޫދުވެފައިވާ އޮނިގަނޑެއް ކަމުގައިވެސް އަހުރެންނަށް ނުފެނެއެވެ. ޤާނޫނުއަސާސީއަށް ބެލުމުން، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމާއި، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމުގައި ޤާނޫނުއަސާސީގެ އެކި މާއްދާތަކުން ސާފުކޮށް އެނގެން އޮވެއެވެ. އެހެންކަމުން، މި ނުކުތާގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އަސާސީ އޮނިގަނޑެއް އޮތްކަމާމެދު އަހުރެންގެ ވިސްނުން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި ފައުޅުކުރައްވާފައިވާ ވިސްނުމާއި އުޞޫލީ ތަފާތެއް ނެތެވެ.
144.2 މީގެ އިތުރުން، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައިވެސް ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ހަވާލާދީފައިވެއެވެ. އޭގެ ތެރޭގައި މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (ދައުލަތް) މައްސަލައާއި؛ އިލެކްޝަންސް ކޮމިޝަން މައްސަލައާއި؛ މުޙައްމަދު މުޞްޠަފާ ވ. އިލެކްޝަންސް ކޮމިޝަން މައްސަލައާއި؛ މުޙައްމަދު ޙަލީމް އަދި އަސްޢަދު ޝަރީފް ވ. ޔަޢުޤޫބު ޢަބްދުﷲ މައްސަލަ ހިމެނެއެވެ.
145ދެން ސުވާލަކީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީގެ 4 އަދި 8 ވަނަ މާއްދާއާ ތަޢާރުޝުވާ އިޞްލާޙެއްތޯއެވެ. ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއަކީ ދައުލަތަށް ބާރު ލިބިގެންވަނީ އަދި އެބާރު ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމުގައި ބަޔާންކުރާ މާއްދާއެވެ. ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ ސިޔާދަތު އިސްތިޤުރާރުކޮށް ބަޔާންކުރާ މާއްދާއެވެ.
146ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން ނިކުންނަ ނަތީޖާއަކީ، ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުން ހޮވާފައިވާ މަންދޫބު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްނަމަ، އޭނާ ތަމްސީލުކުރާ ސިޔާސީ ޕާޓީއިން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފިނަމަ، ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެނަމަ، އަދި ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސިޔާސީ ޕާޓީއެއްގެ އެހީތެރިކަމާއި ނުލައި އަމިއްލަ ހައިސިއްޔަތުން އިންތިޚާބުވެފައިވާ މެންބަރެއްނަމަ، އޭނާ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމެވެ.
147ޢަލީ ހުސައިންގެ ފަރާތުން ބުނާގޮތުން، ރައްޔިތުންގެ ސީދާ ވޯޓުން ހޮވަނީ، ޤާނޫނު ދަންނަ ގޮތުން ކަމުގައިވާނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ. އެ މީހާއެވެ. އެ މީހާ ސިޔާސީ ޕާޓީއެއްގެ ހިޔާވަހިކަމުގައި ހުރުމާއި ނުހުރުން އެއީ އެ މީހަކު އިންތިޚާބުވުމާއި ގުޅުމެއް އޮތްކަމުގައި ބެލިނަމަވެސް، އެއީ ހަމައެކަނި ސިޔާސީ ޙަޤީޤަތެކެވެ. އެ ކަން ސިޔާސީ ޙަޤީޤަތަކަށް ވުމަކީ، އެކަން ޤާނޫނުއަސާސީގެ ދާއިރާގެ ތެރޭގައި ހިމަނާފައިވާ ކަމަކަށް ވެގެން ދިއުމެއް ނޫނެވެ.
148ދައުލަތާއި މި ސުވާލު ކުރެވުނުހިނދު، ރައްޔިތުންގެ ސީދާ ވޯޓުން ހޮވަނީ މީހާ ކަމުގައި ދައުލަތުންވެސް ބުނެފައިވެއެވެ. އެހެންކަމުން ޤާނޫނު ދަންނަގޮތުން، އެ މީހާއާއި ސިޔާސީ ޕާޓީއަކާއި ގުޅުމެއް އޮތުން އަދި ނެތުމަކީ ޤާނޫނުއަސާސީ ދަންނަގޮތުން އެކަމުގެ މައްޗަށް ރިއާޔަތްކުރަންޖެހޭ ކަމެއް ނޫނެވެ.
149ޤާނޫނު ދަންނަ ގޮތުން، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރަނީ ސިޔާސީ ޕާޓީގެ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގައި ބަޔާންކޮށްފައިވާ ފަދަ ޕާޓީއަކުން ވަކިވުން ނުވަތަ ވަކިކުރުން، ނުވަތަ ޕާޓީއަކަށް ވަނުންފަދަ ހާލަތެއް މެދުވެރިވެގެން، އެ މީހެއް ރައްޔިތުން ތަމްސީލުކުރުމުން ދުރުވާންޖެހުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އަދި މިއީ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ދައުލަތަށް ބާރު ލިބިގެންވާގޮތާއި، އެ ބާރު ދެމިއޮންނާނެ ގޮތަށް ލޮޅުންއަރާނެ އިޞްލާޙެކެވެ. އެހެނީ، ވަރަށް ސާދާކޮށް އަދި ސީދާކޮށް ރައްޔިތުމީހާއާއި އޭނާގެ މަންދޫބާ ދެމެދު އޮތް ގުޅުމުގެ ތެރެއަށް، ޤާނޫނުއަސާސީއާ ޤާނޫނު ދަންނަ ގުޅުމުގެ ބޭރުން، ތިންވަނަ ފަރާތަކުން ގޮތް ކަނޑައަޅައި، އެ ގުޅުން ނިމުމަކަށް ގެނައުމުގެ ފުރުސަތު ހުޅުވިގެންދާތީއެވެ. އަދި އަމިއްލަ އިޚްތިޔާރުގައި ސިޔާސީ ޕާޓީއަކާއި ގުޅުމަށް ނުވަތަ ޕާޓީއަކުން ވަކިވުމަށް މެންބަރުންނަށް ހުރަސްތަކެއް ކުރިމަތިކުރުވާތީއެވެ.
150މި ނުކުތާއާ ގުޅިގެން، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު، މިހާރު އޮތް ގޮތުން، އަދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް، މެންބަރުކަމުން ވަކިވާ ހާލަތެއް ކުރިމަތި ނުވާނެކަމުގައި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ. ދައުލަތުން މިފަދައިން ބަޔާންކުރަނީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގައި، 73 ވަނަ މާއްދާގެ (ބ) ގައި ހަވާލާދޭ ޤާނޫނު އަދި މިހިނދު ވުޖޫދުގައި ނުވާކަމުގައި ބުނެއެވެ. އަދި ވުޖޫދުގައި ނެތް ޤާނޫނެއްގެ ދަށުން މެންބަރަކު ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކި ނުކުރެވޭނެކަމަށްޓަކައި، މި ހިނދުގައި، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގައި ބަޔާންކުރާ ހާލަތު މެދުވެރިވެގެން ކަމުގައި ބުނެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮޑި ގެއްލޭ ހާލަތެއް މެދުވެރި ނުވާނެ ކަމުގައެވެ.
151ދައުލަތުން ހުށަހެޅި މި ހުށަހެޅުމާއި ގުޅިގެން ފުރަތަމަ ނަޒަރުންވެސް 3 (ތިނެއް) ކަމެއް ފާހަގަވެއެވެ. އެއީ:
151.1 ދައުލަތުގެ ފަރާތުން ބަޔާންކުރާ ފަދައިން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގައި ހަވާލާދޭ ޤާނޫނު އަދި ވުޖޫދުގައި ނުވާކަމުގައި އެ އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު އޭނާ ހުރި ސިޔާސީ ޕާޓީއިން ވަކިވާ ނަމަ، ނުވަތަ އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިޚާބުވާ މެންބަރަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއެވެ. ބުނެވުނު ދެ ހާލަތަކީ ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުގައި، ޤާނޫނަކުން ކަނޑައަޅާ އިޖުރާއަތަކަށް ހަވާލާ ދިނުމެއްނެތި، އެކަންކަން ހިނގުމުން މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެފައިވާ ހާލަތްތަކެވެ.
151.2 ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ފަރުމާކޮށްފައި އޮތް ގޮތުން، އެ މާއްދާގައި ހަވާލާދޭ ޤާނޫނަކީ އަދި އަންނަން އޮތް ޤާނޫނެއްކަމުގައި ދައުލަތުން ބުނިނަމަވެސް، ޤާނޫނީ ހަމަތަކުން އެފަދައިން މާނަ ކުރެވޭކަމުގައި ނުދެކެމެވެ. އެހެނީ، ޤާނޫނުއަސާސީގައި ލަފުޒުތަކާއި ޢިބާރާތްތައް ގެނެސްފައިވާ ގޮތުން، ޤާނޫނުއަސާސީގައި ހަވާލާދޭ ޤާނޫނަކީ އަދި އެހިނދުގައި ނެތް، އެކުލަވާލަންޖެހޭ ޤާނޫނެއްނަމަ، އެފަދަ ޤާނޫނެއް ފާސްކުރަންވާނެ ކަމުގައި ޞަރީޙަ ބަހުން ބަޔާންކޮށްފައި އޮވެއެވެ.
151.3 ޤާނޫނުއަސާސީގައި ވަކި ކަމަކާ ގުޅިގެން ޤާނޫނެއް ފާސްކުރަންވާނެ ކަމުގައި ބަޔާންކޮށްފައި ނުވާނަމަ، އާންމު އުސޫލުން އިފްތިރާޟުކުރަންޖެހޭނީ އެ ޙަވާލާދޭ ޤާނޫނަކީ އެހިނދު ވުޖޫދުގައި އޮތް ޤާނޫނު ކަމުގައެވެ. މިގޮތުން، ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ ސިޔާސީ ޕާޓީއިން ވަކިވުމާއި، ވަކިކުރުމާއި، ސިޔާސީ ޕާޓީއާ ގުޅުމާ ސީދާ ގުޅޭ ޙާލަތްތަކެއް ކަމުގައިވާތީ، މިހާލަތުގައި ތަޠުބީޤުކުރަންޖެހޭނީ ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ކަމުގައި ފެނެއެވެ.
152އެހެންކަމުން، ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގައި ފާހަގަކޮށްފައިވާ ޤާނޫނަކީ އަދި ވުޖޫދުގައި ނެތް ޤާނޫނެއް ކަމުގައި ބުނެ ހުށަހަޅާފައިވާ ހުށަހެޅުމުގައި ޤާނޫނީ ބުރަދަނެއް ނެތެވެ.
153އިސްވެ ފާހަކުރި ސަބަބުތަކަށްޓަކައި، ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުގައި ފާހަގަކޮށްފައިވާ ޤާނޫނަކީ ސިޔާސީ ޕާޓީގެ ޤާނޫނަށް ވުމުގެ ނަތީޖާއަކީ، އެ ޤާނޫނުގައިވާ ގޮތުގެ މަތިން، އަދި ސިޔާސީ ޕާޓީތަކުގެ އާންމު އަދި ހިންގާ ގަވާއިދުގައިވާ ފަދައިން، މެންބަރުން ޕާޓީއަށް ވެއްދުމާއި، ވަކިކުރުމާއި، ވަކިވުމުގެ ކަންކަން ހިންގުމެވެ. އަދި މިއީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ބޭނުމަށްޓަކައި، ރައްޔިތުންނާއި ރައްޔިތުން އިންތިޚާބު ކުރާ މެންބަރުންނާދެމެދު، މެންބަރުން ހޮވުމުގައި ޤާނޫނު ދަންނަ ކަންކަމަށް އުނިއިތުރު ގެނެސް ރައްޔިތުންގެ ބާރު ހަނިކުރުމެވެ.
154މިހާ ހަމައަށް އައިއިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އަސާސީ އޮނިގަނޑެއް އޮވެ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގެ ސަބަބުން އެ އޮނިގަނޑަށް އަސަރުތަކެއް ކޮށްފިކަން ދެކޭތީ، އެކަން ފާހަގަކުރެވިއްޖެއެވެ. ދެން އޮތް ސުވާލަކީ އެފަދަ ހާލަތެއް މެދުވެރިވުމުގެ ނަތީޖާއާމެދު އޮތް ސުވާލެވެ.
155ތެދެކެވެ. ދައުލަތުގެ ބާރުތަކަކީ ކޮބައިކަމާއި އެ ބާރުތަކުގެ އިންތަކާއި މިންތަކަކީ ކޮބައިކަން ކަނޑައަޅާނީ ޤާނޫނުއަސާސީންނެވެ. އެއަށްފަހު، ޤާނޫނުންނެވެ. އަދި މިގޮތުން، ޤާނޫނުއަސާސީ ބަދަލުކޮށް އިޞްލާޙު ކުރުމުގެ ބާރު އެ ޤާނޫނުއަސާސީއިން ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަން ސާފެވެ. އެހެންނަމަވެސް، އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައިވެސް (ޕެރެގްރާފް 64 އިން 65 އަށް) ފާހަގަކުރައްވާފައިވާ ފަދައިން، ބުނެވިދިޔަ ބާރު ޤާނޫނުއަސާސީން ލިބިދީފައި އޮތުމުގެ މާނައަކީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލުތައް އަންނަ ފަދައިން ކަންކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއްކަމުގައި ބެލުމުގެ ފުރުސަތު އޮތުންކަމުގައި އަހުރެންވެސް ނުދެކެމެވެ. އެއީ އޭގެ ސަބަބުން ނިކުމެދާނެ އެތަކެއް ނުރަނގަޅު ނަތީޖާތަކެއްގެ ސަބަބުންނެވެ. އަދި ޚާއްޞަކޮށް، ދިވެހިރާއްޖޭގައި އޮތީ ދުސްތޫރުގެ ސިޔާދަތުކަމުގައިވާތީއެވެ.
156މިހާ ހިސާބުން ދެން ފާހަގަކުރަން އޮތީ، އުއްތަމަފަނޑިޔާރުގެ ރައުޔާއި އަހުރެންގެ ވިސްނުމާއިމެދު އޮތް ޚިލާފެވެ.
157އިންޑިޔާގައި އަސާސީ އޮނިގަނޑުގެ އުޞޫލު ތަޢާރަފްވި ގޮތާއި، ޙާލަތާއި، ތާރީޚާއި، އެ ޤައުމުގެ ވެރިކަން ހިންގުމުގެ ނިޒާމާއި، ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކާއި، އަދި މިނޫންވެސް އެތަކެއް ކަމެއްގެ މައްޗަށް ބެލިނަމަވެސް، ދިވެހިރާއްޖެއާއި އިންޑިޔާއާ އެތަކެއް ތަފާތުތަކެއް އެބަހުއްޓެވެ. އެ ތަފާތު ހުރުމުގެ މާނައަކީ ދުސްތޫރީ ފަލްސަފާއެއް ނުވަތަ އުސޫލަކީ ދިވެހިރާއްޖެއަށް ތަޠުބީޤު ނުކުރެވޭނެ ފަލްސަފާއަކަށް ނުވަތަ އުސޫލަކަށް ވުމެއް ނޫނެވެ. އަދި ކިޔެއްތަ، އިންޑިޔާގައި އުސޫލު ތަޠުބީޤުކުރާ ގޮތަށް، އުނިއިތުރެއް ނެތި، އެކަމެއް ދިވެހިރާއްޖެއަށް ހޯލްސޭލްކޮށް ބަލައިގަތުމެއްވެސް ނޫނެވެ. އަހުރެންގެ ރައުޔު ފަށަމުން މި ކޯޓުގެ ކުރިމަތީގައި ހުރި ބަހުސްތަކާގުޅޭ ބައެއް މަބްދައުތަކާއި އުސޫލުތައް ފާހަގަކުރީ މި ސަބަބަށްޓަކައިވެސް މެއެވެ. އެކި ޤައުމުތަކުގައި އަސާސީ އޮނިގަނޑުގެ އުސޫލު ބަލައިގަނެ، ތަޠުބީޤުކުރަނީ އެކި ގޮތަށް އަދި އެކި މިންވަރަށެވެ.
158ކަން މިހެން އޮތްއިރު، ޤާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުގެ ތަރަހައިގެ ތެރެއިން، އަދި މި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތެރެއިން، ސުވާލެއް ކުރިމަތި ކުރެވި، ދިވެހިރާއްޖޭގައިވެސް ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑެއް އޮތްކަމުގެ މާނަކުރެވޭކަން ފާހަގަކުރުމަށްފަހު، ޤާނޫނުއަސާސީގައި އެކަމާގުޅޭ އިޝާރާތެއް ކޮށްފައިނެތުމަކީ ސަބަބެއް ކަމުގައި ބަލައި، ދިވެހިރާއްޖޭގެ ދުސްތޫރުގައި އަސާސީ އޮނިގަނޑެއް އޮތްކަމުގައި ކޯޓުން ބުނުމަކީ ޤާނޫނުއަސާސީއަށް އަލުން ކަމެއް ތަޢާރަފްކުރުން ކަމުގައި އަހުރެން ނުދެކެމެވެ. އެއީ، ޤާނޫނުއަސާސީ މާނަކުރުމުން ދޭހަވާ މާނަ ކަމުގައިވާތީއެވެ.
159އޭގެ އިތުރުން، ދިވެހިރާއްޖެއަކީ ދުސްތޫރީ ސިޔާދަތު އޮންނަ ޤައުމަކަށްވުމާއެކު، ދައުލަތުގެ ބާރުތައް ވަކިކޮށް، ޤާނޫނު ހެދުމާއި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާތީ، ކަނޑައެޅި ބަޔާންކޮށްފައިވާ އިޖުރާއަތާއި ޚިލާފުނުވާނަމަ، ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެންނަ ކޮންމެ އިޞްލާޙަކީ އެ ބާރުގެ މުޠުލަޤު ބާރުގެ ތެރެއިން އެ މަޖިލީހަށް ކުރެވިދާނެ ކަމެއް ކަމުގައި ބުނުމަކީ، އެންމެ އެކަށީގެންވާގޮތް ކަމުގައި އަހުރެން
160އާންމު އުސޫލުން ކަން އޮންނާނީ އަދި އޮންނަންޖެހޭނީވެސް ދުސްތޫރު ނިޔާކުރާ ގޮތުން އިސްވެ ބުނެވުނު ފަދައިން ކަމާމެދު އަހުރެންގެ ޖަދަލެއް ނެތެވެ. އެހެންނަމަވެސް، ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކީ ނުވަތަ ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙަކީ، ރައްޔިތުންގެ މަޖިލީހުން އިޖުރާއަތާއި އެއްގޮތަށް ފާސްކޮށްފައިވާ ޤާނޫނެއް ނުވަތަ އިޞްލާޙެއް ކަމުގައިވިޔަސް، އެއީ މަޖިލީހުގެ ބާރުގެ ބޭރުން، ނުވަތަ ޤާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ނުވަތަ ޤާނޫނުއަސާސީ މާނަކުރުމުން ދޭހަވާ އުސޫލުތަކުގެ ބޭރުން ފާސްކޮށްފައިވާ ޤާނޫނަކަށް ނުވަތަ އިޞްލާޙަކަށްވާނަމަ، ޤާނޫނުއަސާސީއާއި ޤާނޫނު މާނަކުރުމަށް ކޯޓުތަކަށް ލިބޭ ބާރުގެ ތެރެއިން، އެކަމުގެ މައްޗަށް އެއްޗެއް ނުބުނުމަކީ، ނުވަތަ އެ އަމަލެއްގެ ޞައްޙަކަމާއި ނުވަތަ ނޫންކަމާމެދު އެއްޗެއް ބުނުމަކީ ދުސްތޫރީ ގޯހެއްގެ ގޮތުގައި ދެކުމަކީ، އަހުރެންނަށް ބަލައިގަންނަން އުނދަގޫ ކަމެކެވެ. އެއީ، ދިވެހިރާއްޖޭގެ ދައުލަތުގެ ބާރުތަކަކީ ޤާނޫނުއަސާސީގެ ދަށުން ހިނގާ އެއްހަމަ، އަދި އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ ނިޒާމުގެ ތެރެއިން ހިނގަންޖެހޭ ބާރުތަކެއްގެ ގޮތުގައި ޤާނޫނުއަސާސީއިން ތަސައްވުރުކޮށްފައިވާތީއެވެ. އަދި ދިވެހިރާއްޖޭގައި އޮތީ ޤާނޫނު ހެދުމުގެ ބާރުގެ ސިޔާދަތު 115 ކަމުގައި ނުވެފައި، ޤާނޫނުއަސާސީގެ ނުވަތަ ދުސްތޫރުގެ ސިޔާދަތުކަން ސާފުކޮށް އެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީއެވެ. (2) ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއަށް އަސަރުކުރާގޮތަށް، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފު ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ
161ދެން އަހުރެން އެނބުރިލާނީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއަށް އަސަރުކުރާގޮތަށް، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފު އިޞްލާޙެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާލާނަމެވެ.
162ހަވާދީފައިވާ ނުކުތާއަކީ، އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި ފާހަގަކޮށްފައިވާ ފަދައިން، އެމް.ޑީ.ޕީގެ ފަރާތުން މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހުށަހެޅި ސަބަބެކެވެ. އަދި އެ ނުކުތާއާ ގުޅިގެން ޝަރީޢަތުގައި ބަހުސް ކުރެވިފައިވެއެވެ.
163ކުރިންވެސް އިޝާރާތްކޮށްފައިވާ ފަދައިން، މި ނުކުތާގައި ހުށަހަޅާފައިވަނީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) ގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަޞްދީޤުކުރުމުން ކަމުގައި ބަޔާންކުރުމަށްފަހު، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާއާ ގުޅުވައެވެ. އެމް.ޑީ.ޕީގެ ފަރާތުން ހުށަހަޅައި، ޢަލީ ޙުސައިންގެ ފަރާތުންވެސް އެ މައްޗަށް ވާހަކަ ދައްކާފައިވާ ނުކުތާގައި އެ ފަރާތްތަކުން ބުނެފައިވާ ގޮތުން، ޤާނޫނުއަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ޙައްޤުތަކާއި މިނިވަންކަން" ގައި ހިމެނޭ އެއްވެސް މާއްދާއަކަށް 116 އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން 115 Parliamentary supremacy 116 ޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ އިތުރުން، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ ޢުމުރު؛ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު)؛ ޤާނޫނުއަސާސީގެ 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް)؛ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާ
(ށ) (ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރުން)؛ އަދި ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) (ދިވެހިރާއްޖޭގެ ސަރަސީލޮލު). މިމާއްދާތައް އިޞްލާޙުކުރުމުގައިވެސް މި އިޖުރާއަތު ފުރިހަމަ ކުރަންޖެހޭ ކަމުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރަމެވެ.. ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ އެކަނި ކަމުގައިވާއިރު، އަދި ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ހިމެނޭ ވޯޓު ދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤުގެ ގޮތުގައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤަށް އުނިއިތުރު އަންނަ ފަދަ އިޞްލާޙެއް ކަމުގައިވާތީ، އެ އިޞްލާޙަކީ ބާޠިލު އިޞްލާޙެއް ކަމުގައެވެ.
164ދައުލަތުގެ ފަރާތުން މި ނުކުތާއާ ގުޅިގެން ބުނެފައިވަނީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން އެއްވެސް އަސާސީ ޙައްޤަކަށް އަސަރުކުރާ ކަމުގައި ނުދެކޭ ކަމަށާއި، އަސާސީ ޙައްޤުތަކަކީ ޤާނޫނުންވެސް ހަނިކުރެވޭ ނުވަތަ ކޮންމެވެސް ވަރަކަށް ހިފަހައްޓާ، ޤައިދުކުރުމުގެ ފުރުސަތު އޮންނަ ޙައްޤުތަކެއް ކަމުގައެވެ. އަދި މިގޮތުން، އެންޓި-ޑިފެކްޝަން ޤާނޫނެއް މިހާރުވެސް ދިވެހިރާއްޖޭގައި ވުޖޫދުގައިވާކަމުގައެވެ. މީގެ އިތުރުން، ހުށަހަޅާފައިވާ މައްސަލައިގައި، ބަދަލުގެނެސްފައިވަނީ ޤާނޫނުއަސާސީއަށް ކަމުގައާއި، މިއީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ
(ށ) ގައި ބުނާ ޚާއްޞަ އިޖުރާއަތު ފުރިހަމަ ކުރަންޖެހޭ ހާލަތެއް ނޫންކަމުގައެވެ.
165ތެދެކެވެ. ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމާއެކު، އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ނުވަތަ މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙަލީ މިޤާއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނު ނަންބަރު 5/2024 (އެންޓި-ޑިފެކްޝަން ޤާނޫނު) އަށް މިހާރުވެސް ދަނީ އަމަލުކުރަމުންކަމާއި، އެ ޤާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުން އިސްތިއުފާދޭންޖެހޭ، އަދި އެ މެންބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެ ހާލަތްތަކުގެ ތެރޭގައި (1) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން؛ (2) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން؛ އަދި (3) އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން ހިމެނޭތީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގައި ހިމެނިފައިވާ ހުރިހާ ކަމަކީ، ކޮންމެވެސްވަރެއްގެ ތަފާތެއް، އަދި އިޖުރާއަތުތަކެއް ހިމެނޭގޮތަށް ޤާނޫނެއްގައި މިހާރުވެސް ބަޔާންކޮށްފައިވާ ކަންކަން ކަމުގައި ފާހަގަކުރަމެވެ.
166ޤާނޫނަކުން އަސާސީ ޙައްޤެއް ހިފެހެޓުމަކީ ޤާނޫނުއަސާސީ ދަންނަ ކަމެއް ކަމުގައިވާއިރު، އެފަދަ ޙައްޤެއް އަދި މިނިވަންކަމެއްވެސް ހިފެހެއްޓޭނެ ގޮތާއި މިންވަރާމެދުވެސް ޤާނޫނުއަސާސީގައި އިރުޝާދުތަކެއް ދީފައިވެއެވެ. އަދި އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ މިންވަރެއް ހިފަހައްޓަންޖެހޭ ހާލަތުގައި، ޤާނޫނު މެދުވެރިކޮށް އެކަން ކުރުމަކީ ޤާނޫނުއަސާސީ ދަންނަ ގޮތްވެސް މެއެވެ. އެފަދައިން ފާސްކުރާ ޤާނޫނަކީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ ބޮޑަށް އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ގައިދުކޮށްގެން ފާސްކޮށްފައިވާ ޤާނޫނެއްކަމުގައިވާނަމަ، އެކަން ކޯޓުތަކުން ބަލާނެ ގޮތުގެ އިރުޝާދުވެސް ޤާނޫނުއަސާސީގައިވެއެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ މައްސަލައެއް ހުށަހެޅުމުން، އެ މިންގަނޑުތަކުގެ ތެރެއިން ކޯޓުން މައްސަލަ ބަލާ، ގޮތް ކަނޑައަޅާނެއެވެ. އެއީ ޤާނޫނުއަސާސީން ދައްކާދީފައިވާ މަގެވެ.
167ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ހުށަހަޅާފައިވާ މައްސަލައަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މައްސަލައެކެވެ. ސުވާލަކީ، ދައުލަތުގެ ފަރާތުން ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން ޙައްޤުތަކާއި މިނިވަންކަމުގެ ބާބަށް އަސަރުނުކުރާ ކަމުގައި ބުނާނަމަވެސް، އެކަން އޮތީ އެފަދައިންތޯއެވެ.
168ފުރަތަމަ ނަޒަރުން ބަލާއިރު، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން ސީދާ އަސަރުކުރަނީ ދެވަނަ ބާބުގައި ހިމެނޭ ޙައްޤަކަށްކަމަށް ނުބެލެވިދާނެއެވެ.. އެހެންނަމަވެސް، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤުތަކުން އުނިވާ ކަމަށް ބަޔާންކޮށް ހުށަހެޅުމެއް އޮތަތީ، އެކަމުގެ މައްޗަށް ބަލާލާނަމެވެ.
169އަހުރެން ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން ނިކުންނަ ނަތީޖާއަކީ، ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުން ހޮވާފައިވާ މަންދޫބު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްނަމަ - އެއީ ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން އިންތިޚާބުވެފައިވާ މެންބަރެއް ނަމަވެސް، ނުވަތަ އިޞްލާޙު ފާސްކުރިއިރު ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރި މަޖިލީހުގެ މެންބަރެއް ނަމަވެސް - އޭނާ ތަމްސީލުކުރާ ސިޔާސީ ޕާޓީއިން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފިނަމަ، ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ސިޔާސީ ޕާޓީއެއްގެ އެހީތެރިކަމާއި ނުލައި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިޚާބުވެފައިވާ މެންބަރެއްނަމަ، އެ މީހަކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ހިނދެއްގައި، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމެވެ.
170ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ.
(ހ) އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު. މިފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ.
(ށ) އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު.
(ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު.
171އަދި ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
172ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި 69 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި މި ޙައްޤާގުޅޭގޮތުން ހުރި ކަންކަމުގެ މައްޗަށް ބަލާއިރު، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާގުޅޭ މުޢާޙަދާތަކުގެ ތެރެއިން، އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (މީގެ ފަހުން "އައި.ސީ.ސީ.ޕީ.އާރް") ގެ 25 ވަނަ މާއްދާ ފާހަގަވެއެވެ. އެ މާއްދާގައި އޮންނަނީ: Every citizen shall have the right and the opportunity, without any of the distinctions mentioned in article 2 and without unreasonable restrictions: (a) To take part in the conduct of public affairs, directly or through freely chosen representatives; (b) To vote and to be elected at genuine periodic elections which shall be by universal and equal suffrage and shall be held by secret ballot, guaranteeing the free expression of the will of the electors; (c) To have access, on general terms of equality, to public service in his country.
173އެހެންކަމުން، އެ ޙައްޤުގެ ތެރޭގައި، ޖަމްއުކޮށް ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުން ހިމެނެއެވެ. އަދި މިއީ ވަރަށް ފުޅާކޮށް މާނަކުރަންޖެހޭ މަފްހޫމެއްކަން، އަދި އޭގެ ތެރޭގައި އިދާރީ، ދައުލަތް ހިންގުން، އަދި ޤާނޫނާއި ޤަވާއިދު ހެދުމުގައި މަސްއޫލުވެ އުޅުން ހިމެނޭ ކަމުގައި، އައި.ސީ.ސީ.ޕީ.އާރްގެ 25 ވަނަ މާއްދާ ތަފްސީލުކުރުމުގެ ގޮތުން އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއިން ޝާއިޢުކޮށްފައިވާ، އެ ކޮމިޓީގެ ޖެނެރަލް ކޮމެންޓް 12125 ގައި ބަޔާންކޮށްފައި އޮވެއެވެ. މީގެ ތެރޭގައި، ރިފަރެންޑަމް އަދި އިންތިޚާބުތަކުގައި ވޯޓު ދިނުމާއި، ދައުލަތުގެ އެކި މަޤާމުތަކަށް ކުރިމަތިލުމާއި، ރައްޔިތުން ތަމްސީލުކުރާނެ ރައްޔިތުން ބޭނުންވާ މަންދޫބުން ހޮވުމާއި، އެފަރާތްތައް ސީދާގޮތުންނާއި ނުސީދާގޮތުން ޖަވާބުދާރީ ކުރުމާއި، އެއްވެސް ނުފޫޒެއްގައި ނުޖެހި ރައްޔިތުން ތަމްސީލުކުރާ މަންދޫބުންގެ ފަރާތުން ރައްޔިތުންނަށް ފަހިވާ ފަދައިން ޚިދުމަތްކުރުމާއި، މި ނޫންވެސް ރައްޔިތުންގެ ކަންތައްތައް ހިންގުމާގުޅޭ އެތަކެއް ކަމެއް ހިމެނިފައިވެއެވެ.
174ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގުޅުން ހުރި ކަންކަމަށް ބަލާއިރު، އެންމެ ބޮޑަށް ފާޅުވަނީ އައި.ސީ.ސީ.ޕީ.އާރްގެ 19 ވަނަ މާއްދާއެވެ. އެ މާއްދާގައި އޮންނަނީ:
1. Everyone shall have the right to hold opinions without interference.
2. Everyone shall have the right to freedom of expression; this right shall include freedom to seek, receive and impart information and ideas of all kinds, regardless of frontiers, either orally, in writing or in print, in the form of art, or through any other media of his choice.
3. The exercise of the rights provided for in paragraph 2 of this article carries with it special duties and responsibilities. It may therefore be subject to certain restrictions, but these shall only be such as are provided by law and are necessary:(a) For respect of the rights or reputations of others; (b) For the protection of national security or of public order (ordre public), or of public health or morals.
175މިނިވަންކަމާއެކު ފިކުރުކުރުމާއި ޚިޔާލުތައް ފާޅުކުރުމުގެ މިނިވަންކަމަކީ މީހުން އަދި މުޖްތަމަޢު ފުރިހަމަކަމާއެކު ކުރިއެރުމަށް ކޮންމެހެންވެސް މުހިންމު ކަންކަންކަމާއި، މިއީ ދިމިޤްރާތީ މުޖްތަމަޢުތަކުގެ އަސާސީ އެއް ބިނާކަން އައި.ސީ.ސީ.ޕީ.އާރްގެ 19 ވަނަ މާއްދާ ތަފްސީލުކުރުމުގެ ގޮތުން އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއިން ޝާއިޢުކޮށްފައިވާ، އެ ކޮމިޓީގެ ޖެނެރަލް ކޮމެންޓް 3.4 ގައި ބަޔާންކޮށްފައިވެއެވެ. އެ މިނިވަންކަމުގެ މުހިންމުކަމުގެ ތެރޭގައި ހާމަކަން އިތުރު ކުރުމާއި، ފާރަވެރިވުމާއި، ޙައްޤުތައް ރައްކާތެރިކުރުން ހިމެނޭކަމުގައާއި، މި މިނިވަންކަމަކީ އައި.ސީ.ސީ.ޕީ.އާރްގެ 17 ވަނަ މާއްދާ (ޒާތީ ދިރިއުޅުން) އާއި؛ 18 ވަނަ މާއްދާ (ދީނީ މިނިވަންކަން) އާއި؛ 25 ވަނަ މާއްދާ (ވޯޓުދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤާއި ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު) އާ ވަރަށް ގާތް، އެ ޙައްޤުތައް ރައްކާތެރިކޮށް، ދަމަހައްޓާ، ކުރިއެރުވުމަށް މުހިންމު މިނިވަންކަމެއްގެ ގޮތުގައިވެސް އެ ޖެނެރަލް ކޮމެންޓްގައި ފާހަގަކޮށްފައިވެއެވެ.
176ޤާނޫނުއަސާސީގެ ދެވަނަ ބާބަކީ، އައި.ސީ.ސީ.ޕީ.އާރްގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަންތައް، އަދި އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް ގައި ބަޔާންކޮށްފައިވާ ބައެއް ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން، އެ މުޢާހަދާތަކުގައިވާ ބަސްމަގު ބޭނުންކޮށްގެން އެކުލަވާލާފައިވާ ބާބެކެވެ. ބުނެވުނު ފަދައިން ޤާނޫނުއަސާސީގެ ދެވަނަ ބާބު އެކުލަވާލާ ނިމުނުއިރު ފެންނާން އޮތީ އެންމެ ހިފެހެއްޓުމެކެވެ. އެއީ ޙައްޤުތަކާއި މިނިވަންކަންތައް އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން ލިބިދިނުމެވެ. އެހެންކަމުން ވަކި ޙައްޤަކީ ވަކިގޮތަކުން މަޙްދޫދުކުރެވޭ ޙައްޤެއްކަމުގައިވާނަމަ، އެ ޙައްޤެއް ކަށަވަރުކޮށްދިނުމުގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އެކަން ފާހަގަކޮށްފައި އޮވެއެވެ.
177މިސާލަކަށް ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީންކަން އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައި އޮވެއެވެ. އަދި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގައި އިޤްތިސާދީ އަދި އިޖްތިމާޢީ ޙައްޤުތައް ބަޔާންކޮށްފައިވާއިރު، ރަނގަޅު ކާނާއާއި، ސާފު ފެން ފުދޭ މިންވަރަށް ލިބުމާއި، ފޭރާމާއި ހިޔާވަހިކަން ލިބުމާއި، ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބުމާއި، ދިރިއުޅޭނެ ސާފު އަދި ޞިއްޙަތަށް ރަނގަޅު މާޙައުލެއް ލިބުމާއި، ދިވެހިރާއްޖޭގެ ޠަބީޢީ މުއްސަނދިކަމާއި، ދަތުރުފަތުރު ކުރުމުގެ ވަސީލަތްތަކާއި، ދައުލަތުގެ ޚަބަރު ފަތުރާ ވަސީލަތްތަކާއި، ހުރިހައި ބާވަތެއްގެ މުއާޞަލާތީ ޚިދުމަތްތައް ހަމަހަމަކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ލިބުމާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާ ނިޒާމެއް ޤާއިމްވެފައި އޮތުމާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރަށް ކަރަންޓުގެ ޚިދުމަތް ޤާއިމްވެފައި އޮތުން ގުޅުވާފައިވަނީ ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކުން އެ ޙައްޤުތައް ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް ދައުލަތުން މަސައްކަތްކުރުމާއެވެ. މިއީ އެ ޙައްޤުތައް ލިބިދިނުމުގައި ޤާނޫނުއަސާސީއިން ކަނޑައަޅާފައިވާ އިންތަކެވެ.
178ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމަކީ އެކަންކަން، ވަކި ހުދޫދެއްގެ ތެރެއިން ޤައިދުކުރުމުގެ ފުރުސަތު އޮތް ޙައްޤުތަކަކާއި މިނަވަންކަންތަކެއް ކަމުގައިވާއިރު، 125 އޭގެން ބައެއް ޙައްޤުތަކަކީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ނުހިފެހެއްޓޭނެ ޙައްޤުތަކެއްކަން 126 ފާހަގަކުރަންޖެހެއެވެ. އަދި މީގެ ތެރޭގައި ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ ހިމެނޭކަންވެސް
179މިކަން މިފާހަގަކުރަންޖެހުނީ ދައުލަތުގެ ފަރާތުން މައްސަލަ ކުރިއަށް ދިޔައިރު، ޙައްޤުތަކާއި މިނިވަންކަމަކީ ޤާނޫނުގެ ޒަރިއްޔާއިން ހަނިކުރެވިދާނެ ކަންކަން ކަމުގައި ފާހަގަކޮށް ފައިވާތީއެވެ. އަހުރެން ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ޙައްޤެއް ނުވަތަ މިނިވަންކަމެއް ޤާނޫނުއަސާސީގައިވާ އިންތަކުގެ ތެރެއިން ޤާނޫނަކުން ހަނިކުރުމާއި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ތަފާތު އިޖުރާއަތުތަކެއް އެކަންކަމަށް ކަނޑައެޅިފައިވާ، ތަފާތު ދެކަމެކެވެ.
180މި މައްސަލައާ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާ އޮތީ ކޮން ގުޅުމެއް ކަމުގެ މައްޗަށް ބަލާއިރު، އެ ގުޅުން އުފެދެނީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގެ ސަބަބުން 125 ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ. 126 ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ށ). ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، އެ މެންބަރުންގެ މައްޗަށް ޤާނޫނުއަސާސީއިން ލާޒިމުކުރާ ފަދައިން ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން، އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުން ކުރުމަކާއި ނުލައި، އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ދިވެހިރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކޮށްގެން މަސައްކަތްކުރުމުގެ ފުރުސަތު ގެއްލި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެދާނެކަމުގެ ވިސްނުމުގައި، އެ މީހަކު އިންތިޚާބުކުރި ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލުމަށް ފަސްޖެހި، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ވުރެ، ސިޔާސީ މަޞްލަޙަތާއި ނުފޫޒު އިސްކުރުމުގެ ނުވަތަ ކުރަންޖެހުމުގެ ފުރުސަތު ބޮޑުވާތީއެވެ.
181މި ޚުޞޫމާތާއި ގުޅެނީ ޤާނޫނުއަސާސީއަށް އިތުރުކުރެވުނު 73 ވަނަ މާއްދާގެ (ބ) ކަމުގައިވާއިރު، ޤާނޫނުއަސާސީގައި ޙައްޤުތަކެއް ކަށަވަރުކޮށްދީފައި ވަނިކޮށް، ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތް ނޫން އެހެން ގޮތަކަށް، އަދި ޤާނޫނުއަސާސީއިން ތަސައްވުރުކޮށްފައިވާ ގޮތާއި ޚިލާފަށް، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހުދޫދަށް ވިސްނުންތެރި ނަޒަރަކުން ބަލާފައިވާ ކަމަށް ނުފެންނަ ފަދައަކުން، ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބަށް ސީދާ އިޞްލާޙު ގެނައުމަކާއި ނުލައި، (ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގެ ސަބަބުން އަމަލީ ގޮތުން ކަން ހިނގާނެ ގޮތަށް ބަލާއިރު) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހޮވިފައިވާ ފަރާތްތަކުގެ ސިޔާސީ އެފިލިއޭޝަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ދެވަނަ ބާބުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަމަށް ގައިދުކުރުމެއް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން ނުސީދާގޮތެއްގައި ތައާރަފުކުރާކަމަށް ބުރަވެވެއެވެ. އަހުރެން ދެކޭގޮތުގައި، މިއީ ވަރަށް ހަނި ދާއިރާއަކުން ހިފެހެއްޓޭ ހިފެހެއްޓުމެއް ކަމުގައިވީ ނަމަވެސް، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއަށް އުނިކަން އަންނަ ގޮތަށް، އިޖުރާއަތަށް އަމަލުކުރުމަކާއި ނުލައި، ޤާނޫނުއަސާސީގައި ރައްކާތެރިކަން ދީފައިވާ މަދު ކަންތައްތަކުގެ ތެރެއިން ކަމަކަށް، އަދި ޚާއްޞަކޮށް ރައްޔިތުންގެ ބާރާއި ރައްޔިތުން ތަމްސީލުކުރުމާ ސީދާ ގުޅުންހުރި ހައްސާސީ ކަމެއްގައި، ތަފްސީލެއް ދިނުމެއް ނެތި، ޙައްޤުގެ ޒާތާއި ބާވަތަށާއި، ޙައްޤު ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަމަށާއި، ޙައްޤު ހިފަހައްޓައިފައިވާ ގޮތާއި މިންވަރަށާއި، ޙައްޤުގެ މުހިންމުކަމަށާއި، ޙައްޤު ހިފެހެއްޓުމުގެ މަޤުޞަދަށް ރިއާޔަތްކުރުމެއް ނެތި، ގެނެސްފައިވާ އިޞްލާޙެއްގެ ކަމުގައި އަހުރެންނަށް ބުރަވެއެވެ.
182ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މާއްދާތަކަށް މެނުވީ، ޤާނޫނުއަސާސީ އިޞްލާޙުކުރާނަމަ އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޢުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއާ ޚިލާފަށް، ޤާނޫނުއަސާސީގެ 2 ވަނަ ބާބު (އަސާސީ ޙައްޤުތަކާއި މިނިވަންކަން) އާއި؛ ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލީހުގެ ޢުމުރު) އާއި؛ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި؛ ޤާނޫނުއަސާސީގެ 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް) އާއި؛ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) (ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރުން)؛ އަދި ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އާއި (ށ) (ދިވެހިރާއްޖޭގެ ސަރަޙައްދު) އާ ގުޅޭ މާއްދާތަކަކީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، އެއިން ކޮންމެ މާއްދާއަކަށް އިޞްލާޙު ގެނައުމަށްޓަކައި ނަމަވެސް، އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުކޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގާ، އެ އިޞްލާޙެއް ގެނައުމަށް ވޯޓުދިން މީހުންގެ އަޢުލަބިއްޔަތު ލިބިއްޖެ ހާލަތުގައި އެކަނި އިޞްލާޙުކުރެވޭ މާއްދާތަކެކެވެ.
183އެހެންކަމުން، ޙައްޤުތަކާއި މިނިވަންކަމުގެ ދުރުމިއިން ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙާހަށް ބެލުމުން، އަހުރެންނަށް ފެންނަނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ ޙައްޤުތަކެއް، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިޖުރާއަތުގެ ބޭނުން ހިފަންނުޖެހޭ މަގަކުން ގޮސް، ބަދަލުކޮށްފައިވާ ތަނެވެ. އަދި މިއީ އިޖުރާއަތަށް އެކަނި ބެލިކަމުގައިވިޔަސް، ޤާނޫނުއަސާސީގައި ބަޔާންވެ އޮތް ގޮތަށް ގެނެވިފައިވާ އިޞްލާޙެއް ކަމުގައި އަހުރެންނަށް ނުފެނެއެވެ. އަދި ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީން ކަމުގައާއި، ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެއްކަން ޤާނޫނުއަސާސީގައި ޞަރީޙަބަހުން ބަޔާންކޮށްފައިވާތީ، މި ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި، އިސްވެ ބަޔާންކުރި ސަބަބުތަކަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙު މެދުވެރިކޮށް، ޤާނޫނުއަސާސީއަށް އިތުރުކުރެވުނު 73 ވަނަ މާއްދާގެ (ބ) ބާޠިލުކަމަށް ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.
(ށ) ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅޭކަން ނުވަތަ ނޫންކަން
184ދެން އަހުރެން އެނބުރިލާނީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ މި އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް ހުރަހެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް އޮތް ސުވާލަށެވެ.
185ޢަލީ ހުސައިންގެ ފަރާތުން މި ނުކުތާ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤާނޫނު ހެދުމުގައާއި ރައްޔިތުންގެ ކަންކަން ހިންގުމުގެ މަސައްކަތުގައި ރިއާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ކަމުއާއި، އެ މާއްދާގައިވާ ގޮތުން، މެންބަރުންގެ މަސައްކަތުގައި އަމަލުކުރަންޖެހެނީ ގައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން، އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ކުރުމަކައި ނުލާކަން ފާހަގަކޮށެވެ. ޢަލީ ޙުސައިން ބުނާގޮތުން، މެންބަރު ނިސްބަތްވާ ސިޔާސީ ޕާޓީއަކީ އޭނާއާ ހާއްސަ ގުޅުމާއި މަސިޤަލަޙަތުވެސް އޮތް ޝަޚުޞެއް ކަމުގައިވާހިނދު، އަދި ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި އޮތީ ސިޔާސީ ޕާޓީގެ މަޞްލަޙަތުގެ ކުރިއަށް ރައްޔިތުންގެ މަޞްލަޙަތާއި ޤައުމުގެ އާންމު މ ޞްލަޙަތު އިސްކުރުން ލާޒިމުކޮށްފައި ކަމުގައިވާއިރު، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މަގާމުގައި ދެމި ހުންނަން އެދޭނަމަ ސިޔާސީ ޕާޓީގެ ވިސްނުމާއި ނުފޫޒަށް ބޯލަނބަންޖެހޭ ކަމަށެވެ. މީގެ އިތުރުން، ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަށަވަރުކޮށްދީފައިވާ އިމްތިޔާޒުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުން ތަމްސީލުކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމަކާ ނުލައި، މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ޖާގަ ޤާނޫނުއަސާސީއިން އެ މެންބަރުންނަށް ފަހިކޮށްދިނުން ކަމުގައާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތަކާ ގުޅޭ ގޮތުން އެއްވެސް ތަހުގީގެއް ހިންގައި، ދަޢުވާކޮށް، ޝަރީޢަތް ހިންގުން މަނާކޮށް، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް މަޖިލީހުގެ މެންބަރުންނަށް ފަހިކޮށްދިނުން ކަމުގައިވެސް ޢަލީ ހުސައިން ބުނެއެވެ. އަދި މި ސަބަބުތަކަށްޓަކައި ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މެންބަރުންގެ މަސްއޫލިއްޔަތާއި މިނިވަންކަމާއި އިމްތިޔާޒުތަކާ ފުށުއަރާ ބަދަލެއް ކަމުގައެވެ.
186މި ނުކުތާގައި، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާއާ ކިހިނަކުން ޚިލާފުވާ އިޞްލާޙެއްކަން މައްސަލަ ހުށަހެޅި ފަރާތުން ބުނެދީފައިނުވާ ކަމުގައި ދައުލަތުގެ ފަރާތުން ބުނެއެވެ. އަދި ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މެންބަރުކަމުގެ މަސްއޫލިއްޔަތުތަކާއި، 90 ވަނަ މާއްދާގައި ބަޔާންކުރަނީ މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒުތައް ކަމުގައިވާއިރު، އަދި ދިވެހިރާއްޖެއަކީ ރެޕްރެޒެންޓޭޓިކް ޑިމޮކްރަސީ އެއްކަމުގައިވެފައި، ސިޔާސީ ޕާޓީތަކުގެ މަސައްކަތް ބައްޓަންކުރަނީ ރައްޔިތުންގެ މަންފާއާ ލާބައަށްޓަކައިކަން އެނގެން އޮތުމުން، އަދި ރައްޔިތުންނަށް ގެންލުންވާ ފަދައިން ދިމިޤްރާތީ އުސޫލުތަކާއި ޚިލާފަށް އަމަލުކުރުމުގެ އިޚްތިޔާރު ސިޔާސީ ޕާޓީތަކަށް ލިބިގެންނުވާތީ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރު ކުރެވުނު މެންބަރުންގެ ޝަރުޠު ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި 90 ވަނަ މާއްދާއާ ޚިލާފުވާ ކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއަކީ އެއްވެސް ބުރަދަނެއް ނެތް ހުށަހެޅުމެއް ކަމުގައެވެ.
187ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި އޮންނަނީ: ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރަންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ.
188އަދި ޤާނޫނު އަސާސީގެ 90 ވަނަ މާއްދާގައި އޮންނަނީ:
(ހ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފް ނުވާގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެއެވެ.
(ށ) ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލަވުންތަކާބެހޭ ވާހަކަތައް ތެދުބަހުން ކަންހިނގި ގޮތުގެ ހަޤީޤަތް ނުގެއްލޭގޮތަށް ޝާއިޢުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާމެދު އަދި އެފަދަ ވާހަކައެއް ޝާއިޢުކުރި ނޫސް މަޖައްލާއަކާމެދު އެއްވެސް ދަޢުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެނެއް ނުވާނެއެވެ.
189ދިވެހިރާއްޖޭގައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ސިޔާސީ ޕާޓީ އުފައްދައި ހިންގާކަމީ ފެންނާން އޮތް ހަޤީޤަތެކެވެ.
190އަދި ކުރިއަށް ދިއުމުގެ ކުރިން، ރެޕްރެސެންޓޭޓިވް ޑިމޮކްރަސީގެ ތައުރީފެއް ފާހަގަކުރާނަމަވެ. އެގޮތުން އެއީ ރައްޔިތުން ސީދާ ޤާނޫނާއި ސިޔާސަތު ހެދުމުގެ ބަދަލުގައި، ރައްޔިތުންގެ ފަރާތުން އިންތިޚާބުކުރާ ބައެއް، އެރައްޔިތުންގެ ފަރާތުން، ޤާނޫނާއި ސިޔާސަތު ހެދުމެވެ. މިފަދަ ސިސްޓަމްތައް ބިނާވަނީ ކަނޑައެޅިގެންވާ ވަކި މުއްދަތުތަކެއްގައި ބާއްވާ، ވާދަވެރި އިންތިޚާބުތަކާއި، ޖަވާބުދާރީވުމާއި، ޤާނޫނުގެ ވެރިކަމާއި ބާރުގެ މައްޗަށެވެ.
191އެކި ޤައުމުގައި ރެޕްރެސެންޓޭޓިވް ޑިމޮކްރަސީ ހިނގާގޮތް ތަފާތެވެ. އަދި އެޤައުމެއްގައި އެކަން ހިނގާނެ ގޮތް ބަޔާންކޮށްފައި ހުންނަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައެވެ. މިގޮތުން، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާ ގުޅޭ މައިގަނޑު ދެ ޤާނޫނަކީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) އެވެ.
192އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އިންތިޚާބަކަށް ކުރިމަތިލާއިރު، އިންތިޚާބަށް ކުރިމަތިލާ މީހަކީ ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާ މީހެއްނަމަ، އެ މީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ ނަން ހުށަހަޅާންޖެހެއެވެ. ހަމައެއާއެކު، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީން ނުވަތަ ތިންވަނަ ފަރާތަކުން ލިބޭ ކެންޑިޑޭޓަށް ލިބޭ އެންމެހައި މާލީ އެހީއާއި އެ ނޫންވެސް ތަކެތީގެ ތަފްޞީލުތައް މާލީ ހިސާބުތަކުގެ ގޮތުގައި ރެކޯޑުކޮށް ބަލަހައްޓައި، ހުށަހަޅާންޖެހެއެވެ.
193އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މައްޗަށްވެސް ހިނގާނެ ޤާނޫނެއް ކަމުގައިވާހިނދު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ސިޔާސީ ޕާޓީއަށް ހަވާލާދީފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހުންގެ ފަރާތުން އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ މަޢުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި ބަޔާންކުރާ މާއްދާގައި، އެ މީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެ މީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމުގައި ބަޔާންކުރާކުރުމުގައި އެކަންޏެވެ.
194އަހުރެންގެ މި ރައުޔުގައި (ޕެރެގްރާފް 22) ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީއިން ތަސައްވަރުކުރާ ގޮތުން، ދައުލަތުގެ ބާރުތައް ފެށެނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. ޤާނޫނު ހެދުމާއި، ވެރިކަން ހިންގުމާއި، ޢަދުލުއިންސާފު ޤާއިމުކުރުމަށް ޤާނޫނުއަސާސީއިން އުފައްދާފައިވާ ދައުލަތުގެ ބާރުތައް އެތުރި ތަރުތީބުވާން ޖެހެނީ ޤާނޫނުއަސާސީގައިވާ ގޮތަށެވެ. އަދި އަހުރެން ފާހަގަކޮށްފައިވާ ފަދައިން، މަޖިލީހުގެ މެންބަރު ކަމަށް މީހުން އިންތިޚާބުކުރަނީ، ޤާނޫނުއަސާސީ ދަންނަގޮތުންނަމަ، ސީދާ މީހާއެވެ. ޤާނޫނުއަސާސީއިން ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ލިބިދީފައިވީ ނަމަވެސް، ސިޔާސީ ޕާޓީއަކީ ނުވަތަ ސިޔާސީ ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މީހުން އިންތިޚާބުކުރުމުގައި ޤާނޫނުއަސާސީގައި އެއްވެސް މިންވަރަކަށް ހަވާލާދީފައިވާ ކަމެއް ނޫނެވެ.
195އެހެންކަމުން، އަދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ބައެއް ކަމުގައި ޤާނޫނުއަސާސީގައި ސީދާ ބަޔާންކުރުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށް، އެ މަސްއޫލިއްޔަތު އަދާކުރުމަށް ފަހިކުރުމުގެ ގޮތުން، މަޖިލީސް މެންބަރުންނަށް ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ އިމްތިޔާޒުތަކެއް ލިބިދީފައިވުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ވިޔަސް އަދި ނުވިނަމަވެސް، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާގެ ބޭރުން، އަދި ސިޔާސީ ޕާޓީ ހިމެނޭގޮތުން، އެއްވެސް ފަރާތެއްގެ މަޞްލަޙަތެއް ކުރިއެރުވުމަށް ނުވަތަ ރައްކާތެރި ކޮށްގެންވާނެ ބައެއް ނޫންކަން އަހުރެންނަށް ޤާނޫނުއަސާސީ މާނަކުރުމުން ދޭހަވެއެވެ.
196ޤާނޫނުއަސާސީގައި ހުރި ކަމާގުޅޭ މާއްދާތައް މާނަކުރުމުން އަހުރެންނަށް ވާސިލުވެވެނީ މި ދޭހައަށް ކަމުގައިވާއިރު، މިއީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން ނިކުންނާނެ ކަމަށް އެ އިޞްލާޙުގައި ބަޔާންކޮށްފައިވާ ނަތީޖާއާ ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމެއްގެ ގޮތުގައި ފާހަގަވެއެވެ. އެހެނީ، ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ސިޔާސީ ޕާޓީތަކުގެ މަސައްކަތް ބައްޓަންކުރަނީ ރައްޔިތުންގެ މަންފާއާ ލާބައަށްޓަކައި ކަމުގައި، އަދި ރައްޔިތުންނަށް ގެންލުންވާ ފަދައިން ދިމިޤްރާތީ އުސޫލުތަކާއި ޚިލާފަށް އަމަލުކުރުމުގެ އިޚްތިޔާރު ސިޔާސީ ޕާޓީތަކަށް ލިބިގެންނުވާ ކަމުގައި ބަލައިގެން ކުރިއަށް ދިޔަ ނަމަވެސް، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގެ ނަތީޖާއަކީ ރައްޔިތުން ސީދާ ހޮވާ އެ މެންބަރަކު ހުރި ސިޔާސީ ޕާޓީގެ މިސްރާބު ބަދަލުވެގެންވިޔަސް އަދި އެނޫން ސަބަބަކާ ހުރެ ނަމަވެސް، އެ މެންބަރު ހުރި ސިޔާސީ ޕާޓީއިން ވަކިވެއްޖެނަމަ، ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފިނަމަ، ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެންބަރެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިވުން ކަމުގައިވާތީ، މިއީ އެ މެންބަރަކަށް ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދީފައިވާ ޙައްޤާއި، މެންބަރެއްގެ ހައިސިއްޔަތުން، އެ މާއްދާގެ ދަށުންނާއި، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައިބުނާ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް އޮތް ހުރަހެއް ކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އެހެނީ، ޤާނޫނާއި އެއްފަދައިން، ޤާނޫނުއަސާސީވެސް ކިޔަންޖެހޭނީ އެކުއެކީގައި ކަމަށްވެފައި، ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ކޯޓުތަކުގެ އިޙްތިސާސާއި ބާރު ހިނގާނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތަރަހައިގެ ތެރެއިން ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ ނިޔާކުރާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިޙްތިސާސާއި ބާރުވެސް ހިނގާނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ކަމުގައިވާތީއެވެ.
(ނ) ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ރަޖުޢީކޮށް ހިނގާނެކަން ނުވަތަ ނޫންކަން
197ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން އެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް (ބ) ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާއަކީ މިހާރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިބި މެންބަރުންގެ މައްޗަށް ރަޖުޢީކޮށް ހިނގާނެ މާއްދާއެއް ނޫންކަމަށް ކަނޑައަޅާދިނުން އެދި ޢަލީ ހުސައިންގެ ފަރާތުން ހުށަހަޅާފައިވެއެވ. އޭނާ ބުނާ ގޮތުން، ކޮންމެ ޤާނޫނެއްވެސް އުސޫލެއްގެ ގޮތުން ތަޢުބީގުކުރެވޭނީ އެ ޤާނޫނަކަށް އަމަލުކުރަން ފަށާ ތާރީޚުގެ ފަހުން ހިނގާ ކަންކަމުގެ މައްޗަށް ކަމުގައިވުމަކީ އާންމު ޤާނޫނީ މަބްދައުއެއް ކަމާއި، އެ މަބްދައަކީ އުސޫލެއްގެ ގޮތުން ހުރިހާ ބާވަތެއްގެ ޤާނޫނީ ގާއިދާތަކުގެ މައްޗަށް ހިނގާ މަބްދައެއް ކަމުގައިވާއިރު، އަދި ދިވެހިރާއްޖޭގެ ފަރީދާ އުމަރު ވ. އިލެކްޝަންސް ކޮމިޝަން މައްސަލައިގައިވެސް އެކަން ދަމަހައްޓާފައި ވާހިނދު، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގައި މިކަން ސާފުކޮށް ބަޔާންކުރުމުގެ ބަދަލުގައި، "ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އަންނަނިވި ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ" ކަމަށް ބުނެ، ވަކި ހާލަތްތަކެއް ބަޔާންކޮށް، އެއިން ހާލަތެއް މެދުވެރިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމުގައި ބަޔާންކޮށްފައި އޮތުމުން، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ކުރިން އިންތިޚާބުވެފައިވާ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މީހުންނަށް އިސްތިސްނާއެއް ދިނުމެއް ނެތި، އާންމު މާނަކުރުމަކަށް ޖާގަ ލިބެއެވެ. އޭގެ އިތުރުން، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދޭ ޙައްޤުގެ ބޭނުންކޮށްގެން، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރި އިރު ވުޖޫދުގައި ނެތް ޤާނޫނީ އުސޫލެއް ބަލައިގަތުމަށް ރައްޔިތުންގެ މައްޗަށް ލާޒިމްކޮށްފިނަމަ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ބާރު ނިގުޅިގެންދާ ކަމުގައިވެސް ޢަލީ ހުސައިން ފާހަގަކޮށްފައިވެއެވެ.
198މި ނުކުތާއާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ މައްސަލައަށް ހަވާލާދީ، ޤާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ބަލަންޖެހޭނީ މާއްދާގެ އިބާރާތަށް ކަމަށާއި، މާއްދާގެ އިބާރާތުން މާއްދާގެ މަޤުޞަދު އެނގޭނަމަ، އެނޫން ގޮތަކަށް މާއްދާ މާނަކޮށް، މާއްދާގައި ބަޔާންކޮށްފައި ނުވާ ކަމެއް އެ މާއްދާއަކަށް އިތުރުކުރުމަކީ ކޯޓުގެ ދައުރެއް ނޫންކަމުގައި ދައުލަތުގެ ފަރާތުން ބުނެއެވެ. އަދި ޔައުޤޫބު މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި ޚިލާފަށް، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުގެ މަޤްސަދަކީ: (1) އެ އިޞްލާޙު ގެނައުމަށްފަހު، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ހޮވޭ މީހުން، އެ މީހަކު ނިސްބަތްވި ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައިވާ ގޮތަށް ވަކިކޮށްފިނަމަ، ނުވަތަ ވަކިވެއްޖެނަމަ، ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ؛ އަދި (2) އެ އިޞްލާޙު ގެނެވުނުއިރުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުން، އެ މެންބަރުން ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައިވާ ގޮތަށް ވަކިކޮށްފިނަމަ، ނުވަތަ ވަކިވެއްޖެނަމަ، ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ؛ އެފަދަ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައެޅުންކަން ސާފުކަމުގައެވެ.
199މީގެ އިތުރުން، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) ގައި، ކަނޑައެޅިގެން އެހެންގޮތަކަށް ދޭހަނުވާހާހިނދަކު، ޤާނޫނު ހިނގާނީ ޤާނޫނު އެކުލަވާލި ދުވަހުން ފެށިގެން ކުރިއަށް ކަމަށާއި، ޤާނޫނުގެ ތާރީޚުގެ ކުރިން ހިނގާފައިވާ ކަމަކަށް ހިނގާނެ އެއްޗަކަށް އެ ޤާނޫނު ނުވާނެ ކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙުން، އެ އިޞްލާޙަކީ ރަޖުއީކޮށް ހިނގާ ޝަރުތެއްކަން ސާފުކޮށް އެނގެން އޮތުމުން، ޤާނޫނު ރަޖުއީކޮށް ނުހިނގާނެކަމަށް ބުނާ އުސޫލު މި އިޞްލާޙުގެ މައްޗަށް ތަޠުބީޤުނުކުރެވޭނެކަމަށެވެ. ހަމަ އެއާއެކު، ޤާނޫނުއަސާސީއަށް އެންޓި- ޑިފެކްޝަންއާބެހޭ މާއްދާތަކެއް ތައާރަފުކޮށްފައިވަނީ ފްލޯ ކްރޮސްކުރުމާއި ގުޅިގެން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމުގެ މަޤްޞަދުގައިކަމާއި، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ 20 ވަނަ މަޖިލީހުގެ މައްޗަށް ހިނގާނެ އިޞްލާޙެއް ނޫން ކަމުގައި ބަލާނަމަ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް އެންޓި-ޑިފެކްޝަންގެ އުސޫލުތައް ތަޢާރަފުކުރެވުނު މަޤްސަދު ގެއްލި، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަކީ ވަކި މުއްދަތަކަށް އެ މައްޗަށް އަމަލުނުކުރެވޭނެ މާއްދާއަކަށް ވެގެންދާކަމުގައިވެސް ދައުލަތުން ބުނެއެވެ.
200މި ނުކުތާއާ ގުޅިގެން އަހުރެންނަށް އަންނަނިވި ކަންކަން ފާހަގަވެއެވެ.
201ސުޕްރީމް ކޯޓުގެ އެ ތަކެއް މައްސަލައެއްގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީ މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިދީފައިވީނަމަވެސް އެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ޤާނޫނުއަސާސީގެ މާއްދާއެއްގައި ނުހިމެނޭ ކަމެއް އެ މާއްދާއަށް އިތުރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންކަމާމެދު އަހުރެންގެ ޚިޔާލުތަފާތުވުމެއް ނެތްކަން ފުރަތަމަވެސް ބަޔާންކުރަން ބޭނުންވެއެވެ.
202ހަމައެއާއެކު، އާންމު އުސޫލަކީ ޤާނޫނު ރަޖުއީ ގޮތުން ނުހިނގުން ކަމުގައިވާނަމަވެސް، ޤާނޫނުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިވާނަމަ، މަދަނީ ޤާނޫނު ރަޖުއީގޮތުން ހިނގާނެކަމީ އަހުރެން ދެބަސްވާ ކަމެއްވެސް ނޫނެވެ.
203މި މައްސަލައިގައި ޤާނޫނު ރަޖުއީ ގޮތުން ހިނގުން ބަހުސަކަށް ވެގެން ގޮސްފައި މިވަނީ، ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުޠުތަކުގެ ތެރެއަށް ޤާނޫނު ރަޖުއީކޮށް ހިނގާގޮތަށް އަކުރެއް އިތުރުކޮށްފައިވުމުންނެވެ. އެއީ 73 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އަދި އެ މާއްދާގެ (ނ) ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވުމުގެ ޝަރުޠު ބިނާވާ ހާލަތްތަކުގެ ގޮތުގައި، އަދި އެ ޝަރުތު އުނިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ހާލަތްތަކުގައި ބަޔާންކޮށްފައިވާ ކަންކަމާއި މުޅިން ވަކިން، ވަކި އަކުރެއްގައި ޤާނޫނުއަސާސީއަށް މުޅިން އައު މަފްހޫމެއް ތައާރަފުކޮށްފައިވާތީ ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
204ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، ރިޕްރެސެންޓެޓިވް ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން އިންތިޚާބުކުރަނީ ރައްޔިތުން ތަމްސީލުކުރުމަށް ކަމުގައިވެފައި، ދައުލަތުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން، އަދި ދެމި އޮންނަނީވެސް އެ ރައްޔިތުންގެ ކިބައިގައި ކަމަށްވާނަމަ، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ދައުލަތުގެ ފަރާތުން މާނަކުރާ ގޮތަށް ބެލިނަމަވެސް، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ (2) ގައި ހިމަނާފައިވަނީ އެ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވިއިރު ވުޖޫދުގައި ނެތް ޝަރުތެކެވެ. މިސާލެއް ބޭނުންކޮށްގެން ތިލަކުރާނަމަ، މިއީ ގަވާއިދުތަކެއްގެ މައްޗަށް ބިނާވާ ކުޅިވަރެއް ރައްޔިތުން ކުޅެމުން ދަނިކޮށް، އެނގުމެއް އަހާލުމެއް އަދި މަޝްވަރާކުރުމެއް ނެތި، ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުވުމުގެ ހާލަތެކެވެ. އަދި ކުރިން ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައިވާ ފަދައިން މެންބަރުންނަށްވެސް އަމަލުކުރުމަށް އޮތް ގޮންޖެހުމެކެވެ. ޤާނޫނީ ފަލްސަފާއަށް ބަލާނަމަ ސޯޝަލް ކޮންޓްރެކްޓަށް ވެވޭ ޚިޔާނާތެކެވެ.
205އެހެންކަމުން، ޤާނޫނީ ނައްސުތަކާއި އުސޫލުތައް ތަޠުބީޤުކުރުމުން، އަސާސީ ސިފައެއްގައި، ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙަކީ ރަޖުއީކޮށް ތަޠުބީޤުކުރެވިދާނެ އިޞްލާޙެއް ކަމުގައިވާ ނަމަވެސް، އެފަދައިން މި އިޞްލާޙަށް ރަޖުއީކޮށް އަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބިނާކޮށްފައި އޮތް ގޮތާއި، އެ ޤާނޫނުއަސާސީ އަތުރާފައިވާ ގޮތާއި، ޤާނޫނުއަސާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި ޒިންމާތަކަށް، އަދި އޭގެންވެސް ޚާއްޞަކޮށް، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމަށާއި، ދެވަނަ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަށް މުޅި ދައުލަތަށް މަތިކޮށްފައިވާ ވާޖިބަށް، އަދި ދައުލަތުގެ އެކި ބާރުތަކަށް އެ ބާރު ދީފައިވާ ގޮތުގެ މައްޗަށް ޖުމްލަކޮށް ނަޒަރުކުރުމުން، ޤާނޫނުއަސާސީއިން އެކަށައަޅާފައިވާ އުސޫލުތަކާއި ޚިލާފުކަމެއް ކަމުގައި އަހުރެންނަށް ފެނެއެވެ.
ނިންމަން ފެންނަ ގޮތް
206އިސްވެ އަހުރެން ފައުޅުކޮށްފައިވާ ރައުޔުގައި ހިމަނާފައި އެވަނީ ޤާނޫނުއަސާސީ އެއް ރޮއްޖަކުން ކިޔައި، އެ ޤާނޫނުއަސާސީ މާނަކުރުމުން އަހުރެންނަށް ދޭހަވާ މާނަ އަދި ވާޞިލުވެވޭ ނަތީޖާތަކެވެ. އަދި އެ ނަތީޖާތަކުގެ އަލީގައި އަހުރެންނަށް މައްސަލަ ނިންމަން ފެންނަނީ އަންނަނިވި ފަދައިންނެވެ.
207ގާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙަކީ:
(ހ) ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ހިމެނޭ ޙައްޤުތަކެއް، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިޖުރާއަތުގެ ބޭރުން، ބަދަލުކޮށްފައިވާ އިޞްލާޙެއް ކަމުގައިވާތީ؛ އާއި
(ށ) އެ އިޞްލާޙަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް އޮތް ހުރަހެއް ކަމުގައިވާތީ؛ އާއި
(ނ) އެ އިޞްލާޙަކީ ރަޖުޢީކޮށް ތަޠުބީޤުކުރެވިދާނެ އިޞްލާޙެއް ކަމުގައިވާ ނަމަވެސް، އެ އިޞްލާޙަށް ރަޖުޢީކޮށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީއިން އެކަށައަޅާފައިވާ އުސޫލުތަކާއި ޚިލާފު ކަމެއް ކަމުގައިވާތީ؛ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙު މެދުވެރިކޮށް، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އިޞްލާޙުކޮށް، އެ މާއްދާގެ (ބ) ގެ ގޮތުގައި އިތުރުކޮށްފައިވާ އަކުރައަކީ ބާޠިލު އަކުރެއް ކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
208މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
209ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެ މަޖިލީހަށް މަތިކޮށްފައިވާ އެންމެ އިސް މެންޑޭޓެވެ .
210މި މަސައްކަތް ކުރުމުގައި ތަބާންވާންޖެހޭ އުޞޫލުތައް ބަޔާންކޮށްފައިވަނީ ވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގައެވެ. މިގޮތުން "ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލު ގެނައުމުގެ ބާރު" ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށް ބަޔާންކޮށްފައި އޮތުމާއި "އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެނެއް ނުވާނެ ކަމަށް" ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެކަށައަޅާފައި އޮންނަ ހިނދު، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރު ނިމޭ ހިސާބަކީ "އިސްލާމް ދީނުގެ އަޞްލު" ތަކެވެ. އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ނުވާހާ ހިނދަކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުއަސާސީގެ ކޮންމެ އިޞްލާޙަކީ އެ މައްޗަށް ސުވާލު ނުއުފެއްދޭނެ ޤާނޫނުއަސާސީގެ ބައެކެވެ.
211މިހެން މިކަން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި ބާވަތުގެ މައްސަލައެއްގެ ސައްޙަކަން ބަލައި އިއްވާ ތަފްސީރީ ޙުކުމުގެ ޙުދޫދަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުއަސާސީގެ އިޞްލާޙު އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުވޭތޯ ބެލުމެވެ. މިގޮތުން އިސްލާމް ދީނުގެ އަޞްލުތަކާ ޚިލާފުވޭތޯ ބަލާ ޓެސްޓަކީ އެ އިސްލާޙު ޤަތަޢީ ދަލީލަކީ ޚިލާފުވޭތޯ އެވެ. މި ހަމައަކީ މިސްރުގެ ދުސްތޫރީ ކޯޓާއި ޕާކިސްތާނުގެ ސުޕްރީމް ކޯޓާއި އަދި މެލޭޝިޔާގެ ފެޑެރަލް ކޯޓުން ވެސް ގެންގުޅޭ ހަމައެވެ. އަދި މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓާ ހަމައަކީ މިއެވެ .
212ޤާނޫނުއަސާސީއަށް ގެނެވޭ ކޮންމެ އިސްލާޙަކީ ޤާނޫނުއަސާސީގެ ބާރަ ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އުޞޫލުތަކާއި އިޖުރާއަތުތައް ކަށަވަރު ކުރެވި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާޙަކަށްވުން ލާޒިމެވެ.
213މި ބުނެވުނު ކަންކަމަށް ދުސްތޫރީ މި މައްސަލައަށް ރިޢާޔަތްކުރާއިރު، ޙަވާލާދެވޭ ޤާނޫނުއަސާސީގެ އިޞްލާޙު އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުވެފައިވޭތޯ ކުރެވޭ ސުވާލެއް ނުވަތަ ބަހުސެއް މި މައްސަލައިގައި ނެތެވެ. އެކަމަށް ތައުނު އެއްވެސް ފަރާތަކުން ނުކުރެއެވެ. ނަމަވެސް އިޞްލާޙުކުރެވުނީ ޤާނޫނުއަސާސީ ކަމަށްވެފައި، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ އެކަމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި ވަގުތު ދެވި އިޖުރާއަތުތައް ފުރިހަމަ ކުރެވިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރެވެންޖެހޭނެ އިޞްލާޙެއް ކަމަށްވިޔަސް މި އުޞޫލުން ޢަމަލު ކުރެވިފައި ނުވާކަމަށް ބަޔާންކޮށް މައްސަލަ ހުށަހެޅި ފަރާތުން އިޖުރާއަތު ފުރިހަމަ ކުރި ގޮތާމެދު ސުވާލު އުފައްދައެވެ. ދައުލަތުން ދެކެނީ އިޞްލާޙު ފާސްކުރުމުގައި ތަބާންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.
214އިޖުރާއަތުތައް ފުރިހަމަ ކުރުމަކީ ޤާނޫނުއަސާސީގެ އަކުރުތަކަށް ހަމައެކަނި ބެލުމެއް ނޫނެވެ. އެ އަކުރުތަކުގެ ރޫހަށްވެސް ބެލެން ޖެހޭނެއެވެ. މި މަގުން، އިޖުރާއަތުތައް ފުރިހަމަ ކުރެވިފައިވާކަމަށް މި މައްސަލައިގެ ތެރެއިން ގަބޫލުކުރެވޭ މިންވަރަކަށް ދައުލަތަށް ސާފުކޮށްދެވިފައި ނުވެއެވެ. ބޭރުފުށަށް ފެންނަން އޮންނަ ދެލިގަނޑަށް ބަލައި އިޖުރާއަތުތައް ފުރިހަމަ ކުރާނަމަ، އެފަދަ އިޖުރާއަތުތައް ފުރިހަމަ ކުރުމުގައި ދުސްތޫރީ އަޚްލާޤުގެ އިންތަކުން އެއްކިބާ ވެފައިވާކަމަށް ބުނުމުގެ ފުރުސަތު އޮތުން ވަރަށް ގާތެވެ.
215ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގައިވާ ގޮތުގެމަތިން، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ . އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ. ރައްޔިތުންގެ މަޖިލީހުގެ އަސާސަކީ ރައްޔިތުންގެ ބާރު ކަމަށްވެފައި އެ މަޖިލީހުން އިއްވާ ބަހަކީވެސް ރައްޔިތުންގެ ބަހެވެ . މިހެން މިކަން އޮންނައިރު، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ، ދައުލަތެއްގެ ނިސްބަތުން ކުރެވޭ ޤާނޫނީ އެންމެ ބޮޑު މަސައްކަތެވެ. މުޅި ރައްޔިތުންގެ މަޞްލަޙަތު އެ މައްޗަށް ބިނާވާ އަސާސެވެ. އަދި ގެނެވޭ އިސްލާޙުތަކަކީ އަވަސް އަވަހަށް ގެނެވޭ ބަދަލުތަކަށްވުރެ ވިސްނުންތެރިކަމާއެކު ޖީލުތަކަކަށް ދެމިގެންދާނެ ގޮތަށް މި މުހިންމު މަސައްކަތުގައި ރައްޔިތުން ބައިވެރިވުން އޮތްކަމަށް އެ ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިޙްސާސްވެ ފަހުމުވެ ތަންޒީމުވާނެ ގޮތެއްގެ މަތިން ކަންކަން ތަރުތީބުވެފައި އޮތުން މުހިންމުކަމަށް ދެކެމެވެ.
216އިންޑިޔާ ފަދަ ޤައުމުތަކުގައި ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙުތަކުގެ ސައްޙަކަން ކަނޑައެޅުމަށްޓަކައި، ޖުޑީޝަލް ރިވިއުގެ ތެރެއަށް ބޭސިކް ސްޓްރަކްޗަރ ޑޮކްޓަރިން' ތަޢާރަފުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެއްވެސް ހިފެހެއްޓުމެއް ނެތި އަދި އަވަސް އަވަހަށް ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުން ހިމެނެއެވެ. މި ސަބަބު ދިވެހިރާއްޖޭގައި ވުޖޫދުވެފައިވާކަމަށް މައްސަލަ ހުށަހަޅާ ފަރާތުން އިޝާރާތްކޮށްފައި ވެއެވެ. އަދި ބޭސިކް ސްޓްރަކްޗަރ ޑޮކްޓަރިންއަށް ޙަވާލާދެވި މި މައްސަލައިގައި އިޝާރާތްކުރެވޭ އިޞްލާޙު ރިވިއުކޮށްދިނުމަށް އެދިފައިވާކަން އެނގެން އޮވެއެވެ.
217މިކަމަށް ނަޒަރުކުރާއިރު، ދައުލަތުގެ އެންމެހައި ބާރުތަކުން ޢަމަލުކުރަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެ ބާރަކަށް ބާރުދީފައިވާ ނިސްބަތަކުންވެ. ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓު ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ކޯޓުތަކުގެ ދައުރެއް ނޫނެވެ. ބޭސިކް ސްޓްރަކްޗަރ ޑޮކްޓަރިން ބަލައިގަތުމުގެ ނަތީޖާއަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ އިންތަން ފަހަނައަޅާގޮސް، ޤާނޫނުއަސާސީ ލިޔަންވީ ގޮތާއި އިންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ރެގިއުލޭޓުކުރަން ފެށުން ކަމުގައި ފަހަރުގައި ދޭހަވުން ވަރަށް ގާތެވެ. މި ބުނެވުނު މަބުދައު ތަތުބީޤުކުރާ ގޮތަށް ބަލާއިރު، ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލަނީ އެ މައްސަލައެއްގައި ހުށަހެޅުނު ކަންކަމަށް ބަލައި ކޮންމެ މައްސަލައެއް ވަކިން ކަމުގައި ވާހިނދު، ޤާނޫނުއަސާސީގެ އޮނިގަނޑަކީ މިވެނި އެވެނި ކަންކަމޭ ބުނެވޭނެ އިޖުމާއި އެއްބަސްވުމެއް، ޢާލަމީ ވިސްނުމެއް ނެތެވެ. މީގެ ނަތީޖާއަކީ ފަނޑިޔާރުންނަށް އިމެއްނެތި ޤާނޫނުއަސާސީއަށް ގެނެވޭ ކޮންމެ އިޞްލާޙެއް ޖުޑީޝަލް ރިވިއުކުރަން ފުރުސަތު ލިބުމެވެ. މިއީ، ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބޭ ބާރެއް ނޫނެވެ. އަދި ޤާނޫނުއަސާސީ އެކުލަވާލި ފަރާތުން ފަނޑިޔާރުންނަށް ދިނުމަށް ތަސައްވަރުކުރި ބާރެއްވެސް ނޫން މެއެވެ. މި ސަބުތަކަށްޓަކައި ދިވެހިރާއްޖޭގައި ބޭސިކް ސްޓްރަކްޗަރ ޑޮކްޓަރިން ބަލައިގަތުމަށް އަހުރެން ފަސްޖެހެއެވެ.
218މި ބުނެވުނު ސަބަބުތައް މިހެން ހުރުމާއެކު މި މައްސަލާގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދުގެ ނިންމުމަށް (މި ރައުޔުގެ ޕެރެގްރާފު 119 އަދި 120 ގައި ބަޔާންކުރާ) އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
219މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
220މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
221މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާޠިލު އިސްލާޙެއްކަމަށް ކަނޑައެޅޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އަދި އެ އިޞްލާޙަކީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުންގެ މައްޗަށް ތަޠުބީޤުކުރެވޭނެ އިޞްލާޙެއް ނޫންކަމަށް ކަނޑައެޅޭނެ އަސާސެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަބްދުލްޣަނީ މުޙައްމަދު މުޙައްމަދު އިބްރާހީމް ޢަލީ ރަޝީދު ޙުސައިން ޢާއިޝަ ޝަޖުން މުޙައްމަދު ޢަބްދުﷲ ޙަމީދު ޙުސައިން ސަލީމް
ފުޓްނޯޓު
- މި އިޞްލާޙު ފާސްކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތަކީ 70 މެމްބަރުން ކަމާއި، މި ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 78 މެމްބަރުންގެ އަޣްލަބިއްޔަތުން ކަމުގައި އެޓާރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިޖުރާއީ އިއުތިރާޟުގައި ބުނެފައިވެއެވެ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78 އަދި 2020/SC-C/79 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78 އަދި 2020/SC-C/79 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/13 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78 އަދި 2020/SC-C/79 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/13 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78 އަދި 2020/SC-C/79 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-C/89 ޤަޟިއްޔާ [2021] SC 4910
- [2021] SC 49
- އބމ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/108 ޤަސިއްޔާ
- The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law,www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 “Shankari Prasad v. Union of India (1951): The Doctrine of Unlimited Amending Power Shankari Prasad v. Union of India (1951) was the first constitutional dispute concerning Parliament's modifying power. In order to protect land reform policies from judicial scrutiny, the petitioners contested the First Constitutional Amendment, which among other things added Articles 31A and 31B and established the Ninth Schedule. They argued that because Article 13(2) forbids the State from passing "laws" that restrict basic rights, such amendments were invalid because they infringed upon such rights. The amendment was unanimously affirmed by the Supreme Court. It made a distinction between the legislative power under Articles 245–248 and the constituent power under Article 368, concluding that constitutional modifications did not qualify as "law" under Article 13(2). Parliament was therefore, deemed to have the authority to change any provision of the Constitution, including the fundamental rights clause. This ruling highlighted Parliament's primacy in constitutional amendment and established the early doctrine of unrestricted amending power.” https://www.lawjournals.org/assets/archives/2025/vol11issue10/11230.pdf
- Journal of Legal Research and Juridical Sciences,vol.3.issue 4,ISSN (O);2583-0066
- https://www.manupatracademy.com/legalpost/manu-sc-0052-1964
- The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law,www.lawjournals.org, ISSN: 2455-2194, Received: 29-08-
- I. C. Golaknath & Ors vs State Of Punjab & Anrs.(With Connected ... on 27 February, 1967
- https://www.india.gov.in/my-government/constitution-india/amendments/constitution-india-twenty-fourth-amendment-act-1971
- https://judgments.ecourts.gov.in/KBI/?p=home/intro
- The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law, www.lawjournals.org, ISSN: 2455-2194, Received: 29-08-2020, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 ‘Kesavananda Bharati v. State of Kerala (1973) [1]: The Birth of the Basic Structure Doctrine A landmark
- https://www.drishtijudiciary.com/landmark-judgement/constitution-of-india/indira-nehru-gandhi-v-raj-narain-1975-sc-2299
- The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law,www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 “Post-Kesavananda Developments 1. Indira Nehru Gandhi v. Raj Narain (1975) [2]: Judicial Independence and Free Elections The constitutional crisis during the Emergency brought the doctrine into immediate play. The 39th Amendment sought to immunize the Prime Minister’s election from judicial review. The Supreme Court struck down this provision, holding that free and fair elections and judicial review of electoral disputes formed part of the basic structure. This decision demonstrated the doctrine’s role as a practical safeguard against political excesses” https://www.lawjournals.org/assets/archives/2025/vol11issue10/11230.pdf
- https://www.india.gov.in/my-government/constitution-india/amendments/constitution-india-forty-second-amendment-act-1976
- https://blog.ipleaders.in/minerva-mills-vs-union-india-significant-case-india-forgotten/
- The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law, www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 “Minerva Mills v. Union of India (1980) [3]: Balance Between Rights and Directive Principles The 42nd Amendment (1976) had attempted to confer unlimited amending power on Parliament and subordinated fundamental rights to directive principles. The Court invalidated these provisions, reaffirming that • Judicial review is an essential feature of the basic structure.• A balance between fundamental rights and directive principles is integral to constitutional identity. Thus, the Court reimforced that Parliament’s power to amend itself is subject to constitutional limits.” https://www.lawjournals.org/assets/archives/2025/vol11issue10/11230.pdf
- https://lawctopus.com/clatalogue/clat-pg/case-analysis-waman-rao-and-ors-v-union-of-india/
- https://blog.ipleaders.in/s-r-bommai-v-union-of-india-power-of-presidents-rule-curtailed/
- The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law,www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 “I.R. Coelho v. State of Tamil Nadu (2007) [4]: Ninth Schedule and Judicial Review This judgment extended the doctrine’s reach by holding that laws placed in the Ninth Schedule after April 24, 1973, remain subject to basic structure scrutiny. In doing so, the Court reinforced that judicial review cannot be ousted by constitutional maneuvering, thereby safeguarding fundamental rights from indirect abrogation.” https://www.lawjournals.org/assets/archives/2025/vol11issue10/11230.pdf
- https://www.dhyeyalaw.in/i-r-coelho-v-state-of-tamil-nadu
- The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law,www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 “S.R. Bommai v. Union of India (1994): Federalism and Secularism In reviewing the dismissal of state governments under Article 356, the Court held that federalism and secularism are part of the basic structure. The ruling curtailed misuse of Article 356 for partisan ends and emphasized that constitutional principles, not political convenience, must govern federal relations.” https://www.lawjournals.org/assets/archives/2025/vol11issue10/11230.pdf
- SC 79 [2021] SC 76 (މިނިސްޓްރީ އޮފް ޓުއަރިޒަމް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- SC 92 [2021] SC 79 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން) އަދި
- SC 47 [2023] SC 02-C/02 (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ރައްޔިތުންގެ މަޖިލިސް) އަދި
- SC 57 [2023] SC 113 (ވެން އޫރްދް ޝިޕް މެނޭޖްމަންޓް ބީ.ވީ. ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- The evolution of the Basic Structure Doctrine in India and its global parallels: A jurisprudential and comparative study, Jyoti, Rudraksh Srivastava Department of Law, University of Allahabad, Uttar Pradesh, India, International Journal of Law,www.lawjournals.org, ISSN: 2455-2194, Received: 29-08-2025, Accepted: 28-09-2025, Published: 13-10-2025, Volume 11, Issue 10, 2025, Page No. 25-30 https://www.lawjournals.org/assets/archives/2025/vol11issue10/11230.pdf
- https://www.ebsco.com/research-starters/politics-and-government/presidential-system
- އބމ
- https://vishnuias.com/anti-defection-law/
- އބމ
- އިންޑިއާގެ ޤާނޫނުއަސާސީއަށް ގެނެވުނު 52 ވަނަ އިޞްލާޙު
- Kinoto Hollohan v. Zachillhu & Others (NOVEMBER 12, 1991/ FEB 18,1992)
- Kinoto Hollohan v. Zachillhu & Others (NOVEMBER 12, 1991/ FEB 18,1992, page 711 para 3 (A)-(K)
- Kihoto Hollohan v. Zachillhu & Others (NOVEMBER 12, 1991/ FEB 18,1992 ,page 711 para 3 (E)
- Kihoto Hollohan v. Zachillhu & Others (NOVEMBER 12, 1991/ FEB 18,1992 ,page 711 para 3 (F)
- ކޯޓް: މި ތަރުޖަމާއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2012/SC-C/13 (އިބްރާހީމް ރިޝާ އަދި އެހެން ފަރާތްތައް ވ. ދައުލަތް) ޤަޟިއްޔާގެ ތަފާތުވި ރައުޔު ގައި އޭރުގެ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ގެންވާފައިވާ ތަރުޖަމާއެކެވެ.
- The Constitution of the federal Republic of Nigeria 1999, Article 68 (1) g”( 1) A member of the Senate or of the House of Representatives shall vacate his seat in the House of which he is a member if – (g) being a person whose election to the House was sponsored by a political party, he becomes a member of another political party before the expiration of the period for which that House was elected; https://faolex.fao.org/docs/pdf/nig164561.pdf
- THE CONSTITUTION OF KENYA, 2010, Article 103 (1) (e), (i),(ii) “103(1) The office of a member of Parliament becomes vacant, (e) if, having been elected to Parliament—(i) as a member of a political party, the member resigns from that party or is deemed to have resigned from the party as determined in accordance with the legislation contemplated in clause (2); or (ii) as an independent candidate, the member joins a political party.
- ސްރީލަންކާގެ ދުސްތޫރީ ނިޒާމަކީ "ސެމީ-ޕްރެޒިޑެންޝަލް" ނިޒާމެއްކަމަށް އެ ޤައުމުގެ ޤާނޫނުއަސާސީގައި ސީދާ ބަހުން ބަޔާންކޮށްފައި ނެތް ނަމަވެސް، ރިޔާސީ ބާރުތަކާބެހޭ މާއްދާތަކާއި (41-30) އަދި މަޖިލީހަށް ޖަވާބުދާރީވާ ވަޒީރުންގެ މަޖިލީހާ ބެހޭ މާއްދާތައް (43-42) އެކުވުމުން އުފެދިގެންދަނީ "ޑުއަލް އެގްޒެކެޓިވް" ނުވަތަ ދެ ފަރާތަކުން ބާރު ހިންގާ ނިޒާމެކެވެ.
- The constitution of the Democratic Socialist republic of Sri Lanka, Article 99 (13) (a), (b) "(13) (a) Where a Member of Parliament ceases, by resignation, expulsion or otherwise, to be a member of a recognized political party or independent group on whose nomination paper (hereinafter referred to as the "relevant nomination paper") his name appeared at the time of his becoming such Member of Parliament, his seat shall become vacant upon the expiration of a period of one month from the date of his ceasing to be such member: Provided that in the case of the expulsion of a Member of Parliament his seat shall not become vacant if prior to the expiration of the said period of one month he applies to the Supreme Court by petition in writing, and the Supreme Court upon such application determines that such expulsion was invalid. Such petition shall be inquired into by three Judges of the Supreme Court who shall make their determination within two months of the filing of such petition. Where the Supreme Court determines that the expulsion was valid the vacancy shall occur from the date of such determination. (b) Where the seat of a Member of Parliament becomes vacant as provided in Article 66 (other than paragraph (g) of that Article) or by virtue of the preceding provisions of this paragraph the candidate from the relevant recognized political party or independent group who has secured the next highest number of preferences shall be declared elected to fill such vacancy." constitution.pdf
- Constitution of United States, Article 1, Section 3 PARA 6 & 7 "Para 6 The Senate shall have the sole Power to try all Impeachments. When sitting for that Purpose, they shall be on Oath or Affirmation. When the President of the United States is tried, the Chief Justice shall preside: And no Person shall be convicted without the Concurrence of two thirds of the Members present. & Para 7 Judgment in Cases of Impeachment shall not extend further than to removal from Office, and disqualification to hold and enjoy any Office of honor, Trust or Profit under the United States: but the Party convicted shall never theless be liable and subject to Indictment, Trial, Judgment and Punishment, according to Law."
- ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ)، (ރ)، (ބ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/09 ޤަޟިއްޔާ
- އިސްވެބަޔާންކުރެވުނު ޕެރެގްރާފު 77 އަދި 78
- Madhav Khosla and Milan Vaishnav, Democracy and defections, I.CON 22 (2024), 400-430, page, 402, Para 02. The Author(s) 2024. Published by Oxford University Press on behalf of New York University School of Law, page ޤަޟިއްޔާ "Scholars have argued that, under the guise of enhancing democratic control of parties, devolution can weaken party control over decision-making, nominations, and candidate selection in ways that harm rather than further democratic accountability."
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/108 ޤަޟިއްޔާ
- ގާނޫނު ނަންބަރު 4/2011
- ޤާނޫނުއަސާސީގެ 73 ވަނި މާއްދާގަ (ނ) ގައި ބަޔާންކޮށްފައިވަނީ، "އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އެފަދަ ޙާލަތެއް މެދުވެރެވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވ. 1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުން. 2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން. 3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން. 4. ފަނޑިޔާރަކު ކަމުގައިވުން." މިފަދައިންނެވެ.
- މީގެ ބައެއް ޤަޟިއްޔާތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ 2025/SC-C/01 (ޣާލިބު ސަލީމް ވ. މުޙައްމަދު ސިނާން [2026] SC 10) ޤަޟިއްޔާ އާއި ސުޕްރީމް ކޯޓުގެ ނަންބަރ 2009/SC-C/27 (ޢުމަރު ނަޞީރު ވ. މުޙައްމަދު މުޞްޠަފާ) ޤަޟިއްޔާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-C/46 (ޢަބްދު ﷲ ޙަސީން ވ. ދިވެހި ދައުލަތް) ޤަޟިއްޔާ.
- އިސްވެ ބަޔާންކުރެވުނު ޕެރެގްރާފް 77 އަދި 78
- ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 90 ވަނަ މާއްދާ
- އިސްވެ ބަޔާންކުރެވުނު ޕެރެގްރާފް 77 އަދި 78
- BASELINE RESEARCH ON FLOOR CROSSING IN THE MALDIVES, APRIL 2015, Transparency Maldives page 3 "However, whether it involves motivational or institutional factors, floor crossing distorts, party system and governance process of the ruling party, and can reduce the legitimacy of political system of the country. Due to such negative consequences of floor crossing, there are preventive and supporting mechanisms set by some countries— both developed and developing countries that experience floor crossing—to stop or prohibit (voluntary and involuntary) floor crossing.
- ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭނެފަދަ ގޮތަކަށް ޤާނޫނުއަސާސީ މާނަ ނުކުރުން.
- ޙައްޤުތައް ކަށަވަރުކޮށްދިނުން.
- ޙައްޤުތައް ކަށަވަރުކޮށްދިނުން.
- ޙައްޤުތައް ކަށަވަރުކޮށްދިނުން.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/40 ޤަޟިއްޔާ
- ޙައްޤުތައް ކަށަވަރުކޮށްދިނުން.
- BASELINE RESEARCH ON FLOOR CROSSING IN THE MALDIVES, APRIL 2015, Transparency Maldives page 4-5 "One of the key literatures reviewed in this research includes a study conducted by Diana Z O'Brien and Yael Shomer involving a cross-national assessment of party switching or floor crossing across 20 democratic countries. Reflecting on past, but limited, studies on floor crossing, O'Brien and Shomer defines and explains the reasons and consequences of floor crossing in both developed and developing countries. Consistent with other studies, they define floor crossing, synonymously with party switching or defecting, as a process where parliamentarians change their party position by voting or moving to another party against their original party lines during the legislative session(s).This limits or reduces the capacity of a political party to push forward its political and policy agenda, especially that of the ruling party's, to achieve its governance objectives, eventually leading to policy failure and loss of public confidence in the legitimacy of the political system. While political parties are a key foundation to democracy, such disruption to effective and efficient party practices could lead to an ultimate weakening of the overall democratic system."
- Constitutional supremacy
- Rule of law
- Separation of powers
- Independence of the judiciary
- Case-by-case basis
- Cheng Vincent v. Teo Soh Lung v Minister for Home Affairs and others [1990] 1 SLR(R) 347 Minister for Home Affairs and others [1990] 1 SLR(R) 38
- އެހެންނަމަވެސް، މިފަދައިން ފާހަގަ ކުރެއްވިއިރު، އެ ކޯޓުން (ކުރިން ހަވާލާދީފައިވާ) Teo Soh Lung މައްސަލައަކަށްވެސް، އަދި Kesavananda މައްސަލައަށްވެސް ހަވާލާދީފައިނުވާކަން ފާހަގަވެއެވެ.
- "[I]n order for a feature to be considered part of the basic structure of the Constitution, it must be something fundamental and essential to the political system that is established thereunder" - Mohammad Faizal bin Sabtu v Public Prosecutor [2012] 4 SLR 947 [71].
- Yolg Vur Kong v Public Mohammad Faizal bin Sabtu v Public Prosecutor މައްސަލައަށްފަހު، މިކަން Yolg Vur Kong v Public Prosecutor [2015] 2 SLR 1129 މައްސަލައިގައިވެސް ތަކުރާރުކޮށްފައިވެއެވެ.
- މެލޭޝިޔާއަށް ބަލާއިރު، The Government of the State of Kelantan v. The Government of the Federation of Malaya and Tunku Abdul Rahman Putra Al-Haj [1963] 1 MLJ 355 މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނު ހަދާ ބާރު ގައިދުކުރެވޭނީ، އެ ބާރުން ގެންނަން ހުށަހަޅާ އިޞްލާޙަކީ ޤާނޫނުއަސާސީއިން ސަރީޙަބަހުން އެކަމަކާމެދު ގޮތް ބުނެފައިނުވާ އިސްލާހެއްނަމައެވެ. މެލޭޝިޔާގެ ހައިކޯޓުން އިސްވެ ބަޔާންކޮށްފައިވާ ފަދައިން ކަނޑައަޅާފައިވާ ނަމަވެސް، ޖުމްލަ ގޮތެއްގައި، އެ ގައުމުގެ ކޯޓުތަކުން ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިން ބަލައިގެންފައި ނުވާކަން ފާހަގަވެއެވެ.
- މިއީ 2014 އޯގަސްޓްގައި ސިންގަޕޯރ ލޯ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލިޔުމަކަށް ހަވާލާދީ، އެ މައްސަލައިގައި ހިމަނާފައިވާ ބައެކެވެ. ހަވާލާދީފައިވާ ލިޔުމަކީ:
- ކޮލަމްބިޔާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން މި ޤާއިދާ ފުރަތަމަ ބޭނުންކޮށްފައިވަނީ އެ ކޯޓުގެ C-551/2003 މައްސަލައިގައެވެ. އެހެންނަމަވެސް، އެއިގެ ފަހުން އެތަކެއް މައްސަލައެއްގައި، ރިޕްލޭސްމަންޓް ޑޮކްޓްރިން ބޭނުންކޮށްފައިވާކަން ފާހަގަވެއެވެ. (މިސާލަކަށް ކޮލަމްބިޔާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ C-1040/05 އާއި، C-1056/12 އާއި، C-294/21 މައްސަލަ ހިމެނެއެވެ.)
- މިގޮތުން، އިޞްލާޙަކީ އިޞްލާޙެއްކަން ނުވަތަ ބަދަލެއްކަން ކަނޑައެޅުމަށްޓަކައި، ކޮލަމްބިޔާގެ ސުޕްރީމް ކޯޓުން ތިން ބަޔަކަށް ބެހިގެންވާ ޓެސްޓެއް ބޭނުންކުރެވެއެވެ: (ހ) ޤާނޫނުއަސާސީ ބިނާވާ (ކަމާބެހޭ) އަސާސީ އަސްލަކީ (structural pillar of the constitution) ކޮބައިކަން ކަނޑައެޅުން: (ށ) އިސްލާހަކީ ކޮބައިކަން އެނަލައިޒް (analyse) ކޮށް ބެލުން: އަދި، (ނ) އެ އިޞްލާޙުން އެ އަސާސީ އަސްލު ނުލްގޮހައްޓާކުރެވޭ ނުވަތަ ބަދަލުކުރާކަން ނުވަތަ ނެތި ކޮށްލާކަމާބެހޭ ސިންތެސިސް (synthesis) އެއް ހެދުން.
- Hyper-presidential
- ޔުނައިޓެޑް ސްޓޭޓްސ އޮފް އެމެރިކާގެ ޤާނޫނުއަސާސީގެ އާޓިކަލް Article V( 5 ) ގައި ބަޔާންވެފައިވާ ގޮތުން، އެ ޤައުމުގެ ޤާނޫނުއަސާސީ
- ޖުޑީޝަލް ރިވިއު އަކީ ޔއެމެރިކާގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއްކަމުގައި ކަނޑައެޅި Marbury v. Madison 5 U.S. (1 Cranch)
- މިސާލެއްގެ ގޮތުން، ޖަރުމަނުވިލާތުގެ ބޭސިކް ލޯ (Grundgesetz) ގެ 79 ވަނަ މާއްދާގެ (3) ވަނަ ނަންބަރު؛ ޕަރޮޓްސްޤް، ވިލާދޫ، ޤާނޫނުއަސާސީ (1958) ގެ 89 ވަނަ މާއްދާ؛ ޓޫނީޝިޔާގެ ޤާނޫނުއަސާސީ (2014) ގެ 75 ވަނަ މާއްދާ؛ އަދި ތުރުކީގެ ޤާނޫނުއަސާސީގެ ވަނަ މާއްދާ ހިމެނެއެވެ.
- ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 5، 6 އަދި 7 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ
- މިސާލަކަށް ޤާނޫނުއަސާސީގެ 2؛ 16 ވަނަ މާއްދާގެ (ހ)، (ރ) އަދި (ނ)؛ 19 ވަނަ މާއްދާ؛ 27 ވަނަ މާއްދާ؛ 36 ވަނަ މާއްދާގެ (ނ)؛ 59 ވަނަ މާއްދާގެ (ހ)؛ 67 ވަނަ މާއްދާގެ (ރ) އަދި (ކ)؛ 70 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި (ނ)؛ 90 ވަނަ މާއްދާގެ (ހ)؛ 100 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަދި 142 ވަނަ މާއްދާ.
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-C/17 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-C/17 ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78,79 ޤަޟިއްޔާ
- މިސާލަކަށް ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ރ).
- މެންބަރުން މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީއިން ވަކިވެއްޖެނަމަ، މެންބަރުކަމުން ވަކިވާންޖެހޭ ސަބަބުތަކުގެ ގޮތުގައި ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވަނީ (ސިޔާސީ ޕާޓީތަކުން މެންބަރުން އިންތިޚާބުކުރުމަށް ކުރާ ޚަރަދު ފަދަ) ސިޔާސީ ސަބަބުތަކެވެ. ޤާނޫނީ ސަބަބުތަކެއް ނޫނެވެ. އެހެންކަމުން، އެކަންކަން ފާހަގަކޮށް، އެކަމާމެދު އަހުރެން ދެކޭ ގޮތް ބަޔާންކުރުމުގެ މާނައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
- ޤާނޫނުއަސާސީގެ 4 ވަނަ މާއްދާ؛ 16 ވަނަ މާއްދާގެ (ނ)؛ 42 ވަނަ މާއްދާގެ (ހ)؛ 43 ވަނަ މާއްދާގެ (ނ)؛ 65 ވަނަ މާއްދާގެ 68 ވަނަ މާއްދާގެ (ނ)؛ 69 ވަނަ މާއްދާ؛ 95 ވަނަ މާއްދާ؛ 141 ވަނަ މާއްދާ؛ 143 ވަނަ މާއްދާގެ (ހ) އަދި (ށ)؛ 144 ވަނަ މާއްދާ؛ 45 އަދި (ށ)؛ 69 ވަނަ މާއްދާ؛ (ނ) މިސާލުގެ ގޮތުގައި ފާހަގަކުރަމެވެ.
- ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ.
- ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ؛ 6 ވަނަ މާއްދާ އަދި 9 ވަނަ މާއްދާ.
- Ultra vires
- ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 5/2024 (އެންޓި-ޑިފެކްޝަން ޤާނޫނު) ގެ 3 ވަނަ މާއްދާ
- ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ)، 17 ވަނަ މާއްދާ، 18 ވަނަ މާއްދާ، 20 ވަނަ މާއްދާ، 63 ވަނަ މާއްދާ، 68 69 ވަނަ މާއްދާ
- International Covenant on Civil and Political Rights
- ދިވެހިރާއްޖެއިން އައި.ސީ.ޕީ.އާރް ގައި ސޮއިކުރިއިރު، މި މާއްދާއަށް ރިޒަވޭޝަންއެއް ހުށަހަޅާކަން ފާހަގަކުރަމެވެ.
- International Covenant on Economic, Social and Cultural Rights
- ޤާނޫނުއަސާސީގެ 75 ވަނަ މާއްދާ.
- ޤާނޫނުއަސާސީގެ 261 ވަނަ މާއްދާ.
- ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ.
- ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު)
- Incyclopedia Britannica, 'Representative Democracy', https://www.britannica.com/topic/representative-democracy (accessed on 28 April 2026)
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ށ)
- ޤާނުނުއަސާސީގެ 30 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-E/05 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-C/78,79 ޤަޟިއްޔާ
- ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ (1)
- ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ (2)
- މިރައުޔުގެ 198 ވަނަ ޕެރެގްރާފް
- ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ)
- އބމ، 70 (ށ) 1.
- އބމ، 70 (ށ) 2.
- އބމ، 70 (ނ) އަދި 10 (ށ).
- އިނގިރޭސި ބަހުން މުޚާތަބުކުރެވެނީ "Declaratory"
- Case No.8 of Judicial Year 17 (May,18 1996), Case No.29 of Judicial Year 11 (March,26 1994)
- Federation of Pakistan public at large [PLD 1986 SC 240]
- Che Omar Che Soh v. PP[1988] 2MLJ 55
- މުޙައްމަދު ސަމާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލް SC 49 [2024]
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 12 ވަނަ ބާބު (261 މާއްދާއިން 267 އަށް)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 މާއްދާ
- ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ [2024] SC 07
- މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ (2020/SC-C/78, 2020/SC-C/79)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2، 4، 5، 6، 7، 8، 9، 10، 11، 16 (ހ) އަދި (ށ)، 26، 27، 30 (ހ)، 59، 64، 67 (ބ)، 68، 69، 70، 73 (ނ) އަދި (ބ)، 75، 78، 79، 90، 95، 100، 115 (ޅ)، 134 (ހ)، 142، 143، 144، 261، 262 (ށ)، 268، 274 (ހ) ވަނަ މާއްދާތައް، އަދި 12 ވަނަ ބާބު
- ޤާނޫނު ނަންބަރު 25/2024 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ (1) އަދި (3)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 5/2024 (އެންޓި ޑިފެކްޝަން ޤާނޫނު) (3 ވަނަ މާއްދާ)
- ޤާނޫނު ނަންބަރު 2/2018 (އެންޓި ޑިފެކްޝަން ޤާނޫނު) (އަނާރާ ނަޢީމް ޤަޟިއްޔާގެ ނަޤުލުގައި)
- ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު)؛ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)؛ ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) (ތަފާތު ރައުޔުގައި)
- މުޙައްމަދު ޙަލީމް، އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ (2020/SC-C/78، 2020/SC-C/79) (ޕެރ. 66، 68، 77)
- ރޮޒައިނާ އާދަމް އަދި އަޙްމަދު މަޙްލޫފް ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް) (2009/SC-A/13)
- ޢަލީ ޝާހް ވ. ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ) [2021] SC 49 (2019/SC-C/89)
- ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް [2021] SC 79 (2020/SC-A/46)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން [2021] SC 92 (2021/SC-A/79)
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ރައްޔިތުންގެ މަޖިލިސް [2023] SC 47 (2023/SC-C/02)
- ވެން އޫރްޑް ޝިޕް މެނޭޖްމަންޓް ބީ.ވީ. ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 57 (2021/SC-A/113)
- އަނާރާ ނަޢީމް އަދި އިތުރު ދެފަރާތް (2018/SC-C/09)؛ ސުޕްރީމް ކޯޓުގެ 2017/SC-C/17 ޤަޟިއްޔާ
- އިލެކްޝަންސް ކޮމިޝަން ވ. ފަރީދާ ޢުމަރު (2017/SC-E/05)
- އަޙްމަދު މާޖިދު ވ. ޖުޑީޝަލް ސަރވިސް ކޮމިޝަން (2021/SC-A/108)
- އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (2018/SC-A/40)
- ޣާލިބު ސަލީމް ވ. މުޙައްމަދު ސިނާން [2026] SC 10 (2025/SC-C/01)؛ ޢުމަރު ނަޞީރު ވ. މުޙައްމަދު މުޞްޠަފާ (2009/SC-C/27)؛ ޢަބްދުﷲ ޙަސީން ވ. ދިވެހި ދައުލަތް (2011/SC-C/46)
- އިބްރާހީމް ރިޟާ އަދި އެހެން ފަރާތްތައް ވ. ދައުލަތް (2012/SC-C/13) (ތަފާތު ރައުޔުގެ ތަރުޖަމާއަށް)
- ތަފާތު ރައުޔުތަކުގައި: މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (2012/SC-C/35)؛ މުޙައްމަދު މުޞްޠަފާ ވ. އިލެކްޝަންސް ކޮމިޝަން (2018/SC-C/17)؛ މުޙައްމަދު ސަމާޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2024] SC 49؛ ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލަ [2024] SC 07
- ބޭރުގެ ޤަޟިއްޔާތައް (އިންޑިއާ): Shankari Prasad v. Union of India (1951)؛ Sajjan Singh v. State of Rajasthan (1965)؛ I.C. Golak Nath v. State of Punjab (1967)؛ Kesavananda Bharati v. State of Kerala (1973) 4 SCC 225؛ Indira Nehru Gandhi v. Raj Narain (1975)؛ Minerva Mills v. Union of India (1980)؛ Waman Rao v. Union of India (1981)؛ S.R. Bommai v. Union of India (1994)؛ I.R. Coelho v. State of Tamil Nadu (2007)؛ Kihoto Hollohan v. Zachillhu & Others (1992)
- ބޭރުގެ ޤަޟިއްޔާތައް (އެހެނިހެން): Anwar Hossain Chowdhury v. Bangladesh (41 DLR (AD) 165)؛ Mohammad Faizal bin Sabtu v Public Prosecutor [2012] 4 SLR 947؛ Yong Vui Kong v Public Prosecutor [2015] 2 SLR 1129؛ Teo Soh Lung v Minister for Home Affairs [1990] 1 SLR(R) 347؛ Government of the State of Kelantan v Government of the Federation of Malaya [1963] 1 MLJ 355؛ Colombian Constitutional Court C-551/2003؛ Marbury v. Madison 5 U.S. 137 (1803)؛ Baker v. Carr 369 U.S. 186 (1962)؛ Leser v. Garnett 258 U.S. 130 (1922)؛ Coleman v. Miller 307 U.S. 433 (1939)؛ Federation of Pakistan [PLD 1986 SC 240]؛ Che Omar Che Soh v PP [1988] 2 MLJ 55
- ބޭރުގެ ޤާނޫނުއަސާސީތައް: އިންޑިއާގެ ޤާނޫނުއަސާސީގެ 368 ވަނަ މާއްދާ އަދި 10 ވަނަ ޖަދުވަލު (52 ވަނަ އިޞްލާޙު)؛ ނައިޖީރިއާގެ ޤާނޫނުއަސާސީގެ 68 (1) (g)؛ ކެންޔާގެ ޤާނޫނުއަސާސީގެ 103 (1) (e)؛ ސްރީލަންކާގެ ޤާނޫނުއަސާސީގެ 99 (13)؛ އެމެރިކާގެ ޤާނޫނުއަސާސީގެ Article I, Section 3 އަދި Article V؛ ICCPR ގެ 19 އަދި 25 ވަނަ މާއްދާ (ތަފާތު ރައުޔުގައި)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.