ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/279

ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ބަލަމުންޙުކުމުގެ ހާލަތު
ހައިކޯޓު · 23 ނޮވެމްބަރު 2023ދަށު ކޯޓު: ސިވިލް ކޯޓު 1503/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1503/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބިޑް ހުށަހެޅުމަށްފަހު، ސައިޓުގައި މެޓީރިއަލް ހުންނާނެ ކަމަށް ބުނުމުން ދިން ޑިސްކައުންޓް، އޮޅުވާލުމެއްގެ (misrepresentation) ސަބަބުން އަނބުރާ ހޯދިދާނެތޯ؛ އަދި ސައިޓުން ގެންދިޔަ/ގެއްލުން ލިބުނު މުދަލުގެ ބަދަލު ވަޒީފާދޭ ފަރާތުން ހޯދުމަށް ސާބިތުކުރަންޖެހޭ މިންވަރު.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN1 އިންވިޓޭޝަން ފޯ ބިޑެއްގައި އަސާސީ ގޮތެއްގައި ބަލާނެ ކަމަކީ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަށް މަސައްކަތް ޙަވާލުކުރުމެވެ؛ އެހެން ކަންކަމަށް ނުބެލުމެއް އޭގެ މާނައެއް ނޫނެވެ.

HN2 ޑިސްކައުންޓް ދިނީ އޮޅުވާލުމެއްގެ ސަބަބުން ކަމަށް ބުނާނަމަ، އެގެއްލުމުގެ ބަދަލު ހޯދުމަށް އެ އޮޅުވާލުން ސާބިތުކޮށްދޭންޖެހޭނީ އެ ކަމަށް ބުނާ ފަރާތުންނެވެ.

HN3 އެއްފަރާތުން ދެއްކި ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ވަދެވޭ އެއްބަސްވުމަކީ ބާޠިލުކުރެވިދާނެ (voidable) އެއްބަސްވުމެއް ނަމަވެސް، އެކަމާ ގުޅިގެން ފިޔަވަޅެއް ނާޅާ، ބިޑުން ޑިސްކައުންޓެއް ދީ ބިޑް ކާމިޔާބުކޮށްފައި އެ ޑިސްކައުންޓް އަނބުރާ ހޯދުމަށް ދަޢުވާކުރާނަމަ، ޙައްލު ދެވޭނީ ޑިސްކައުންޓް ދިނީ އޮޅުވާލުމެއްގެ ތެރެއިންކަން ސާބިތުކޮށްދެވޭ ޙާލަތުގައެވެ.

HN4 ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ޙަޤީޤަތެއް ސާބިތުވަނީ ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަން ޝަރީޢަތަށް ޤަބޫލުކުރެވިއްޖެ ހިނދެވެ؛ ލިޔުމުން ވެފައިވާ އެއްބަސްވުމެއް ބަދަލުކުރުމަށް، އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް އެއްބަސްވުމުގެ ބޭރުން ހެކި ބަލައިގަތުމަކީ އުޞޫލީ ހަމައެއް ނޫނެވެ.

HN5 ސަރުކާރު ނުވަތަ ދައުލަތުގެ ކުންފުނިތަކުގެ ޓެންޑަރުތަކުގައި ބޮޑު ޑިސްކައުންޓެއް ދީ ބިޑް ކާމިޔާބުކޮށް، ހެކި ނެތި ކޯޓުތައް މެދުވެރިކޮށް އެ ޑިސްކައުންޓް އަނބުރާ ހޯދިދާނެނަމަ ޓެންޑަރުގެ ހަމަތައް ހިފެހެއްޓޭނެ ގޮތެއް ނުވާނެތީ، އެފަދަ ޑިސްކައުންޓެއް އަނބުރާ ހޯދޭނީ ހެކިން އޮޅުވާލިކަން ސާބިތުކޮށް، ޑިސްކައުންޓުގެ ކުރިންވެސް އެންމެ ދަށް ބިޑް ހުށަހެޅީ ތިމާކަން ސާބިތުކޮށްގެންނެވެ.

HN6 މުދާ ގެއްލުނު ނުވަތަ މުދަލަށް ގެއްލުން ލިބުނު ކަމަށް ބުނާނަމަ، އެއީ ކޮން މުދަލެއްކަމާއި ލިބުނު ގެއްލުމާއި އޭގެ މިންވަރު ފަދަ އަސާސީ ކަންކަން ސާބިތުކޮށްދެވިގެން މެނުވީ ދަޢުވާ ކާމިޔާބެއް ނުވާނެއެވެ؛ މުވައްޒަފުން ކުރި ކަމެއްގެ ސަބަބުން ލިބުނު ގެއްލުން ޓޯޓުގެ ދަށުން ވަޒީފާދިން ފަރާތުން ނަގައިދެވޭނީވެސް އެ ގެއްލުން ބަޔާންކޮށް ސާބިތުކޮށްގެންނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙަސަން ޝަފީޢު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މުޙައްމަދު ނިޔާޒް · ތާއީދުކުރެއްވީ: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޙަސަން ޝަފީޢު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޙުސައިން މަޒީދު އާއި ފަނޑިޔާރު ޙަސަން ޝަފީޢު

ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1503/Cv-C/2019 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ޕްރަސާރިއޯ ކޮމްޕެނީ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤޟަ އްޔިގެ އިސްތިއުނާފު ރައްދުވާ ފަރާތކަ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (މީގެ ފަހުން "އެމް.އާރް.ޑީ.ސީ" ނުވަތަ "އިސްތިއުނާފ ރައްދުވު ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:

2ގދ. ތިނަދޫ ގައި އިސްލާމިކް ސެންޓަރު ޢިމާރާތް ކުރުމުގެ މަސައްކަތް 10 ފެބުރުވަރީ 2016 ގައި، އިސްލާމިކް މިނިސްޓްރީއިން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މީގެ ފަހުން އެމް.އާރު.ޑީ.ސީ ނުވަތަ މެއިން ކޮންޓްރެކްޓަރ ކަމަށް ބަޔާންކުރާ) އާ ޙަވާލު ކުރިއެވެ. މިމަސައްކަތް ވަކި ހިސާބަކަށ ގޮސް ހުއްޓުމުން، އެމަސައްކަތް ނިންމުމަށްޓަކައި، އެމް.އާރު.ޑީ.ސީގެ ފަރާތުން ސަބް- ކޮންޓްރެކްޓަރެއްގ ގޮތުގައެ ޕްރަސާރިއޯ އާ 27 ނޮވެންބަރު 2016 ގައި ޙަވާލު ކުރިއެވެ. މިމަސައްކަތުގެ ޖުމްލަ އަގަކީ 22,405,566.00ރ. (ބާވީސް މިލިއަން ހަތަރުސަތޭކަ ފަސްހާސް ފައްސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) ކަމަށް އެއްބަސްވުމުގެ 5 ވަނަ މާއްދާގެ

(ށ) ގައި ބަޔާންކޮށްފައިވެއެވެ. C- 0828/2015 C- 0514/2010 އެބަސްވުމުގެ ނަންބަރު:MRDC/AG/2016/59، ބިޑް ނަންބަރު:MRDC/IFB/2016/36، ތާރީޚް:*72 ނޮވެމްބަރ 2016* .27 ކަމަށް ބެލެވެއެވެ.

3ޕްރަސާރިއޯގެ ފަރާތުން އެންމެ ފުރަތަމަ ބިޑް ޕްރޮޕޯސަލްގ ގޮތުގައެ ހުށަހަޅާފައިވި އަގަކީ 26,018,576.50ރ. (ސައްބީސ މިލިޔަން އަށާރަހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ ފަންސާސް ލާރި) އެވެ. އަދި ބިޑް ހުށަހެޅުމަށްފަހު އެއްބަސްވުން އެކުލަވާލުމުގެ ކުރިން، އިސްލާމިކް ސެންޓަރ ޕްރޮޖެކްޓް ސައިޓްގައި ކޮންކްރީޓް ކާސްޓްކުރާނެ އެންމެހާ މެޓީރިއަލްއެއް ސައިޓްގައި ހުންނާނެކަމަށްބުނެ، އަދި ކޮންކްރީޓް ކާސްޓްކުރުމުގެ މަސައްކަތްތަކަށް މެޝިނަރީޒ ފޯރުކޮށްދިނުން ފަދަ އެއްބާރުލުން ދޭނެކަމަށްބުނެ އެކަމަށް ޑިސްކައުންޓެއް ހަމަޖެއްސުމަށް އެމް.އާރު.ޑީ.ސީ އިން އެދުމުން، ޑިސްކައުންޓެއްގެ ގޮތުގައި 3,613,310.50ރ. (ތިން މިލިޔަން ހަލައްކަ ތޭރަހާސް ތިންސަތޭކަ ދިހަ ރުފިޔާ ފަންސާސް ލާރި) ދީފައިވެއެވެ.

4އެހެންނަމަވެސް، އެއްބަސްވުމުގައި ސޮއިކޮށް، ސައިޓާއި ޕްރަސާރިއޯއިން ހަވާލުވެ ބެލިއިރު، ސައިޓްގައި ހުންނާނެކަމަށްބުނި މެޓީރިއަލް ނެތުމުން، އެމެޓީރިއަލ އަލުން ގަންނަންޖެހުނު ކަމަށްބުނެ، ޑިސްކައުންޓުގެ ގޮތުގައި ދީފައިވާ ފައިސާ އަނބުރާ އިއާދަކޮށްދިނުމަށ އެދް އެމް.އާރް.ޑީ.ސީއަށް ސިޓީ ފޮނުވިއެވެ.

5ޕްރަސާރިއޯއިން ދީފައިވާ ޑި ސްކައުންޓަކީ އިމާރާތުގެ ފުރަތަމަ ބުރީގެ ސެލް ބީމް ކޮންކްރީޓް ކުރުމަށް ބޭނުންވާ އެންމެހައި ތަކެތި ސައިޓްގައި ހުންނާނެކަމަށ ބަލް ދީފައިވާ ޑިސްކައުންޓެއްކަމުން، އެޑިސްކައުންޓް އަނބުރާ ރުޖޫޢަކުރެވެން ނެތްކަމަށްބުނެ އެމް.އާރް.ޑީ. ސީގެ ފަރާތުން ޕްރަސާރީއޯގެ ސިޓީއަށް ޖަވާބުދީފައިވެއެވެ.

6އޭގެފަހުން، އެމް.އާރު.ޑީ.ސީ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކުންފުނީގެ ދަށުން ކުރަމުންދިޔަ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ (މީގެ ފަހުން ހައުސިންގ މިނިސްޓްރީ ކަމަށް ބަޔާންކުރާ) ދަށަށް ބަދަލު ކުރެވުނެވެ. އެއާއެކު، ގދ.ތިނަދޫ އިސްލާމިކް ސެންޓަރ އިމާރާތްކުރުމުގެ ޕްރަސާރިއޯގެ ނަންބަރު 147/BID/2016-Pre ބިޑް ސަބްމިޝަން ޕްރަސާރިއޯގެ ނަންބަރު PRC/ADM/GOVT/17/0005 ސިޓީ (19 ޖަނަވަރީ 2017) މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު MRDC/PRIV/2017/05 ސިޓީ (25 ޖަނަވަރީ 2017) މިހާރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މަސައްކަތް ކުރުމަށްޓަކައި އެމް.އާރު.ޑީ.ސީ އާއި ޕްރަސާރިއޯ އާއެކު ސޮއިކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އެއްބަސްވުން ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލު ކުރެވުނެވެ. އަދި ގދ.ތިނަދޫގައި އިމާރާތް ކުރަމުންދާ އިސްލާމީ މަރުކަޒު ގުޅާ ގޮތުން 17 އޭޕްރީލް 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ކަންތައްތަކެއް ނިންމިއެވެ. އެގޭ ތެރެއިން އެއްކަމަކީ، އެމް.އާރު.ޑީ.ސީ އާއި ޕްރަސާރިޔޯ އާ ދެމެދު ހިނގަމުން ދ ހުރިހާ ޑިސްޕިއުޓްތައް، މި ޕްރޮޖެކްޓްގެ މަސައްކަތަށް ބުރޫ ނާރާނެހެން، އެފަރާތްތަކާއެކު މަޝްވަރާކޮށްގެން ޙައްލުކުރުމެވެ.

7ބަޔާންވެދިޔަ ގޮތުގެމަތިން، އެމް.އާރު.ޑީ.ސީ އާއި ޕްރަސާރިޔޯ އާ ދެމެދު ހިނގަމުންދާ ހުރިހާ ޑިސްޕިއުޓްތައް، ޙައްލުކުރުމާއިއެކު އެމަސައްކަތް ކުރިއަށް ގެންދިއުމަށް 27 ޖޫން 2018 ގައި ހައުސިންގ މިނިސްޓްރީ އަދި ޕްރަސާރިއޯގެ ފަރާތުން "ގދ.ތިނަދޫ އިސްލާމިކް ސެންޓަރ އިމާރާތްކުރުމުގެ މަސައްކަތުގެ ސެޓްލްމަންޓް އެއްބަސްވުން" ގެ ނަމުގައި ސެޓްލްމަންޓް އެގްރީމެންޓެއްވެ ސޮއިކޮށްފައި ދެފަރާތުން ސިއްކަ ޖަހާފައިވެއެވެ.

8މި ސެޓްލްމެންޓް އެއްބަސްވުމުގެ 9.3 ވަނަ މާއްދާގައި ޕްރަ ސާރިއޯ އާއި އެމް.އާރު.ޑީ.ސީއާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޑިސްކައުންޓްއާއ މަސައްކަތްކުރި ތަނުގައި ހުރި މަސައްކަތާއި ހަވާލުވި ފަރާތުގެ ތަކެއްޗަށް ލިބިފައިވާ ގެއްލުންކަމަށް މަސައްކަތާއި ހަވާލުވި ފަރާތުން ބުނާ މައްސަލައާ ގުޅޭ ގޮތުން އެމް.އާރު.ޑީ.ސީ އުވާލުމުގެ މަރުހަލާގެ ތެރެއިން ދައުވާކުރުމުގެ ފުރުސަތު މަސައްކަތް ހަވާލުވި ފަރާތަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ. ނަންބަރު:(AGR)138/PRIV/2018/278 (ގދ.ތިނަދޫ އިސްލާމިކް ސެންޓަރ އ މާރާތްކުރުމުގ މަސައްކަތުގެ ސެޓްލްމަންޓް އެއްބަސްވުން). ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: SD/138/2018/87-I (24 އޭޕްރީލް 2018) ސިޓީ.

ނަންބަރު:(AGR)138/PRIV/2018/278

9އޭގެފަހުން، ޕްރަސާރިއޯއިން މިޑިސްކައުންޓ ފައިސް ނުލިބިގެން ސިވިލް ކޯޓުގައި 13 މާރިޗް 2019 ގައި ދައުވާކުރިއެވެ. އެމައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1503/Cv-C/2019 ޤަޟިއްޔާއިންނެވެ. ޕްރަސާރިއޯގެ ފަރާތުން އިސްތިއުނާފުކުރެވިފައިމިވަނީ ސިވިލް ކޯޓުން މިމައްސަލަ ބަލައި ނިންމިގޮތެވެ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް:

10ސިވިލް ކޯޓުގެ ނަންބަރު: 1503/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާ ނިންމާފައިވަނީ؛ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކތާތަކަށާއު ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ގދ.ތިނަދޫ އިސްލާމިކް ސެންޓަރު ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ދެމެދު 27 ނޮވެމްބަރު 2016 ގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމާއި، ބަޔާންވެދިޔަ އެއްބަސްވުމުގައިވާ ގޮތުގެ މަތީން މަސައްކަތުގެ ވެރިފަރާތުން ދީފައިވާ މަޢުލޫމާތަށް ބަލާ މަސައްކަތާއި ޙަވާލުވާ ފަރާތުން ހުށަހަޅާފައިވާ ބިލް އޮފް ކުއެންޓިޓީގައިވާ އަގަށް އެގްރީމެންޓުގައި ކަނޑައަޅާފައިވާ މަސައްކަތްކޮށް ނިންމުމަށް މަސައްކަތާއި ޙަވާލުވާ ފަރާތުން އެއްބަސްވެފައިވާކަމާއި، މިގޮތުން މަސައްކަތާއި ޙަވާލުވާ ފަރާތުން ހުށަހަޅާފައިވާ އަގަށް އެއްބަސްވެ، މިއެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ޖުމްލަ އަގެއްކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ -/22،405،566ރ. (ބާވީސްމިލިޔަން ހަތަރުލައްކަ ފަސްހާސް ފަސްސޭތަކަ ފަސްދޮޅަސް ހަރުފިޔާ) ކަން މިދެފަރާތުގެ ދެމެދު ސޮއިކުރިވެފައިވާ އެއްބަސްވުމުގެ 05 ވަނަ މާއްދާގެ (ށ) ގައި ޞަރީޙަ ނައްޞުން ބަޔާންކޮށްފައިވާކަމާއި، އަދި ބަޔާންވެދިޔަ އަގަކީ ވަކި ޝަރުޠުތަކެއްގެ މަތީން ދެވިފައިވާ ވަކި ޢަދަދެއްގެ ޑިސްކައުންޓެއް ކެނޑުމަށްފަހު މަސައްކަތްކޮށްދިނުމަށް އެއްބަސްވެފައިވާ އަގެއްކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާއިރު މިއެއްބަސްވުމަށް ވަނުމަށްޓަކައ އެއްބަސްވުމުގި ބޭރުން ދެކެވޭ ވާހަކަތަކާއި ކުރެވޭ މުޢާމަލާތްތަކަކީ މިއެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭނެކަމަށް މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާއިރު، މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މިއެއްބަސްވުމުގައި ހިމެނޭ ސައިޓުގައި ވަކިޚިދުމަތްތަކެއ ނުވަތް މެޓީރިއަލްތަކެއް ހުންނާނެކަމަށް މަސައްކަތް ހަވާލުކުރިފަރާތުނ ބުނެގެން ޑިސްކައުންޓެއް ދީފައިވާކަމަށްބުނެ އެއްބަސްވުމުގެ ބައިވެރިއެއްކަމުގައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނުރުހުމުގައި އެފަރާތަށް ލާޒިމްކުރެވޭނ ޤާނޫނެ ހަމައެއް ނެތުމާއެކު، މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ބޭރުން ޑިސްކައުންޓްގ ގޮތުގައެ ދީފައިވާ ފައިސާގެ ގޮތުގައި މިދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށާއި، އަދި މިދައުވާގައި ހިމެނޭ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސައިޓުގައ ހުރި ދަޢުވާކުރި ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މުދަލެއް ދައުވާލިބޭ ފަރާތުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު އެހެން ފަރާތަކުން ގެންގޮސްފައިވާކަމަށްބުނެ މެޓީރިއަލް ޑެމޭޖަސްގެ ގޮތުގައި ދައުވާލިބޭ ފަރާތުގެ ކިބައިން ހޯދު މަށް އެދިފައިވާ -/546،854ރ. (ފަސްލައްކަ ސާޅީސް ހަހާސް އަށްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) އަކީ ދައުވާލިބޭ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ޕްރަސާރިއޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދައުވާކުރާ ފަރާތަށް ދެއްކިފައިނުވާތީ ބަޔާންވެދިޔަ ފައިސާ ޝަރީޢަތުން ނަގައިދެވޭނެ ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ. " މިފަދައިންކަން އެޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

11ސިވިލް ކޯޓުގެ ނަންބަރު 1503/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވައި، ޕްރަސާރިއޯގެ ދައުވާގައި އެދިފައިވާ ފައިސާ އެމް.އާރް.ޑީ.ސީގެ އަތުން އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި ޕްރަސާރިއޯގެ ފަރާތުން އެމައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އިސްތިއުނާފީ ނުކުތާތައް:

12ސިވިލް ކޯޓުގެ ނަންބަރު: 1503/Cv-C/2019 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޕްރަސާރިއޯގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެނުކުތތަކާ އާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މ ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.12- ފުރަތަމަ ނުކުތާއަކީ: ދައުވާކުރާ ފަރާތުން ޑިސްކައުންޓް ރީކްލެއިމް ކުރުމާއި ގުޅޭގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ހުށަހަޅާފައިވާ ހެކިތަކަށް ރަނގަޅަށް ރިޢާޔަތްނުކޮށް ޤާނޫން ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)ގެ 6 ވަނަ މާއްދާއާއި ޚިލާފަށް ހެކި ވަޒަންކުރުމަކާނުލާ މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

2.12- ދެވަނަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައި ޤާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން ޑިސްކައުންޓެއްދީފައިވަނީ ވަކި ކަންތައްތަކެއް ފުރިހަމަވުން ޝަރުޠުކޮށްފައިކަމަށްވުމާއެކު، އެ ޝަރުޠުތައް ބިނާވެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ މަޢުލޫމާތުގެ މައްޗަށްކަމަށްވާއިރު، އެމަޢުލޫމާތަކީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއްކަން އެނގެން އޮތުމާއެކު، އެކަން ޝަރީޢަތުގައި ފާހަގަކުރުމުން ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 61 ވަނަ މާއްދާގައި ބުނާފަދަ އޮޅުވާލުމުގެ ޢަމަލެއް އިސްތިއުނާފު ރައްދުވާ ފަރާތުން ހިންގާފައިވާއިރު، އެކަމަށް މައްސަލަ ނިންމެވުމުގައި ރިޢާޔަތްކުރައްވާފައި ނުވުމަކީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

3.12- ތިންވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ އިސްތިއުނާފު ކުރެވޭ މައްސަލައިގެ ޝަރީޢަތުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެކިތަކާއި ނުކުތާތަކަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ބެއްލެވި ޤާޟީ މައްސަލަ ނިންމެވުމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަ:

13އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާ ތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޙުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

1.13- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ، ގދ. ތިނަދޫގަ އިސްލާމިކް ސެންޓަރުގެ މަސައްކަތް ސަބް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ބިޑް ކާމިޔާބުކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތްކަމަށާއި އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ބައްދަލު ކުރެވުނު އިރު އިސްތިއުނާފު ރައްދުވާ ފަރާތުން ސައިޓުގައި ކޮންކްރިޓ ކުރަން ބޭނުންވާނެ މެޓީރިއަލް ހުންނާނެ ކަމަށްބުނެ ޑިސްކައުންޓެއް ދިނުމަށް އެދިފައިވާކަމަށެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތަށް 3,613,310.50 (ތިން މިލިއަން ހ ލައްކަ ތޭރަހާސް ތިންސަތޭކަ ދިހަ ރުފިޔާ ފަންސާސް ލާރި) ގެ ޑިސްކައުންޓެއް ދީފައިވާނެކަމަށެވެ. އެހެންނަމަވެސް، މަސައްކަތް ފެށުމަށް ސައިޓަށް ދިޔައިރު، ސައިޓުގައި އެމެޓީރިއަލް ނެތުމުން، އެކަމާއި ބެހޭގޮތުން އެތައް ފަހަރެއްގެ މަތިން ލިޔުމުން އިސްތިއުނާފުރައްދުވާ ފަރާތަށް އެމައުލޫމާތު ހިއްސާކުރެވިފައިވާނެކަމަށެވެ. މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި އިމްޕްލައިޑް ޓާރމްސް (implied terms) މާނަކޮށްފައިވަނީ ގޯސްކޮށްކަމަށާއި، އަދި ޑިސްކައުންޓް ދީފައިވަނީ ވަކި ކަމެއް ވަކި ގޮތަކަށް ހުންނާނެ ކަމަށް ޝަރުތުކޮށްކަމަށް އެއްބަސްވުމުގައ ބަޔާންކޮށްފައި ނުވާކަމަށް މައްސަލައިގެ ޙުކުމުގައި ބަޔާން ކޮށްފައިވާއިރު ސީދާ ދަޢުވާ ލިބޭ ފަރާތުން 25 ޖަނަވަރީ 2017 ގައި ފޮނުވާފައިވާ އެ ފަރާތުގެ ނަންބަރު MRDC/PRIV/2017/05 ސިޓީގައި ޑިސްކައުންޓް ދީފައިވަނީ ކޮންކްރިޓ ކުރުމަށް ބޭނުންވާ މެޓީރިއަލް ސައިޓުގައި ހުންނާނެ ކަމަށް ބަލައިގެން ކަމަށް އެ ފަރާތުން އެއްބަސްވެފައިވާކަމަށެވެ. އެހެންނަމަވެސް، މިކަންކަމަށް ޝަރީޢަތް ނިންމެވުމުގައި ރިޢާޔަތް ކުރައްވާފައި ނުވާކަމަށެވެ.

2.13- އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްޞީލްގައި ބުނެފައިވަނީ، ދެފަރާތުން ބަދަލުކުރެވިފައިވާ ސިޓީތަކުންވެސް ސައިޓްގައި މެޓީރިއަލް ހުންނާނެކަމަށްބުނެ އަގުން ވަކި ވަރެއް އުނިކުރެވުނުކަނ ވަރަށް ސާފުކޮށް އެނގޭކަމަށެވެ. އެހެންކަމުން މިއީ މިސްރިޕްރެސެންޓޭޝަން (misrepresentation) ގެ އަމަލެއް ކަމަށެވެ. މިގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތުން ފްރޮޖެކްޓްގެ އަގު ކުޑަ ކުރުމަށްޓަކައި ހަގީގަތް އޮޅުވާލައި ދިން މައުލޫމާތު ތަކެއްގެ މައްޗަށް ބަރޯސާވެ ގާއިމުކުރެވުނު ކޮންޓްރެކްޓެއްގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް މިވަނީ ބޮޑެތަ ގެއްލުންތަކެއް ލިބި ކުންފުނި ބަގުރޫޓްވާ ހިސާބަށް ގޮސްފައިކަމަށެވެ.

3.13- އިސްތިއުނާފީ ތިންވަނަ ނުކުތާގެ ތަފްސީލްގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ސައިޓުގައި މަސައްކަތްކުރުމަށް ހަވާލުވި ސަބް ކޮންޓްރެކްޓެއްގެ ހައިސިއްޔަތުން ކަމުން މުޅި ސައިޓު ކޮންޓްރޯލްކޮށ ބަލަހައްޓަމުން ދިޔައީ އިސްތިއުނާފުކުރާ ފަރާތުންނޫންކަން ހެކީންގެ ހެކިބަހުން އެނގޭކަމަށެވެ. އަދި ހުށަހެޅިފައިވާ ކިތާބީ ހެކިތަކުންވެސް އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފުން ސައިޓަށް ވަދެ ސައިޓުން އެއްޗެހި ބޭރު ކުރަމުން ގެންދިޔަކަން އެނގޭކަމަށެވެ. އަދި މުދާ ގެންދިޔަ ދުވަހުވެސް އިސްތިއުނާފުކުރާ ފަރާތުގެ މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ބަދަލު ދޭނެކަމަށް ސިޓީގައި ބަޔާންކޮށްފައިވީނަމަވެސް، އެކަންކަމަށް ރިޢާޔަތްނުކޮށް އިސްތިއުނާފު ރައްދުވާފަރާތުން ކުރިން ފޮނުވި ސިޓީތަކާއި ޚިލާފަށް ހަމައެކަނި ބުނެލި ބުނެލުމެއްގެ މައްޗަށް ރިޢާޔަތްކޮށް ޙުކުމްކޮށްފައިވަނީ ރަނގަޅަށްނޫންކަމަށެވެ. އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފުން ބައިވެރިވެގެން ކުރި ކަންކަމުގެ އެ އެމްޕްލޯޔަރގެ ހައިސިއްޔަތުން އިސްތިއުނާފު ރައްދުވާ ފަރާތުން ޒިންމާވާންޖެހޭނކަމަށެވެ. އެހެންނަމަވެސް މައްސަލަ ނިންމެވިއިރު މިކަންކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް

14އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1503/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދެއްވާ ދައުވާގައި ހޯދުމަށް އެދިފައިވާ ޖުމްލަ 4،376،963.13ރ. (ހަތަރުމިލިއަން ތިންލައްކަ ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތޭރަ ލާރި) އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުން އެކީ އެއްފަހަރާ ނަގާދިނުމަށް ޙުކުމްކޮށްދެއްވ މައްސަލާ ނިންވައިދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިން ރައްދު:

15އިސްތިއުނާފު ރައްދުވާ ފަރާތު ން އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބު ތަފްޞީލްގޮތެއްގައި ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އެވާހަކަތައް ތަފްޞީލުކޮށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓގައު ހިމެނޭނެތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ފާހަގަކުރަމެވެ.

1.15- އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނިންމުމުގައި މި ޑިސްކައުންޓް ފައިސާ ނަގައިދީފައިނުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސައިޓުގައި ވަކި މެޓީރިއަލްތަކެއް ހުންނާނެކަމަށް ބުނެގެން އެކަމުގެ މައްޗަށް ބިނާކޮށް ވަކި ޝަރުތުތަކެއްގެ ދަށުން މަސައްކަތުގެ އަގަށް ޑިސްކައުންޓެއް ދީފައިވާކަމަށް ބަޔާންކޮށްފައިނުވާތީ އަދި އެއްބަސްވުމުގެ ކުރިން އެއްބަސްވުމުގެ ބޭރުން ދައްކާ ވާހަތައް އެއްބަސްވުމުގައި ހިމެނިފައިނުވާނަމ އެފަދަ ކަންކަނަ ތަނފީޛުނުކުރެވޭނެކަމަށް ބަޔާންކޮށްކަމަށެވެ. އެހެންކަމުން މިހާލަތުގައި އިސްތިއުނާފުކުރާ ފަރާތުގެ ހެކިތަކަށް ރިޢާޔަތްކުރަން ނުޖެހޭނެކަމަށާއި، އެހެކިތަކުނ އެނގެން ޑިސްކައުންޓެއް ދިންކަން ކަމަށާއި، ޑިސްކައުންޓެއް ދީފައިވާކަމާއިމެދު އެއްވެސް ޚިލާފެއް ނެތްކަމަށެވެ. މިނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެދޭންޖެހޭނީ ސިވިލް ކޯޓުން ޑިސްކައުންޓް ފައިސާ ތަންފީޛުނުކުރެވޭނެކަމަށ ނިންމް ނިންމުމުގައި ހުރި ޤާނޫނީ ގޯސްތަށްކަމަށެވެ.

2.15- ދެވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ބުނަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ޙަޤީޤަތް އޮޅުވާލިކަމަށެވެ. އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ޑިސްކައުންޓް ދިނުމަކީ އިސްތިއުނާފުކުރާ ފަރާތަށް ޕްރޮޖެކްޓް ކާމިޔާބުވުމުގެ އަސާސްކަމަށެވެ. އެހެނީ ޑިސްކައުންޓްދީފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އަމިއްލައަށް ކަމަށާއި، ޑިސްކައުންޓް ދީފައިވަނީ ވަކި ޝަރުތުތަކެއްގެ މަތިންކަމެއް އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާކަމަށެވެ.

3.15- އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ބަލާއިރު، ސައިޓުން ގެންދިޔައީ އިސްތިއުނާފުކުރާ ފަރާތުގެ ކޮން މުދަލެއްކަން ބުނެދެވިފައިނުވާކަމަށ ސިވިލް ކޯޓުގް ނިންމުމުގައި ފާހަގަކޮށްފައިވާކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ ނުކުތާގައިވެސް މިކަންކަން ހުރީ އެހެން ނޫންކަން ސާބިތުކޮށްދީފައިނުވާކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

16އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1503/Cv-C/2019 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ބާޠިލްކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އަސާސެއް ނެތްކަމަށް ކަނޑައަޅުއްވާދިނުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން:

17މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1503/Cv-C/2019 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފުކުރުމަށް ޕްރަސާރިއޯ ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

18ގދ. ތިނަދޫ ގައި އިސްލާމކި ސެންޓަރު ޢިމާރާތް ކުރުމުގެ މަސައްކަތް 10 ފެބުރުވަރީ 2016 ގައި، އިސްލާމިކް މިނިސްޓްރީއިން އެމް.އާރު.ޑީ.ސީ އާ ޙަވާލުކުރުމަށްފަހު ކަންކަން ވެގެންދިޔަ ގޮތް ވަރަށް ތަފްސީލްކޮށް މިކޯޓުގެ ނަންނަބަރު 2019/HC-A/505 ޤަޟިއްޔާގައި އަހުރެން ބަޔާންކޮށްފައިވާނެއެވެ.

19އެމް.އާރު.ޑީ.ސީ އުވާލުމަށް ނިންމުމާ ގުޅިގެން އެމް.އާރު.ޑީ.ސީ އާ ޕްރަސާރިއޯ އާ ދެމެދު އޮތް އެއްބަސްވުން ހައުސިންގ މިނިސްޓްރީއަށް ނަގުލުވުމަށްފަހު އެދެމެދުގައި ވެވުނު ސެޓްލްމެންޓް އެގްރީމަންޓްގެ 9 ވަނަ މާއްދާގައި މި ސެޓްލްމަންޓް އެއްބަސްވުމަކީ ދެފަރާތް ދެމެދުގައި އުފެދުނު ހުރިހާ ހިޔާލު ތަފާތުވުންތަކެއްގެ ސެޓްލްމަންޓް އެއްބަސްވުންކަމުން، މީގެ ކުރިން ހަވާލުވިފަރާތުނ މަސައްކަތަށް ގެނެވުނު ވޭރިއޭޝަންއ ގުޅިގެނާ ހޯދުމަށް ހުށަހެޅި އެއްވެސް ފައިސާއަކާމެދު މިއެއްބަސްވުމުގައި ސޮއިކުރުމާއެކު އިތުރަށް ދައުވާ ނުކުރުމަށާއި އެފަދަ ހުރިހާ ފައިސާއަކާމެދު ދައުވާކުރުމުގެ ޙައްޤު ދޫކޮށްލުމަށް ހަވާލުވި ފަރާތުން އެއްބަސްވާކަމަށް ބަޔާންކޮށްފައިވީނަމަވެސް،

9.3 ވަނަ މާއްދާގައި ޕްރާސާރިއޯ އާއި އެމް.އާރު.ޑީ.ސީއާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޑިސްކައުންޓްއާއ މަސައްކަތްކުރި ތަނުގައި ހުރި މަސައްކަތާއި ހަވާލުވި ފަރާތުގެ ތަކެއްޗަށް ލިބިފައިވާ ގެއްލުންކަމަށް މަސައްކަތާއި ހަވާލުވި ފަރާތުން ބުނާ މައްސަލައާ ގުޅޭ ގޮތުން އެމް.އާރު.ޑީ.ސީ އުވާލުމުގެ މަރުހަލާ ގެ ތެރެއިން ދައުވާކުރުމުގެ ފުރުސަތު ޕްރަސާރިއޯއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

ސިވިލް ކޯޓުގައި ޕްރަސާރިއޯއިން އުފުލި ދަޢުވާ

20ޕްރަސާރިއޯގެ ފަރާތުން ސިވިލް ކޯޓަށް ހުށެހެޅި ދަޢުވާ ބިނާވެފައިވަނީ މައިގަނޑު ދެކަމެއްގެ މައްޗަށް ކަން އެނގެން އޮވެއެވެ. ފުރަތަމަ ކަމަކީ، ގދ.ތިނަދޫގައި އިސްލާމިކް ސެންޓަރ އަޅަމުންދިޔަ ސައިޓުގައި މެޓީރިއަލްސް ހުންނާނެކަމަށްބުނެ، އިސްތިއުނާފު ރައްދުވާ ފަރާތުން ޑިސްކައުންޓަކަށް އެދިފައިވާތީ، އެއްބަސްވުމުގައި ސޮއިކުރީ އެ ޑިސްކައުންޓް ދީގެން ކަމަށްވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން ބުނި ގޮތަށް އެ ސައިޓްގައި މެޓީރިއަލްސް ނެތުމުން، އެ ދިން ޑިސްކައުންޓް އަނބުރާ ހޯދުމެވެ. ދެވަނަކަމަކީ، ގދ.ތިނަދޫ އިސްލާމިކް ސެންޓަރ ގެ މަސައްކަތް ކުރިން ކުރަމުންދިޔަ ފަރާތުން (ސްޕީޑް ކޮންސްޓްރަކްޝަން) އެމް.އާރު.ޑީ.ސީގެ މުވައްޒަފުންނާއެކު ސައިޓަށްވަދެ، ސައިޓްގައ ހުރި ޕްރަސާރިއޯގެ މުދާތައް ގެންދަން އުޅުމުން އެކަން ހުއްޓުވަން މަސައްކަތް ކުރުމުން، އެފަރާތުން އެތަކެތި ގެންދިއުމަށް ހުއްދަދީ، އެތަކެތީގެ ބަދަލު ޕްރަސާރިއޯއަށ ދޭނެކަމަށް ބުނެފައިވާތީ، ގެއްލިފައވި ތަކެތީގެ އަގު ހޯދުމެވެ. ވީމާ، މި ދެނުކުތާއަށް ވަކި ވަކިން ބަލާނަމެވެ.

ޑިސްކައުންޓް ފައިސާ

21ވާހަކަ މިދެކެވެނީ، އިސްތިއުނާފުކުރި ފަރާތުން އެމް.އާރު.ޑީ.ސީން ހުޅުވާލި އިންވިޓޭޝަން ފޯ ބިޑް (IFB) އަކާއި ގުޅިގެން، ހުށަހެޅުމެއް (offer) ހުށަހަޅައި އެހުށަހެޅުން ފަހުން ބަދަލުކޮށް، އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވި އެއްބަސްވުމަކާއި ގުޅޭ ގޮތުންނެވެ.

22އިސްތިއުނާފު ރައްދުވާ ފަރާތުން، ހުޅުވާލި، އިންވިޓޭޝަން ފޯ ބިޑް އާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން، ހުށަހެޅުން ހުށަހެޅުމުގެ ކުރިން ޕްރީ-ބިޑް މީޓިންގ އެއް އޮތްކަން އެނގެއެވެ. އެމީޓިންގ ގައި މަޢުލޫމާތު ތަކެއް ދިންކަންވެސް އެނގެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން، ހުޅުވާލި، އިންވިޓޭޝަން ފޯ ބިޑް އަދި ޕްރީ -ބިޑް މީޓިންގގައި ދިން މަޢުލޫމާތަށްފަހު، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަޅުމުގައި ގދ.ތިނަދޫ އިސްލާމިކް ސެންޓަރުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހުށަހެޅި އަގަކީ، ޖީ.އެސް.ޓީ ނުލައި، 26،018،576.50ރ (ސައްބީސ މިލިޔަން އަށާރަހާސް ފަސްސަތަކޭކަ ހަތްދިހަހަރުފިޔާ ފަންސާސްލާރި) އެވެ. އެހުށަހެޅުމުގައި ބަޔާންކުރަނީ؛ “After referring to the Bid documents and information given on the pre-bid meeting held regarding Gdh. Thinadhoo Islamic center Balance works, we hereby quote Ghd.Thinadhoo Islamic center Balance works Amont:MVR. 26,018,576.50 G.S.T MVR. 1,561,114.59 Total: MVR. 27,579,691.09 (Twenty seven Million five hundred and seventy nine thousand six hundred and ninety one ruffiyaa nine Laari)

23HN1އިންވިޓޭޝަން ފޯ ބިޑް ގައި އަސާސީ ގޮތެއްގައި ބަލާނެ އެއްކަމަކީ، އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް މަސައްކަތް ޙަވާލު ކުރުމުގެ މައްޗަށެވެ. އޭގެ މާނައަކީ، ދެން ބަލަންޖެހޭ އެހެނިހެން ކަންކަމަށް ނުބެލުމެއް ނޫނެވެ. ނަމަވެސް، އެމަސައްކަތެއް ނޫނީ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުށަހަޅާ އަގުތަކުގެ ތެރެއިން އެންމެ ދަށް އަގު ހުށަހެޅި ފަރާތަކީ ކޮބާތޯ ބެލުމަކީ އަސާސީ ކަމެވެ.

24ގދ.ތިނަދޫ އިސްލާމިކް ސެންޓަރުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އިސްތިއުނާފުކުރާ ފަރާތުން ޖީ.އެސް.ޓީ ނުލައި ހުށަހެޅި އަގު ކަމަށްވާ، 26،018،576.50ރ (ސައްބީސ މިލިޔަން އަށާރަހާސް ފަސްސަތަކޭކަ ހަތްދިހަހަރުފިޔާ ފަންސާސްލާރި) އިސްތިއުނާފު ރައްދުވާ ފަރާތުން ޤަބޫލުކުރުމުގެ ކުރިން، އިސްތިއުނާފުކުރާ ފަރާތުން، އެއަގު ބަދަލުކޮށް، އައު އަގެއް ހުށަހަޅާފައިވެއެވެ. އެހުށަހެޅުމުގައި ބަޔާން ކުރަނީ؛ “The bid meeting held on 06-11-2016 regarding the construction of the Islamic center in Gdh.Thinadhoo, we have discussed with you that our bid subimitted to you was on the assumption that the material and other things use was not there in the site but later we discussed that the materials and the other things used there in the site. So we have decided to give you a discount of MVR. 3,613,310.50. So the revised total amount is (26,018,576.50 – 3,613,310.50) MVR. 22,405,266.”

25އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ފުރަތަމަ ހުށަހެޅި އަގު ހުށަހެޅީ ގދ.ތިނަދޫ އިސްލާމިކް ސެންޓަރު އަޅާ ސައިޓްގައި، ބޭނުންކުރި “the material and other things” ނުހުންނާނެ ކަމަށް ކުރެވުނު ހ (assumption)ގެ މައްޗަށް ބުރަވެއެވެ. މިއީ، ޙަޤީޤަތެއް ވުޖޫދުވުމާއި ނުވުމުގެ މައްޗަށް އިސްތިއުނާފުކުރާ ފަރާތުން ހީކުރި ހީކުރުމެވެ.

26ނަމަވެސް، އެހީގެ މައްޗަށް ބިނާކޮށް، އެ ބިޑް ގައި ބޮޑު އަގެއް ހިމަނައި، ހުށަހެޅިފަހުން، ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު، އިސްތިއުނާފުކުރާ ފަރތުނާ ބުނެފައި އެވަނީ، “the material and other things” ސައިޓް ގައި ހުރި ކަމަށެވެ. ބޭނުންކުރި ސާމާނއާ، އެހެނިހެން ތަކެތި ގދ. ތިނަދޫ އިސްލާމިކް ސެންޓަރު އަޅާ ސައިޓުގައ ހުރި ކަމަށި ފަހުން ނިންމާފައިވަން ހީކޮށްގެން ކަމަށް ބެލެވޭކަށް ނެތެވެ. ފުރަތަމަ ސަބަބަކީ، ބޭނުންކުރި ބަސްމަގުނ އެކަން އެނގޭން ނެތުމެވެ. ދެވަނަ ސަބަބަކީ، ޑިސްކައުންޓްގެ ގޮތުގައި، 03،613،310.5ރ (ތިން މިލިޔަން ހަލައްކަ ތޭރަހާސް ތިންސަތޭކަ ދިހަ ރުފިޔާ ފަންސާސްލާރި) ކަނޑައިދިނުމަށް، އިސްތިއުނާފުކުރާ ފަރާތުން އެ ޢަދަދަށް ވާޞިލުވި ގޮތް އެނގެން ނެތުމެވެ. އެސައިޓުގައި ހުރީ ކޮންކޮން އެއްޗެއްތޯ ބެލުމަކާއި ނުލައި، ހަމަ ހުރެފައި، ތިން މިލިޔަން އެތައް ލައކައެއް ޑިސްކައުންޓްގް ގޮތުގައި ދީފިކަމަށް ބުނުމަކީ، ވިޔަފާރީގެ ހަމައިން ބަލާނަމަ ބުއްދި ޤަބޫލުކުރާނެ ކަމެއް ނޫނެވެ. އެތަނުގައި ހުރީ ކޮންކޮން އެއްޗެއްތޯ؟ ޑިސްކައުންޓް މިދެވެނީ ކޮންކޮން ސާމާނެއް އެތަނުގައި ހުރެގެންތޯ ބެލުމަކާއ ނުލައި މުޅި ޖުމްލަ އަގުގެ ތެރެއިން ކަނޑާލެވޭ އެއްޗެއގް ގޮތުގައެ ޑިސްކައުންޓް ދިނުމަކީ ޤަބޫލުކުރެވޭ ކަމަކަށް ނުވުމެވެ. ތިންވަނަ ސަބަބަކީ، ޑިސްކައުންޓަށް އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ނޫންކަން އެނގެން އޮތުމެވެ. ސުވާލު އުފައްދާ ޑިސްކައުންޓަކީ އިސްތިއުނާފުކުރާ ފަރާތުން އެކަމަށް ނިންމައިގެން ދިން އެއްޗެއް ކަމުގައި ބެލެވެން އޮވެއެވެ.

ޑިސްކައުންޓް ފައިސާ ދިނީ ކީއްވެތޯ؟

27އިސްތިއުނާފ ކުރު ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތަށް، މިޤަޟިއްޔާގައި ބަޔާންކުރާ ބިޑުގެ ޖުމްލަ އަގުން ޑިސްކައުންޓެއް ދިންކަމާމެދު ދެބަސްވުމެއް ނެތެވެ. ދެބަސްވުން އޮތީ، އެޑިސްކައުންޓ ފައިސް ދިން ސަބަބާ މެދުގައެވެ. އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރަނީ، ގދ.ތިނަދޫ އިސްލާމިކް ސެންޓަރު އަޅާ ސައިޓުގައި ބޭނުން ކުރާ “the materials and other things” ހުންނާނެ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނި ބުނުމެއްގެ މައްޗަށް ބިނާކޮށް ދިން ޑިސްކައުންޓެއް ކަމަށެވެ. ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން، ދަށު ކޯޓުގައި އަދި މިކޯޓުގައިވެސް ބަޔާން ކޮށްފައިވަނީ، އެއީ އިސްތިއުނާފުކުރާ ފަރތުނ ބިޑް ކާމިޔާބު ކުރުމަށް އަގާ ދަށްކުރުމުގ ގޮތުނެ ދިން ޑިސްކައުންޓެއް ކަމަށެވެ.

28HN2މިޤަޟިއްޔާގައ ބަޔާންކުރި ޑިސްކައުންޓް ފައިސާ އިސްތިއުނާފުކުރާ ފަރާތުން ދިނީ ދެފަރާތުގެ ދެމެދުގައި ވެ ވުނު އެއްބަސްވުމަށް ވަނުމުގެ ކުރިން، ދެފަރާތުން ދެއްކި ވާހަކައިގައި، ގދ.ތިނަދޫ އިސްލާމިކް ސެންޓަރު އަޅާ ސައިޓްގައި “the materials and other things” ހުންނާނެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނި ބުނުމެއްގެ މައްޗަށް ބިނާކޮށްކަމަށް ވާއިރު، އެބުނާ ތަކެތި އެސައިޓްގައ ނެތްކަމަށާއި އެހެންކަމުން އެއީ އޮޅުވލުމާ އެ (misrepresentation) ކަމަށް ވާތީ، އެގެއްލުން އިޢާދަކޮށްދޭނ ޖެހޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. ޑިސްކައުންޓް ދިނީ، އޮޅުވާލުމެއްގެ ސަބަބުންކަމަށް ބުނާނަމަ، އެގެއްލުމުގެ ބަދަލު އަނބުރާ ހޯދުމަށްޓަކައި އެ އޮޅުވާލި އޮޅުވާލުން އިސްތިއުނާފުކުރާ ފަރާތުން ސާބިތު ކޮށްދޭންޖެހޭ ކަމަށް ދެކެމެވެ. ނަމަވެސް އެކަން ދަށު ކޯޓުގައި ސާބިތު ކޮށްދެވިފައެއް ނެތެވެ.

29އެހެނީ، ޑިސްކައުންޓް ދިނީ، “materials and other things” އެ ސައިޓްގައި ހުންނާނެ ކަމަށް ބުނި ބުނުމެއްގެ މައްޗަށްކަމަށް ބުނާއިރު، އެއްބަސްވުމުގައި އެވާހަކަ ބަޔާންކޮށްފައެއް ނެތެވެ. އަދި އެބަޔާންކުރާ “materials” އަކީ ކޮބާކަމެއް އަދި އެބަޔާންކުރާ “other things” އަކީ ކޮން އެއްޗެއް ކަމެއް ޑިސްކައުންޓް ދިންއިރު ބަޔާންކޮށްފައެއް ނެތެވެ. އަދި އެއީ ކިހާ ސާމާނެއްކަމާއި ކިހާ އެއްޗެއް ކަމެއް އެނގޭކަށް ނެތެވެ. އެމް.އާރު.ޑީ.ސީގެ ސިޓީ އަކުން އެނގޭ ގޮތުގައި، "...އެއްބަސްވުމުގ ސޮއިކުރުމުގެ ކުރީގައި އަދި ސޮއި ކުރުމަށްފަހުގައިވެސް، ތިޔަ ކުންފުންޏާއެކު ކުރެވުނު މަޝްވަރާތަކުގައި މިކުންފުނިން ދަންނާފައިވަނީ ފުރަތަމަ ބުރީގެ ސްލެބް ކޮންކުރީޓ ކުރުމަށް ބޭނުންވާ އެންމެހައި ތަކެތި ސައިޓް ގައި ހުންނާނެއެވެ. އަދި ތިޔަ ކުންފުނިން ދެއްވާފައިވާ ޑިސްކައުންޓަކީ، ފުރަތަމަ ބުރީގެ ޝީޓަށް ބޭނުންވާ ސާމާނު ސައިޓްގައި ހުންނާނެކަމަށް ބައްލަވާ، ދެއްވާފައިވާ ޑިސައްކައުންޓެކެވެ..." މިފަދައިން ކަމަށްވާއިރު، އެއީ ކިހާތަކެއްޗެއ ކަމެއް ކޮންކޮން އެއްޗެއް ކަމެއް ބަލައި ހިސާބު ކޮށްފައި އޮތްކަން އެނގޭކަށް ނެތެވެ. އަދި އެކަން ދެފަރާތުން އެއްބަސްވި އެއްބަސްވުމުގައި ހިމަނާފައެއްވެސް ނެތެވެ.

30ހަމަ އެހެންމެ، ދެފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ނޮވެމްބަރު 2016 ގައި ކަމަށް ވާއިރު، މިޑިސްކައުންޓް އެޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ދިން ޙަޤީޤަތް އެގޮތުގައި ވުޖޫދު ނުވާކަމަށްބުނެ، ޝަކުވާ ކޮށްފައިވަނީ 16 ޖެނުއަރީ 2017 ގައިކަމަށް ބެލެވެން އޮވެއެވެ. ނަމަވެސް ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (ށ) ގައި "އެއްބަސްވުމުގައި ސޮއިކުރާތާ 3 ދުވަހުގެ ތެރޭގައި މިމަސައްކަތް ކުރިއަށް ދާނެ ނަންބަރު:MRDC/PRIV/2017/04 (19 ޖެނުއަރީ 2017) ސިޓީ. ނަންބަރު:MRDC/PRIV/2017/04 (19 ޖެނުއަރީ 2017) ސިޓީ. ގޮތުގެ ޝެޑިއުލެއ ވެރިފަރާތަށް ދޭންވާނެއެވެ. އެގޮތުން ދެވޭ ޝެޑިއުލް ބެލޭނީ މި ކޮންޓްރެކްޓްގެ ބައެއްގެ ގޮތުގައެވެ." މިފަދައިން ބަޔާން ކުރާއިރު، ފުރަތަމަ ބުރީގެ ސްލެބް ކޮންކުރޓީ ކުރާން ސާމާނު އެތަނުގައި ނެތިގެން، ޝަކުވާ ކުރަންޖެހޭނީ، އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް އޮތް 60 ދުވަސް ހަމަވާން ކުޑަތަންވީމާ ކަމަކަށް ބުރައެއް ނުވވެ އެވެ.

31HN3އެއްބަސްވުމަކަށްވަނީ، އެއްފާރާތުން ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ވަނީނަމަ، އަދި އެވާހަކަތަކުގައ ބަޔާންކުރި ޙަޤީޤަތާ އޮތް އެގޮތަށް ނޫންކަމަށް ވާނަމަ، އެއެއްބަސްވުމަކީ ބާޠިލު ކުރެވިދާނެ (voidable) އެއްބަސްވުމަކަށް ވާއިރު، އެއިން އެއްވެސް ފިޔަވަޅެއް އެޅުމަކާއި ނުލައި، އެމް.އާރު.ޑީ.ސީން ހުޅުވާލި ބިޑަކަށ ހުށަހެޅް އަގުން ބޮޑު ޢަދަދެއް ޑިސްކައުންޓްގ ގޮތުގައެ ދިނުމަށްފަހު، ބިޑް ކާމިޔާބުކޮށް، އެޑިސްކައުންޓް އަނބުރާ ހޯދުމަށް ކޯޓުގައި ދަޢުވާ ކުރުމުން، އެކަމުގެ ޙައްލު ކޯޓަށް ދެވޭނީ، އެ ޑިސްކައުންޓް ދިނީ އޮޅުވާލުމެއްގެ ތެރެއިންކަން ސާބިތުކޮށްދެވޭ ޙާލަތުގައެވެ.

32HN4މ މައްސަލި ދަށު ކޯޓުގައި ހިނގަމުންދިޔަ އިރު ޢަމަލުކުރާ ޤާނޫނު ނަންބަރު:76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއާ ޙަވާލާދީ، ހުށަހަޅާފައިވާ ހެކިތަކަށް ވަޒަންނުކުރި ކަމަށާ ބުނާބުނުމަށް ބަލާއިރު އެމާއްދާގައި ބަޔާންކުރަނީ؛ "ހަގީގަތެއ ސާބިތް ވެއްޖެކަމަށ ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޙާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ." ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (ހ).

33ހަގީގަތެއ ސާބިތް ކުރުމަށު ކަނޑައެޅިފައިވާ ހަމަތަކަށް ބަލާއިރު، ދަށު ކޯޓުން ފާހަގަކުރިގޮތަށް، ދެފަރާތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް، ބަދަލު ކުރުމަށް، އެއަށް އިތުރު ކުރުމަށް ނުވަތަ އެއިން އުނިކުރުމަށް އެއްބަސްވުމުގެ ބޭރުން ހެކި ބަލައިގަތުމަކީ އުޞޫލީ ހަމައެއްނޫނެވެ. އެހެންކަމުން، އޮޅުވާލިކަމަށްބުނާ ބުނުން ސާބިތުކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުން އުފުލާންޖެހޭ ޒިންމާއެކެވެ. މިމައްސަލައިގެ ވާޤިއާތަކަށް ބަލާއިރު، ބުއްދި ސަލާމަތުން ހުރި މީހަކު މި މައްސަލައިގައި ކަންހިނގާފައިވާ ގޮތްކަމަށް ބަލައި ގޮތެއް ނިންމާނަމަ، ނިންމާނީ، ޑިސްކައުންޓް އެއީ އަނބުރާ ދޭންޖެހޭ އެއްޗެއް ނޫންކަމަށެވެ.

34HN5ދިވެހިރާއްޖެ ފަދަ، ސަރުކާރުން ނުވަތަ ސަރުކާރު/ދައުލަތުގެ ކުންފުނިތަކުން ޓެންޑަރ ކުރުމާއި ގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތް ތަނެއްގައި، ބިޑް ހުށަހެޅުމަށް މިގޮތަށް ހުޅުވާލެވޭ ފުރުޞަތުތަކާއި ގުޅިގެން، ބޮޑު ޑިސްކައުންޓެއް ދިނުމަށްފަހު، ބިޑް ކާމިޔާބުކޮށް، ހެކި ހުށަހެޅުމަކާއި ނުލައި، ދައްކާ ބަހަނާއެއްގެ މައްޗަށް ބިނާކޮށް، ކޯޓުތައް މެދުވެރިކޮށް އެޑިސްކައުންޓް އަނބުރާ އަތުލައިދޭން ވެއްޖެނަމަ، ހުޅުވިގެންދާ ދޮރަކީ ރައްކާތެރި ދޮރެއް ނޫނެވެ. އޭރުން ޓެންޑަރ ކުރުމާއި ބިޑް ޕްރޮސެސިންގ ހަމަތައް ހިފެހެއްޓޭނެ ގޮތެއް އޮންނާނެ ކަމަކަށް ނުފެނެއެވެ. އަބަދުވެސް ޑިސްކައުންޓް ދީގެން ވަކި ބަޔަކު ބިޑް ކާމިޔާބުކުރުމާއ އަދި ޑިސްކައުންޓް އަނބުރާ ހޯދުމުގެ އޮއިވަރެއް ހިނގާން ފަށާނެއެވެ.

35ވީމާ، މިޙާލަތުގައި، އިސްތިއުނާފުކުރާ ފަރާތުން ބަޔާންކުރާ ޑިސްކައުންޓް އަނބުރާ ހޯދޭނީ، ހެކިހުށަހަޅައިގެން އޮޅުވާލިކަން ސާބިތު ކޮށްދިނުމުންނެވެ. އަދި އެމް.އާރު.ޑީ.ސީ އިން ހުޅުވާލާ ދައުވަތާއި ގުޅިގެން، ބިޑް ހުށަހެޅި ފަރާތްތަކަކީ ކޮބާކަމާއި، އޭގެ ތެރެއިން، ޑިސްކައުންޓް އުނިކުރުމުގެ ކުރިންވެސް، އެންމެ ކުޑަ ބިޑް ހުށަހެޅި ފަރާތަކީ އިސްތިއުނާފުކުރާ ފަރާތްކަން ސާބިތު ކޮށްދެވިގެންނެވެ. ގެންދިޔަ ތަކެތި:

36ގދ. ތިނަދޫ އިސްލާމިކް ސެންޓަރ އެޅުމުގެ މަސައްކަތް ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ކުރަމުން ދިޔަކަމަށް ފެންނާން އޮތީ، ސްޕީޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. މިގޮތުން، އެސައިޓްގައި ބޭނުންކޮށްފައިވާ ޕްރޮޕްސް، ދަގަނޑު ހޮޅ އަދި ތައްގަނޑު ފިލާތަކަކީ ސްޕީޑް ކޮންސްޓްރަކްޝަންގެ މުދަލެއް ކަމަށްވާތީ، އެތަކެތި ރައްދުކޮށްދޭންޖެހޭ ކަމަށް ދެންނެވިފައިވާނެ ކަމަށް އެމް.އާރު.ޑީ.ސީގެ ފަރާތުން ބުނެފައިވެއެވެ.

37ސްޕީޑް ކޮންސްޓްރަކްޝަންގެ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުވައްޒަފުންނާއެކު، އެ ސައިޓަށް ވަދެ، ސައިޓްގައ ހުރި ޕްރަސާރިއޯގެ މުދައުތައ ގެންދަން އުޅުމުން، އެކަން ހުއްޓުވަން އުޅުމުން، އެފަރާތުން އެތަކެތި ގެންދިއުމަށް ހުއްދަދީ، އެތަކެތީގެ ބަދަލު ޕްރަސާރިއޯއަށ ދޭނެކަމަށް ބުނެފައިވާތީ، އޭގެ ބަދަލާއި، އަދި ސްޕީޑް ކޮންސްޓްރަކްޝަންގެ ފަރާތުން، ސައިޓުން މުދައު ނެރުނުއިރު، އިސްތިއުނާފުކުރާ ފަރާތުގެ މުދަލަށް ގެއްލުންވެފައިވާތީ، އެކަމުގެ ބަދަލާއެކު، 546،854.00ރ (ފަސްލައްކަ ސާޅީސް ހަހާސް އައްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ހޯދަން އެދިފައިވާކަން އެނގެއެވެ. ނަމަވެސް، ދަށު ކޯޓަށް ހުށަހެޅި ފޯމުން، ބަދަލު ހޯދަން އެދެނީ، ގެއްލުނު މުދަލަށްތޯ ނުވަތަ މުދަލަށް ލިބުނު ގެއްލުމަށްތޯ ސާފެއް ނުވެއެވެ.

38HN6މި ދެގޮތުންކުރެ ކޮންމެ ގޮތަކަށް ބެލިނަމަވެސް، ގެއްލުނު މުދަލަކީ ކޮބާކަމެއ އެނގޭކަށް ނެތެވެ. "ސާމާނުތަކެއް" ގެއްލުނުކަމަށް ބުނާއިރު، އެސާމާނުތަކަކީ ކޮބާކަން ސާބިތުކޮށްދޭންޖެހޭނެއެވެ. ހަމައެހެންމެ، އިސްތިއުނާފުކުރާ ފަރާތުގެ މުދަލަށް ގެއްލުން ލިބުނު ކަމަށް ބ ނާނަމަ، ގެއްލުން ލިބުނު މުދަލަކީ ކޮބާކަމާއި އެލިބުނު ގެއްލުމަކީ ކޮބާކަމާއި އޭގެ ކުޑަބޮޑު މިނާއި ބޭނުން ކުރެވޭވަރުވޭތޯ ނުވަތަ ނުވޭތޯ މިފަދަ އަސާސީ ކަންކަން ސާބިތުކޮށް ދެވިގެން މެނުވީ ދަޢުވާ ކާމިޔާބެއް ނުވާނެއެވެ.

39އިސްތިއުނާފުކުރާ ފަރާތނު ބަޔާންކުރާ އަޙްމަދު މުރުޠަލާ () 16 ޖެނުއަރީ 2017 ގައި ސޮއިކޮށްފައިވާކަމަށް ބުނެ ހުށަހެޅި ލިޔުމެއްގެ ކޮޕީގައި ބަޔާން ކޮށްފައިވަނީ، "2017-01-16 ވަނަ ދުވަހު ސްޕީޑް ކޮންޓުރަކްޝަނ ޕްރައިވެޓް ލިމިޓެޑުން ބުން އަދަދަށް ތަކެތި ހަމަކޮށްދިނުމަށް އެމް.އާރު.ޑީ.ސީގެ މުވައްޒަފުން އިސްލާމިކް ސްންޓަރަށ އައިސް ތަކެތި ބޭރުކޮށ ދިންކަމަށް ޕްރަސާރިއޯ ޕްރައިވެޓް ލިމިޓެޑުން ބުނާ ބުނުމަކީ ހަޤީޤަތެކެވެ." އެބުނާ ތަކެއްޗަކީ ކޮބާކަމެއް ނޭނގެއެވެ. އޭގެތެރޭގައި، އިސްތިއުނާފުކުރާ ފަރާތުގެ ކިތައް އެތި ހިމެނޭކަމެއް އނެ ގޭކަށް ނެތެވެ.

40މ ވައްޒަފުނ ކުރް ކަމެއްގެ ސަބަބުން ލިބޭ ގެއްލުން، ވަޒީފާ ދިން ފަރާތުގެ ކިބައިން ޓޯޓުގެ ދަށުން ނަގައިދެވޭނީވެސް، ފުރަތަމަ ކަމަކަށް މުވައްޒަފުގެ ފަރާތުން އެލިބުނު ގެއްލުމެއް ބަޔާން ކޮށްދީ އެކަން ސާބިތު ކޮށްގެންނެވެ. އެމް.އާރު.ޑީ.ސީގެ މުވައްޒަފުން ސައިޓަށް ވަދެ، ސްޕީޑް ކޮންސްޓްރަކްޝަންގެ ތަކެތި އެތަނުން ބޭރުކުރިއިރު، އިސްތިއުނާފުކުރާ ފަރާތުގެ މުދަލަށް ގެއްލުންވިޔޭ ބުނާ ބުނުމަކުން ބަދަލު ނަގައި ދިނުމަކަށް ނުފުދެއެވެ.

41ވީމާ، ދަށު ކޯޓުން މިނުކުތާގައި ނިންމާފައިވާ ނިންމުން ޤާނޫނު ނަންބަރު:2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށް މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތް ނުކުރާކަމަށް ބުރަވެވޭކަށް ނެތެވެ.

ނިންމުން

42ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، މިމައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ބުރައެއް ނުވެވެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

43މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ.

ފަނޑިޔާރު ޙަސަން ޝަފީޢގު ރައުޔު

44މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

45މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚޞަ މުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޚަސްމުންނ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) . ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ) 2020/HC-A/2 79 ox:, :, o , ... 24 .fOJ.,,.,...,;;,.,,,..- ~ ✓.,.,,,,,,_:;..,, ,, .. 0::,::, :,.7V✓, :, .,,, 0 ,,,,, 0 0::,::,::, O ✓ :,,- .,,,. ,,, '0 ~,,,,,. C.,,,,, 0 C. ' ::, I? 0 '' JC"".r'.r' .s Ev /.JI~ '.r'.?JC./ .r'✓ A A,JOOPOP~ fl_r.JI.r'fl OP '✓./.r',.r ,,, ,,, ,,, o,~,,,,, '0' 0' ,,, 0 ,ox I? ~ ,,, 0 ,,,,,,,,,,,,.o.,,,,,:,~:, 0 ~o ,,, .r-.JOJC.,I .s t. E.;:,/ E.PAJC.,1. .r'.,l..?Y AJC~JC.,I. AV f!!/'.?JC Y _,l.r'A,,O~A flA~.S 1503/Cv-C/2019 ,,, ,,, ,,, .,;, ,,, ,,, ,,, ,,, ,,, "C. 0 / 0 C. > / / O ✓ > > ~ / OX / ~ 0 / £ ' ., ,,; ~ > > ~ ,,,,,,. ~,,,,,,,,, > ./ e.r'.r'.r'.S _,?,.r OP /'.?Y./. .J'A_,I _rv A.SflA~ .SA .S y ,sO,JO y .r' .J1 A.,I .J,.//'./ ,,, ,,, ,,, ,,, C. 0 > ~ / £ /,,,, o, ,,,,,,,,,,,,,,,,. / O ✓ ,OC. oc.,,,,,.,,,, >>~ .,,,,,,,,:, .S.r'JCfl t..r'_,I /"" /~A.? 'A.J,A t..r'Y /'.?Y,JO.r' A OPOP~ .r'.r'.S ,JO.J>.r' ,,, ,,, ,,, .,;, C. C. ox O :, > 0 > ~ 0 •.JI .?_,I /'Y .?Y ./. .r'.S_,I ,JO A A + ,,,,, ,,,,, :, o:,:, .,,,,,,,,,. ~o ,,,,, :JCY .?Y./. A/., flA~J.? ~ ,,, ,? / ~ \ ~,,,,,, ,,,,, > ~ ,,,,,,. :, ,,,,, 0 .,,, ., :,~ ,,,,. '.,I .,.,~./. JC fl t..r-.,I ,.r (!.? .r'A~./. JC fl t..r'.,I .,;, ,,, ? .,,,, ,,,,, o(? t.o ,::, t. t. ?' o> www -hi g hc o urt -g ov -m v info@hig hc ourt-go v- mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)
  • ހައިކޯޓު 2019/HC-A/505 (ކަންހިނގި ގޮތުގެ ތަފްޞީލަށް ރިފަރކޮށް)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ